Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 6

umny Level 210 Stories
April 30, 2024 3 Mins Read
0 Comments

” ބައްޕަ ބުނުއްވިޔަސް އަމާލްގެ ވެސް ބޮޑުމީހަކީ އަހަރެން. އަހަރެން މިއުޅެނީ އަމާލް ލައްވާ ނުބައި ކަމެއް ކުރުވާކަށް ނޫން. އަހަރެން ހަމައެކަނި ބޭނުންވަނީ އެކޮޓަރީގެ ތަޅުދަނޑި… ” އަރީންގެ އަޑުގައި ހިސާބަކަށް ހަރުކަށިކަމެއް އެކުލެވިގެން ދިޔައެވެ. އަމާލް ފުންނޭވާއެއް ދޫކޮއްލިއެވެ.

” ލައްބަ ސަރ އެދިލެއްވި ގޮތެއް… މާދަމާ ތަޅުދަނޑި ހިފައިގެން ތިގެޔަށް ދާނަން… އަޅުގަނޑު ދެން މިވަގުތު ގޮސްލީ… ” އަމާލް ގޮނޑިން ތެދުވެގެން ރޫމް އިން ނިކުންނަން ހިނގައިގަތެވެ.

” މާދަމާ ނޫން. މިރޭ އޭތި ހަވާލުކޮއްލަދޭން ވާނެ…” އަރީން ހިނިތުންވެލަމުން ބުނެލިއެވެ. އަމާލް ބޯޖަހާލިއެވެ.

—

އަރީން އޮފީހުން ނިމިގެން ގެޔަށް އައި އިރު އިރުއޮއްސިއްޖެއެވެ. އަނދިރިކަން ވެރިވަމުން ދިޔަ ވަގުތު ކާރުގައި ގޭޓުން އެތެރެއަށް ވަދެގެން ގޮސް ގޭގެ ދޮރާއި ދިމާލު ކުރިމަތީގައި ކާރު ޕާރކުކޮއްލިއެވެ. އަދި ގެޔާއި ދިމާއިން ހިނގައިގަންނަން އުޅެނިކޮށް އޭނަގެ ކަންފަތުގައި ހަރުލީ ހުނުމެއްގެ އަޑެވެ. ކުޑަ އަންހެންކުއްޖެއްގެ އަޑެވެ. އެއަޑުގައި ހުވަފެނީ ކަހަލަ އަސަރުތަކެއް އެކުލެވިފައިވެއެވެ. ހިންދިރުވާލަމުން އަރީންއަށް ފަރާތް ފަރާތަށް ނަޒަރު ހިންގާލެވުނެވެ. މެންޝަންގެ ބޭރުން ދިއްލާފައިވާ އަލީގައި މީހަކު ފެންނާކަށް ނެތެވެ. އެހެނަސް އުނދޯއްޔާއި ދިމާ އަނދިރިކަމުގައި ރަތްކުލައިގެ ކުދިކުދި ސޫފިތަކެއް އުޅެމުން ދިޔަކަން އޭނައަށް ފާހަގަވިއެވެ. ވުމާއެކު ލަސްނުކޮށް އޭނަ އެތެރެއަށްވަނެވެ.

އަރީން ބޮޑުދޮރުން އެތެރެއަށް ވަދެގެން އައި އިރު އެތެރެ އެއްކޮށް ދިއްލާފައިވާ ބޮޑު މެންޝަންގެ ތިރީ ބައިން މީހެއްގެ ހިލަމެއް ނުވެއެވެ. ރޭގައި ވެސް ރަނގަޅަށް ނުނިދާ ހުރެ މިއަދު ބުރަކޮށް މަސައްކަރް ކުރުމުން މީހާ ވަނީ ވަރުބަލިވެފައެވެ. އަރާމުކުރުމަށް ކޮޓަރިއަށް ދިއުމުގެ ބަދަލުގައި އަރީން މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް އޭނަ އެރީ ދެވަނަ ބުރިއަށެވެ. ދިގު ކޯރިޑޯގެ ތެރެއިން ދެފަރާތުގައިވި ކޮޓަރިތަކުގެ ދޮރުތައް ހުރަސްކޮށް އޭނަ ގޮސް މަޑުކޮއްލީ އިއްޔެ އޭނައަށް ނުހުޅުވުނު ކޮޓަރީގެ ދޮރު ކުރިމަތީގައެވެ. އެންމެ މަތީބައި އެހާ ބޭނުން ނުކުރާތީ މަތީ ބައިގައި ދިއްލާފައިވަނީ ވަރަށް ވެސް ފަނޑު އަލިކަމެއް ދޭ ލައިޓެކެވެ.

