ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ދިހަވަނަ ބައި)
“އެންމެ ރަނގަޅު! އެހެންވީމައި މިއަދު މިކޮޅުން ނިންމާފައި މަލް ހިނގާ އަހަރުން ގެއަށް! ތި ދެމީހުން ދޭތެރޭގައި ޖެހިފައި އޮތް މައްސަލައެއް ވިއްޔާ ޙައްލުކުރަން!” އިޝްރާ ބުނެލިއެވެ.
“ކިހިނެއް ވާނީ މިއަދު ހަވީރު އެންމެން އެއްކޮށް ތުނޑީކޮޅަށް ދާން! ލައްކަ ދުވަސް ވެއްޖެއެއްނު އެންމެން އެއްކޮށް ސަކަރާތް ގަނޑެއް ޖަހާނުލަނީ؟” މަލްނާ އަހާލިއެވެ.
“ތިގޮތް ކިތަންމެހާވެސް ރަނގަޅު. އެކަމަކު މައްސަލައަކީ ހަވީރަށް ފަރިތަކުރުން ރާވާފައި އޮތީމައި. ދެން މާކަ ގިނަ ދުވަހެއްވެސް ނެތް، އެހެންވީމައި ފަރިތަކުރުންތައް ކެންސަލްކޮށްލީމައިވެސް އުނދަގޫ ވާނެއެއްނު؟” އިޝްރާ އެގޮތަށް ކަން ވާން ނެތް ސަބަބު އޮޅުންފިލުވައިދިނެވެ.
“ކޮން ފަރިތަކުރުމެއް؟” މަލްނާ އަހާލީ އިޝްރާ ދައްކާ ވާހަކައިގެ މައިގަނޑު މިސްރާބު ދާ ދިމާ ނޭނގިގެންނެވެ.
“ބާންމެން އަންނަ މަހު ފަހުކޮޅު ބާއްވާ ޝޯގެ ވާހަކަ އެ ބުނީ. ލޫންއާއި އިޝްއާއި އާންއަށް ބާން ފުރުސަތެއް ދިނީ ޝޯގައި ބައިވެރިވާން. އެހެންވީމައި އަހަރުން އެންމެން އެއްކޮށް ފަރިތަކުރާ ވާހަކަ އެބުނީ. އަހަރުން އެކަކަށްވެސް އެގަޑީގައި ދާން ފަސޭހައެއް ނުވާނެ މިދުވަސްކޮޅުގެ ގޮތުން. ބާން ނޫނީ އެކަކުވެސް ނެތް މިވީ ކައިރި ޤަރުނުގައިވެސް ޝޯ ޕާރފޯމަންސަކަށް ސްޓޭޖަކަށް އެރި މީހަކު. އެހެންވީމައި އަހަރުން އެންމެންވެސް ބޭނުންވީ ރަނގަޅަށް މި އޮތް ދުވަސްކޮޅު އެންމެ ދުވަހެއްވެސް ވައްޓައިނުލާ ފަރިތަކުރަން!” ހުރިހައި އިރަކު ވާހަކަ ނުދައްކާ ހުރި ލުބްނާގެ އަނގަ ފެޅީ އެހާހިސާބުންނެވެ.
“މަލް ވެސް އަހަރުންނާއި ބައިވެރިވާންވީނު؟” ލިބާން އަހާލީ މަލްނާ ކުރެންނެވެ.
“ނޯ ތޭންކްސް! އައިމް ނޮޓް އަ ޕާރފޯމިންގް ޕާރސަން.” ލިބާންގެ ހުށަހެޅުން މަލްނާ ދޫކޮށްލިއެވެ.
