**** ސީދާ ޒޭނާގެ މޫނަށް ބަލަންހުރެ ކިޔާން މަޑުމަޑުން އިވެމުންދިޔަ ލަވަޔާއި އެއްވަރަށް ލަވައިގެ ބަސްތައް ކިޔަމުން ދިޔައެވެ. ޒޭނާ އިތުރަށް ރަކިވިއެވެ. ކިޔާންގެ މޭގައި ބޯއަޅާލަމުން ހިނިތުން ވެލިއެވެ. އިޒްނާ ރީހާން އަށް ބަލައިލިއެވެ. ރީހާން ހުރީ ސީދާ އިޒްނާއަށް ބަލަހައްޓައިގެންނެވެ. އިޒްނާ އަވަސް އަވަހަށް ޒޭނާމެންނާ ދިމާލަށް ބަލަންފެށިއެވެ. ރީހާން އިސްދަށަށް ޖަހާލިއެވެ. ޒޭނާގެއަށް އައިއިރު ހަތެއް ޖަހަނީއެވެ. ސިޓިންރޫމަށްއައިސް ވަނުމާއި އެކު ޒޭނާއާއި އިޒްނާއަށް ސިހުންވީ ކުރިމަތީ ހުރި އަޒުރާ ފެނިފައެވެ. ” […]
އިޒްނާގެ ލޮލުން ގިނަވެގެން ކަރުނަތިކިތައް އޭގެ މަގާމު ދޫކުށް އިޒްނާގެ ކޮތާފަތުގައި ބީީހެން ފެށިއެވެ. ނަމަވެސް ހަމަ އިސިކުންތު ކޮޅުގައި ރީހާންގެ ކުއްލި އަމަލަކުން އިޒްނާގެ ހަށިގަނޑު ގަނޑުވެގެން ދިޔައެެވެ. ރީހާންގެ ތުންފަތް އިޒްނާގެ ފިޔާތޮށިކުލައިގެ ތުންފަތުގެ އަރާމު ހޯދާންފެށިއެވެ. ރީހާންގެ ހަރަކާތްތަށް ހުރީ މަޑުމަޑުންނެތް ނޫނެވެ. ރީހާންގެ އެ ބޮސްދިނުމުގައި ވޭނާއި ހަރުކަށިގަން އެކުލެވިގެން ވިއެވެ. އިޒްނާއަށް އެކަން ފާހަގަ ވިއެވެ. އިޒްނާ ރީހާންގެ މޭގައި އަތްއަޅާ އޭނާއާއި ދުރަށް ކޮށްޕާލިއެވެ. އަދި ނޭވާ ހަަމައަކަށް […]
“ވިލްޔޫ މެރީމީ .. ޒެނީ އަހަރެންނާ އިންނާނަންތަ ..” ޒޭނާއަށް ހައިރާންވެ ކިޔާންގެ ދެލޮލާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. ކިޔާން ސީރިއަސްތޯ ޔަގީން ކޮށްލުމަށްށެވެ. ” ކިޔާން .. މަޖަލެއް ނޫން .. އަހަރެންނަށް އެނގޭ އަހަރެންނަށް އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރާކަން އެކަމަކު ތިގޮތަށް އަހަރެންގެ ހާލާމެދު އަހަރެންނަށް މަލާމަތް ނުކުރޭ .. ” ކިޔާން ބުނިބަސްތައް ގަބޫލު ނުކުރެވޭތީ ޒޭނާ ހީކުރީ އޭނާގެ ހާލާ މެދު ކިޔާން މަލާމަތް ކުރަނީ ކަމަށްށެެވެ. […]
” އާދޭ ދޯންޏަށް އަރަން ” ރީހާން ދުރުގައި ތިބި އަންހެންކުދިންނަށް ގޮވާލުމުން އެކުދިން ދޯނިކައިރިއަށް ދިޔައެވެ. އަދި ފަހަރަކު ކުއްޖެއް ދޯންޏަށް އެރިއެވެ. ދޯނިމަތީގައި ރީހާންމެން ބެރުޖަހާ ނަށަން ފެށުމުން އަންހެން ކުދިން އަތްޖަހަމުން އެކުދިންނަށް ތަރުހީބު ދެމުން ދިޔައެވެ. ކާއިންގެ ރީތި އަޑުން ލަވަ ކިޔަމުން ދިޔައިރު އޭނާގެ ނަޒަރު ސީދާވެފައި ވަަނީ ޒޭނާއަށްށެވެ. ކަޅުކުލައިގެ ބަރކިނީ ސުވިމިން ސޫޓެއް ލާފައި ހުރި އިރު ޒޭނާގެ ފަންއިސްތަށިގަނޑު ވަނީ ވޫލުކޮޅަކުން އަށްސާލާފައެވެ. ޒޭނާގެ ދޮން […]
