އަރިއަކަށް ޖެހިލުމަށްފަހު ދުވެފައި ގޮސް އަނާޔާ ގެއަށް ވަތް މަންޒަރު ބަލަން އެ ޒުވާނާ ހުރީ ވީ ގޮތް ނޭނގިފައެވެ…….
ތެޅި ތެޅި އޮތް ހިތަކާއި އެކު އަނާޔާ ގޭގެ ދޮރާށިން ބޭރު ބަލާލީ އެ ޒުވާނާ ފެންނާނެ ކަމުށްހީކޮށެވެ. ނަމަވެސް މަގުގެ ކޮޅުންވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެއީ ކުރިން މި ރަށުން ފެނިފައި ނުވާ ޒުވާނެއް ނޫނެވެ. ހަނދާން ނައްތާލެވޭ ތޯ މަސައްކަތް ކުރަމުން އަނާޔާ އެންބުރި ބަދިގެއަށް ވަނީ ކެއްކުމުގެ މަސައްކަތް ފެށުމަށެވެ. މަޑު މަޑުން މަދަހައެއްގެ ރާގެއް ލައްވަމުން ހުނިގާނަން އިން އަނާޔާ އަށް ސިހުމެއްލިބުނީ މީހަކު ސަލާމް ގޮވާލި އަޑަށެވެ. ތެދުވެ ހިންދެމިހުލަށްފަހު ސަލާމް ބަލައިގަނެ، ބަދިގެއިން ބޭރު ބަލާލި ވަގުތު އަނާޔާގެ އަތުގައި އޮތް ކާށިކިބަ ދޫވިއެވެ. ގޭގެ ދޮރާށި ކައިރިން ފާރުގައި ލެނގިލައިގެން އެ ހުރީ އެ ޒުވާނާނޫން ދެވަނަ މީހެއް ނޫނެވެ. “މިގެއިން މާގަހެއް ލިބޭތޯ އަނެއްކާވެސް މި އައީ.” ފުޅާ ރީތި ހިނިތުންވުމަކާއެކު އެ ޒުވާނާ ސުވާލު ކޮށްލިއެވެ. “ކޮންކަހަލަ ގަހެއް ބޭނުންވަނީ؟” ހިތްވަރުކޮށްލާ ކަރު ކެހިލުމަށް ފަހު އަނާޔާ ބަދިގެއިން ބޭރަށް ނުކުތެވެ. “އެލޯވެރާ ރަނގަޅުވާނެ.” ގޭގެ ގޯތިތެރޭގައި އަތުރާލާފައި ހުރި ގަސްތަކަށް ނަޒަރެއް ހިންގާލުމަށްފަހު ފެންނަން ނެތް ގަހެއްގެ ނަން އެ ޒުވާނާ ބުނެލިއެވެ. “ސޮރީ. ނެތް ތީގެ ގަހެއް.” އަނާޔާ އެނބުރި ބަދިގެއަށް ވަންނަން މިޞްރާބު ޖެހިއެވެ. “އާ.. އަދި ނަން ވެސް ނުބުނެވެ ދޯ. އަހަންނަށް ކިޔަނީ ރިޒާން.” އަނާޔާ އެނބުރި ބަލާ ނުލުމުން ލަދުރަކި ހިނިތުން ވުމަކާއެކު ރިޒާން އެނބުރި ދިޔައެވެ. ރިޒާން އަށް ނޭނގުނު އެއްޗަކީ އޭނާ އަށް ދެވުނީ އަނާޔާގެ ހިތުން ޖާގައެއް ހޯދައިގެން ކަމެވެ.
