ޒޭނާ ނަޒަރުން:
ދުވަހުގެ އެންމެ ހިތްގައިމު ވަގުތެވެ. އުޑުމަތީގައިވާ ނަލަ ކުރެހުމުގައި ގުދުރަތީބާރަކުން ކުލަޖައްސަމުން ދިޔައިރު އަހަރެންއިނީ އެރީތިމަންޒަރަށް އަރަގުވެފައެވެ. ޖެހެމުންދިޔަ ތެތްފިނި ވައި އައިސް ގައިގައި ބީހެމުން ދިޔައިރު ގައިން ހީބިހި ނަގާލައެވެ. ގޮޑުދޮށުގައި އެކިއުމުރު ފުރައިގެ ކުދިން ދުވެ މަޖާކުރަމުން ދިޔައެވެ. ޒުވާން އަންހެން ކުދިން ބައިބަޔަށް އައިސް ގަސްތަށް ދޮށުގައި ހުތްގަނޑުހަދައިގެން ރަހުމަތްތެރިންނާއި އެކު ސަކަރާތް ޖަހަމުން ދިޔައެވެ.
އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ކޮޅަށްތެދުވެ ހެދުމުގައި ހުރި ވެލިތަށް ފޮޅާލަމުން ގެއަށްދާން މިސްރާބުޖެހީމެވެ. ޔަގީނެވެ. މިހާރު އަހަރެން ނުފެނިގެން ގޭގައި އަހަރެންގެ ދޮންމަންމަ ހުޅުރޯކޮށްފާނެވެ.
އަހަރެންނަކީ ފަޤީރެއް ނޫނެވެ. އަހަރެންގެ މައިންބަފައިންގެ ފަރާތުން އަހަރެންނަށް އެތަށް މުދަލެއް ވަނީ މިލްކުވެފައެވެ. ދެފަންގިފިލައަށް ނަގާފައިވާ ގެއަކާ މިރަށުގެ ދެވަނައަށް އެންމެ ގިނައިން ވިޔަފާރިވާ ފިހާރައެއް އަހަރެން ނަންމަތީގައި އެނބަ އޮތެވެ. ނަމަވެސް ކިތަންމެ މުދަލެއް އަހަރެން އަތުގައި ހުއްޓަސް އަހަރެންނަކީ ފަގީރެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އަހަރެންގެ މަންމަ ވަނީ ކެންސަރުގެބަލީގައި އަހަރެންނަށް އެންމެ ދެއަހަރުގައި މިދުނިޔެ ދޫކޮށް ގޮސްފައެވެ. އޭގެ އަހަރެއް ފަހުން އަހަރެންގެ ބައްޕަ އަހަރެންގެ މާމަގެ އެދުމަށް އެހެން ކައިވެންޏެއް ކުރިއެވެ. އެއީ ވެސް މިރަށުމީހެކެވެ. ނަމަވެސް ޔަތީމެކެވެ. އަހަރެންގެ ބައްޕަ ހީކުރީ އެކަހަލަ އަންހެނުންނަކީ ވަރަށް އޯގާތެރި ބަޔަކަށްވާނެކަމަށްށެވެ. ނަމަވެސް އެއަންހެން މީހާ ބޭނުންވަނީ އަހަރުމެންގެ މުއްސަދި ކަމެވެ. އަހަރެންގެ ބައްޕަ އާއި އިދެހުރެ އޭނާގެ އެތަށް ނާޖާއިޒު ގުޅުމެއް ބޭއްވިއެވެ. ބައްޕައަށް އެކަން އެނގިގެން އޭނާ ވަރިކުރަން އުޅުމުން އޭނާ ބައްޕަގެ ދަރިއަކަށް ބަލިވެއިންވާހަކަ ބުންޏެވެ. އެސަބަބާ ހުރެ ބައްޕައަށް އެ އަންހެނާއާއި އިނދެގެން އުޅެން މަޖުބޫރު ވީއެވެ. ބައްޕައަށް ދޮންމަންމަގެ ހުރިހާ ކަމެއް ފަޅާއެރުމުން ދޮންމަންމަގެ އުޅުން އިސްލާހުވިއެވެ. ބައްޕަ އެކަމާ އުފާވިއެވެ. އަދި ދޮންމަންމައަށް މާފުކުރިއެވެ. ނަމަވެސް އަހަރެންގެ އުމުރުން ސޯޅަ އަހަރުގައި ބައްޕަ މާލެގޮސް އުޅުމުގައި ހިނގި މަގުމަތީގެ އެކުސިޑެންޓެއްގައި ބައްޕަ ނިޔާވީއެވެ. އެދުވަހަށްފަހު ބައްޕަގެ ފިހާރައާއި އަހަރެންނާއި ދޮންމަންމައާއި ހަވާލުވީ އަހަރެންގެ ބޮޑުބެ އިމްރާނުބެވެ. އިމްރާނުބެ ދޮންމަންމައާއި ކައިވެނި ކުރިއެވެ. އަހަރެން އުންމީދުކުރީ ބައްޕައެއްގެ ލޯބި އަހަރެންނަށް އިމްރާނުބެ ފަރާތުން ލިބޭނެ ކަމަށްށެވެ. ނަމަވެސް ދޮންމަންމަ އަޒުރާއާއި އިމްރާނުބެ ނަޒަރު ވަނީ ބައްޕަ ދޫކޮށްދިޔަ މުދަލަށްށެވެ. ނަމަވެސް ބައްޕަ މަރުވުމުގެ ކުރިން ހުރިހާމުދަލެއް އަހަރެންނަށް މިލްކު ކޮށްދީފައި އޮތުމުން އެކަމުގައި އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަހަރެންނަށް ކިތަންމެ އަނިޔާއެއް ދެވިދާނެވެ. ނަމަވެސް އެމީހުންނަށް ކާމިޔާބެއް ލިބުނަނުދޭން އަހަރެން ހިތްވަރުކުރަމެވެ. މިހާރު އެއަނިޔާތަށް ތަހަމަލު ކުރާތާ ދެއަހަރު ވަނީއެވެ.
