އިންތިޒާރު 10
- ބޯކޮށް ވެހެމުން ދިޔަ ވާރޭ އަވަހަށް ހުއްޓާލާނެ ކަމުގެ އިޝާރާތެއް ނެތެވެ. މެންދުރު ވަގުތު ވެސް ދުނިޔެ މަތީގައިވީ އަނދިރި ކަމެވެ. ފިނިވެގެން މީހާ ތުރު ތުރު އަޅަމުން ދިޔަ ނަމަވެސް އެތެރެއަށް ވަންނާކަށް އަހަރެން ނުވިސްނަމެވެ. ދުވަސްތަކަކަށް ފަހު ވާރެއާ ތެމެވޭތީ ހިތްފުރެން ދެން ތެމެން ބޭނުންވިއެވެ. ކުޑަކުއްޖެއް ފަދައިން ވާރޭ ތެރޭގައި އަހަރެން އުޅެމުން ދިޔައީމެވެ. އަހަރެންގެ ހިތަށް އިތުރު އުފާވެރިކަން ލިބިގެން ދިޔައީ ފަހަތުން އިވެން ފެށި ގިޓާގެ އަޑުންނެވެ. އެ އަޑު އަހާއި ދުވަހަކު އަހަރެން ފޫހިނުވާނެ އަޑުގެ ވެރި ފަރާތުން ރީތި ލަވެއް އިއްވާލިއެވެ.
ދާއިން ލަވަކިޔަމުން ދިޔައިރު އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ނަޒަރު އަހަންނާ ވަކި ނުވެއެވެ. އެކުގައި ތިން އަހަރު ހޭދަވީ ނަމަވެސް އަދިވެސް އެ ކަތި ނަޒަރުން އަހަރެން ލަދުގަނެއެވެ. ދާއިން ބެލުން ހުއްޓާނުލާނެކަން އެނގޭތީވެ އަހަރެން އަވަހަށް އިސްޖެހީމެވެ.
“އޯނ މައިރް ލަދުގަތީތަ؟ އަހަރެން މީ ދެން ހިލޭ މީހެއްތަ މައިރް ލަދުގަންނަން. ބޭބް އައި އޭމް ޔުއާރ ހަސްބަންޑް ، ލަވް އޮފް ޔުއާރ ލައިފް ،ފާދާރ އޮފް ޔުއާރ ބޭބީ ދެން މިހެން ގޮސް ކިޔާ ހުސްނުވާނެ” ދާއިންގެ ބޭނުމަކަަށްވީ އިތުރަށް އަހަރެން ލަދުގައްވާލުމެވެ.މީގެ ތިން އަހަރު ކުރިން ދާއިންއާއެކު ޙަޔާތްއެކީ ހޭދަ ކުރަން ނިންމި ނިންމުން އެއީ ޙަޔާތުގައި އަހަންނަން ކުރެވުނު އެންމެ ރަނގަޅު ކަންތަކެވެ. ޔުއާންގެ ސޮފްހާ އެކީހެން އެ ދުވަހު އަހަރެން ނިންމާލީމެވެ. ކޮންމެ ޙާލަތެއްގައި ނަމަހީވެސް ޔުއާން އަހަރެން ދޫކޮށްލާފައި ނުދާކަމަކަށް ނުވާނެއެވެ. އަހަރެންގެ މަޑުމޮޅިވެފައިވި ހަޔާތަށް އަލުން އުފާވެރިކަން އަންނަން މެދުވެރިވި ސަބަބަކީ ދާއިންއެވެ. ހަލާކުވެފައިވާ ދެ ހިތް ގުޅި އެއް ހިތަށް ވެގެން ދިޔައިރު ދެމީހުންނަށް ވެސް ރޭކާނުލިއެވެެ. އަހަންނާ ބައްދަލު ކުރަން އަންނަން ޔުއާން ދާއިންއަށް ބާރު އެޅީތީވެ އެކަމާ އަބަދުގެ އަބަދަށް އަހަރެން ޔުއާންއަށް ޝުކުރުވެރިވާނަމެވެ.
ގިޓާ ބަހައްޓާފައި ދާއިން އައިސް ފަހަތުން އަހަރެން ގައިގައި ބައްދާލިއެވެ. އަދި ކަންފަތް ދޮށުގައި ސިއްރު ސިއްރުން ލޯބިވާ ވާހަކަ ބުނެފައި ކޮލަށް ބޮސްދިނެވެ. އަހަރެން ވެސް ލޯބިވާ ވަާހަކަ ބުނެފައި އިތުރަށް ދާއިން ގައިގައި ބޮނޑިވެލީމެވެ.
“ޑާޑާ” އަހަރުމެން ދެ މީހުންނަށް ވެސް އެހެން ތިބެވުނީ އިރު ކޮޅަކަށެވެ. ގޯތިތެރެއަށް ނިކުމެވެން ހުރި ދޮރު ކައިރިއަށް ދަރިފުޅު ދާރާ ހޭލައިގެން އައެވެ. އާދައިގެ މަތިންހެން އެކުއްޖާ ހޭލުމަށްފަހު ފުރަތަމަ ވެސް ހޯދާލީ ބައްޕައެވެ. ދާއިން އަހަރެން ގައިން ދޫކޮށްލުމަށްފަހު ގޮސް ދާރާ އުރާލިއެވެ. އެއީ ކޮންމެ ދުވަހަކު އަހަންނަށް ފެންނަ މަންޒަރަކަށް ވިއަސް ކޮންމެ ދުވަހަކު ވެސް އަހަރެން ހިތް ފުރިގެން ދެއެވެ. ކުޑަ ނަމަވެސް އަހަންނެކޭ އެއްފަދައިން ދާރާ ވާރެއަށް ވަރަށް ފޯރި ހުރެއެވެ. އެހެންވެ މަދުން ނަމަވެސް އެކުއްޖާ ވާރެ ތެރެއަށް ލަމެވެ. ދާއިން ދާރާ ގޮވައިގެން ވާރޭ ތެރެއަށް އައުމުން އެކުއްޖާ ހުރީ އުފަލުން ފޮޅިފައެވެ.
ދާރާ އާއި ދާއިންއަކީ އަހަރެންގެ މުޅި ދިރިއުޅުމެވެ. ދާއިންއާއެކު ހޭދަވާ ކޮންމެ ދުވަހަކީ އުފާވެރިކަމާއެކު ނިމޭ ދުވަސްތަކެވެ. އިންސާނުންނަށް ވީތީވެ ހިތްހަމަ ނުޖެހޭ ކަންކަމާއި ދެބަސްވާން ޖެހޭ ފަހަރު ވެސް އަންނާނެއެވެ. އެހެނަސް ކޮންމެ ރެއަކު ނިދުމުގެ ކުރިން ދެމީހުން ވެސް އެ ދުވަހަކު ޖެހޭ މައްސަލައެއް ހައްލު ކުރެވޭތޯ ބަލަމެވެ. ދާއިންގެ ސަބަބުން އަހަރެން ހިތްހަމަނުޖެހިއްޖެ ނަމަ އޮފީސް ނިންމާފައި ގެއަށް އަންނަމުން މާބޮނޑިއެއް ގެނެސްދޭނެއެވެ. އަހަރެންގެ ފަރާތުން ކަމެއް ދިމާވެގެން ދާއިން ހިތްހަމަ ނުޖެހިއްޖެނަމަ ދާއިން އޮފީހުން އަންނަން ވާއިރަށް އަހަރެން ޚާއްސަ ކެއުމެއް ތައްޔާރު ކުރަމެވެ.
އާއިލާއެއް ބިނާ ކުރުމުގެ ބިންގާ ރަނގަޅަށް އެޅޭތޯ އަހަރުމެން ދެމީހުން ވެސް މަސައްކަތް ކުރީމެވެ. ދެމީހުންގެ ވެސް އެންމެ ބޮޑު އުއްމީދަކީ އަހަރުމެންގެ ދަރިންނަކީ ލޯބިލިބި މައިންބަފައިން އެކަކު އަނެކަކު ދެކެ ވާ ލޯބި ފެނިގެން ބޮޑުވާ ކުދިންނަށް ވުމެވެ. ލޮތްބަށްޓަކައި އަހަރެން ކުރި އިންތިޒާރުގެ ފޮނި މީރުކަން މިއަދު އަހަަންނަށް ލިބިއްޖެއެވެ.ނިމުނީ
5 Comments!
Comments are closed.






Mi part vx v Reethi masha allah
Keep it up
Raasthaa vaahaka ves v Reethi masha allah
E vaahaka nimuneetha
Hey kiyaa
Its been a along time
Alhe new story ah fashaba
You are one of my fav🥺🥺💕💕
Cant wait to see your comeback
Hey kiyaa
I am a big fan of you.your one of my fav author
Pls pls kiyaa Rifoo ah kameh kohdhenyya pls pls manzil vaahaka kiyaalan genesdhybaa.i am one a big fan of ur manzil story.pls pls kithanme lahun feshi as ok yey evaahaka genesdhybaa.aarash and maany maru ve ehnu manzil ge story eh eyge dhe story ge there in Rifoo ah enme reethee estory.pls pls anehkaa e story continue kohbaa.
From me and vempire girl
Love you so much darling 💋
Hey kiyaa
Rifoo bunihen manzil story ge maany aa aaraash maruvaa bai genesdhehcheyy plzzz plzzz..
E thedhen ok kithamme gina dhuvaheik kohfa up kuriyas iraadha kurevviyyaa up kurihaa avahakah kiyaa comment koh feedback vx dheynan..
mee alhugandaa rifoo aa manzil vaahakaige feynunge varah bodah edhumeh…
Mi story vx varah varah reethi maashaa allah…
Kiyaa ge aa vaahaka eii fennaaane thr adhi… varah bodu ummeedhu kuran kiyaa ge aa vaahaka akah.. haahsa koh manzil vaahaka ah