“ވިލްޔޫ މެރީމީ .. ޒެނީ އަހަރެންނާ އިންނާނަންތަ ..” ޒޭނާއަށް ހައިރާންވެ ކިޔާންގެ ދެލޮލާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. ކިޔާން ސީރިއަސްތޯ ޔަގީން ކޮށްލުމަށްށެވެ. ” ކިޔާން .. މަޖަލެއް ނޫން .. އަހަރެންނަށް އެނގޭ އަހަރެންނަށް އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރާކަން އެކަމަކު ތިގޮތަށް އަހަރެންގެ ހާލާމެދު އަހަރެންނަށް މަލާމަތް ނުކުރޭ .. ” ކިޔާން ބުނިބަސްތައް ގަބޫލު ނުކުރެވޭތީ ޒޭނާ ހީކުރީ އޭނާގެ ހާލާ މެދު ކިޔާން މަލާމަތް ކުރަނީ ކަމަށްށެެވެ. ” ނޫން .. ޒެނީ . އަހަރެން މަލާމާތެއް ނުކުރަން . އަހަރެން މިބުނީ ހަމަ އަހަރެން ބޭނުންވެފަ ހުރި ގޮތް . އަހަރެން ބޭނުން ޒެނީއާ ކައިވެނި ކުރަން ޒެނީ ތިކަމުން ސަލާމަތް ކޮށްދެން .. އެންޑް.. ” ކިޔާން އެހިސާބަށް ބުނެފައި އެއްޗެއް ނުބުނުމުން ޒޭނާ ކިޔާންއަށް ބަލާލަމުން އަހާލިއެވެ. ” އެންޑް .. ” ކިޔާން އިސްއުފުލާލަމުން ޒޭނާގެ އަތުގައި ހިފާލަމުން ޒޭނާގެ ރީތި މޫނަށް ހިނިތުން ވެލަމުން ބަލާލިއެވެ. ” އައި ލައިކްޔޫ .. އައި ލައިކްޔޫ ވެރީ މަޗް .. އަހަރެން ބޭނުން ޒެނީ އަހަރެންގެ މީހަކަށް ހަދަން .. ދެން ޖަވާބެއް ދީބަލަ އަހަރެންނާ އިންނާނަންތަ ” ޒޭނާ ރަކިވިއެވެ. އަދި ވަރަށް މަޑުމަޑުން ބުނެލިއެވެ. ” ޔެސް . އަވިލް މެރީ ޔޫ .. ”
އަލީންއާއި ރީމާ ތިބީ ޓެންޓުން ބޭރުގައި ހަދާފައި ހުރިއަށީގައި އިށީދެލައިގެންނެވެ. ” އަލީން ހަމައަހަރެންދެކެ އެހާ ލޯބިވޭތަ .. ” ރީމާ އަލީންގެ އަތުގެ އިނގިލިތަކާ ކުޅެލަމުން ބުނެލިއެވެ . ” ޔެސް މައި ރާނީ .. ވަރަށް ބޮޑަށް .. ދުވަހަކުވެސް ރާނީ ދޫކޮށްލާކަށް ނޭދެން .. މަރުވިޔަސް އަންނާނަށް ޖިންނިއަކަށް ވެގެން އަހަރެންގެ ރާނީ ކައިރިއަށް .. ހަހަ .. ” އަލީން ހިނިގަނޑެއް ޖަހާލަމުން ރީމާގާތު ބުނެލިއެވެ. ” ދެން .. ދުވަހަކުވެސް ސީރިއަސް ނުވާތި .. ” ރީމާ ތުންއަނބުރާލަމުން ބުނެލިއެެވެ. އެވަގުތު ޒޭނާއާއި ކިޔާން އެދިމާލަށް އަންނަތަން ފެނުމުން ދެމީހުން އަވަސް އަވަހަށް ދުރުވެލިއެެވެ.
