ގެއިންނަ މަގަށް އަޅާލި އިރު ފެނުނު މަންޒަރުން މާއިލް ހުއްޓުން އެރިއެވެ. މާއިލްގެޔާއި ދިމާލުގައި 3 ޕޮލިސްކާރު އޮތް އިރު އެންބިއުލޭންސްވެސް އޮތެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން ވަދެ ގަނެވުނު އިރު ސްޓްރެޗަރ އެއްގައި ހުދު ފޮތިގަނޑަކުން ނިވާކޮއްފައި އޮތް މީހަ ފެނި މާއިލް ހުއްޓުން އެރިއެވެ.
****
ދޮރު ކައިރީގައި ރޮއެ ރޮއެ ހުރި މައިރީން ގައިގައި ބައްދާލައިގެން ހުރި މާހިލް ފެނުމުންވެސް މާހިލް ދިޔައީ ނުރޮއެ ހުރުމަށް އެތަކެއް މަސެއްކަތެއް ކުރަމުންކަން މާއިލްއަށް ދޭހަ ވިއެވެ. ހިތަށް އެރި އެއްޗަކުން އަވަސް ހިނގުމަކުން ގޮސް މާއިލް އެ ފޮތިގަނޑު ހިއްލާލިއެވެ. ދެލޯ ބޮޑުވެގެން ދިޔައިރު މާއިލްގެ ދެލޯ ކަރުނައިން ވަނީ ފުރިފައެވެ. [މަން.. މަންމާ؟؟] ލެއިންތަތްތެޅިފައި އޮތް ހަދީޖާގެ އަތުގައި މާއިލް ފިރުމާލިއެވެ. އޭރުވެސް ހަދީޖާގެ ބަނޑަށް ހަރާލެވިފައިވީ ވަޅި އިނީ ފެންނަންށެވެ. [އައިމް ސޮރީ…] މާއިލް ގާތުގައި ހުރި ފުލުހަކަށް މާއިލްގެ އަޑު އިވިގެން، މާއިލްގެ ހިތާމާގައި ބައިވެރި ވާހާލު ބުނެލިއެވެ. ކުއްލިއަކަށް މާއިލް އެމީހާގެ އަތް ފޮޅުވާލިއެވެ.
[އޭތް!!! ކަލޭމެން އެންމެން އަޅެ މޮޔަވީތަ؟؟ މަގޭ މަންމަ މަރެއް ނުވެޔޭ. މަގޭ މަންމަގެންގޮސްގެން ނުވާނެ. ބަލާލަބަލަ. މަންމަގެ އަތްތިލަ އަދިވެސް ހޫނު.. ޝީ އިސް ސްޓިލް ވާރމް… މަ މިބުނީނުން މަގޭ މަންމަ މަރެއްނުވެޔޭ!!!] ހަދީޖާ ގައިގައި އޮޅުލައިގަންނަމުން މާއިލް ރޮއެގަތެވެ. އެތަނަށް އެއްވެފައި ތިބި އެންމެންވެސް މާއިލްއާއި ދިމާލަށް ބަލަން ހުރީ ހަމްދަރުދީގެ ނަޒަރުންނެވެ.
[ސާރ. ވީ ގޮޓް ހާރ އައުޓް] ކުއްލިއަކަށް މާއިލްގާތުގައި ހުރި ފުލުހަށް ގޮވާލަމުން އެތެރެއިން ނުކުން އެހެން ފުލުހަކު ބުނެލިއެވެ. އެއާއި އެކު މާއިލްގެ ލޮލުގައި އަޅައިގަތީ ދެއަންހެން ފުލުހަކު ބިޑި އަޅުވައިގެން، ނެރުނު ލެއިން ތަތް ތެޅިފައިވީ ނޫރާއޭއެވެ. މާއިލްއަށް ހީވީ މާއިލްގެ މުޅި ދުނިޔެ އެނބުރިގަތްހެންނެވެ.
