[އިއްނޫ… ވިޝާމް.. ލުކް އެޓް ދިސް..] އަވަސް ހިނގުމެއްގައި އީންމެން ގެޔަށް އައި ލާރާ ބުނެލިއެވެ. ހަމަ އެވަގުތު އީންއާއި ވިޝާމްގެ ފޯނަށްވެސް މެސެޖެއް އައެވެ. ހަމަ އެމެސެޖެވެ.
*****
[ނޫރާ!!!! ކަލޭ ތިހުރީ ވަރިކޮއްފަ!! ހަމަ މިހާރު މިގެން ނިކުމެގެން ތިއައިތާކަށް ރައްކާވޭ!!!] ސޯފާގައި އިން ނޫރާއާއި ހަދީޖާ ސިހުނީ ރުޅިއަހިސް ރަތްވެ ގެއަށް ވަދެގެން އައި މާއިލް ފެނިއެވެ.
*****
[ކޮންކަމެއް؟ ވިކީ ބުނި ކޮންމެ ކަމެއްވެސް ޔާދު ކޮއްދޭނަން] ޔާއިދު އަވަސް އަވަހަށް ބުނެލިއެވެ.
[ޔާދު.. ޔާދުއަށް ކުރެވުނު ކުށަށް ފުރިހަމައަށް ތައުބާ ވެވޭނީ މާއިލްއަށާއި ލާރާއަށް ތެދުހަގީގަތް އެނގުނީމަ. ލާރާ މާއިލްދެކެ ލޯބިވޭ. މާއިލްވެސް ލާރާދެކެ ލޯބިވޭ. ލާރާއަށް މިސްއަންޑަރސްޓުޑް ވީކަން ކުޑަމިނުން ލާރާގާތު ބުނެދީ. އެއީ ރޭވުމެއްކަން މާއިލްއަށް އަންގަދީ. އޭރުން އަހަރެން ޔާދުގެ މީހަކަށްވާނަން. ޕްރޮމިސް] ވިޝްކާ ބުނެލިއެވެ.
******
ހަވީރުގެ މަރިޔާދު ވަގުތެވެ. ޔާއިދު ދިޔައީ މާއިލް މަސައްކަތް ކުރާ އޮފީހަށެވެ. ހުއްދަ ހޯދައިގެން، ޔާއިދު މާއިލްގެ ކެބިންއަށް ވައިން އިރު ގޮނޑީގައި ލައްގަނެގެން ދެލޯ މަރާލައިގެން މާއިލްއިނެވެ. ދެލޮލުގެ ހިމަ ކޮޅުން ހިކިފައިވީ ކަރުނަތިކިތަށް ފެނި ޔާއިދު ހިތަށް ތަދުވިއެވެ. ފުންކޮށް ދެތިން ނޭވާ ލަމުން ޔާއިދު ކުރިއަށް ހިނގައިގަތެވެ.
[މަ.. މާއިލް؟….] ޔާއިދު ގޮވައިލިއެވެ. މާއިލް ހަމައެކަނި ދެލޯ ހުޅުވާލާ ބަލައިލީއެވެ. އެއްވިސް އެއްޗެއް ނުބުނެ މާއިލްއަނެއްކާވެސް ދެލޯ މަރާލިއެވެ.
[މާއިލް.. އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ދައްކަން] ޔާއިދު ބުންޏެވެ.
[ހޫމް.. ކިޔާބަލަ..؟] އެއޮތް ގޮތަށްއޮވެ މާއިލް ބުނެލިއެވެ.
