Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވެވުނީ ލޮތްބޭ – 8

That girl Level 1
March 25, 2024 3 Mins Read
2 Comments

ތާނީ ގެޔަށް ލުމަށްފަހު ކިޔާންގޭގެ ކުރިމަތީގައި ކާރު ޕާރކް ކޮއްލިއެވެ. ކާރުން ފައިބައި ގެޔަށް ވަންނަން ކާޑު ނެގި ކިޔާން އައް ހުއްޓުން އެރީ ކިޔާރާ ފެނިފައެވެ. ކިޔާރާގެ ކައިރީގައި މީޝާކް ވެސް ހުއްޓެވެ. މީޝާކް އައް ކިޔާން ފެނުމާއެކު އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. 

 

” މަ ހީނުކުރަން ކަލޭ ތިހާ ވިހަގަދަ ވާނެކަމަށް. އެންމެ ކުޑައިރުއްސުރެއް ކަލޭ ބެލީ މަގޭ މަންމަ. ތާރުބިއްޔަތު ކޮށްދިނީ މީހުންނަށް ހެޔޮ އެދެން. ދޯކާ ކަޑާކައް ނޫން.”

 

“ކިޔާން ޕްލީސް ހުއްޓާލާ. އަހަންނާ މީޝާކް އަލުން ގުޅުނީމަ ޖެލެސް ނުވޭ. ކިޔާން ނުޖެހޭ މިކަމަކާ ބެހޭކައް. މީ ކިޔާން އާ ބެހޭ ކަމެއް ނޫން.  މީޝާކް ކިޔައިދީފި އޭނާއަށް ކިޔާން ކުރި ކަންތައް. އެއީ ސްޓެޕް ބޭބެއަކައްވިޔަސް ކިޔާން ނުޖެހޭ އޭނަޔަކައް މަލާމާތް ކޮށް އެއްޗިހިކިޔާކައް. އަމިއްލަ މަންމަ އެއް ހުންނައިރު ވެސް ޝުކުރު ވެރިވާކައް ނޭނގޭ ދޯ މީހުންނާ ބެހޭކައް. މީޝް ލެޓްސް ގޯ”

 

“ކިޔާރާ.. މަޑުކުރޭ. “އަހަރެންގެ ބަހަށް ކިޔާރާ ހުރި ފިޔަވަޅު މައްޗަށް ހުއްޓުނެވެ. 

 

” ދުވަހަކުވެސް އެއްވެސް އެއްޗެކޭ ދިމާލަކައް ނުބުނަން. އެކަމް ޙަޤީގަތް ނޭނގި އަހަރެންގެ ދިރިއުޅުމާ ވެސް ނުބެހޭތި. ތިހުރީ ވަރަށް ބޮޑަށް އޮޅިފަ. އަނގަޔާއި އަތާ ދިމާނުވަނީސް ދުލުގައި އޮތް ބަސް ބޭރުތިކޮއްލީ. ހަނދާން ކުރާތީ ކިޔާރާ. ޔޫ ޑޯންޓް ނޯ ހައު ހީ ޓްރީޓެޑް މީ. އަހަންނައް ދަސްކޮއްދިނުމުގެ ބަދަލުގަ އޭނަޔައް ދަސްކޮއްދެވޭތޯ ބަލާ. އަދިވެސް ދޯކާ ކަޑާނެ. އެދުވަހުން ޔޫ ވިލް ފީލް ވަޓް އައި އޭމް ފީލިންގް ކިޔާރާ. ހަނދާންކުރާތި. ” ހިތްހަމަނުޖެހިފައި ހުރެ އަހަރެން ގެޔަށް ވަދެލީމެވެ. އެދެމީހުންނާއި އެއްކޮށް ލިފްޓައް އަރަން ޖެހޭތީ އަހަރެން އެރީ ސިޑިންނެވެ. ގެޔަށް ވަދެ ވުމާއެކު އަހަންނަށް ރޮވޭގޮތްވިއެވެ.” ދުވަހަކުވެސް ދެރަ ނުވާހާ ދެރަ މިއަދު އަހަންނަށް އިޙްސާސް ކުރެވެނީ ކީއްވެ؟ ކިޔާއައް ބޭކާރު މީހަކަށް އަހަރެން ވީހިނދު އަހަންނަށް އޭނަޔާ ދޭތެރޭ މިވަރަށް މި ވިސްނެނީ ކީއްވެތަ ؟މީހުން އެބުނާ ތަގްދީރަކީ މީތަ ؟ މޫނުމަތީގައި އަތް އަޅާ ބާރުކޮށްލަމުން އަހަންނަށް ބުނެވުނެވެ. 

