Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 7

umny Level 210 Stories
May 4, 2024 3 Mins Read
0 Comments

ދުއްވައިގަންނަން ނޭނގިފައި ހުރި އަރީން އެކުއްޖާއާ ހަތަރުކަޅި ހަމަވެފައިވަނިކޮށް އެކުއްޖާ ހިނިތުންވެލިއެވެ. އަރީން ބިރުގަތީ ދެނެވެ. އަތުގައި އޮތް ފޯނު ޖީބަށް ލަމުން އޭނަ ދޮރުން ބޭރަށް ނުކުމެ އަވަސް އަވަހަށް ދޮރު ތަޅު އަނބުރާލެވުނީ ކިރިޔާއެވެ. ދެން އިވެންފެށީ ކުއްޖަކު ރޮމުން ދިޔަ އަޑާއި ދޮރުގައި ނުހުއްޓި ތަޅާ އަޑެވެ.

އަރީން ކުރިން ދޮރު ހުރިހެން ތިން ފަހަރު ތަޅުލުމަށްފަހު ދަބަސް ހިފައިގެން އޭނަ ކޮޓަރިއަށް ދުއްވައިގަތް އިރު މީހާގެ ހިތް ހީވަނީ ނިކުންނަން އުޅޭ ހެންނެވެ.

ދާހިތްލާ ފޯވެ ހުރެ އޭނަ ފުރަތަމަ ބަޔަށް ފޭބި އިރު އޭނައަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ. ފުރަތަމަ ފަންގިފިލާގެ ކޯރިޑޯ ތެރޭގައިވަނީ ހުސް ފިޔަވަޅުތަކެވެ. ހުދުކުލައިގެ ފިލާ ބޯޑްތައް މަތީގައިވަނީ ކުޑަ ކުއްޖެއްގެ ފިޔަވަޅުތަކެވެ. އެކި ތަންތަނުގައި އެކި ދިމަދިމާލުގައި ރަތްކުލައިން ހުރި ފިޔަވަޅުތަކުން ސިފަ ކޮއްދެނީ ކުޑަކުއްޖަކު ސަކަރާތް ޖަހަމުން ދުވެފައި ހުރި ކަހަލަ ގޮތެކެވެ. ދެން ހަދަންވީ ކިހިނެތްކަމެއް އަރީންއަކަށް ނޭނގުނެވެ. އޭނަގެ ކޮޓަރިއަށް ދާންވީ ކަމެއް ނޫނީ އެތަނުގައި މަޑުކޮއްގެން ހުރެ ނޯކަރަކަށް ގޮވަންވީ ކަމެއް ނޭނގުނެވެ.

” ސަރ…؟ ހުރިހާ ކަމެއް ރަނގަޅުތޯ؟ ” އަރީން ކޯރިޑޯގައި ހުއްޓިގެން ހުރުމުން ގޭގައި އުޅޭ ފިރިހެން ނޯކަރު އާދަމް ސިޑިން އަރައިގެން އަންނަމުން ފަރިތަކޮށް ދިވެހިން ސުވާލުކުރިއެވެ. އަރީން އެއްފަހަރު އާދަމްއަށް އަނެއް ފަހަރު ކޯރިޑޯ ތެރެއަށް ބަލާލެވުނެވެ. ކޯރިޑޯގައި ދެންމެއަކު ކަހަލަ ގޮތަކަށް ހުރި ފިޔަވަޅުތަކުން ކުރެ އެންމެ ފިޔަވަޅެއްވެސް ފެންނާކަށް ނެތެވެ.

” ލައްބަ.. އެއްވެސް ކަމެއް ނުވޭ… އާދަމް ކޮންތާކަށް ތިދަނީ؟ ” އަރީން ހަމަޖެހޭ ގޮތް ދައްކަމުން ސުވާލުކުރިއެވެ.

” މަތީބައިގައި ރަނގަޅަށް ބޮކިތައް ދިއްލިފައި ހުރިތޯ ބަލާލަން މިދަނީ… އެބައިގައި ބަޔަކު ނޫޅޭތާ ވަރަށް ގިނަ އަހަރުވެއްޖެ ނޫންތޯ؟ އެހެންވެ ސަރ މެން އައުމުގެ ކުރިން އެބައިތައް އަބަދުވެސް ރޭގަނޑުވެސް ނިއްވާފައި ބަހައްޓަނީ… ސަރ މެން ދެން އައީމައި އަސްލު އެބައިތައް ދިއްލަން މިފެށީ. ރޭގައި އެއްފަހަރު އެބޮކިތައް ނިވުނު. އެހެންވެ ކަރަންޓު މައްސަލައެއް އުޅޭތޯ ޗެކްކޮއްލަންވެގެން… ” އާދަމް އަދަބުވެރިކަމާއި އެކު ބުނަމުން އޭނަ ހިނގައިގަތީ މައްޗަށެވެ.