ކުއްލިއަކަށް އަތުގެ ހުރި ބާރެއްލާފައި މާއިލް ޑެސްކްގައި ޖެހިއެވެ. ޔާއިދު ދިޔައީ ސިއްސައިގެންނެވެ. [ކިޑްނެޕް ކޮއްގެންނޭ؟؟؟؟] އޭރު މާއިލް ހުރީ ރުޅިއަހިސް ރަތްވެފައެވެ. [ޔާއިދު އިސްޖަހާލަމުން ބުނެލިއެވެ. [ނޫރާ ބުނީ އުޅޭށޭ މާއިލް މަންމަ ކިޑްނެޕްކޮށް އެއްބަސް ކުރުވަން.. އަހަރެން އެކަމާ ދެކޮޅު ހެދިން. އެކަމަކު ނޫރާ ކަންކުރި. އޭނަގެ ބޭނުންވެސް ފުދިއްޖެތާދެން.. އެކަމަކު އަހަރެން މިހާރު ބޭނުމީ ހަގީގަތް ރިވީލް ކުރަން. މާއިލް އައިމް ސޮރީ. އިނގޭ މަޢާފް ކުރަން އުނދަގޫވާނޭ ކަން. އެކަމަކު ޕްލީޒް] އެހެން ބުނެ ޔާއިދު ފޯނު ނަގާ ވައިބާރ އިން ލާރާ ނަމްބަރަށް ފޮނުވަން ޓައިޕްކޮއްފައި އިން މެސެޖް ދައްކާލިއެވެ.
[މިއީ އަހަރެން ދެންމެ މާއިލްއަށް ކިޔައިދިން ހުރިހާ ވާހަކައެއް. ލާރާގެ އިތުރުން އީންއާއި، ވިޝާމްއަށްވެސް މި މެސެޖު ފޮނުވާނަން. މާއިލް.. މާފަށް އެދުމުގެ ގޮތުން މާއިލްއަށް ގެއްލުނު މާއިލްގެ އެކުވެރިޔާއާއި މާއިލްގެ އަނބިމީހާ މާއިލްއަށް ހޯދައިދޭނަން..] އޭރު ޔާއިދުއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޝުކުރުވެރި ލޮލަކުން މާއިލް ޔާއިދުއަށް ބަލައިލަމުން ޔާއިދު ގައިގައި ބައްދާލިއެވެ.
[ތޭންކްސް ބްރޯ. އައި އޯއު ޔޫ] މާއިލް ބުނެލިއެވެ. [އައިމް ސޮރީ….] ޔާއިދުއަށް ބުނެލެވުނީ ހަމައެކަނި އެހެންނެވެ. [އަހަރެން މިދަނީ ގެޔަށް.. ގޮސް އަހަރެން ނޫރާ ވަރި ކުރާނަން.] ޔާއިދު ބޯޖަހާލީ މާއިލްގެ ބަހަށް ތާއިދު ކުރަމުންނެވެ.
*****
[ދަރިފުޅާ، މާއިލް ނާދޭތަ އަދިވެސް؟] ސޯފާގައިން ނޫރާ ގާތުގައި ހަދީޖާ އެއްސެވެ. [ޔެސް ގުޅަންވެސް ގުޅައިފިން ދެތިން ފަހަރު. ނުނަގަ ފޯނެއްވެސް.] ތުން އޫކޮއްލަމުން ނޫރާ ބުނެލިއެވެ. އެއްޗެކޭ ބުނަން ހަމަ އަނގަ ހުޅުވާލިއިރަށް ފެނުނީ ބަރު ފިޔަވަޅު ތަކެއްގައި ގެއަށް ވަދެގެން އައި މާއިލްއެވެ.
[ނޫރާ!!!! ކަލޭ ތިހުރީ ވަރިކޮއްފަ!! ހަމަ މިހާރު މިގެން ނިކުމެގެން ތިއައިތާކަށް ރައްކާވޭ!!!] ސޯފާގައި އިން ނޫރާއާއި ހަދީޖާ ސިހުނީ ރުޅިއަހިސް ރަތްވެ ގެއަށް ވަދެގެން އައި މާއިލް ފެނިއެވެ.
****
ހަމައެވަގުތެވެ. ފެންވަރާލައިގެން ނުކުމެ ފުނާއަޅަން ހުރި ލާރާގެ ލޮލުގައި އަޅައިގަތީ ޔާއިދުގެ މެސެޖެއެވެ. އެ މެސެޖު ކިޔާލުމާއި އެކު އަވަސް ފިޔަވަޅުތަކެއްގައި ލާރާ ދިޔައީ އީންމެން ގެޔަށެވެ.