އަތުގައި އޮތް ކަޅުކުލައިގެ އޮފީސް ދަބަހުގެ ކުރީ ވަތްގަނޑުން އޭނަ ނެގީ ތަޅުދަނޑިއެކެވެ. ބާވެ ދަބަރު ޖަހާފައިވާ ތަޅުދަނޑީގެ ފުލުގައި ފަޔާ ފުލައިޔާއެއް ކަހަލަ އެއްޗެއް އެލުވާފައިވެއެވެ.

ދަބަސް ބިންމަތީގައި ބެހެއްޓުމަށްފަހު ތަޅަށް ތަޅުދަނޑި ޖަހާ އަނބުރާލިއެވެ. ދެފަހަރަކު އަނބުރާލުމުން ވެސް ތަޅު ނުހުޅުވުނެވެ. ފުންނޭވާއެއް ދޫކޮއްލަމުން ތިންވަނަ ފަހަރު އަރީން ތަޅުދަނޑި އަނބުރާލިއެވެ. މިފަހަރު ތަޅު ހުޅުވުނެވެ. ދޮރު ތިން ފަހަރު ތަޅުލާފައިވުމުން ނުހުޅުވުނީއެވެ.

ނުހުޅުވާ ހުރުމުން ތޫލި އަޑަކާއިއެކު ދޮރު ހުޅުވިގެން ދިޔައެވެ. އަނދިރިކަން ވެރިވެފައިވާ އެތަނުން އެއްޗެއް ފެންނަ ވަރެއް ނުވެއެވެ. ފޯނުނަގައި ދިއްލާލަމުން އޭނަ އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. މުޅި ކޮޓަރިވަނީ ހިރަފުހުން ފުރިފައެވެ. ފާރުތައްވެސް މަކުނު ވަލުން ފުރިފައިވެއެވެ. ކުޑަ އަންހެންކުއްޖަކަށް ތައްޔާރު ކޮއްފައިވާ ކޮޓަރީގެ ފަރުނީޗަރުތައް ވެސް ވަނީ ކިރިޔާ އެނގޭ ވަރަށް ހިރަފުސްވެފައެވެ.

ކެއްސާ ކޮށި އަރާތީ އަތުގެ އުޅަނބޯށިން ނޭފަތާ އަނގަ ނިވާވާ ގޮތް ހަދަމުން ބޮޑު ކޮޓަރި ތެރޭގައި ހިނގަމުން ދިޔަ އިރު ދެލޯ ވަނީ ފެންކަޅިވެފައެވެ. ހުރި ހަމައެކަނި ކޮއްކޮ އަމާނީ މިދުނިޔޭގައި ނެތްތާ މިހާރު އަށާރަ އަަހަރުވެއްޖެއެވެ. ވީގޮތެއް ނޭނގި އަމާނީ ނިޔާވި ފަހުން ސަލީމްވަނީ އެކޮޓަރި ތަޅުލުމަށްފަހު ތަޅުދަނޑި ފޮރުވާފައެވެ. އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް އެކޮޓަރި ނުހުޅުވަން ސަލީމްވަނީ އަމުރުކޮއްފައެވެ. ނަމަވެސް އަރީން މިއަދު ސަލީމްގެ އެދުމުގައި ކޮޅުފައިން ޖެހީއެވެ. އަށާރަ އަހަރު ފަހުން އަމާނީގެ މޮޓަރި ދޮރު ހުޅުވުނު މިއީ ފުރަތަމަ ފަހަރެވެ.

ހެލޯ ކިޓީގެ އެތަކެއް ނިޝާންތަކަކުން ފަރުމާކޮއްފައިވާ އެކޮޓަރީގައި މުޅިން ވެސް ފެންނަމުން ދިޔައީ އަމާނީގެ ނިޝާންތަކެވެ. އެއްފާރު އެއްކޮށް ފުރާ އަމާނީގެ ހަޔާތުގައި އޭނައަށް ލިބުނު ހަތް އަހަރު ދުވަހުގެ ފޮޓޯތައް ފުރޭމްކޮށް ހަރުކުރެވިފައިވެއެވެ. އެނދާއި ކައިރި ރަގް މަތީގައި ކުޅޭ ހިރަފުހުން ފޯވެފައިވާ ވަށިގަނޑެއް ފުރިފައި ހުއްޓެވެ. މުޅިން ވެސް އަމާނީގެ ހަނދާންތަކެވެ.