އަޞުރު ނަމާދުން އައިސް ޒިކުރުތައް ކިޔަން އުނދޯލީގައި އިން އަނާޔާ އިނީ ބައްޕަ އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. އާދައިގެ މަތިން ރަށުގެ ބައެއް އަންހެންވެރިން ބަށި ކުޅެން ދާ މަންޒަރު ފެނެއެވެ. ޒުވާން ފިރިހެން ކުދިންވެސް އަޞުރަށް ފަހު އިރު އޮއްސެންދެން ފެންނާނީ ފުޓުބޯޅަ ދަނޑުންނެވެ. އަޞުރުން ފަސް ވުމަށް ފަހު ނަމާދަށް ނޫނީ އަނާޔާ ގެއިން ނުކުމެ އުޅޭ މަންޒަރެއް ނުފެންނާނެއެވެ. ނަމަވެސް މިއަދު ޒިކުރުތައް ކިޔާ ނިމުމުން އަނާޔާގެ މިޞްރާބު ހުރީ ހައްވައްތަގެ ގެއާ ދިމާލަށެވެ. “އައްސަލާމް އަލައިކުމް” ހައްވައްތަގެ ޖަވާބަކަށް އިންތިޒާރު ކޮށްލައިގެން އަނާޔާބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. “ވަޢަލައިކުމް ސަލާމް. އަނހާ އަނާޔާ. އަވަހައް ވަދޭ. ކަމެއް ބޭނުންވީ ތަ؟” ގޯތި ތެރޭގައި ހުރި ޖޯލީގައި އިށީންނަމުން އެތެރެއަށް ވަނުމަށް ހައްވައްތަ އަނާޔާއަށް އިޝާރާތް ކޮއްލިއެވެ. “ނޫން ވަކި ކަމަކު ނޫން. ފޫހި ވެގެން ނުކުމެލީ ހަމަ…… މި ރަށުގަ އެބަ އުޅޭތަ އެހެން ރަށެއްގެ ބަޔަކު އައިސް؟ މިއަދު ނުދަންނަ މީހަކު ފެނުން ހެން ހީވެގެން.” ރަށަށް އެތައް ބަޔަކު އަރާ ފޭބިޔަސް އަނާޔާ ދުވަހަކުވެސް އެއީ ކޮން ބައެއްތޯ ހޯދަންވެސް ނޫޅޭއެވެ. ނަމަވެސް މި ފަހަރު އަނާޔާ ރިޒާންގެ ހަޤީގަތް ހޯދަން މި އުޅެނީ ކޮން ބޭނުމެއްގައި ކަމެއް، ޚުދު އަނާޔާ އައްވެސް ނޭނގެއެވެ. “އާނ އެބަ އުޅޭ. މާލޭ މީހަކު މި ރަށުން ބިމެއް ގަނެގެން. ގެސްޓް ހައުސް އެއް އަޅަން ވެގެން. އޭނަގެ ދެ ދަރިން އެބަ އުޅޭ އައިސް. މި ގޭގަ ތިބެނީވެސް. ހައްވައްތަ ހަނދާން ނެތުނީ ބުނެލަން. މާދަމާ ކައްކަން އެހީތެރިވާން އަންނައްޗެ މި ގެއައް. މިއަދު އެ މީހުން ކެއީ ބޭރުން. މާދަމާ މިގެއިން ކާންވާނޭ ބުނެގެން މި އުޅެނީ.” ހައްވައްތަގެ ވާހަކަ ނުނިމެނީސް އައިސް ގެއައް އެ ވަނީ ރިޒާންއެވެ. ނަމަވެސް އޭނާ އަނާޔާއައް ބަލާވެސް ނުލިއެވެ. “އަނހާ. މިޔޮއް އައީނު. އަނާޔާ. މީ ޒައިން. ދެން ހުންނާނީ ރިޒާން. އެއްމާބަނޑު ދެބެން. އެހާ ވައްތަރު ވެސް ވާނެ. ހައްވައްތަ އައްވެސް އަދި ނޭނގޭ މި ދެކުދިން ރަނގަޅަށް ވަކި ކުރާކަށް. މި ސޮރު އަޅާ ހެދުމުން މިހާރު މި ވަކި ކުރަނީ.” އަނާޔާ މަޑުމަޑުން ތެދުވެ ހިނގައިގަތީ އެގެއިން ނުކުންނަންށެވެ. “ދެން ދަނީ އިނގޭ ހައްވައްތާ. އަންނާނަން މާދަމާ.” އަވަސް ފިޔަވަޅު ތަކެއްގައި މަގަށް ނުކުތް އަނާޔާ، ބޭރުން ގެއަށް ވަންނަން އައި ރިޒާން ގައިގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ. ނަމަވެސް އަނާޔާއަށް ވެއްޓުމުގެ ފުރުސަތު ނުދީ ހިފެހެއްޓީ ރިޒާންއެވެ. “ސޮ..