Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 8

Nadhoo
Nadhoo Level 1
November 27, 2023 4 Mins Read
13 Comments

“އިފޫ ލާރާ ވެސް ކަންތައް ކުރި ގޮތުން އަހަރެން ބިރު ގަނޭ…….” ޒަޔާން އިސްޖަހާލަމުން ވާހަކަ ހުއްޓާލިއެވެ.

” ޒަޔާން އަހަރެމެންގެ ކާވެނި ކޮންމެ ހާލަތެއްގައި ކުރެވުނަސް އަބަދުވެސް ޒަޔާން އަށް ވަފާތެރިވާނަން! މީ ލާރާ އެއް ނޫން މީ އިފްރާ އެންޑް ދާދު އާހުރެ ޖެލަސްނުވޭ ދާދު އަކީ އަހަރެން އެއްބަނޑު އެއްބަފާ ކުއްޖެއް ގޮތަށް ދެކޭ ކުއްޖެއް. ދާދު އަކީ އަހަރެންގެ މަންމަޔާ އެއްބަނޑު ދައްތަގެ ކުއްޖެއް އެ ފަކީރު ވަރަށް ކުޑައިރު ސުނާމީގައި ދާދުގެ މަންމަޔާ ބައްޕަ މަރުވީ އޭރު ދާދު ހުރީ ރަށުގެ އަނެއްކޮޅުގައި ހުރި އުސް އިމާރާތެއްގައި ކަމުން ދާދު ސަލާމަތްވީ އޭގެ ފަހުން މަންމަ ދާދު ގެނެސް ކިޔައްވާ ހެދީ އަހަރެމެން ދެމީހުންގެ އޭޖް ކައިރި ވީމާ ދެމީހުން ވަރަށް އެކުވެރިވާނެ. އޭނަ އެ އައީ މިހާރު ލޯ ކިޔަވައިގެން އަޑެއް ނާހަންތަ މާމޮޅު ލޯޔަރެއްގެ ވާހަކަ އެއް؟ އަހްމަދު ދާނިޝް ލީނާ ފަހީމް  ” އިފްރާ އަހާލިއެވެ.އަޑު އެހިން އެއީ ދާދު ތަ؟ ޒަޔާން އަށް އަހާލެވުނެވެ. އިފްރާ ބޯޖަހާލިއެވެ. ދެން ކޮންމެ ރެޔަކު މިދަނީ ދާދުއަށް މާރީތި އަންހެން ކުއްޖެއް ފެނިގެން އެމަންޖެ ދެން އަލުން ފެނޭތޯ މުޅިމާލޭގައި ތިބިހާ ފިހާރައެއް ފާސްކުރަންވެގެން. ޒަޔާން ދެން ހިންގާބަލަ ކާން އަހަރެން ދެކެ ހިތްހަމަ ނުޖެހިގެން ނުކައި ހުންނާކަށް ނުވާނެއެއްނު ” އިފްރާ އެހެން ބުނުމުން ޒަޔާން އިންތަނުން ތެދުވުމުން އިފްރާ ޒަޔާންގެ ގައިގަ ބައްދާލިއެވެ. ޒަޔާންވެސް ބާރަށް ބައްދާލިއެވެ. ދެމީހުން ގޮސް ކައި ނިމިގެން ރޫމަށް ދިޔައެވެ.

” އިފޫ އަހަރެންނާ އެކު ދުއްވާލަން ދާނަންތަ؟ ” ޒަޔާން އަހާލީ އިފްރާގެ މޫނަށް ބަލަން ހުރެއެވެ. އިފްރާ ހީލާފައި ބޯޖަހާލިއެވެ. އެކަމަކު ސައިކުގައ ދާނީ އިފްރާ ބުނެލުމުން ޒަޔާން އެއްބަސްވެލިއެވެ.

