ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ނުވަވަނަ ބައި)
“ޕްލެއިންގް ހާޑް ޓު ގެޓް ހަހް! އީވެންދޯ އިޓްސް އަ ބިޓް އެރޮގެންޓް، އައި ކައިންޑަ ލައިކް އިޓް، ވެން އިޓްސް ފްރޮމް ހިމް! ރިމެމްބަރ ދިސް ލިބާން! ވަން ޑޭ އޯރ ދި އަދަރ، ޔޫ ވިލް ސްޓިލް ބީ މައިން!” ލިބާން ދާ ތަން ބަލަން ހުރެ އެކުއްޖާ ބުނެލިއެވެ.
******************************
“ސޭވް މީ ދޮން!” ލުބްނާ ހުރި ހިސާބު ހޯދައިގެން އައިސް ފަހަތުން އޭނާގެ ގައިގައި ބައްދާލަމުން ލިބާން ބުނެލިއެވެ.
“މިހާރު ކިހިނެއް ވީ؟” އެ ހުރިގޮތަށް ހުރެ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދަމުން ލުބްނާ އަހާލިއެވެ.
“އައްޓަމަސް ފަހަތު އަޅުވާލައިފި. ވަރަށް ހާލުން ދެމިގަނެގެން މި އައީ!” ޅަވެލާފައި އެ ހުރި ގޮތަށް ހުރެ ލިބާން ބުނެލިއެވެ.
“ކޮންބައެއްތަ އެ ތިބީ؟ ސްކޫލް ނިމުނަކަސް އޭގެ މާނައެއް ނޫން ދޯ ސްކޫލްގެ ހަތަރު ފާރުން އެތެރޭގައި ރޮމޭންސް އެލައުޑްއޭ!” ފަހަތުން، އެހެނަސް ތަންކޮޅެއް ދުރުން އިވުނު އަޑާއިއެކު ލިބާން ކުއްލިއަކަށް ލުބްނާއާއި ދުރަށް ޖެހިލިއެވެ. އެހެނަސް ލުބްނާ ކުއްލިއަކަށް ލިބާންގެ އަތުގައި ހިފާލުމުން އޭނާއަށް އަނެއް ފަރާތަށް އެނބުރެވޭ ގޮތެއް ނުވިއެވެ.
“ޖަޒީލާ މޭމް އެއީ! އަޅައިނުލާ ހުރޭ! އަހަރުންނަށް ހަސްކާ އެޅިވަރު ހަނދާން އެބަހުއްޓެއްނު އެއްކަލަ ފަހަރު؟ މިފަހަރު ރަނގަޅަށް މޭމް ކަޑަ ކޮށްލެވޭނެ!” ހަމައެކަނި ލިބާންއަށް އަޑުއިވޭވަރަށް ލުބްނާ ބުނެލިއެވެ.
“އައި ޑިޑިންޓް ނޯ ދެޓް ޔޫ ވާރ ދިސް ބޭޑް ސިސް!” ލާނެތް ޒާތަކަށް ހެވިފައި ހުރެ ލިބާން ބުނެލިއެވެ.
“އައެމް ނޮޓް ބޭޑް، އެކަމަކު ދޮން ބޭނުން އިރަކު ވެވިދާނެ!” ހަމަ އެއަށް ދޫނުކޮށް ލުބްނާވެސް ބުނެލިއެވެ. އެއަށްފަހު އިތުރު އެއްވެސް ކަމަކަށް ވިސްނަން ނަހަދާ އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
“ތި ދެމީހުން! މިކޮޅަށް އެނބުރޭ ހަމަ މިހާރު!” މިފަހަރު ޖަޒީލާ މޭމްގެ އަޑު އިވުނީ ސީދާ ލުބްނާމެންގެ ފަހަތުންނެވެ. ލުބްނާ ލޮލުން ޢިޝާރާތެއް ކޮށްލުމާއިއެކީ ދެމީހުން އެއްފަހަރާ އެނބުރިލިއެވެ.
“ލުބްނާ އެންޑް ލިބާން؟” ޖަޒީލާ މޭމް މިފަހަރު ބުނެލީ ސުވާލެއް ކޮއްލާ ޒާތަކަށެވެ.
