Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 3

umny Level 210 Stories
April 7, 2024 3 Mins Read
3 Comments

މުޅިއަކު ދިހަ ކޮޓަރިވި އެމޭންސަންގެ އެންމެ މަތީ ދެވަނަ ބުރީގެ އެންމެ އެތެރެއަށް އިން ކޮޓަރީގެ ތަޅުގައި އޭނަ އަތްޖައްސާލިއެވެ. އަދި ފުންނޭވާއެއް ދޫކޮއްލާ އޭނަ އެދޮރުގެ ތަޅު މަޑުމަޑުން އަނބުރާލިއެވެ. ތަޅުލައިފި އެދޮރުގެ ތަޅެއް އަރީންއަކަށް ނުހުޅުވުނެވެ. ހަމަ ޖެހުމުގެ ނޭވާއަކާއެކު އޭނަ ހިނިތުންވެލަމުން އަނބުރާ ތިރިޔަށް ދިއުމަށް އޭނަ އެނބުރެލިއެވެ. އަޅަން އުޅުނު ފިޔަވަޅު އޭނައަށް ހުއްޓާލަން މަޖުބޫރުވީ ދެންމެ ތަޅުލައިފިވި ކޮޓަރީގެ ދޮރުގެ ތަޅުގައި މީހަކު ހިފާ އަނބުރާލި އަޑަށެވެ. ސިހިފައި އަރީން އަނެއްކާ އެދިމާއަށް އެނބުރުނެވެ.

ފަހަތަށް އެނބުރުނު އަރީންގެ ދެލޯ އަމާޒުވީ އެކޮޓަރީގެ ދޮރާއި ދިމާއަށެވެ. އެހެނަސް ދޮރުގެ ކުރިމަތިން މީހަކު ފެންނާކަށްނެތެވެ. ދޮރުގެ ތަޅުގައި ރަތްކުލައިގެ ކުޑަކުޑަ އަތެއްގެ ނިޝާނެއްވެއެވެ. ދޮރު ކައިރި ބިންމަތީގައި ވެސް ރަތްކުލައިން ކުޑަ ކުއްޖެއްގެ ފިޔަވަޅުތަކެއް ވެއެވެ.

” އަރީން! އަހަރެން ކިހާ ވަރަކަށް މިގޮވަނީ ކާން އަންނަން؟ ” މަލަކްގެ އަޑަށް ސިހިފައި އަރީންއަށް މަލަކްއާއި ދިމާއަށް ބަލާލެވުނެވެ. އަދި އަނެއްކާ ވެސް ފަހަތަށް އެނބުރި އެއްކަލަ ދޮރާއި ދިމާއަށް ބަލާލެވުނެވެ. އަތްތިލަ ކީއްކުރަން އެއްވެސް ފިޔަވަޅެއްގެ ނިޝާން ވެސް ފެންނާކަށް ނެތެވެ.

” ސޮރީ… އެހާ ދުވަސްފަހުން އަހަރެންނަށް މިގެޔަށް އާދެވުނީމައި ދެން ތަންތަން ބަލާލީ… ” ހީވި ހީވުމެއް ކަމަށް ނިންމަމުން އޭނަ ހިނިތުންވެލަމުން ގޮސް މަލަކްގެ އުނަގަނޑުގައި ހިފާ ކައިރިކޮއްލިއެވެ. އަދި ދެމަފިރިން އެކުގައި މެންދުރުގެ ކެއުމަށް ތިރިޔަށް ދިޔައެވެ.

