Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިިފްރާ 9

Nadhoo
Nadhoo Level 1
November 30, 2023 5 Mins Read
9 Comments

ޒަޔާން ތެދުވެގެން އައުމުން އިފްރާ ޒަޔާންގެ ކަންކަށިމަތީ އެތި ފަހަރެއް ޖެހިއެވެ. ތަދު ވުމުން ޒަޔާން އަށް ކޮލުގައި ފިރުމާލެވުނެވެ. ” ތަދުވެއްޖެ ދޯ؟ ޒަޔާން ބޭނުން ހާ ގޮތެއް ހަދަން އަހަރެން މީ ޒަޔާން ފިހާރަޔަކުން ގަނެގެން ގެނައި އެއްޗެއް ނޫން އަހަރެންގެ ދިރިއުޅުމުގެ ކަންކަން ނިންމާ އިރު އަހަރެން ބޭނުންވާ ގޮތް ވެސް ބަލަން ޖެހޭނެ. ޒަޔާން ބޭނުންވީމާ އިނދެފަ ބޭނުން ވީމާ ވަރިއެއް ނުކުރެވޭނެ. މީ ހަމަ އެކަނި ޒަޔާންގެ ލައިފެއް ނޫން” އިފްރާ ބުނީ ވަރަށް ރުޅިއައިސްފައެވެ.

“އަހަރެން އިފޫ އަށް އިތުރަށް ހިތްދަތިކަންދޭން ބޭނުމެއް ނޫން” ޒަޔާން ބުނެލީ މަޑުމަޑުންނެވެ.

” ޒަޔާން އަހަރެން ވަރި ކުރީމާ އަހަރެން އުފަލުގައި އުޅޭނެހެން ޒަޔާން އަށް ހީވަނީ ކީއްވެ؟ އަހަރެންގެ ކަންތައް ތައް އެނގޭކަމަށް ދައުވާކުރަމެއްނު އެކަމަކު ޒަޔާން އަކަށް އެއްވެސް ކަމެއް ނޭގުނެއްނު ކުރިން އަހަރެންގެ ލައިފްގެ ކަންތައް އަހަރެންގެ ބައްޕަ ބޭނުންވާ ގޮތަށް ކުރިޔަސް މިހާރަކު ނުކުރެވޭނެ! އަހަރެން ބޭނުންވާ ގޮތަކަށް ކަންތައް ކުރާނީ އެނގިއްޖެތަ؟” އިފްރާ ޒަޔާންގެ މޭގައި އަތް އަޅާ ކޮށްޕާލިއެވެ.

” ކިހިނެތް ވެގެން ތި އުޅެނީ؟ ކީއްވެ ތި ތަޅަނީ ނުތެޅިޔަސް ކިޔާ އެއްޗެއް ކީދާނެ އެއްނު” ޒަޔާން ވެސް ބުނީ ހަރުކަށި ރާގަކަށެވެ.