އަރީން ފުންނޭވާއެއް ދޫކޮއްލަމުން މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއާ ދިމާއަށް ހިނގައިގަތް އިރު ވެސް ފަރާތް ފަރާތަށް ކަޅި ދުވަމުން ދިޔައީ ދެންމެ އިރުކޮޅެއް ކުރިން ދިމާވި ކަންތަކުންނެވެ. އޭނަ ގޮސް ކޮޓަރިއަށް ވަތް އިރު މަލަކް ހުރީ ނަމާދަށެވެ. އަރީން ދަބަސް ޑުރެސިން ޓޭބަލް މޭޒުމަތީގައި ބެހެއްޓުމަށްފަހު ގޮސް އެނދުގައި އިށީނދެލިއެވެ.

ދެންމެ ދިމާވި ކަންކަން މީގެ އަށާރަ އަަހަރުކުރިން ދިމާވި ކަންކަމާއި ގުޅިފައިވޭ ބާވައެވެ؟ ނޫނީ މިއީ ގޭގައި ބަޔަކު ނޫޅޭތީ ދިމާވި ކަންކަން ހެއްޔެވެ؟ އެކަމަކު ސީދާ އަމާނީގެ ކޮޓަރިން އެކަންކަން ފެށެންވީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ އެދޮރު ނުހުޅުވާށޭ ބުނީ އެހެންވެގެން ބާވައެވެ؟ ނޫނީ އޭނައަށް އަނެއްކާ އެތާ ތެރޭގައިވި އެއްކޮށް ދޫކޮއްލެވުނީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އޭނަ އެދޮރު ހުޅުވުމުގެ ކުރިން ވެސް އުނދޯލި ކައިރިން ރަތްކުލައިގެ ކުދިކުދި ފަޔާރ ފުލައި ކަހަލަ ސޫފިތަކެއް ފެނިގެން ނުވާނެތާއެވެ. އެހެންވީމައި މިއީ އަދި މުޅިން އެހެން ކަމެކެވެ.

” އަރީން… ހާދަ ލަހުން ތިއައީ؟ ” މަލަކް މުސައްލަމަތިން ތެދުވެގެން އައިސް އަރީންގެ ގާތުގައި އިށީނދެލިއެވެ.

” ސޮރީ… މަސައްކަތް ތެރެއަށް ވަދެވިފައި އިން ވަރުން ވަގުތު ދިޔަ ގޮތް ނޭނގުނީ… މަލަކް ބަލީތަ؟ ކީއްވެ ހާދަ ފާޑަކަށް ތިހިރީ؟ ” މަލަކްގެ މޫނުމަތި ކުޑަކޮށް އޮއްސިފައިވާތީ އަރީން ސުވާލުކުރިއެވެ.

” ނޫން… އެއްވެސް ކަމެއް ނުވޭ. ކުޑަކޮށް ވަރުބަލިވެފައި. ރޭގައި ވެސް ރަނގަޅަށް ނުނިދޭތީ… ބައި ދަވޭ ހޫ އިސް މާނީ؟ ” މަލަކް ޖެއްސުން ކުރާ ފާޑަކަށް ހީގަތެވެ.

” ހޫ؟ މާނީއޭ؟ މަލަކްއަށް ކޮންތަނަކުން އިވުނު ނަމެއް…؟ ” އަރީން ނޭނގޭ ފާޑަކަށް އުޅެން ފެށުމުން މަލަކްގެ ގާތަށް އިތުރަށް ހިނިއައެެވެ.

” ސާބަސް. އުނދޯލީގައި އަރީގެ އަތްތިލައާއި ކޮންމެސް މާނީއެއްގެ އަތްތިލައެއް އެބައިން. ކުޑަ އިރުގެ ލޯބިވެރިއެއްތަ؟ ” މަލަކް އަރީންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

” ނޫން. ދެން ތިކަހަލަ ގޮތަކަށް ހީކުރާކަށްވެސް ނުވާނެ ދޯ؟ މާނީ އެއީ އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ. މާނީއަށް އަސްލު ކިޔަނީ އަމާނީ… ޝީ ޕާސްޑް އަވޭ އެއިޓީން އިޔާޒް އެގޯ… ” އަރީން ބުނި ވާހަކައިގެން މަލަކްގެ ހުނުން މަޑުވެ ޙަމްދަރުދީއަށް ބަދަލުވިއެވެ.