” ރީ .. ހިނގާބާ ވާހަކައެއް ބުނަން .. ” ޒޭނާއައިސް ރީމާ ކަންފަތް ކައިރީ މަޑުމަޑުން ބުނެލިއެވެ. ރީމާ އާއި ޒޭނާ ޓެންޓަށް ގޮސް ވަނުމުން ކިޔާންއައިސް އަލީން ކައިރީ އިށީނެވެ. ” އަހަ ކަލޭ ހާދަ އުފާވެފަ.. ކިޔާންގެ މޫނުމަތިން ފެންނަށްހުރި އުފާވެރިކަމުން އަލީން ކިޔާންގާތު އަހާލިއެވެ. ” ޔާރ .. އައިމް ގޮއިންޓު ގެޓު މެރިޑް .. ” ކިޔާން ބުނި އެއްޗަކުން އަލީިންއަށް އިންތަނުން ތެދުވެވުނެވެ. ” ވަޓް .. ”
” ވަޓް ” ބާރަށް ހަޅޭއްލަވައި ގަންނަމުން ރީމާ އަށް ޒޭނާއާއި ދިމާލަށް ބުނެލެވުނީ ޒޭނާ ކިޔަމުންދިޔަ އެއްޗެހި ގަބޫލު ނުކުރެވުނީމައެވެ. އެވަގުުތު އޭނާގެ އަޑު އެކޯވެގެން ދިޔަ ހެންވެސް އޭނާއަށް ހީވިއެވެ. ” އެކަމު ހާދަ އަވަހަކަށް .. އެންޑު ޔޫ ޑޯންޑް އިވެން ނޯ ހިމް .. ” ރީމާ އަށް އަދިވެސް އިނދެވުނީ ކުއްލި ޝޮކެއްގައެވެ. ” ރީ .. މުސްކުޅިއަކާ އިނދެގެން އަހަރެންގެ މުޅިލައިފް ވޭސްޓު ކުރުމަށް ވުރެ މާ ރަނގަޅު މިގޮތްވެސް .. ” ޒޭނާ ރީމާއަށް ވިސްނައިދެމުން ބުނެލިއެވެ. ” ޔާ .. އައި ނޯ .. އެކަމަކު އަހަރެން ބުނީމެއްނު ތިކަމުން ސަލާމަތް ކޮށްދޭނަމޭ .. އެންޑް މީހުން މެރީ ކުރަނީ އެމީހަކު ލޯބިވާ މީހަކާއޭ .. ” ރީމާ ޒޭނާއަށް ބަލާލަމުން ބުނެލިއެވެ. ” އައި ލަވް ކިޔާން .. ރީ .. އައި ލަވް ހިމް .. ” ޒޭނާ އިސްޖަހާލަމުން ބުނެލިއެވެ. ރީމާ އަށް ޒޭނާގެ އަޑުގައި ހުރި ހަގީގަތް ވިސްނުނެވެ. ” އޯ .. ޔޫކުޑް ހޭވް ސެއިޑް އިޓް .. އެހެންވީމަ މައްސަލައެއް ނެތް .. ޒޭން ހެޕީކޮށް ހުންނަށް އަހަރެން ބޭނުމީ .. އެހެންވީމަ ތިކަމުގަ އަހަރެން ޒޭންއަށް ހެލްޕު ވާނަށް ” ޒޭނާ ރީމާގައިގައި ބައްދާލިއެވެ. ” ތޭންކިޔޫ ރީ .. ޔޫ އާރ ދަ ބެސްޓް ” ރީމާ ހިނިތުން ވެލިއެވެ.
ރީހާންމެން ޓެންޓު ސަރަހައްދަށް އައިއިރު ދިހައެއް ޖަހަނީ އެވެ. ކުޑަކޮން ރެސްޓު ކޮށްލާފަ އެންމެން ވެގެން ކައްކަން ފެށިއެވެ. ކެއްކުމުގެ ތެރެއިން ކިޔާން ޒޭނާއަށް އެކި ގޮތްގޮތުން ގޯނާ ކޮށްލައެެެވެ. ރީހާންއަށް މިމަންޒަރު ފެނުމުން ރުޅިއާދެވުނެވެ. ރަށަށް ގޮސް ކިޔާންއާއި ވާހަކަ ދައްކަން އޭނާ ބޭނުންވިއެވެ. ޒޭނާ އަކީ ކިޔާން ގެ އަޅަކަށް ވާކަށް ރީހާން ބޭނުމެއް ނުވެއެވެ. ކައްކާނިމިގެން އެންމެން ކާންފެށިއެވެ. ކައިގެން އިރުކޮޅަކު ހަަމަޖެހިލަން ބޭނުންވާތީ އެކި މީހުން އެކިތަންތަނުގައި ޖައްސާލިއެވެ. ކިޔާން ގޮސް ޒޭނާ ގާތު އިށީނެވެ. މިތަންބަލަން އިން ރީހާން އަށް ކެއްނުވުމުން އެދިމާލަށް ދާން ހިނގައި ގަތެވެ. ނަމަވެސް ރީމާ ރީހާން އަތުގައި ހިފައިގެން އެތަނުން ދުރަށް ގެންދިޔައެވެ.
