Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އައިނާ (3) 4

Annna Level 510 Stories100 Comments100 Login
October 24, 2023 4 Mins Read
9 Comments

ހަތަރުވަނަބައި

އޫތައްހުރީ އައިނާ އަތް ފޯރާ ވަރަށް ވުރެ ކުޑަ ތަންކޮޅެއް މަތީގައި އެވެ. އެނެގުމަށްޓަކައި އައިނާ ކޮރާލިއެވެ. ކުޑަކޮށް އަތް ޖެހުމުން ކައިރިއަށް ގެންނަން އަތް ހަރަކާތް ކޮށްލިއެވެ. ނަމަވެސް އިރުކޮޅެއް ނުވެ އެއޫސެޓު ނެގުމުގެ ކުރިން އޭނާގެ ބުރަކަށީގައި މީހެއްގެ މޭ ޖެހުނެވެ. އެއީ އޭނާއަށްވުރެ ދިގު ބިޔަ މީހެއްކަން އައިނާ އަށް ޔަގީންވިއެވެ.

***

އައިނާ އެނބުރުނު ވަގުތު އެމިހާ ކުޑަކޮށް ދުރައް ޖެހިލިއެވެ. އޭނާ އަވަސް އަވަހަށް ކާކުތޯ ބެލުމަށް އެނބުރުނެވެ.  ފާޑަކަށް ހިނިއަސްފައި އޭނާ އަށް ބަލަން އިން ނައުފް ފެނިފައި އައިނާ އަކަށް ކަމަކު ނުދިޔައެވެ.

“އަނާ ކިހިނެތްވީ..؟ މާލަސްވީމައި މިއައީ..!!” ހިޝާން އެވަގުތުގައި އަތުވިއެވެ. ނައުފް އަށް އެއްޗެކޭ ބުނެވުމުގެ ކުރިންނެވެ.

“އާނ މިނުނެގިގެން އުޅުނީމައި..” ޖަވާބު ދިނީ ނައުފް އެވެ. އަތުގައި އޮތް އޫސެޓައް އިޝާރާތް ކުރަމުންނެވެ.

އެއޫސެޓުގައި ހިފީ ހިޝާން އެވެ. ނައުފް އަކަށް ކަމަކު ނުދިޔައެވެ. ނަމަވެސް އެއްޗެކޭ ނުބުނެއެވެ. އަދި އެތަނުން ނިކުތުމަށް ހިނގައިގަތެވެ. އައިނާ ވަރަށް ފާޑަކަށް ނައުފް އަށް ބަލާލިއެވެ. ނައުފް އަށް އެކަން އެނގުނު ނަމަވެސް އަޅާ ނުލީ އެވެ. ހިޝާންގެ ސަބަބުން ވާހަކަ ދައްކާ ލާނެ ފުރުސަތެއް ނުލިބުނީތީވެ ނައުފް ހިޝާން ދެކެ ނިކަން ރުޅި އައެވެ.

***

އޭގެ ޖެހިގެން އައި ދުވަހު ނައުފް އެކަހަލަ އަމަލެއް ތަކުރާރު ނުކުރުމުން އައިނާ އަޅައެއް ނުލިއެވެ. އައިނާ ހީކުރީ އެއީ ހަމަ ނައުފް އެހީވެދިނުމުގެ ގޮތުން ކޮށްދިން ކަމެއްކަމަށެވެ. ހިޝާންގެ ރައްޓެއް ސަކާއި މެދު އެގޮތައް ދެކެވުމުން އައިނާ ނިކަން ދެރަވި އެވެ. ނައުފް ވެސް ފަހުން އަޅާ ނުލާ މާބޮޑު ކަމަކަށް ނުހެދުމުން އައިނާ ހިތްހަމަ ޖެހުނެވެ.