“އާނ، އަހަރުމެން ދެމީހުން! ކޮންބައެއް ކަމަށް މޭމް ހީކުރީ؟ އެހެންނޫނަސް ސްކޫލްގައި އުޅޭ ދުވަސްވަރުވެސް، ސްކޫލުން ނިމުމަށްފަހުވެސް، ނޫނީ އެހެން ގަޑިއެއްގައިވެސް މި ލިބާންއަށް، ކައިރީގައި މިހުރި ލުބްނާގެ ގައިގައި ބައްދާލެވިދާނެ ދޯ! އެކަން ސްކޫލަށްވެސް މަނާކުރެވިދާނެ ކަމަކަށް އަޅުގަނޑު ނުދެކެން! އާފްޓަރ އޯލް، ޝީ އިޒް މައި ސިސްޓަރ އެންޑް މޯރ ކްލޯޒްލީ، މައި ޓްވިން ސިސްޓަރ.” ސާބިތުކަމާއިއެކީ ބުނެލާފައި ލިބާން ކައިރީގައި ހުރި ލުބްނާއަށް ބަލާލިއިރު ލުބްނާ ހިނިތުންވެލައިގެން ހުއްޓެވެ.
“ލިބާން، ލުބްނާގެ ގައިގައި ބައްދާލުން އެއީ މައްސަލައެއް ނޫން! އެކަމަކު ދެންމެ މި ވީ ކަހަލަ އޮޅުންތައް އެރުމުން ދުރުހެލިވާން އެންމެ ރަނގަޅު ގޮތަކީ ތިދެކުދިންވެސް އެހާ ގާތްކޮށް ނޫޅުންދޯ ސްކޫލް ތެރޭގައި އުޅޭއިރު!” ބުނަން ނުބުނަން ހުރެފައި ޖަޒީލާ މޭމް ބުނެލިއެވެ.
“ސޮރީ މޭމް! އަބަދަކު ތިކަމެއް ނުވާނެ! ވީ އާރ ވެރީ ކްލޯސް! ނައު އިފް ޔޫ ވިލް އެކްސްކިއުޒް އަސް، ވީ ވިލް ގެޓް ބެކް ޓު ވޯކް!” މިފަހަރު ރައްދުދިނީ ލުބްނާއެވެ. އެއަށްފަހު ޖަޒީލާ މޭމްގެ ޖަވާބަކަށް އިތުރަށް މަޑުކުރަން ނަހަދާ ލިބާން ގޮވައިގެން އެނބުރި އެމީހުންގެ މަސައްކަތަށް ދިޔައެވެ.
“އައި ޑިޑިންޓް ސޭ ޔޫ އާރ އެކްސްކިއުޒްޑް. ހައު ޑެއަރ ޔޫ ބޯތް އެކްޓް ސޯ އެގްރެސިވްލީ އިން ފްރޮންޓް އޮފް މީ!” ލުބްނާއާއި ލިބާން އެނބުރި ހިނގައިގަތުމުން ޖަޒީލާ އަމިއްލައަށް ހުރެ ބުނެލިއެވެ. އެއަށްފަހު އެހެން ދިމާލަކަށް މިސްރާބު ޖެއްސެވެ.
******************************
“ދެޓް ވޯޒް ސޯ ކޫލް ސިސް. ދޮން ތިގޮތަށް އެއްވެސް މީހަކާއި، ޚާއްސަކޮށް ޓީޗަރަކާއި ވާހަކަދައްކާތަން ބާން އަދި ދުވަހަކުވެސް ނުދެކެން!” ފާރުގައި ކުލަލަމުން ލިބާން ބުނެލިއެވެ.