[އިއްނޫ… ވިޝާމް.. ލުކް އެޓް ދިސް..] އަވަސް ހިނގުމެއްގައި އީންމެން ގެޔަށް އައި ލާރާ ބުނެލިއެވެ. ހަމަ އެވަގުތު އީންއާއި ވިޝާމްގެ ފޯނަށްވެސް މެސެޖެއް އައެވެ. ހަމަ އެމެސެޖެވެ.
****
[ވަޓް؟؟] ނޫރާގެ ދެލޯ ބޮޑުވިއެވެ. [މާއިލް!! ތި ކޮންކަމެއް؟ މަންމައަށް އެނގޭ މާއިލް ނޫރާއާއި ކައިވެނި ކުރީ ލޯބިން ނޫންކަން. އެކަމަކު މިހާރު ނޫރާއެއީ މާއިލްގެ ހަލާލު އަނބިމީހާއޭ އަދި މިއުޅެނީ ގައިމު ކައިވެނި ކުރިތާ 24 ގަޑި އިރު ނުވެގެން ދެން-]
[މަންމާ ހެޔޮނުވާނެ! ތި އެކްޓް ޑްރޮޕް ކޮއްލަބަލާ!! މަށަށް އެނގޭ މަންމަ މަށާ ނޫރާއާއ ކައިވެނި ނުކޮއްގެން މާވަރަކުން އުޅުނީ ނޫރާ މާއިލް ކިޑްނެޕް ކޮއް މަޖުބޫރު ކުރުވީމަކަން!!!!!] ހަދީޖާގެ ވާހަކަ ހުއްޓުވާ މާއިލް ބުންޏެވެ. އެވަގުތު ނޫރާ ހަދީޖާއާއި ދިމާލަށް ބަލައިލަމުން ދެލޯ ބޮޑު ކޮއްލިއެވެ.
[ދަރިފުޅު ކީކޭތަ ތިކިޔަނީ؟ ތި ވީކަމެއް ނޫނޭ. ތިވާނީ ލާރާ ދަރިފުޅުމެން ދުރުކުރަން ފެތުރި ވާހަކައަކަށް-]
[އޯ ޕްލީޒް. ސްޓޮޕް ދިސް ނޮންސެންސް] މާއިލް އެހެން ބުނެ ގެއިން ނިކުމެގެން ދިޔައެވެ. ނިކުން ގޮތަށް މާއިލް ފުރަތަމަވެސް ގުޅާލީ ޔާއިދުއަށެވެ.
*****
[އަޅެ.. އަހަރެން މިއީ ކޮންކަހަލަ އަންބެއްތަ؟ ކީއްވެ އަހަރެންނަށް މާއިލްއަށް އިތުބާރު ނުކުރެވުނީ؟؟] ލާރާ އިނީ އިންތިހާއަށް ހިތުގައި ޖެހިފައެވެ. [ހުއްޓާލާ.. ދެން ހުއްޓާލާ.. ތިވަރަށް ރޯކަށް ނުވާނެ. ބޭބީއަށް ވެސް އަސަރު ކުރާނެ ލާރާ ތިވަރަށް ރޮންޏާމުން] އީން ދިޔައީ ލާރާއަށް ހިތްވަރު ދެމުންނެވެ. ވިޝާމްވެސް އިނީ ހިތުގައި ޖެހިފައެވެ. މާއިލްއަށް އިތުބާރު ނުކުރެވުނީތީއެވެ. [އަޅެ މާއިލް މަށަށް ފޯރގިވް ކުރާނެތަ؟] [ޔެސް..] ލާރާއަށް އީންގާތުގައި އެ ސުވާލު ކޮއްލެވުނު އިރަށް އިވުނީ މާއިލްގެ އަޑެވެ. ގޭ ވަންނަ ދޮރު މަތީގައި އެހުރީ މާއިލްއެވެ. ރޮއެ ރޮއެ މާއިލްގެ ނޭފަތްވަނީ ރަތްވެފައެވެ. ދެލޯ ހުރީ ދުޅަވެފައެވެ. ލާރާވެސް ހަމަ އެފަދައެވެ. ލާރާއަކަށް ދެނެއް ކެތެއް ނުކުރެވުނެވެ. ދުވެފައި ގޮސް މާއިލް ގައިގައި ބައްދާލިއެވެ.