***

ދުވަސް ކޮޅެއް ފަހެވެ. ނީހާއަށް އެއްމަސް ވުމުން ބާއްވާ ކުޑަ ހަފްލާ އަކަށް ގޭގެ ހުރިހާ އެންމެންނަށް ދައުވަތު އެރުވިއެވެ. ތީމް އަކީ ޕާޕަލް ކުލަ ކަމުން ހުރިހާ އެންމެންވެސް އެކުލައިގެ ހެދުން ލިއެވެ.

އައިނާ ލައިގެން ހުރީ ފައިތިލަ އާއި ހަމައަށް އަރާ ޕާޕަލް އަބާޔާ އެކެވެ. ރީތި ގޮތަކަށް ކަޅު ކުލައިގެ ޝޯލް އަޅަން އިން އިރު ކައިރީގައި ހުރި ހިޝާންގެ ނަޒަރު ހުއްޓިފައި ހުރީ އޭނާއަށް ކަން އައިނާ ދެނަ ހުއްޓެވެ.

“ކީއްވެ މާ ވަރަކަށް ތިބަލަނީ އަހަންނަށް..” އައިނާ ފަހު ޕިން ޖަހާލަމުން ބުނެލިއެވެ.

“އަހަރެންނަކަށްނު ބަލަން ހައްގު އޮތީ..؟” އަތައް ގަޑި ހެޔޮވަރު ކޮށްލަމުން ހިޝާން ބުނެލީ އެއް މިޔަނަކުން ހީލަމުންނެވެ. އައިނާއަށް އުނދަކޫ ކޮށްލާ ހިތުން ނެވެ.

“ހޫން.. ދެން އުޅޭ ގޮތެއް..” އައިނާ ރަކިވި ވަރުން ބުނެލިއެވެ.

އެންމެ ފަހު ކަމަކަށް ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އަދި ސެންޓުކޮޅެއް ގަޔަށް ބުރުވާލުމަށްފަހު އަތައް ހެޔޮވަރު ހިމަ ރިހި ކެވެލި ކޮޅެއް އަޅާލިއެވެ. އެއާއެކު އެދެމީހުންގެ ކައިވެނި ރަމްޒުކޮށްދޭ އަނގޮޓިވެސް އަޅާލިއެވެ. އެއީ ހިޝާން އައިނާ އަށް ޕްރޮޕޯސް ކުރިރޭގައި އެހިމަހޯލިކޮޅެއް ފަދަ އިނގިލިތަކުގައި އަޅުވާލަދިން އަލިމަސް ޖަހާފައިވާ އަނގޮޓިއެކެވެ. އެދޮންމޫނާއި ނުހަނު ގުޅޭގޮތަށް އަޅާފައި ހުރި ބުރުގާއިން އޭނާގެ ރީތިކަން ފޮރުވިފައިވާއިރުވެސް އެރީތިކަމަކަށް ބަދަލެއް އައިހެން ހިޔެއް ނުވެއެވެ. މިރޭ އައިނާ ޗާލުކަމުން ހީވަނީ ފަލަކުން ނެއްޓިގެން އައިސް އިން ތަރި އެއް ހެންނެވެ. އެހާވެސް އައިނާ މިރޭ ރީއްޗެވެ.

އައިނާ ތައްޔާރުވެ ނިމުމުން ހިޝާން އާއި ދެމީހުން ލިވިންގ ރޫމަށް ނިކުތެވެ. އޭރު އަރިން ތައްޔާރު ވެގެން އިސްރާގެ ފޯނު ހިފައިގެން ސޯފާގައި އިނެވެ. ހިޝާން ގޮސް ސަމާސާ ކުރަން ފެށުމުން ފޯނުން ސަމާލުކަން ގެއްލި ހިޝާން އަށް ހުއްޓުނެވެ. އައިނާ އެދެމީހުންނަށް ހިނިތުން ވުމާއެކު ބަލަން ހުއްޓެވެ.

