އިފްރާ 17 (ފަހުބައި)
ބުރަ ދުވަސްކޮޅަކަށް ފަހު ދާނިޝް އާއި އިމްނާގެ ކާވެނީ ކުރެވޭ ދުވަސްޖެހުނެވެ. ޒަޔާން އާއި ލައިލާގެ އާއިލާއިންވެސް ކާއިވެނީގެ ހުރީހާކަމެއްގައި ބައިވެރިވިއެވެ. ކައިވެނީ ކުރެވޭ ޖޯޑު ކައިވެނީގެ މަޖިލީހުގައި އިށީނެވެ. ” އިނާ ހާދަ ލޯތްބޭ މިރޭ ” ދާނިޝް ބުނެލިއެވެ. ހުދުކުލައިގެ ވެޑިން ޑްރެސް އާއެކު ކޮށްފައިވާ މޭކަޕުން އިމްނާ ހީވަނީ ހަމަ ޕަރީއެއް ހެންނެވެ. ނޭވީ ބްލޫކުލައިގެ ކޯޓު ފަޓްލޫނުގައި ދާނިޝްވެސް އެހާ ފުރިހަމައެވެ. ކައިވެނި ފެށިގެން ކުރިޔަށް ދިޔައެވެ.
“އަނބި ގަބޫލުކޮށްފީމޭ ” ދާނިޝް ބުނުމުން އިމްނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެންމެ ފަހުން އޭނާގެ ލޯބި ކާމިޔާބު ވީއެވެ. ލޮނުޒިޔާރަތްކޮޅު ޕާރކްގެ ހިތްގައިމު ކަން ކޮށްފައިވާ ޑެކަރޭޝަނުން އިތުރުވެފައިވިއެވެ. ނޫކުލައިގެ އެކި އެކި ޝޭޑުގެ ހެދުން ތަކުގައި އާއިލާ އާއި ރަހްމަތްތެރިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޕާރޓީ ނިމިގެން އެންމެން ވެސް ގެޔަށް ދިޔައެވެ. ދާނިޝް ގޮސް ކާރު މަޑުކޮށްލީ އޭނާގެ އެޕާރޓްމެންޓްގެ ކުރިމައްޗަށެވެ. ދޮރު ހުޅުވާލުމަށް ފަހު ދާނިޝް އިމްނާ އުފުލާލައިގެން ގޮސް ދާނިޝްގެ ރޫމަށް ވަނެވެ. ރޫމަށް ވަދެވުމުން ދާނިޝް އިމްނާ ބިންމަތީގައި ބަހައްޓާފައި ބައްދާލިއެވެ. ” ފައިނަލީ އަހަރެންނަށް އިނާ ލިބިއްޖެ! އަހަރެންގެ ހުރިހާ އުއްމީދެއް ހާސިލް ވެއްޖެ” ދާނިޝް އުފަލުން ބުނެލިއެވެ. ” އަހަރެންވެސް މިއަދު ވަރަށް އުފާވެއްޖެ ދެން ކޮންމެ ދުވަހަކުވެސް ހޭލާއިރު ދާން އަހަރެން ކައިރީ އޮންނާނެތީ ހާދަ އިންތިޒާރެއް ކުރީމޭ ހާދަ ރުއިމެއްވެސް ރުއީމޭ އެކަމަކު މިރޭ ހަމަ މިހިރީ ވަރަށް އުފަލުން” އިމްނާވެސް ބުނެލިއެވެ. ” ތިހެން އަދި ބުންޏަސް ކަމަކު ނުދާނެ އަމަލުން ވެސް ދައްކަންޖެހޭނެ” ދާނިޝް އިމްނާ އޭނާގެ ގަޔާ ކާރިކޮށްލުމުން އިމްނާއަށް ލަދުން އިސްޖަހާލެވުނެވެ. ދާނިޝް އިމްނާގެ އިސް އުފުލާލާފައި އިމްނާގެ ނިތްކުރިގައި ބޮސްދިނެވެ. އިމްނާ ގެ ބޮލުގައި އަޅާފައި އިން ވެއިލް އިމްނާ ނަގާލިއެވެ. ” ހާދަ ހޫނޭ ފެން ވަރައިގެން އެބައަންނަން ” އިމްނާ ބުނެލިއެވެ. “އަހަރެންވެސް ގޮވައިގެން ހިނގާބަލަ ” އުނހޫ އަހަރެން ނިކުތީމަ ދާން ދާނީ ” އިމްނާ ގޮސް ފާހާނާޔަށްވަނެވެ. އަދި ޓީޝާރޓަކާއި ހަރުވާޅެއްލައިގެން