” ތަޅާނަން އަހަރެން ބޭނުން ގޮތަކަށް އަހަރެންވެސް ކަންތައް ކުރާނީ ޒަޔާން ކީއްވެ އަހަރެން މިގެއިން ނެރެލީ އަހަރެން ގެ ކުށަކީ ކޮބާ؟ ގެޔަށް ދިޔުމުން ބައްޕަ ބުނީ މިގެޔަށް ދާށޭ އަހަރެން މިގެއިން ނެރެލީމާ ދިޔުމުންވެސް…. އަހަރެން ދެކެ އެއްވެސް މީހަކު ލޯބި ނުވަނީ ކީއްވެ؟ ހުރިހާ މީހުންނަށް އަހަރެން މީ ބުރައެއް. ޒަޔާން ވެސް ޒަޔާންގެ ހިތް ފުރުމުން އަހަރެން ދޫކޮށްލީ ގެއިން ނެރެލީ އޭގެ ފަހުން އަހަރެން މަރުވީތޯ ދިރިހުރިތޯ ވެސް ބަލާ ނުލާ” އެންމެ ފަހުން އިފްރާ އަށް ރޮވުނެވެ. ޒަޔާން އިފްރާގެ ކާރިޔަށް އައެވެ. ” އިފޫ ތި ވިސްނަނީ މުޅިން ގޯސްކޮށް ތިހާ ލޯބި ކުއްޖަކު ދެކެ އެއްވެސް މީހަކު ނަފްރަތު ކުރަން ވީ ކީއްވެ؟” ޒަޔާން އިފްރާ ގެ އަތުގައި ހިފާލިއެވެ. އިފްރާ ޒަޔާންގެ އަތް ފޮޅުވާލިއެވެ. އިފްރާ އޭނާގެ ދަބަހުގައި އޮތް ވަރީގެ ފޯރމް ނެގިއެވެ. ” ޒަޔާން ކީއްވެ؟ އަހަރެން މިގެއިން ދިޔުމުންވެސް ނުފުދުނު؟ ކީއްވެ ވަރިކުރަނީ ؟ އަހަރެން ޒަޔާން އަކަށް އުނދަގުލެއް ނުކުރާނަމޭ އަހަރެން ވަރި ނުކުރޭ! ޒަޔާންގެ އަންބެއްގެ ގޮތުގަ ނަމެއްގަ ނަމަވެސް ބަހައްޓާލަ ދީ….. ޕްލީޒް ” ރޮމުން ރޮމުން ގޮސް އިފްރާއަށް އެންމެ ފަހުން ގިސްލެވެން ފެށުނެވެ. ޒަޔާން އަކަށް އިފްރާ ރޯތަން ބަލާކަށް ކެތެއް ނުކުރެވުނެވެ. އިފްރާގެ އަތުގައި އޮތް ފޯރމް އަތުލުމަށްފަހު ވީދާލިއެވެ.

” އިފޫ ދެން ނުރޮއެ ހުއްޓާލަބަލަ ތިހެން ރޯތަން ފެނުމުން އަހަރެންގެ ހިތުގައި ޖެހޭ! ވަރިއެއް ނުކުރާނަމޭ!” ޒަޔާން އިފްރާ ގެ ކޮނޑުގައި ހިފާ ކޮޅަށްނެގިއެވެ. އަދި ވަރަށް ލޯބިން ކަރުނަ ފޮހެލާދިނެވެ. އިފްރާ ޒަޔާންގެ މޭގައި ބޯއަޅާލިއެވެ. ޒަޔާން އަށް ވެސް ބައްދާލެވުނީ އިހްތިޔާރަކާ ނުލައެވެ.

” ޒަޔާން އަހަރެން ބޯ އަނބުރާ ގޮތް ވަނީ ” އިފްރާ އަށް ބުނެވުނީ އެހާ ވަރަށެވެ އިފްރާ އަރި އަޅާލިއެވެ. ޒަޔާން އަށް ކިރިޔާ ހިފެހެއްޓުނީއެވެ. ޒަޔާން އިފްރާ އެނދުގައި ބޭއްވިއެވެ. އަދި މޫނުގައި ފެން ހޭކުމުން އިފްރާ ހޭވެރިކަން ވިއެވެ.

” ނުވެސް ކައި ދޯ ތި އުޅެނީ” ޒަޔާން އަހާލީ ދެރަވެފައެވެ.

“ހިންގާ އަހަރެން އިފޫ ގެޔަށް ލައި ދޭނަން”  ޒަޔާން އެހެން ބުނުމުން އިފްރާ ރުޅި އައިސްގެން ޒަޔާން ގެ މޭގައި އަތް އަޅާ ކޮށްޕާލާފައި ތެދުވިއެވެ.