މީހުން ނުފެނަ ހިސާބަށް ގޮސް ރީމާ ރީހާން އަތުން ދޫކޮށްލިއެވެ. ” ޒޭން ވޯންޓް ޓު މެރީ ހިމް .. ” ރީމާ ރީހާންގާތު މަޑުމަޑުން ބުނެލި އެއްޗަކުން ރީހާންގެ ހިތް ކުދިކުދިވެގެން ދިޔަކަަހަލަ އިހްސާސެއް ވިއެވެ. ” ވަޓް .. ” ރީހާން އަށް ގަބޫލު ނުކުރެވިގެން ބުނެލެވުނެވެ. ރީމާ އަށް ޒޭނާ ކިޔައިދީފައިވާގޮތަށް ރީހާން އަށް ރީމާ ކަންވީގޮތް ކިޔައި ދިނެެވެ. ” އެކަމަކު .. ރީ ..” ރީހާން ކިޔާންއަކީ ކާކުކަން ރީމާއަށް ކިޔައިދޭން އުޅުނެވެ. ނަމަވެސް ރީމާ ރީހާން ހުއްޓުވިއެވެ.” ދޮންބޭ .. އަހަރެންނަށް އެނގޭ ދޮންބެ ޒޭން ދެކެ ލޯބި ވާކަން . އެކަމަކު ޒޭން ދެކެނީ ތީ ޒޭންގެ ބޭބެއެއް ގޮތަށް. ޒޭން ދުވަހަކުވެސް ދޮންބެއާ ދޭތެރޭ އެހެންކަހަލަ ގޮތަކަށް ނުދެކޭ .. ދޮންބޭ ޝީ ލައިކް ހިމް . އަހަރެންނަށް އިހްސާސްވި . އެންޑް އައިވޯންޓު ހަރ ޓުބީ ހެޕީ .. ޕުލީސް ޒޭންމަތިން ހަދާން ނައްޓާލާ ދޮންބޭ .. ޕުލީސް ފޯ ހަރ .. ” ރީމާ އާދޭސް ކުރަން ފެށުމުން ރީހާންއަށް ހަދާނެ ގޮތް ހުސްވިއެވެ. ” އެންޑް އައި ވޯޓް އެދެމީހުން މެރީ ކުރަން ދޮންބެ އެމީހުންނަށް ހެލްޕު ވެދެން .. އައިނޯ ދޮންބެއަށް ކިހާ އުނދަގޫ ވާނެކަން އެކަަމަކު ޝީ ޑޯންޓު ހޭވް އެނީ ވަން އެކްސެޕްޓް އަސް ..” ރީމާ ރީހާންގައިގައި ބައްދާލަމުން ބުނެލިއެވެ. ” އޯކޭ .. ” ރީމާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ރީހާން ހިތްވަރު ކުރަމުން ބުނެލިއެވެ.
އިރުކޮޅަކުން އެންމެން ދިޔައީ ކުޅޭންށެވެ. ދެބަޔަށް ބައިބަހާލާފައި ފައިގަތަޅާ އާއި ބައިބަލާ ކުޅުނެވެ. ކުޅުމުގެ ތެރެއިންވެސް ރީހާންގެ ހުރިހާ ޝައުގުވެރިކަމެއް ހުއްޓިފަހުރީ ޒޭނާއަށްށެވެ. ކިޔާން ޒޭނާއާއި ސަމާސާ ކޮށްލާ ކޮންމެފަހަރަކު ޒޭނާ ހިނިތުންވެލައެވެ. އެ ހިނިތުންވުންފެނި އެހެން ނޫނިއްޔާ ރީހާންގެ ހިތަށް ހިތްހަމަޖެހުން ލިބުންނަމަވެސް މިއަދު ޒޭނާ ހީލާކޮންމެފަހަރަކު އޭނާގެ ހިތް ރޯލައެވެ. ރީހާންް ކިތަންމެ ވަރަކަށް އެކަން ނުދައްކަން އުޅުންނަމަވެސް އިޒްނާއަށް ރީހާންއަށް އައިސް ހުރި ބަދަލު ފާހަގަވިއެވެ. ރީހާން ޒޭނާއަށްށާއި ކިޔާންއަށް ބަލަމުން ދިޔަ ގޮތުން އެމަންޒަރުން ރީހާންއަށް އަސަރު ކުރާކަންވެސް އިޒްނާއަށް އެނގުނެވެ. ނަމަވެސް އިޒްނާ އުފާވިއެވެ. ޒޭނާގެ ހިތުގައި ވަނީ ރީހާން ނޫންކަން އެނގުނީމައެވެ.
