Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ-2

ashlyshy
ashlyshy Level 1
February 20, 2024 5 Mins Read
2 Comments

ޒޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޒޭނާ އިނީ އިންތަނުން ތެދުވަންނަންވެސް ނޭގިފައެވެ. އޭނާގެ މުޅި ދުނިޔެ އެނބުރެމުން ދިޔަކަހަލައެވެ. އަޒުރާ ބުނި ބަސްތަށް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ.

އެވަގުތު ގެއަށް ވަދެގެންއައި ރީމާއަށް ޒޭނާއިން ހާލުފެނުމުން ދުވެފައިއައިސް ޒޭނާ އިންތަނުން ނެގިއެވެ. ” ޒޭން .. ޒޭން .. ކިހިނެއްވީ ؟ ޒޭން ..” ބާރުބާރަށް ޒޭނާގެ ދެކޮޑުގައިހިފާ ތަޅުވާލަމުން ރީމާ ޒޭނާއަށް ގޮވަމުން ދިޔައެވެ. ނަމަވެސް ޒޭނާގެ ފަރާތުން ބަހެއް ކީއްކުރަންހޭ ޒޭނާ ރީމާއާއި ދިމާލަށް ބަލާވެސް ނުލިއެވެ. ރީމާ ޒޭނާ ގޮވައިގެން ޒޭނާގެ ކޮޓަރިއަށްވަދެ އެނދުގައި ޒޭނާ ބޭންދިއެވެ. ރީމާ ހުރީ ހަދާނެގޮތެއްނޭގި ޒޭނާއަށް ބަލަހަށްޓައިގެންނެވެ.

ރީމާއަކީ ޒޭނާގެއުމުން ދިހަ އަހަރުންސުރެ ޒޭނާގެ ރަހުމަތްތެރިއެއްގޮތުގައި ޒޭނާގާތުގައިވި ޒޭނާގެ ހަމައެކަނި ހުރި ރަޙްމަތްތެރިއާއެވެ. ރީމާއަށް ޒޭނާގެ ޙަޔާތުން ނޭނގޭ އެކައްޗެއްވެސް ނޯށްނާނެވެ. ރީމާ ޒޭނާގެ ހާލާމެދު ހިތާމަ ކުރެވެ. ނަމަވެސް އޭނާއަށް ކުރެވޭނީ ވަކި ކީއްހެއްޔެވެ. ޒޭނާގެ ހިތާމަތަކުގައި ރީމާ ބައިވެރިވެއެވެ. ޒޭނާގެ ވާހަކަތަށް އަޑުއަހައެވެ. ޒޭނާއަށް މީހެއްގެ އޯގާތެރިކަން ބޭނުންވަންޏާ ކައިރީގައި ހުރެވެ.

