Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 10

Nadhoo
Nadhoo Level 1
December 4, 2023 5 Mins Read
8 Comments

އަދި ހެދުން ތައް ނެގިއެވެ. އެކްސައިޓްވެފަ ހުރެފަ އިފްރާ ކުއްލިޔަކަށް ހިމޭން ވިއެވެ.

” އިފޫ ކިހިނެތް ވީ” ޒަޔާން އަހާލީ ހާސްވެފައެވެ.

“ޒަޔާން އަހަރެން އަދި ވަރަށް ފަލަވާނެތަ؟ ޕްރެގްވީމާ މިހެދުންތަކެއްވެސް ނުލެވޭނެ ދޯ؟ ” އިފްރާ އެހެން އަހާލުމުން ޒަޔާން ގާތަށް ވަރަށް ހިނިއައެވެ.

” ހޫން ހޭނެކަމެއް ނެތޭ ” އިފްރާ އަތުގައި އޮތް ހެދުން ޒަޔާން އާ ދިމާލަށް އެއްލިއެވެ.

” އަހަރެން މިހެދުން ލާން ވީތަ؟ ” ޒަޔާން އަހާލުމުން އިފްރާ ހެދުން ހޯދައިގެން ފާހާނާޔަށްވަނެވެ.

” ޒަޔާން ދޭ ބަލަ ފާހާނަޔަށް އަވަހަށް އެކަމަކު ކަބަޑް އިން އާ ބުރުހެއް ހިފައިގެން ދާތި އަހަރެން ދަތް އުގުޅީ ޒަޔާންގެ ބުރުހުން” އިފްރާ ހީލާފައި އެހެން ބުނުމުން ޒަޔާން އަށް ވެސް ހެވުނެވެ.

ނަމާދުކޮށްގެން ސާބޮއެގެން ގޮސް ދެމީހުން ޖައްސާލީ ބޭރުގައި ހުރި ސޯފާގަ ޓީވީ ބަލާށެވެ. އިފްރާ ޒަޔާންގެ ކޮނޑުގައި ބޯ އަޅާލައިގެން ޒަޔާންގެ އަތުގައި ހިފާލައިގެން އިނެވެ. ބަލަމުން ދިޔައީ ކޮމެޑީ ފިލްމެއްކަމުން ދެމީހުން ވެސް ބާރަށް ހޭ އަޑު އިވެއެވެ.

” ދަރިފުޅާ ޒަޔާން” ޒަޔާންގެ މަންމަ ގޮވާލި އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ދެމީހުން އަވަހަށް ދުރަށް ޖެހިލިއެވެ.

ޒަޔާންގެ މަންމަ އާއި ބައްޕަ އައިސް ސޯފާގައި އިށީނެވެ. ޒަޔާން ޓީވީ ނިއްވާލިއެވެ.

” ދަރިފުޅު ގެ ނިންމުމާ މެދު މަންމަމެން ގެ އެއްވެސް މައްސަލައެއް ނެތް ދަރިފުޅު އުޅެން ބޭނުން ނޫން ނަމަ އިފްރާ ވަރި ކުރިޔަސް އޯކޭ ކޮބާތަ ފޯރމް ބައްޕަ އޮފީހަށް ދާ މަގުމަތީ ކޯރޓަށް ލާދީފާނަން” ޒަޔާންގެ ބައްޕަ ބުނި އެއްޗަކުން ދެމީހުންވެސް ލޯ ބޮޑުވެގެން ދިޔައެވެ.

” ފޯރމް ވީދާލައިފި އޭ” އިފްރާ އަވަސް އަވަހަށް ޖަވާބު ދިނެވެ.

” ކާކު ވީދާލީ” ޒަޔާން ބައްޕަ ސުވާލުކުރިއެވެ.

” ޒަޔާން ވީދާލީ” ދެންވެސް ޖަވާބު ދިނީ އިފްރާ އެވެ.

“ކީއްވެ ވީދާލީ” ޒަޔާން މަންމަ ސުވާލު ކުރިއެވެ.

” ޒަޔާންވެސް ޖަވާބު ދީބަލަ އަހަރެން އެކަނި ތަ ދޭންވީ” އިފްރާ ބުންޏެވެ.