 

  • ───────•°•❀•°•───────•

 

ގޭގެ ދޮރުން އެތެރެއަށް ވަދެ ވުމާއެކު މީޝާކް ދޮރު ތަޅުލިޔެވެ. މީޝާކް އާއި އަހަރެން މީގެ 3 އަހަރު ކުރިން އެކަނި ވަގުތު ހޭދަކުރީމެވެ. އެކަމް މިއަދު އަހަންނަށް އޭނަޔާ އެއްތަނެއްގައި އެކަނިން ހުރެވުމުން ކުޑަކޮށް ހިތް ބިރުގަންނަ ގޮތް ވިއެވެ. އަތުގެ އިނގިލިތަކާއި ކުޅެމުން އަހަންނަށް ފަހަތަށް ޖެހެވުނީ މީޝާކް އަހަންނާއި ދިމާއަށް އައުމުންނެވެ. އޭނާގެ އަތްތިލަ އަހަރެންގެ މޫނުގައި ޖެހުމުން އަހަންނަށް އެއަތުގައި ހިފާލެވުނެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަހަރެންގެ ދެލޮލަށެވެ. އަހަންނަށް ވެސް އެ ދެ ލޮލަށް ބަލަން ހުރެވުނެވެ. “ކީއްވެ އަހަންނާ ދިމާއަށް ތި ގޮތަށް ތިބަލަނީ” އަހަރެންގެ މޫނުގައި ފިރުމާލަމުން މީޝާކް ބުނެލިއެވެ. ” ބެލެނީ…” އިސްދަށަށް ޖަހަމުން އަހަރެން ޖަވާބު ދިނީމެވެ. އެވަގުތު އޭނާ އަހަރެން ގަޔާއި ކައިރިކޮއްލިއެވެ. ނަމަވެސް އަހަންނަށް ޖެހެވުނީ ދުރަށެވެ. “ކިހިނެށް ވީ.. ބޭނުން ނުވަނީތަ..” އަހަރެން ހަރަކާތްތައް ހުރި ގޮތުން މީޝާކް ބުނެލިއެވެ. 

 

“ވަރަށް ވަރުބަލި.. ކިޔާ ބޭނުމީ ނިދާލަން.” 

“މީޝް އާ އެއްކޮށް ދޯ ނިދާނީ. އަހަންނާއި ގާތް ވެލަމުން މީޝާކް ބުނެލިއެވެ.

“ހެހެހެ. ދެން ތީ ކޮން ސަކަރާތެއް. ވެރީ ފަނީ.. ވީ ޝެލް މީޓް ޓުމޯރޯ. ގުޑި ނައިޓް. މީޝް ވެސް ދޭ ގެޔަށް ދެން. ” މީޝާކް ގެ ގަޔާއި ދުރައްޖެހިލަމުން އަހަރެން ބުނެލީމެވެ. ކޮޓަރިއައް ވަންނަން ހިނގައިގަތް ނަމަވެސް މީޝާކް ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފައި އޭނާގެ ގަޔާއި ކައިރިކޮއްލިއެވެ.

” ކިޔާ އަހަންނާ އިންނަން ވީނު… އަހަންނަކައް ދެން ކެތެއް ނުވާނެ ފީލިންގްސް ކޮންޓްރޯލް ކުރާކައް.. ކިޔާ ބޭނުންވަނީ… ވަރަށް ބޭނުން.. ”

” އިންނާށޭ.. ”

” ހްމްްމްމްމް. ކިހިނެށްވީ ؟ އަހަންނާ އިންނާކަށް ބޭނުމެއް ނޫންތަ ؟”

“މީހަކާ އިނުމަކީ ހާދަ ވިސްނަންޖެހޭ ކަމެކޭ.. އައި ނީޑް ޓައިމް ޓު ތިންކް “

” 2 ދުވަސް.. ކިޔާ އަހަންނަށް ޖަވާބެއް ދޭތި 2 ދުވަސް ތެރޭގަ.. ގުޑް ނައިޓް ” އެހެން ބުނުމަށް ފަހު މީޝާކް ގެއިން ނުކުމެގެން ދިޔައެވެ. އެރޭގެ ބާކީ ބައި ބޭކާރު ވެގެން ދިޔައީ މީޝާކް ގެ ބަހާމެދު ވިސްނުމުގައެވެ. މިވާހަކަ ތާނީ ކައިރީ ބުނަން ބޭނުމެވެ. އެކަމަކު އޭނާ އެކަމަކަށް އެއްބަހެއް ނުވާނެއެވެ. އަހަރެން މީޝާކް އާއި އިންނަން ބޭނުމެވެ. ވަރަށް ބޭނުމެވެ. އެކަމަކު ދިރިއުޅުމެއް ފެށުމަކީ ވަރަށް ވިސްނަން ޖެހޭކަމެކެމެ. ކޮންމެފަދަ ކަމަކާ ވެސް ދިމާވެދާނެއެވެ. “ދެން ކިހިނެއް ހަދާނީ…” ސޯފާގައި އިށީންނަމުން އަހަންނަށް ބުނެވުނެވެ. 