ދުއްވަމުން ގޮސް ބޭރުމަގަށް އެރުމުން އިފްރާއަށް ޖެހިގެން ހުރި ސައިކުގައި އިން ލާރާފެނުނެވެ. އިފްރާ ޒަޔާންގެ މެދު ހަށީގައި ބާރަށް ބައްދާލިއެވެ. އިފްރާގެ އެ އަމަލުން ޒަޔާން ދިޔައީ ސިއްސައިގެންނެވެ.

“އިފޫ ތިހެން ނޫޅޭ އަހަރެން ވެއްޓި ދާނެ” އަހަރެން ޒަޔާން ވެއްޓުނަކަ ނުދޭނަން! އިފްރާ ބުނެލިއެވެ.

“ޒަޔާން މަޑުކޮށްލަބަލަ ކޮންމެވެސް ދިމާލަކަށް ހޮޑުލަވާ ގޮތް ވަނީ” އިފްރާ އެހެން ބުނުމުން ޒަޔާން މަޑުކޮށްލިއެވެ. އިފްރާ އަށް ހޮޑުލެވުނެވެ. ޒަޔާން ސައިކު މަޑީ ދަށުގައިން ފެންފުޅިއެއް ދިނެވެ.

” އާރޔޫ އޯކޭ އިފޫ” ޒަޔާން ހާސްވިއެވެ. “އަހަރެން އޯކޭ މިހާރު ދެތިން ދުވަސް ވެއްޖެ މިހެން ވާތަން މި ދާދު އާ އެކީ މާ ކުޅިއެއްޗިހި ކެވެނީ އޭ އެހެންވެ އެ ނޫނަސް ޒަޔާން ހިތްހަމަ ނުޖެހިފަ ހުންނާނީ ރަގަޅަށް ނުވެއް ކެވޭ ދުވާލަކުއެއް ދެން ރޭ ގަނޑު ކުޅި ކޮށް ކާތީ ހެން ހީވަނީ ހިންގާ އަވަހަށް ގެޔަށް ދާން”

ޒަޔާން ސައިކަލަށް އަރާ ދުއްވާލިއެވެ. ގެޔަށް ގޮސް އައިސް ކިރު ތައްޓެއް ޒަޔާން އިފްރާ އަށް ދިނެވެ.

” ޒަޔާން އަހަރެމެން މެރީ ކުރި ފަހުން ކިހާ ދުވަހެއް މިވީ” އިފްރާ ކަމެއް ހަނދާންވެގެން އަހާލިއެވެ.

“ތިން ވަނަ މަސް މީ” ޒަޔާންގެ ޖަވާބު އަހާފައި އިފްރާ ހާސްވިއެވެ. ކައިވެނި ކުރި ރޭ އޭނާ ޕީރިއެޑްވީ ފަހުން އަދި ނުވާތީ އެކަމާ ވިސްނާލެވުނެވެ. މީގެ ކުރިން ދުވަހަކުވެސް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާތީ އިފްރާ އަށް ކަމެއް ޝައްކުވިއެވެ. ނިދަން އުޅެ އުޅެވެސް އިފްރާއަކަށް ނުނިދުނެވެ.

ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް އިފްރާގެ ހާސްކަމަށް ހައްލެއް ނުލިބުނެވެ. އެންމެ ފަހުން ހޮސްޕިޓަލަށް ދިޔުމަށް ނޫނީ ކިޓެއް ގަނެގެން ޓެސްޓު ކުރުމަށް އިފްރާ ނިންމިއެވެ.

އޮފީހުން މެންދުރު އިފްރާ ގެޔަށް އައީ ބޮލުގައި ރިއްސާތީ ކެތް ނުވެގެންނެވެ. ހޮޑުލެވުމުން ވަރުބަލިވެގެން އިފްރާ ޖައްސާލިއެވެ. ގެޔަށް އައި ޒަޔާން އަށް އިފްރާ ކައިރީގައި އޮށޯވެވުނެވެ. ޒަޔާން އިފްރާގެ ގައިގަ ބައްދާލިއެވެ. އިފްރާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. ޒަޔާން މަޑުމަޑުން އިފްރާ އާ ކާރިވެލިއެވެ. ޒަޔާންގެ ހިތް ގޮވަމުން ދިޔައީ އިފްރާގެ ތުންފަތުގައި ބޮސް ދިނުމަށެވެ. ނަމަވެސް ޒަޔާން ދުރަށް ޖެހުނެވެ. އަދި އެނދުން ވެސް ފޭބިއެވެ. އެތަން ފެނުމުން އިފްރާ އަށް ރޮވުނެވެ.

