Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝަކުވާ 4

ashlyshy
ashlyshy Level 1
February 29, 2024 6 Mins Read
2 Comments

” އާދޭ ދޯންޏަށް އަރަން ” ރީހާން ދުރުގައި ތިބި އަންހެންކުދިންނަށް ގޮވާލުމުން އެކުދިން ދޯނިކައިރިއަށް ދިޔައެވެ. އަދި ފަހަރަކު ކުއްޖެއް ދޯންޏަށް އެރިއެވެ. ދޯނިމަތީގައި ރީހާންމެން ބެރުޖަހާ ނަށަން ފެށުމުން އަންހެން ކުދިން އަތްޖަހަމުން އެކުދިންނަށް ތަރުހީބު ދެމުން ދިޔައެވެ. ކާއިންގެ ރީތި އަޑުން ލަވަ ކިޔަމުން ދިޔައިރު  އޭނާގެ ނަޒަރު ސީދާވެފައި ވަަނީ ޒޭނާއަށްށެވެ. ކަޅުކުލައިގެ  ބަރކިނީ ސުވިމިން ސޫޓެއް ލާފައި ހުރި އިރު ޒޭނާގެ ފަންއިސްތަށިގަނޑު ވަނީ ވޫލުކޮޅަކުން އަށްސާލާފައެވެ. ޒޭނާގެ ދޮން ހަންގަނޑުގެ ބޮޑުބައެއް ނިވާވެފައިވިއެވެ. ނަމަވެސް ކަޅުކުލަ ޒޭނާގެ އަންގަނޑާއި ވަރަށް ގުޅެއެވެ. އެ ހެދުމުގައި ޒޭނާ ފެންނަގޮތް ވަރަށް ހިތްގައިމެވެ. ކިޔާންބަލާކަން ފާހަގަވުމުން ޒޭނާ ލަދުން އިސްޖަހާލިއެވެ. ކިޔާންއަށް ޒޭނާގެ އެއަަމަލުފެނި ހިނިތުންވެވުނެވެ.

ވިހި މިނެޓުގެ ދަތުރަކަށްފަހު ދޯނި އައިސް ޖެޓީއާއި ގާތްކުރުމުން ފިރިހެން ކުދިންތައް ފުރަތަމަ އަންހެންކުދިން ދޯނިން ބާލަންފެށިއެވެ. އެއީ ވާޓަރަށްވުރެ ދޯނި މާ ތިރީގައިއޮތީމައެވެ. ރީހާން ރީމާ ވާޓަރު މައްޗަށް ނެގުމަށްފަހު ޒޭނާއަށް އަތްދިއްކޮށްލި ވަގުތަކީ ކިޔާން ވެސް ޒޭނާއަށް އަތްދިއްކޮއްލި ވަގުތެެވެ. އޭރު ދޯނީގައި ތިބީ ޒޭނާއާއި އިޒްނާއެވެ. ޒޭނާއަށް ސިކުންތުކޮޅަކަށް ހަދާނެ ގޮތް ހުސްވިއެވެ. ނަމަވެސް އިޒްނާ ރީހާން އަތުގައި ހިފުމުން ޒޭނާ ކިޔާންއަތުގައި ހިފީ ހިތާހިތުން އިޒްނާއަށް ޝުކުރު އަދާކޮށްލަމުންނެވެ. ޒޭނާގެ މަޑުއަތް ކިޔާންއަތުގައި ޖެހުނީ މަޑުމަޑުފަތެއްގެ ބީހުމެއް ހެންނެވެ. ކިޔާން ޒޭނާގެ އަތުގައި ބާރަށް ހިފާލުމުން ޒޭނާއަށް ހިނިތުން ވެލިއެވެ. ޒޭނާ ވާޓަރުގައި އަޅުވާފައި އިން ޓައިރަށް ފައިލުމާއެކު ކުއްލިއަކަށް ކިޔާން އޭނާގެ އަތުގައި ހިފާ ކިޔާންގެ ގާޔާ ކައިރިއަށް ދަމާލުމުން ޒޭނާ ގޮސްތަތްވީ ކިޔާންގެ ގައިގައެވެ. ޒޭނާގެ ފުންނޭވާ ސީދާ ކިޔާންގެ މެޔަށް އެޅެމުންދިޔައިރު ކިޔާގެ އެއްއަތުން ޒޭނާގެ ކޮޑުގައި ހިފާލިއެވެ. ކިޔާންގެ އެނެތްއަތް ޒޭނާގެ އަތުގެ ހުޅުގައި ހިފިގޮތަށް ދުލެއްނުކޮށްލައެވެ. ޒޭނާ އެހާގާތުގައި ވުމުން ކިޔާންއަށް ހިތްއުފަލުން ނަށަމުންދިޔައެވެ. ކިޔާންގެ އަށް ވަމުންމިދާ ގޮތަކީ މީގެކުރިން ދުވަހަކުވެސް އޭނާއަށް އިހުސާސް ކުރެވިފައިވާ ގޮތްތަކެއް ނޫނެވެ. ޒޭނާ އޭނާގެ ގަޔާ ދުރުކުރަންވެސް ކިޔާން ބޭނުމެއް ނުވިއެވެ. އެގޮތަށް އަބަދު ކައިރީގަ ހުންނާނެ ނަމައޭ ކިޔާން ހިތަށް އެރިއެވެ. މިއީ ދުވަހަކުވެސް އަންހެންކުއްޖަކާ ދޭތެރޭ އޭނާއަށް ކުރެވުން އިހުސާސެއް ނޫނެވެ. އެވަގުތު ކިޔާގެ ސިނކުޑި ބުނަމުން ދިޔައެވެ. މިއަންހެން ކުއްޖާ އަހަރެންނަށް މިހަދަނީ ކޮންކަހަލަ ޖާދުލެއްބާވައެވެ.