ރީމާއަށް ސިހުންވީ ޒޭނާ އޭނާގެ ގައިގައި ބައްދާލައި ރޯންފެށީމައެެވެ. އެއަޑުގައި އިންތިހާދަރަޖައިގެ ރިހުން އެކުލެވިގެން ވިއެވެ. ޒޭނާ މިގޮތަށް ކިތަންމެ ފަހަރަކު ރޯއަޑު ރީމާ އަހައެވެ. ނަމަވެސް މިއަދު އެޑުގައި ބުނެދޭންނޭގޭ ކަހަލަ ހިތާމަވެރިކަމެއް އެކުލެވިގެން ވާކަން ރީމާއަށް އެގެއެވެ. ރީމާ ހާސްވިއެވެ. މިގޮތަށް ޒޭނާ އޭނާގާތު ރޮއެފައިވާ ހަދާނެއް ވިއެވެ. ޒޭނާގެ ބައްޕަ މަރުވި ދުވަހާ މީގެ އަހަރެއް ކުރީގެ ހަދާނެއް އޭނާ ވިއެވެ. ރީމާ ބިރުގަނަގޮތް ވިއެވެ. ރީމާއަށް ޒޭނާ އޭނާގެގަޔާ ދުރުކޮށްލާ ޝައްކުގެ ނަޒަރަކުން ޒޭނާގެ މޫނަށް ބަލާލިއެވެ. ” ޒޭން . އެނެއްކާ ބޮޑުބެ ..” ދެލޯބޮޑުކޮށްލާފާ ރީމާ ޒޭނާއަށް ބަލަމުން ދިޔައެވެ. ޒޭނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ. ރީމާއަށްގެ ހިތަށް ލުޔެއް ލިބުނެވެ. ” ދެން ކިނެއްވީ .. ހުއްޓާލައިގެން ކިޔާދީބާ ” ރީމާ ޒޭނާގެ މޫނުމަތީގައިވާ ކަރުނަތައް އޭނާގެ ދެއަތުން ފޮހެލަދެމުން ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ. ޒޭނާގެ ރުއިން މަޑުވިއެވެ. ނަަމަވެސް ގިސްލެވެމުން ދިޔައެވެ. އަޒުރާބުނި ބަސްތައް ޒޭނާ ރީމާއަށް ކިޔައިދިނެވެ. ރީމާ ރުޅިއަސްގެން އޭނާގެ އަށްމުއްކަވާލިއެވެ.

“އަހަރެންގެ އަތުން އަދި އަޒުރާ ރަނގަޅު ބޮނޑިއެއްބޯނެ . ހަމަސަހާދެއް މިބުނި މައޭނަ މަރާލާފަ ޖަލަށް ދާންޖެހޭނެ ޒޭން އަށް އެއަންހެނާ އެހެން ހަދަން އުޅެފިއްޔާ. މަ ދުނިޔޭގަ ހުއްޓަ ނިކަން ތިކަލަ ކަމެއްކޮށްބަލަ . މަމީ މީހެއްކަން އަންގާލާނަށް . މަގޭ ކުއީންއަށް ނިކަން ގޮތެއް ހަދާލަބަލަ އަޒުރާއަށް މި ރީމާގެ އަސްލުސިފަ ދައްކާލާނަށް . ބަލަ މަމިބަލާ މާފިޔާ ޑުރާމާތައް މިބަލަނީ ކޮންމެވެސް ކަމަކުއޭ . މަގޭ ކުއީންއަށް ގޮތެއް ހަދަން އެމީހުން ބިރު ގަންނަށް ޖެހޭނެއެއްނު. ” ރީމާ އެނދުމައްޗަށް ކޮޅަށް އަރަމުން ކަރާޓީގެ ހަރަކާތެއް ދައްކާލަމުން ޒޭނާއަށް ރޮވެމުން ދިޔައިރުވެސް ހިނިއައެެވެ. ރީމާގެ ހުންނަ ސަކަމިޖާޒުން ޒޭނާ ދެރަވާ ކޮންމެ ފަހަރަކު ރީމާ ހެއްވާލާނެވެ. ” ތެންކިޔު އަހަރެންގެ ބޮޑީގާޑު . އައިލަވްޔޫ . ޔޫނޯރައިޓް” އެނދުމައްޗަށް އަރާ ރީމާގައިގައި ބައްދާލަމުން ޒޭނާބުނެލިއެެވެ. ” ދެންވެސް ހުއްޓާލަ .. ވާހަކައެއް ބުނަންށޭ އައީ . އެނޑު ޔޫނޯވަޓް . އައިމް ގޮަނަ ސްޓޭ ޓުނައިޓް.. ޔޭ ..” މިހެން ބުނެ އެނދުމައްޗަށް ދެމީހުން ވެއްޓުނެވެ. ޒޭނާ އުފާވިއެވެ. މިރޭ އެކަނި އޮތްނަމަ އޭނާއަށް ވެސް ކަންކަމާ ވިސްނުނީހެވެ. ރީމާ މަޑުކުރީ ނަސީބެކެވެ. ޒޭނާ ގޮސް ފާހާނައަށް ވަނުމުން ރީމާ ފޯނުނަގައި އޭނާގެ މަންމައަށް ގުޅާފައި ޒޭނާގާތު މިރޭ އެގޭގައި މަޑުކުރާ ވާހަކަ ބުނެލިއެވެ. އަދި ކުޑަގޮތަކަށް ކަންވީގޮތް ކިޔާލަދިނެވެ.

