Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހުޅުކޮޅު – ހަތަރުވަނަބައި

Saaji_
Saaji_ Level 1
December 14, 2023 3 Mins Read
4 Comments

މަޢްރިބް ނަމާދަށްފަހު ކޮޓަރީގައި ޤުރުއާން ކިޔަވަން އިން އަނާޔާ ސިއްސައިގެން ދިޔައީ، ދެވެފައި މީހަކު އައިސް ގެއަށް ވަތް އަޑަށެވެ. ޤުރުއާން ޚަތިމް ބާއްވާލުމަށް ފަހު އަނާޔާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލި އިރު ބޭތުގައި ބައްޕަ އާ އެއްކޮށް މަހަށް ދާ މީހަކު ހުއްޓެވެ. “އެކޮއެ.. ވަރަށް އަވަހަށް ހިނގާބަލަ ޞިއްޙީ މަރުކަޒަށް” އެހެން ބުނުމަށް ފަހު އެ ބޭބެ ނުކުމެ ދުއްވައިގަތެވެ. އަނާޔާވެސް ފައިގައި ހުރި ބާރެއްލާފައި ޞިއްޙީ މަރުކަޒާ ދިމާލަށް ދިޔައެވެ. އޭރު ރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް އެއްވެފައި ވެއެވެ. ވާނުވާ ނޭނގޭ ހާލު، މީހުންތަކުގެ ތެރެއިން ފޫއްދިގެން އަނާޔާ އެތެރެއަށް ވަނެވެ. ޞިއްޙީ މަރުކަޒުގެ ވާޑުގައި ކަރާ ހަމައަށް ހުދު ފޮތިގަނޑެއް އަޅާފައި ބާއްވާފައި އެ އޮތީ ރަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ބައްޕަގެ މޫނަށް ބަލަހައްޓައިގެން ހުއްޓުންއަރާފައި އަނާޔާ ހުރީ ރޯންވެސް ނޭނގިފައެވެ. އެ ދިގު އެސްފިޔަތަށް ފޫދުއްވާލާފައި ކަރުނަތަށް ފައިބާކަށް މާގިނައިރެއް ނުނެގިއެވެ. ދެވެފައިގޮސް ބައްޕަގެ ފުރާނަ ނެތް މަސްގަޑުގައި ބައްދާލައި ގިސްލާ ރޯންފެށުނެވެ. ހައްވައްތަ އައިސް އަނާޔާ ގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ޑޮކްޓަރު އައުމުން ބައްޕަގެ މަރުގެ ސަބަބު އޮޅުން ފިލުވަން އަނާޔާ ބޯ ހިއްލާލިއެވެ. “ހާރޓް އެޓޭކް އެއް. ކަނޑުމަތީގަ ވީމަ ވަގުތުން ފަރުވާ ނުދެވިގެން ނިޔާވީ.” ފަހަތުން އައިސް އަނާޔާގެ ކޮނޑުގައި ރިޒާން އަތް އަޅާލިއެވެ.
ފަތިސް ނަމާދަށް ފަހު ރަޝީދުގެ ކަށުނަމާދަށް ރަށު އެންމެން ކަހަލަ ގޮތަކަށް އެއްވިއެވެ. ހިތްވަރު ކޮށްލާފައި އަނާޔާވެސް ކަރުނަތަށް ހިފަހައްޓާލައިގެން ހުއްޓެވެ. އެހެން ނަމަވެސް ހުއްޓުމެއް ނެތި އެތަށް ގަޑިއިރަކު ރުއިމުގެ ސަބަބުން ދެލޯ ވަނީ ރަތްވެ ދުޅަ ވެފައެވެ. ކަށުނަމާދަށްފަހު އަނާޔާ އެނބުރި ގެއަށް ދިޔައީ އެތަށް ދުވަހެއްގެ ހަނދާންތައް ކަފުންކޮށް ވަޅުލާފައެވެ. މިހާތަނަށް މި ދުނިޔެ މަތީގައި އަނާޔާ އެންމެ ލޯބި ވީ މީހާ ބިމުގެ ފަސްގަނޑު އަޑީގައި ބާއްވާފައެވެ. އޭނާ މުޅިން އެކަނި ވެރި ވީއެވެ. ރިޒާން އާއި ޒައިންވެސް ދުވަސްކޮޅެއް ފަހުން ރަށުން ފުރައިގެން ހިނގައްޖެއެވެ.
