Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 16

Nadhoo
Nadhoo Level 1
December 19, 2023 4 Mins Read
15 Comments

އެނދުމަތީގައި ނިދާފައި އޮތް އަންހެން ކުއްޖާ ފެނުމުން އިފްރާ ގާތަށް ވަރަށް ރުޅިއައެވެ. ނިކުމެގެން ގޮސް ދާނިޝް އަށް ބާރަކަށް ގޮވާލިއެވެ. ” ދާދު ކިހިނެތް ތަ މިހާރު ތި އުޅެނީ ؟ ދޮންތި އުއްމީދެއް ނުކުރަން ދާދުގެ ފަރާތުން އެކަހަލަ ކަމެއް ފެނިދާނެކަމަކަށް ބަޓް މިއަދު ވަރަށް ދެރަވެއްޖެ “އިފްރާ ބުނެލީ ދެރަވެލާފައެވެ.

” އިފޫ ކިހިނެތް ވީ ދާދު ކީއްކުރީތަ؟ ” ޒަޔާން ވެސް ހައިރާންވެފައި އަހާލިއެވެ. ” ޒަޔާން ދާދުގެ އެނދުގައި އެބައޮތް ކޮންމެވެސް އަންހެނެއް ” އިފްރާ ބުނި އެއްޗަކުން ދާނިޝް ދިޔައީ ސިއްސައިގެންނެވެ. ” ދާދު ތީ އިމްނާ ދެކެ ލާބިވާކަމަށް އިމްނާ ނޫން ކުއްޖަކާ ދިމާލަށް ބަލާވެސް ނުލާނެކަމަށް ބުނި މީހާތަ؟ އަހަރެން ވަރަށް ދެރަވެއްޖެ ނަސީބެއްނު މިއަދު އެގެޔަށް ގޮސްވެސް އެވާހަކަ ނުދެއްކުނުކަން މިއަދު އިމްނާ އަންނާތީ ދާދު ކާރީ ބުނަންވެގެން މި އައީ އެކަމަކު ދެން ބުނެވޭނީ ސޮރީ އޭ ދާދު އަކަށް އިމްނާ އަކާ ވައި އެޅޭ ހިސާބަކަށް ވެސް ދެން ނުދެވޭނެ. ޒަޔާން ރުޅިއައިސްގެން ބުނެލިއެވެ. ” ދޮންތީ ޒަޔާން ބޭ އަހަރެންގެ ވާހަކަ އަހާބަލާ” ދާނިޝް ބުނެލިއެވެ. ” ދެން ނެތް އިތުރަށް އަހާނެ ވާހަކައެއް ދޮންތި މިއަދު ވަރަށް ލަދު ގަނެ ދެރަވެއްޖެ ހިއެއް ނުކުރަން ދޮންތިގެ ތަރުބީއްޔަތު އެހާ އަވަހަށް ދާދު ހަނދާން ނެތިދާނެޔޭ”  އިފްރާ ދެރަވެފައި ބުންޏެވެ. ” ދޮންތީ އަހަރެން ދޮންތި ދެރަވާނެ ކަމެއް ދުވަހަކުވެސް ނުކުރަން ނުވެސް ކުރާނަން އަހަރެން މުޅި ދުނިޔެއިންވެސް އެންމެ ލޯބިވާ މީހަކީ ތީ ހުރިހާ އެންމެން އަންނާނީ ދޮންތިގެ ފަހުން” ދާނީޝް އިފްރާގެ ކަރުނަ ފޮހެލާ ދިނެވެ. ” ބޭކާރު ވާހަކަ ނުދައްކާ ހިނގާ ދާން އިފޫ ” ޒަޔާން އިފްރާގެ އަތުގއި ހިފައިގންދާން ނިކުތެވެ. ” ދާން ކިހިނެތްވީތަ؟ މާ އަޑު ގަދަވެގެން މި އުޅެނީ ނުވެސް ނިދުނޭ ” ކޮޓަރިން ނިކުމެގެން އައި އިމްނާއަށް އިފްރާ އާއި ޒަޔާން ފެނުމުން އިސްޖާހާލިއެވެ. ” އިމްކޮ ކޮންއިރަކުތަ އައީ؟ މިއަދު އަންނަވާހަކައެއްނު ބުނީ ރޭގަ އިފޫ ގާތު ” ޒަޔާން ސުވާލުކުރިއެވެ. އިމްނާ ހަމަ އެހެން ހުރީއެވެ.” ތި ގެޔަށް ގޮއްސަ މިއައީ އެމީހުންނަކަށް ނޭންގޭ އިމްކޮ މާލޭގައި ހުރިކަމެއްވެސް ” ޒަޔާން ދެންވެސް ބުނެލިއެވެ. ރޭގަނޑު ބާރައިގެ ފަހުން ޑޭޓް ބަދަލުވާނެ އަހަރެން ބުނީ ދޮންތަ ކައިރީ އަހަރެން ބާރަ ވަނަ ދުވަހު އަންނަވާހަކައެއްނު” އިމްނާ ހަމަޖެހިލާފައި ބުނެލިއެވެ. ” އޯކޭ އައިސް ފުރަތަމަވެސް މިގެޔަށް ތަ؟ ވައި ” ޒަޔާން އަނެއްކާވެސް ސުވާލުކުރިއެވެ. “އިނާ ގެޔަށް ނުގޮސްތަ މިގެޔަށް އައީ” ދާނިޝް އަހާލުމުން އިމްނާ ބޯޖަހާލިއެވެ. ” ޒަޔާންބެ ހުރިހާ އެއްޗެއް އެނގޭ އިރުވެސް ކީއްވެ ތި ސުވާލުކުރަނީ ؟ އިމްނާ އެހެން ބުނުމަށް ފަހު ގޮސް ދާނިޝްގެ އަތުގެ އިނގިލި ތަކުގެ ތެރެޔަށް އިމްނާގެ އިނގިލިތައް މާހާލައި ބާރަށް ހިފާލިއެވެ. ” ދާން މަތިން މިސްވާވަރުން އަހަރެން މާލެ އައީވެސް އެހެންވިމާ ފުރަތަމަވެސް އާދެވޭނީ މިތަނަކަށްނު ދެން އަހަރެމެން ދެމީހުން ވާހަކަ ދައްކަން ތިއްބާ ނިދުނީ ރަގަޅަށް ނިދުނު ހަނދާނެއްވެސް ނެތް އެހެންވެ ހޭ އެރީވެސް ދެންމެ ދެން ދާންވީ ގެޔަށް ” އިމްނާ ބުނެލީ ހިނިތުންވެލާފައެވެ. ” އިނާ ދެންމެ ޒަޔާންބެ ބުނީ އަހަރެންނަކަށް އިނާ އާއި ވައި އެޅޭ ހިސާބަކަށްވެސް ނުދެވޭނެޔޯ” ދާނިޝް ބުނެލީ ވަރަށް ދެރަވެލާފައި ކަމަށް ހެދިގެންނެވެ. ” އެ ކީއްވެ އެހެން ބުނީ އިމްނާ އަހާލީ ހައިރާންވެފައެވެ. ” އެ މީހުން ހީކުރީ އައި ސްލެޕްޓެޑް ވިތް ސަމްވަންކަމަށް  އެމީހުންނަކަށް ނޭގޭ އިނާކަމެއް އެނދުގައި އޮތީ ” ދާނީޝް އެހެން ބުނުމުން އިމްނާ އަށް ވެސް ހެވުނެވެ. ” ރި އަލީ ޒަޔާން ބޭ! އަހަރެން މިހެން ހުއްޓާ އެހެން އަންހެނަކަށް ނުކެރޭނެ ދާން އާ ދިމާލަށް ބަލާލާކަށް ވެސް ދާން އެއީ ހަމަ އެކަނި އަހަރެންގެ މިހެއް ” އިމްނާ ބުނެލީ ވަރަށް ޔަގީންކަމާއެކުއެވެ. ” ސޮރީ…. ޒަޔާން އާއި އިފްރާ އެކީ ބުނެލިއެވެ” އިމްނާ އާއި ދާނިޝް ގޮސް އެދެމީހުންގެ ގައިގަ ބައްދާލިއެވެ. ” ދެން އިމްކޮ ބުނެބަލަ ކިހިނެތް ވީ މިގެޔަށް ވަނުމުން ” އިފްރާ އަހާލިއެވެ. ” ކަމޯން ދޮންތީ ދާންގެ ރޫމަށް ވަދެވިއްޖެނަމަ ހުރިހާ ކަމެއް އިނގޭނެއެއް ނު. އައި ވޯޒް ވެރީ ހެޕީ ވެން އައި ސޯ ދެޓް. ތި ދެމީހުންނަށް އަހަރެމެންގެ ހިތުގެ ހާލު އިނގޭ އިރު ކީއްވެ ސިއްރުކުރީ އިމްނާ ޝަކުވާކޮށްލިއެވެ. ” އަހަރެމެން ކީއްވެ ބުނަން ވީ މިހާރު ވީ ގޮތް މާ ސަޅިއެއްނު ” ޒަޔާން އިމްނާގެ ބޮލުގައި ފިރުމާލިއެވެ. ” ދޮންތި ޔޫ ހެވް އަ ލަވްލީ ޓަމީ ” އިމްނާ ލޯބިން އިފްރާގެ ބަނޑުގައި ފިރުމާލިއެވެ. ” ދޮންތި އަހަރެން އެބަ އަންނަން ރިހާކުރާ ޑިސްކު ގަނެގެން މަގޭ އިނާއަށް ބަލާތި ” ދާނިޝް ބުނެލީ އިމްނާއަށް ބަލާލަމުންނެވެ. އިމްނާއަށް ލަދުން އިސްޖަހާލެވުނެ.

