ޒޭނާ އެޒުވާނާއަށް ރީތިކޮން ބަލާލިއެވެ. އިސްކޮޅުގައި ހަފޫޓުހުންނާނެވެ. ކަޅުކުލައިގެ ފަންއިސްތަށިގަނޑު އޭނާގެ ކޮޑާހަމަައަށް ވީއިރު އޭނާގެ ހަށިގަނޑުން ސިތްހަތަށް ފަރުވާތެރިވާ ކަސްރަތުކުރާ ޒުވާނެއްކަން އެނގެއެވެ. އަންހެންކުދިން ހިތްދަަމައިގަންނާނެކަހަލަ ރީތި އަލި ދޮނެކެވެ. ކަޅުކަންގަދަ ކަޅިއެކެވެ. ކަޅުރަތް ތުންފަތެކެވެ. ޒޭނާއަށް އެޒުވާނާއަށް ބަލަން ހުރެވުނީ ކިހާއިރެއްވާންދެން ކަމެއްވެސް ނޭގުނެެވެ.
” އޯ .. ރީ .. ޒޭން . މީ އަހަރެންގެ ރަހުމަތްތެރިޔާ ކިޔާން. ” ކިޔާން އަށްށާއި ޒޭނާއަށް ހަަމަބިމަށް އާދެވުނެވެ. ކިޔާން ރިޔާއާއި ސަލާން ކޮށްލުމަށްފަހު ޒޭނާއާއި ސަލާންކޮށްލިއެވެ. މަޑުއަތެކެެވެ. އެހާ ރީތި އަންހެންކުއްޖެއް އޭނާ ހަޔާތުގަވެސް ނުދެކެވެ. ” ހިނގާދާން ބޭބޭ. މަންމަ މިހާރު ހުންނާނީ ލަސްވެފަ..” ރީމާ އެހެންބުނުމުން ދެފިރިހެނުންވެގެން ޕިކަޕަށް އެއްޗެހިތަށް އަރުވާލިއެވެ. ރީމާއާއި ޒޭނާ ދިޔައީ ޕިކަޕު ފަހަތުން ސައިކަލުގައެވެ.
ގެއަށް ގޮސް ވަދެވުމާއިއެކު ރަހުމާ ރީހާންގައިގައި ބައްދާލިއެވެ. ” މަގޭ ދަރިފުޅު .. އެހާ ދުވަސްކޮށްފަ ތިއައީ .. ” ޝަކުވާކޮށްލަމުން ރަހުމާ ރީހާން ގައިގައި ފިރުމާލިއެވެ. “ކޮބާ ބައްޕަ؟” ރީހާން އޭނާގެ ބައްޕަ އަދުނާނު ފެންނަށް ނެތުމުން ރަހުމާގާތު އަހާލިއެވެ. “ބައްޕަވީ ކޮންމެވެސް ބަޔަކާއެކު މަހަށްގޮސް އިރުއޮށްސުނީމަ އަންނާނި .. ހިނގާ ދާން ލަސްނުކޮށް ކާން ވަރަށް ބަޑުހައިވެފައެއްނު ތިތިބީ” ރަހުމާ ކިޔާންނަށް ރީތި ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ.
ރީހާން ގޮސް ކިޔާންއަށް ތައްޔާރުކޮށްފަ ހުރި ކޮޓަރި ދެއްކުމަށްފަހު އަމިއްލަކޮޓަރިއަށްވަދެ އެއްޗެހިތައް ބަހައްޓާލިއެވެ. އޭނާގެ ސިނކުޑީގައި ދައުރުވަމުން ދަނީ ޒޭނާގެ މައުސޫމް ސޫރައެވެ. ރީހާން އަޒުމެއް ކަޑައެޅިއެވެ. ޒޭނާއަށް އޭނާގެ ހިތުގެހާލު ބަޔާންކޮށް ދިނުމެވެ.
ކިޔާން ކޮޓަރިއަށްވަދެ ދަބަސް ކޮޓަރީގައި ހުރި ސޯފާއެއްމަތީ ބަހެއްޓުމަށްފަހު އެނދުމަތީގައި ޖައްސާލިއެވެ. އޭނާގެ ލޯކުރިމަތިން ސިފަވަމުންދިޔައީ ޒޭނާގެ ފިޔާތޮށި ތުނި ތުންފަތަށްވެރިވި ރީތި ހިނިތުންވުމެވެ. އެއޮމާން ގަސްކުލައިގެ ފަން އިސްތަށިގަނޑެއެވެ. ދޮންރީތި ހަށިގަނޑެއެވެ. މުށިކުލައިގެ ލޮލެވެ. ޒޭނާގެ ހިޔާލުތަކުން ކިޔާންއަށް ނިކުމެވުނީ އޭނާގެ ފޯން ރިންގުވާންފެށިއަޑަށްށެވެ.