“އާރޔޫ އޯކޭ .. ސޮޮރީ ” ކިޔާން ޒޭނާ އޭނާގެ ގަޔާ ދުރުކޮށްލަމުން ޒޭނާކުރެން އަހާލިއެވެ. ޒޭނާ ކިޔާންއަށް ބަލާލަމުން އޯކޭއޭ ބުނުމަށް ބޮލުން އިޝާރާތެއް ކުރިއެވެ. ޒޭނާގެ ހާލަކީ ތޯއެވެ. ހިތުގެހިގުން ނޭނގޭ މިންވަރަކަށް އަވަސް ވިއެވެ. އަނގައިން އަޑުނުނިކުންނާނެ ކަން އެގުމުން ކިޔާންއަށް އޭނާ ޖަވާބުދާރީ ވާންޖެނީ އިޝާރާތަކުންނެވެ. ކިޔާންއާއި ދުރުވެލަމުން ޒޭނާ އަވަސް އަވަހަށް ރީމާކައިރިއަށް ހިގައިގަތެވެ.

ތަންކޮޅެއް ދުރުގައި ކިޔާންއާއި ޒޭނާއަށް ބަލަންހުރި ރީހާންގެއަތް މުއްކެވިގެން ދިއައެވެ. ކިތަންމެ މަޑުން ހުއްޓަސް ކިޔާން ޒޭނާއާއި އެހާގާތުގައި ވުމުން އެވަގުތު ގޮސް ކިޔާން ގައިގައި ޖަހަން އޭނާ ބޭނުންވިއެވެ. ކިޔާންއަކީ ކާކުކަން ރީހާންއަށް ނޭނގިއެއް ނެތެވެ. ޒޭނާ އޭނާގެ މަޅީގައި ޖެހޭކަން ރީހާން ބޭނުމެއް ނުވެއެވެ. ނަމަވެސް ވަގުތާއި ހާލަތަށް ބަލާފައި އޭނާގެ މޫނުމަތިން އެކަން ނުދެއްކީ ކަންތައް މާމައްޗަށް ގޮސްދާނެތީއެވެ.