ޒަޔާން ޖަވާބެއް ނުދިނެވެ.

” އޯ ކޭ ވީދުނަސް އަލުން ނަގާނީ ކޮންމެ ގޮތެއް ހަދާފަވެސް މި ފަހަރު ޖެހޭނީ މިކަން ނިންމަން” ޒަޔާންގެ ބައްޕަ ބުނެލިއެވެ.

“ނޫން ބައްޕާ އަހަރެން އިފޫ ވަރި ކުރާކަށް ބޭނުމެއް ނޫން އަހަރެންނަކަށް ނޫޅޭވޭނެ އިފޫ އާ ނުލައެއް” ޒަޔާން ވަރަށް އަވަސް އަވަހަށް ބުނެލިއެވެ.

” އަހަރެންނަކަށް ވެސް ނޫޅެވޭނެ ޒަޔާން އާ ވަކިންނެއް” އިފްރާވެސް ބުނެލިއެވެ.

ދެމީހުންގެ ވާހަކަ އަހާފައި ޒަޔާންގެ މަންމަ އާއި ބައްޕަ ފެށީ ހޭށެވެ. އެތަން ފެނުމުން ހައިރާންވެގެން ދެމީހުން ބަލަން ތިއްބެވެ. “މަންމާ އާއި ބައްޕަ ހެނީ ކީއްވެތަ؟” އެންމެ ފަހުން ޒަޔާން ސުވާލުކުރިއެވެ.

” މަންމަ އަށް މާކުރިންވެސް އެނގުނު އިފްރާ އައި ގޮތުން ވެސް ޒަޔާންގެ ނިންމުން ބަދަލުކުރާނެކަން ޒަޔާންވެސް ގޮތްދެއްކިޔަސް އިފްރާ އާ ވަކިވާން ބޭނުން ނުވާކަން. މަންމަމެން މިއަދު ވަރަށް އުފާވެއްޖެ ދާދު އެބަހުރި ފޮނުވާފަ ދަރިފުޅުގެ ފޮށިވެސް ” ޒަޔާންގެ މަންމަގެ ވާހަކަ އަހާފައި ދެމީހުންނަށްވެސް ހެވުނެވެ.

“މަންމަމެންނަށް އަދި ދެންތަ އެއަށް ވުރެން އުފާވެރި ހަބަރެއް؟” ޒަޔާން އަހާލުމުން އެމީހުން ބޯ ޖަހާލިއެވެ.

“މަންމަ މާމަޔަކަށް އަދި ބައްޕަ ކާފަޔަކަށް ވާން އުޅެނީ” ޒަޔާން ވަރަށް ހީލާފައި ބުންޏެވެ.

އެ އަޑު އިވުމުން އެ ދެމީހުންގެ މޫނުމަތިން އުފާވެރިކަން ފިލާދިޔައެވެ.

“މަންމާ ބައްޕާ އުފަލެއް ނުވޭތަ؟” ޒަޔާން އަށް އަހާލެވުނެވެ.

” ދަރިފުޅުމެން ތިހެން ވެގެންތަ އެކުގައި އުޅެން ތި ނިންމީ ” ޒަޔާން ގެ ބައްޕަ އަހާލިއެވެ.

” ނޫން ބައްޕާ އަހަރެން ޒަޔާން ކާރީ ޕްރެގް ވާހަކަ ބުނީ ވެސް ޒަޔާން ފޯރމް ވީދާލި ފަހުން އެކުގަ އުޅެން ނިންމީ ބޭބީއަށްޓަކާ އެއްނޫން! ހިތާދެކޮޅަކަށްވެސް ނޫން! އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވާތީ ވަކިން ނޫޅެވޭނެތީ އަހަރެމެންގެ ކައިވެނި ކޮންމެ ގޮތަކަށް ކުރެވުނު ކަމުގައި ވިޔަސް މިހާރު އަހަރެމެން ދެމީހުން ނަކަށް ވަތްކެއްނުވެވޭނެ” އިފްރާ އެހެން ބުނެލާފައި ޒަޔާންގެ އަތުގައި ހިފާލިއެވެ.

“މަންމަމެން ވަރަށް އުފާވެއްޖެ” ދެމީހުން އައިސް ދެކުދިންގެ ގައިގަ ބައްދާލިއެވެ.

