“އަހަންނަށް އެނގޭ އަނާޔާ އަކީ ވަރަށް ރަނގަޅު ދީންވެރި ކުއްޖެއްކަން. އެހެންވެ އަހަރެން ޙަލާލު ގޮތުގަ އަނާޔާ ހޯދަންވެގެން ބައްޕަ ގޮވައިގެން މި ދަތުރު މި އައީވެސް. އެކަމަކު މަޖުބޫރެއް ނުކުރާނަން. ވިސްނާލާފަ ޖަވާބެއް ދިނަސް މައްސަލައެއްނެތް.” ރިޒާން އެހެން ބުނުމާއި އެކު، ރަކި ހިނިތުން ވުމަކާއެކު ދަނީ އޭ ބުނެ އަނާޔާ ނުކުމެ ގެއަށް ދާން ހިނގައިގަތެވެ. އިޝާ ނަމާދަށް ބަންޤި ގޮވި އިރު އަނާޔާ އާއި ހައްވައްތަ ހުރީ މިސްކިތުގައެވެ. ރިޒާންއާއި ފައިސަލްވެސް ގެއިން […]
މަޢްރިބް ނަމާދަށްފަހު ކޮޓަރީގައި ޤުރުއާން ކިޔަވަން އިން އަނާޔާ ސިއްސައިގެން ދިޔައީ، ދެވެފައި މީހަކު އައިސް ގެއަށް ވަތް އަޑަށެވެ. ޤުރުއާން ޚަތިމް ބާއްވާލުމަށް ފަހު އަނާޔާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލި އިރު ބޭތުގައި ބައްޕަ އާ އެއްކޮށް މަހަށް ދާ މީހަކު ހުއްޓެވެ. “އެކޮއެ.. ވަރަށް އަވަހަށް ހިނގާބަލަ ޞިއްޙީ މަރުކަޒަށް” އެހެން ބުނުމަށް ފަހު އެ ބޭބެ ނުކުމެ ދުއްވައިގަތެވެ. އަނާޔާވެސް ފައިގައި ހުރި ބާރެއްލާފައި ޞިއްޙީ މަރުކަޒާ ދިމާލަށް ދިޔައެވެ. އޭރު ރަށުގެ […]
މަޢްރިބަ ނަމާދު ކޮށްލައިގެން އަނާޔާ ކޮޓަރީގައި ޤުރުއާން ކިޔަވަން އިނީ ބައްޕަ މަހުން އަންނަންދެނެވެ. ނަމަވެސް އިޝާ ވަގުތު ވީ އިރުވެސް ބައްޕަގެ ހިލަމެއްވެސް ނުވިއެވެ. މިސްކިތުން ފައިބެ ހައްވައްތަ އާއި އަނާޔާ ގެ މިޞްރާބު ހުރީ ގެއާ ދިމާލަށެވެ. އޭރުވެސް އަނާޔާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ބައްޕަ ނައިސްގެން އެ ހާސްކަމެވެ. ހައްވައްތަ ގެއަށް ވަނުމުން އާދައިގެ މަތިން އަނާޔާގެ ހިނގުން ބާރުކޮށްލީ އަވަހަށް ގެއަށް ދިއުމަށެވެ. ގޭގެ ދޮރާށިން އެތެރެއަށް ވަތްއިރު އުނދޯލީގައި އިށީނދެލައިގެން […]
އަރިއަކަށް ޖެހިލުމަށްފަހު ދުވެފައި ގޮސް އަނާޔާ ގެއަށް ވަތް މަންޒަރު ބަލަން އެ ޒުވާނާ ހުރީ ވީ ގޮތް ނޭނގިފައެވެ……. ތެޅި ތެޅި އޮތް ހިތަކާއި އެކު އަނާޔާ ގޭގެ ދޮރާށިން ބޭރު ބަލާލީ އެ ޒުވާނާ ފެންނާނެ ކަމުށްހީކޮށެވެ. ނަމަވެސް މަގުގެ ކޮޅުންވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެއީ ކުރިން މި ރަށުން ފެނިފައި ނުވާ ޒުވާނެއް ނޫނެވެ. ހަނދާން ނައްތާލެވޭ ތޯ މަސައްކަތް ކުރަމުން އަނާޔާ އެންބުރި ބަދިގެއަށް ވަނީ ކެއްކުމުގެ މަސައްކަތް ފެށުމަށެވެ. […]
އަރައިގެން އައި އިރުގެ ރަން ދޯދި ތަކުން މުޅި ރަށް ވަނީ އަލިކޮށްލާފައެވެ. ދުނިޔެއާއި ވާދަޔަށް ދުވާނޭ ވިލާކޮޅެއްހާ ހިސާބުވެސް އުދަރެހުން ފެންނަން ނެތެވެ. ދެތިން ގެއަކުން އަންހެންވެރިން ނުކުމެ ގޯދަށް ކުނިކެހުމުގައި އަވަދިނެތި އުޅެއެވެ. އަތިރިއާ ދިމާލުން އެހެން ގެ ތަކާއި އެކަހެރިކޮށް ހުރި ގެއެއްގެ ބޭރުގައި އިރު އަރާ މަންޒަރު ބަލަން އަންހެން ކުއްޖެއް ހުއްޓިލައިގެން ހުއްޓެވެ. ގެ ވަށައިގެން ގަސްތައް ބޯކޮށް ހެދިފައި ވީނަމަވެސް، އެންމެ ފަތެއްހާ ހިސާބުވެސް ފެންނަން ނެތެވެ. ކުނިކަހާ […]
އެކަނިވެރި ބައްޕައެއްގެ ހުރި ހަމައެކަނި އަންހެން ދަރިއެކެވެ. ރަށު ސުކޫލުން ކިޔެވޭނެ ވަރަަކަށް ކިޔެވުމަށް ފަހު، ބައްޕަގެ އެހާ ތަނަވަސްކަން ނެތުމުގެ ސަބަބުން އިތުރަށް ކިޔެވުމަށް ފުރުސަތު ނުލިބުނު ނަމަވެސް އެ ކުއްޖާގެ ދިރިއުޅުމުގެ ދުވަސްތަށް ދަނީ ނުހަނު އުފާވެރިކޮށްނެވެ. ބައްޕައަށް ޚިދުމަތް ކުރުމައި ހޭދަކުރެވޭ ކޮންމެ ވަޤުތުކޮޅެއް ވަނީ އެ ކުއްޖާ އަށް ލިބޭ ޝަރަފަކަށްށެވެ. ނަމަވެސް އެކަނި ހޭދަކުރާ ކޮންމެ ވަގުތަކު އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަނީ…..