ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (އެގާރަވަނަ ބައި)
“އަމިއްލައަށް މަލް ގާތު އަހާލަންވީނު؟” އިޝްރާ އެހެން ބުނެލާފައި އޭނާގެ އަތްފޯރާ ފަށުގައި ހުރި މަލްނާގެ ގައިގައި މަޑުމަޑުން ކޮއްޓާލިއެވެ. އެއާއިއެކު މަލްނާ ހުރިތަނުން ނުކުމެގެން ގޮސް އިޝްރާގެ އަނެއް ފަރާތުގައި މަޑުކޮށްލިއެވެ.
“އަމިއްލައަށް ދޯ ބުނީ މަލް ގާތު މާފަށް އެދޭނަމޭ! މަލް ބޭނުންވަނީވެސް ހަމައެކަނި އެކަން! މަލް ބުނީ އާންއަށް ކުރެވުނު ކަންތައް އިހުސާސްވެގެން މާފަށް އެދިއްޖެއްޔާ މާދަމާވެސް އަންނަންވިއްޔޭ!” މަލްނާ ފެނުމުން އަލްޔާން ކުއްލިއަކަށް ހުއްޓުންއަރާފައި ހުންނަން ފެށުމުން އިޝްރާ ވާހަކަދެއްކިއެވެ.
“އިޝް! ޔަޤީންތަ މިއީ މަލް ކަން؟” އެއްޗެކޭ ނުބުނެ ހުރެފައި އަލްޔާން ކޮއްލީ މޮޔަ ސުވާލެކެވެ.
“މަލް ނޫނިއްޔާ މިއީ ކާކު ކަމަށް ހީކުރީ؟” އަލްޔާންގެ ސުވާލުގެ އަޑު އިވިފައި އިޝްރާއަށްވުރެ ކުރިން ވާހަކަދެއްކީ މަލްނާއެވެ.
“އޯކޭ! މަލް ކަން ޔަޤީންވެއްޖެ! އެކަމަކު ބުނަން! މަލް ވަރަށް ބަދަލުވެއްޖެ!” ފައިމަތީގައި ބައިންދާލައިގެން އިން ގިޓައާއި އެކީ ތެދުވަމުން އަލްޔާން ބުނެލިއެވެ.
“މަލް އެކަންޏެއް ނޫނޭ! އާން ވެސް!” މަލްނާވެސް ރައްދުގައި ބުނެލިއެވެ.
“އޯކޭ! ދެމީހުން ވާހަކަދައްކައިގެން ތިދެމީހުންގެ ދެމެދުގައި އޮތް ކޯލްޑް ވާރ ނިންމާ! އިޝް އެބަ އަންނަން! މަލް! ޖައްސާލާ ކޮންމެވެސް ތާކު!” އެދެމީހުން އެކަނި ވާހަކަދައްކާލަން ފުރުސަތު ދެމުން އިޝްރާ އެތަނުން ނުކުމެގެން ދިޔައެވެ.
******************************
“އެދެމީހުން އެކަނި ވާހަކަދައްކާލަން ޗާންސެއް ދީފައި މިއައީ! އިޝް އެބަ އަންނަން! ތިދެމީހުން ހުރެލާ ޝޯ ބަލާލަން! އެންޑް ނޯ ނީޑް ޓު ވޮރީ! މަލް ނުނިކުންނާނެ އެދެމީހުންގެ މައްސަލަގަނޑު ހައްލުވިއަކަސް އަދި. އިޝް ބުނެފައި އޮންނާނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާ އެތާ ހިފަހައްޓާލަން! އެހެންވީމައި ހަމަޖެހިލައިގެން ހުރޭ! އިޝް އަންނާނަން.” ބުނަން ބޭނުންވި ހުރިހާ އެއްޗެއް އެއްފަހަރާ ބުނެލާފައި އިޝްރާ ދުވެފައި ތިރިއަށް ފައިބައިގެން ދިޔައީ އެހެން މީހަކަށް އިތުރު އެއްޗެއް ބުނެލާނެ ފުރުސަތެއްވެސް ނުދީއެވެ.