ޕިކަޕަށް ގެނަ އެއްޗެހި އެރުވުމަށްފަހު އެންމެން އެރިއެވެ. ޕިކަޕުގައި އެމީހުން މިސްރާބުޖެހީ އެރަށުގައި މީހުން ނުޅޭ ހިސާބުގެ އަތިރިމައްޗާ ދިމާއަށްށެވެ. އެހިސާބަކީ މީހުން ނޫޅުނަސް ޕިކުނިކުއައިސް އުޅޭމިހުންނަށް ތިބެވޭނެގޮތަށް ޓެންޓުޖަހާފައި ވަރަށް ރީތިކޮން ހަދާފައި އޮންނަ ހިސާބެކެވެ. ޕިކަޕުއައިސް މަޑުކުރުމުން އެންމެންވެގެން ގެނަ އެއްޗެހިތައް ޕިކަޕުން ބޭލުމަށްފަހު ޕިކަޕު ފޮނުވާލުމަށްފަހު އަވަހަށް ހެނދުނުގެ ސައިހަދަން ރެޑީކުރަން ފެށިއެވެ. ޕާނާއި ބިސްގަނޑާ ރަށުން ހަދާއިގެން ގެނަ ބޭކަޑްބީންސް ޑިސްޕޯސަބަލް ތަށިތަކަށް އަޅާރެޑީކޮށްލަމުން އުދުންމަތި ބޭލި ހޫނު ކަޅުސައިކުރާވެސް ތަށިތައްޓަށްއަޅާ ސައި ތައްޔާރު ކޮށްލިއެވެ. އެކުދިން ސައިބޮއި ނިމުން އިރު ގަޑިން ހަތްގަޑި ބައިވަނީ އެވެ.

” އަހަރުމެން  މިދަނީ ރަށުތެރެ ބަލާލަން. ހިގާބާ ދާން ހާނުގަނޑާ  ” ހިނގަންދާން ރެޑީވެގެންތިބި ގުރޫޕު ރީހާން އިންތަނުން ނަގަމުން ބުނެލިއެވެ. ” ކަލޭމެން ބިޓުން ގޮވައިގެން ތިދަނީ މަ ކީއްކުރަން ދާކަށް . ” ރީހާން ދާން ބޭނުންނުވެގެން ބުނެލިއެވެ. ” ބަލަ އަހަރުމެންނަކަށް މިރަށުގަ ހިނގާކަށް ނޭނގެއޭ . ޕުލީސް ހިގާބާ .. ” އެމީހުން އާދެސް ކުރަން ފެށުމުން ރީހާން އެންމެފަހުން ދާން ތެދުވިއެވެ. ” އަހަރެންވެސް ދާންބޭނުން .. ” ރީހާންއާއި އެކު ވަގުތުހޭދަކުރުމުގެ ބޭނުމުގައި އިޒްނާވެސް ދާންބޭނުންވިއެވެ. އެމީހުން ދިޔުމުން ޓެންޓު ސަރަހައްދުގައި މަޑުކުރީ ޒޭނާއާއި ކިޔާންއާއި އަލީނުއާއި ރީމާއެވެ. ރީމާ ފެރީގައި ދަތުރުކުރުމުން މޭނުބައިކުރާތީ ސައިބޮއިގެން އިރުކޮޅަކު ޖައްސާލީއެވެ. ކިޔާން އޮތީ ސައިބޮއިގެން ނިދާފައެވެ. ޒޭނާ ނުދިއައީ ރީމާ އެކަނި ކޮށްފަ ނުދާންށެވެ. އަލީނުގާތުން އެހުމުން ނުދާނަމޭ ބުނެ އޭނާ ވެސް މަޑުކުރީއެވެ.

