Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވެވުނީ ލޮތްބޭ – 7

That girl Level 1
February 10, 2024 3 Mins Read
4 Comments

” ކިޔާން.. ކީއްވެގެންތަ އެއްޗެކޭ ނުބުނަނީ.. ؟ ކިޔާން ދަންނަންތަ މީޝާކް.. އެއްޗެކޭ ބުނެބަ.. ޕްލީސް..”

“ތީ…. ތީ… މައި ސްޓެޕް ބްރަދަރ….. ”

” ވަޓް… ސްޓެޕް ބްރަދަރ އޭ…. ؟”

“އާނ… އެއީ މީގެ 22 އަހަރު ކުރިން.. އަހަރެންގެ އުމުރުން 3 އަހަރު ވާނީ.. މަންމަޔާ ބައްޕަޔާ އަންހެނެއްގެ މައްސަލައެއްގަ ވަރިވީ.. އޭނގެ ފަހުން ބައްޕަ އެމީހަކާ އިނީ… އެއަށްފަހު ލިބުނު ކުއްޖެއް މީޝާކް އަކީ… މަންމަޔާ ބައްޕަޔާ ދިމާނުވެ ދިޔަ 4 އަހަރު ވަންދެން.. އެކަމް.. 4 އަހަރު ފަހުން އެއް ދުވަހަކު ބައްޕަ މިގެއަށް އައީ.. އެދުވަހު އެނގުނީ މީޝާކްގެ މަންމަ މި ދުނިޔެއަކު ނެތްކަން.. ބައްޕަ އެދުނީ މީޝާކް ވެސް މި އާއިލާގެ ބަޔަކަށް ހެދުން. އޭރު މީޝާކް ވަރަށް ކުޑަވާނެ…މަންމަ ރަނގަޅު ކަމުން މީޝާކް ބެލީ.. އެކަމް އެވަރު އެ އިންސާނަކު ނުދަނޭ… އޭނާ 18 އަހަރު ވީ ދުވަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް އަހަންނަށް ނުފެންނަތާ މިހާރު 7 އަހަރު ވެއްޖެ.. އަހަންނަކައް ނޭނގެ އޭނަ ތިހާ ވިޔާނުދާ މީހަކަށް ވާނެ ކަމެއް.. ” އަތް މުތްކަވާލުމައްފަހު އަހަރެން ބުނެލީމެވެ.

 

 

 

•───────•°•❀•°•───────•

ފިންގަރ އައުޓް ކޮށްލުމަށް ފަހު އަހަރެން ހޮސްޕިޓަލުން ނިކުތީމައެވެ. އެވަގުތު އަހަންނަށް ހުރި ފިޔަވަޅު މަތީ ހުއްޓެން މަޖުބޫރުވީ ތާނީ އާއި ކިޔާން ފެނިފައެވެ. އެ ދެމީހުންގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. މަޑު ފިޔަވަޅު އަޅަމުން ގޮސް އަހަރެން ތަނީގެ ކައިރީގައި ހުއްޓިލީމެވެ.

“ތާނީ.. ވަރަށް ހެޕީ ދުވަސްކޮޅަކަށް ފަހު ފެނުނީމާ. ކިހިނެށް ކިޔާން އާ ދިމާވީ ؟. އެންޑް މިތާ ކީއްކުރަނީ ؟. ގުޅާލިނަމަ ގެޔަށް ދިޔައީމުސް. ”

” ކިޔާ.. ތާނީއައް އިނގޭ މިރޭ މީޝާކް ކައިރީ މިތަނަށް އަންނަން ބުނިކަން. އެހެންވެ ކިޔާ ބަލައި މިއައީ. މީޝާކް ގެ ކައިރިޔަށް ދިޔުމުގެ އެއްވެސް ޙައްޤެއް މީހާރު ކިޔާގެ ނޯންނާނެ. ”

” ތާނީ ޕްލީސް. ކިހިނެށް ވެގެން ތަ ތި އުޅެނީ.. އަހަރެން ގެ ލައިފް މީ. ލެޓް މީ ލިވް. ކިތައް އަހަރު ކޮށްފައިވާ މީޝާކް އެ އައީ.. އޭނާއަށް ދެވަނަ ޗާންސެއް ދޭން ކިޔާ ބޭނުން. ޕްލީސް. ތި ވާހަކަ ދައްކައިގެން ކިޔާގެ މޫޑް ހަރާބު ނުކޮއްބަ.. ”

” ވާވް ކިޔާ.. އުމުރު ދުވަހު ކިޔާގެ ހުރިހާ ކަމަކު އެންމެ ކައިރި ހުރި މީހަކީ މީ.. އެކަމް މިއަދު އަހަރެން ދައްކާ ވަހަކައައްވުރެއް ވެސް އެ މީޝާކް މާ މުހިއްމު ދޯ.. އޯކޭ.. ކިޔާ ބޭނުން ގޮތަކަށް އުޅޭ… ކިޔާން ހިނގާ ދާން. ” ކިޔާރާ ހުރިތަނަށް ދޫކޮށްލުމަށް ފަހު ތާނީ ގޮސް ކިޔާންގެ ކާރަށް އެރިއެވެ. ނުރުހުމުގެ ނަޒަރަކުން ކިޔާރާއައް ބަލައިލުމަށް ފަހު ކިޔާން ގޮސް ކާރަށް އަރައި އެތަނުން ދިޔައެވެ.