ނިކުތެވެ. ދާނިޝް އިމްނާގެ ކާރިޔަށް ދިޔައެވެ. ” ދޭ ފެންވަރަން ” ދާނިޝް ފާހާނާޔަށް ވަނެވެ. ފާހާނާއިން ތުވާލިއެއް އޮޅާލައިގެން ނިކުތް ދާނިޝް ފައި ބިމުގައި ތައްލި ކަހަލަ އިހްސާސެއްކުރެވުނެވެ. އެހެންނުވާންވީ ކިއްވެގެން ހެއްޔެވެ ކުރިމަތީގައި ރަތްކުލައިގެ ލޭސް ނައިޓިއެއް ލައިގެން އިން އިމްނާ އެހާވެސް ރީއްޗެވެ. އިމްނާ ގޮސް ދާނިޝްގެ ކައިރިގައި ހުއްޓީ ދާނިޝްގެ ތުންފަތުގައި ބޮސްދިނެވެ. އަދި ހީލާފައި ދުއްވައިގަތެވެ. ދާނިޝްފަހަތުން ގޮސް އިމްނާ އުރާލައިގެން އެނދަށް ދިޔައެވެ.
ދުވަސްތައް ހަފްތާ ތަކަށް ހަފްތާތައް މަސްތަކަށް ބަދަލުވަމުން އައިސް މިހާރު އިފްރާގެ ބަނޑަށް 9 މަސްފުރުނުވެ. ހިނގާބިނގާވެ އުޅެން ވެސް ބުރައެވެ. ޒަޔާން އަބދުވެސް އިފްރާގެ ހިދުމަތުގައި ހުރެއެވެ. ނިދާފައި އޮތް އިފްރާއަށް ހޭލެވުނީ ބަނޑުގައި ރިއްސާތީއެވެ. ” ޒަޔާން….ޒަޔާން…. އަހަރެންގެ ބަނޑުގައި އެބަ ރިއްސާ” އިފްރާއަށް ބުނެވުނީވެސް ވަރަށް ހާލުންނެވެ. ޒަޔާން އޭނާގެ މަންމަމެންނަށް ގުޅާލައިގެން އަވަހަށް އިފްރާ ގޮވައިގެން އޭޑީ ކޭ ހޮސްޕިޓަލަށް ދިޔައެވެ.
” ފިރިމީހާ ބޭނުމިއްޔާ އެތެރެޔަށް ވަދެވޭނެ. ބޭނުންތޯ؟ ” ނަރުސް ކުއްޖަކު އަހާލިއެވެ. ޒަޔާން އުފަލުން ވަދެގެން ދިޔައެވެ. އިފްރާ ގެ ގައިގަ އަޅަމުން ދިޔަވޭން ފެނުމުން ޒަޔާން އަށް ރޮވުނެވެ. ދެން ދުވަހަކު ވެސް ކުއަޖަކު ނުހޯދަން ނިންމިއެވެ. ބޭބީ އަންނަ ތަން ފެނުމުން ޒަޔާން ބޮލަށް އެނބުރުން އަރައިގެން ވެއްޓުނެވެ. “ޒަޔާން” އިފްރާއަށް ގޮވާލެވުނެވެ. މަސައްކަތު މީހުން އައިސް ޒަޔާން ސްޓްރެޗާއަކަށް ލައިގެން ނެރުނެވެ. ” ފަރީ ކިހިނެތް މިވީ؟ ޒަޔާން އެ ނެރުނީ ސްޓްރެޗާރގަ ” އަމީން ބުނެލިއެވެ. އަދި ފަހަތުން ދިޔައެވެ. ދަރިފުޅު ރޯލި އަޑުއިވުމުން އިފްރާއަށް މިއޮތްހާއިރު އެޅި ހުރިހާ ވޭނެއްވެސް ހަނދާންނެތުނެވެ. ” ޑޮކްޓަރ ޒަޔާން އަށް ކިހިނެތް ތޯ ވީ؟” އިފްރާ އަހާލިއެވެ. ” ޒަޔާން ބިރުން ހޭނެތުނީ ” ޑޮކްޓަރު ޖަވާބު ދިނެވެ. އިފްރާ ގާތަށް ވަރަށް ހިނިވެސް އައެވެ. އިރު ކޮޅަކުން ޒަޔާން ވަދެގެން އައެވެ. ” އިފޫ ތިހާ ވޭން އުފުލުމަށް ފަހު އަހަރެމެންގެ ދަރިފުޅު ދުނިޔެއަށް ގެނެސްދިނީތީ ޝުކުރީއްޔާ ” އެވަގުތު ޑޮކްޓަރު އައިސް ބޭބީ އިފްރާގެ ކާރީގަ ބޭއްވިއެވެ. ” މަރުހަބާ! އަންހެން ކުއްޖެއް” ޑޮކްޓަރު ބުނެލިއެވެ. ޒަޔާން ވަރަށް ލޯބިން ބޭބީ އުރަލިއެވެ. އެވަގުތު ޒަޔާން ގެ ލޮލުން ކަރުނައައެވެ. ” އިފޫ އަހަރެމެންގެ ބޭބީ ހާދަ ލޯތްބޭ ހީވަނީ ހަމަ އިފޫހެން ”
