Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހުޅުކޮޅު – ފަސްވަނަބައި

Saaji_
Saaji_ Level 1
December 22, 2023 3 Mins Read
3 Comments

“އަހަންނަށް އެނގޭ އަނާޔާ އަކީ ވަރަށް ރަނގަޅު ދީންވެރި ކުއްޖެއްކަން. އެހެންވެ އަހަރެން ޙަލާލު ގޮތުގަ އަނާޔާ ހޯދަންވެގެން ބައްޕަ ގޮވައިގެން މި ދަތުރު މި އައީވެސް. އެކަމަކު މަޖުބޫރެއް ނުކުރާނަން. ވިސްނާލާފަ ޖަވާބެއް ދިނަސް މައްސަލައެއްނެތް.” ރިޒާން އެހެން ބުނުމާއި އެކު، ރަކި ހިނިތުން ވުމަކާއެކު ދަނީ އޭ ބުނެ އަނާޔާ ނުކުމެ ގެއަށް ދާން ހިނގައިގަތެވެ.
އިޝާ ނަމާދަށް ބަންޤި ގޮވި އިރު އަނާޔާ އާއި ހައްވައްތަ ހުރީ މިސްކިތުގައެވެ. ރިޒާންއާއި ފައިސަލްވެސް ގެއިން ނުކުމެ އަވަސް ހިނގުމެއްގައި މިސްކިތާ ދިމާލަށް މިޞްރާބު ޖެހިއެވެ. ނަމާދުގަޑި ނިމުމާއި އެކު ފިރިހެނުންގެ މިސްކިތުން މަޑުމަޑުން މީހުން ނުކުންނަން ފެށިއެވެ. އަންނެހުންގެ މިސްކިތުން ބޮކިތައް ނިވި އަލި ފަނޑުވުމުން ނުކުތީ ހައްވައްތައާއި އަނާޔާ އެކަންޏެވެ. ގެއަށްއައި މަގުމަތީ ހައްވައްތަގެ ގެއާ ހިސާބުގައި މަޑުކޮށްލައިގެން ހުރި ރިޒާން ފެނުމުން ލަދުރަކި ގޮތަކަށް އަނާޔާ އިސްޖަހާލިއެވެ. ހައްވައްތަ ގެއަށް ވަނުމުން އަނާޔާގެ ފަހަތުން ރިޒާންވެސް ހިނގައިގަތެވެ. ވަކި މިޞްރާބެއް ނެތިއެވެ. އަނާޔާ ގެންދިޔަ ތާކަށް ދިއުމަށެވެ.
ދެމީހުންގެ ދެމެދުގައި ވި ހަމަހިމޭންކަން ފޫދުއްވާލީ ރަށުގެ އަންހެން ކުދިން ތަކެކެވެ. “ކޮބާ ރަށް މެދަށް ވިހަންވީތަ؟ ފިރިހެނެއް ފަހަތުލައިގެން ތި އުޅެނީ. ރަށު އަންހެނުންނަށްވެސް ހުތުރު. ޗީޗީ..” އެ އަންހެން ކުއްޖާ އެ ހުރިހާ އެއްޗެއް ކިޔާފައި ދިޔަ އިރުވެސް އަނާޔާ އިސްޖަހާލައިގެން ހުރީ ބަހެއްވެސް ބުނެ ނުލައެވެ. “ކާކު އެ؟ ކީކޭ ކިޔާފަ އެ ދިޔައީ؟” ރިޒާން ހުރީ ވާނުވާ ނޭނގޭ ހާލު އަނާޔާގެ ކިބައިން ޖަވާބަކަށް އެދި އެދިއެވެ. އެހެން ނަމަވެސް އަނާޔާ ދުވެފައި ގޮސް ގެއަށްވަނީ ލަދުން ހުރެއެވެ.
އަނާޔާ ނުކުންނާނޭ ކަމުގެ އިންތިޒާރުގައި އެގޭ ބޭރުގައި މަޑުކޮށްލައިގެން އެތަށް އިރަކު ރިޒާން ހުއްޓެވެ. ނަމަވެސް އަނާޔާގެ ހިލަމެއްވެސް ނުވުމުން، ރިޒާން މަޑު މަޑުން އެތެރެއަށް ވަދެ ދޮރުގައި ޓަކި ޖަހާލާ ސަލާމް ގޮވާލިއެވެ. ކުޑަ އިރުކޮޅެއް ފަހުން ދޮރު ހުޅުވާލި އިރު އަނާޔާގެ މޫނުމަތީގައި ހިތާމައިގެ އަސަރު ހުއްޓެވެ. ހުއްޓުމެއްނެތި ރޮއެފައި ހުރިކަން ރަތްވެފައިވާ ދެލޮލުން ހާމަކޮށްދެއެވެ. “ކިހިނެތްތަވީ؟ ވީގޮތް ބުނެބަލަ އަހަރެން ކައިރީގަވެސް.” ރިޒާން އެތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަނާޔާ ރިޒާންގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލިއެވެ. “ހަނދާންނެތުނީތަ؟ އަދިވެސް އަހަރެން މީ ހިލޭ މީހެކޭ. އެހެންނޫނަސް އަދި ޖަވާބެއްވެސް ނުދެމެއްނު.” އަނާޔާ ހުރީ ރުޅިއައިސްފައި ކަމެއް ނުވަތަ ދެރަވެފައި ކަމެއްވެސް މިހާރު ރިޒާންއަކަށް ޔަޤީނެއްނޫނެވެ. “އެހެންވީރު ހިނގާ މިތާ ބޭރަށް އަހަންނާ ވާހަކަ ދައްކާލަން.” ރިޒާން އަތުގެ އިޝާރާތުން ބޭރަށް ނުކުންނަން އެދުނެވެ. އަނާޔާވެސް އިންކާރު ނުކޮށް މަޑުމަޑުން ރިޒާން އާ އެކު ގޭ ބޭރަށް ނުކުމެލިއެވެ. ރިޒާންގެ މިޞްރާބު ހުރީ އަތިރިއާ ދިމާލަށެވެ. ނަމަވެސް އަނާޔާ ރޭގަނޑު އަތިރިއަށް ނުދާނަންކަމަށް ބުނެ ގޭގެ ބޭރުގައި އިން ޖޯލީގައި އިށީނެވެ. “ކޯއްޗެއް އިނގެން ބޭނުމީ. މިރޭ އަހަރެން ބޭނުން އަހަރެންގެ މާޒީ އާ ހުރިހާ އެއްޗެއް ރިޒާންއަށް ކިޔައިދޭން. އެއަށްފަހު ޖަވާބެއްވެސް ދޭނަން.” އަނާޔާ ގާތުގައި ރިޒާން އިށީނުމުން އަނާޔާ ބުނެލިއެވެ. “އަނާ ބޭނުން އެއްޗެއް ކިޔައިދީ. އަހަރެން އަޑުއަހާނަން. އެކަމަކު ކޮންމެ އެއްޗެއް ކިޔައިދިނަސް އަހަރެން މިވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެ.”
*******
ސްކޫލްގަ އުޅުނު އިރު އެންމެ ކުޑަ އިރުވެސް އަހަރެން އަބަދުވެސް ހުންނާނީ އެކަންޏެވެ. އެންމެ ފުރަތަމަ އެކަނި ހުންނަން ދިމާވި ސަބަބަކަށްވީ ސްކޫލް ހުޅުވެސް ވީއިރަށް އަހަންނަށް ބޫޓެއް ނުލިބުމެވެ. ބޫޓަށް ނާރާ ފައިވާނުގައި ސްކޫލަށް ދާން ފެށުމުން ކުދިން އަހަންނަށް މަލާމާތް ކުރަން ފެށިއެވެ. ނަމަވެސް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އަހަރެން ސްކޫލަށް ދިޔައީ ކިޔަވާށެވެ. ކުދިން ކުރާ މަލާމާތް އަޑުއަހާކަށް ނޫނެވެ. ރަށު އެންމެނަށްވެސް އަހަރެމެންގެ އާއިލާ އަކީ އެހާ ފުދިގެން އުޅޭ އާއިލާއެއް ނޫންކަން އިނގޭނެއެވެ. އަހަރެންގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލެއް އައީ މަންމަ މި ދުނިޔެ ދޫކޮށް ދިޔަ ފަހުން އަހަރެން ކުރި ހިތާމައާއި އަހަރެންގެ އެކަނިވެރިކަމުގެ ނާޖާއިޒް ފައިދާ އެ މީހުން ނަގަން ފެށުމުންނެވެ. ސްކޫލް