މަޑުމަޑު ހިގުމެއްގައި އެންމެން ރަށުތެރޭގައި ހިނގަމުން ދިޔައިރު ރީހާން އިސްވެ މަގުކިޔައި ދެމުން ރަށުގެ އާސާރީ ތަންތަން ކިޔައިދެމުން ދިޔައެވެ. އެކުދިން ފުޓޯނަގަމުން ދިޔައިރު އިޒްނާދިޔައީ ރީހާންގެ އެތަށް ފުޓޮއެއް ރީހާންއަށް ނޭނގި އޭނާގެ ފޯނުގައި ރައްކާކުރަމުންނެވެ. އެތަށް އަހަރެއް ވަންދެން އޭނާގެ ހިތުގައި ރީހާންއަށްޓަކާ އޮތްލޯބި ފޮވައިގެން ގެންގުޅީ އެލޯތްބަށް މީހެއްގެ  އެސްފީނާޖެހިދާނެތީއެވެ. ޒޭނާ ދެކެވެސް އޭނާއަށް ރުޅިއާދެވެނީ ރީހާން ޒޭނާދެކެ ލައިކްވާކަން އެނގޭތީއެވެ. ރީހާން އިޒްނާއާއި ދޭތެރޭ ކޮށްކޮއެއް ގޮތަށް ދެކޭތީ އިޒްނާ ވަރަށް ދެރަވެއެވެ. ރީހާން އޭނާއަށް ވުރެ ފަސްއަހަރު ދޮއްޓަސް އިޒްނާއަށް ފަރުވާލެއް ނެތެވެ. ލޯތްބަކީ އުމުރުބަލައިގެން ވެވޭއެއްޗެއް ހެއްޔެވެ؟ ނޫނެކެވެ. އިޒްނާއަށް ރީހާންދެކެ ލޯބިވެވުނީ  އޭނާއަށް ނުވެސް އެނގިހުރެއެވެ. ކިތަންމެ ކުދިންނެއް އިޒްނާއަށް ލޯބި ހުށައަޅާއިރު ވެސް އިޒްނާއަށް އެކުދިންނަށް ފަސްޖެހުމެއްނެތި އިންކާރު ކުރެވެނީ ކޮންމެވެސް ދުވަހަކު ރީހާން އޭނާއަށް މިލްކުވާނެކަން އިޒްނާއަށް ޔަގީންވާތިއެވެ.

އަލީން ނިދާފައި އޮތް ކިޔާން އަތުގައި ބާރަށް ޖެހިއެވެ. ” ބަލަ ކަލޭ މޮޔަވީތަ ” ކުލިއަކަށް ސިހިފައި ތެދުވި ކިޔާއަށް އަލީނު ފެނުމުން ހަޅޭއްލަވައި ގަތެވެ. ” ކަލޭ ބަލަ މިތަނަށްއައީ ނިދަންތަ .. މިހާ ސަޅި ފުރުސަތެއް ލިބިފަ އޮތްވަވެސް ކަލޭ ތިއޮތީ ނިދަން .. މަށެއް ހެލްޕެއް ވެދީބަލަ ބުރޯ ..” ކިޔާން ކައިރީގަ އިށީންނަމުން އާދެސް ކުރާ ރާގަކަށް އަލީނު ބުނެލިއެވެ. ” ކިނެއްވީ އެނެެއްކާ ؟ ކޮބާ އެހެންމީހުން ” ވާނުވާ ނޭނގުމުން ކިޔާން ލޯގުޅަމުން އަލީނު ގާތު އެހިއެވެ. ” ހާނު ގޮއްސި ގުރޫޕު ގޮވައިގެން ރަށުތެރެއަށް. އަވަހަކަށް ނާންނާނެ .. ރީމާއާ ޒޭނާ އެބަތިބި ޓެންޓުގަ .. ބުރޯ. މަ ހާނުނެތިސް ރީމާ އެކު އެކަނި ވެލަން ބޭނުން ކަލޭ ޕުލީން ޒޭނު ގޮވައިގެން ދޭބަލަ ދުރަށް ” އަލީން  އަދޭސް ކުރަމުން ބުނެލިއެވެ. ކިޔާންއަށް ވެގެން އުޅޭގޮތް ރޭކާލީ ދެނެވެ. ހިނިގަނޑެއް ޖަހާލަމުން ތިކަންވެދާނޭ ބުނެ ޒޭނާ އިން ޓެންޓާދިމާލަށް ހިނގައި ގަތެވެ.