” އިފްރާގެ މަންމަމެން ކާރީ ބުނެފިންތަ” ޒަޔާންގެ މަންމަ އަހާލިއެވެ.

” ނޫން އެންމެ ފުރަތަމަ ޒަޔާން ކާރީ ބުނަން ބޭނުންވީ  މަންމަ ބުނެލާތި އެމީހުން ކާރީ އަހަރެން ދާދު ކާރީ ބުނެލާނަން”

މަންމަމެން ދިޔުމުން ” ޒަޔާން ހިންގާބަލަ ދާދު މެންގެޔަށް ދާން އޭނަޔަށް ސަޕްރައިޒެއް ދޭން”

ޒަޔާން އާއި އިފްރާ ކާރުގައި ގޮސް ދާދު އުޅޭ އެޕާރޓްމެންޓް ކާރިޔަށް ކާރު މަޑުކުރިއެވެ. ދެމީހުން ކާރުން ފައިބައިގެން ގޮސް ދާދުގެ އެޕާރޓްމެންތްގެ ދޮރު ތަކި ޖަހާލުމުން ދާދު ހުލުވާލިއެވެ.

” ވާވް ވަޓްއަ ސަޕްރައިޒް ފުރަތަމަ ފަހަރަށް ޒަޔާންބެ ތި އައީ އަހަރެންގެ ގެ ޔަށް މަ އެބަ އަންނަން ކުޑަ ރުބަޔަކަށް ހަނޑޫކޮޅެއް އަޅައިގެން” ދާދު ބުނި އެއްޗަކުން ޒަޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ތިން މީހުން ގޮސް ސޯފާގައި އިށީނެވެ. ޓީވީ އިން ދާދު ބަލަން އިން ފޮޓޯތައް ނިއްވާނުލެވި ހުރި ހަނދާންވީ ދެނެވެ. ރިމޯރޓް ނަގަން އުޅުމުން އިފްރާ ދާދު އަށް ވުރެކުރިން ރިމޯޓް ނެގިއެވެ. ” ހާދަ ލޯބި މަންޖެ އެކޭ މިހާރު ބުނެފިންތަ ހިތުގަ އަޅައިގަތް ވާހަކަ” އިފްރާ ދާދު އާ ދިމާކޮށްލިއެވެ. ” އިމްނާ ތަ؟ ދާދުގެ ހިތުގަ އަޅައިގެން މި އުޅެނީ” ޒަޔާން ބުނެލިއެވެ. ޒަޔާން އެހެން ބުނެލުމުން ދާދު އާއި އިފްރާ ދެމީހުން އެކީ ޒަޔާން އާއި ދިމާލަށް ބަލާލިއެވެ. “ޒަޔާން ބެ ދަންނަން ތަ އިމްނާ” ދާދު އަށް އަހާލެވުނެވެ.

” އާން އަހަރެންގެ ކޮއްކޮ އެކޭ އެއީ” ޒަޔާންގެ ޖަވާބު އަހާފައި ދެމީހުން ވެސް ހިމޭންވިއެވެ. ” ސޮރީ” ދާދު ބުނެލީ ވަރަށް މަޑު މަޑުންނެވެ.

” ދާދު ލޯބި ވުމަކީ ކުށެއް ނޫނޭ އަހަރެން ތި ކަމުގަ ދާދު އަށް ހެލްޕް ވެދޭނަން. ތީ ނުލާހިކު ރަގަޅު ކުއްޖެއް ރަގަޅަށް ކިޔަވައިގެން ހުރި ނަން މަޝްހޫރު ލޯޔަރެއް. އަމިއްލަ ގެއެއް އެބަހުރި އެއްވެސް ކަހަލަ ގޯސް ކަމެއް ނުކުރޭ. އިމްކޮ ދެކެ އެހާ ލޯބިވޭ ” ޒަޔާންގެ ވާހަކަ އަހާފައި ދާދު ޒަޔާންގެ ގައިގަ ބައްދާލިއެވެ. ” ދާދު ދޮންތި މި އައީ ވަރަށް ހެޕީ ނިއުސް އެއް ދޭން ވެގެންނޭ” އިފްރާ ބުނެލިއެވެ.