ތެރޭ ކުރާ ޖެއްސުމުގެ ދެގުނަ ސްކޫލުން ބޭރުން އެ ކުދިން އަހަންނަށް ކުރަން ފެށިއެވެ. ނަމަވެސް ބޮޑުވަމުން އައި ވަރަކަށް ފިރިހެން ކުދިން އެއްޗެހި ކިޔާލެއް މަދުވިއެވެ. ނަމަވެސް އެއްކޮށް އުޅޭ އަންހެން ކުދިންގެ އުނދަގޫ ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުންނެވެ. ލިބޭ އިންޓަވަލް ގަޑީގައި ފޮތްތަށް ބަހައްޓާފައި ދެވިއްޖެ ނަމަ ފޮތުން ގަނޑެއް ކަނޑާ ނުލާ އެމީހުންގެ ހިތެއް ނުފުރެއެވެ.
ގުރޭޑު އަށަކާ ހިސާބަށް ދިޔައިރު މުޅި ސްކޫލުގައި ވެސް ރީތިކަމަށް ފިރިހެން ކުދިންގެ ތެރޭގައި ނަން މަޝްހޫރުވެފައި ވަނީ އަހަންނެވެ. އެއާއެކު ފިރާޝާ ގެ ހިތުގައި އަހަންނާ ދޭތެރޭ ނަފްރަތުގެ ބޮޑު ހުޅުގަނޑު ރޯވެ އަނދަން ފެށިއެވެ. އެހެނެއްކަމަކު އެއިން އެއްވެސް ކަމަކަށް އަހަރެން ފަރުވަލެއް ނުބަހައްޓަމެވެ. އަހަރެންގެ އުންމީދަކަށް ވީ ކިޔަވައިގެން ރަނގަޅު ނަތީޖާ ހޯދާ ލޯޔަރަކަށް ވުމެވެ.
ދުވަސްތަށް އެގޮތުގައި ފާއިތުވަމުން ގޮސް ހުސް އޭފާހާއިއެކު އަހަރެން ގްރޭޑް ނުވަޔަކަށް ބަދަލުވިއެވެ. ފިރާޝާއަކީ ކިޔެވުމަށް މޮޅު ކުއްޖެއް ނަމަވެސް މާ ބޮޑަށް ފިރިހެން ކުދިންގެ އަވައިގައި ޖެހުމުގެ ސަބަބުން އޭނާ ފާހެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ގްރޭޑް އަށެއްގައި ރިޕީޓް ކުރަން ޖެހުނެވެ. އެއއަހަރު އަހަންނަށް ސްކޫލް އަންހެން ވައިސް ކެޕްޓަންކަން ލިބުނެވެ. އިތުރު ޒިންމާ ތަކަކާއި އެކުވެސް ކިޔެވުމަށް ފަސް ނުޖެހި އަހަރެން މަސައްކަތް ކުރީ ބައްޕަ ފަޚުރުވެރި ވާ ފަދަ ދަރިއަކަށް ވެވޭ ތޯއެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން ފުށުން ޖަހާލީ ހީވެސް ނުކުރާ ފަދައިންނެވެ.
ބައްޕަ ކަންނެއްޔަށް ދާން އެރޭ އިޝާގެ ފަހުން ފުރާނެ ވާހަކަ އޮތީ ކުރިންވެސް ބުނެފައެވެ. އަހަރެންވެސް އިޝާ ނަމާދުކޮށްގެން ޖައްސާލީ ބައްޕަ ފުރަންދަމުން ގޮވާލާނެކަމަށް ހީކޮށެވެ. އެހެން ނަމަވެސް ގަދަ ނިދިން އަހަންނަށް ހޭވެރިކަންވީ މީހެއްގެ ހޫނުކަން ނުހަނު ކައިރިން އިހުސާސްވާން ފެށުމުންނެވެ. ލޯ ހުޅުވާލިއިރު މޫނު ޖެހޭ ނުޖެހޭ ހާ ކައިރީގައި ފިރާޝާ އޭރު ރައްޓެހި ވެގެން އުޅުނު ޖަޒްލާންއެވެ. އަހަރެން އޭނާގެ އަތުތެރެއިން ސަލާމަތް ވާން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. އަހަރެންގެ އެކަނި ވެރިކަމުގެ ބޭނުން އެރޭ އޭނާ ވަރަށް ރަނގަޅަށް ހިފިއެވެ. މި މައްސަލަ ވެސް ގޯހުން ގޯހަށް ދިޔައީ އެރޭ ޖަޒްލާން ނުކުމެގެން ދިޔަ މަންޒަރު ފިރާޝާއަށް ފެނުމުނެވެ. އެހާހިސާބުން ރަށުތެރޭގައި އަހަރެން ނަހަލާލަށް ބަލިވެ އިންނާނެ ކަމަށް ފިރާޝާ އަޑު ފަތުރަން ފެށިއެވެ. އެރޭގެ ބާކީބައި އަހަރެން ހޭދަކުރީ ރުއިމުގައެވެ. އެ ރުއިމުގެ އަޑު އަހާނޭ އިތުރު މީހަކުވެސް ނެތްކަން އެނގި ހުރެއެވެ. ބައްޕަ މަހުން އައިސް ރަށަށް އެރުމާއި އެކު ބައްޕަގެ ކަންފަތަށްވެސް އެ އަޑު އިވިއްޖެއެވެ. ބައްޕަ އަހަރެންދެކެ އައިސްފައި ހުރި އަލިފާންފަދަ ރުޅިގަޑު ފިނިވީ އަސްލު ޙަޤީގަތް ހައްވައްތަ ބައްޕައަށް ކިޔައި ދިނުމުންނެވެ. އޭގެ ފަހުން އެތަށް ފަހަރެއްގެ މަތިން ޖަޒްލާންގެ އާއިލާ އަށް އޭނާ ކުރީ ގޯސް ކަމެއްކަން ކަޔައިދޭން ބައްޕަ މަސައްކަތް ކުރިއެވެ. ނަމަވެސް އަހަންނާއި ބައްޕަގެ އަޑު އަހާނޭ އެކަކުވެސް މުޅި ރަށުންވެސް ނުވިއެވެ.
*******
“މީ އަހަރެންގެ މާޒީ އަކީ. މިހާރު ރިޒާން ބޭނުމެއް ނުވާނެ ކަންނޭނގެ.” އަނާޔާ ކަރުނަތަށް ފޮހެލަމުން އިސްޖަހާލިއެވެ. “އެއީ މާޒީ. އަހަރެން އަނާޔާ ދެކެ ވީ ހަޤީގީ ލޯބި. އެއަކަށް އަދިވެސް ނާދޭ ބަދަލެއް. ލޯބި އިތުރު ވީހެން އެބަ ހީވޭ. ތީ ތިހާ ހިތްވަރު ގަދަ ކުއްޖެއްކަން އެނގިފަ.” ރިޒާން ސަމާސާ ކޮށްލީ އަނާޔާ ހެއްވާލުމުގެ ބޭނުމުގައެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ނިމުމެއް ނެތް އުފާވެރިކަމެވެ.

Share Article

Saaji_
Follow Me Written By

Saaji_

Level 1

Other Articles

Previous

ތިބާގެ ނަސީބު

Next

ނަރުހުންގެ މަސައްކަތުގެ ތަރުތީބު

Next
December 24, 2023

ނަރުހުންގެ މަސައްކަތުގެ ތަރުތީބު

Previews
December 22, 2023

ތިބާގެ ނަސީބު

3 Comments!

  1. vempire girl says:
    December 22, 2023 at 4:30 pm

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr??? Thankolheh avahah next part kiyaalan libeyne kamah ummeedhu kuran 🤗

    💞💞💞 LYSM 💞💞💞

  2. imko 💕💕 says:
    December 22, 2023 at 7:28 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Lysm annna

  3. Vampire diaries says:
    October 4, 2024 at 8:00 am

    Whn next .??
    Haadha lahey

Comments are closed.



All Right Reserved!