******************************
“އޯކޭ މަލް! ލެޓް މީ ސޭ ދިސް ކުއިކް! ފުރަތަމަ ކަމަކަށް، މަލްއާއިމެދު އެގޮތަށް ކަންތައް ކުރެވުނީމައި އެދުވަސްކޮޅު އެއްވެސް ވަރަކަށް ދެރަވިއެކޭ އެއްފަހަރަކުވެސް ނުބުނާނަން! އެކަމަކު މެލޭއަށް ބަދަލުވެފައި އެދުވަސްކޮޅު އެކޮޅުގައި އާންއާއި ވަރަށް ގާތްކޮށް އުޅުނު ކުއްޖަކަށްވެސް ހަމަ މިކަހަލަ ކަމެއް ދިމާވެގެން އޭނާއާއި އެކަމާއި ކުރިމަތިލާން އޭނައަށް އާން އެހީވީން. އެފަހަރު ކީއްވެގެން ކަމެއް ނޭނގޭ، ކުއްލިއަކަށް މަލް މަތިން ހަނދާންވީ. އެފަހަރު އެއީ އާންއަށް ކުރެވުނު ކަންތައް އެއީ ކިހާވަރެއްގެ ކަމެއްކަން ފުރަތަމަ ފަހަރަށް އެންމެ އިހުސާސްކުރެވުނު ދުވަސް. ތެދަށް ބުނަންޏާ އެފަހަރު ވަރަށް ދެރަވި، މަލްގެ ގާތުން މާފަށް ނޭދި ހުއްޓާ ދެން ދުވަހަކުވެސް އެ ފުރުސަތުވެސް ނުލިބިދާނެޔޭ ހީވީމައި. ހަމަ އާން ގޮތަށް މަލްވެސް އެހެން ތަނަކަށް ކިޔަވަން ވިޔަސް، ބަދަލުވެއްޖެއްޔާ ދެން އަލުން މަލްގެ ގާތުގައި މާފަށް އެދުމުގެ ފުރުސަތު ނުލިބިދާނެޔޭ ހިތައި ވަރަށް ގިލްޓީވެފައި ހުއްޓާ މި ފުރުސަތު މި ލިބުނީ. އެހެންވީމައި ފަހުފަހަރަށް މިވާހަކަ ބުނާނަން! އައިޝަތު މަލްނާ ރަޝީދު، މަލް ބިރުގަންނަވައި ރޮއްވަން ކުރެވުނު ކަންތަކަށް، ކިޔުނު ހުރިހާ އެއްޗިއްސަކަށް ވަރަށް ބޮޑަށް މާފަށް އެދެން! ކުރުކޮށް ބުނަންޏާ މަލް ހިތްހަމަނުޖެހޭ ގޮތަށް އާންއަށް ކުރެވިފައިވާ ހުރިހާ ކަމަކަށް މާފަށް އެދެން! އައިމް ރިއަލީ ސޮރީ!” އަލްޔާން ވާހކަދައްކަން ފެށިގޮތަށް ނޭވާއެއް ނުލައި ހުރެ އެއްފައްޗަކަށް ހުރިހައި އެއްޗެއް އަމުނާލައި ނިންމާލިއެވެ. އަދި އެއަށްފަހު އިތުރަށް މަލްނާއާއި ދިމާލަށް ބަލަހައްޓައިގެން ހުންނަން ނުކެރިގެން ގިޓާ ލާން ކަމަށް ހަދާފައި ގިޓާ ސްޓޭންޑާއި ދިމާލަށް ހިނގައިގަތެވެ.
“މިއަދު އިޝް ގެއަށް ވަންނަމުން ބުނީ އާން ފެނިފައި ހޭ ނުނެތެއްޗޭ! ކީއްވެހޭ އެހީމައި ބުނީ މިހާރު އާން ކުރިއާއި ބަލާފައި ހެސްކިޔާފައި ހޭންޑްސަމްވީމައޭ! އެއްބަސް، އެކަމަކު އާންގެ ކުރީގެ ބުލީ ސައިޑް ދައްކާލީމައި ދެން ކިހިނެއް އާންއަށް ފޯލް ވެވޭނީ؟ އާންގެ ތި ސައިޑް ކުރިން ފެނުނުނަމަ މިއަދު އާން ފެނުނީމައި އެހެން ދިމާލަކަށް ބަލާލަން ތަންކޮޅެއް އުނދަގޫ ވީހީސް ކަންނޭނގެ!” އަލްޔާން އަނެއް ފަރާތަށް އެނބުރިގެން ހުންނަން ފެށުމުން މަލްނާ ނިކަން ދުރުން ގާގަނޑެއް އެއްލިއެވެ.
“އަސްލު؟ އިޝް ހަމަ ބުނި އެހެން؟ ދެން ކުރީގެ ދުވަސްތައް ދޫކޮށްލާފައި ބުނެބަލަ، މަލްއަށް އާންއަކީ މިހާރު ކިހާވަރެއްގެ މީހެއް؟” އަލްޔާން ޔަޤީންކުރަން ބޭނުންވީ އެންމެ ކަމެކެވެ.