” ސޮރީ އިފޫ ނުރޮއެ ހުއްޓާލަބަލަ އަހަރެން އިފޫގެ ނުރުހުމުގައި އެއްވެސް ކަމެއް ދެން ނުކުރާނަން އަހަރެންނަށް ނުވިސްނެނީ އަހަރެން ނަކީ ވަރަށް ބޮޑު އަނިޔާވެރިއެއް އިފޫގެ އެއްވެސް ކުށެއް ނެތި ބަދަލު ހިފުމުގެ ބޭނުމުގައި އިފޫގެ ލައިފް ހަލާކުކޮށްލެވުނީ އިފޫ ދެން ދޭ އިފޫގެ މަންމަމެން ކާރިޔަށް އަހަރެން އިފޫ މިނިވަން ކޮށްދޭނަން” ޒަޔާންގެ ވާހަކަ ތައް އަހާފައި އިފްރާ އަށް ބޮޑަށް ރޮވުނެވެ. ވާހަކަ ދައްކާނެ ހިތްވަރެވެސް ނުލިބުނެވެ. ޒަޔާން ނިކުމެގެން ދިޔުމުން އިފްރާ ވަރަށް ހިތުގައި ޖެހުނެވެ. ޒަޔާން އަށް އިފްރާގެ ހުރިހާ ކަމެއް އިނގޭކަމަށް ދައުވާ ކުރާއިރު ޒަޔާން ދެކެ އިފްރާ ލޯބިވާކަން ޒަޔާން އަށް ނޭގުމުން އިފްރާގެ ހިތް ކަތިލެވުނެވެ. ހެނދު ތެދުވެގެން ފާރމަސީއަށް ގޮސް ކިޓެއް ގަނެގެން އައިސް އިފްރާ ފާހާނާޔަށް ވަނެވެ. އިފްރާއަށް ނަތީޖާ ފެނުމުން ބަލަން ހުރެވުނީ ޔަގީން ނުކުރެވިފައެވެ. ޒަޔާން އަށް އެ ހަބަރު ދޭ ހިތުން ގުޅާ ގުޅާ ވެސް ފޯނެއް ނުނެގިއެވެ. އޮފީހަކުވެސް ނެތެވެ. ޒަޔާން އަންނާނެ އިރަކަށް އިފްރާ އިންތިޒާރުކުރަމުން ދިޔައެވެ. ރޭގަނޑު 11 ޖެހިފަހުން ޒަޔާން އައުމުން އިފްރާ ޒަޔާންގެ ކާރިޔަށް ދިޔައެވެ.

” ޒަޔާން އަހަރެން ބޭނުން ވާހަކައެއް ދައްކަން” އިފްރާ ބުނެލިއެވެ.

“ނޫން އިފޫ އަހަރެން މިހެން ނިންމީ ވަރަށް ވިސްނާފައި އަހަރެންނަކަށް ނޯންނާނެ އިފޫގެ ދިރިއުޅުން ބަރުބާދުކުރުމުގެ ހައްގެއް އިފޫ މާދަމާ ހެނދުނު އަހަރެން ގެޔަށް ގެންގޮސްދޭނަން އަހަރެން އިފޫގެ ނުގަބޫލުގައި އިފޫގެ ހަށިގަނޑުން ކިތަށް ފަހަރު އުފާ ހޯދިން އަހަރެން މިހާރު އަމިއްލަ ނަފްސު ދެކެވެސް ރުޅި އާދޭ” ޒަޔާންގެ ވާހަކަ އަހާފައި އިފްރާ ގާތަށް ވެސް އައީ ރުޅިއެވެ.