” ދޮންތީ އައި ނޯ ޔޫ ލަވް ޒަޔާންބެ ކަން” ދާދު ބުނެލިއެވެ.

” އެ ވާހަކަބުނެފީމޭ ޒަޔާން ކާރީވެސް މިހާރު މިބުނަން އުޅެނީ އެހެން ވާހަކައެއް އަޑު އަހާބަލަ!  ދޮންތި ޕްރެގް އޭ” އިފްރާ އުފާވެލާފައި ބުންޏެވެ.

” އަސްލުވެސް އައި އެމް ސޯ ހެޕީ ފޯރ ޔޫ ދޮންތި ކޮންގްރާ ޓު ޔޫ ބޯރތް” ދާދު އުފާވެލާފައި ބުންޏެވެ.

” ޒަޔާން ބެ ހިންގާ މެންދުރު ޓްރީޓެއް ދޭން” ދާދު ބުނެލިއެވެ.

“މެންދުރަކު ނޫން މިރޭ ރެޑީ ވެގެން ހުންނައްޗޭ މެންދުރު ކާން ހިނގާ ގެޔަށް މަންމަ މިއަދު ވަރަށް މީރުކޮށް އެބަ ކައްކާ ” ޒަޔާން އެހެން ބުނުމުން ނަމާދުން ނިމިގެން ދާނެކަމަށް ބުންޏެވެ.

މެންދުރު ކައިގެން ގޮސް އިފްރާ ޖައްސާލިއެވެ. ޒަޔާން ވެސް އިފްރާގެ ކައިރީގައި ޖައްސާލިއެވެ. ” އިފޫ ދެން އޮފީހުން ރެސްޓެއް ނަގަން ވީއެއްނު ދޯ ފުރަތަމަ ތްރީ މަންތްސް ވަރަށް ކެއަރފުލް ވާން ޖެހޭނެއެއްނު ދޯ އޭގެ ފަހުން ވިހަންދެން އިފޫ ބަލި ނޫނިއްޔާ ދިޔަޔަސް އަހަރެންގެ ނެތް މައްސަލައެއް” ޒަޔާން ލޯބިން އިފްރާގެ ބޮލުގައި ފިރުމާލިއެވެ.

” ޒަޔާން އަހަރެން މި ވިސްނަނީ އޮފީހުން ކެނޑެން ޒަޔާން އަހަރެންނާ ބޭބީ ބަލާނަމެއްނު އެ ނޫނަސް އަހަރެން އެހާ އުޅޭހިތްވާ ދާއިރާއެއްވެސް ނޫން ބައްޕަގެ ނުފޫޒުން އަހަރެން ބިޒްނަސް ކިޔެވީވެސް ޖޮބް އަށް ޖޮއިން ކުރީވެސް އެކަމަކު ދެން ނުކުރާނަން އަހަރެންގެ ހިތާ ދެކޮޅަކަށް އެއްވެސް ކަމެއް” އިފްރާ އެހެން ބުނެލާފައި ހީލިއެވެ.

” އަހަރެން އިފޫގެ ކޮންމެ ނިންމުމަކަށް މަރުހަބާ ކިޔާނަން……. ބަނޑަށް ކިހާ ދުވަހެއްތަވީ؟ ”

ޒަޔާން އަހާލީ ވަރަށް ލޯބިން އިފްރާގެ ބަނޑުގައި ފިރުމާލާފައެވެ.

” ޓޫ މަންތްސް ވެއްޖެ” އިފްރާ ޖަވާބު ދިނުމުން ޒަޔާން އިނގިލިން ގުނަން ފެށިއެވެ.

“ކޯއްޗެއް ތި ގުނަނީ މިހާރު؟”

” މީ ބަލާލީ ކައިވެނި ކުރި ދުވަހާ ބަނޑަށް ވީ މަސް ދިމާވޭތޯ” ޒަޔާން މަޖާވެލާފައި ބުންޏެވެ.

