ވެވުނީ ލޮތްބޭ – 9
އިރުގެ އަލިކަން ފާޅުވެ އޭގެ އަލިކަމުން މުޅި ކޮޓަރި ދިއްލާލިއެވެ. ނިދިފައި އޮތް ކިޔާން އައް ހޭލެވުނީ މޫނަށް އަލި އެޅެން ފެށުމުންނެވެ. ކަންނެތް ގޮތަކަށް އެނދުން ތެދުވެ މޫނު އުގުޅާލީ ފޯނުހުޅުވާލުމަށެވެ. ފޯނުގެ ސްކްރީނަށް ބަލާލުމާއެކު އައިސްފައި ހުރި ނިދި ހޭވިކަހަލައެވެ. “ތާނީ” ކިޔާން އައް ބުނެވުނެވެ. އަވަސް އަވަހަށް ފޯނު ހުޅުވާލުމައްފަހު ތާނީގެ މެސެޖް ކިޔާލިއެވެ. “ކިޔާން އަށް ކިހިނެށް ލީން ގެ އައިޑީ ފެނުނީ… ؟” މެސެޖް ކިޔާލި ވަގުތު ކިޔާން ގެ ގައި ފިނިވިއެވެ. “މި މީޝާކް ކީއްކުރަން ލީން އައް ފޮލޯ ކުރަނީ.. ؟ ވަޓް” ކިޔާން އައް ބުނެވުނެވެ. ތާނީއަށް ލީންގެ އައިޑީ ފެނުނު ގޮތް ކިޔައި ދިނުމަށްފަހު ކިޔާން އަވަސްވެގަތީ ކިޔާރާއައް މި ހަބަރު ދިނުމަށެވެ. ނަމަވެސް ގުޅާ ގުޅާ ވެސް ކިޔާރާ ފޯނެއް ނުނެގިއެވެ. އެންމެ ފަހުން ތަނީގެ އެދުމަށް ކިޔާން ކިޔާރާގެ އެޕާރޓްމެންޓައް ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ.
•───────•°•❀•°•───────•
އެނދުމަތީގައި އޮށޯވެލައިގެން ކިޔާރާ އޮތް އިރު އޭނާގެ ވިސްނުން ހައްޔަރު ކުރެވިފައި ވަނީ މީޝާކް އައް ދޭނޭ ޖަވާބަކާއި މެދުއެވެ. އެއްކޮޅުން އެއީ ޙަޔާތުގެ އެންމެ ލޯބިވާ މީހާއެވެ. އަނެއްކޮޅުން ދެން ތިބީ އެކަމަށް ނުރުހޭ ނަމަވެސް މުޅި ޙަޔާތުގައި ވެސް ކިޔާރާގެ ކައިރީގައި ހުރި އެކުވެރިޔާއެވެ. އެއްވެސް މީހަކަށް ދެރައެއް ދޭކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އަހަންނަށް މިއަދު ގޮތެއް ނިންމުން ވެސް މަޖުބޫރެވެ. ފުން ޙިޔާލެއްގައި އޮތްވާ ގޭގެ ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ “ކާކު މިގަޑީ؟” އަހަންނަށް ބުނެވުނެވެ. ކަންނެތް ގޮތަކަށް އެނދުން ތެދުވެ ދޮރު ހުޅުވާލީމެވެ. “ކިޔާން” އަހަންނަށް ބުނެވުނެވެ.އޭނާ ފެނުމުން ކުޑަކޮށް ރުޅިއަންނަ ގޮތް ވެސް ވިއެވެ.
” ކިޔާ.. އަހަންނަށް އިނގޭ ކިޔާ މީޝާކް ދެކެ ލޯބިވާ ކަން.. އެކަމު އެއްފަހަރު ވެސް މިދައްކާ ވާހަކަ އަޑު އަހާ ޕްލީސް..”