” ކޮންމެހެން އަހަރެން ގެޔަށް ލާކަށް ވެސް ދާނެކަމެއްނެތް އަހަރެން މަރާލާ ކަމެއް ކުރަން ބޭނުމީއްޔާ….. އަހަރެން މި ދަނީ މިގެއިން ޒަޔާން އަށް އަހަރެން ދިޔުމުން އިނގޭނީ ޒަޔާން އަށް ނޫޅޭވޭނެކަން އަހަރެންނާ ނުލާ ނަ އަންނާތި ބަލާ އަހަރެން ނުވެސް އަންނާނަން” އިފްރާ ރުޅި އައިސްގެން ނިކުމެގެން ދަންވަރު ގެޔަށް އައުމުން އިފްރާގެ ބައްޕަ ޒަޔާންމެންގެޔަށް ދިޔުމަށް ބުންޏެވެ.

” އަހަރެން އެގެއިން ނެރެލީމާ މި އައީ މިތަނުން ހިމާޔަތެއް ލިބޭނެ ކަމަށް ހިތާ އެކަމަކު އެއީ މަށަށް ކުރެވުނު ކުށްހީ އެއް! މީ އަމިއްލަ އެދުމުން ފޯވެފަ ތިބޭ މީހުން ތިބޭ ތަނެއްކަން އަހަރެން ހަނދާން ނެތުނީ އަހަރެން މިދަނީ” އެހެން ބުނެފައި އިފްރާ ރުޅިއައިސްގެން ނިކުމެގެން ދިޔައެވެ. ގޮސް އިފްރާ ހުރީ ދާދު ގެ އެޕާރޓްމެންޓްގައެވެ. އިފްރާ ހުރިހާ ވާހަކައެއް ދާދު އަށް ކިޔާދިނެވެ.

“ކީއްވެނުބުނީ ލޯބިވާ ވާހަކަ ޒަޔާން ކާރީ؟” ދާދު އަހާލިއެވެ.

“އެއެވެސް އެއްޗެއް އަޑު އަހައިގެން ދޯ ބުނެވޭނީ އަހަރެންނަށް އަހަރެން ޒަޔާން ދެކެ ލޯބިވާކަން އިހްސާސްވީ ވަރަށް ފަހުން ފުރަތަމަ ނުކެރުނީ ބުނަން ބޭނުންވީ އިރު ޒަޔާން އަޑެއް ނޭހި” އިފްރާ ހުރިހާ ވާހަކައެއް ކިޔާދިން އިރުވެސް ބަނޑުބޮޑު ވާހަކަ ނުބުނީ އެ ވާހަކަ އެންމެ ފުރަތަމަވެސް ބުނަން ބޭނުންވަނީ ޒަޔާން ކާރީގަ ކަމަށް ވާތީއެވެ.

އިފްރާ ދިޔަތާ 2 ހަފްތާ ވެގެން ދިޔައިރުވެސް ޒަޔާން އިފްރާ ހޯދާކަށް ނާދެއެވެ. ނުވެސް ގުޅައެވެ. އިފްރާ ގުޅިޔަސް ފޯނެއްވެސް ނުނަގައެވެ. އިފްރާ ޒަޔާން އަށް ދުވާލަކު އެތަށް މެސެޖެއް ކުރެއެވެ. ނަމަވެސް ރިޕްލައި ކުރާކަށް ޒަޔާން ހިތަކަށްވެސް ނާރައެވެ. އިފްރާ އޮފީހަށް ދިޔަސް ޒަޔާން ނުދާތީ ނުވެސް ފެނެއެވެ. އެކަމާ އިފްރާގެ ލޮލުން ކަރުނަ ހިކެނީއެއް ނޫނެވެ.