” ކީއްވެ ކުރިން ނުބުނީ؟ ” މަލަކް އަހާލިއެވެ.

” މަލަކް ގާތުގައި ކުރިން ވެސް ބުނީމެއްނު. އަހަރެންނަށް ކުރިން ދިމާއި އެއްވެސް ވާހަކައެއް ކިޔައިދޭނެހާ ހިތްވަރެއް ނެތޭ… އެންޑް މަލަކް އެއްނު ބުނީ ނުބުންޏަސް އޯކޭއޭ… އެކަމަކު އަހަރެން ބުނަން ޖެހޭނެ ދޯ ފެމެލީ ތިބި މީހުން. އަހަރެންގެ ހުންނާނީ ބައްޕައާއި މަންމަ. އެންޑް އަ ސުޓެޕް މަމް އެންޑް ހާފް ސިސްޓަރ.. އެހުރިހާ އެންމެން ތެރެއިން އެކަކު ފިޔަވާ ދެން އެކަކު ވެސް ދުނިޔެއަކު ނެތް. ދޮންމަންމަ ކޮބައިކަމެއް އަހަރެންނަކަށް ނޭނގޭ.. ޝީ ލެފްޓް އަސް އިޔާސް އެގޯ… ސޮރީ ކޮންމެހެން އިނގެންޖެހޭ އިންފޯ ނުބުނެވުނީމައި… ” އަރީން މަލަކްގެ ކޮލުގައި ހިފަހައްޓާލިއެވެ.

” އިޓްސް އޯކޭ.. ކޮބާ އަސުރު ނަމާދެއްވެސް ނުކުރަން ދޯ؟ އަވަހަށް ފުރެޝްވެގެން މިސްކިތަށް… އިރުކޮޅަކުން އިޝާ ވަގުތު ވެދާނެ ދެން ތިހެން އިންދާ… ” މަލަކް ހިނިތުންވެލަމުން އަރީންގެ ކޯތާފަތަށް ބޮސްދިނެވެ.

—

ނިދިފައި އޮތް މަލަކްއަށް ހޭލެވުނީ ހޫނުވާ ވަރުންނެވެ. ކުޑަދޮރުން އެޅިފައިވާ ހަނދުވަރު ފަނޑު އަލީގައި މަލަކް ތެދުވެ އޭސީ ބާރުކޮއްލަމުން ތެދުވެ ފޯނުން ގަޑި ބަލާލިއެވެ. ދަންވަރު ދެގަޑި ބައިވެެއްޖެކަން އެނގުމުން ތެދުވާ ވަގުތު ނުޖެހޭތީ އަނެއްކާވެސް އެނދުގައި އޮށޯތެވެ. އަދި ނިދޭތޯ މަރާލިއެވެ. ނަމަވެސް ލައްޕާލި ދެލޯ އަނެއްކާވެސް ހުޅުވާލަން ޖެހުނީ ފެނުނު މަންޒަރަކުންނެވެ. ކޮޓަރީގެ އެކި ދިމަ ދިމާލު ސީލިންގްއާއި ދިމާއިން ރަތްކުލައިގެ ހުއްޕާހަން ތަކެއް ފެންނަން ހުއްޓެވެ. ހުއްޕާހަން ތަކުގެ ފުލުގައި ރިބަން ވެސް އަޅުވާފައި ވުމުން ހީވަނީ ސީލިންގް ވަރަށް ވެސް ތިރިހެންނެވެ.

މެންދުރު ދިމާވި ކަންކަން ހަނދާންވެ މަލަކް ހީވާ ހީއެއް ކަމަށް ހިތާ ދެލޯ މަރާ ބާރުކޮއްލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ލޯ ހުޅުވާލަން ޖެހުނީ ކުޑަކުއްޖަކު މަންމާއޭ ކިޔައި ރޮމުން ގޮވާ އަޑަށެވެ. އޭރު ކޮޓަރިން ނިކުންނަ ދޮރު ކައިރީގައި އޭނައަށް ފުރަގަސްދީގެން އަންހެންކުއްޖަކު އިނެވެ. އިސްތަށިގަނޑު ދޫކޮއްލާފައިވުމުން ފެންނަނީ ފުދޭ ވަރަކަށް ނާމާން ޒާތަކަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ކުށަކީ ކޮބާ – 21

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ތޭވީސްވަނަ ބައި)

Next
May 4, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ތޭވީސްވަނަ ބައި)

Previews
May 4, 2024

ކުށަކީ ކޮބާ – 21



All Right Reserved!