“ދޮންތީ ބަލާބަ އަރިންގެ ގިލިގިލި ކޮއްޓަނީ..” އަރިންގެ ޅައަޑުން މިހެން ކިޔާފައި ދުވެފައި އައިސް އައިނާގެ އުނގައް ވަނެވެ. އައިނާ ލޯބިން އަރިންގެ ބޮލުގައި ފިރުމާލިއެވެ.

ކޮޓަރިން ނިކުތް ނައުފް އަށް އައިނާ ފެނުމުން ކަޅި ޖަހަން ވެސް ހަނދާން ނެތުނު ފަދައެވެ. ވާނީވެސް އެހެންތާއެވެ. މިރޭ އައިނާ އެހާވެސް ރީއްޗެވެ. ކަޅުކަން ގަދަ ޝޯލްތެރޭގައި ފޮރުވިފައިވާ ރީތިކަން އޭނާ ދެކިލާހިތްވިއެވެ. ނަމަވެސް އެހައްގެއް އަދި އޭނާ އަކަށް ނެތެވެ. ކޮންމެވެސް ދުވަހަކުން އެހައްގު ހޯދައިގަންނަން އޭނާގެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.

ނައުފް އަށް ހޭވެރި ކަމެއްވީ ހިޝާން ގޮވާލުމުންނެވެ. ނުވާކަމަކަށް ހަދާފައި އައިސް ހިޝާން އާއި ވާހަކަ އަޅުވާލިއެވެ. އަނީލް އާއި އިސްރާ ނިކުތުމުން އެންމެން ބޭރައް ނިކުތެވެ. އަނީލް ކާރު ނެރުމުން އެއަށް އިސްރާ އާއި އަރިންގެ އިތުރުން ނައުފް އެރިއެވެ. ހިޝާން އާއި އައިނާ ދާން ވެގެން އެރީ ސައިކަލަށެވެ. ރަށް ވަށާއި ބުރެއް ޖަހާލުމަށް އެދެމީހުން އެރީ ހިއްކާފައި އޮތް ފަސްގަނޑަށެވެ. އެތާގެ އެންމެ ދުރަށް  ދިޔުމުން އަސްލު ރަށް ފެންނަ އިރު ހީވަނީ ވަކިން އޮތް އެހެން ރަށެއް ހެންނެވެ. މަތިންދާބޯޓެއް އަންނާތީވެ ރަންވޭ ދިއްލާ އަޅާފައި އޮތް ގޮތުން ހީވަނީ ޕާރޓީ އަކަށް ތައްޔާރު ކޮށްފައި އޮތް ހެންނެވެ. އައިނާމެން ތާރު މަގަށް އެރި އިރު ބޯޓު ބާރު އަޑު ކިޔާފައި ޖެއްސިއަޑު އިވުނެވެ.

އައިނާ އާއި ހިޝާން ދިޔައިރު އަޝްހާ އާއި ނައިލް ފިޔަވައި އެންމެން ހަމަ އެވެ. ތަންކޮޅެއް ދުރުގައި ޝީން ވެސް ފޯނުގެ ސްކްރީނައް ނަޒަރު ހުއްޓާލައިގެން އިނެވެ. ހިޝާން އައުމުން ފިރިހެންނުންތައް އަވަސްވެގަތީ މިރެއަށް ހަމަޖެހުނު ބާބެކިއު ހަދަން އަލިފާން ތައްޔާރު ކުރާށެވެ.

އަންހެންވެރިން މިސްރާބު ޖެހީ ބަދިގެއަށެވެ. މާބޮޑު ކަމެއް ކުރަން ނުޖެހުނީ ހަވީރުގައި ގިނަތައްޔާރީ ތަކެއް ކޮށްފައި ހުރީމައެވެ. ގޭގެ ގޯތިތެރޭގައި ފިރިހެނުންތައް ސަކާރާތް ޖަހާ އަޑު އިވެއެވެ.