“މޭބީ ނޮޓް ޕާރފޯމިންގް، ބަޓް ޔޫ ޝޫއަރލީ އާރ ޕްރެޒެންޓިންގް. ޔަޤީންތަ މި ފުރުސަތު ދޫކޮށްލާނީކަން؟” ލިބާން ހުށަހެޅީ މަލްނާއަށް ދޫކޮށްލަން ހިތް ދެކޮޅުހަދާ ވަރުގެ ފުރުސަތެކެވެ. އެހެނަސް ނިންމުމެއް ނިންމަން ދަތިވެފައި ހުރެ މަލްނާ ބަލައިލީ އިޝްރާއާއި ލުބްނާއާއި ދިމާލަށެވެ.
“އޯކޭ ދެން، އައިލް ގިވް އިޓް އަ ޝޮޓް!” އިޝްރާއާއި ލުބްނާއާއި ދެމީހުންވެސް އޭނާ ބަލައިލިހިނދު ބޯ ޖަހައިލުމުން މަލްނާ އެއްބަސްވިއެވެ. އެހިނދު އެންމެންގެ މޫނުމަތިން ރީތި ހިނިތުންވުމެއް ދުވެލިއެވެ.
“އެހެންވީމައި ޕްލޭން ތައްޔާރުވީމައި ބާން، މަލްއަށް ގެންގޮސްދޭނަން ބޭނުންވާ ހުރިހާ އެއްޗެއް! ޔޫ ކޭން މޭކް އިންޓްރޯސް އެންޑް ޕްރެޒެންޓޭޝަންސް އޮފް ޔުއަރ އޯން ސްޓައިލް! ބާން މަލްއަށް އެކަމުގައި 100 ޕަސެންޓް އިތުބާރުކުރަން! މުޅި ސްކޫލުގައިވެސް އެކަން އެންމެ ފުރިހަމައަށް ކުރެވޭނެ މީހަކީ ތިއީ!” ހެވިފައި ހުރެ ލިބާން ބުނެލިއެވެ.
“އޯކޭ ދެން، އެންޑް ތޭންކްސް އަ ލޮޓް! އެންޑް ކޮންގްރެޓްސް ޓު ޔޫ އޯލް އޮން މޭކިންގް އަ ކަމްބެކް!” އުފަލުންހުރެ މަލްނާ ބުނެލިއެވެ.
“އެހެންވީމައި މިއަދު މަސައްކަތްތައް ނިމުނީމައި ގެއަށް ދިއުމުގެ ކުރިން އިޝްއާއި އެއްކޮށް ގެއަށް ހިނގާ! އާންއަކަށް ނުކެރޭނެ މިފަހަރު މާފަށް ނޭދި ހުންނާކަށް!” ޔަޤީންކަމާއިއެކު އިޝްރާ ބުނެލިއެވެ.
“އެންމެ ރަނގަޅު! އެހެންވީމައި ދެން އިތުރުކަމެއް ނެތިއްޔާ މަސައްކަތަށް އެނބުރި ދަމާ!” ހިނިތުންވެލާފައި މަލްނާ ބުނެލިއެވެ.
ލާފައިވާ ކުލަތައް ހިކިފައި ހުރި ފާރުތަކުގައި ކުރަހަން އުޅުނު އިޝްރާގެ ހިތުގައިވީ އެންމެ ސުވާލެކެވެ. މާފަށް އެދޭނަމޭ ބުނެފައިވިއަކަސް އެހާ ކުއްލި ގޮތަކަށް މަލްނާ ގެއަށް ގެނައުމުން އަލްޔާން އެކަން ކުރާނެ ބާވައެވެ؟ މަލްނާ ގޮވައިގެން ގެއަށް ދިއުމުން އަލްޔާންގެ ޢަމަލުތައް ހުންނާނީ ކޮން ގޮތަކަށް ބާވައެވެ؟ ކޮންމެ ގޮތެއްވިޔަސް އަލްޔާންއާއި ދިމާކޮށްލަން މި ލިބުނީ ރަނުގެ ފުރުސަތެކެވެ. މިއަދު ކަންތައް އޮންނާނެއެވެ.