 

  • ───────•°•❀•°•───────•
  • ވެރެމުންދާ ކަރުނަތައް ފުހެލުމަށް ފަހު ކިޔާން ތެދުވެ އެނދުގައި އޮށޯވެލިއެވެ. އޭރު ގަޑިން 1 ޖަހަނީއެވެ. ނިދޭތޯ ކުރަމުންދާ މަސައްކަތް ވަނީ ބޭކާރެވެ. ހިތުގެ އުދާސްތައް ފުރެމުން ދިޔައިރު އެ ވާހަކަތައް ހިއްސާ ކުރާނެ މީހަކު ނެތުމުން އިތުރަށް ދެރަވިއެވެ. ކިތަންމެ ދެރަވި އެއްކަމަކުން ކިޔާން ހުރީ ހިތްވަރު ދޫކޮށްލާ ނިޔަތަކު ނޫނެވެ. އޭނާ އަދިވެސް ކިޔާރާ ހާސިލްކުރުމުގެ މަގުސަދު ހިތަކުން ނައްޓައެއް ނުލައެވެ. ކޮންމެވެސް ގޮތަކުން ނަމަވެސް ކިޔާން ކިޔާރާ ހަސިލްކުރާނެއެވެ. މި ވިސްނުމުގައި އޮތް ކިޔާން ގެ ހަނދާނަށް ކުއްލިއަކަށް އައީ ތާނީ ދެއްކި ވާހަކައެވެ. މީގެ ކުރީން މީޝާކް ލީން ކިޔާ ކުއްޖަކާއި އިންނަން އުޅުނު ވާހަކައެވެ. “މި ލީން އަކީ ކާކުބާ؟” އަމިއްލަ ނަފްސަށް ވާހަކަ ދައްކަމުން ކިޔާން ބުނެލިއެވެ. އެވަގުތު ލީން އާއި ބެހޭގޮތުން އިތުރަށް އެނގެން  އޭނާ ބޭނުންވިއެވެ. “އޭނަޔާ މީޝާކް އާއި ވަކިވީ ކީއްވެބާއެވެ؟މީޝާކް ކިޔާރާ ދޫކޮއް ލީން ކައިރިއަށް ދިޔަ މީހާ އަނބުރާ ކިޔާރާ ކައިރިޔަށް އެއައީ ކޮން މަގުސަދެއްގައި ބަާއެވެ ؟” މިހުރިހާ ކަމެއް ސިކުނޑިއަށް ގެނެވުން ވެގެން ދިޔައީ ކިޔަން ގެ ބޮލުގައި ނުބައި ގޮތަކަށް ރިއްސި ކަމަކަށެވެ. އެތައް ސުވާލެއް އުފެދުނު ކަމަކަށެވެ. އޭނާއަށް ވިސްނޭ ގޮތުގައި މީ ކޮންމެވެސް ނުބައެކެވެ. ކިޔާން ވަގުތުން އޭނާގެ ފޯނު ނެގިއެވެ. އަދި އިންސްޓަގްރާމް އައް ވަދެ މީޝާކް ގެ އައިޑީގެ ފޮލޮވިންގް ބަޔަށް ވަދެލިއެވެ. ހިތުގައި އޮތް ޝައްކެއްގެ ބޮޑުކަމުންނެވެ. މީޝާކް ފޮލޯ ކުރާ މީހުންތައް ބަލަމުން ވަކި ހިސާބަކަށް ދެވުނުތަނާ ލީން ކިޔާ ކުއްޖެއްގެ އައިޑީ ފެނުނެވެ. ކިޔާން ވަގުތުން އެ އައިޑީ ތާނީ އައް ފޮނުވާލިއެވެ. އެއީ މީޝާކް އިންނަން އުޅުނު ކުއްޖާތޯ ޔަގީންކުރުމަށެވެ. “މިއީ އެ ލީން ކަމަށް ވާނަމަ މީޝާކް އާ އޭނަޔާ ދެމެދު އޮތީ ކޮން ގުޅުމެއް؟”.  ހިތާ ހިތުން ކިޔަން އައް ބުނެވުނެވެ. މިހާރު އޭނާ އިންތިޒާރު ކުރަމުން އެދަނީ ތާނީގެ މެސެޖަކަށެވެ.

ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

That girl

Level 1

Other Articles

ވަޢުދޭ ވެވޭމީ
Previous

ވަޢުދޭ ވެވޭމީ 1

Next

ރިވާ ލޭކް، 15- ފަހުބައި

Next
March 25, 2024

ރިވާ ލޭކް، 15- ފަހުބައި

Previews
March 25, 2024

ވަޢުދޭ ވެވޭމީ 1

ވަޢުދޭ ވެވޭމީ

2 Comments!

  1. Anonymous says:
    March 25, 2024 at 4:04 am

    Vaakaha varah reethi. When is next part

  2. Aala says:
    April 4, 2024 at 3:58 am

    Kobaa next part? Vaahaka las vaathee hama ahaalee. Can you give some update for this. When is next part? Waiting for it.

Comments are closed.

Next Episodeވެވުނީ ލޮތްބޭ – 9←


All Right Reserved!