އަރީން ގޮސް ސިންގަލް އެނދުގައި އިށީނދެލިއެވެ. އަތުގައި އޮތް ފޯނު އަލިވާނެހެން އޭނަ އެއްކައިރީގައި ބާއްވާ އެނދުމަތީގައި ބާއްވާފައިވާ އަތްކެނޑި ފެހިކުލައިގެ ހެދުން ނެގިއެވެ. ކަޅުރަތް ލެއިން ހުރި ތަންގަނޑެއް ހެދުމުގެ ކަރު ކައިރީގައި ވެއެވެ. އެއީ އަމާނީ ނިޔާވި ދުވަހު ލައިގެން ހުރި ހެދުމެވެ. އޭނަ ނިޔާވީ އެހެދުން ލައިގެން ހުއްޓައެވެ.

ހެދުން ކަކޫ މަތީގައި ބާއްވައިގެން އިންދާ އަރީން ސިހުނީ ކުއްލިއަކަށް އެނދު ދަށުން އިވެން ފެށި އަޑުތަކުންނެވެ. ހީވަނީ މީހަކު ނިޔަފަތިން އެނދުގެ ދަށުގައިވާ ފިލާ ތަކުގައި އަތްކާއްތާ ހެންނެވެ. ހިންދިރުވާލަމުން އަރީން ހެދުން ނަގައި އެނދުގައި ބޭއްވުމަށްފަހު ފޯނު ނެގިއެވެ. އަދި މަޑުމަޑުން ތެދުވެ އެނދާއި ދުރަށް ޖެހިލިއެވެ. ލަސްލަހުން ތިރިވެ ބިންމަތީގައި ދެކަކޫ ޖައްސަމުން އޭނަ ބޯ ތިރިކޮށް އަތުގައި އޮތް ފޯނުން އެނދު ދަށަށް އަލިކޮއްލިއެވެ. ދެން ފެނުނު މަންޒަރުން އަރީން ސިހިގެން ގޮސް ފަހަތަށް ވެއްޓުނީއެވެ.

އެނދު ދަށުގައިވާ ފިލާތަކުގައި ނިޔަފަތި ކާއްތަމުން ދިޔައީ ހަތްވަރަކަށް އަހަރުގެ އަންހެންކުއްޖެކެވެ. ކަޅުކަންގަދަ ދިގު އިސްތަށިގަނޑުގެ ސަބަބުން މޫނަށް ނިވާ އެޅިފައިވާ އިރު ހަންގަނޑު ނުހަނު ހުދެވެ. ހީވަނީ ހަށިގަނޑުން އެއްކޮށް ލޭ ހުސްވެފައިވާ މީހެއް ހެންނެވެ. އަރީން ބަލަބަލާ ހުއްޓާ އެކުއްޖާ އޭނަޔާ ދިމާއަށް މޫނު އަނބުރާލިއެވެ. ހުދުކަން ހުންނަ ދެލޮލުގައިވަނީ ރަތްކުލައިން ލޭ ފޭއްދިފައެވެ. މޫނުގެ ހަންގަނޑު ނެގިފައިވާ ބަލަން ވެސް އެކުއްޖާ ނުހަނު ހުތުރެވެ.

ދުއްވައިގަންނަން ނޭނގިފައި ހުރި އަރީން އެކުއްޖާއާ ހަތަރުކަޅި ހަމަވެފައިވަނިކޮށް އެކުއްޖާ ހިނިތުންވެލިއެވެ. އަރީން ބިރުގަތީ ދެނެވެ. އަތުގައި އޮތް ފޯނު ޖީބަށް ލަމުން އޭނަ ދޮރުން ބޭރަށް ނުކުމެ އަވަސް އަވަހަށް ދޮރު ތަޅު އަނބުރާލެވުނީ ކިރިޔާއެވެ. ދެން އިވެންފެށީ ކުއްޖަކު ރޮމުން ދިޔަ އަޑާއި ދޮރުގައި ނުހުއްޓި ތަޅާ އަޑެވެ.

އަރީން ކުރިން ދޮރު ހުރިހެން ތިން ފަހަރު ތަޅުލުމަށްފަހު ދަބަސް ހިފައިގެން އޭނަ ކޮޓަރިއަށް ދުއްވައިގަތް އިރު މީހާގެ ހިތް ހީވަނީ ނިކުންނަން އުޅޭ ހެންނެވެ.

ދާހިތްލާ ފޯވެ ހުރެ އޭނަ ފުރަތަމަ ބަޔަށް ފޭބި އިރު އޭނައަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ހިނިތުންވެލާށޭ ކަލާ

Next

ސަންމޭރީ

Next
April 30, 2024

ސަންމޭރީ

Previews
April 30, 2024

ހިނިތުންވެލާށޭ ކަލާ



All Right Reserved!