” އައިލަވްޔޫ ޒަޔާން ” އިފްރާ ޒަޔާން އަށް ބަލަން އޮވެ ބުނެލިއެވެ. ” ގިނަ ގިނައިން ތިހެން ބުނައްޗޭ” ޒަޔާން ބުނެލީ އިފްރާގެ ނިތްކުރީގައި ފިރުމާލަމުންނެވެ.
އިފްރާ ވޯޑަށް ބަދަލު ކުރެވުމުން އެންމެންވެސް މަރުހަބާ ކިއެވެ. ޒަޔާން އާ ދިމާކުރި މީހުންވެސް މަދެއް ނޫނެވެ. އަމީންގެ ދެމަފިރިން ހީވަނީ މޮޔަވެދާނެ ހެންނެވެ. އިފްރާގެ މަންމަމެންގެ ހާލު ވެސް ވަކި ދެރައެއް ނޫނެވެ.
ލައިލާ އިފްރާގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލިއެވެ. އަދި އެއްވެސް މީހަކު ކާރީ ނުބުނާކަމަށްވެސް ބުންޏެވެ. ” ވާވް އައި އެމް ސޯ ހެޕީ ” އިފްރާއަށް ބާރަށް ބުނެވުނެވެ. ” ލައީ ކީކޭ ތަ ތި ބުނީ ކޮއްކޮ އެހާ އުފާ އެވީ ” އިފާން ސުވާލުކޮށްލިއެވެ. ” އިފާން ބައްޕައަކަށް ވާން އުޅެނީ ” ލައިލާ ލަދުން އިސްޖަހާލިއެވެ. އިފާން އަށް އެންމެން ތިބި އިރުވެސް ގޮސް ލައިލާގެ ގައިގަ ބައްދާލެވުނެވެ. ލައިލާ ލަދުން މަރުވާ ވަރު ވިއެވެ. އެތަން ފެނުމުން އާއިލާގެ އެންމެންނަށް ވެސް ހެވުނެވެ. ” ޒަޔާން ދާދުމެންނަށް ގުޅާފައި ބުނެލިންތަ ” އާން ބުނެފިން ވަރަށް އުފަލުން ދެމީހުން ވެސް ތިބީ ދެން އާދެވޭނީ 2 އަހަރު ފަހުން ކަމަށް ބުނީ” ޒަޔާން ޖަވާބު ދިނެވެ. ދަރިފުޅުގެ ހުރިހާކަމެއްގައި ގޭ މީހުންގެ އެއްބާރުލުން އިފްރާއަށް ލިބުނެވެ. ޒަޔާންގެ އެހީތެރިކަން ވެސް އިންތިހާއެވެ. ދަރިފުޅަށްކީ ފާތިމަތު ޒާޔާ ޒަޔާން އެވެ. ޒަޔާން މެންގެ ދަރިފުޅަށް ނުވަމސްވީ ދުވްހު ލައިލާ ވިހެއީ ފިރިހެން ކުއްޖެކެވެ. އެދަރިފުޅަށްކީ މުހައްމަދު ލައިލް އިފާން އެވެ
2 އަހަރު ފަސް
މިއަދަކީ އިފްރާގެ ހުވަފެނުގައި ހަގީގީ ކުލަޖެހުނު ދުވަހެވެ. އަމިއްލަ ފޮޓޯ ނަގާތަނެއް ހުޅުވައި ފޮޓޯ ނަގަން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ ޒަޔާން އިފްރާއަށް ހަދިޔާކުރި ތަނެކެވެ. ފޮޓޯ ނެގުމުގެ ގައުމީ މުބާރާތުގައި އެއްވަނަ ލިބުނީ އިފްރާ ނަގާފައިވާ އިރު އޮއްސޭ މަންޒަރުގެ ފޮޓޯއަކަށެވެ. އެ ވޯރޑް އުފުލާލެވުމުން އިފްރާ ހުރީ ވަރަށް އުފާއެވެއެވެ. ޒަޔާން އިފްރާގެ ގެ ކާމިޔާބީ ފާހަނގަ ކުރުމުގެ ގޮތުން އާއިލާ އެންމެނަށް ކެއުމެއް ދިނެވެ.