“މި އަނީލް އާއި އިޔާޒު ވެސް ބޮޑުވެފަ ހުއްޓަސް ހަމަ އެއްތަންފުއްވެސް ދޫނުކުރޭދޯ އެހެން މީހުންނަކާ..!” ލޯގަނޑުން ބޭރު ފެންނާތީވެ އެތަން ބަލަން އިން ޚަދީޖާ ބުނެލިއެވެ.

“އެމީހުން ކުދިވާނެ އަރިން އާ އަރުޝް އަށް ވުރެވެސް.. ހެހެހެ” އެކަމަށް އިސްރާ އާއި އާޝިޔާ އެއްބަސް ވިއެވެ.

އޭރު އައިނާ ބަދިގޭގައި ހަރަކާތް ތެރިވަމުން ދިޔައެވެ. “ހެއި..” ފަހަތުން މީހެއްގެ ހިލަމެއްވުމުން އައިނާ އެނބުރިލިއެވެ. އޭނާ އަށް ގޮވާލީ ނައުފް އެވެ.

“ހައި..” ފަރުވާ ކުޑަގޮތަކަށް މިހެން ބުނެލުމަށްފަހު އޭނާ ކުރަން ހުރި މަސައްކަތައް އެނބުރުނެވެ.

އެ ގޮތް ނައުފް އަކަށް ކަމަކު ނުދިޔައެވެ. “ކީއްކޮއްލަނީ..؟ އެހީ އެއް ބޭނުންތަ..؟” ކޮންމެވެސް ގޮތަކުން އައިނާ އާއި ގާތް ގުޅުމެއް އުފެއްދުމުގެ ބޭނުމުގައި ނައުފް ފެށިއެވެ.

“ނޫން، ރަނގަޅުވާނެ.. މިނިމުނީ..” އައިނާ ބުނެލިއެވެ. އެތަނުން ދިއުމުގެ ބަދަލުގައި ނައުފް ކިޗެން އައިލެންޑް ކައިރިން ގޮނޑިއެއް ދަމާލުމަށް ފަހު އިށީންދެލިއެވެ.

“އައި…… އަނާ ކިޔަސް އެންމެ ރަނގަޅުތަ..؟” ކުރަން ބޭނުންވި ސުވާލު ބޭއްވުމަށް ފަހު ހުއްދައަކަށް ނައުފް އައިނާ ގާތުން އެދުނެވެ. އެއީ ކަމަކަށް ނުހަދާ އައިނާ ބޯޖަހާލިއެވެ. ސަބަބަކީ އެގޭގައި އުޅޭ އެންމެންވެސް އެގޮތަށް އޭނާ އާއި މުޚާތަބު ކުރާތީވެއެވެ.

ނައުފް ދެކުނީ އެއީ ލިބުނު ކުރިއެރުމެއް ކަމަށެވެ. “ކޮބާ ކުރިއަށް ދާން ބޭނުންވާ ދާއިރާ އަކީ..؟” ނައުފް އައިނާގެ ވަނަވަރު އަހަން ފެށިއެވެ.

“ޑޮކްޓަރަކަށް ވާން ބޭނުންވީ.. އެކަމު އަދި މެޑިކަލް ސްކޫލު އެކަނި ނިމުނީ…” އައިނާ ބުނެލީ އަތް ދޮންނަން ސިންކުކައިރިއަށް ޖެހިލަމުންނެވެ.

“އިތުރަށް ކިޔެވުމުގެ ޚިޔާލެއް ނެތްތަ..؟” ނައުފް އެއްސެވެ. “ނޭނގެ އަދި…” ކުރުޖަވާބަކުން އައިނާ ފުއްދާލިއެވެ.

“އަނާ!!” ނައުފް ދެން އެއްޗެކޭ ބުނަން ވާއިރަށް އެތަނަށް އަޝްހާ އަތުވެއްޖެއެވެ. އަޝްހާދެކެ ނައުފް ހިތްހަމަ ނުޖެހުނެވެ. އައިނާގެ ކަންކަން އޮޅުން ފިލުވަން ލިބުނު ރަނުގެ ފުރުސަތު ގެއްލުނީތީވެއެވެ.