 

ފެންކުޅި ވެފައި އަހަންނަށް މަގުމަތީގައި ހުރެވުނީއެވެ. ދާނެ ނުދާނެ ތަނެއް ވެސް ނޭނގިފައެވެ. އެވަގުތު އަހަންނަށް އިޙްސާސް ކުރެވުނީ އެހެން ކަހަލަ ދެރައެކެވެ. ތާނީ ކިތަންމެ ރަނގަޅަކަސް އަހަންނަށް މީޝާކް ނުލައި ދިރިއުޅެން އުނދަގޫ ވާވަރަށް އޭނާ ދެކެ ލޯބިވެވިއްޖެއެވެ. “ވައި އޯލްވޭސް މީ” އަހަންނަށް ރޮވުނެވެ. ގިސްލަމުންނެވެ. ކިތަންމެ ރޯން ބޭނުން ނުވިއަސް ކަރުނަޔަކީ ހުއްޓުވަން އެއް އިރެއް ގައި ވެސް އަހަންނަކައް ފަސޭހަ އެއްޗެއް ނޫނެވެ. މޫނުމަތީގައި އަތް އަޅައިގެން ހުއްޓައި ފަހަތުން މީހަކު އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އެ މޭގައި އޮވެވުމުން އިޙްސާސް ކުރެވުނީ އަރާމު ހޫނެކެވެ. ނަމަވެސް އެއީ އަހަންނަށް އާ ހޫނުކަމެއް ނޫނެކެވެ. އެއީ  އަހަރެންގެ މީޝާކް އެވެ. އެމީހަކައް އެދި މިހިތް އާދޭސްކުރާ މީހާއެވެ. އަހަންނަށް މީޝާކް ގެ ގަޔާއި އިތުރަށް ކައިރިވެވުނެވެ.

” މީ.. މީޝާކް.. އައި…”

“ޝުޝް ކިޔާ. ކާމް ޑައުން. އެމީހުން ކިޔާނޭ އެއްޗަކާ ނުވިސްނާ.. މީޝާކް މިހުރީނު.

“އެކަމް އަހަންނަށް ކިހިނެއް އެނގެނީ މީޝާކް ބަދަލުވީ ކަމެއް.. އަނެއްކާ ގޮއްސިއްޔާ ތާނީ އައް ދައްކާނީ ކޮން މޫނެއް… ”

” ކިޔާ… ޕްލީސް ރްރަސްޓް މީ.. އަހަންނަށް މިހާރު އެނގޭ ކިޔާ ދޫކޮއްލީމަ ވީ ގޮތް. އެންމެފަހުން އަހަންނަށް ލީން ވެސް ޗީޓް ކުރީ..ކިޔާ.. ޕާސްޓް އިޒް ޕާސްޓް. މީޝާކް މިއާއި މާޒީ ހަނދާން ކުރާކައް ނޫން. ކިޔާ އާ އެއްކޮށް ފިއުޗާރ އެއް ފަށަން.. ” ކިޔާރާގެ ގައިގައި ބައްދާލަމުން މީޝާކް ބުނެލިއެވެ.

 

•───────•°•❀•°•───────•

” ދެން ކިހިނެއް ހަދާނީ… ކިޔާ އެހުރީ ހަމަ ޔަގީންނުން ވެސް މީޝާކް ގެ ދަލުގައި ބެދިފަ…. ”

” ވީ ނީޑް ޓު ތިންކް އޮފް ސަމްތިންގް ރިއަލީ ފާސްޓް ތާނީ… ”

” ތިއެއްނު މި ނޭނގެނީ.. ”

” އެބޮތް ގޮތެއް.. މީޝާކް އާ ފާރަލައިގެން އޭނާ ކިޔާ ކައިރިއަށް އައި މަގުސަދު ހޯދުން.. އެކަމް އެކަން ކުރަން ވެސް ވަރަށް އުނދަގޫ ވާނެ.. ބަޓް ކޮންމެވެސް ގޮތަކުން ކިޔާއައް ދައްކަން ވީ މީޝާކް އެއީ ރަނގަޅު މީހެއް ނޫންކަން..”

“އެކަމަކު ކިޔާން.. އެކަން ކިހިނެށް 2 މީހުންނަށް ވާނީ.. މާދަން ޖޮބް އައްވެސް ނުކުންނަން ޖެހޭނެ… ކިހިނެށް މި ހުރިހާ ކަމެއް ކުރަނީ… “ބޮލުގައި އަތްކާތާލަމުން ތަނީ ބުނެލިއެވެ. ކިތަންމެ ވަރަކަށް ކިޔާއައް ވިސްނައިދޭން އުޅުނަކަސް ކިޔާ އެކަމެއް ނުދަނެއެވެ. ނަމަވެސް ކުރާނީ ވަކި ކީއްހެއްޔެވެ ؟ ތަގްދީރުގައި ދަތިތަކާވެސް ކުރިމަތިލާން ޖެހޭނެތާއެވެ..

 

ނުނިމޭ….

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

That girl

Level 1

Other Articles

Previous

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 7

Next

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 4

Next
February 10, 2024

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 4

Previews
February 10, 2024

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 7

4 Comments!

  1. imko 💕💕 says:
    February 11, 2024 at 6:16 pm

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama

  2. ifoo says:
    February 11, 2024 at 9:12 pm

    vv reethi mi part vs maasha allah..when next part kiyaalan libeynee??

  3. Anonymous says:
    February 12, 2024 at 1:31 am

    Haadha kurey….
    By the way vrh reethi

  4. ifoo says:
    February 23, 2024 at 5:33 pm

    when next part?????

Comments are closed.

Next Episodeވެވުނީ ލޮތްބޭ – 8←


All Right Reserved!