[ސުބްހާނައް ﷲ އެއީ އަޅެ އިއްޔެ ނޫން އަނެއްދުވަހު މާއިލް ކައިވެނި ކުރި ކުއްޖާއެއްނުން؟ އަޅެ ހެޔޮވާނީ ކިހިނެތް؟]
ގާތުގައި ތިބި މީހުން ފާޑު ފާޑުގެ އެއްޗެހި ކިޔަންފެށިއެވެ. އެއްވިސް އިހުސާސް އެއް ނެތް ފަދައިން މާއިލްގޮސް ނޫރާ ކުރިމަތީގައި ހުއްޓުނެވެ. ނޫރާ އިސްޖަހައިގެން ހަމަ ހުރި ގޮތަށް ހުއްޓެވެ. [ލަދު ހަޔާތް ކުޑަ. ކަލޭ ތިއީ އަޅެ އިންސާނެއްތަ؟؟] ކުއްލިއަކަށް މާއިލް އަތް ފުޅާކޮއްފައި ނޫރާގެ ކަންކަށި މައްޗަށް ހޫނު ހަމަލާއެއް ދިނެވެ. އަވަސް ހިނގުމެއްގައި ދެފުލުހަކު ގޮސް މާއިލް ހުއްޓުވިއެވެ. އެދެ އަންހެން ފުލުހުންވެގެން އަވަސް ހިނގުމެއްގައި ނޫރާ ގޮވައިގެން ގޮސް ފުލުހުންގެ ވޭނަށް އެރިއެވެ.
[ނޫރާ! މަކަލޭ މަރާލާނާން! ކަލޭއަށް ކޮން ހައްގެއް އޮތީ މަގޭ މަންމަ މަރާލުމުގެ؟ އާދޭ ކޮންތާކަށް ތިދަނީ؟ އަދޭ މަވެސް މަރާލާ! އަޅެ ބުނެބަލަ މިހިރަ ހަޔާތް ކުޑަ އެއްޗާ، ކަލޭއަށް ކޮންހައްގެއްހޭ އޮތީ މަގޭ މަންމަ މަރާލުމުގެ؟!؟!]
ނޫރާއަރައިގެން ދިޔަ ވޭން އަނެއް ގޯޅިއަށް އަޅާލިއިރުވެސް މާއިލް ހަޅޭ ލަވަމުން ދިޔައީ މަންޒަރު ބަލަން ތިބި އެންމެންގެ ހިތް ތޮރުފަމުންނެވެ.
***** 11 ގަޑިއިރު ކުރިން *****
[މަންމާ ހެޔޮނުވާނެ! ތި އެކްޓް ޑްރޮޕް ކޮއްލަބަލާ!! މަށަށް އެނގޭ މަންމަ މަށާ ނޫރާއާއ ކައިވެނި ނުކޮއްގެން މާވަރަކުން އުޅުނީ ނޫރާ މާއިލް ކިޑްނެޕް ކޮއް މަޖުބޫރު ކުރުވީމަކަން!!!!!] ހަދީޖާގެ ވާހަކަ ހުއްޓުވާ މާއިލް ބުންޏެވެ. އެވަގުތު ނޫރާ ހަދީޖާއާއި ދިމާލަށް ބަލައިލަމުން ދެލޯ ބޮޑު ކޮއްލިއެވެ.
[ދަރިފުޅު ކީކޭތަ ތިކިޔަނީ؟ ތި ވީކަމެއް ނޫނޭ. ތިވާނީ ލާރާ ދަރިފުޅުމެން ދުރުކުރަން ފެތުރި ވާހަކައަކަށް-]
[އޯ ޕްލީޒް. ސްޓޮޕް ދިސް ނޮންސެންސް] މާއިލް އެހެން ބުނެ ގެއިން ނިކުމެގެން ދިޔައެވެ.
މާއިލް ގެއިން ނުކުމެގެން ދިޔުމާއި އެކު ނޫރާ އައި ރުޅީގައި ގޮސް ހަދީޖާ ކަންކަށި މަތީގައި ޖެހިއެވެ. [ކަލޭ ދޯ މާއިލްއަށް ހުރިހާ ވާހަކައެއް ކިޔައިދިނީ؟ ނޫރާ ރުޅި އަހިސްގެން ތުރުތުރު އަޅަމުން ދިޔައެވެ. [ނޫން ނޫން ދަރިފުޅާ.. ހަމަ ހުވާކޮއްފަ މިބުނީ.. ހަމަ އަސްލަށްވެސް މަންމަ ނުބުނަން] ހަދީޖާއޭނާގެ އަމިއްލަ ދިފާއުގައި ވާހާކަ ދައްކަން ފެށިއެވެ. އޭރު ނޫރާ ޖެހިލެއް ބާރުކަމުން ކޯރަތްވެފައި ހުރި އިރު، މިޔަކަނުން ލޭއަންނަމުން ދިޔައެވެ. ނުލަފާ ވައްތަރަކަށް ހަދީޖާއަށް ބަލައިލަމުން ނޫރާ ގޮސް ކޮޓަރިއަށްވަދެ ބަންލާފައި ދޮރު ޖެހިއެވެ.