” ޒެނީ .. އާދެބާ އަހަރެންނަށް ކަޅުސައިތައްޓެއް އަޅައިދެން ” ޓެންޓަށް ބޯދިއްކޮށްލަމުން ރީމާ ނިދާފަ އޮތް ތަން ފެނުމުން ކިޔާން ޒޭނާއާއި ދިމާލަށް ބުނެލިއެވެ. ޒޭނާ ރީމާއަށް ބަލާލަމުން އިންތަނުން ތެދުވެގެން ކިޔާންފަހަތުން ކާއެއްޗެހި ބަހައްޓާފައި ހުރިތަނާދިމާލަށް ހިނގައިގަތެވެ. އެވަގުތު ހުށިޔާރުކަމާއެކު ކިޔާން  ޒޭނާގެ އަތުގައި ހިފައިގެން ގޮޑުދޮށަށް ފައިބައިގެން ޓެންޓުތަކާ ދުރަށް ދުއަވައިގަތެވެ. ޒޭނާއަށް މަޖުބޫރުވީ ކިޔާންގެ ފަހަތުން ދާންށެވެ. ކިޔާންއަށް ދެތިންފަހަރަކު ގޮވުމުންވެސް އަޅައެއް ނުލިއެވެ. ނުދުވަން ގަދަހަދަންއުޅުމުން ކިޔާން ޒޭނާގެ އަތުގައި ހިފާފައި ހުރިއަތަށް ބާރުކޮށްލީއެވެ. ކިޔާން ނުހުއްޓޭނެކަން އަންގާލާފަދަ ގޮތަކަށްށެވެ.

ކިޔާން ޒޭނާގެ އަތުގައި ހިފައިގެން ދުވެފައި ދިޔަތަން ބަލަންހުރި އަލީން އެމީހުން ގޮސް ނިވާވުމުން ރީމާ ނިދާފައި އޮތް ޓެންޓަށް ގޮސްވަނެވެ. ލޯބިކޮން ނިދާފައި އޮތް ރީމާގާތު އިށީންނުމަށްފަހު ރީމާގެ ރީތި މޫނަށް އަލީން ބަލަން އިނެވެ. އަދި މަޑުމަޑުން ރީމާގެ މޫނުމައްޗަށް ވެއްޓިފައި ހުރި އިސްތަށިތަށް އަލީންގެ އަތުގެ އިނގިލިތަކުން މަޑުމަޑުން ރީމާގެ ކަންފަތުގެ ފަހަތަށްލައި ހައްޔަރުކޮށްލިއެވެ. އެވަގުތު ރީމާ ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. ކުރިމަތީ އިން އަލީން ފެނުމުން ސިއްސައިގެން ގޮސް ތެދުވެ ހަޅޭއްލަވައިގަތެވެ. ނަމަވެސް އޭނާގެ އަޑެއް ބޭރެއްނުވިއެެވެ. އަލީންގެ އެއްއަތް ރީމާގެ އަނގަމަތީގައި އަޅާފައިވުމުން ރީމާގެ ހަޅޭކުގެ އަޑު ގެބިގެން ދިޔައީއެވެ. އަލީންގެ ކަސްރަތީ އަތްތިލައިން ރީމާގެ މޫނުގެ ބޮޑުބައެއް ކަޝްފުވެފައި ވީއިރު ރީމާގެ ބޮޑުވެފައިވާ ދެލޯ ސީދާވެފައިވަނީ އަލީންގެ މަސްތީ ދެލޮލާއެވެ. އަލީން އެނެއްއަތުގެ ކަށިމާއިނގިލި އޭނާގެ ތުންފަތުގައި ޖައްސާލަމުން ޝުޝްއޭ ބުނެލިއެވެ. ރީމާ އޭނާގެ ބޯ މަޑުމަޑުން ތިރިކޮށްލަމުން އާއެކޭ އިޝާރަތް ކޮށްލިއެވެ. އަލީން ކައިރިއަށް ހިނިއައީ ރީމާގެ މައުސޫމު ސިފަ ލޯބިކަމުންނެވެ. އަލީން ރީމާގެ އަނގަމަތިން އަތްނެގުމާއެކު ރީމާ ވަރަށްބާރަށް ހަޅޭއްލަވައިގަތެވެ. އަލީންއަށް ދެކަންފަތްމަތީ ކުއްލިއަކަށް އަތްއަޅާލެވުނެވެ. އެވަގުތު ރީމާ ޓެންޓުން ނިކުންނަށް ދުއްވައިގަތެވެ. ނަމަަވެސް އެކަންވީ ނާކާމިޔާބެވެ. އަލީން އެޔަށްވުރެ  ކުރިން ދުވެފައި ގޮސް ރީމާގެ އަތުގައި ހިފާ އަލީންގެ ގަޔާކައިރިއަށް ގެނެސް ރީމާއަށް ނުދެވޭނެހެން ދެއަތްވަށާލަމުން އޭނާގެ އަތުގެ ތެރޭގައި ރީމާ ހައްޔަރު ކޮށްލިއެވެ. އަދި ރީމާގެ ކޮޑާ ހަމައަށް މޫނުގެންނަމުން ރީމާގެ ކަންފަތް ކައިރީ މަޑުމަޑުން ބުނެލިއެވެ. ” އަހަރެންގެ ހިތުގެ ރާނީ ހަމަ އަހަރެންނަށް މާފެއް  ނުކުރާނަންތަ   .. އަހަރެންގެ ރާނީއާ ދުރުގަ ކިހިނެތް ހުންނާނި ..  ” އަލީންގެ ޖާދުވީ އަޑު ރީމާގެ ކަންފަތުގައި ޖެހުމުން އަލީންގެ ދެކެ އައިސްހުރި ރުޅިވެސް ފިލައިގެންދިއައެެވެ. އަދި ހިނިތުން ވެވުނެވެ. އަލީންއާއި ދިމާލަށް އެނބުރެމުން ރީމާ އަލީންގައިގައި ބައްދާލިއެވެ. ” އުހު .. މާފުކޮށްފިން . އެކަމަކު ދެންވެސް އެހެން ނުހަދާތި. އަހަރެން އެރޭ ހާދައިރެއްވަންދެން އިނީމޭ ނުނިދާ .. އަލީން އަންނާނަމޭ ބުނީމަ .. ” ރީމާ ޝަކުވާ ކޮށްލިއެވެ. ” އޯ ސޮރީ ރާނީ . އައި ޕޮރޮމިސް އަހަރެން ދެން ރާނީއަށް އަބަދުވެސް ޓައިމްދޭނަށް އޯކޭ .. ދެން ރުޅިއައިސް ނުހުންނަށްޗެ .. ރާނީއަށް އެނގެއެއްނު އަހަރެންނަށް ރާނީއާ ނުލާ ނޫޅެވޭނެކަން . ސޯ އައިމް ތިންކިން  ހާން ގާތު ބުނަނަށްވީ އޭ .. އަހަރުމެން ދެމީހުން ވާހަކަ . އަހަރެން ބޭނުމެއްނޫން މިކަން ސިއްރު ކޮށްފަ ބާއްވާކަށް ..އަަހަރެންނަށް ހިޔެއްނުވޭ ހާން މިކަމަށް ނުރުހޭނެ ހެންނެއް ހީއިސް މައި ބަޑީ އެނީވޭ . ރާނީއަށް އެނގޭތަ އަހަރެންބޭނުން އެންމެނަން އެނގެން ތީ ހަމައެކަމި މަގޭ މީހެއްކަން . މައި އޮންލީ ރާނީ  . ” ރީމާގެ ނިއްކުރީގައި މަޑުމަޑުން ކިސްއެއް ކޮށްލަމުން އަލީން ވަރަށް ލޯބިން ބުނެލިއެވެ. ރީމާވެސް އެގުޅުން ސިއްރު ކޮށްފަ ބާއްވާކަށް ބޭނުމެއް ނުވެއެވެ. ޒޭނާގާތުއާއި ދޮންބެގާތު އަލީންވާހަކަ ވީހާވެސް އަވަހަކަށް ބުނަން އޭނާ ނިންމިއެވެ.