” ހަލޯ .. ” ފޯނު ސްކުރީންއަށް އަރާފައިއިން އަކީލްގެ ނަންފެނުމުން ހިނިއައިސް ކިޔާން ފޯނު ނަގާ އޭނާގެ ކަންފަތުގައި ޖަހާލަމުން ބުނެލިއެވެ. “ބްރޯ .. ކޮބާ މަބުނީމެއްނު ކަލެއަކަށްރާއްޖެތެރޭ ރަށަކަށް ގޮސް ނުހުރެވޭނެއެވެ. ފޫހިވެގެން މަރުވާނޭ ..” ހިނިގަނޑެއް ޖަހާލަމުން މަލާމަތްކުރާ ރާގަކަށް އަކީލް ބުނެލިއެވެ. ” ނޫނޭ .. މަގޭ ނުވިސްނޭ ކަޒިން މަ ފޫހިވެގެންނެތް ނޫޅެމޭ .. އާދެވުނީމަ އުފަލުން މިހުރީ .. މާލޭން ނުފެނަ މާ ރީތިހިއްގައިމު މަންޒަރުތައް ރާއްޖެތެރޭން ފެނޭ .. ” ހިނިގަޑެއްޖަހާލަމުން ކިޔާން ބުނެލިއެވެ. ” އެނެއްކާ އެހާރީތި ކުދިން އުޅެނީތަ ތިރަށުގަ .. އެކަމް ބުނަށް ރާއްޖެތެރޭކުދިން އެހާފަސޭހައަކުން ނުކެޓޭނެ .. ” އަކީލްއަށް ކިޔާންގެ މިޖާޒް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. ކިޔާންއަކީ މާލޭގެ މުއްސަންޖެއްގެ ދަރިއެކެވެ. ގޭގައި އޭނާއަށް އަޅާލާނެ މީހަކު ނުހުރެވެ. ބޮޑުވަމުންއައީ ޕާޓީތަކާ ފައިސާގެ އަމިއްލަ ދުނިޔެއެއްގައެވެ. ކިޔާންއަށް އަންހެންކުދިންނަކީ ކުޅޭކުޅޭ ބުދުތަކެކެވެ. މީގެކުރިން އޭނާއާއި ދިމާވެފައިވާ އަންހެންކުދިންނަކީ ކިޔާންގެ ފައިސާގެ ދަހިވެތިކަމުގައި އޭނާއާއ ހެދި އުޅުން ކުދިންނެވެ. ލޯތްބަކީ ކޯޗެއްކަމެއް ކިޔާންއަކަށް ނޭގެއެވެ. ކިޔާންއަށް އެއްޗެއް ކަމުދަންޏާ އޭނާ ކޮންމެ ގޮތަކުންވެސް އެ އެއްޗެއް ހޯދާނެވެ.
” އޯ ޕުލީސް .. ބަޑީ. ވަކިމާލެ ކުދިންނެކޭ . ރާއްޖެތެރޭ ކުދިންނެކޭ ތަފާތެއްނުވާނެ . އަހަރެންގެ އަތުގައި ހުރި ފައިސާގެ އަދަދު ބުނެލިއަސް ކަޓާނެ . މަށަށް މިކުއްޖާ ސެޓުވެއްޖެއްޔާ މަ މާލެ ގޮސް އަކީއަށް ދޭނަން ސްޕޯޓްކާރެއް . ހަހަހަ .. ” ކިޔާން ނުލަފާ ރާގަކަށް ހީލިއެވެ. ” އޯކޭ އެހެންވިއްޔާ .. މަ ދުޢާ ކުރާނަން ބުރޯއަށް ތިޔަމަންޖެ ސެޓުވޭތޯ .. ” އަކީލް މަޖާވެލާފައި ބުނެލިއެވެ.