“އޭނަގެވެސް ގޮތުން އެގޮތަށް ވާހަކަދައްކަން ޖެހުނީ! އޭނަ ބޭނުން މީހަކަށް ބޭނުން ގޮތަކަށް ސްކޫލްގައި އުޅެވޭ، އެއްވެސް މައްސަލައެއް ނެތް! އެކަމަކު އޭނަ ބޭނުން ނުވާ މީހަކު ކިރިޔާ ގޮތަކަށް ފިޔަވަޅެއް އަޅާލިއަކަސް ދެން އެ ދިޔައީ ޒަމާން! އެވަރު މީހަކު މައިތިރިވާނީ ކޮންމެވެސް ބަޔަކު އޭނައާއި ދެކޮޅަށް އެއްޗެކޭ ބުނެގެން ނޫނީ ފިޔަވަޅެއް އަޅައިގެން. ކުރިން ދޮން އެގޮތަށް ވާހަކަނުދައްކަނީ އޭނައަކީ ލީޑިންގް ޓީޗަރަކަށް ވީމައި، އޭނައަށް ކުރާ އިޙްތިރާމުގެ ސަބަބުން. އެކަމަކު މިހާރު މިހުރީ ގްރެޖުއޭޓް ވެގެން. އެހެންވީމައި ދެން ދުވަހަކުވެސް އޭނާއާއި ދިމާލަށް މަގޭ ޓީޗަރެކޭ ނުބުނާނަން!” ހިތްހަމަނުޖެހިފައި ހުރެ ލުބްނާ ބުނެލިގޮތުން ލިބާންގެ ގާތަށް ހިނިއައެވެ. އެހެނީ، މީގެކުރިން އެކި ކަންކަމާއިހުރެ ޓީޗަރުންނާއި އެކި ކުދިން ދެކެވެސް ލުބްނާ ހިތްހަމަނުޖެހިފައި ހުންނަކަން އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. އެހެނަސް އެއިން މީހަކު ދެކެ އައިސްފައި ހުންނަ ރުޅިގަނޑު ލުބްނާ އޭނާގެ ކުރިމަތީގައި އެ ހާމަކޮށްލީ އަލަށެވެ.
” އަސްލުވެސް! އެކަހަލަ މީހުންނާއި ކުރިމަތިލާން ޖެހޭނީ ތިހެން!” ލުބްނާއަށް ބާރުދޭ ފަދައިން ލިބާން ބުނެލިއެވެ.
“ތިއެއްނޫނޭ! ހައު ޑިޑް އިޓް ގޯ ވިތް ދެޓް އައްޓަމަސް؟” ލިބާން ބުނެލި ފަދައިން ބުނެލަމުން ހިނިއައިސްފައި ހުރެ ލުބްނާ އަހާލިއެވެ.
“ޑޯންޓް އީވެން މެންޝަަން އިޓް! ރޫން ގާތު މަލް ކޮބާހޭ ބުނި އަޑު އިވިފައި އައި ނައި ތަނެއް ނޭނގި ވައްޓާލައިފި. އައި ގޮތަށް އަިއސް މަލް ހޯދަނީ ކީއްކުރަންތޯ، ކޮންބޭނުމަކުތޯ، ހުރިހާ އެއްޗެއް ބަލަން ވެއްޖެ. އަދި އޮޅުވާލަން ކަމަކު ނޫނޭ ބުނީމައި އޭނައަށް އެނގިއްޖެ އޮޅުވާލަންކަން ބާން އުޅުނީ! އެކަމަކުވެސް ގޮތަދޫކުރާކަށް ނޫޅުނު. ހަމަ އެ ހުރިހާ އެއްޗެއް ހޯދަން ވެއްޖެ ދެން ބާން ބުނީ ބާން ކުރާ ކޮންމެ ކަމެއްގެ ސަބަބު އެންމެނަށް ބުނެދޭކަށް ނުޖެހެއެއް ނޫންހެއްޔޭ! ބުނީމައި އަދި ނިކަން ތުއިވެފައި ބުނެފި ‘އެންމެނެއް ނޫން ދޯ މިއީކީ؟ ހަމައެކަނި ރިނީ ދޯ މި އަހާލީ! ދެން ހަމަ ބުނެދެވިދާނެއެއްނު؟’ ހުވާ މި ބުނީ އައި ރުޅިންނާއި ވީ ފޫހި ނޭނގޭ ބުނެދޭކަށް. ކިތަންމެ ފަހަރަކު ރީތިކޮށް ނޫނެކޭ ބުނެވިއްޖެ. ކިތަންމެ ފަހަރަކު ރޫޑްކޮށް ނޫނެކޭ ބުނެވިއްޖެ. އަދިވެސް ފަހަތުން ދުރަށް ދާކަށް ނޫޅެ. އެހެންވެއޭ އައްޓަމަސް ކިޔަނީވެސް!” އައިސަފައި ރުޅިއާއި ވެފައި ހުރި ފޫހީގައި އެ އަންހެންކުއްޖާ ޖެއްސި ވައްތަރުތަކާއިއެކީ ލިބާން ކިޔައިދިން ވާހަކަތަށް އަޑުއަހަން ހުރި ލުބްނާއަށް ކެތްކޮށްލެވުނީ އެހާހިސާބަށެވެ. އިތުރަށް ނުހިފެހެއްޓި، އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހަމަ އެއާއިއެކު ފަހަތުން އެހެން އަންހެން ކުއްޖެއްގެ ހުނުމުގެ އަޑު އިވިގެން ބަލާލިއިރު ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ އިޝްރާވެސް ހެނީއެވެ.