” އައި ވިލް ކިލް ޔޫ ޒަޔާން ގަނޑާ” “ކިލްމީ ޕްލީޒް ބޭބީ”  ޒަޔާން އިފްރާ އާއި ކާރިވެލިއެވެ. އިފްރާ ލަދުން މޫނު ފޮރުވާލިއެވެ. “އިފޫ އަދި ލަދުވެސް ގަނޭތަ؟” ޒަޔާން އެހެން ބުނުމުން އިފްރާ އިތުރަށް ލަދުގަތެވެ. ޒަޔާން އިފްރާގެ ގައިގަ ބައްދާލިއެވެ. ޒަޔާން އިފްރާގެ ތުންފަތުގައި ލޯބިން ބޮސްދިނެވެ. ޒަޔާންގެ އަމަލު ތައް ހުރީ ވަރަށް އަވަސްކޮށްނެވެ. ކުޑަ އިރޮކޮޅެއްގެ ތެރޭ ދެމީހުންގެ މަސްތީ އާލަމަކަށް ދަތުރު ކުރިއެވެ.

” އިފޫ އަވަހަށްރެޑީވެ ބަލަ ދާދު މިހާރު އިންނާނެ އަހަރެމެންގެ އިންތިޒާރުގައި” ޒަޔާން ވާހަކަ ދައްކަމުން ދިޔައީ ލޯގަނޑު ކުރިމަތީ އިން އިފްރާ އާއެވެ. ހުދުކުލައިގެ ގަމީހަކާއި އައިސް ބްލޫ ޖީންސްގައި އިފްރާ ވަރަށް ލޯތްބެވެ. ޒަޔާންވެސް ލައިގެން އިނީ ހުދު ކުލައިގެ ގަމީހަކާއި ކަޅު ޖީންސެކެވެ.

އިފްރާ ތައްޔާރުވެގެން އައިސް ޒަޔާންގެ އަތުގައި ހިފާލިއެވެ. ކާރު ގޮސް މަޑުކޮށްލީ އިފްރާގެ ފޭވަރިޓް ސީކްރެޓް ރެސިޕީ ކުރިމައްޗަށެވެ. ޒަޔާން އަދި އިފްރާ ވަދެގެން ގޮސް އިށީނެވެ. އިރުކޮޅެއްފަހުން ދާދުވެސް އައެވެ. “ހެއި ތިއްތި” އިވިގެން ދިޔަ އަޑުން ދާދު އަށް ފަހަތައް ބަލާލެވުނެވެ. ދާދުގެ ކުރިމަތީގައި ޕިންކު ކުލއިގެ ޓޮޕް އަކާ ކަޅު ޖީންސެއްލައިގެން އެހެރީ އޭނާގެ ހިތުގެ މަލިކާއެވެ. ” ތެންކިޔު އިމްކޮ އައިސް ދިނީތީ” ޒަޔާން ބުނެލީ އިމްނާއަށް ދާދު ކައިރީގައި އިށީނުމަށް އަތުން އިޝާރާތް ކުރުމަށް ފަހުއެވެ.

” ހެއީ! އަދި އަލަށް ދޯ މި ދިމާވީ ވެސް އިމްކޮއާ ވެޑިން ޕާރޓީ އަކުންވެސް ނުދެކެން” އިފްރާ ހީލާފައި ބުނެލިއެވެ. ” ލައްބަ އަދި ނުވާނެ މާލެ އައިތާ މާގިނަ ދުވަހެއް ދެން ދޭތެރެޔަކުން ދާނަން އަހަރެން ވެސް ފޫހި ފިލާނެތާ ދޯ”

” އިމްކޯ މީ އިފޫގެ ކަޒިން އެއް” ޒަޔާން އަށް ފުރިހަމަ ނުކުރެވެނީސް އިމްނާ ޖަވާބު ދިނެވެ.

” ދާނިޝް ބޭބީ ދޯ ” އެ އަޑު އަހާފައި ޒަޔާން އާއި އިފްރާގެ ހިނި ގަނޑު ފަޅައިގެން ދިޔައެވެ.

” ކުރީ ރޭ ދިޔަ ހޮސްޕިޓަލަށް ހިތުގައި ރިއްސާތީ އެކަމަކު ހިތް އޮތީ ބަނޑުގައި ކަމަށް ބުނުމުން އޮޕްރޭޝަން ކުރަން އުޅުމުން ފިލީ” ހީ ހީފަ އިމްނާ އެވާހަކަ ކިޔާ ދިން އިރު ދާދުއަށް ކަޅި ޖަހާނުލާ އިމްނާއަށް ބެލުނެވެ.