ޚިޔާލުތަކުގައި ހުރި އިޝްރާއަށް ކުއްލި ސިހުމެއް ލިބުނީ ކުއްލިއަކަށް ކަށިގަނޑެއް ފުމެލި އަޑު އިވިފައެވެ. ފުމެލި ރާގުން، މިއަދުގެ މަސައްކަތް ނިންމާލަންވީ ވަގުތު ޖެހުނީކަމާއި، އެއްޗެހިތައް ޕެކްކޮށްގެން ހޯލަށް ދާންވީކަން އިޝްރާ ދެނެގަތެވެ. އެއާއިއެކު ކުރަންހުރި މަސައްކަތް މިއަދަށް ނިންމާލުމަށްފަހު ކައިރީގައި އުޅުނު ދެތިން ކުއްޖެއްގެ އެހީގައި އެމީހުން ގެންގުޅުނު ކުލަފާޓާތަކާއި ފިހިތައް ހިފައިގެން އެންމެން ހޯލާއި ދިމާލަށް މިސްރާބު ޖެއްސެވެ.
ހޯލަށް ވަދެ އެއްފަރާތުގައި ހުރިހާ ސާމާނުތައް ބަހައްޓާފައި ހުރި ސަރަޙައްދުގައި އެމީހުން ގެންގުޅުނު ހުރިހާ އެއްޗެއް ބެހެއްޓުމަށްފަހު ހަމަޖެހިލިތަނާ އެހެން ރާގަކަށް ކަށިގަނޑު ފުމެލުމުން ހުރިހާ އެންމެން ސްޓޭޖާއި ދިމާލަށް އެއްވެލިއެވެ. އޭރު ކަރުގައި ކަށިގަނޑު އަޅައިގެން މަލްނާ ސްޓޭޖް މަތީގައި ހުއްޓެވެ. ކައިރީގައި އާރޓްސް ކްލަބުގެ ކެޕްޓަން ރަނާވެސް ހުއްޓެވެ.
“ގުރޫޕުތަކަށް ބެހިލާފައި އެންމެން ވަކިވެލާ! ކޮންމެ ގުރޫޕަކުންވެސް އެއްވެސް މީހަކު މަދުތޯ ބަލާބަލަ!” ކަށިގަނޑު ފުމެލުމަށްފަހު މަލްނާ ގޮވާލިއެވެ. އެއާއިއެކު ކުދިންތައް އެކިދިމާލަށް ބެހިލުމަށްފަހު ކުދިކުދި ގުރޫޕުތަކަށް ބެހިލަން ފެށިއެވެ.
“ކޮބާ؟ އެންމެން ހަމަ ގުރޫޕުތަކުން އަތްމައްޗަށް ނަގާބަލަ!” އެންމެންގެ ސަމާލުކަން ހޯދުމަށްޓަކައި އަތްތިލަބަޑި ޖަހާލުމަށްފަހު މަލްނާ ގޮވާލިއެވެ. އެއާއިއެކު ހުރިހާ ގުރޫޕުތަކުންވެސް އަތް ނަގާލިއެވެ.
“އެންމެ ރަނގަޅު، އެހެންވީމައި މިއަދަށްވީ މަސައްކަތް ނިމުނީ! މިހާތަނަށް އައި އިރު މަސައްކަތްތަކުގެ ދުވެލި ދާ ހަލުވިމިން ވަރަށް ރަނގަޅު! އެހެންވީމައި އެންމެންވެސް ހަމަ ތިގޮތުގައި ކުރިއަށް ދޭ! ހަނދާންކުރާތި! މަސައްކަތް ނިމުނީމައި ޖުމްލަގޮތެއްގައި އެންމެ ހަލުވިމިނުގައި މަސައްކަތް ކުރިއަށް ގެންދިޔަ ގުރޫޕް އިޢުލާންކޮށް ޙާއްސަ އިނާމެއް އޮންނާނެ! އާރޓްސްއާއި މީޑިއާ ގުޅިގެން މި ދަނީ ކޮންމެ ދުވަހެއްގެ ޕްރޮގްރެސް ބަލަމުން، ނަތީޖާތައް އިޢުލާންކުރާނީ އެއްފަހަރާާ! އެހެންވީމައި ހުރިހާ އެންމެންވެސް މަސައްކަތްކުރަންވީ ކޮންމެ ދުވަހަކުވެސް އެބަޔަކަށް ވީ އެންމެ ރަނގަޅަށް، އެންމެ އަވަހަކަށް މަސައްކަތް ނިންމަން!” މަސައްކަތުގައި އުޅުނު ހުރިހާ ދަރިވަރުންނާއި މުޚާތަބުކުރި ގޮތުން ހަރުދަނާ އިސްދަރިވަރެއްގެ ކިބައިން ފެންނާން ޖެހޭ ހުރިހާ ސިފަތަކެއް މަލްނާގެ ކިބައިން ވަރަށް ރަނގަޅަށް ފާހަގަވިއެވެ.