—

އިޝާ ނަމާދުކޮއްލައިގެން މަލަކް ފުރަތަމަ ބުރީގައިވި އެންމެ އެތެރޭގައި ހުރި ކޮޓަރިން ބޭރަށް ނިކުތް އިރު އަރީން މިސްކިތަށް ދިޔަ ގޮތަށް އަދި ނާދެއެވެ. ރޭގަނޑުގެ ވަގުތު އެބޮޑު ގޯތިތެރެ އޮތް ގޮތް ބަލާލުމުގެ ގޮތުން އޭނަ ނިކުމެލީ އެފުލޯއިން މެންސަންގެ ފަހަތް ފެންނަން އިންނަ ކޯރިޑޯއާއި ގުޅިފައިވި ބެލްކަންޏަށެވެ. ބެލްކަނީގެ ރެއިލިން މަތީގައި އޭނަ އަތް އަޅާލަމުން ތިރި ބަލާލި އިރު ޕޫލްވަނީ ދިއްލާލައިފައެވެ. އަތުގައި އޮތް ފޯނުން ޕޫލް ފެންނަ ގޮތަށް ފޮޓޯއެއް ނަގާލަމުން އޭނަ އިސްއުފުލާލާ ކުރިމައްޗަށް ނަޒަރު ހިންގާލިއެވެ. ނަލަ ހަނދުވަރުގެ އަލީގައި މެންސަންގެ ވަށާފާރު ފެންސްގެ ބޭރުން ކަނޑު އޮތީ ފެންނާށެވެ. މަލަކް ހިނިތުންވެލަމުން ކަނޑާއި ދިމާއިން ޖެހެމުން ދިޔަ ހިތްގައިމު ތާޒާ ވައިން ނޭވާ އެތެރެއަށް ދަމާލިއެވެ. މިއީ މަލަކްގެ މުޅި ހަޔާތުގައި ދެކުނު އެންމެ ބޮޑު ހުވަފެން ހާސިލްވި ދުވަހެވެ. ލޯބިވާ ފިރިމީހާއާއި އެކު ބޭރު ޤައުމަކަށް ބަދަލުވެވުނީތީއެވެ. މިއިން ދުވަހަކުވެސް ހުވަފެން ހާސިލް ނުވާނެ ކަމަށް ހީކޮއްގެން ހުއްޓާ ނަސީބު އަތުގައި މިހިފީ އޭނަ ހީވެސް ނުކުރި ފަދަ ގޮތަކަށެވެ.

ހިޔާލުތަކުން ބޭރުވެވި މަލަކްއަށް ސިހުމެއް ލިބުނީ ދާދި ގާތުން މީހެއްގެ ހިލަމެއް ވެގެންނެވެ. މޫނު އަނބުރާލަމުން އޭނަ އެމީހަކާއި ދިމާއަށް ނަޒަރު ހިންގާލި އިރު ދާދި ގާތުގައި ހުރީ ކުޑަ އަންހެންކުއްޖެކެވެ. ޖެހެމުން ދިޔަ ވައިގެ ސަބަބުން އެކުއްޖާގެ އުނަގަނޑާ ހަމައަށް އަރާ ދިގު ފަންފަން ކަޅު އިސްތަށިގަނޑުން މޫނު ނިވާވެފައިވެއެވެ.

” ހައި… ” މަލަކް ލައިގެން ހުރި މަޑުނޫކުލައިގެ ދިގުހެދުން ކޮށިކޮއްލަމުން އެކުއްޖާއާ އެއްހަމައަކަށް ތިރިވެލަމުން އެކުއްޖާގެ ގާތަށް ޖެހިލިއެވެ. އޭނަ އިނގިރޭސިން އެކުއްޖާއާ ވާހަކަދެއްކީ ލަންކާ ކުއްޖަކަށް ވެދާނެތީއެވެ.

” ދައްތަ ކީއްވެ މިގެއަށް ތިއައީ؟ ” ފަސްވަރަކަށް އަހަރުގެ އެކުއްޖާ ހުރި ގޮތަށް ހުރެ ދިވެހި ބަހުން ކުރި ސުވާލުން މަލަކްގެ ހިތުގައި ސުވާލު އުފެދުނެވެ.