ފޯން ބޭއްވުމާއެކު ދޮރުގައި މީހަކު ޓަކިދިންއަޑު އިވުމުން ކިޔާންގޮސް ދޮރު ހުޅުވާލިއެވެ. ” ކާންއާދޭ އެންމެން އެބަތިބި ކިޔާން ނާންނާތީ ނުކަން ..” ދޮރު ހުޅުވިއިރު ދޮރުމަތީ ހުރި ޒޭނާ އިސްޖަހާލައިގެންހުރެ ބުނެލިއެވެ. ” އަހަރެންނާ ދިމާއަށް ބަލާލާފަ ބުނެބާ .. އަހަރެން ޒެނީ ކައެއްނުލާނަމޭ” ޒޭނާއަށް ކިޔާންގެ ފިރިހެންވަންތަ އަޑުން އޭނާއާއި މުހާތަބު ކުރިގޮތުން ސިހިފައި ކިޔާންގެ ޒުވާން މޫނަށް ބަލައިލެވުނެވެ. ” އަހަރެންނަށް ކިޔަނީ ޒޭނާ .. ” ޒޭނާ ހީކުރީ ކިޔާންއަށް އޭނާގެ ނަން ނޭނގެނީ ކަމަށްށެވެ. އިސްޖަހާލަމުން ރަކިގޮތަކަށް ޒޭނާ ބުނެލިއެވެ. ކިޔާން ޒޭނާގެ ދޮތްދޮޅީގެ ތިރީގައި އޭނާގެ ކަނާތު ކަށިމާއިގިލި ޖައްސާލުމަށްފަހު ޒޭނާގެ މޫނު އުފުލާލަމުން ކިޔާންގެ މޫނާ ޒޭނާގެ މޫނު ސީދާކޮށްލިއެވެ. ” އެނގޭ ޒޭނާކަން ކިޔަނީ .. އެކަމް އަހަރެންނަށް ތިހާ އިސްޕެޝަލް ރީތިކުއްޖަކަށް ހާއްސަނަމެއް ކީދާނެއެއްނު . އޯކޭތަ އަހަރެން ޒެނީ ކިޔަސް .. ” ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔަވަގުތު ކިޔާން ވަރަށް ލޯބިން ބުނެލިއެވެ. ޒޭނާ ލަދުންހުރެވެސް އޯކޭ އޭބުނެލިއެވެ. އެވަގުތު ޒޭނާގެ މޫނުމައްޗަށް ވެރިވެގެންދިޔަ ރަތްކުލަ ކިޔާންއަށް ފާހަގަނުވެއެއް ނުދެއެވެ. އެ މައުސޫމު ކަމަށް ކަޅިޖަހާނުލާ ކިޔާންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ” ޔޫލުކް ސޯ ބިއުޓިފުލް .” ބޭއިހުތިޔާރުގައި ކިޔާންގެ އަގައިން ބޭރުވިބަސްތަކުން ހުދު ކިޔާންވެސް ހައިރާންވިއެވެ. މިއީ ޖާދޫ ހަދާކުއްޖެއްބާއޭ އޭނާ ހިތާހިތުން ކިޔާލިއެވެ. ޒޭނާއަށް އިތުރަށް އެތާ ހުންނާނެ ހިތްވަރެއް ނުލިބުމުން އަވަސް އަވަހަށް ކިޔާންއާއި ދުރަށް ދުއްވައިގަނެވުނެވެ.
ޒޭނާ ދިޔުމުން ކިޔާން އަމިއްލައަށް ހިނިތުން ވެވުނީ އޭނާއަށް ޒޭނާގެ ހިތާ ކުޅެލެވުންކަން ޔަގީންވުމުންނެވެ. އަދި ޒޭނާ އޭނާގެ މަޅީގައި ޖައްސަން އަޒުމު ކަނޑައެޅިއެވެ.