” ޒަޔާން އަށް ކީއްވެގެންތަ ނުވިސްނިގެން ތި އުޅެނީ އަހަރެން ޒަޔާން އާ ދުރަށް ދާން ބޭނުން ނުވާކަން އަހަރެން ނަކަށް ނޫޅޭވޭނެ ޒަޔާން އާ ވަކިންނެއް އަހަރެން މޮޔާވެދާނެ! އަހަރެން ޒަޔާން ދެކެ އިންތިހާ އަށް ލޯބިވޭ! އަހަރެން ޒަޔާން އާ ވަކިވާކަށް ބޭނުމެއް ނޫން” އިފްރާ ރޮމުން ރޮމުން ފާރަށް ލެނގިލިއެވެ. އިފްރާގެ ވާހަކަ އަހާފައި ޒަޔާން އަށް އޭނާގެ ކަންފަތަށް އިވުނީ އިފްރާގެ އަޑުކަން ގަބޫލުކުރަންވެސް ދަތިވިއެވެ. އެއްވެސް ހަރަކާތެއް ކުރަން އެއްޗެއް ބުނަން ވެސް ނޭންގިފައި އިފްރާ އާއި ދިމާލަށް ބަލަން ޒަޔާން ހުއްޓެވެ. އިފްރާ ޒަޔާން ގެ އަތުގައި ހިފާ އިފްރާ ގެ ކާރިޔަށް ގެނައެވެ. އަދި ޒަޔާންގެ މޫނުގައި ދެއަތުން ހިފާލިއެވެ.

” އަދިވެސް އަހަރެން ދެކެ ލޯބިވާ ވާހަކައެއް ނުބުނާނަން ތަ؟ ” އިފްރާ ކުރި ސުވާލުން ޒަޔާން އަށް ހައިރާން ކަން ލިބިގެން ދިޔައެވެ. އިފްރާ ޒަޔާންގެ ތުންފަތުގައި ބޮސްދިނެވެ. ” ޒަޔާން އައި ރިއަލީ ލަވްޔޫ” އިފްރާ އެހެން ބުނުމުން ޒަޔާން ހީލިއެވެ.

” އިފޫ ކޮން އިރަކު ކަމެއް ނޭގުނު އަހަރެން ތި ރީތިކަމުގެ ޖާދޫގައި ޖެހިއްޖެ…. އަ އި ލަވް ޔޫ ސޯ މަޗް” އެންމެ ފަހުން ޒަޔާންވެސް ބުނެލިއެވެ. ޒަޔާން އިފްރާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

“ދެން ދުވަހަކުވެސް އަހަރެން ޒަޔާން އާއި ދުރަށް ނުފޮނުވާތި! އަހަރެމެން ބޭނުމީ ޒަޔާން އާއި އެކީ އުޅެން” އިފްރާ ބުނި އެއްޗަކުން ޒަޔާން އަށް ހެވުނެވެ.

” އިފޫ ތިހެންނޭއް ނޫނޭ ބުނާނީ އަހަރެމެން ދެމީހުން އެކީގަ އުޅޭށޭ ބޭނުމީ” ޒަޔާން އެހެން ބުނުމުން އިފްރާ ބޯހޫރާލިއެވެ. އަދި ޒަޔާންގެ އަތް ގެނެސް އިފްރާގެ ބަނޑުގައި ޖައްސާލިއެވެ. ” އަހަރެމެންނެއް ނުވޭތަ؟” އިފްރާގެ އެ އަމަލުން ޒަޔާން ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ” ޒަޔާން އަހަރެން ޕްރެގް ” އިފްރާ އެހެން ބުނުމުން ޒަޔާންގެ ދެލޯ ފެންކަޅި ވިއެވެ. ޒަޔާން އިފްރާ އާއި ކުޑަކޮށް ދުރުވެލިއެވެ. “ޒަޔާން އުފަލެއް ނުވޭތަ؟ އަހަރެން ޒަޔާން ކާރީ އެރޭވެސް ބުނަން އުޅުނީ މި ވާހަކަ ބައްޕައަކަށް ވާކަށް ބޭނުމެއް ނުވޭތަ؟ ” އިފްރާ އަށް އަހާލެވުނީ ހާސްވެފައެވެ.