“ކިޔާން އަކަށް އަޑެއް ނީވުނުތަ މަށާ މީޝާކް ގެ ދިރުއުޅުމާ ދޭތެރެއަށް ނުވަންނާށޭ ބުނި އަޑެއް ؟”
“ކިޔާ. ހެޔޮނުވާނެ. އަހަރެން މިއުޅެނީ ކޮންމެހެން ދޮގު ވާހަކަ ދައްކައިގެން ދޭތެރެ ޖައްސާކައް ނޫން. ކިޔާ އަމިއްލައަށް ވިސްނާ.. އެބުނާ ލީން އަކަށް ޓަކައި މީޝާކް ކިޔާރާ ދޫކޮއްލީ.. ލޯބިވެޔޭ ކިޔާފަ ކިޔާއައް ބޭވަފާތެރިވީ. އެންޑް ކުއްލިއަކަށް ކިޔާ ކައިރިއަށް އޭނާއާއި ކީއްވެ.. ”
” އަނެއްކާ ފެށީ. އޭނާއަށް ވިސްނިގެން އެ އައީ. ކީއްވެ ތަ ނޭނގިގެން ތި-”
” އެހެންތަ ؟ ވިސްނުނީ؟. އޯ. ވިސްނުނު ގޮތެއް ބުނެދީފާނަންތަ ؟ ބަލަ މީޝާކް އާ ލީންއާ ދެމެދު ބަރާބަރައް ގުޅުން އޮންނަ އިރު އޯކޭ ވެގެން ތި ހުންނަނީ ކީއްވެތަ… ؟އެއީ ތަ މީޝާކް އައް ވިސްނިގެން އުޅޭ އެއްޗަކީ.. ؟”
އެއްޗެކޭ ބުނަން ކިޔާރާ އަނގަ ހުލުވާލިނަމަވެސް ހުއްޓުން އެރީ ފަހަތުގައި ހުރި މީޝާކް ފެނިފައެވެ. އެވަގުތު އަހަންނަށް އިސްދަށަށް ޖެހެވުނެވެ. ކީއްވެގެން ކަމެއް ނޭނގުނެވެ.
“ކަލޭ ކީއްކުރަން ކިޔާއައް އުނދަގޫ ތިކުރަނީ ؟”
“އުނދަގުލެއް ނޫން މީކީ. ވާރނިން ދެނީ”
“ހަހަ. ކިޔާން ނުޖެހޭނެ ހާސްވާކައް. ކިޔާ އާ އަހަންނާ މިއުޅެނީ އިންނަން. ވަރަށް އަވަހަށް. ނައު ގެޓް ލޮސްޓް”
މީޝާކް ގެ އަތް ގެނެސް އަހަރެންގެ ކޮނޑުމަތީގައި ބޭއްވިއެވެ. މީޝާކް އެހެން ބުނުމާއެކު ކިޔާން ވަރަށް ބާރަށް ސިޑިން ފައިބައިގެން ދިޔައެވެ. އެވަގުތު އަހަންނަށް މީޝާކް ގެ އަތް ފޮޅާލެވުނެވެ. “ކިޔާއައް ކޮންއިރަކު ބުނެވުނީމާ އިންނަން ގަބޫލު ވާހަކަ.” ފެނަކަޅިވެފައި ހުރެ އަހަންނަށް ބުނެވުނީ ވަރަށް ބާރަށެވެ. “ބޭބީ.. ދެން ހަމަޖެހިބަ. މަށާ އެހެން ނޫނަސް ކިޔާ އިންނަން ބޭނުމެއްނު. ދެން އައިނޯ އާންސާރ އިޒް އަ ޔެސް ކަން.” އަހަންނާއި ކައިރިވެލަމުން މީޝާކް ބުނެލިއެވެ. ނަމަވެސް އަހަންނަށް އާދެވުނީ ރުޅިއެވެ. “މީޝާކް. ޕްލީސް. ކިޔާ ކުރިން ވެސް ބުނިން މީހަކާ އިނުމަކީ ވަރަށް ވިސްނަން ޖެހޭކަމެކޭ. އެންޑް ތީ އެއްފަހަރު ކިޔާއައް ދޯކާ ދިން މީހެއް.. ކިޔާ އައް ވަރަށް އުނދަގޫ. އަދިވެސް އެ ހަނދާންތައް ވޭ… މީޝް ގެ ދޮގު ވައުދުތައް…” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން އަހަރެން ބުނެލީމެވެ. އޭރު މީޝާކް އެއްވެސް ބަހެއް ނުބުނެ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރުމަށްފަހު ގެއިން ނުކުމެގެން ދިޔައެވެ. އަހަންނަށް ސޯފާ މަތީގައި އިށީނދެވުނެވެ. ދެން ވާން މިއުޅެނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. ދިރިއުޅުމުގެ ކަންތައްތައް ލިޔެވިފައިވާ ފޮތް އަހަރެންގެ އަތުގައި އޮންނަނަމަތާއެވެ. އޭރުން އަހަންނަށް ވެސް އަހަރެންގެ ދިރިއުޅުމުގައި ދެން ވާން އޮތް ބައި ވެސް ކިޔާލެވުނީސްތާއެވެ.
5 Comments!
Comments are closed.

Yayyy. Goo Thithaaa.. 😁 kon iraku 10 vana baii
Mi part vx v Reethi masha allah
Keep it up
Can’t wait for next part
Kiyaara and kiyaan gulhuvachey
mi part ves vrh reethi
cant wait for next part
vrh avahah up kohla dhehcheyy
Vv reethi mi part vs maasha allah..when nxt part kiyaalan libeynee?
When is next part? Can’t wait to read next part! Thanks