“ކިޔާ .. ދެން ނުދުވެބަ އަހަރެން ވަރުބަލި ވެއްޖޭ ” ޒޭނާ އަށް ހުރީ މާނޭވާ ލެވިފައެެެވެ. ކިޔާން ޒޭނާގެއަތުން ދޫކޮށްލިއެވެ. އަދި ހިނިއައިސް ދޮންވެލިގަނޑު މަތީ އިށީނެވެ. ޒޭނާވެސް ކިޔާންކައިރީ އިށީނެވެ. ދެމީހުންތިބީ މޫދާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ” ކީއްކުރަން އަހަރެން މިތަނަށް ތިގެނައީ ..” އެއިންގޮތަށް އިދެ ޒޭނާ  މަޑުމަޑުން އަހާލިއެވެ. ” ޒެނީއާ ވާހަކަ ދައްކާލާ ހިތުން .. ތިރީތި މޫނަށް ބަލާލާ ހިތުން .. އަދި ތިރީތި އަޑުން އަހަރެންނަށް ކިޔާއޭ ކިޔާފަ ގޮވާއަޑު އަހާލަން ” ކިޔާން ޒޭނާގެ މޫނު އޭނާއާއި އޭނާގެ ދެއަތުން އޭނާއާއި ދިމާލަށް އަބުރާލަމުން ބުނެލިއެވެ. ޒޭނާ ރަކިވިއެެވެ. ޒޭނާ ހީކުރީ ކިޔާންއަށް އޭނާ އެހެން ބުނިއަޑު ނީވޭނެ ކަމަށްށެވެ. ކިޔާން ޒޭނާގެ މޫނާ އޭނާގެ މޫނު ކައިރި ކޮށްލިއެވެ. ޒޭނާއަށް ކިޔާގެ އެއަމަލުން ބޭއިހްތިޔާރުގައި ދެލޯ މަރާލެވުނޭ އަދި މަޑުމަޑުން ” ކިޔާން ” އަށް ގޮވާލެވުނެވެ. ކިޔާގެ ނަޒަރު ހުއްޓިފައިވަނީ ޒޭނާގެ ފިޔާތޮށިކުލައިގެ ތުންފަތަށްށެވެ. ” ކިޔާން އެއްނޫން ކިޔާ .. އައި ލައިކް ލެޓްނޭމް .. އެންޑު އައި ލައިކް ހައު ޔޫ ސޭ ދެޓް .. ” ކިޔާން ޒޭނާއާއި ގާތްވެލަމުން މަޑުމަޑު ބުނެލިއެވެ. ޒޭނާ އެހެން އިދެ މަޑުމަޑުން ހިނިތުންވެލިއެވެ. އެވަގުތު ކިޔާން މަޑުމަޑުން ޒޭނާގެ ތުންފަތައް  ކިސްއެއް ދިނެވެ.  މެރިފައިވާ ޒޭނާގެ ދެލޯ ހުޅުވިގެން ދިޔައެވެ. ހައިރާންވެ ކިޔާންއަށް ބަލާލިއެވެ. ކިޔާންގެ ފަރާތުން އެއަަމަލަށް ޖަވާބެއް ހޯދުމުގެ އިންތިޒާރުގައެވެ. . ކިޔާން އެއްޗެއް ނުބުނުމުން ޒޭނާ ތެދުވަން އުޅުނެވެ.  ނަމަވެސް ކިޔާން ހުށިޔާރުކަމާއެކު  ޒޭނާގެ އަތުގައި ހިފާ ޒޭނާ ހުއްޓުވިއެވެ. ” އައި ލައިކްޔޫ .. ” ޒޭނާއާއި ދިމާލަށް ބަލާލަމުން ކިޔާން ބުނެލިއެވެ. ވަރަށް ލޯބިންނެވެ. އެޑުގައި ބުނަންނޭގޭފަދަ އާދޭހެއް އުކުލެވިގެން ވިއެވެ. ޒޭނާއަށް ކިޔާންއަށް ބަލަން އިނދެވުނެވެ. ޤަބޫލު ނުކުރެވިފައެވެ. ޒޭނާވެސް ކިޔާން ދެކެ ލޯބިވެއެވެ. ޒޭނާ ހިތަށް އެރިއެވެ. މީ މީހުން މިކިޔާ ފުރަތަަމަ ނަޒަރުން  ވެވޭ ލޯބިހެއްޔެވެ. އޭނާވެސް ކިޔާންއަށް އޭނާގެ ހިތުގެ ހާލު ބުނެދެން ބޭނުންވިއެވެ. ނަމަވެސް އެވަގުތު އޭނާގެ ދޮންމަންމަގެ ބަސްތަށް އޭނާގެ ހަދާނަށް އައެވެ. ފެންކަޅިވެފައިވާ ހާލު ކިޔާންއަށް ބަލާލަމުން ޒޭނާ ބުނެލިއެވެ. ” އަހަރެންނަށް މީހަކު ދެކެ ލޯބި ވުމުގެ ހައްގެއް ނެތް. މިއަންނަ ހަފުތާ ހޯމަ ދުވަހަކީ އަހަރެންނަށް އަށާރަ އަހަރު ފުރޭ ދުވަސް. އަހަރެންނަށް އަށާރަ އަހަރު ފުރޭއިރަށް އަހަރެންގެ ދޮންމަންމަ އަހަރެން މުސްކުޅިއަކާ ދެވަން ހުރީ ތައްޔާރަށް. ” ރޮމުން ޒޭނާ ބުނެލިއެވެ. ކިޔާން ޒޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލަމުން ޒޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލާ ޒޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ދެން ކިޔާންގެ ފަރާތުން އިވިގެން ދިޔަ ބަސްތަކުން ޒޭނާއަށް މިއީ ހުވަފެނެއް ބާއޭ ހިތަށް އެރިއެވެ. ” ވިލް ޔޫ މެރީ މީ .. ޒެނީ އަހަރެންނާ އިންނާނަންތަ .. ”

