Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހުޅުކޮޅު – ތިންވަނަބައި

Saaji_
Saaji_ Level 1
December 10, 2023 3 Mins Read
5 Comments

މަޢްރިބަ ނަމާދު ކޮށްލައިގެން އަނާޔާ ކޮޓަރީގައި ޤުރުއާން ކިޔަވަން އިނީ ބައްޕަ މަހުން އަންނަންދެނެވެ. ނަމަވެސް އިޝާ ވަގުތު ވީ އިރުވެސް ބައްޕަގެ ހިލަމެއްވެސް ނުވިއެވެ. މިސްކިތުން ފައިބެ ހައްވައްތަ އާއި އަނާޔާ ގެ މިޞްރާބު ހުރީ ގެއާ ދިމާލަށެވެ. އޭރުވެސް އަނާޔާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ބައްޕަ ނައިސްގެން އެ ހާސްކަމެވެ. ހައްވައްތަ ގެއަށް ވަނުމުން އާދައިގެ މަތިން އަނާޔާގެ ހިނގުން ބާރުކޮށްލީ އަވަހަށް ގެއަށް ދިއުމަށެވެ. ގޭގެ ދޮރާށިން އެތެރެއަށް ވަތްއިރު އުނދޯލީގައި އިށީނދެލައިގެން އިނީ އަނާޔާގެ ބައްޕައާއި ރިޒާންއެވެ. އުދޯލި ކައިރީގައި އިން ޖޯލީގައި ރިޒާންގެ ކޮއްކޮ ޒައިން އިނެވެ. “ދަރިފުޅު އައީ ދޯ. މީ ބައްޕަގެ ވަރަށް ކުރީގެ ރައްޓެއްސެއްގެ ދަރިން. އެއްމާބަނޑު ދެބެން. ދަރިފުޅު ކާން ތައްޔާރު ކޮށްލާ. ބައްޕަ ދާނަން އިރުކޮޅަކުން.” ގެއަށް ވަތްގޮތަށް ބައްޕަގެ މޫނަށް ބަލަހައްޓައިގެން ހުރި އަނާޔާ ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ގޭތެރެއަށް ވަނެވެ. ކަޅިޖަހާނުލާ އަނާޔާއަށް ބަލަން އިން ރިޒާން ސިހުނީ ޒައިންގެ އަޑަށެވެ. “ރަޝީދުބޭ. ދެން ދަނީ. އަދި ދިމާވާނެ އިންޝާﷲ.” ޒައިން އާއި ރިޒާން ރަޝީދުއާ ސަލާމް ކޮށްލުމަށްފަހު ނުކުމެ ހިނގައިގަތެވެ.

ރަޝީދުއާއި އަނާޔާ ކައިގެން އުނދޯލީގައި ތިބީ މިއަދު މަހަށް ގޮސް އުޅުން އިރު ދިމާވި ކަންތަކުގެ ވާހަކަ ދައްކާށެވެ. ރަޝީދުގެ ވާހަކަ ނިމުމާއިއެކު މާދަމާ އަނާޔާ ހައްވައްތަ ގެއަށް ކައްކަން އެހީތެރިވާން ދާންޖެހޭ ވާހަކަ ބުންޏެވެ. ރަޝީދު މާޒީގެ ޞަފުޙާތައް ހުޅުވާލިއެވެ.