” ދަރިފުޅާ އިފްރާ، އިފާން ބައްޕައަށް މިހާރު ވިސްނޭ ދަރިން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިޔުމުގެ ފުރުސަތު ދިނުމުން ކަން އެ ކުދިންގެ ކުރިއަރައިގެން ދާނީ! ބައްޕަގެ އިފާން އަކީ މިހާރު ޗީފް އޮފް މޯލްޑިވްސް ޑިފެންސް ފޯސް އަދި ދަރިފުޅަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މަގްބޫލް އެއް ފޮޓޯގްރަފާރ ބައްޕަ ވަރަށް ފަހްރުވެރިވޭ! ތި ދެކުދިންނާ މެދުވެސް ” ރަޝާދު ބެނެލިއެވެ ” ބައްޕާ އަހަރެންގެ ކާރިގަ ނެތުމުން ހަމަ ބާކީ ކޮށްލީތަ؟ ފަހަތުން އިވިގެން ދިޔަ އަޑުން އެންމެންނަށް ބަލާލެވުނެވެ. ” ދާދު! އިމްނާ!…. އިފްރާ ދުވެފައި ގޮސް ދެމީހުންގެ ގައިގަ ބއްދާލިއެވެ. ” އައި މިސްޔޫ ބޯތް” އިފްރާ ބުނެލިއެވެ. ” ދަރިފުޅާ ދާދު ކިހިނެތް ބާކީ ކުރާނީ ބައްޕަ ބެލީމޭ އަލްއުސްތާޒް އަހްމަދު ދާނިޝް ލީނާ ފަހީމް ގެ ކާމިޔާބީގެ ހަފްލާ ޓީވީއިން ލައިވްކޮށް ބައްޕަ އިނީ ގިރުވާނު ވެސް ކޮޅަށް ޖަހައިގެން ދޯ ފަރީ؟” ރަޝާދު އެހެން ބުނުމުން އެންމެނަށް ވެސް ހެވުނެވެ. ކޮބާތަ މަގޭ ކުޑަ ކުޑަ ބޭބީސްތައް ވީޑިޔޯ ކޯލްތަކުން ބަލާ ބަލާ ދަހިވެފަ ހުރެވެނީ. ލައި އާދެ ބަލަ ދަރިން ކޮޅު ގޮވައިގެން ” ހެއި ކުޑަބޭގެ ދޫނީސް ދާނިޝް ޒާޔާ އާއި ލައިލް އެއްކޮށް އުރާލިއެވެ. ” ހޫން ދެން އޮތީ އިމްކޮގެ ފަހަރު ދޯ؟ އިފްރާ އަހާލިއެވެ. “އޭ އަދި ހަންދާން ނެތިފައޭ ބައްޕައާއި މަންމަ އަބަދު އެއް ބޭބީ އަކާ ހެދި ތޮޅޭތީ އަހަރެން ހޯދީ ޓްވިންސް އެކޭ ދޯ އިނާ” ދާނިޝް ގޮސް ރަޝާދު ގައިގަ ބައްދާލިއެވެ. “ކޮބާ ބައްޕަ އަބަދުވެސް ބުނަމެއް ނު ދާދު ތަފާތު ވާނޭ ” ރަޝާދު ބުނި އެއްޗަކުން އެންމެންގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. އެންމެންވެސް ދާނިޝް އާއި އިމްނާއަށް މަރުހަބާ ކިޔެވެ. ޕާރޓީ ނިންމާލާފައި އެ މީހަކު އެމީހަކުގެ ގެޔަށް ދިޔައެވެ.