[ހަހަ. ނޯ ނޯ.. ނޯވޭ ހީކާންޓް ޖަސްޓް ޑިވޯރސް މީ ލައިކް ދިސް. މިއޮއް ހާދުހު ކުރި މަސައްކަތް ނިމޭނީ ހަމަ މިހެންތަ؟ ހަހަ ވަރަށް މަޖާ. ކައިވެނި ކުރިއްޔޯ. ހީ ޑިޑިންޓް އީވެން މޭޑްއައުޓް ވިތްމީ، ނޮޓް އީވެން ވަންސް. ނޫން.. ނޫން.. ނޫނެކޭ!!!!]
އަމިއްލަ ނަފްސާ ވާހަކަދައްކަން ހުރެފައި، އަހިސްފައިވާ ރުޅި ކޮޓަރި ތެރޭގައި ވީ ހުރިހާއެއްޗަކަށް ބާލުވަންފެށިއެވެ.
ކޮޓަރިތެރެއިން އިވެމުން ދިޔަ އަޑުތަކުން ޙަދީޖާ އިނީ ބިރުން ގޮސް ރޫރޫ އަޅައެވެ. ދެންވާނެ ގޮތެއް ހިތަށް އަރުވާލަންވެސް ދައްޗެވެ.
ފަތިހުގެ ފިނި ފިނި ވަގުތެވެ. ނިދިޖެހިފައި އޮތް ހަދީޖާއަށް ސިހުން ގެނުވީ، ކުއްލިއަކަށް ކޮޓަރި ދޮރުތަޅު ހަލާކުކޮށްލާފައި އެތެރެއަށް ވައިން ނޫރާ ފެނިފައެވެ. [ނު..ނޫ..ނޫރާ؟؟؟] އެވަގުތު ހަދީޖާގެ ދެލޯ ދަތުރުކޮއްލީ ނޫރާއަތުގައި އޮތް ބޮޑު ވަޅިއަށެވެ. [ނޫން.. ނޫން.. ނޫރާ ހެޔޮނުވާނެ އަހަރެން މަރާ ނުލާތި] ހަދީޖާ ރޮއެ އާދޭސް ކުރަންފެށިއެވެ. [ކޮން އާދޭހެއް ކުރާކަށް؟ ކަލޭއާއި ހުރެ މިހުރިހާ ކަމެއްވެސް މިވަނީ. ހަހަ މަ ކުރިން ބޭނުންވީ ކަލޭގެ ދަރިން ފަތި މަރާލަން. އެކަމަކު މިހާރު މަ ބޭނުމީ ހަމަ ކަލޭ މަރާލަން! އަޑު އިވިއްޖެ؟!؟!] ނޫރާ އަޑުގެ ނެތްތަނަށް ފެލިގަތެވެ. [ނޫން.. ނޫން. ނޫރާ ހެޔޮނުވާނެ ނޫން.. ނޫ-] ހަދީޖާ ކުރަމުން ދިޔައާދޭސްއަޑު އެހުމެއްނެތި އަތުގައި އޮތް ތޫނު ވަޅި ހަދީޖާގެ ބަނޑަށް ހަރާލިއެވެ. ނޫރާ އަތުގައި އޮތް ވަޅި ބިންމައްޗަށް ހޫރައިލީ ހަދީޖާގެ ބަނޑަށް 19 ފަހަރު ވަޅި ހަރާލާފައެވެ. އޭރު ހަދީޖާގެ ފުރާނައެއްނެތެ. މުޅި ތަށިގަނޑު މަތީގައި ލޭގެ ކޯރެއްހެދިފައިވީއިރު، ނޫރާވެސް ވަނީ ލެއިން ތަތްތެޅިފައެވެ.
[މަންމާ!!!!!] ނޫރާ ސިހިގެން ދިޔައީ ފަހަތުން މައިރީންގެ އަޑު އިވުމުންނެވެ. މައިރީންގެ ހަޅޭކުގެ އަޑަށް ނިދިފައި އޮތް މާހިލްއަށްވެސް ހޭލެވުނެވެ.