ޒޭނާ އެޒުވާނާއަށް ރީތިކޮން ބަލާލިއެވެ. އިސްކޮޅުގައި ހަފޫޓުހުންނާނެވެ. ކަޅުކުލައިގެ ފަންއިސްތަށިގަނޑު އޭނާގެ ކޮޑާހަމަައަށް ވީއިރު އޭނާގެ ހަށިގަނޑުން ސިތްހަތަށް ފަރުވާތެރިވާ ކަސްރަތުކުރާ ޒުވާނެއްކަން އެނގެއެވެ. އަންހެންކުދިން ހިތްދަަމައިގަންނާނެކަހަލަ ރީތި އަލި ދޮނެކެވެ. ކަޅުކަންގަދަ ކަޅިއެކެވެ. ކަޅުރަތް ތުންފަތެކެވެ. ޒޭނާއަށް އެޒުވާނާއަށް ބަލަން ހުރެވުނީ ކިހާއިރެއްވާންދެން ކަމެއްވެސް ނޭގުނެެވެ. ” އޯ .. ރީ .. ޒޭން . މީ އަހަރެންގެ ރަހުމަތްތެރިޔާ ކިޔާން. ” ކިޔާން އަށްށާއި ޒޭނާއަށް ހަަމަބިމަށް އާދެވުނެވެ. ކިޔާން ރިޔާއާއި ސަލާން ކޮށްލުމަށްފަހު […]
ޒޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޒޭނާ އިނީ އިންތަނުން ތެދުވަންނަންވެސް ނޭގިފައެވެ. އޭނާގެ މުޅި ދުނިޔެ އެނބުރެމުން ދިޔަކަހަލައެވެ. އަޒުރާ ބުނި ބަސްތަށް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. އެވަގުތު ގެއަށް ވަދެގެންއައި ރީމާއަށް ޒޭނާއިން ހާލުފެނުމުން ދުވެފައިއައިސް ޒޭނާ އިންތަނުން ނެގިއެވެ. ” ޒޭން .. ޒޭން .. ކިހިނެއްވީ ؟ ޒޭން ..” ބާރުބާރަށް ޒޭނާގެ ދެކޮޑުގައިހިފާ ތަޅުވާލަމުން ރީމާ ޒޭނާއަށް ގޮވަމުން ދިޔައެވެ. ނަމަވެސް ޒޭނާގެ ފަރާތުން ބަހެއް ކީއްކުރަންހޭ […]
ޒޭނާ ނަޒަރުން: ދުވަހުގެ އެންމެ ހިތްގައިމު ވަގުތެވެ. އުޑުމަތީގައިވާ ނަލަ ކުރެހުމުގައި ގުދުރަތީބާރަކުން ކުލަޖައްސަމުން ދިޔައިރު އަހަރެންއިނީ އެރީތިމަންޒަރަށް އަރަގުވެފައެވެ. ޖެހެމުންދިޔަ ތެތްފިނި ވައި އައިސް ގައިގައި ބީހެމުން ދިޔައިރު ގައިން ހީބިހި ނަގާލައެވެ. ގޮޑުދޮށުގައި އެކިއުމުރު ފުރައިގެ ކުދިން ދުވެ މަޖާކުރަމުން ދިޔައެވެ. ޒުވާން އަންހެން ކުދިން ބައިބަޔަށް އައިސް ގަސްތަށް ދޮށުގައި ހުތްގަނޑުހަދައިގެން ރަހުމަތްތެރިންނާއި އެކު ސަކަރާތް ޖަހަމުން ދިޔައެވެ. އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ކޮޅަށްތެދުވެ ހެދުމުގައި […]