އެނދުގައި އިށީނދެގެން އިން ޒަޔާންގެ ކާރީގައި އިށީނދެ އިފްރާ ޒަޔާންގެ ގައިގަ ބައްދާލިއެވެ. ” ތެންކިޔު ފޯ އެވްރީތިންގް ޒަޔާން ތީ ހަމަ ބެސްޓް ހަޒްބެންޑް ” އިފްރާ ބުނެލިއެވެ. ” އިފޫ ތީ ހަމަ އަހަރެންގެ ނަސީބު އަބަދުވެސް ތިހެން ހުންނާތި ” ޒަޔާން ބުނެލިއެވެ. ” އަބަދު މިހެން ހުރެވޭތަ ޒަޔާންގެ ނޯޓީ ކަމުން އަނެއްކާވެސް ދުވަސްކޮޅަކުން ހުންނާނީ ބޮޑު ބަނޑެއްލާފަ ވީއްޔާ” އިފްރާ ހީލާފައި ބުންޏެވެ. ” ޔޫ މީން ޔޫ އާރ ޕްރެގްނެންޓް ؟ ” ޒަޔާން އަހާލިއެވެ. “ޔޭސް މައި ލަވް އައިލްވްޔޫ ސޯ މަޗް ” މިފަހަރު ޒަޔާން ހުންނާނީ ބޭރުގައި އެހެންނޫނީ އަނެއްކާވެސް ހޭނެތިދާނެ އިފްރާ ޒަޔާން އާއި ދިމާކޮށްލިއެވެ. ޒަޔާންއަށް ވެސް ހެވުނެވެ. އިފްރާ ޒަޔާންގެ އަތާއަތް ގުޅުވާލިއެވެ. “އަހަރެމެންގެ ލޯބި މި ގޮތުގައި ދާއިމަށް ލަހައްޓަވާށި!” ޒަޔާން ބުނެލިއެވެ “އާމީން” އިފްރާ ބުނެލިއެވެ.
-ނިމުނީ-
ނޯޓް:- ވާހަކަ ކިޔާހިތުން ވާހަކަޔަށް އިންތިޒާރު ކުރި ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ވާހަކަ ނިންމާލެވުނީ ހަމަ ތިޔަ ކިޔުންތެރިންގެ ހިތްވަރުން ކަން ޔަގީން. އާ ވާހަކައެއް ވަރަށް އަވަހަށް ގެނެސް ދޭނަން
8 Comments!
Comments are closed.

Mi vaahaka varah reethi Masha Allah 💗💕❤️
Nadhoo ge when vaahaka akah inthizaaru kuran
Lysm nadhoo
Maasha Allah mi part vx varah varah reethi 🤗…
Nadhoo ge aa vaahaka eh varah avahah kiyaalan libeyne kamah ummeedhu kuran.
💞💞💞LYSM 💞💞💞
vr reethi vahaaka eh mi …..
kudhi kudhi kuhthah huhttas vr rethi maasha Allah🥰
Mi part vex varha reethi Masha Allah ❤️
Nadhoo ge aa vaahakae libeeney kama unmeedhu kuran
I miss you so much nadhoo
Lysm nadhoo
Aww 😍..vv reethi mi vhk maasha Allah ❤️💯.. nadhoo ge ehn aa vhk eh kiyaalan libeyne dhuvahakah inthijaaru kuraanan 😊❤️
Once again vvv reethi mi vhk 💯😊
Mi part vex varha reethi Masha Allah ❤️
Unmeedhu kuran nadhoo ge aa vaahakae libeeney kama
I miss you so much nadhoo
💞💞💞 Lysm nadhoo 💞💞💞💞💞💞
vhk reethi faadakah
yhh hama rangalhah thi buny nice try nadhooo