އަނެއް ކޮޅުން އައިނާ ހުރީ އެތަނުން ނިކުންނަން ބޭނުންވެފައެވެ. ނައުފް ކުރާ ސުވާލުތައް އޭނާ އަށް ކަމަކު ނުދެއެވެ. އެވަގުތު އަޝްހާ އެތަނަށް އައިކަން ނަސީބެކޭ އައިނާ ހިތައް އެރިއެވެ. މަސްތަށި ހިފައި އައިނާ އާއި އަޝްހާ ބާބެކިއު އޮންނަ ދިމާއަށް އައެވެ. ފަހަތުން މަޑު ހިނގުމެއްގައި ނައުފް ވެސް އައެވެ.

***

ފޯނަށް ބަލަން އިން ޝީން ފޫހިވެގެން ސްކްރީން ނިއްވާލިއެވެ. އިށިންދެގެން އިން ގޮނޑިއަށް ދެފައި ލުމަށްފަހު ދެފައި ވަށް ކޮށްލައިގެން އިށީނެވެ. އަދި އޭނާގެ ނަޒަރު ދުރުގައި ހަރަކާތްތެރި ވަމުން ދިޔަ މީހުންނަށް ހުއްޓުނެވެ. އެންމެންނަށް ވަކިން ބެލުމަށްފަހު އޭނާގެ ނަޒަރު ހުއްޓުނީ އަޝްހާ އާއި ނައިލް އަށެވެ. ވަކިން ހާއްސަ ކޮށް ނައިލް އަށެވެ. ކަޅިޖަހައި ނުލަން ނައިލް އަށް ބަލަން ޝީން އިނެވެ.

މޭޒުކައިރިއަށް އެއްޗެއް ބަލައި ދިޔަ އަޝްހާ އަށް އެއްލިކަޅިއަކުން ޝީން ފެނުނެވެ. އަޝްހާގެ ސަމާލުކަން ޝީން އަށް ހުއްޓުނެވެ. އޭނާގެ ނަޒަރު ހުއްޓިފައި އިން ދިމާއަށް އަޝްހާ ބަލާލިއެވެ. ޝީން އެބަލަނީ ނައިލް އަށްކަން އަޝްހާ އަށް ޔަގީންވީ އެދިމާގައި އެވަގުތު އިތުރު އެކަކުވެސް ނެތުމުންނެވެ.

ޝީން ބަލަން އިންގޮތް އަޝްހާ އަކަށް ކަމަކު ނުދިޔައެވެ. އެއީ ރަނގަޅު ނިޔަތުގައި ބަލާބެލުމެއް ނޫންކަން އަޝްހާ އަށް ވަގުތުން އެނގުނެވެ. ނައިލް އާއި ހަމައަށް އަޝްހާ އަށް އާދެވުނުއިރު ހުރީ މޫނު ސަކަރާތް ވެފައެވެ.

“އަޝޫ.. ކިހިނެތްވީ..؟ ބަލިވީތަ..؟” އެކަން ނައިލް އަށް ފާހަގަވިއެވެ. ކަމެއް ނުވެޔޭ ކިޔާފައި އަޝްހާ އެކަން އޮއްބާލިއެވެ. ހުރެވުނު ތަނުގެ ގޮތުން ނައިލް ވެސް އިހަށް އެވާހަކަ ނުދައްކާ ދޫކޮށްލީ ފަހުން އެހުމުގެ ބޭނުމުގައެވެ.