” ބޭބީ ލަގްއޭޖް އަށް ކިހިނެތް ހެދީ ” ދާނިޝް އިމްނާ ގެޔަށްލާންދާން ނިކުންނަމުން އަހާލިއެވެ. ” ހުންނާނެ ގެސްޓް ރޫމްގަ” އިމްނާ ބުނުމުން ގޮސް ދާނިޝް އެ ހިފައިގެން ނިކުތެވެ. ” ދޮންތީ ޒަޔާން ބޭ ނުބުނާތި މިއަދު ފެނުނު ކަންތަކުގެ ވާހަކަ އެއްވެސް މީހަކު ކާރީގަ ” އިމްނާ ބުނެލިއެވެ. އެދެމީހުން އެއްބަސްވެލިއެވެ.

އިމްނާގެ ގެ ކަމުގައި ވާ ހެންވޭރު ކުރަނގިއަށް ކާރު މަޑު ކުރުމުން ދާނިޝް އަށްވުރެން ކުރިން އިމްނާ ދުވެފައި ގޮސް ގޭތެރެޔަށް ވަނެވެ. ” ހެލޯ މަންމާ ބައްޕާ ދޮންބޭ އައި އެމް ބެކް ” އިމްނާ ހަޅޭލަވައި ގަތެވެ. އާރާ ފެނުމުން ގޮސް އުރާލިއެވެ.އެންމެންވެސް އިމްނާއަށް އައިސްފައިވާ ބަދަލުން އުފާވިއެވެ. ފަހަތުން ފޮށި ހިފައިގެން ވަދެގެން އައި ދާނިޝް ފެނުމުން އެންމެންގެ ހައިރާންވެގެން ބަލަން ތިއްބެވެ. ” މީ ދޯ އިމްކޮއަށް މި އައި ބަދަލުގެ ސިއްރަކީ ؟ ” އަމްރު ދިމާކޮށްލިއެވެ.

” ބޭބެ އަޅުގަނޑު މިއައީ ވަރަށް ބޮޑުކަމަކު ކިޔަންވެގެން ” އިމްނާގެ ބައްޕަގެ ކާރީ އށިނދެލާފައި ދާނިޝް ބުނެލިއެވެ.

” އަވަހަށް ބުނެބަލަ ކޮށްދެވޭ ވަރު ކަމެއް ވީއްޔާ ކޮށްދޭނަން” އިމާދު ބުނެލީ ހިނިތުންވެލާފައެވެ.

” މިގޭ ގަހުގައި އިން ފިނިފެންމާ އަޅުގަނޑަށް ދެއްވަންވީއެއް ނުންތޯ އެމަލަށް އެއްވެސް ގެއްލުމެއް ނުދީ މުޅި އުމުރަށްވެސް ވަރަށް ލޯބިން ގެން ގުޅޭނަން” ދާނިޝްގެ ވާހަކަ އަހާފައި އެންމެން އަނގަހުޅުވިފައި ތިއްބެވެ.

” ދާނިޝް އެ މަލަކީ މާކުރިންވެސް ދާނިޝްގެ ހައްގެއް ހަމަ ގެންދަންވީ ” އިމާދު ބުނުމުން އިމްނާއަށް ލަދުން އިސްޖަހާލެވުނެވެ.

” ދާނިޝް އެކަމަކު ތީ ހާދަ ލޯބި ޕްރޮޕޯސަލްއެކޭ ނަސީބެއް އަހަރެންގެ އަންހެނުން މިވަގުތު ކޮޓަރީގައި ވީކަން އެހެން ނޫން ނަމަ އަހަރެން ޖެހޭނީ އަލުން ބަފައިބެކާރިޔަށް ދާންކަންވެސް ނޭންގޭ” އަމްރު ހެވިލާފައި ބުންޏެވެ.

ދާނިޝް ގެޔަށް ދިޔުމުން އިމްނާ ޒަޔާން އަށް ގުޅާފައި އެ އުފާވެރި ހަބަރު ދިނެވެ. މިރޭ ކާވެނީގެ ކަންތައްތައް ހަމަޖެއްސުމަށް އެންމެން ދިމާވާން ބުނެފައި ފޯނު ބޭއްވިއެވެ.

9 ޖެހި އިރު އިފްރާ އާއި ޒަޔާން އަދި ޒަޔާންގެ މައިންބަފައިން ތިބީ އިފްރާމެން ގޭގައެވެ. އިފްރާގެ މަންމަ އާއި ބައްޕަ ނިކުމެގެން އައިސް ” ކޮބާ އަމީން ހިންގާ ދާން ގަޑިވެސް ޖެހެނީއޭ” ރަޝާދު ބުނެލިއެވެ.

” ބައްޕަމެން ކޮންތާކަށް ދަނީ ގޭގަ ތިބެން ވީމަ މިކަންތައް ނިންމަން” އިފްރާ ސުވވާލުކުރިއެވެ.

” ދަރިފުޅާ ބައްޕަމެން މި ދަނީ ފިލްމެއް ބަލަން ބައްޕަމެން ތިއްބަސް ކަންތައް ނިންމާނީ ދަރިފުޅު ބޭނުންވާ ގޮތަކަށް ކަން ޔަގީން ދާދު ގެ ކަމެއްނު އެހެންވީމާ މިދަނީ އަހަރެމެން ޑަބަލް ޑޭޓަކަށް!

ހުރިހާ ކުދިން ވާހަކަ ދައްކައިގެން ނިންމާލާ ބައްޕަ ހަރަދުގައި ހިފާނަން” އިފްރާގެ ބޮލުގައި ރަޝާދު ފިރުމާލިއެވެ. ” މިރޭ އަދި ސަޕްރައިޒެއް ވެސް ލިބޭނެ ތި ކުދިންނަށް ” އިފްރާގެ މަންމަ ބުނެލިއެވެ.

ދާނިޝް އާއި އިމްނާ އިފްރާ އާއި ޒަޔާން އަދި އަމްރު އާއި ޒާރާގެ އިތުރުން ލައިލާވެސް ހުއްޓެވެ. ކުލަތައްވެސް ފައިނަލް ކުރީ އިފްރާ އެވެ. ބްލޫ ކުލައިގެ ޝޭޑްސް ތައްކެވެ. ދެ އާއިލާއަށް ތަފާތު ޝޭޑްއެވެ. އަދި ރަހްމަތްރެރިންނަށްވެސް ވަކި ޝޭޑްއެކެވެ. އެންމެނަށްވެސް އިފްރާގެ އެ އައިޑިޔާރ ވަރަށް ކަމު ދިޔައެވެ. ޕާރޓީ ބައްވާނެ ތަނަކާއި ވެޑިން ޕްލޭނާރސްވެސް ފައިނަލް ކުރުމަށް ފަހު އެންމެން ވެސް އިންތިޒާރު ކުރީ ޕިއްޒާ އަންނާނެ ވަގުތަކަށެވެ. ބެލްގެ އަޑާއެކު ލައިލާ ގޮސް ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ލައިލާއަށް އުފަލުން ގޮސް ރޮވުނެވެ. ސިފައިންގެ ޔުނިފޯރމްގައި އެހެރީ ލައިލާގެ އިފާން ނޫން އެހެން މީހެއް ނޫނެވެ. “ލައި އައި މިސްޔޫ ސޯ މަޗް ” ލައިލާ އިފާންގެ ގައިގަ ބާރަށް ބައްދާލިއެވެ. ” ވަރަށް ލޯބިވޭ ” ލައިލާ ބުނެލީ އިތުރަށް އިފާންގެ މޭގައި ބޮނޑިވެލަމުންނެވެ. ލައިލާ އިފާންގެ އަތުގައި ހިފާލައިގެން ގޭތެރެޔަށް ވަންތަން ފެނިފައި އެންމެންނަށް ތެދުވެވުނެވެ. ” ދޮންބޭ ” އިފްރާއަށް ގޮވާލެވުނެވެ. ” އަޅޭ މީތަ މަންމަ ބުނި ސަޕްރައިޒަކީ ” އިފްރާއަށް އަހާލެވުނެވެ. ” އާން މަންމައަށް އެކަނި އިނގޭނީ ބައްޕައަކަށް ވެސް ނޭގޭނެ” އިފާން ޖަވާބު ދިނެވެ. ދޮންބޭ ހާދަ ސްމާރޓް އޭ… ދާނިޝް އަށްވެސްބުނެވުނެވެ. ” އަދި ކިރިޔާތަ އެނގުނީ ދޮންބެ މީ އަބަދުވެސް ސްމާޓް މީހެކޭ” އިފާން ޖަވާބު ދިނެވެ. “ވަރަށް އުފާވެއްޖެ އަހަރެންގެ ކައިވެނި ކުރެވޭ އިރު ދޮންބެ ހުންނާނެތީ ” ދާނިޝް ބުނެލިއެވެ. އެވަގުތު ގޭތެރެޔަށް ވަދެގެން އައި ރަޝާދުއަށް އިފާން ފެނިފައި ހަމަ ބަލަން ހުރެވުނެވެ. އަދި ކުރިމައްޗަށް އަރާ ސެލިއުޓެއް ނަގާލިއެވެ. އިފާން ހީލާފައި ގޮސް ބައްޕަގެ ގައިގަ ބައްދާލިއެވެ. ” އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދަން އެހީ ވެދިނީތީ ތެންކިޔު ބައްޕާ” އިފާން ބުނެލިއެވެ.

