Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 9

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 12, 2023 3 Mins Read
2 Comments

ޕާޓީގައި އިތުރަށް މަޑު ކުރާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. ބޮލަށް އެނބުރުން އަރާ، މޭ ނުބައިކޮށް ހޮޑުލަވާ ގޮތްވިއެވެ. ގައިން ވަރު ދޫވެ ވެއްޓެން ދިޔައެވެ. ދެފަރާތުން ދެމީހުން ގައިގައި ހިފެހެއްޓި ކަމުގެ އިހްސާސް ކުރެވުނެވެ. ދެން ވީ ގޮތެއް ނޭންގި މޫނަށް އަނދިރިވެގެން ދިޔައެވެ.
***
އެގާރަ ބާރަ ކިޔަވަން މާލެ އައިސް ޔުއާން ހުރީ ދާއިން މެންގޭގައެވެ. ދާއިންއާ ޔުއާން އެއް އުމުރެއް ކަމުން ދެމީހުން އުޅުނީ ވެސް އެއް ކުލާހުގައެވެ. އެކީ ސްކޫލަށް ގޮސް ގެއަށް އައިސް ހެދުމުގެ ތެރެއިން ދެމީހުން ގާތް ރަށްޓެހިންނަަށް ވީއެވެ. އޭރުން ސުރެ މިއަދާ ހަމައަށް ދެމީހުންނަކީ އެހާ ގާތް ރަހުމަތްތެރިންނެވެ. ދާއިން އަހަންނާ އިންނަން އެހާ ފަސޭހައިން އެއްބަސްވީ ޔުއާންގެ އެދުމުގެ މަތިންނެވެ. ދާއިންގެ ބައްޕަ އަހަރެންގެ ވާހަކަ ބުނުމުން ފުރަތަމަ އޭނާ ދެކޮޅު ހެދިއެވެ. ފަހުން އަހަންނާ ބައްދަލު ކުރަން އެއްބަސްވީ ޔުއާން އާދޭސްކޮށްގެނެވެ. އަހަންނާ ޔުއާން އާ ދެމެދު އޮތީ ކޮން ގުޅުމެއްކަމެއް ދާއިންއަށް އޭރު ނޭންގޭ ކަމަށް އޭނާ ބުންޏެވެ. ދާއިން ހީކުރީ ޔުއާން އެވަރަކުން އަހަންނާ ދާއިން ގުޅުވަން އުޅުނީ މަށަކީ ޔުއާންގެ ރަށުކުއްޖަކަށް ވީމަކަށެވެ. ދާއިންއަށް އަހަރުމެން ދެމީހުންގެ ހަގީގަތް އެނގުނީ އަހަރެން ކިޔައިދިނީމައެވެ.

އެންމެ ގާތް އެކުވެރިޔާއަށް އޮޅުވާލީތީވެ ދާއިން ޔުއާން ދެކެ ރުޅި އައެވެ. ދެމީހުންގެ ދެމެދު ދެބަސްވުން ހިނގިއެވެ. އަހަރެންގެ ހިތްހަލާކުކޮށްފައި އޭނާއާ ގުޅުވަން އުޅެނީ ކީއްވެތޯ ދާއިން ޔުއާންއާ ސުވާލު ކުރިއެވެ.

ދާއިން ދެރަވެފައި ހުރިހާ ހަޤީޤަތެއް އަހަންނަށް ކިޔާދިނެވެ. މިރޭގެ ޕާޓީއަށް ޔުއާން އައީ އޭނާ އަހަރެންދެކެ ލޯބިވާތީ ކަމަށް ބުންޏެވެ. ޔުއާންގެ ކައިވެންޏަކީ މަޖުބޫރުން އޭނާ ކުރި ކައިވެންޏެކެވެ. އަހަރުތަކެއް ކުރިން އެ އަންހެން ކުއްޖާގެ ބައްޕަ ޔުއާންއަށް ވެދިން އެހީގެ ބަދަލުގައެވެ. ކެންސަރު ބަލީގައި އޮތް ބޭބެ ޔުއާން ގާތުން އެދުނީ އޭނާގެ އަންހެން ދަރިފުޅާ ކައިވެނި ކުރަންށެވެ. މަރުގެ ތުންފަތްމަތީގައި އޮތް އެ ބޭބެގެ އެދުން ފުރިހަމަ ނުކޮށްދީ ޔުއާންއަކަށް ނުކެރުނެވެ. އެ ބޭބެ ނެތިދިޔުމަަށްފަހު އެ ކުއްޖާއާ އަޅާނެ އިތުރު މީހެއް ނެތެވެ. ދަރިފުޅު ހަވާލުކޮށްފައި ދާން ފެނުނު އެންމެ ރަނގަޅު ބައިވެރިއަކަށް އެ ބޭބެއަށް ފެނުނީ ޔުއާންއެވެ.