“އެންމެންން…!! އާދޭ ކާން…!!!” މަސްތައް ފިހެނިމުމުން އަޝްހާ ގޮވާލިއެވެ. މަސް ފިހެވުމުން ދިޔަވަގުތު އިރު އިރު ކޮޅަކާ އަޝްހާ ޝީން އާއި ދިމާއަށް ބަލާލައެވެ. އެހުރިހާ ވަގުތެއްގައިވެސް ޝީންގެ ނަޒަރު ނައިލް އަށް ހުންނާތީވެ އަޝްހާ ހިތްހަމަ ނުޖެހުނެވެ. ރުޅި އައީތީވެ ބޮލަށްވެސް ތަދުވާހެން އަޝްހާ އަށް ހީވިއެވެ.

ކާން އަންނާށޭ ބުނުމުން، ހިނިތަކެއް ހޮރުން ނިކުމެގެން އަންނަހެން އެކި ދިމަދިމާއިން މީހުންތައް މޭޒުކައިރިއަށް ޖަމާވިއެވެ. އެކި އެކި ވާހަކައިގައިތިބެ ކައި ނިންމާލިއެވެ. އަޝްހާ ބޭނުންވީ ކޮޓަރިއަށް ދާށެވެ. އަޝްހާ ބަލިވެއުޅޭހެން ހީވާތީވެ ނައިލް އަޝްހާ ގޮވައިގެން ދިޔައެވެ. ބޭސްކާންވެސް އަޝްހާ އެއްބަހެއް ނުވިއެވެ. ނައިލް ކަންބޮޑުވިއެވެ. ވެގެން އުޅެނީ ކީއްތޯ އެއްސެވެ. އަޝްހާ ޖަވާބުދޭން ބޭނުންނުވީ ހީއެއްގެ މައްޗައް ކަންކަން ނުނިންމުމުގެ ބޭނުމުގައެވެ.

ނިދާލަން ބޭނުންވާކަމަށް އަޝްހާ ބުނެލިއެވެ. އަޝްހާ އަށް ނިދެންދެން ނައިލް އަޝްހާގެ ކައިރީގައި އެނދުގެ ތިރީގައި އިށިންދެލައިގެން އިނެވެ. އެހެން ހުއްޓައި ނައިލް އަށް ވެސް ނިދުނެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 42

Next

ދިރުމެއްނެތް ދިރިއުޅުން 43

Next
October 25, 2023

ދިރުމެއްނެތް ދިރިއުޅުން 43

Previews
October 22, 2023

ދިރުމެއްނެތް ދިރިއުޅުން 42

9 Comments!

  1. Annna says:
    October 24, 2023 at 11:43 pm

    Aina S3 episode 4 ves kamudhaane kamah ummeedhu kuran.. mibai kuree bai thakah vure kuruvaane.. Ehen namaves dhen in bai In Sha Allah miahvure dhiguvaane.. Next part Friday ga In Sha Allah..

  2. vempire girl says:
    October 25, 2023 at 6:27 am

    Maasha Allah mi part ves varah varah reethi 🤗 … E nauf aa sheen aaa eulheny kihineii vegen thr????

    1. Annna says:
      October 25, 2023 at 11:46 pm

      Jazaakallah.. lets see dho dhen vaagotheh:)

  3. love imko 💕💕 says:
    October 25, 2023 at 8:25 am

    Mi part vex varha reethi
    Aanna ge vaahaka libuneema varha ufaaveje
    Unmeedhu kuran next part kiyaalan libeeney kama

    1. Annna says:
      October 25, 2023 at 11:47 pm

      Jazaakallah imko.. next part In Sha Allah next friday ga..

  4. Rifoo says:
    October 25, 2023 at 2:17 pm

    Masha Allah mi bai VX varah reethi when next

    1. Annna says:
      October 25, 2023 at 11:48 pm

      Jazaakallah.. next In Sha Allah Friday ga..

  5. love imko 💕💕 says:
    October 27, 2023 at 9:51 am

    When is next part kiyaalan libeeney khondhuvahakun

  6. Anonymous says:
    October 27, 2023 at 2:22 pm

    Miadhu mee Friday kobaa aneh part

Comments are closed.

Next Episodeއައިނާ 3 (5)←


All Right Reserved!