“އަދި އެއް ވާހަކަ! މާދަމާއިން ފެށިގެން އިތުރު ކުއްޖަކު އަހަރެމެންނާއި ބައިވެރިވާނެ! ތީގެތެރެއިން ގިނަކުދިންނަށް އެނގޭ، ދުވަސްވީ އެކުވެރިއެއް އެއީ! އެކުއްޖާ ގުޅޭނީ ގުރޫޕް ޖީ އާއި! އެއީ އިޝްރާމެން ގުރޫޕް! އިތުރު ތަފްސީލުތައް މާދާމާގެ މޯނިންގް ބްރީފިންގްގައި ހިއްސާކުރެވޭނެ! ދެޓްސް އޯލް ފޯރ ޓުޑޭ! ޑިސްމިސްޑް!” އަތްތިލަބަޑި ޖަހާލުމަށްފަހު މަލްނާ ބުނެލިއެވެ.
“ހެލޯ! ކީއްވެތަ ރިނީއަށް ނޭނގުނީ ތިބުނާ މީހަކު ޖޮއިންކުރާކަން ތަންކޮޅެއް ކުރިން! ރިނީ މިއީ އާރޓްސް ޕްރެޒިޑެންޓޭ! ހީވަނީތަ ހުރިހާ ކަމެއް އަމިއްލައަށް ބޭނުން ގޮތަކަށް ނިންމާލެވިދާނެހެން؟” ކުދިންތައް ހޯލުން ނިކުމެގެން ދާން ފެށުމުން އައިސްފައި ހުރި ރުޅިގަނޑުގައި މަލްނާއާއި ދިމާލަށް ރަނާ ބުނެލިއެވެ.
“މަލް ހީކުރީ ޕްރިންްސެސް ރިނީ ބޭނުންވާނީ މޭމްގެ ވޯކްލޯޑް ކުޑަވާ ގޮތެއް ވާން ހެން! އިތުރު މީހަކު ޖޮއިން ކުރީމައި މޭމްގެ ވޯކްލޯޑް ކުޑަ ދޯ ވާނީ؟” ޖެއްސުމަށް ބުނެލާ ފަދައިން ވިޔަސް މަލްނާ ބުނެލީ ޙަޤީޤަތެވެ.
“އައި ޑޯންޓް ވޯންޓް ޓު ފައިޓް ވިތް ޔޫ ސޯ އައިލް ލެޓް ދިސް ގޯ ޖަސްޓް ދިސް ވަން ޓައިމް!” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން އިތުރަށް އެތަނުގައި މަޑުކުރަން ނުހަދާ ރަނާ ހިނގައިގަތެެވެ.
“މަލް ވަކި އެބައުޅެންތަ ރަނާއާއި ޒުވާބުކުރާ ހިތަކުން.” އަމިއްލައަށް ބުނެލާފައި މަލްނާވެސް ނުކުމެ ހިނގައިގަތީ އިޝްރާމެން ހޯދުމަށެވެ.