“ނޫން! އެކަމަކު އަހަރެން އިފޫ އާ ކާރިވީ….” ޒަޔާން އަށް ބުނެވުނީ އެހާ ވަރަށެވެ. އިފްރާ ޒަޔާންގެ އަނގަމަތީ އަތް އެޅިއެވެ. ” ތިހެން ނުބެނޭ! ޒަޔާން އަހަރެން ރޭޕް ކުރީ އެއް ނޫނެއްނު ފުރަތަމަ ފަހަރު ވެސް އެހާ ލޯބިން އުޅުނީ އަހަރެންނަށް ކަމެއް ވެދާނެތީ އެހާ ކެއާރފުލް ވެގެން އުޅުނު ހަނދާން އަދިވެސް ވޭ ޒަޔާން އަށް ނޭގުނަސް އޭރުވެސް ޒަޔާން އަހަރެން ދެކެ ލޯބިވޭ. އަހަރެންނަށްވެސް ޒަޔާން ދެކެ ލޯބިވެވުނީ އެހާ ލޯބިން ލޯބި ދޭތީ ….ޒަޔާން އަހަރެންނަށް އެދޭވަރު ފެނުމުން އަހަރެންވެސް ބޭނުމެއް ނުވޭ ޒަޔާން ދުރުކުރާކަށް ޒަޔާން އަކަށް ނުހުރެވޭ އަހަރެންނާ ދުރުގައެއް. ހުރެވޭތޯ އުޅުނަސް ދަގަތްޕާނަށް ދަގަޑުދަމާހެން ޒަޔާން އަހަރެންނާ ދިމާލަށް ދަމައެއްނު. ވީ ކަމެއްވީ ތީ މިހާރު އަހަރެންގެ ދަރިފުޅުގެ ބައްޕަ ” އިފްރާ ހީލާފައި ބުނުމުން ޒަޔާންވެސް ހީލިއެވެ. އަދި އިފްރާގެ ގައިގަ ބައްދާލިއެވެ. ” އިފޫ އަހަރެން ބައްޕައަކަށް ވަނީ ތެންކިޔު ސޯމަޗް ފޯރ ދިސް” ޒަޔާން ބުނެލީ އިތުރަށް އިފްރާ ފިއްތާލަމުންނެވެ.

” ޒަޔާން އަހަރެން ކުރި ކަމެއް ނޫނޭ މީ ހަމަ ޒަޔާން ކުރި ކަމެއް ސޯ ތެންކިޔު ”

“އިފޫ ހާދަ ލާނެތް ވެއްޖެޔޭ ” ޒަޔާން އިފްރާގެ ނޭފަތުގައި ހިފާލިއެވެ. އެވަގުތު ޒަޔާންގެ ފޯނު ރިންގުވިއެވެ. ފޯނު ނަގަން އުޅުމުން ފޯނުއެނދުމައްޗައް ވެއްޓުނެވެ. އެވަގުތު އިފްރާ އަށް ހެވުނެވެ. ޒަޔާން ފޯނު ބަލާލިއިރު ހުރީ ނެގިފައެވެ. ޒަޔާން ފޯނު ސްޕިކަރަށްލިއެވެ. “ހެލޯ ކާކުތަ؟” ޒަޔާން އަހާލިއެވެ. “އިފްރާގެ ހުނުމުގެ އަޑު އިވުމުން ފޯނުކުރި މީހާއަށް ހަމަ ނޭވާލެވުނެވެ. ކާކު ކަމެއް ބަލާނެ ކަމެއް ނެތް އަހަރެން ނޫޅޭން މީހުންގެ އަނބިން ގެއްލިގެންނެއް، ހުވާ ވަރަށް ފޫހިވޭ ” އެމީހަކު ޖަވާބު ދިނުމުން ޒަޔާން އިފްރާ އާއި ދިމާލަށް ބަލާލިއެވެ. އޭރު އިފްރާ ހަމަ ހެނީ އެވެ. ” އިފޫ ކީއްވެ ތި ހެނީ ނުބައި ނަމްބަރަކަށް ކަން ނޭންގޭ އެ އުޅެނީ ގުޅައިގެން” ޒަޔާން ބުނެލިއެވެ.