ފުރަތަމަ ފެނިލުމުން

ތިލޮލާ ލޯބި ތި ހީލުމުން

ބޭނުންވިޔޭ ތިޔަހާ އުފާވެރިކަން

މުޅިއުމުރަށް ދެމިހުރުން        (ހިތުގާ : ޕެސްޓު X ޓޯއި )

***************************

މިބަޔަކީ ވެސް ކިޔުންތެރިންނަށް ކަމުދާނެ ބަޔެއްކަމަށް އުންމީދުކުރަން .

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ashlyshy
Follow Me Written By

ashlyshy

Level 1

Love to write stories ❤ read stories

Other Articles

Previous

ނަން ކަލާގެ މި ހިތުގައި ފެވިއްޖޭ

Next

ރިވާ ލޭކް، 2

Next
March 1, 2024

ރިވާ ލޭކް، 2

Previews
February 29, 2024

ނަން ކަލާގެ މި ހިތުގައި ފެވިއްޖޭ

2 Comments!

  1. Zee says:
    March 3, 2024 at 3:59 pm

    i love this story, and mi story vrh intresting inge
    btw, i love pest x toy ge ‘Hithugaa’ song as well, haha..
    curiously waiting for the next part

  2. ashlyshy ashlyshy says:
    March 4, 2024 at 1:06 pm

    thank you Zee for liking my story . I felt happy by seeing your comment.
    and yeah ash ah ves e song varah reethi.

Comments are closed.

Next Episodeޝަކުވާ 5←


All Right Reserved!