[މާއީ.. އަމް ސޯ ސޯ ސޮރީ…. ޕްލީޒް ފޯރގިވްމީ…. އައިމް ބެގިންގ] ލާރާ ރޮމުން ރޮމުން ބުނެލިއެވެ. މާއިލް މަޑު މަޑުން ބޯޖަހާލިއެވެ. [ވަރަށް ލޯބިވޭ. ވަރަށް ހަނދާންވި] މާއިލް ލާރާ ކަންފަތް ބުޑުގައި މަޑު މަޑުން ބުނެލިއެވެ. [ލާރާ މާ ލޯބިވޭ. މާ ހަނދާންވި] ލާރާ ބުންޏެވެ.
ހަގީގަތް އެނގުމުން ވިޝާމްއާއި އީންގެ އިތުރުން، ލާރާގެ މައިންބަފައިން ވެސް މާއިލް ގާތު މަޢާފަށް އެދުނެވެ. ހީނަރުވެގެން ދިޔަ ގުޅުންތަށް އަޅުން ގުޅުން ބަދަހިވިއެވެ. އެންމެންވެސް ހެޔޮ ހިތުން ޔާއިދުއަށް މަޢާފް ކުރިއެވެ. އަހަރުތަކެއްގެ އިންތިޒާރަކަށް ފަހު ޔާއިދުއާއި ވިޝްކާގެ ނަންވެސް ލޯބިވެރިންގެ ލިސްޓްއަށް އެރިއެވެ.
****
ރޭގަނޑުގެ ވަގުތެވެ. މާއިލްއާއި ވިޝާމްގެ އިތުރުން ޔާއިދު އިނީ [ސަނީ ކަޕް] ކެފޭގައި ކޮފީ ބޯންށެވެ.
[ވިޝާމް. އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ] ޔާއިދު ބުންޏެވެ. [ލެޓްސް އޯލް މީޓްއަޕް މާދަން؟ ބޭނުން އެންމެނަށްވެސް އިންޓޮރޮޑިއުސް ކޮއްދޭން] ވިޝާމް އާއެކޭ ބުނުމުން ޔާއިދު ބުންޏެވެ. [ހެހެ އަނެއްކާ ބިޓުތަ؟] މާއިލް ދިމާ ކުރާ ރާގަކަށް އެއްސެވެ. ޔާއިދުގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ޖަވާބު ދެ މީހުނަށްވެސް ލިބުނެވެ. ދެން ބާކީބައި ވިޝާމްއާއި މާއިލް ހޭދަ ކުރީ ޔާއިދުއަށް ދިމާ ކުރުމުގައެވެ.
*****
[ހެއި ލޯބްސް] މާއިލް އެނބުރި ގެއަށް އައި އިރު ޖޯލިފަތީގައި އިން ލާރާ ފެނި މާއިލް ގޮވައިލިއެވެ. [ހެހެ ހިނގާބާ އެތެރެއަށް] ލާރާ މާއިލްގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
[ލޯ މަރާބާ] ލާރާއާއި އެކު، ލާރާ އަތުގައި ހިފައިގެން ހުރެ ކޮޓަރިއާއި ހަމައަށް ދެވުމުން ލާރާ މާއިލް ގާތުގައި ބުނެލިއެވެ. މާއިލް ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ދެލޯ މަރާލިއެވެ.
[ދެން ހުޅުވަބަ] ސޯފާގައި ބައިންދަމުން ލާރާ ބުނެލިއެވެ. [ހެލޯ ޑެޑީ] ޖަހާފައި އިން ކޭކު ފެނި ލާރާއާއި ދިމާލަށް މާއިލް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
[ލާރާ؟ ބަނޑުބޮޑީތަ؟] މާއިލް އެއްސެވެ. ލާރާ ބޯ ޖަހާލުމާއި އެކު މާއިލް ލާރާ ގައިގައި އޮޅުލައިގަތީ ލިބުނު އުފަލުންނެވެ. [ކިހާ ދުހެއް؟] މާއިލް ލާރާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން އެއްސެވެ. [13 ވީކްސް] ލާރާ ބުނެލިއެވެ. މާއިލް އިތުރަށް ލާރާ ގާއިތް ކޮއްލިއެވެ.