ސޮރީ..” ރިޒާންގެ އަތް ފޮޅުވާލުމަށްފަހު އަނާޔާ ގެއާ ދިމާލަށް ދުއްވައިގަތެވެ. ފެންކަޅިވެފައި ހުރި އަނާޔާ ގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ. ދެވެފައި އަނާޔާ ގޮސް ގެއަށް ވަތް މަންޒަރު ބަލަން ރިޒާން ހުރީ ކަޅިޖަހާވެސް ހުލައެވެ. “އެޚެމް.. ދޮންބޭ.. މިހާރު ހިތާވީ ދޯ..” މަންޒަރު ބަލަން ހުރުމަށްފަހު އައިސް ރިޒާން ގެ ކޮނޑުގައި ޖަހާލީ އޭނާގެ ކޮއްކޮ ޒައިން އެވެ. “ކާކުތަ އެ… ވަރަށް ފާޑަކަށް އުޅޭނީ. އެހެން އަންހެން ކުދިންނާ ވަރަށްވެސް ތަފާތު. އެހާ ބޮޑަށް ތަފާތު ވީމަވެސް ދެން ހިތް ކިޔާނެ ދޯ.” ރިޒާން އަދިވެސް ހުރީ އެ ފިޔަވަޅުމަތީ ގުޑާ ނުލައެވެ. “އަނާޔާ އެކޯ. ހައްވައްތަ ބުނީ. ނަން އެކަނި އިނގުނީ.” ޒައިން ރިޒާން ގޮވައިގެން ގޭތެރެއަށް ވަނެވެ.
މަޢްރިބަ ނަމާދު ކޮށްލައިގެން އަނާޔާ ކޮޓަރީގައި ޤުރުއާން ކިޔަވަން އިނީ ބައްޕަ މަހުން އަންނަންދެނެވެ. ނަމަވެސް އިޝާ ވަގުތު ވީ އިރުވެސް ބައްޕަގެ ހިލަމެއްވެސް ނުވިއެވެ. މިސްކިތުން ފައިބެ ހައްވައްތަ އާއި އަނާޔާ ގެ މިޞްރާބު ހުރީ ގެއާ ދިމާލަށެވެ. އޭރުވެސް އަނާޔާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ބައްޕަ ނައިސްގެން އެ ހާސްކަމެވެ. ހައްވައްތަ ގެއަށް ވަނުމުން އާދައިގެ މަތިން އަނާޔާގެ ހިނގުން ބާރުކޮށްލީ އަވަހަށް ގެއަށް ދިއުމަށެވެ. ގޭގެ ދޮރާށިން އެތެރެއަށް ވަތްއިރު އުނދޯލީގައި…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr????
Thankyou. Insha allah Next week thereyga genesdheynan. 🙂
Varah ryhti vaahaka masha allah
Kon irakun next part kiyaalan libeyn ???? 😊😊😊
Avaha genes dheyne kamah unmeedhu kuran
Thankyou. Labba Insha Allah next week thereyga genes dheynan. 🙂
Masha allah varah reethi. Waiting for next part. Keep it up 🥰
Mi part vex varha reethi Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
Keep it up 💯
ތިޔައީ އާ ލިޔުންތެރިއެއް ނަމަވެސް ވާހަކަ އަދި ދާލެއް ރީތި. ނަމަވެސް ކަވަރު ފޮޓޯ ރަނގަޅެއް ނޫން. ކިޔުންތެރިންނަށް ނުވަތަ ބެލުންތެރިންނަށް ފުރަގަސް ދީގެން އިންނަ ފޮޓޯއެއް މިފަދަ ވާހަކައަކާ އެކު ބޭނުންކުރުމުން ނެގެނީ ވަރަށް އެހެން ކަހަލަ މާނައެއ
ޝުކުރިއްޔާ. މިއީ މި ވާހަކައަށް އަޅުގަނޑު ނަގާލާފަ އިން ފޮޓޯއެއް. މި ވާހަކާގައި އެ ކުއްޖާގެ އުޅުން ހުންނަ ގޮތާ ވައްތަރު ކޮށްލަންވެގެން މޫނު ނުފެންނަ ގޮތަށް ކަވަރ ފޮޓޯ އިޚްތިޔާރުކޮށްލީ. ކުރިއަށް ދެން ގެނެސްދޭ ވާހަކައެއްގައި ކަވަރ ފޮޓޯ ރަނގަޅު ކޮށްލާނަން.
Thankyou All. Will upload next part in this week. Insha Allah. 🙂