*******

އެއީ މީގެ ނަވާރަ އަހަރު ކުރިއެވެ. ޝަފީގާ އިނީ އަނާޔާއަށް ބަލިވެއެވެ. ރަށުގައި ޞިއްޙީ މަރުކަޒެއް ހުރި ނަމަވެސް ޑޮކްޓަރެއް ހުންނަނީ މަދު ފަހަރަކުއެވެ. ޑޮކްޓަރަށް ދައްކަން ރަށު މީހުން ދަނީ އަތޮޅުގެ ވެރިރަށަށެވެ. ރިޒާންގެ ބައްޕަގެ ދެމަފިރިން އަނާޔާމެންގެ ރަށަށް އައީ ޗުއްޓީ ހޭދަކޮށްލުމަށެވެ. ރިޒާންގެ ބައްޕަ ފައިސަލްއާއި މަންމަ ސީމާ އަކީވެސް ދެ ޑޮކްޓަރުންނެވެ. ރަޝީދުގެ ދެމަފިރިންނަކީ އެހާ ފޯރާ ބަޔަކަށް ނުވުމުން ވިހަން އަތޮޅުގެ ވެރިރަށަށް ދެވޭނެ ފެންވަރުވެސް ނެތެވެ. ނަސީބަކީ ކަތީބު ދޭ އެއްޗެއް ނޫނޭ ބުނެ އުޅޭ އަޑު އަހަމެވެ. ޝަފީގަ ވިހަން ބަޑުގަ ރިއްސައިގަތް ދުވަހު ރަށުގައި ޑޮކްޓަރެއް ނެތެވެ. ރަށުގައި ހުރި ފޫޅުމާ ދައްތަގެ އުމުރުވެސް ފަސްދޮޅަހުން މަތިވެދާނެއެވެ. ގޮތްހުސްވެފައިވާ ހާލު ރަޝީދު ދިޔައީ ފައިސަލް ގާތަށެވެ. ކަންދިމާކުރިގޮތުން ސީމާވީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށެވެ. ވަގުތުން ޝަފީގާ ރަށު ޞިއްޙީ މަރުކަޒަށް ގެންދެވުނެވެ. ސީމާގެ އެހީތެރިކަމާއެކު، ޝަފީގާ ލޯބިލޯބި އަންހެން ކުއްޖެއް ވިހެއެވެ. ފައިސަލްގެ ދެމަފިރިން އަނާޔާއަށް ބޭނުންވާ ބައެއް ތަކެތި ހަމަކޮށްދީ އެހީތެރި ވެދިނެވެ. އޭގެ ފަހުން ދެތިން ފަހަރަކު އެ ރަށަށް އެ ދެމަފިރިން ވަނީ އައިސްފައެވެ. ޝަފީގާ އަށް ލޭގެ ކެންސަރު ޖެހިފައި ހުރިކަން އިނގުނީވެސް އެ ދެމަފިރިންނާއެކު އަތޮޅު ހޮސްޕިޓަލަށް ގޮސް ހެދި ޓެސްޓުންނެވެ. ޓެސްޓުގެ ނަތީޖާ ލިބުން އިރު ފައިސަލްގެ ދެމަފިރިންވެސް މާލެ ފުރައިފިއެވެ. ގުޅޭނެ ގޮތެއްނެތި އިތުރު އެހީއެއްވެސް ލިބޭނެ މަގެއް ނެތެވެ. އިތުރު ފަރުވާއަކަށް މާލެ ދާނޭ ތަނަވަސްކަމެއް ނެތުމުން ވީހާލެއްގައި ވާން ދޫކޮށްލެވުނީއެވެ. މިއަދާ ހަމައަށްވެސް ރަޝީދު އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެއެވެ. ޝަފީގާގެ މަރުވީ ރަޝީދުގެ ސަބަބުން ކަމަށް މިއަދާ ހަމައަށްވެސް ރަޝީދު ގަބޫލު ކުރެއެވެ.

*******

މާޒީގެ ފަތް ލެއްޕި އިރު އަނާޔާއަށް އިނީ ރަނގަޅަށް ރޮވިފައެވެ. އަނާޔާ ދުވެފައި ގޮސް ކޮޓަރިއަށް ވަތް މަންޒަރު ބަލަން ރަޝީދު އިނީ ފެންކަޅިވެފައެވެ.