ކުޅެނިންމާފައި މޫދަށް އެރެން އެންމެން ދިޔުމުން ރީހާން ބޭނުންވީ އެކަނިވެލަންށެވެ. އެމީހުން މޫދަށް އެރުން ދިމާލާ ދުރަށް ރީހާން މަޑުމަޑުން ދާންފެށިއެވެ. އޭނާ ހިނގަމުން ދިޔައިރު އޭނާގެ ސިނކުޑީގައި ވަނީ ބޮޑު ހާޖާނެއް ފަށާފައެވެ. ކިޔާން ހަމަ އަސްލަށް ޒޭނާ ދެކެ ލޯބި ވަނީބާއެވެ. ނޫނީ ކިޔާން ޒޭނާ ބޭނުންކުރަނީ ބާއެވެ. ކިޔާން ޒޭނާއަށް ދެރަގޮތެއް ހަދާފާނެބާއެވެ. ޒޭނާއަށް ކިޔާންގެ އަސްލު ކިޔައިދޭންވީބާވައެވެ. ކުއްލިއަަކަށް ރީހާންއަށް ސިހުންވީ އޭނާގެ ފަހަތުން މީހަކު އައިސް އެނާގެ ކޮޑުގައި ޖަހާލުމުންނެވެ. ރީހާން ފަހަތްބަލާލިއެވެ.
“އިޒްނާ .. ކީއްކުރަން ތިއައީ ..” ރީހާންހުރީ މީހަކާ ވާހަކަ ދައްކާހިތުން ނޫންކަމުން ފޫހުކަމާއެކު އަހާލެވުނެވެ. ” ރީހާން އެކަނި ދާތަންފެނުމުން ކިހިނެއްވީތޯ ބަލާލަން އައީ .. ” ރީހާން ހިނގުން މަޑުނުވުމުން އިޒްނާވެސް ރީހާންއާއި އެއްވަރަށް ހިނގަމުން ބުނެލިއެވެ. ” އޯ .. އައި ވޯންޓުބީ އެލޯން ފޯ ސަމްޓައިމް .. ” ރީހާން ބުނެލިއެވެ. ” އަހަރެންގާތު ބުނަންވީއެނު ވީ ގޮތެއް .. ޔޫމޭ ފީލް ރިލީފް ..” އިޒްނާ ވަރަށް އޯގާތެރި ކަމާއެކު ބުނެލިއެވެ. ” ނޯ .. ނޯތެންކިޔު .. ބުންޏަސް ނުވިސްނޭނެ .. ” ރީހާން ބުނެލިއެވެ . އިޒްނާގެ ހިނގުން ހުއްޓުނެވެ. އަދި ރިހާންއަށް އިވޭވަރަށް ބުނެލިއެވެ. ” ނޫން .. ވިސްނޭނެ .. އަހަރެންނަށް ނުވިސްނި ދެން ކާކަށް ވިސްނޭނި .. އަހަރެން މިހާދުވަހު ރީހާން ދެކެ އެހާލޯބިވާއިރިވެސް މިހުންނަނީ ދޯ ރީހާންއަށް އެލޯބި ފޮރުވައިގެން .. އަހަރެންނަށް ރީހާން ލޯބިން ބަލާވެސް ނުލާ . އަހަރެންވެސް ދެރަވޭ . ހިތަށް އަސަރުވެސް ކުރޭ .. އެކަމަކު ޝަކުވާވެސް ނުކުރަން . ހަމަ ތިރީތި ސޫރައަށް ދުރުން ބަލާލައިގެން ހިތްހަމަ ޖައްސާލަނީ .. ” ރީހާންއަށް ހުއްޓި އިޒްނާގެ މޫނަށް ބަލަން ހުރެވުނީ އެވެ. އިޒްނާގެ ބަސްތަކުގައިވީ އުދާސް ރީހާންއަށް ކިތަންމެ ރަނގަަޅަކަށް ވެސް އިހުސާސްވިއެވެ. ނަމަވެސް ދުވަހަކުވެސް އިޒްނާއާއި ދޭތެރޭ ރީހާން އެކަހަލަ ގޮތަކަށް ނުދެކެވެއެވެ. އަދި އިޒްނާއަށް ރީހާންއާއި ދޭތެރޭ އެކަހަލަ ގޮތަކަށް ދެކުމުގެ ފުރުސަތެއްވެސް ނުދެއެވެ. ” އަހަރެން އިޒްނާއާއި ދޭތެރޭ ތިގޮތަކަށް ނުދެކެން އަހަރެން ދެކެނީ އިޒްނާތީ އަހަރެން ކޮއްކޮއެއް ގޮތުގަ .. އެހެން ނޫނަސް އަހަރެންނަށް ވުރެ އިޒްނާ ފަސްއަހަރު ހަގު .. އަހަރެންނާ ދޭތެރޭ ތިގޮތަށް ނުދެކޭ .. އަހަރެންމަތިން ހަދާން ނަށްޓާލާ ” ރީހާން ހައިރާންވެ ބުނެލިއެވެ. އިޒްނާ ކައިރިއަށް އައީ ރުޅިއެވެ. އިސްވެ އެހާ ހިތްވަރުކޮށްގެން ރީހާންއަށް ލޯބި ހުށައެޅުމުންވެސް ރީހާންގެ ފަރާތުން އިވުން ބަސްތަކަކީ އޭނާ އަޑުއަހަން ބޭނުންވި ބަސްތަކެއް ނޫނެވެ.