“އިޝް ހަމަ ބުނި އެހެން. މަލް ކީއްކުރަން ދޮގު ހަދަން ވީކީ؟ ދެން އާންގެ ވާހަކަ. އާން މާފަށް އެދުނުއިރު މަލްއަށް ފާހަގަވި އާންގެ ސިންސިއަރިޓީ. އެހެންވީމައި އާންއަށް މާފުކޮށްފިން. ތިއީ މިހާރު މަލްގެ އެކުވެރިއެއް، އިޝްމެން ފަދައިން.” ހިނިތުންވެފައި ހުރެ މަލް ބުނެލިއެވެ.
“ޔަޤީންތަ އިތުރު އެއްވެސް އެއްޗެއް މަލްގެ ހިތުގައި އާންއާއިމެދު ނެތްކަން؟” މަލްނާގެ ޖަވާބު އަޑުއިވުމާއިއެކީ ލާނެތްވެލާފައި އަލްޔާން އަހާލިއެވެ.
“އެއްކަލަ މީހާ. ރީއްޗަށް ބުނީމައިވެސް ޤަބޫލެއް ނުކުރި. ދެން އެހެން ވެއްޖިއްޔާ ބުނެބަލަ. މިސާލަކަށް، ހަނދާން ކުރާތި އިނގޭ ހަމައެކަނި މިސާލަކަށް، މަލް އާންދެކެ ލައިކްވެގެން އެވާހަކަ ބުނެފިއްޔާ މަލް އެކްސެޕްޓް ކުރާނަންތަ؟” އަލްޔާންގެ ގައިގައި ބޮނޑިއެއް އަޅާލުމަށްފަހު ނިކަން ސީރިއަސްވެ ހުރެ މަލްނާ އަހާލިއެވެ.
“ތިހެން މިއަދު ނޫނީ އެންމެ ކުޑަމިނުން ކައިރި މުސްތަޤްބަލެއްގައި ބުނެފިއްޔާ ބުނެވޭނީ ވަރަށް ބޮޑަށް މަޢާފުކުރާށޭ. ނޭނގި ހުއްޓާ އެންމެ ފުރަތަމަ ފެނިލުމާއެކީ ޗާލު ފަތްމިންޏެއް އައިސް މިހިތް ޖަހައިގަނެގެން ހިނގައްޖެޔޭ! އެހެންވީމައި އެ ފުރުސަތެއް ނެތޭ!” ނިކަން އަސަރާއިއެކު އަލްޔާން ބުނެލިއެވެ.
“އޯހޯ! އެންމެ ފަހުން މަގޭ އެކްސް-ބިގް ބުލީ އާޝިޤަކަށް ވެއްޖެ ދޯ! ކޮބާތަ ތި ބުނާ ފަތްމިންޏަކީ؟ ތިހާ ރީތި ކުއްޖަކު ވެއްޖިއްޔާ މަލްވެސް ބޭނުން ބަލާލަން!” އަލްޔާންއާއި ދިމާކޮށްލަމުން މަލްނާ އަހާލިއެވެ.
******************************
“ލޫންމެން ދެން ނައްޓާލާ! އާން ނިކުންނައިރު ތިދެމީހުން ހުރިއްޔާ ކަޑަވާނެ، އޭރަށް އޭނައަށް އެނގޭނެ އަހަރުން ކޮންމެވެސް ސަކަރާތެއް ޖަހައިފިކަން. އޭނައާއި ފަހުން އިޝް ދިމާކޮށްލާނަން. އެކަމަކު އިޝް ބޭނުމެއް ނޫން ތިދެމީހުންވެސް މިކަމުގައި އިސްކޮށް އުޅުނުކަން އެނގޭކަށް. އެހެންވީމައި ތި ދެމީހުން އެކްޓް ކުރަންވީ އިޝް ބުނީމައި އެނގުނު ގޮތަށް. އޯކޭ! ދެން ދޭ ގެއަށް! ހަވީރަށް ހަނދާންކޮށް ގަޑިއަށް އަންނާތި ޕްރެކްޓިސްއަށް!” ދިޔަ ތަނަކުން އެނބުރި އައިސް ހަދަންވީ ގޮތް ބުނެދިނުމަށްފަހު އިޝްރާ ގޮސް ލުބްނާމެން އަނބުރާ ގެއަށް ފޮނުވާލިއެވެ. އެއަށްފަހު އިޝްރާ އަލުން މިސްރާބުޖެހީ މައްޗަށް ދިއުމަށެވެ.