ޒޭނާ ފާހާނައިން ނިކުތީ ފެންވަރާލައިގެންނެވެ. ދެނަމާދު ދޭތެރެކަމުން ޒޭނާއަދި މަޢުރިބް ނަމާދުވެސް ނުކުރާތީ ފުރަަތަމަ ދެމީހުންވެގެން ނަމާދު ކޮށްލީއެވެ. ނަމާދުކޮށް ނިމުމުން މުސޮއްލަތަށް ބަހަށްޓާފައި ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސޯފާގައި ރީމާއާއި ޒޭނާ އިށީނެވެ. ” ދެންބުނެބަލަ އަސްލު ކޮންވާހަކައެއް ބުނަންއައީ.” ކޮޓަރީގައި ހަރުކޮށްފަ ހުރި ޓީވީރިމޯޓް އަތަށް ހެޔޮވަރުކޮލަމުން ޒޭނާ ބުނެލިއެވެ. ” އޯ ހާން .. މަ ބުނީ މާދަން ދޮންބެ އާދެއޭ އެބަ. ރަށުފުޓުބޯޅަ މުބާރަށް ފެށެނީއެއްނު ހަފްތާއެއްފަހުން . ކޮންމެވެސް ސޮރަކު ވެސްގެނޭ އަންނައިރު ދޮންބެ ކުޅޭ ޓީމަށްށޯ ކުޅެނީ. މަންމަ ބުނީ ޒޭންގާތު ބުނާށޯ ދޮންބެގެ ފޭވަރިޓް ޒޭންސްޕެޝަލް ފުރައިޑްރައިސް ހަދައިދެން އަންނާށޭ. އެހެންބުނަށް އައީ .” ލާނެއް ރާގަކަށް ހިނިގަޑެއް ޖަހާލަމުން ރީމާ ބުނެލިއެވެ. އަތުގައިއޮތް ކުޝަން ނަގާ ޒޭނާ ރީމާގައިގައި ޖެހިއެވެ. ” ހަމަ ގުޅާފަވެސް ބުނެވުނިސް ދޯ ” ޒޭނާ އެނެއްކާވެސް ރިމޯޓުން ނެޓްފްލިކްސް އަށް ވަންނަމުން ބުނެލިއެވެ. ” ހޯ .. އޭރުން މިލޯބި މޫނުކޮޅަށް އެރި ރަތްކަމެއް ނުފެނީހެއްނު. އެހެންވެ އައީ ..އޯކޭ ބާބީ .. ” ރީމާ ޒޭނާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. ” ދެން ރީ . އަހަރެން ރީގެ ބޭބެ ދެކެނީ އަހަރެންގެވެސް ބޭބެއެއް ގޮތުގައި . ޔޫނޯ ދެޓް .” ޒޭނާ މަޑުމަޑުން ލަދުންއިދެ ބުނެލިއެވެ. ރީމާއަށްވެސް އެކަން އެނގެެއެވެ. ނަމަވެސް އޭނާގެ ބޭބެއަށް ޒޭނާ ކަމުދާވަރުވެސް އެނގެވެ. އަދި ޒޭނާ އެނަރަކައެއް ކަހަލަ ތަނުންސަލާމަތްވާނީވެސް އޭރުންކަން ޒޭނާއަށް އެނގެވެ. ނަމަވެސް އެކަމަކީ ޒޭނާ ރުހޭނެ ކަމެއްނޫންކަންވެސް އެންމެ ބޮޑަށް އެނގެނީ ރީމާއަށްށެވެ. އެކަމާ ރީމާ އަޅާނުލަނީ ޒޭނާ އުފަލުގައި ހުންނަށް ރީމާ ބޭނުންވާތީއެވެ.