“ކޮންއިރަކު މިތަނަށް އައީ؟” ލިބާން އަހާލީ އިޝްރާ ކުރެންނެވެ.
“ލޫން ‘ހައު ޑިޑް އިޓް ގޯ ވިތް ދެޓް އައްޓަމަސް؟’ އޭ ބުނި ހިސާބުން.” ހިނިގަނޑު މައިތިރިކޮށްލަމުން ބުނެލިއެވެ. އޭރުވެސް ލުބްނާ ހަމަ ގަދައަށް ހެނީއެވެ.
“ފޭސް އިޓް ޖެންޓްލްމޭން! އޭނަ ބާންގެ ފަހަތުން އަވަސް ރަޙުމަތެއްގައެއް ނުނައްޓާނެ! އެކަމާއިމެދު ވިސްނާނެ ކަމެއްވެސް ނެތް! އެންމެ ގޮތެއް ބާންއަށް އޮތީ! އެއީ އޭނައަށް ނުފެނި އުޅުން! އެކަމަކު ހިއެއް ނުވޭ އެއީވެސް ފަސޭހަ ކަމެއް ހެނެއް.” ބަނޑުގައި އަތް އަޅައިގެން ހުނުންގަނޑު މައިތިރިނުކުރެވިގެން އުޅުނު ލުބްނާގެ ގާތަށް ގޮސް އޭނާ ކޮޅަށް ނަގަމުން އިޝްރާ ބުނެލިއެވެ.
“އާން ފަކީރަށް ހާލެއް ޖެހޭނެ އޭނާ މިތަނަށް އަތުވެއްޖެއްޔާ!” ދެފަރާތަށް ބޯހޫރާލަމުން ލިބާން ބުނެލިއެވެ.
“ބާން! ލޫން! އިޝް!” ފަހަތުން އިވުނު އަޑާއިއެކު ތިން މީހުން އެކީ ފަހަތް ބަލާލިއެވެ. އެއާއިއެކު އެމީހުންނާއި ދިމާލަށް ހިނގަމުން އައި ކުއްޖާ ފެނިފައި އެކުއްޖާއަށް ތިން މީހުންވެސް ފުޅާ ހިނިތުންވުމެއް ރައްދުކޮށްލިއެެވެ.
“ރޫން ބުނި ބާން އެބަ ހޯދައޭ މަލް! ދެން އެލީ ބުނި އިޝް ހޯދި ވާހަކަ!” އެކުއްޖާ އައިސް އިޝްރާމެނާއި އަރައި ހަމަކުރަމުން ބުނެލީ ކިހިނެއްވީހޭ އަހާލާ ފަދައަކުންނެވެ.
“އަސްލު އިޝް ހޯދީ! ދެން އިނގެއެއްނު އަހަރުން ތިން މީހުން ކުރެ އެކަކު ކަމެއް ކުރިއަކަސް އަނެކަކު އެހީވާނެކަން! އެގޮތަށް ބާން ހަމައެކަނި މަލް ހޯދަން އިޝްއަށް އެހީތެރިވާން އުޅުނީ!” ލިބާން ބުނެލިއެވެ.
“އަސްލު ވަރަށް ބޮޑުކަމަކު މަލް ހޯދީ! މަލްއަށް އެކަނި އެހީ ވެވޭނީ މިކަމުގައި!” އިޝްރާ ބުނެލީ ވާނެހޭ އަހާލާ ފަދައަކުންނެވެ.