” މިއީ ދައްތަގެ ފިރިމީހާގެ ގެޔަށްވީމައި. ކޮއްކޮ ކޮންނަމެއްތަ ކިޔަނީ؟ ދައްތައަށް ކިޔަނީ މަލަކް އިނގޭ.. ” މަލަކް ހިނިތުންވެލަމުން ކުރިޔަށްވުރެ ބޮޑަށް އެކުއްޖާއާ ގާތަށް ޖެހިލިއެވެ.

” އަޅުގަނޑަށް އެނގޭ ތިއީ މަލަކް ދައްތަކަން… އެކަމަކު މިގޭގައި ދައްތަ އުޅޭކަށް ނުވާނެ… ” އެކުއްޖާ މަޑުމަޑުން މަލަކްއާއި ދިމާއަށް އެނބުރުނެވެ. އޮޅަލި ކުލައެއްގެ ހަންގަނޑު ހުރި ކުޑަކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އެހާ ލޯބި ލޯބިކޮށް ހުރި ކުއްޖެއްކަމަށް ނުވިޔަސް މައުސޫމްކަމެއް ލިބިފައިވެއެވެ. މަޑު ފެހިކުލައެއްގެ އަތް ކުރު ކަކުލާ ހަމައަށް އަރާ ހެދުމާ ގުޅޭ ބޫޓަކަށް އަރާފައިވެއެވެ.

” ކޮއްކޮ ކީކޭ ތިކިޔައީ؟ ދައްތައަށް ނުވިސްނޭ ދޫނީ… ” މަލަކް އެކުއްޖާގެ ކޮލުގައި ކޮއްޓާލަމުން އަހާލިއެވެ.

” ލާރާގެ މަންމަ ބުނީ ދައްތަ ގާތުގައި ބުނާށޯ މިގެއިން އަވަހަށް ދާށޭ… ” ލާރާ އޭނަގެ މޭގައި އަތް ޖައްސާލަމުން ބުނެލިއެވެ.

” ލާރާގެ މަންމައަކީ ކާކު؟ ކީއްވެތަ ލާރާގެ މަންމަ އެހެން ބުނީ…؟ ” މަލަކް ފުންނޭވާއެއް ދޫކޮއްލަމުން އަހާލިއެވެ.

” މަންމައަކީ މެލެރީއެއްނު. މިގޭގައި މަންމަ މަސައްކަތް ކުރާނީ.. މަންމަ ބުނީ ދައްތަ މިގޭގައި އުޅެންޏާ ދައްތައަށް ދެރަ ކަންކަން ވާނޭ… އެހެރީ މިހާރު ވެސް އޭތި އުނދޯލި ކައިރީގައި…. ” ލާރާ އުނދޯންޏާ ދިމާއަށް އިޝާރާތްކޮއްލާ ބުނި ވާހަކައިން މަލަކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލަސްލަހުން މަލަކް އެދިމާއަށް އެނބުރެލި އިރު ލާރާ ބުނި ފަދައިން އުނދޯލި ކައިރިން ކަޅު އެތިގަނޑެއްހެން ހީވާ އެއްޗެއް ފެންނަން ހުއްޓެވެ.

” އެއީ ކޯޗެއް….؟ ” މަލަކް ހިންދިރުވާލަމުން ލާރާއާ ދިމާއަށް ބަލާލިއެވެ. ލާރާ މަލަކްއާއި ހަތަރުކަޅި ހަމަކޮއްލިއެވެ. އެދެލޮލުން އޭނަ ބިރުގަނެފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ހީވާ ގޮތުން އޭނައަށް އެކަހަލަ އެއްޗެއް އެފެނުނީ އަލަކަށް ނޫން ކަހަލައެވެ.

” އެއީ… ” ލާރާ ބުނަން އުޅުނު ވާހަކަ ހުއްޓާލީ އަރީން އައިސް އެދެމިހުންނާ ދާދި ގާތުގައި މަޑުކޮއްލުމުންނެވެ.