ދޮރުގައި ޓަކިޖެހިއަޑަށް ރީމާ ގޮސް ދޮރުހުޅުވާލިއެވެ. ” މަންމަބުނީ ކައިނިމިއްޖެެއޯ . ގޮސް ތަށިތަށްނަގާފަ އެއްޗެހި ހޫނުކުރާށޯ .” ފޫހިރާގަކަށް އިޒްނާ ރީމާއާއި ދިމާލަށް ބުނެލިއެވެ. “ބަލަ ކަލޭ އަތުގަހުރީ ރަނުން ޖަރީކުރެވިފަތަ ކަލެއަށް އެވަރުކަމެއްނުވަން . ޒޭންއަކީ މިގޭ ނޯކަރެއްނޫނޭ ތިކަލަ އަމުރުކުރާކަށް . ކަލޭ .. ” ޒޭނާ އައިސް ރީމާގެ އަތުގައި ހިފާލަމުން އެއްޗެއް ނުބުނުމަށް އިޝާރަތްކޮށްލިއެވެ. ” މިދަނީ . ” ޒޭނާ ކުރުޖަވާބެއް ދިނުމުން އިޒްނާ ރީމާއަށް ތުންއަބުރާލާފައި އޭނާގެ ކޮޓަރިއަށް ދިއުމަށް ސިޑިންއަރައިގެން ދިޔައެވެ. ” ދެން.. ޒޭން ތިހެން ހަދާތީ އެމީހުން ޒޭންއާއި ދޭތެރޭ އެހެން ކަންތައް ކުރަނީ. ޔޫއާރ ޓޫ ކައިޑް . އޭނަ ވެސް އެޔަކީ ފަނަރައަހަރުވެފަ ހުރި އަންހެނެކޭ އޭނައަށް އެވަރު ނުވަނީތަ . ” ޒޭނާގެ ފަހަތުން ބަދިގެއަށް ގޮސް ވަންނަމުން ރީމާ ކިޔަމުން ދިޔައެވެ. އެބަސްތަކަކީ އާބަސްތަކެއްނޫނެވެ. ޒޭނާގާތު ރީމާ އެހެން ނުހެދުމަށް އެތަށް ފަހަރަކު ބުނެވެ. ނަމަވެސް ޒޭނާ އެމީހުންނަށް ވަރަށް ރަނގަޅެވެ. އަޑުގަދަކޮން ބަހެއްވެސް ނުބުނާނެވެ. އެމީހުން ބުނިގޮތެއް ހަދާނެވެ.

ބަދިގެއަށް ވަންއިރު ބަތްކޮޅެއް ހިސާބުވެސް ޒޭނާއަށް ބަހަށްޓާފައެއް ނެތެވެ. ކާން ގޮވާވެސް ނުލައެވެ. މުޅި ޒިންކުތެރޭގައި ތައްޓޭ މޭޒުމަތީގައި ކައިނިންމާފަ ހުރި ތަށިތައް ބަހައްޓާފައި ހުއްޓެވެ. މިއީ އާދައެވެ. ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ” ހިނގާ ރާމަން ކައްކަން ” ރީމާ އުފާކޮށްލަން ޒޭނާ ދެމީހުންނަށް ރާމަން ކެއްކިއެވެ. އެރޭ ދެމީހުން ކުރިކަމަކީ ދަންވަންދެން ކޮރެއާ ސީރީޒް ބެލީއެވެ. މެންދަމު އެކެއް ޖެހުމުން ދެމީހުން ޓީވީ ނިއްވާލާފައި ނިދަންއޮށޯތެވެ.