” އަހްމަދު ދާނިޝް ލީނާ ފަހީމް ” ދާދު ނަން ބުނެލުމަށް ފަހު ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ.

“ވަޓް ލޯޔާރ ދާނިޝް ތަ ތީ” އިމްނާ އަށް އަހާލެވުނެވެ. ދާދު ބޯޖަލާލިއެވެ. ” އައި އެމް އަ ބިގް ފޭން އޮފް ޔޫ ވަރަށް ހޯދިން ފެބީވެސް ފޮޓޯއެއް ފެނޭތޯ އެންމެ ފަހުން މި ފެނުނީތާ ދޯ” އިމްނާ ހީލާފައި ބުނެލުމުން ދާދުވެސް ހީލިއެވެ.

ކައިގެން ކޭކުވެސް ކައިގެން ގެޔަށް ދިޔުމަށް 4 މީހުންވެސް ނިކުތެވެ. ” ދާދު ދާންވީއެއް ނު އިމްކޮ ގެޔަށް ލައިދޭން” ޒަޔާން ބުނެލިއެވެ. ” މަށާ އެކީ ދާނަން ތަ؟” ދާދު އިމްނާ ކާރިން އަހާލުމުން އިމްނާ ބޯޖަހާލިއެވެ.

ދާދު އިމްނާއަށް ކާރުގެ ދޮރު ހުޅުވާދިނެވެ. އަދި އިމްނާ ކާރަށް އެރުމުން ދާދު ޒަޔާން އަށް ފްލައިން ކިސްއެއް ފޮނުވާލިއެވެ. އެތަން ފެނިފައި ޒަޔާން އާއި އިފްރާ އަށް ވަރަށް ހެވުނެވެ.

” އިމްކޮ ކުޑަކޮށް ބުރެއް ޖަހާލާފައި ދިޔަޔަސް އޯކޭތަ؟ އަލަށް އަހަރެންގެ ކާރަށް ދޮންތަ ނޫނީ އަންހެން ކުއްޖަކު މި އެރުވީ” ދާނިޝް ބުނެލިއެވެ.

” އެހެންތަ ގަރލް ފްރެންޑެއް ނު ހުރޭތަ؟” އިމްނާ އަހާލިއެވެ.

” އާން ނުހުރޭ އަދި ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރަން އިމްކޮގެ ހުރޭތަ ބޯއިފްރެންޑެއް؟ ” ފުރުސަތުގެ ބޭނުން ހިފާ ދާނިޝް އަހާލިއެވެ. އިމްނާ ބޯޖަހާލިއެވެ. އިމްނާގެ އެ ޖަވާބުން ދާނިޝްގެ ހިތުގައި ރިއްސާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ނުވަވަނަ ބައި)

Next

ސިރާޖު- އަލް ބަޒީރުގެ މަދަދުގާރު

Next
December 5, 2023

ސިރާޖު- އަލް ބަޒީރުގެ މަދަދުގާރު

Previews
December 4, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ނުވަވަނަ ބައި)

8 Comments!

  1. Laiii😍 says:
    December 4, 2023 at 10:50 am

    Hey nadhoo vr reethi mi part ves Masha Allah🖤
    Konirakun tha lai eh annany …🤣
    Anyways vr reethi inge 😍

    1. Nadhoo says:
      December 4, 2023 at 12:24 pm

      awnn… wait mihaaru dhen aumuge magumatheega

  2. Ey aan says:
    December 4, 2023 at 11:16 am

    Lai aa ifoo aa imko aa OMG 🤦‍♀️

    1. Nadhoo says:
      December 4, 2023 at 5:10 pm

      aan dho. thank you for reading

  3. love imko 💕💕 says:
    December 4, 2023 at 11:18 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

  4. vempire girl says:
    December 4, 2023 at 12:43 pm

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr

  5. Rifoo says:
    December 4, 2023 at 1:38 pm

    Masha Allah mi bai vx varah reethi 💗 when next

  6. Ifoo says:
    December 4, 2023 at 7:08 pm

    Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

Comments are closed.

Next Episodeއިފްރާ 11←


All Right Reserved!