އިޒްނާ ރީހާންއާއި ގާތްވެލަމުން ސީދާ ރީހާންގެ ދެލޮލަށް ބަލަންހުރެ ބެލިއެވެ. ” އަހަރެންނަކީ ރީހާންގެ ކޮއްކޮއެއް ނޫން . އެހެންވީމަ ރީހާންއަށް އަހަރެންނާ ދޭތެރޭ ތިހެން ދެކުމުގެ ހައްގެއް ނޯންނާނެ . ދެން އޮތް ކަމަކީ އަހަރެން ރީހާން އަށް ވުރެ ހަގުވުން . ކޮންތާކު ކޮންފޮތެއްގަ ލިޔެފަ އޮތީ އުމުރުބަލާފައޭ މީހެއްދެކެ ލޯބިވާން ޖެހެނީ . އެހެންނޫނަސް .. އަހަރެން ރީހާން ދެކެ ލޯބިވެވުނީ ރީހާންގެ އުމުރަކަށް ބަލާފައެއް ނޫނީ ރީހާންގެ ސިފައަކަށް ބަލާފައެއް ނޫނޭ . އަހަރެންނަށް ރީހާން ދެކެ ލޯބި ވެވުނީ ރީހާން އަހަރެނަން މީގެ އެތަށް އަހަރެން ކުރިންވީ އެހީތެރި ކަމުގެ ސަބަބުން .. ހަދާންކޮށްބަލަ .. އޭރު އަހަރެންނަށް އެންމެ ދިހަ އަހަރު . އެދުވަހު އަހަރެން މަގުގަ ހިނގާފަ ދަނިކޮން ސައިކަލެއްގަ ޖެހެން އުޅެނިކޮން ރީހާންއައިސް އަހަރެން ސަލާމަތްކޮށްފަ އަހަރެންނަށް ކަމެއްވީތޯ ބެލިއިރު އަމިއްލަ މީހާގެ އަތް އެހާބޮޑަށް ހަލާކުވެގެން ލޭއައިސް ހުރިއިރު ވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ އަހަރެންނަށް ކިމެއްވީތޯ އެހިއިރު ތި ލޮލުން އަަހަރެންނަށް ފެނުން އޯގާތެރިކަމުން އަަހަރެންނަށް ރީހާން ދެކެ ލޯބިވެނީ .. މިހާ ދުވަހު ލޯބިވާކަން ފޮރުވައިގެންވެސް މިހުރީ ރީހާން އަހަރެންގެ ލޯތްބަތް އިންކާރު ކޮށްފާނެތީ .. ނަމަވެސް އަހަރެންގެ މަތިން ރިހާން ތިހާ ފޫހިވާނަމަ.. އަހަރެންގެ ހިތަށް އަހަރެންގެ ކުޑަނަމަވެސް ބާރު ފޯރާނަަމަ އަހަރެން ރީހާން އަހަރެންގެ ހިތުން ފޮހެލީމުސް ” އިޒްނާގެ ލޮލުން ކަރުނަ އައެވެ. ނަމަވެސް އެސިކުންތު ކޮޅުގައި އޭނާ ހަށިގަނޑު ގަނޑުވެގެން ދިޔައީ ރީހާންގެ މޫނު ތިރިކޮށްލާ އިޒްނާގެ ތުންފަތުގައި ބޮސްދިނީމައެވެ.
އަދަދެއް ނުވާނެ ލޯބި
ލާމެހޭށެ ވީ ލޯބިން
ދުނިޔޭގަ ތިޔަނޫން އަހަރާމެއް
މަހިތް ނޭދޭނަން ހުވާ
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ
ސިއްރުން ބުނީމެ އުކުގާ އުޅޭނަށް ހުވާ
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ
*************************************
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

waaaww!! vrh vrh vrh reethi, adhi vrh unexpected gothakah mi dhani.. i am sooo excited to see what happens next, can’t wait for the next part!
Next part plzzz curiously waitingg😭💗💗
Love thiss stryyy frrr💗🦋