ކިޔާން އައިސް ކާމޭޒުމަތީގައި އިށީނުމުން އެންމެން ކާންފެށިއެވެ. ރީހާންއަށް ކާމޭޒުމަތީ ހުރި ފުރައިޑް ރައިސް ފެނުމުން މީހަކު ނުބުންޏަސް އެއީ ޒޭނާ ކައްކާފަ ހުރި އެއްޗެއްކަން އެނގުނެވެ. ރީހާން ތުންފަތްމައްޗައް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” ވާއޮ .. ހާދަމީރު ފުރައިޑް ރައިސް އެކޭ .. ދައްތަ ހާދަމޮޅޭ ފުރައިޑްރައިސް ކައްކަން .. ” ކިޔާން ރަހުމާއަށް ބަލާލަމުން ބުނެލިއެވެ. ” ދައްތައެއް ނޫނޭ ކެއްކީއެއް .. މިއީ ޒޭނާ ކައްކާފަ ހުރި އެއްޗެހި ރީހާންއަށް ފުރައިޑްރައިސް މީރުވީމަ ޒޭނާ މިއަދު ކެއްކީ .. ” ރަހުމާ ހިނިތުން ވެލާފައި ކިޔާންއަށް ބުނެލިއެވެ. ކިޔާން ޒޭނާ އަށް ބަލާލަމުން ފުރައިޑްރައިސް ވަރަށް މީރޭ ބުނެލިއެވެ. ޒޭނާ ހިނިތުންވެލާފައި ތޭންކް އޭ ބުނެލިއެވެ.
ކައިނިމިގެން ރީހާން ދިޔައީ ކިޔާން ގޮވައިގެން ރަށުތެރެ ދައްކާލަންށެވެ. ރީމާއާއި ޒޭނާ ބަދިގޭގައި ކުރަންހުރި މަސައްކަތްތައް ނިއްމާލުމަށްފަހު އައިސް ސިޓިންރޫމުގައި ޓީވީ ބަލަން އިށީނެވެ. ” ޒޭން .. ޒޭންއަކަށް ހިޔެއް ނުވޭތަ ކިޔާން ޒޭނަށް ވަރަށް ބަލާކަމެއް .. ” ރީމާ ނުވާކަމަށް ހަދާފައި ބުނެލީ ޒޭނާގެ އަނގައިން ޖަވާބެއް ހޯދުމަށްށެވެ. ޒޭނާ ނުބުނި ކަމުގައި ވިޔަސް ޒޭނާ ކިޔާންއަށް ބަލާގޮތް އޭނާއަށް ފާހަގަ ވިއެވެ. ” އެހެންތަ ބެލިތަ .. ނޭގެ އަހަރެންނަކަށް ..” ޒޭނާ ދޮގެއްހަދާލިއެެވެ. ” ސާބަސް ޒޭން .. އޯކޭ އޭ .. އެ މައްސަލައެއް ނޫނޭ .. އެސޮރު އެހާ ހޭޑްސަމް އޭ .. އިފް ޔޫ ލައިކް ހިމް .. އައި ވުޑް ސޭ ގޯ ފޯރ އިޓް ..” ރީމާ ޒޭނާއަށް ހިނިތުން ވުމެއް ދެމުން ބުނެލިއެވެ. ޒޭނާ އެއްޗެއް ނުބުނެއެެވެ. އެކަމަކު ހިނިތުން ވެލިއެވެ.
ހަވީރު ވުމުން ޒޭނާ އޭނާގެ ގެއަށް ދިޔައެވެ. ބަދިގެއަށްގޮސް ވަންއިރު ކައިފައި ތަށިތަށް މޭޒުމަތީ ބައްޓާފައި ހުރުން އޭނާ ތަށިތައް ނަގާލިއެވެ. އަދި ބަދިގެސާފު ކޮށްލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން ނިކުން އިރު މަޢުރިބް ނަމާދު ވާން ގިނައިރެއް ނެތެވެ. މަޢުރިބް ނަމާދު ކޮށް ނިމުންތަނާ ރީމާ ގުޅުމުން ޒޭނާ ފޯން ނެގިއެވެ. ” އޭއް ހިނގާބާ މާދަން ދަތުރުދާން ޕުލީސް .. ” ރީމާ އާދޭސް ކުރާ ރާގަކަށް ބުންޏެވެ. ” ދައްތަ ނުފޮނުވާނެ .. ” ޒޭނާ ދެރަވެފައި ބުނެލިއެވެ. ” އައި ނިއު އިޓް . އެހެންވެ މަންމަ ލައްވާ އަޒުރާއަށް ގުޅާފަ އޯކޭ ކޮށްފަ މިގުޅީވެސް . ” ޒޭނާ ހިނިތުން ވެލިއެވެ.