******************************
“މަގޭ ހިތޭ ގެއްލުނީ. އޭނާގެ ހިތް އޮތްގޮތެއް ނޭނގޭ. އަދި އަހަރުމެން ދެމީހުން އެހާ ކްލޯޒްއެއް ވެސް ނޫން. ހަމައެކަނި ލެެވެލް 1 ގެ އެކުވެރިންނޭ ބުނެވޭނީ. އެހެންވީމައި އިހަކަށް ނުދެއްކޭނެ. އެކަމަކު ކުރިއެރުމެއް ލިިބިއްޖެއްޔާ މަލް ގާތުގައި ބުނާނަން. ދެން، އިޝް ގާތުގައި މިވާހަކަތައް ނުބުނާތި! މަގޭ ދުވަސް ދާނެ އޭނާއަށް އެނގިއްޖެއްޔާ! މަލްއަށް އެކަނި އަދި މިވާހަކަތައް އެނގޭނީ! އައި ވިލް ޓްރަސްޓް ޔޫ ވިތް ދިސް އޮން އަވަރ ނިއު ފްރެންޑްޝިޕް.” އަލްޔާން މިހެން ބުނެ މަލްނާއަށް ކަނާއަތް ދިއްކޮށްލިއެވެ.
“ފްރެންޑްސް!” އަލްޔާންގެ އަތުގައި ހިފައި ސަލާމްކޮށްލަމުން މަލްނާ ބުނެލިއެވެ. އެއާއިއެކު އަލްޔާން ވެސް ބޯޖަހާލިއެވެ.
******************************
ދޮރުގައި ޓަކިޖަހާލި އަޑަށް ދެމީހުން އެއްފަހަރާ ހުރިގޮތަށް ހުރެ ބަލާލިއެވެ. އޭރު އިޝްރާ ދޮރު ހުޅުވާލާފައި ވަދެގެން އަންނަނީއެވެ.
“އައިމް ގެސިންގް ދިސް މީންސް އެވްރީތިންގް އިޒް ކްލިއަރ ބިޓްވީން ޔޫ ޓޫ؟” ސަލާމްކޮށްލަން ހިފައިލެވިފައިވީ އަލްޔާންއާއި މަލްނާގެ އަތަށް އިޝާރާތް ކޮށްލަމުން އިޝްރާ އަހާލިއެވެ.
“އޮބްވިއަސްލީ. އެއީ މާކުރީގެ ކަމެއް. ދެން މިހާރު ހަމަވިސްނުން ލިބުނީމައި އަލުން އެކުވެރިންގެ ގޮތުގައި ފެށީމައި ނިމުނީއެއްނު؟” އަލްޔާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އިޝްރާއަށް ޖަވާބުދިނީ މަލްނާއެވެ.
“ޔަޤީންތަ އެކުވެރިންގެ ގޮތުގައިކަން؟” ލާނެތްވެލާފައި އިޝްރާ އަހާލިއެވެ. އެއާއިއެކު މަލްނާ އަމިއްލައަށް ނިއްކުރީގައި ޖަހާލަމުން ބޯހޫރުވާލީ މިއީ އެއްފޮތަކުން ކިޔަވައިގެން ތިބި ދެބެއިންނޭ ހިތަށް އަރާފައެވެ.
“އައި އޯލްވޭސް ޓްރަސް މައި އިންސްޓިންކްޓްސް! އެންޓް އިޓް ޓެލްސް މީ ދެޓް އާން އިޒް ނޮޓް މައި މިސްޓަރ ރައިޓް. ސޯ ހައު ވިލް އިޓް ވޯކް އިން އެނީ އަދަރ ވޭ؟” ހަށަމަށް ދެއަތް ނަގަމުން މަލްނާ އަހާލިއެވެ.