[މަންމާ؟ މަންމާ؟ ހެޔޮނުވާނެ ލޯހުޅުވާލަބާ] މައިރީން ރޮމުން ރޮމުން މަންމަގެ އަތުގައި ހިފަހަށްޓައިގެން އާދޭސް ކުރަންފެށިއެވެ.
[މަންމާ؟] ފަހަތުން އިވުނީ މާހިލްގެ އަޑެވެ. އަޑުއައީ ކެނޑި ކެނޑިގެންނެވެ. އެކަމުންވެސް މާހިލްގެ ހިތަށްކޮއްފައިވީ ފުންއަސަރު ކޮންމެ މީހަކަށްވެސް ދޭހަވާނެއެވެ.
ކުރެވުނު ކަންތަށް ނޫރާއަށް ރެއަކާލީ ދެނެވެ. ނޫރާ އަޑުގެ ނެތްތަނަށް ފެލިގަތެވެ. [މާހިލް. މައިރީން. ޕްލީޒް ނުބުނަށްޗޭ އެއްވިސް މީހެއްގާތު މިވާހަކަ. އުޅޭ؟ އުޅޭ މަންމަ ކަނޑުފައްތަން؟ ނޫނީ.. ނޫނީ.. އުޅޭ-]
[އޭތް!!!! ދެން އިތުރަށް އެންމެ ލަފްޒެއް ބުންޏަސް ކަލޭ ދޫބުރި ކޮއްލާނަން!!] ކުއްލިއަކަށް މާހިލް އަހިސް ނޫރާ ކަންކަށިމަތީގައި ޖަހާފައި ބުންޏެވެ. ނޫރާ އަވަހަށް މާހިލް ކޮއްޕާލާފައި ވަނީ އެންމެ ކައިރީ ހުރި ގުދަނަށެވެ. އެއީ ނޫރާ ކުރިންވައިން ކޮޓަރިއެއް ނޫންނަމަވެސް މާހިލް ނޫރާ ފަހަތުންއަންނާތީވެ އެންމެ ގާތުގައި އިން ކޮޓަރިއަށް ނޫރާވަނީއެވެ. ނޫރާގެ ނަސީބުވެސް ދެރައީއެވެ. ކުޑަ ކުޑަ އެ ގުދަނު ތެރޭގައި ވައިން ދޮރު ނޫން އިތުރު އެހެން އެއްވިސް ގޮތެއް އެކޮޓަރިތެރެއިން ނުކުމެވޭކަށް ނެތެވެ.
*****
ހިޔާލުތަކުން ނިކުމެވުނު އިރު ނޫރާގެ ލޮލުން ރޮނގަކަށް ކަރުނަތިއްކެއްވެއްޓުނެވެ. ކުރެވުނުކުއް ނޫރާއަށް އިހުސާސްވީތާއެވެ.
އެދުވަހުގެ ހަވީރުވަގުތުގައި، މާއިލްގެ މަންމަގެ މަރުގެ އިތުރުން އެންމެންގެ ދުލުގައި އޮތީ، ޖަލުގެ ގޮޅީގައި ދަންޖެހި މަރުވެފައި އިންދާ ފެނުނު ނޫރާގެ ވާހަކައެވެ.
(ނުނިމޭ)
Salaam readers,
since my next exam is in a week I’m taking a break for a while. I will upload part 24 after my exam in over in sha allah. Hope you all will understand.
Take care till then ,
Love you all!! 🫶🏻
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







I love this story so much. Its so romantic and scary and dramatic. I can still imagine a picture of it.. by the way……
I understand about the exams. My exam is next week too. Good luck in your exams 😉😉
hehe jazaakallah Flowergurl <<33
hehe ehntha, gud luck dear 🙂
Good luck with your exam shiherrr
And mi part varah rerthi best part i ever read hehe
Oh next exam ninmaafa dho.but inthizaaru kuraanan
Curiously waiting for the next part
And one more thing good luck 🤞
Love you darling
hehe jazaakallah dear <3
tmrw in sha allah i'll submit part 24
Lym<<33
vrh reethi mi part ves MASHA ALLAH
and gud luck with ur exams gurll 😉
jazaakallah 🙂
Mi part vx v Reethi masha allah
Keep it
Can’t wait for next part
Good luck in your exams.
jazaakallah, jazaakallah <<33