ފަތިހު ފަތިސް ނަމާދަށް ހޭލުމަކީ ޒޭނާގެ އާދައެކެވެ. އަރާމުގައި ނިދާފައި އޮތް ރީމާއަށް ގޮވާފައި ޒޭނާ ވަނީ ފެންވަރާލަންށެވެ. ނިކުންއިރު ރީމާ ވެސް ހޭލައިފިއެވެ. އަދި އޭނާއާއި އެކު ނަމާދުކުރަން މަޑުކުރަން ބުނެ އަވަސް އަވަހަށް ގޮސް ފާހާނައަށް ވަނެވެ. ނަމާދު ކޮށްލައިގެން ދެކުދިން ބަދިގެއަށް ވަދެ ހެނދުނު ސައި ތައްޔާރު ކޮށްލިއެވެ. އަދި މެންދުރަށް ރިހަކޮޅެއް ކެއްކުމަށްފަހު ލަސްކޮއްލާފަ ބަތްކޮޅެއް ކައްކަން އަންނާނީއޭ ޒޭނާ ސިނކުޑީގައި ނޯޓްކޮށްލިއެވެ. އަޒުރާއާއި އިޒްނާ ހޭލާނީ ދިހައެއްޖަހާ ބޮޑުވާފަހުންނެވެ. އެހެންވީމާ އަދި ހެނދުނު ރީމާމެން ގެއަށްގޮސް އައިސް ޒޭނާއަށް އެނގޭގައި ބަތްކައްކާލެވޭނެއެވެ.

ދެމީހުން ރީމާ ގެއަށް ގޮސް ވަންއިރު ރީމާ މަންމަ ރަހުމާ ހުރީ ސޮސެޖު ހަނާކުރާންށެވެ. ޒޭނާއަށް އެގޮތަށް ރަހުމާ އުޅޭތަންފެނި ރީމާގެ ނަސީބާމެދު ބޭއިޙްތިޔާރުގައި ރީމާއާއިމެދު ކުޑަކޮން ޖެލަސްވެވެއެވެ. ނަމަވެސް އުފާވެއެވެ. ރީމާއަކީ ހާދަނަސީބުގަދަ ކުއްޖެކެވެ.” އަހަ ތިއައީދޯ ހިނގާ ސައިބޯން ދަރިފުޅުމެން މި ނިމުނީ މިވެސް.. ” ރަހުމާ ޒޭނާދެކެ އަމިއްލަ ދަރިއަކުދެކެ ވާ ލޯބިވެއެވެ.