” ދާދު… ސޮރީ ދޮންތިގެ ލޯބީ ނުބުނެ އާދެވުނީމާ” އިފްރާ ޖަވާބު ދިނުމުން ޒަޔާން އަށް ވެގެން އުޅޭގޮތް އެނގުނެވެ. ޒަޔާން އަށް ވެސް ހެވުނެވެ. ” ދޮން އެދަނީ މަގޭ ހިތުގެ މަލިކާ ނަސީބެއް ނު ދޮން ނުފެނިގެން މަގުމައްޗަށް ނުކުމެވުނުކަން ފިހާރަތައް ބެލިޔަސް ޑޮކްޓަރެއް ނުފެންނާނެ އެއްނު ދޯ؟ އޫޕްސް އަހަރެން ހިތުގައި ރިއްސަނީ އަހަރެން މި ދަނީ ހޮސްޕިޓަލަށް” އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. “އިފޫ ހިންގާ އަވަހަށް ހޮސްޕިޓަލަށް”  ޒަޔާން އެހެން ބުނުމުން އިފްރާ ހައިރާންވެފައި ބަލާލިއެވެ. ” ދާދު މޭގައި ރިއްސާ ވާހަކަ އާއި ހޮސްޕިޓަލަށްދާ ވާހަކަ ބުންޏެއްނު” ޒަޔާން އެހެން ބުނުމުން އިފްރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

” އެދިޔައީ އެ ނުފެނިގެން އުޅޭ މަންޖެ އަކީ ޑޮކްޓަރެއްކަން އެނގުމުން އެމަންޖެއަށް ދައްކަން” އިފްރާ އެހެން ބުނުމުން ޒަޔާން ބޯ ހޫރާލިއެވެ. ” ޒަޔާން އަހަރެން ވަރަށް ބަނޑުހައި އަދި މިއަދު ނުވެސް ކައި މިއުޅެނީ” އިފްރާ އެހެން ބުނުމުން ޒަޔާން އިފްރާ ގޮވައިގެން ބަދިގެޔަށް ދިޔައެވެ. އަދި ބަދިގޭގައި ހުރި ރައިސްއެތި މައިކްރޯވޭވް އަށް ލިއެވެ. ” މިރޭ މަންމަ ގެނައި އެއްޗެއް ކާހިތް ނެތީމާ ބެހެއްޓީ ” ޒަޔާން ބުނެލީ އިފްރާއާއި ދިމާލަށް ބަލާލަމުންނެވެ. މައިކްރޯ ނިވުމުން ޒަޔާން އެ ހިފައިގެން އައިސް ތަށްތަކަށް އެޅުމަށްފަހު ސަމްސަލެއްނަގާ އިފްރާއަށް ލަވާ ދިނެވެ. އިފްރާވެސް ޒަޔާން އަށް ލަވާދިނެވެ. ދެމީހުން ކައިގެން ތަށިތައް ދޮވުމަށް ފަހު ކޮޓަރިޔަށް ދިޔައެވެ.

“އިފޫ އަނެއްކާ ރެޑީތަ މަންމައަކަށް ވާން؟ ހަމަ އެއްވެސް ޕްލޭނެއް ނުކޮށް ލިބުނު ބޭބީއެއް ވީމާ މި އަހާލީ” ޒަޔާން އިފްރާގެ އަތުގައި ހިފާލިއެވެ.

” އަހަރެން ވަރަށް ބޭނުން މި ބޭބީ! އަހަރެމެން ދެމީހުން ބޭބީ އާ އެކީ އުޅެން ދަސްކުރާނީ ޕްލޭން ކުރިޔަސް ނުކުރިޔަސް މީ އަހަރެމެންގެ ބޭބީ އެއްނު” އިފްރާ ބުނެލިއެވެ.