ގޭޓާއި ހަމައަށް ދެވުނުއިރު ތިން މީހުން މަލްނާގެ އިންތިޒާރުގައި މަޑުކޮށްގެން ހުއްޓެވެ. މަލްނާ އައިސް އަރާ ހަމަވުމާއިއެކީ އެކި ވާހަކަތަކުގައި ތިބެ އެންމެން ހިނގައިގަތީ އިޝްރާމެން ގެއާއި ދިމާލަށެވެ. އެވަގުތު އެޅުވޭނެ ‘ލައިވް’ ޝޯ ބެލުމަށެވެ.
“މަލް! ލެޓް މީ ސޭ ވަން ތިންގް! އާން ނުފެންނަތާ 5 އަހަރު ވީމައި މިހެން މިބުނަނީ! ޑޯންޓް ފެއިންޓް!” ގޭ ދޮރާއި ގާތްގަނޑަކަށް އަރައި ހަމަވުމުން އިޝްރާ ބުނެލިއެވެ.
“އެޔޯ؟” ވާނުވާ ނޭނގިފައި ހުރެ މަލްނާ އަހާލިއެވެ.
“މިހެން ކޮންމެހެން ބުނަން ބޭނުން ނުވިޔަސް ޙަޤީޤަތަކީ މިއީ! މިވީ އަހަރުތަކުގެ ތެރޭގައި އޭނަ ވަރަށް ހޭންޑްސަމް ވެއްޖެ!” ބުނަން ނުބުނަން ކަހަލަ ގޮތަކަށް ހުރެފައި އިޝްރާ ބުނެލިއެވެ.
“އޯ ޕްލީޒް! ދެއަރ އިޒް ނޯ ވޭ ދެޓް އައެމް ގޮއިންގް ޓު ބީ ހެޑްސް އޯވަރ ހީލްސް ފޯރ ހިމް!” ޔަޤީންކަމާއެކީ މަލްނާ ބުނެލިއެވެ.
“އިޝްވެސް ބޭނުންވާ ގޮތަކީ ތިއީ! ދެން ބުނަން! އާންއަށް މާފުކުރިއަކަސް އޭނައާއި ދިމާލަށް ބުނަން ބޭނުން އެއްޗެއް އޮތިއްޔާ މިއަދު ބުނާތި! ތިދެމީހުންގެ ދެމެދުގައި އޮތް ޒަމާންވީ ރުޅިވެރިކަން ނައްތާލާފައި އަލުން އެކުވެރިކަން ފަށަންވީ ދުވަސް މިއީ!” އިޝްރާ ބުނެލިއެވެ. އެއާއެކު މަލްނާ ބޯޖަހާލުމުން އެންމެން އެކީ ގޭތެރެއަށް ވަނެވެ.
“ހާދަހާ އަޑުމަޑޭ! އެކަކުވެސް ނެތީތަ ގޭގައި؟” ގޭތެރެއަށް ވަތްއިރު މާ ހިމޭންކޮށް އޮތުމުން ލުބްނާއަށް ބުނެވުނެވެ.
“ނޫނޭ! މިގަޑީގައި ދޮންތަބެ ނޫން އެންމެން އުޅޭނެ!” އިޝްރާ ރައްދުގައި ބުނެލިއެވެ.
“އިޝް! މަތީގައި ކާކު އުޅެނީ؟” ކުއްލިއަކަށް ލިބާން އަހާލިއެވެ.
“ނޭނގޭ! ކިހިނެއްވީ؟” އިޝްރާއަށް ވާނުވާ ނޭނގިފައި ހުރެ އަހާލެވުނެވެ.
“އަޑުމަޑުކޮށްލަބަލަ! އޭރުން އިނގޭނެ! އެބައިވޭ ކޮންމެވެސް މީހަކު ގިޓާ ކުޅޭ އަޑު. މަތީގައެއްނު ގިޓާތައް ހުންނާނީ؟” ލިބާން އެހެން ބުނެލުމާއިއެކު އެންމެން އަޑު މަޑުކޮށްލާ ސަމާލުވެލިއެވެ. ތެދެކެވެ. ފަނޑުފަނޑުކޮށް ގިޓައެއްގެ ނަރުތަކުގައި ރީތި ރާގެއް އަޅުވާ އަޑު އެބަ އިވެއެވެ.