ޒަޔާންވެސް ގަދަކޮށްލާފައި އިފްރާ ފޮނުވާލިއެއް ކަމަކު މިސްވާވަރު ނިދެނީއެއްނޫން ކެވެނީއެއް ނޫން މުޅި ގޭގައި އިފްރާގެ ހަނދާންތައް ކޮޓަރީގެ ހަތަރު ފާރު ޒަޔާން އަށް ހީވަނީ ޒަޔާން ފިއްތާލަން އުޅޭހެންނެވެ. ޒަޔާން ނިންމީ އެންމެ ފަހުން ހިތާ ދެކޮޅަށް އިފްރާ ބޭނުންވާ މީހަކާއެކު އުޅުމުގެ ފުރުސަތު ދިނުމަށް އިފްރާ މިނިވަން ކުރުމަށް ނިންމިއެވެ. ފޯމު ނަގާ ފުރުމަށްފަހު އިފްރާއަށް މީހަކާ ހަވާލުކޮށްފައި ފޮނުވިއެވެ.

އެފޯމު ލިބުމުން އިފްރާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ވަގުތުން ރުޅި އައިސްގެން ޒަޔާން މެންގެޔަށް ދިޔައެވެ. އިފްރާ ފެނުމުން ޒަޔާންގެ މަންމަ އައިސް ލޯބިން ބައްދާލިއެވެ. ” މަންމާ ޒަޔާން ކޮބާ” އިފްރާ އަހާލުމުން މަތީގައި ކަމަށް ބުންޏެވެ. އިފްރާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަނދިރިކަމުން އެއްވެސް ތަނެއް ނުފެނެއެވެ. އިފްރާ ލައިޓް ޖައްސާލުމުން އެނަދުގައި އޮށޯވެގެން އޮތް ޒަޔާން ދިޔައީ ސިއްސައިގެންނެވެ. ” އިފޫ ” ޒަޔާން އަށް މަޑުމަޑުން ކިޔާލެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ފުރުސަތުގެ ބޭނުން ހިފާށެވެ.

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަވަނަ ބައި)

Next
November 27, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަވަނަ ބައި)

Previews
November 27, 2023

ފުރުސަތުގެ ބޭނުން ހިފާށެވެ.

13 Comments!

  1. Eekko says:
    November 28, 2023 at 1:00 am

    Masha Allah mi part ves varah reethi❤when is next part??

  2. vempire girl says:
    November 28, 2023 at 5:31 am

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr??

    1. Nadhoo says:
      November 29, 2023 at 11:07 am

      awnn. vempire girl.mihaaru emmen furathama comment kurathi varah ufaavey. part 9 submit kohfin

  3. love imko 💕💕 says:
    November 28, 2023 at 6:31 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

    1. Nadhoo says:
      November 29, 2023 at 11:08 am

      imko thank you for the endless love next part libeyne site in up kurihaa avahaka kiyaalan

  4. Laiii😍 says:
    November 28, 2023 at 12:44 pm

    Hey Nadhoo,haadha reechey mi part ves 😍😍
    Ekm thankolheh dhigu kollachey next part inge 🙂
    ma sha Allah mi vaahaka vr vr reethi😍
    Hama speechless❤️

    1. Nadhoo says:
      November 29, 2023 at 11:11 am

      oh thank you Lai next part dhigu kohleveytho balaanana ingey. 9 vana part submit kohfin

  5. Rifoo says:
    November 28, 2023 at 1:46 pm

    Hama v reethi Masha Allah
    When next

    1. Nadhoo says:
      November 29, 2023 at 11:12 am

      thank you vaahaka kamu dhiyaima next part submited

  6. Ifoo says:
    November 28, 2023 at 3:29 pm

    Aww😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Nadhoo says:
      November 29, 2023 at 11:13 am

      ifoo thi hama abdhuves comment kuraa kujjekan faahanga kohlan. next part submited

  7. Eekko says:
    November 29, 2023 at 1:19 am

    When is next part?cant wait

  8. Umm.. says:
    November 29, 2023 at 4:47 pm

    Mi story mi ithifaagun vefa in gotheh tha or just hama e 2 myhun ingigenn liyaa vhk eh tha? Have so many questions javaabu nulibey.. Nadhoo ge intro eh pls ?

Comments are closed.

Next Episodeއިިފްރާ 9←


All Right Reserved!