އެ ގޮތުގައި ދުސްތަށް ފާއިތު ވަމުން ދިޔައެވެ. ހައްވައްތަގެ އެހީތެރި ކަމާއެކު، އަނާޔާ ރަށުގައި ރުފިޔާ ލިބޭ ކޮންމެވެސް ކަމެއް ކުރަން ނިންމިއެވެ. މާތް ﷲ ގެ ވާގިފުޅާއެކު ހިތާމަ ތަކުން އަނާޔާ ކޮންމެސް ވަރަކަށް މިންޖުވީ ނަމަވެސް އެ ހިތުން ދުވަހަކުވެސް ބައްޕަގެ ނަމެއް ފުހެވިގެން ނުދާނެއެވެ. ހޭލާ ހުންނަ ކޮންމެ ވަގުތެއްވެސް އަނާޔާ ހޭދަކުރަމުން އައީ ނަމާދު ކުރުމުގައާއި ޒިކުރު ކުރުމުގައެވެ. އަނާޔާ އަކީ ރީއްޗައް ޤުރުއާން ކިޔަވަން އެނގޭ ކުއްޖެއް ކަމުން އަނާޔާ ނިންމީ ހައްވަތަގެ ގޭގައި ކުޑަކުދިންނަށް ޤުރުއާން ކިޔަވަ ދިނުމަށެވެ. ރަށުގައި އިތުރު ޤުރުއާން ކުލާހެއް ނެތުމާއި އެކު ގިނަ އަދަދެއްގެ ކުދިން އަނާޔާ ގާތަށް ޤުރުއާން ކިޔަވަން އަންނަން ފެށިއެވެ. އަމިއްލަ ގޭގައި ނޫން ކަމުން އަނާޔާ ނުތަނަވަސް ވަނީ ހައްވައްތަ އަށް އުނދަގޫ ވެދާނެތީއެވެ. ނަމަވެސް ހައްވައްތަ ހުރީ އަނާޔާއަށް އެހީވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ތައްޔާރަށެވެ. ރަޝީދު ގެ ކުއްލި ވަކިވުމަށްފަހު، އަނާޔާ އަމިއްލަ ފައި މައްޗައް ތެދުވުމަށް އެހީތެރިވީ ހައްވައްތައެވެ.
އާދައިގެމަތިން އަނާޔާގެ އެކަނިވެރި ޙަޔާތުން ދުވަހެކެވެ. މެންދުރު ނަމާދަށްފަހު ކުޑަކުދިންނަށް ޤުރުއާން ކިޔަވަދިނުމުގައި އަނާޔާ އަވަދިނެތި އުޅުނެވެ. މެންދުރުން ފަސްވެ ތިނެއް ޖެހި އިރު ކިޔަވައިދީ ނިންމުމަށްފަހު ކުދިން ދިއުމުން އަނާޔާވެސް ގެއަށް ދިއުމަށް ޓަކައި ގޯތިތެރެއަށް ނުކުތެވެ. ފައިވާނަށް އަރާލުމަށްފަހު، އިސް އުފުލާ ބަލާލި އިރު ކުރިމަތީގައި ހުރީ ރިޒާން ނޫން ދެވަނަ މީހެއް ނޫނެވެ. ރިޒާން ކައިރީގައި ދެބައި އުމުރުގެ ފިރިހެނަކު ހުއްޓެވެ. ހިނިތުން ވުމަކާއެނު ގެއިން ނުކުންނަން ދިޔަ އަނާޔާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ރިޒާން ގެ ބަސްތަކުންނެވެ. “ބައްޕާ. މީ އަނާޔާ. އަޅުގަނޑު ބުނި ކުއްޖާ. އަނާޔާ. މީ އަހަރެންގެ ބައްޕަ، ފައިސަލް.” ރިޒާންގެ ކަޅި އަމާޒުވެފައި ވަނީ ސީދާ އަނާޔާގެ ލޮލަށެވެ. ފައިސަލް އަނާޔާ އާ ސަލާމް ކޮށްލުމަށްފަހު އަތުގެ އިޝާރާތުން ޖޯލީގައި އިށީނުމަށް ދައްކާލިއެވެ. އިސްޖަހާލައިގެން ކުޑަ ކުއްޖެއްފަދައިން އަނާޔާ މަޑުމަޑުން ގޮސް ޖޯލީގައި އިށީނެވެ. “ބައްޕަ މި އައީ ދަރިފުޅު ކައިރީ ވަރަށް ބޮޑު ކަމަކު ކިޔަންވެގެން.” ފައިސަލް ވާހަކަ ދައްކަން ފެށި ގޮތުން ވެސް އަނާޔާގެ ގައިން ހީބިހި ނަގައިގަތެވެ. އެހެން ނަމަވެސް ހާސްކަން ފޮރުވަމުން އަނާޔާ ހިނިތުންވެލިއެވެ. “މިރަށުން މާލެދިއުމަށްފަހު ރިޒާން އަނާޔާގެ ވާހަކަ ނޫން ވާހަކަ އެއް ބައްޕަ ކައިރީ ނުދައްކަ. ރިޒާން އަށް އަނާޔާ ވަރަށް ކަމުގޮސްފިހެން ބައްޕަ އަށް ހީވަނީ. އެހެންވީމާ، ދަރިފުޅު ޤަބޫލިއްޔާ މި ފަހަރު ބައްޕަ މެންނާ އެއްކޮށް މާލެ ދާން ހިނގާ. އެ ކޮޅުގަ ކައިވެނީގެ ކަންތައް ހަމަޖައްސަން.” ހަތަރެސްފައި ފިނިވެ، ބުނާނެ އެއްޗެއް ނޭނގި އަނގަ ބަންދުވެފައި އަނާޔާ އިނީ ހުއްޓުން އަރާފައެވެ. “އަނާޔާ. ބައްޕަ އަށް ކޮންމެވެސް ޖަވާބެއްދީ. ދަރިފުޅު ނުޤަބޫލުގައެއް ބައްޕަ ނުގެންދާނަން.” ފައިސަލް ހިނިތުންވެލަމުން ރިޒާންއާ ދިމާލަށް ބަލާލީ އުންމީދުން ފުރިގެންވާ ނަޒަރަކުންނެވެ. “އާ… އެކަމަކު އަޅުގަނޑުމީ.. ރި…ރިޒާން އާ އެކަށީގެންވާ ފެންވަރުގެ ކުއްޖެއްވެސް ނޫނެއްނު.” އަނާޔާގެ ސިކުނޑިއާ ހިތާ ދެމެދު ކުރެވެމުން ދިޔަ ހަނގުރާމައިން މިފަހަރު މޮޅުވީ އަނާޔާގެ ސިކުނޑިއެވެ. ހިތް އެދެމުން ދިޔައީ ރިޒާންއެވެ. ނަމަވެސް ސިކުނޑި ދިޔައީ މަނާކުރަމުންނެވެ. “ބައްޕަމެން ނުބަލަން މީހަކުލާ ހެދުމަކަށް ނޫނީ އުޅޭ ގެ އަކަށް. އަޚްލާޤު ރަނގަޅުވެފަ ދީނަށް ލޯބި ކުރަންޏާ އެ ނިމުނީ. ބައްޕައަށް ހީވަނީ މީ ރިޒާންވެސް އެދޭނެ ގޮތް ކަންނޭނގެ. ދޯ ދަރިފުޅާ ރިޒާން.” ފައިސަލް އާއި ރިޒާން ގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އަނާޔާވެސް ހިތާހިތުން އުފާ ފާޅު ކުރަމުން ދިޔައިރު، ހިތްވަރު ކުރަމުން އެ ދަނީ މޫނުމަތިން އެކަން ފޮރުވޭތޯއެވެ. “އަހަންނަށް އެނގޭ އަނާޔާ އަކީ ވަރަށް ރަނގަޅު ދީންވެރި ކުއްޖެއްކަން. އެހެންވެ އަހަރެން ޙަލާލު ގޮތުގަ އަނާޔާ ހޯދަންވެގެން ބައްޕަ ގޮވައިގެން މި ދަތުރު މި އައީވެސް. އެކަމަކު މަޖުބޫރެއް ނުކުރާނަން. ވިސްނާލާފަ ޖަވާބެއް ދިނަސް މައްސަލައެއްނެތް.” ރިޒާން އެހެން ބުނުމާއި އެކު، ރަކި ހިނިތުން ވުމަކާއެކު ދަނީ އޭ ބުނެ އަނާޔާ ނުކުމެ ގެއަށް ދާން ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Saaji_
Follow Me Written By

Saaji_

Level 1

Other Articles

Previous

ދިރިއުޅުމުގެ ކާމިޔާބު

Next

ކަލާގެ ހިނިތުންވުން 8

Next
December 14, 2023

ކަލާގެ ހިނިތުންވުން 8

Previews
December 14, 2023

ދިރިއުޅުމުގެ ކާމިޔާބު

4 Comments!

  1. LIM🖤 says:
    December 14, 2023 at 1:52 pm

    Vrh reethi mi part vx Maasha Allah❤️
    When is next part?

  2. Rifoo says:
    December 14, 2023 at 2:19 pm

    Mi part VX varah reethi Masha Allah 💗❤️💕
    When is next part

    Lysm

  3. love imko 💕💕 says:
    December 14, 2023 at 4:04 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

  4. Saaji_ Saaji_ says:
    December 18, 2023 at 8:56 am

    Thankyou All. Insha Allah will upload next part this week. 🙂

Comments are closed.

Next Episodeހުޅުކޮޅު – ފަސްވަނަބައި←


All Right Reserved!