“އޯކޭ، ވަޓްއެވަރ ޔޫ ސޭ! ދެން ދެމީހުން އެއްގަލަކަށް އެރީތީ މަރުހަބާ، އެއަށްފަހު ޝުކުރިއްޔާ! އެއްދުވަހުވެސް ތި ދެމީހުން އެއްތާކު ހުއްޓާ ތިދެމީހުން ތޮޅެގަނެފާނެތީ ދެން އިޝް ވިސްނާކަށް ނުޖެހޭނެ! ދެން އާން ދާންވީ މަލް ގެއަށް ލާން! އިޝް މިދަނީ ފެންވަރަން! ހޫނުވެގެން ގޮސް ހަލާކުވެއްޖެ!” އަތުގައި އޮތް ވޫލުކޮޅުން އިސްތަށިގަނޑު އައްސާލަމުން އިޝްރާ ބުނެލިއެވެ. އެއަށްފަހު އޭނާ ކޮޓަރިއަށް ދާން ހިނގައިގަތުމުން އަލްޔާންވެސް “ދާން ހިނގާ”ށޭ ކިޔާފައި މަލްނާ ގޮވައިގެން ނުކުތެވެ. އެމީހުން ނިކުތް އިރު ލުބްނާމެން ތިބި ތަން ހުސްކޮށް އޮތުމުން މަލްނާއަށް ޙައިރާންކަމެއް ލިބުނެވެ. އެހެނަސް އިޝްރާގެ އެދުމުގެ މަތިން އަލްޔާންއަށް ޝައްކެއް ނުވާނޭހެން އަޅައިވެސް ނުލައި ތިރިއަށް ފޭބީ ފަހުން އިޝްރާގެ ގާތުން އަހަން ނިންމައިގެންނެވެ.
“އާން؟ ކޮންކުއްޖެއް ގޮވައިގެން ތިއުޅެނީ މިއަދު؟ މަންމައަށް އަންގާވެސް ނުލައި ފޮނުވާލަންތަ ތިއުޅެނީ؟” އަލްޔާން މަލްނާ ގޮވައިގެން ނިކުންނަން ދިޔައިރު ކޮޓަރިން ނިކުތް އަލީޒާއަށް އެ މަންޒަރު ފެނި ގޮވާލިއެވެ.
“މަންމައަށް އެނގޭނެ މިއީ ކާކުކަން. މަލް ގެއަށް ލާން މިދަނީ.” އަލީޒާގެ އަޑަށް ދެމީހުން އެއްފަހަރާ އެނބުރިލުމުން އަލްޔާން ބުނެލިއެވެ.
“ދެމީހުން ދޭތެރޭ އޮތް މައްސަލަގަނޑު ހައްލުވީތަ މިހާރު؟” އެންމެ ފުރަތަމަވެސް އަލީޒާ އަހާލި ސުވާލުން ދެމީހުން ގާތަށްވެސް ހިނިއައެވެ.
“ލީޒް ދައްތާ! އެކަން ނިމިއްޖެ! ނޫންނަމަ ހީވޭތަ މަލް، އާންއާއި 10 ފޫޓަށްވުރެ ކައިރީގައި ހުންނާނެހެން؟” މާޒީގެ ހަނދާން އާކޮށްލަމުން މަލްނާ އަހާލިއެވެ. އެއާއިއެކު އަލީޒާއަށްވެސް އެދުވަސްވަރުގެ މަތިން ހަނދާންވެ، އިޚްތިޔާރަކާއި ނުލައި ހެވުނެވެ.
“އެހެންވީމައި މަލް ދެން ތަންކޮޅެއް ގިނައިން މިގެއަށް އަންނާތި! އާން ނަމާދުކޮށްގެންތަ ތިއުޅެނީ؟” މަލްނާއަށް ޖަވާބުދިނުމަށްފަހު އަލްޔާން ކުރެން އަލީޒާ އަހާލިއެވެ. އެއާއިއެކު އަލްޔާންގެ ނަޒަރު ދަތުރުކޮށްލީ ސިޓިންރޫމްގެ ފާރުގައި ހުރި ބޮޑު ގަޑިއަށެވެ.
“އެކެއް ޖެހީތަ؟ އެހާ އިރު ވަންދެން އެތާ މި އިނދެވުނީ؟” ގަޑިން ވީއިރު ފެނުމާއިއެކީ އަލްޔާންއަށް ބުނެވުނެވެ.
“އެހެންވީމައި މަލް ލާފައި އަންނަމުން މިސްކިތަށް އަރައި ނަމާދުކޮށްގެން އާދޭ! ދެން ދޭ ލަސްނުކޮށް އޭނަ ލާން! އެކުއްޖާ އެއުޅެނީ އިޝް މެންނާއިއެކު ސްކޫލް ރީތިކުރަން ދިޔަގޮތަށް ނިންމާފައި ސީދާ މިގެއަށް އައިސްކަން މަންމައަށް އިނގޭ!” އަލީޒާ އަލްޔާންއަށް ބުނެލިއެވެ. އެއާއިއެކު ބޯޖަހާލާފައި ދެމީހުން އެކީގައި ނުކުމެގެން ދިޔައެވެ.
*******(ނުނިމޭ)*******
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊
when is next part