****
ނިދިފައި އޮތް ލާރާގެ މައުސޫމް މޫނަށް ބަލަން މާއިލް އިންނަތާ މިހާރު ކިތަންމެ އިރެއްވެއްޖެއެވެ. ނަމަވެސް އަދިވެސް މާއިލް ބޭނުންވަނީ ކުޑަ އިރުކޮޅަކު އިނދެލާށެވެ. މާއިލްގެ ދެލޯދެން ދަތުރު ކޮއްލީ ލާރާގެ ބަނޑަށެވެ. ލާރާއަށް ނުހޭލެވޭނެހާ މަޑު މަޑުން މާއިލް ލާރާ ލައިގެން އޮތް ދަނބު ކުލައިގެ ދޫ ޓީޝާޓު މައްޗަށް ހިއްލައިލިއެވެ. ލާރާގެ ކުޑަ ކުޑަ ބަނޑުކޮޅު ފެނި މާއިލްގެ ދެލޯ ފުރުނީ އުފަލުގައި ކަރުނައިންނެވެ.
****
ނިދިފައި އޮވެ މާއިލްއަށް ހޭލެވުނު އިރު 30 6 ވަނީއެވެ. އޭރު ލާރާ އޮތީ ހޭލައެވެ. މާއިލް ލާރާ ގާއިތް ކޮއްލަމުން ލާރާ އުނަގަނޑުގައި ފިރުމާލިއެވެ. [އައި ލަވް ޔޫ] މާއިލް ބުނެލިއެވެ. [އައި ލަވް ޔޫ މޯރ] ލާރާ ދެލޯ މަރާލަމުން ބުނެލިއެވެ.
*****
[ތިޔަ ގުޅުއްވި ނަންބަރ މިވަގުތު ވަނީ ނިއްވާލާފައި. ފަހުން ގުޅުއްވާލައްވާ-]
[އަޅެ ދޮންބެ ފޯނެއް ނުނަގައޭ] ނިއްވާލާފައޯ. 100 ވަރަކަށް ފަހަރު ގުޅިދާނެ މިހާރު] މާހިލް ކައިރީގައި އިން މައިރީން ގާތުގައި މާހިލް ބުންޏެވެ. [ދެން އަޅެ ކުޑަބޭ.. ކިހިނެތްތަ ހަދާނީ ދެން؟ ޕޮލިސްއަށް ގުޅަންވީނުން؟] ރޮއެ ރޮއެ މައިރީންގެ އަޑު ވަނީ ކުރަކި ވެފައެވެ. މައިރީންގެ ބަހަށް އެއްބަސްވެ މާހިލް ޕޮލިސްއަށް ގުޅިއެވެ.
****
[ލާރާ.. އެބަ އަންނަން އިނގޭ ގެއަށް ގޮސްލާފަ. މަންމަގެ ހާލު ބަލައިލަން ބޭނުން] ބޭރަށް ނުކުންނަމުން މާއިލް ބުންޏެވެ. [ހޫމް. މާއިލް ނުވާނެ ނޫރާގެ ސަބަބުން މަންމަދެކެ ރުޅިއަންނާކަށް] ލާރާވެސް އެއްބަސް ވެލިއެވެ. މާއިލް ލާރާގެ ކޮލުގައި ހިފާލަމުން ގެއަށް ހިނގައިގަތެވެ.
***
ގެއިންނަ މަގަށް އަޅާލި އިރު ފެނުނު މަންޒަރުން މާއިލް ހުއްޓުން އެރިއެވެ. މާއިލްގެޔާއި ދިމާލުގައި 3 ޕޮލިސްކާރު އޮތް އިރު އެންބިއުލޭންސްވެސް އޮތެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން ވަދެ ގަނެވުނު އިރު ސްޓްރެޗަރ އެއްގައި ހުދު ފޮތިގަނޑަކުން ނިވާކޮއްފައި އޮތް މީހަ ފެނި މާއިލް ހުއްޓުން އެރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Vvvvvv reethi when’s next I’m really happy avahah up kohdheythee ☺️😊