ދަތުރުދާން ހަމަޖެހިފައި އޮތީ އެރަށާ އެންމެ ކައިރީގައި އޮތް ރ. އަނގޮޅިތީމަށްށެވެ. ފަތިހު ފަތިސް ނަމާދު ކޮށްގެން ދަތުރުގައި ބައިވެރިވި 6 ޒުވާން ފިރިހެން ކުދިންވެގެން ދަތުރު ދާން ހަމަޖެހިފައި އޮތް ދޯންޏަށް ގެންދަންހަމަޖެހިފައި ހުރި ހުރިހާސާމާނެއް އަރުވާ ނިއްމާލިއެވެ. ޒޭނާ އާއި ރީމާއާއި އިޒްނާ ބަދަރަށް އައިރު ދަތުރުގައި ބައިވެރިވާ ދެންތިބި ތިން އަންހެން ކުދިންވެސް އައިސް ބަދަރުގައި ބެހެއްޓިފައި ހުރި ވަށްބުރުގައި އިށީދެގެން ތިއްބެވެ. އެއީ އެކުދިންނާ އެއް އުމުރެއްގެ ތިން ކުދިންނޭ ދަތުރުގައި ބައިވެރިވި ފިރިހެއްކުދިންތަކެއް ރައްޓެހިވެގެން އުޅޭ ކުދިންތަކެވެ. ރީމާމެން ގޮސް އެކުދިން ކައިރީ އިށީދެލިއެވެ. ޒޭނާ ފެނުމުން އެކިދިން ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ޒޭނާވެސް ހިނިތުންވެލިއެވެ. ޒޭނާއަކީ އެގޮތަށް ތަންތަނަށް ގޮސް އުޅޭ ކުއްޖެއް ނޫންކަމުން އެކުދިން ވެސް ޒޭނާފެނުމުން ހައިރާންވެ ބަލައިލެވުނީއެވެ.
އިޒްނާއަކީ އެކުދިންނާ ވަރަށް ތަފާތު ކުއްޖެކެވެ. އޭނާ އެދަތުރު އައީ އެދަތުރުގައި އޭނާގެ ހިތުގެ ރާޖާ ފެންނާނެތީއެވެ. އެހެންވެ ރޮއިރޮއިގެން މަންމަގާތު ޒޭނާ ފޮނުވާށޭ އެދުނީއެވެ. އޭރުން އޭނައަށްވެސް ދެވޭނެކަން އެނގޭތީއެވެ. އެކުދިންނަށް ވުރެ އިޒްނާ ދެއަހަރު ކުޑައަޔަސް ބަލާބެލުމަށް ޒޭނާއާއި އިޒްނާގެ އުމުރުގައި ތަފާތެއް ހުރިހެނެއް ހިޔެއް ނުވެއެވެ. އިޒްނާއަކީ ވެސް ރީތި ހަށިގަނޑެއްގެވެރި ފިރިހެންކުދިންގެ ހިތްކަތިލެވޭނެހާ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. ފަނަރަ އަހަރު ނަމަވެސް ހެދި ފުރިހަމަ ވެފައިވާ ހަށިގަނޑެކެވެ. ރީތި ވަނާތަކެކެވެ. ޒޭނާހާ ދޮންނޫނަސް އިޒްނާއަކީ ވެސް ކަޅު ކުއްޖެކޭ ނުބުނެވޭނެވެ. ޒޭނާގެ ލޮލުގައި އެވަގުތު އޭނާގެ ހިތް އެތަށް އަހަރުންސުރެ ގޮވަމުންދާ އެހިތުގެ ރާޖާގެ ސޫރަ ފެނުނެވެ. ރީހާން އޭ ..
ތިޔަ ސޫރައެ ނިޔަނެތި މި ހިތުގެ ވިންދުތަކާ ކުޅެލީ
ތިޔަ ލޯބި އަދާފެނި ނާޒުކު ހިތްމި ހިމޭން ވާނޭ
( ކުރިއަތް އޮތްބަޔަށް އިންތިޒާރު ކޮށްލައްވާ )
******************************
ވާހަކަ ކިޔާލާފަ ވާހަކައަށް ކޮމެންޓު ކޮށްލުމަށް ވަރަށް އެދެން . ތިކިޔުންތެރިންގެ ހިޔާލުތަކަށް މަރުހަބާ ކިޔަން .
what you guys think. what is gonna happen in this story
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

v reethi…ekm typing mistakes eba huri kuda koh… rangalhu kohllaane kamah unmeedhu kuran..💞
thank you kokki .. yeah sure I will try to read one time before I submit . hope to see more comments from u