ސައިބޮއިގެއިގެން ފިހާރައަށް ގޮސް ކައްކަން ބޭނުންވާއެއްޗެހި ގަނެގެން އައިސް ރީމާގާތު ގެއަށްގޮސްލާފައި އެބައަންނަމޭ ބުނެ ޒޭނާ ދިޔައީ ގޭގައި ބަތްކޮޅު ކައްކާންށެވެ. ބަތްތެލިއުދާ ނިމިންތަނާ އަޒުރާއައިސް ބަދިގެއަށް ވަނެވެ. ” ހާދައަވަސްކޮށްލާފަ ކޮންތާކަށް ކަމަނާ ތިޔަދަނީ ” ޒޭނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮން ރީމާއަސް ބަދިގެއަށް ވަނެވެ. ” އަޅުގަނޑު ގެއަށް . މަންމަ ބުނެގެން . ޒޭންއަށް އާދެވޭނި ތަންކޮޅެއް ލަހުން. އަހަރެން ސައިކްގަ ޒޭން ގެއަށް ގެނެސްލާނަށް . މިގޭގަ ކުރަންވީ ކަންތައްތައް ޒޭން ހުރީ ކޮށްނިއްމާފަ. އެހެން ކަމެއް އޮތިއްޔާ ކޮއްލާ އަމިއްލައަށް . އުޕްސް ސޮރީ . ބަހައްޓާ ޒޭން އައިސް ކޮށްލާނެ . ދައްތަ އަތުން ހަންކޮޅެއް ގޮސްދާނެއެއްނު . ހިނގާ ދާން ޒޭން މަންމަ ބުނެގެން ބަލާ މިއައީ .” ރީމާ ޒޭނާއަށް ހިނިތުންވެލަމުން އަޒުރާއާއި ދިމާލަށް ގެއްޖުމުގެ ރާގަކަށް ބުނެލިއެވެ. ޒޭނާ ކައިރިއަށް ރީމާ އެހެން ބުނިގޮތުން ހިނިއައެވެ. ނަމަވެސް އޭނާ އެކަން ނުދައްކާ ހުރީ އަޒުރާ ރުޅި އަންނާނެވަރު އެނގޭތީއެވެ. އަޒުރާއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ޒޭނާ އަތުގައި ހިފައިގެން ރީމާ ބަދިގޭން ނިކުމެއް ދިޔައެވެ. ” ހަޔާތްކުޑަ އަންހެންކުއްޖާ .. އަދި ވަރަށް މޮޅެތި ވާހަކަ ދައްކަން އެނގިގެން އުޅެއެއްނު .. ވަރަށް ފޫހިވޭ .” އަޒުރާ ރުޅިއައިސް ޒޭނާމެން ނިކުމެގެން ދިއުމުން ރީމާއަށް ފަތިވަރުކިޔާލިއެވެ.

” މިހާރު ހުންނާނެ ރަނގަޅުއެއްޗެއް ޖެހިފަ ” ރީމާ ސައިކަލު ދުއްވަމުން ފަހަތުގައިން ޒޭނާއަށް ބުނެލިއެވެ.” ހާން.. އެކަމް ބޮޑުބެއަށް ގުޅާފަ ދައްތަ ބުނާނެ އެވާހަކަ. އެހެންވެ ރީ ކައިރީ ބުނަނީ އެއްޗެއް ނުބުނާށޭ . އަހަރެން އަދިވެސް ބޮޑުބެދެކެ ބިރުގަނެއޭ އެދުވަހަށްފަހު.” ޒޭނާ މީގެ ދެއަހަރުކުރީގެ ހަދާނެއްވުމުން އިސްޖަހާލައިގެންއިނދެ ބުނެލިއެވެ. ” ސައިކަލު ގޭދޮރުމައްޗަށް މަޑުކޮށްލަމުން ރީމާ ޒޭނާއަށް ބަލާލިއެވެ. ” ޒޭން . ސޮރީ . އެކަމް އައި ޕުރޮމިސް ދެން ބޮޑުބެއަށް ޒޭންއަށް އެހެން ހެދިއަކަ ނުދޭނަށް . އެހެންވީމަ ކުޑަކޮން ހިތްވަރުކޮށްލަބާ .” ޒޭނާ ސައިކަލުން ފައިބަމުން ރީމާއަށް ހިނިތުންވެލިއެވެ.