މީގެ ހަތަރު މަސް ދުވަސް ކުރިން އެ ބޭބެ ނިޔާވިއެވެ. އޭގެ މަހެއް ފަހުން ޔުއާން އޭނާގެ އަންހެނުންނަށް ހުރިހާ ހަޤީޤަތެއް ކިޔާދިނެވެ. ދެއަންބަށް އަހަންނާ އިންނަން ބޭނުންވާ ކަން އެކުއްޖާ ގާތު ބުނުމުން އެކުއްޖާ ދެކޮޅެއް ނުހަދައެވެ. ޔުއާން އަހަންނަށް މެސެޖު ކުރީ އެހެންވެއެވެ. އަހަރެންގެ ފަރާތުންް ޖަވާބެއް ނުލިބުމުން ޔުއާން ދާއިންއާ ވާހަކަ ދެއްކިއެވެ. އަހަރެން މިހާރު ޔުއާންދެކެ ލޯބިނުވާކަމަށާއި އެކުގައި އުޅެން ބޭނުންނުވާކަމަށް ދާއިން ބުންނެވެ. އަދި އަހަރުމެންގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ. ދާއިންގެ ވާހަކަ އެރޭ ޔުއާން ޤަބޫލު ކުރިއެވެ. މިރޭ އޭނާ ޕާޓީއަށް އައި ފަހު ފަހަރަށް އަހަރެން ދެކިލުމަށެވެ. ހުރހާ ހަޤީޤަތެއް އެނގުމުން ހަދަންވީ ގޮތެއް ބުނާނެ އެއްޗެއް އަހަންނަކަށް ނޭންގުނެވެ. ޔުއާންއާ މެދު އަހަރެންގެ ހިތުގައިވި އިހުސާސްތަކާއި އޭނާއަށް ކުރަމުން ދިޔަ އިންތިޒާރު އަހަރެން ހުއްޓާލުން އެއީ ހަޔާތުގައި ކުރި އެންމެ އުނދަގޫ އެއްކަންތަކެވެ. އަހަރެން ޔުއާންދެކެ ވީފަދަ ލޮތްބެއް ޔުއާން އަހަރެންދެކެ ނުވާކަން އަމިއްލަ ސިކުނޑިއަށް ވިސްނާދިނީ ހިތާދެކޮޅަށެވެ. ދާއިންއާ އިންނަން އެއްބަސްވީ ޔުއާންގެ ބޭވަފާތެރިކަން މަތިން ހަނދާން ނައްތާލުމަށެވެ. ޔުއާންގެ މަޖުބޫރި ޙާލަތް އޭރު އަހަންނަކަށް ނޭންގެއެވެ.

ކައިވެނީ ޕާޓީ ތެރޭގައި އަހަރެން ހޭނެތުމުން އެންމެން ހީކުރީ ނުކައި ހުރުމުގެ ސަބަބުން ވީކަމެއް ކަމަށެވެ. ދާއިން އެންމެން ގާތު ބުނީ އެހެންނެވެ. އަހަރެން ހޭއެރި އިރު ކައިރީގައި ދާއިން ހުއްޓެވެ. ކޮޓަރީގެ ވަކި ހިސާބެއްގައި ޔުއާން ވެސް އިނެވެ. އަހަރެން ހޭއެރުމާއެކު އަހަންނާ ދާއިންއަށް ވަގުތު ދޭން އެންމެން ކޮޓަރިން ނިކުތެވެ. އެންމެން ދިޔުމާއެކު ހެން އަހަންނަށް ރޮވުނެވެ. އެރޭ ދާއިން ހުރިހާ ހަޤީޤަތެއް ކިޔާދީފައި އަހަންނަން ވިސްނަން ވަގުތު ދިނެވެ. އަހަރެން ބޭނުންނަމަ ޔުއާން ގާތަށް ދިއުމަށް އަހަރެން ދޫކޮށްލާނަން ކަމުގައި ބުންޏެވެ. ގޮތެއް ނިންމާފައި އޭނާއަށް ގުޅަން ބުންޏެވެ. އޭގެ ފަހުން ދެ ދުވަސް ވެއްޖެއެވެ. އަހަރެން އަދިވެސް ދާއިންއަށް ނުގުޅަމެވެ. ކައިވެންޏަށް ފަހު ހަމަޖެހިފައި އޮތް ގޮތަށް ދާއިންމެން ގެއަށް އަހަރެން ބަދަލު ނުވެގެން މަންމަމެން ކަންބޮޑުވިއެވެ. އާ ދިރިއުޅުން ރަނގަޅަށް ނުފެށިގެން އުޅެނިކޮށް ނިމުމުގެ ކުލަވަރު ފެންނަހެން ހީވުމުންނެވެ.