“ބުނެބަލަ. ކިރިޔާވެސް ވާން އޮތިއްޔާ ކޮއްދޭނަން!” ރީތި ހިނިތުންވުމަކާއިއެކީ މަލްނާ ބުނެލިއެވެ.
“އިޝްގެ ކޮއްކޮ އާން އެބައުޅޭ އައިސް! މިފަހަރު އެގްޒާމް ނިމުނީމައި ޗުއްޓީ ލިބިގެން އެ އައީ! އެކަމަކު މިދުވަސްކޮޅު އިޝް މިކޮޅުގައި އުޅޭތީ އޭނަ ފޫހިވެގެން އުޅެނީ! އެހެންވެ އޭނަވެސް މިކަމުގައި ޖޮއިން ކުރަން ބޭނުންވާތީވެ، އެކަން ވާނެތޯ ބަލަން އުޅުނީ! އާންވެސް އެއީ މި ސްކޫލުން ކިޔެވި ކުއްޖެއް ދޯ މިކޮޅުން އެއްކޮށް ނުނިންމިއަކަސް، އެހެންވެ ވާނެތޯ ބަލައިލަންވެގެން މަލް ހޯދީ!” އެއް ނޭވާ މަތިން ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ބުނެލުމަށްފަހު އިޝްރާ ނިންމައިލިއެވެ. އަދި މަލްނާގެ މޫނަށް ބަލަހައްޓައިގެން ހުރީ ކޮންމެވެސް ޖަވާބެއް ދޭށޭ ބުނާ ފަދައިންނެވެ.
“ތިބުނީ އިޝްގެ ކޮއްކޮ އާން އޭ ދޯ؟ ސޯ އައިމް ގެސިންގް ހީ ޝުޑް ބީ އަޙްމަދު އަލްޔާން ޢަދީލް، ދަ ‘ބިގް ބުލީ’؟” މިފަހަރު މަލްނާގެ ޖަވާބު އައީ އިޝްރާއަށް ކުރިމަތިކުރުވި ސުވާލެއް ގޮތަށެވެ.
“ތިދެމީހުން އެކަކު އަނެކަކަށް ނަންނަމުން ގޮވުުން ހުއްޓުވަން ކިތަންމެ ބޭނުންވިޔަސް ތިކުރި ސުވާލުގެ ޖަވާބަކަށް ވާނީ އާނއެކޭ.” އިޝްރާ ބުނެލީ ހަމަ ޙަޤީޤަތަށްވެސް އޭނާ އުންމީދުކުރަމުން އައި ގޮތެވެ.
“އަސްލު ބޭނުމެއް ނޫން އެހެން ކިޔާކަށް، އެކަމަކު އޭނަ ކަންތައް ކުރި ގޮތުން އެހެން ކިޔެނީ.” މަލްނާ ބުނެލި ގޮތުން އޭނާ އެހަދަނީ ދޮގެއް ނޫންކަން އެންމެނަށްވެސް ޔަޤީން ވިއެވެ.
“އެހެންވީމައި ތިބުނީ އާން ގެނައަސް އޯކޭއޭތަ؟” މިފަހަރު އަހާލީ ލިބާންއެވެ.
“އޭނާއަށް ކުރެވުނު ކަންތައް އިޙުސާސްވެ، މަލްގެ ކިބައިން މާފަށް އެދެފިއްޔާ މަލްގެ މައްސަލައެއް ނެތް. އެކަމަކު އެ ނޫނިއްޔާ އޭނާގެ ގާތުގައި ބުނޭ މަލްއަށް ފެންނަހިސާބަކަށް ނާންނައްޗޭ!” ޖެއްސުމަށް ބުނެލާ ރާގުގައި މަލްނާ ބުނެލިއެވެ.
“އެންމެ ރަނގަޅު! އެހެންވީމައި މިއަދު މިކޮޅުން ނިންމާފައި މަލް ހިނގާ އަހަރުން ގެއަށް! ތި ދެމީހުން ދޭތެރޭގައި ޖެހިފައި އޮތް މައްސަލައެއް ވިއްޔާ ޙައްލުކުރަން!” އިޝްރާ ބުނެލިއެވެ.
*******(ނުނިމޭ)*******
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊
Thank you Ifoo. Next part is now posted