“ކަންފަތްވެސް ތޫނު މީހެއް މިއީ! އެއީ އާން! އެނޫން މީހަކަށް ނުވާނެ! މިއަދުވެސް އިޝް ބްރޭކަށް އައި އިރު އެތާނގައި އިނީ! އިޝް ލާފައި އައިސް އެތާނގައި އިން ގޮތަށް ކަންނޭނގެ އެ އިނީ!” ލިބާންއަށް ރައްދުދީފައި އިޝްރާ ބުނެލިއެވެ.
“ހިނގާ މައްޗަށް! އިޝް ވަންނާނަން މަލް ގޮވައިގެން އެތެރެއަށް! ލޫންމެން މަޑުކުރޭ ބޭރުގައި. ބްލައިންޑްސް ދޭތެރެއިން ވަރަށް ރީތިކޮށް ފެންނާނެ އެތެރެ!” މައްޗަށް އެރެން ހުންނަ ސިޑިއާއި ދިމާލަށް ހިނގައިގަންނަމުން އިޝްރާ ބުނެލިއެވެ. އެއާއިއެކު އޭނާގެ ފަހަތުން ދެންތިބި މީހުންވެސް ހިނގައިގަތެވެ.
“މައްޗަށް އަރައި ދޮރުމައްޗަށް އެރިއިރު ޚިޔާލެއް ފިކުރެއްނެތި އަލްޔާން ގިޓާގެ މިއުޒިކަށް ގޮސް ހުސްވެފައި އިންތަން ފެނުނެވެ. ލުބްނާމެން ގޮސް އިޝްރާ ބުނި ހިސާބަށް އެރުމުން އެމީހުނަށް ސިގްނަލް ދީފައި އިޝްރާ ދޮރު ހުޅުވާލިއެވެ. އޭރު އެތެރޭގައި ހުރި އަލްޔާންއަށް ނުފެންނަހެން މަލްނާ ބޭރުގައި ނިވާވެލައިގެން ހުއްޓެވެ.
“ނިމުނީތަ؟ މަލް ގާތު އެހިންތަ؟ ކީކޭ އޭނަ ބުނީ؟ އާންއަށް މާދަން ދެވޭނެތަ؟” ކުރިއެކޭ ޚިލާފަށް މިފަހަރު ދޮރު ހުޅުވާލުމާއިއެކީ އަލްޔާންއަށް އެކަން ފާހަގަވިއެވެ. އެއާއިއެކު އެ އިން ގޮތަށް އިނދެ އަލްޔާން އެއްފަހަރާ އިޝްރާއަށް ސުވާލުފައްޗެއް އޮއްސާލިއެވެ.
“އަމިއްލައަށް މަލް ގާތު އަހާލަންވީނު؟” އިޝްރާ އެހެން ބުނެލާފައި އޭނާގެ އަތްފޯރާ ފަށުގައި ހުރި މަލްނާގެ ގައިގައި މަޑުމަޑުން ކޮއްޓާލިއެވެ. އެއާއިއެކު މަލްނާ ހުރިތަނުން ނުކުމެގެން ގޮސް އިޝްރާގެ އަނެއް ފަރާތުގައި މަޑުކޮށްލިއެވެ.
*******(ނުނިމޭ)*******
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊
Thank you Ifoo. Next part on saturday insha allah
Mi part vex varha reethi Masha Allah ❤️
Unmeedhu kuran next part thankolheh avaha genes dheene kama
Thank you so much imko. Next part on Saturday as scheduled Insha Allah
haadha curious kohlaafa thi nimaalee…waiting for next part
when is next part
sent for posting already. admin in approval dhin haa avahakah kiyaalan libeyne insha allah