އަހަރެން ގޮތެއް ނިންމާފައި ދާއިންއަށް ގުޅީމެވެ. ދެމީހުން ބައްދަލު ކުރަން ދިޔައީ ދާއިން އަހަންނަށް ކައިވެނި ހުށަހެޅި ރެސްޓޯރަންޓަށެވެ. ދާއިންގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތާމާއިގެ އަސަރެވެ. ވޭތުވެ ދިޔަ ދެ ދުވަހު އެންމެ ފަހަރަކުވެސް ލޮލުފިޔަ ޖަހާފައި ހުރިހެން ހީނުވެއެވެ. ދާއިންގެ އުދާސްވެފައި ހުރި މޫނު ފެނުމުން އަހަރެންގެ ހިތަށް ތަދުވިއެވެ.
“ދާއިން” އަހަރެން ދާއިންއަށް ގޮވާލީމެވެ. ދާއިންގެ ޖަވާބު އައީ ބޮލުގެ އިޝާރާތުންނެވެ. އިސްޖަހައިގެން ހުރިގޮތުން ހީވަނީ އަހަންނަށް ނުބަލަން ހުވާކޮށްގެން ހުރިހެންނެވެ.

ތިންއަހަރު ފަސް……

ބޯކޮށް ވެހެމުން ދިޔަ ވާރޭ އަވަހަށް ހުއްޓާލާނެ ކަމުގެ އިޝާރާތެއް ނެތެވެ. މެންދުރު ވަގުތު ވެސް ދުނިޔެ މަތީގައިވީ އަނދިރި ކަމެވެ. ފިނިވެގެން މީހާ ތުރު ތުރު އަޅަމުން ދިޔަ ނަމަވެސް އެތެރެއަށް ވަންނާކަށް އަހަރެން ނުވިސްނަމެވެ. ދުވަސްތަކަކަށް ފަހު ވާރެއާ ތެމެވޭތީ ހިތްފުރެން ދެން ތެމެން ބޭނުންވިއެވެ. ކުޑަކުއްޖެއް ފަދައިން ވާރޭ ތެރޭގައި އަހަރެން އުޅެމުން ދިޔައީމެވެ. އަހަރެންގެ ހިތަށް އިތުރު އުފާވެރިކަން ލިބިގެން ދިޔައީ ފަހަތުން އިވެން ފެށި ގިޓާގެ އަޑުންނެވެ. އެ އަޑު އަހާއި ދުވަހަކު އަހަރެން ފޫހިނުވާނެ އަޑުގެ ވެރި ފަރާތުން ރީތި ލަވެއް އިއްވާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (އެގާރަވަނަ ބައި)

Next

އިފްރާ 13

Next
December 13, 2023

އިފްރާ 13

Previews
December 11, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (އެގާރަވަނަ ބައި)

2 Comments!

  1. love imko 💕💕 says:
    December 12, 2023 at 8:40 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

  2. Rifoo says:
    December 12, 2023 at 11:06 am

    Mi part vx varah reethi Masha Allah 💗❤️💕❤️❤️💕
    Kon irakun next part
    Kobaa tha manzil vaahaka
    E vaahaka kiyaala hithun hunna thaa varah dhuvas vejje
    Lysm kiyaa

Comments are closed.

Next Episodeއިންތިޒާރު 10←


All Right Reserved!