އާދައިގެ މަތިން އިރުގެ ހޫނުން ރަށުތެރެ ހޫނުވާންވީއިރު އަނާޔާ ކުނިކަހާ ނިންމާލުމަށްފަހު އަތިރިމަތީގައި މަޑުކޮށްލިއެވެ. އޭނާއަށް ނޭގުނުކަމަކީ ފަރުވާތެރިކަމާއެކު އޭނާގެ ޙަރަކާތްތަކަށް ބަލަން މީހަކު ހުރިކަމެވެ. މަޑުމަޑުން އަނާޔާއާ ދިމާލަށް ރިޒާން ހިނގައިގަތެވެ. ފަހަތުން މީހެއްގެ ހިޔަނި ވުމުން ސިހިފައި އަނާޔާ ފަހަތް ބަލާލިއެވެ. ފުޅާ ހިނިތުންވުމަކާއެކު ހުއްޓިލައިގެން ހުރި ރިޒާން ފެނުމުން، މަޑުމަޑުން އަނާޔާ ދުރަށް ހިނގައިގަތެވެ. “ސުވާލެއް ކޮއްލަންތަ؟” މަޑު ހިނގުމެއްގައި ކުރިއަށް ހިނގަމުން ދިޔަ އަނާޔާގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އައީ ރިޒާންގެ ފިރިހެންވަންތަ އަޑުންނެވެ. “ކީއްވެ ކޮންމެ ފަހަރަކު ބިރެއްފެނިގެން ދާހެން ތި ދަނީ؟ ހަމަ އެހާވެސް ހުތުރީތަ؟” ކަޅި ޖަހާނުލާ އަނާޔާ އަށް ބަލަން ހުރި ރިޒާން އިސް ޖަހާލީ އަނާޔާ ފަސްއެނބުރި ބަލާލުމުންނެވެ. “ނޫން. އެހެންނެއް ނޫން. ގިނަ މީހުންނަށް އަހަންނަކީ ‘އޯލްޑް ފެޝަން’ ކުއްޖެއް. މި ރަށުގަ ވެސް ނޫޅޭނެ އަހަންނާ ވާހަކަ ދައްކާ ގިނަ ބަޔަކު. އަދި ރިޒާން ތީ އަހަރެންގެ ފެންވަރެއްވެސް ނޫނެއްނު. އަހަރެން ކަހަލަ މިކަމެއްޗަކާ އެއްކޮށް ވަގުތު ހޭދަ ކުރާކަށް ރިޒާންވެސް ބޭނުމެއް ނުވާނެ. އެހެން ނޫނަސް ހިލޭ ފިރިހެނުންނާއެކު ވަގުތު ހޭދަ ކުރުމަކީވެސް ރަނގަޅު ކަމެއް ނޫން. އެކަމަކު މީހަކާ އިނދެވުނީމަ ފިރިމީހާ އާއެކު ވަގުތު ހޭދަ ކުރާނަން.” އަނާޔާ ދުވެފައި ގޮސް ގެއަށް ވަނީ ރިޒާންއަށް ފެހި ސިގްނަލެއް ދީފައެވެ.

މަޢްރިބް ނަމާދަށްފަހު ކޮޓަރީގައި ޤުރުއާން ކިޔަވަން އިން އަނާޔާ ސިއްސައިގެން ދިޔައީ، ދެވެފައި މީހަކު އައިސް ގެއަށް ވަތް އަޑަށެވެ. ޤުރުއާން ޚަތިމް ބާއްވާލުމަށް ފަހު އަނާޔާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލި އިރު ބޭތުގައި ބައްޕަ އާ އެއްކޮށް މަހަށް ދާ މީހަކު ހުއްޓެވެ. “އެކޮއެ.. ވަރަށް އަވަހަށް ހިނގާބަލަ ޞިއްޙީ މަރުކަޒަށް”………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Saaji_
Follow Me Written By

Saaji_

Level 1

Other Articles

Previous

އިފްރާ 12

Next

ކުށަކާނުލާ

Next
December 10, 2023

ކުށަކާނުލާ

Previews
December 10, 2023

އިފްރާ 12

5 Comments!

  1. vempire girl says:
    December 10, 2023 at 6:07 pm

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr?

  2. love imko 💕💕 says:
    December 10, 2023 at 6:59 pm

    Maash Allah mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney khondhuvahakun

  3. Rifoo says:
    December 10, 2023 at 9:49 pm

    Masha Allah 💗 mi bai vx varah reethi 💗💕❤️
    Next kon irakun tho

  4. Anonymous says:
    December 11, 2023 at 8:27 am

    Thankyou all. Will upload next part soon insha allah, in this week. 🙂

  5. Sheenau says:
    December 11, 2023 at 2:28 pm

    This story is very nice . Keep it up.

Comments are closed.

Next Episodeހުޅުކޮޅު – ހަތަރުވަނަބައި←


All Right Reserved!