ދެމީހުންވެގެން ބާރަޖެހުމުން ލާންޗުކައިރިއަށް ދާންވާއިރަށް ކަންކަންޖެހޭ އެއްޗެހި ކައްކާ ނިންމާލިއެވެ. އަދި ތައްޔާރުވެލައިގެން ރީމާގެ ދޮންބެ ރީހާން ބަލައި ސައިކަލުގައި ބަދަރަށްދާން ނިކުތެވެ. ބަދަރަށް ދެވުންއިރު ލާންޗު ނާންނާތީ ދެމީހުން އެތަނުގައި ހުރި ގަހެއްގެ ހިޔަލުގައި މަޑުކޮށްލިއެވެ. ” ތިންއަހަރުފަހުންނެ ބޭބެ އެއަންނަނީ .. ވީޑިއޯކޯލްއިން ފެނުނަސް އަސްލަށްފެނުނީމަ އެގޭނީ ހުންނަގޮތެއްވެސް . ބޭބެބުނި އެންމެފަހުންގުޅި ދުވަހުވެސް ޒޭން ކޮބައިހޭ. ބޭބެ ޒޭންއަށް ސޮމާޓް ފޯންއެއްގަނެދޭން ބުނީމަވެސް ޒޭން ބުނިވިއްޔާ ނޯއޭ . ” ރީމާ ފަރާތް ފަރާތް ބަލަމުން ކިޔަމުން ދިއެވެ. ” އަހަރެންގެ މިނޮކިޔާ ބައްތިއަށްވެސް ގުޅޭނޭ ދެން މައްސަލައަކީ ކޮބައިތަ . ” ޒޭނާ ހީލަމުން ބުނެލިއެވެ. ” ހޫމް ހޫމް . އެންޓި ސޯޝަލްގާލް . ” ރީމާ ޒޭނާއަށް މަލާމަތްކޮށްލިއެވެ. އޭގެ ފަނަރަ މިނެޓް ފަހުން ލާންޖުއަައިސް ޖެޓީއާއި ގާތްކުރިއެވެ. އޭރު ރީމާ ގުޅައިގެންގެނަ ކުޑަޕިކަޕް ވެސް އޮތީ އައިހެވެ.

ޒޭނާމެން ލާންޗާއި ތަންކޮޅެއްގާތަށް ދިޔައެވެ. ފުރަތަމަ ކޮޑުގައި ދަބަސް އަޅުވައިލައިގެން ލާންޗުންފޭބީ ރީހާންއެވެ. ރީމާ ދޮންބޭޭއޭ ކިޔާ ރީހާން ގައިގައި ބައްދާލިއެވެ. ރީހާންގެ ލޮލުގައި އެވަގުތު ރީމާކައިރީ ހުރި ޒޭނާ އަޅައިގަތެވެ. ޒޭނާ ރީހާންއަށް ހީލިއެވެ. ” ބޮރޯ މަމަތިން ހަދާންނެތުނީތަ ..” ރީހާންގެ ފަހަތުން އިވުން ފިރިހެން އަޑަށް ތިންމީހުން އެދިމާ ބަލާލިއެވެ. އެއްއަތުން ދަބަހުގައި ހިފަހައްޓާލަމުން އެނެއްއަތުން ލޮލުގައި އަޅާފައޮތް އައިނު ނަގާލަމުން ކުރިމައްޗައްބަލާލި ޒުވާނާގެ ލޮލުގައި އަޅައިގަތީ ކުރިމަތީހުރި ރީތި އަންހެން ކުއްޖާއެވެ. ޒޭނާގެ ނަޒަރު އެޒުވާނާއާއި ހަމަވުމުންް ޒޭނާއަށް  ބަޔާންކުރަންނޭގޭ ކަލަގޮތެއް ވެގެން ދިޔައެވެ.

ތިޔަފަރި ރީތިނަޒަރުފެނިފާ މިނޭވާ ހުއްޓުނޭ

ހިތްވެދީވާނަ ލޯބިވާ ފެނުމުން ހޭހުއްޓުނޭ

(ތިންވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ashlyshy
Follow Me Written By

ashlyshy

Level 1

Love to write stories ❤ read stories

Other Articles

Previous

ކުށަކީ ކޮބާ – 2

Next

އިހުސާސްތަކޭމީ 1

Next
February 20, 2024

އިހުސާސްތަކޭމީ 1

Previews
February 18, 2024

ކުށަކީ ކޮބާ – 2

2 Comments!

  1. Eyna says:
    February 27, 2024 at 8:26 am

    3 vana part kiyaalan libeyny kondhuvahakun

  2. ashlyshy ashlyshy says:
    February 28, 2024 at 9:32 pm

    Mihaaru thinvana baives inee up kohlaafa

Comments are closed.

Next Episodeޝަކުވާ 3←


All Right Reserved!