އިފްރާ އައުމަށް ފަހު ބޭރަށް ނުދާތީވެ. ޒަޔާންގެ މަންމަ މައްޗަށް ދިޔައީ ދެމީހުންގެ މައްސަލަ ދިޔަ ހިސާބު ބަލާށެވެ. ނަމަވެސް ކޮޓަރީ ތަޅުލާފައި ހުރުމުން އަދި އެއްވެސް އަޑެއް ނީވޭތީ އަބުރާ ދިޔައެވެ.

ހެނދުނު އިފްރާއަށްވުރެ ކުރިން ހޭލެވުނީ ޒަޔާން އަށް ޒަޔާންގެ ކައިރީގަ ނިދާލާފައި އޮތް އިފްރާ ފެނުމުން ހެވުނެވެ. “ބޭބް ތެދުވެބަލަ އަދި ފަތިސް ނަމާދުވެސް ނުކޮށް މިތިބީ” ޒަޔާން ލޯބިން އިފްރާގެ ކޮލުގައި ބޮސްދިނެވެ. އިފްރާ ޒަޔާން ގެ ގައިގަ ބައްދާލިއެވެ. “ހާދަ ދުވަހެއް ފަހުންނޭ މިހާ ހަމަޖެހިގެން މި ނިދާލެވުނީ” އިފްރާ ޒަޔާންގެ ތުންބުޅީގައި ފިރުމާލާފައި ތެދުވިއެވެ.

“ޒަޔާން އަހަރެންގެ ނެތޭ ހެދުމެއްވެސް” މިހެދުން ލައިގެން ނަމާދު ނުކުރެވޭނެ މި ލައިގެން ވީއްޔާ މިނިދީ”

” އިފޫ އޮންލައިން ކޮށް ގަތީމެއްނު ހެދުން ތަކެއް އެބަހުރި ލިބިފަ އަހަރެން ހުންނާނީ ދޮވެފަ އަލަމާރީގަ އަޅުވާފަ” ޒަޔާން އެހެން ބުނެވުނު ކަން ނޭންގި އިފްރާ ގޮސް ކަބަޑް ހުޅުވާލިއެވެ. އަދި ހެދުން ތައް ނެގިއެވެ. އެކްސައިޓްވެފަ ހުރެފަ އިފްރާ ކުއްލިޔަކަށް ހިމޭން ވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަވަނަ ބައި)

Next

ޢީރަމް

Next
November 30, 2023

ޢީރަމް

Previews
November 27, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަވަނަ ބައި)

9 Comments!

  1. vempire girl says:
    November 30, 2023 at 12:41 pm

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr???

  2. love imko 💕💕 says:
    November 30, 2023 at 5:40 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

  3. Umm.. says:
    November 30, 2023 at 6:12 pm

    Nadhoo javaabu beynun suvaaluge.. Vrh beynun ingenn aslu.. This story is hama my friend eh ge life story .. Soo beynun ihthifaagun v kameh tho balaalan..

    1. Nadhoo says:
      December 1, 2023 at 12:42 am

      Hama hiyaalee vaahaka eh kujjehge life aa gulhey nama hama ihthifaagekey buneveynii…♥️

  4. Laiii😍 says:
    November 30, 2023 at 6:36 pm

    Hey nadhoo vr reethi inge mi part ves❤️maa sha Allah❤️
    Keep it up sis🖤

  5. Ifoo says:
    December 2, 2023 at 5:13 pm

    Aww😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  6. Eekkkss says:
    December 3, 2023 at 7:55 pm

    When is next part?varah kiyaahuyvey eba

  7. Ifoo says:
    December 3, 2023 at 8:36 pm

    When next part kiyaalan libeynee?

  8. Nadhoo Nadhoo says:
    December 4, 2023 at 9:52 am

    hurihaakudinah ves salaam,
    mi dhedhuvahu baive ulhuneema messages thaka reply ves nudhevuni sorry! miadhu 10 vana part submit kohfin. mihaaru vaahaka iny liye nimifa ehen veema site in up kureema dhen in part submit kuraanan… thank you for the love my readers

Comments are closed.

Next Episodeއިފްރާ 10←


All Right Reserved!