” ހުރިހާ ޝުކުރެއްވެސް ލައިލާއަށް އެއީ މި އާއިލާއަށް ލިބުނު ޖަވާހިރެއް ހަމަ ” ރަޝާދު ބުނެލީ ލައިލާގެ ބޮލުގައި ފިރުމާލާފައެވެ. އެންމެން މަޖާކޮށް ވާހަކަ ދެއްކުމަށްފަހު ގެޔަށް ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ކަލާގެ ހިނިތުންވުން 9

Next

ކުރީގެ ހިނިތުންވުން 10

Next
December 19, 2023

ކުރީގެ ހިނިތުންވުން 10

Previews
December 18, 2023

ކަލާގެ ހިނިތުންވުން 9

15 Comments!

  1. Anonymous says:
    December 19, 2023 at 1:36 am

    mi part vx vrh reethi
    when is next part

  2. emoji says:
    December 19, 2023 at 1:36 am

    mi part vx vrh reethi
    when is next part

  3. vempire girl says:
    December 19, 2023 at 6:22 am

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun??

  4. imko 💕💕 says:
    December 19, 2023 at 7:26 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Nadhoo sis ge vaahaka libuneema varha ufaaveje
    Lysm
    take care everyone😘

  5. Shaleen says:
    December 19, 2023 at 11:01 am

    Hi Nadhoo
    Hws u
    Hurihaa kudhin kihinei.?
    Shaleen mhr adhi vhk nuliyunas miss vey thikudhin mathin ❤️

    Nadhoo!!
    Vaahaka idea v reethi
    Ummeedh kuran dhen huri baithahves v reethi vaane kamah

    1. imko says:
      December 19, 2023 at 1:29 pm

      I miss you too shaleen sis
      I’m fine I miss you shaleen sis ge mathin
      Unmeedhu kuran shaleen sis ge vaahaka libunee Kama unmeedhu kuran

    2. Nadhoo Nadhoo says:
      December 20, 2023 at 10:34 am

      awwnn.. Thank you thihaa burakoh ulhemunves comment eh kohla dhineema. varah miss vey shaleen ge aa vaahakayakah inthizaaru kuran.

  6. Rifoo says:
    December 19, 2023 at 2:20 pm

    Mi part vx varah reethi Masha Allah 💗❤️💕
    Lysm nadhoo

  7. Laiii😍 says:
    December 19, 2023 at 3:41 pm

    Hey nadhoo mi part ves vr reethi🖤

  8. Ifoo says:
    December 19, 2023 at 4:25 pm

    Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  9. Nadhoo Nadhoo says:
    December 20, 2023 at 10:31 am

    VAAHAKAIGE 17 VANA PART AADHE FAHU PART MIHAARU SUBMIT KOHFIN.

  10. Kilaa says:
    December 21, 2023 at 9:35 am

    Kheewe baa Nadhoo comments thakah reply nukuranee

  11. 🦋🤍 says:
    December 21, 2023 at 11:47 am

    Whenn iss nextt part??

  12. vempire girl says:
    December 22, 2023 at 8:27 am

    Ekam 17 part eh nufene?? Ekyhve

  13. imko 💕 💕 says:
    December 22, 2023 at 12:56 pm

    When is next part kiyaalan libeeney khondhuvahakun
    But I can’t wait to read this story
    Please submit your story please

Comments are closed.

Next Episodeއިފްރާ 17 (ފަހުބައި)←


All Right Reserved!