އަަހަރެން ގޮސް ގޭގެ ދޮރާށިން ވަންއިރު އަޒުރާއްތަ ހުރީ ގޭދޮރުމަތީގައި ފޯނެއްގައެވެ. “އަހަރެންނަށްވެސް އެއަންހެނާ ކައިރީ ބުނެވޭނީ ދޯ .. އަޑުއެހިތްޔާތާ. އަހަރެންމީ އޭނާ ކައިރީ ކާކުތަ. އޭނަ ބައްޕަގެ ރުފިޔާބޮޑި ލިބުނީމަ އޭނަވަރުމީހެއް ނެތިގެން އުޅޭނި . އެކަމަކު ވެސް މަބުނާނަށް ރަނިކަމަނާ ގެއަށް އައީމަ.” މިހެންބުނެ ދައްތަ ފޯނު ބޭއްވިއެވެ. އަހަރެން ފެނުމާއި އެކު އަހަރެންނާއި ދިމާލަށް ބާރުބާރަށް އެއްޗެހި ގޮވައިގަތެެވެ.”ބަލަ މިހިރަ އަންހެނާ މަށަށް މިއުޅެނީ ކަލޭ ނުބެލިގެންތަ ކަލޭގެ ވަންހަކޮޅު މީހުންނަށް ރޮއިރޮއިފަ މޮޅެތިވާހަކަ ކިޔައިދޭން. މިއަދުވެސް މީނަގެ ލޯބިވާ ދޮންތަ މަށަށް ގުޅާފަ ބުންޏޭ ނުބެލެންޏާ ގެންނާށޭ. އެހެންވެ އެމީހުންތަ މި ބަލަނީ. މޮޅެތިވާހަކަ ދައްކަން” އެވަގުތު އަހަރެންނަށް އިއްޔެ ދޮންތަގާތު ހުރިހާވާހަކައެއް ދެއްކުން މޮޔަހީވިއެވެ. ” ބަލަ ހިސާބުގަޑުމީހުން ކަލޭއޭކިޔައިގެން އެއްޗެހި ކިޔާއިރު މަބުނިތަ އެއްޗެކޭ . ކޮންމެ ދުވަހަކު އިރުއޮސޭގަޑީގަ ގޮސް އަތިރިމަތީގަ ކޮންފިރިހެނަކަށް ތުއިދެއްކެންދަނީ އާނ .” ” ދައްތާ ތަދުވެއޭ ދޫކޮލަބަލަ ” އަޒުރާއްތަ އަހަރެން އިސްތަށިގަނޑުގައި ހިފާފައި ހުރި ލެއްބާރުކަމުން އަހަރެންނަށް ރޮއިގަނެފައި ބުނެވުނެވެ. ނަމަވެސް އަހަރެންގެ އާދޭހުގެ އަޑު އިވުން ހެނެއް ހިޔެތް ނުވެއެވެ. އިތުރަށް އަހަރެންގެ އިސްތަށިގަނޑަށް ބާރުލަމުން ދައްތަ ހަޅޭއްލަވަމުން ދިޔައެވެ. ” ދެންމެ ވެސް އެގުޅީ މިއޮތްގޭ ސަކީނަ . މިއަދުވެސް އަތިރިމަތިން ފިރިހެނަކާއެކު އިނޭކިޔާފަ. މަވާ ބޯހަލާކު. އުޅެވޭ ގޮތެއްނޭގެ މި އަންހެނާގެ އެ ޒުލޭހާއެކޭ އެއްވަރަށް ތުއިކަން ހުރޭ ” އަޒުރާތްތަ އަހަރެންގެ މަންމައަށް ބަދުބަސްތަށް ކިޔަމުން ދިޔައިރު އަހަރެންގެ ލޮލުން ކަރުނަ ފާއްދާލާފައި ފައިބަމުން ދިޔައެވެ. “އަށާރައަހަރުވާއިރަށް ހުރެބަަލަ މީހަކާ ދެވާފަ މިގެއިން ނެރެލާނަށް. މުސްކުޅިއަކާ. ތިޔަމުދާތަކާ ބޮޑިވަރު ހިފަހަށްޓައިގެން ހުރެވޭނި ކަލެއަށް އަށާރަ އަހަރުވަންދެން . މަށަށް ދެންމިހާރު އުޅެވޭކަށް ނެތޭ ކަލެއާ ހުރެ .” އަހަރެންނަށް ސިހުންވީ ގޮސްބިންމަތީގައި އަހަރެންގެ ބޯ ޖެހުމުންނެވެ. އެވަގުތު އަހަރެނަށްހީވީ އަހަރެންގެ މެޔަށް ހޫނު ފެންއެއްޗެއް އޮސާލިހެންނެވެ. ބިންމަތީގައި ބޯޖެހުން ވީ ތަދައްވުރެ ހިތަށް ކުރި އަސަރުން އަހަރެންނަށް މުޅި ދުނިޔެ ހުއްޓުންކަހަލަ އިހުސާސެއް ކުރެވުނެވެ. އަހަރެންގެ ބޮޑުބެއާއި ދޮންމަންމަގެ ރޭވުން އެނގުނީމައެވެ. އަމިއްލަ ނަފުސާ ޝަކުވާ ކޮށްލެވުނެވެ. އަހަރެންގެ ކުށަކީ ކޮބައިބާއެވެ.
ޝަކުވާ ހިތާކުރީމޭ ނަސީބެއް ނެތުނީމާ
ތަޤުދީރުގާ އަހަންނަށް މިހެން ދިމާވީމާ
ގޮތް ހުސްވެގެން ދަނީނޭ އެކަނި ކޮށްލީމާ
ދެރަވޭ އަދު މަ ބާކީ ވާންވީމާ ….
(ދެވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ)
************************************************************************
އަޅުގަނޑުގެ މިވާހަކަ (ޝަކުވާ)އަކީ ޙިޔާލީ ވާހަކައެވެ. ނަމަވެސް ކިޔުންތެރިން ޝައުޤުވެރިވާނެ އެތަށް ކަންކަމެއް ހިގާނެ ވާހަކައެއްކަން ފާހަގަކޮއްލަން . ވާހަކަ ކިޔާލާ ވާހަކައަށް ކޮމެންޓު ކޮށްލުމަކީ އަޅުގަނޑަށް ލިބިގެންދާނެ ވަރަށް ބޮޑު ކާމިޔާބެއް . އަދި މިވާހަކަ ޝެއާކޮއްލާދެއްވާ. ފުރަތަމަ ބައި އެހާ ދިގުނޫނަސް ދެންކުރިއަށް ހުރި ބައިތައް މިއަށް ވުރެ ދިގުވާނެކަމަށް އުފަލާއެކު ބުނެލަން .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

ތިމާއަށް ބަލަދުއަރާ ނުވަތަ ބެލެނިވެރިކަން ހަވާލުވާ އަންހެންކުދީންނަށް އިހާނަތްތެރިކޮށް ހިތުން އެއީ ވަރަށް ގިނަ ދިވެހި ވާހަކަތަކުން ފެންނަ ސިފައެއް. އެކަން މިވާހަކައިގައި ވެސް އެބަހުރި. އެހެނަސް އެއީ ކީ މައްސަލައެއް ނޫން.ތިޔައީ މި ސައިޓުން އަދި ފެނިފައި ނުވާ އައު ކުއްޖެއް ނަމަވެސް މި ވާހަކައިން ތިބާގެ ލިޔުންތެރިކަމުގެ ހުނަރު ކިތަންމެ ރަނގަޅަކަށް ވެސް ފެންނާން އެބަހުރި. ލިޔުމުގައި ސުކުންކުރުމުގެ ކުށްތައް ހިސާބަކަށް އެބަހުރި.ކުރިޔަށް އޮތް ތާނގައި އެކަންކަން ރަނގަޅުކޮށްލާނެކަމަށް ހީކުރަން. އަޅުގަނޑަކީ ތިބާގެ ޓީޗަރަށް ނުވާއިރު ކުށްދެއްކުމީ އެހައި ކުރާހިތްވާކަމެއް ވެސް ނޫން. އެހެން ނަމަވެސް ހެޔޮ އެދޭ މީހެއްގެ ގޮތުން ހެޔޮ ހިތަކުން ބުނެލެވުނީ
Thankyou for ur encouraging comments. I will gradually try to correct my mistakes. I appreciate comments. I would love to see your comments And thank u for your support ❤