އަރީން މަޑުމަޑުން އައިސް ލާރާއާއި އެއްހަމައަކަށް ތިރިވެލަމުން އެކުއްޖާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. އަދި ފުންނޭވާއެއް ދޫކޮއްލާ ހިނިތުންވެލަމުން ލާރާގެ ކޮލުގައި ހިފާލިއެވެ.

” މިއީ ކޮންނަމެއް ކިޔާ ކުއްޖެއްތަ؟ ” އަރީން ކުރިޔަށްވުރެ ބޮޑަށް ހިނިތުންވެލަމުން އަހާލިއެވެ.

” ތިއީ މެލެރީގެ ކުއްޖެއް.. ލާރާ ކިޔަނީ.” ލާރާގެ ބަދަލުގައި ޖަވާބު ދިނީ މަޑުން އިން މަލަކްއެވެ. އަރީން އެހެންދޯ ބުނެލި ވަގުތު އޭނައަށް ހަނދާންވީ މެންދުރުފަހު އުނދޯލި ކައިރިން އެފެނުނު ކުއްޖާއެވެ. އަދި އެއީ މެލެރީގެ މިކުޑަ ކުއްޖާކަން އޭނައަށް ޔަޤީންވިއެވެ.

” ކޮއްކ…” އަރީންގެ ވާހަކަ ފުރިހަމަ ނުވަނީސް ލާރާ ދުވެފައި ކޯރިޑޯ ތެރެއަށް ދުއްވައިގަތެވެ.

” މަލަކް. އާރޔޫ އޯކޭ؟ ” މަލަކްގެ މޫނުމަތިން ފެންނަމުން ދިޔައީ އޭނަ ބިރުގަނެފައި ހުރިކަމުގެ ނިޝާނެވެ. ދެންމެ ފެނުނު އެއްޗާއި ލާރާ ކީ ވާހަކަތަކުން އޭނައަށްވަނީ ކުޑަ ޝޮކެއް ލިބިފައި ކަހަލައެވެ.

” ޔެއަރ އައި އޭމް ފައިން… ” މަލަކް ފަނޑު ހިނިތުންވުމެއް ދެމުން ތެދުވިއެވެ.

” ހިނގާ ކާން ދަމާ ދޯ؟ ދެންމެ ތިރިން މެލެރީއަށް އަހަރެން ފެނިގެން ބުނެފި ކާން އަންނާށޭ… ” އަރީން ތެދުވަމުން ބުނެލިއެވެ. މަަލަކް ބޯޖަހާލުމުން އޭނަ މަލަކް ގޮވައިގެން ތިރިއަށް ދިއުމަށް ހިނގައިގަތް ތަނާ މަލަކްގެ ފިޔަވަޅުތައް މަޑުޖެހުމުން އޭނަ މަޑުކޮއްލަން ޖެހުނެވެ. އަރީން ހައިރާންވެފައި މަލަކްއަށް ބަލާލި އިރު މަލަކްގެ ނަޒަރު ހުއްޓިފައިވީ އުނދޯންޏާ ދިމާއަށެެވެ. އަރީން މަލަކްއެކޭ އެއްފަދައިން އުނދޯއްޔާ ދިމާއަށް އެނބުރުނު އިރު މީހަކު ނެތި އުނދޯލި ބާރަށް ހެއްލެނީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ބާރަވަނަ ބައި)

Next

އިހުސާސްތަކޭމީ 9

Next
April 7, 2024

އިހުސާސްތަކޭމީ 9

Previews
April 7, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ބާރަވަނަ ބައި)

3 Comments!

  1. Meeeeee says:
    April 8, 2024 at 12:12 am

    Wooooow

    1. umny says:
      April 8, 2024 at 1:13 pm

      🤍

  2. jiji says:
    April 9, 2024 at 9:32 pm

    can’t wait for the next part 💗

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން، 4←


All Right Reserved!