Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެށި ލޯބި އޮޔާ ދިޔުމުން 10

Nadhoo
Nadhoo Level 1
October 11, 2023 4 Mins Read
10 Comments

“އަހަރެން ރީހާން އާއެކު ގާތް ގަޑަކަށް އަހަރެއް ވަންދެން އުޅުނިން ނަމަވެސް ދުވަހަކުވެސް ކްލޯޒްއެއް ނުވަން ހަގް އެއްވެސް ނުކުރަން ކިސްއެއްވެސް ނުކުރަން އަތުގައި ހިފާލާފައި ހުރެދާނެ ކަންނޭންގޭ އެކަމަކު ރީހާން ފުރި ދުވަހު”  އެހެން ބުނެފައި އަހަރެން ރިޝްވާންގެ މޫނަށް ބަލާލީމެވެ.

“އެދުވަހު ކިހިނެތްވީ؟ ” ރިޝްވާން އަހާލީ ވަރަށް ހާސްވެފައެވެ.

އެދުވަހު ފުރަން ދަމުން ރީހާން އަހަރެން ކައިރިން ފުރަތަމަ ފަހަރަށް ކަމަކަށް އެދުނު ރީހާން އެދުނީ ދިޔުމުގެ ކުރިން ހަގްއެއް ދިނުމަށް އަހަރެން އެދުވަހު ރީހާންގެ އެ އެދުން ފުރިހަމަ ކޮށްދިނިން އެއީ އެންމެ ފުރަތަމަ އަދި ފަހުންވެސް އަހަރެން ރީހާން އާއި ކައިރި ވީ ދުވަސް”

އަހަރެން އެވާހަކަ ބުނުމުން ރިޝްވާން ފުން ނޭވާއެއްލިއެވެ.

” ރިޝް ދެން ނޫޅޭވޭނެ މިހެންނެއް އަހަރެން ވަރު ބަލިވެއްޖެ މިކަން މި ހިސާބުން ނިންމާލަން ބޭނުންވަނީ ”

ނޫން ނޫން ތިހެން ނުބެނޭ އަހަރެން ރިޝްވާން އާއި ވަރަށް ކައިރިވެލީމެވެ އަދި ރިޝްވާންގެ މޫނުގައި ދެއަތުއުން ހިފާލީމެވެ. އަހަރެންނަށް މާފްކުރޭ! އަހަރެން ދޫކޮށްލާފަ ނުދޭ ދެވަނަ ފަހަރަށް ވާން އާ ނުލާ އުޅެންވެއްޖެ ނަމަ އަހަރެން ހިތް ފަޅައިގެން މަރުވެދާނެ އަހަރެމެންގެ ދަރިފުޅަޓަކާ ނަމަވެސް ނުދޭ އެންމެފަހުން އަހަރެންނަށް ރޮވުނެވެ.

” ރިޝް އަހަރެން ނޫޅެމޭ ރީޝް ދޫކޮށްލާފަދާކަށް އަހަރެން ވެސް މަރު ވެދާނެ ރިޝް އާއި ވަކިން އުޅެންވެއްޖެނަމަ އަހަރެން މި ބުނީ މި ގޮތަށް އުޅެން ބޭނުމެއް ނޫނޭ ބޭނުންވަނީ ރިޝް އަހަރެންގެ މީހަކަށް ހަދަން” ރިޝްވާން ބުނެލީ އަހަރެންގެ ކަރުނަތައް ފޮހެލާދެމުންނެވެ.

އަހަރެން ރިޝްވާންގެ ގައިގަ ބައްދާލީމެވެ. “މެރީ މީ ޕްލީޒް ވާން………” އަހަރެން ބުނެލީމެވެ.

“ރިޝް ސޮރީ އެދުވަހު ހޮސްޕިޓަލުގައި ރިޝްގައިގަ ޖެހުނީމާ”  ރިޝްވާން ބުނެލިއެވެ.

” އައި ޑެޒާވް ދެޓް” އަހަރެން އެހެން ބުނެލުމުން ރިޝްވާން ގާތަށް ވަރަށް ހިނި އައެވެ.

“ކޮބާ ތަ މިއަދު މަށަށް ދޭން ގަތް ރިންގު އަހަރެން ބޭނުން އެ ރިންގް މިއަދު އެހާ ލޯބިން ޕްރޮޕޯސް ކުރީމާ އެ ވަގުތުވެސް އަހަރެން ބޭނުން ވީ ގޮސް ލޯބިން ބައްދާލަން އެކަމް މީހުން ތިބީމާ ނުކެރުނީ”  ރިޝްވާން ބުނެލީ އަހަރެން ގަޔާލާ ފިއްތާލާފާއެވެ.

އަހަރެން ޖީބުގައި އޮތް ރިންގު ނަގާ ރިޝްވާންގެ އަތުގައި އަޅުވާލީމެވެ އަހަރެން އާރް އާރް ޖެހި ރިހި އެ ރިންގު އަޅުވާލުމުން ރިޝްވާން އެ ރިންގު ގައި ބޮސްދިނެވެ.

” ވާން ހިންގާ ދެން ސޯފާއަށް މިތަން ވަރަށް ފިނި އެއްނު ” ރިޝްވާން އަހަރެން އުރާލައިގެން ގޮސް ސޮފާގައި ބެހެއްޓިއެވެ އަދި އަހަރެންގެ އުނގުގައި ބޯއަޅާލައިގެން އޮށޯތެވެ އަހަރެން ލޯބިން ރިޝްވާންގެ އިސްތަށިގަޑުގައި ފިރުމާލީމެވެ.

“ހިންގާ ޑޭޓެއް ފައިނަލް ކުރަން ” ރިޝްވާން ބުނެލިއެވެ.

“މާދަމާ ފޯމުލާނީ ދެން 1 ވީކް ފަހުން މެރީ ކުރާނީ ” އަހަރެން ބުނެލީމެވެ.

“އަހަރެން ހަމަ މިހާރުވެސް މެރީ ކުރަން ރެޑީ ރިޝް އަހަރެންގެ މީހަކަށް ހަދާހިތުން ހުރެވެނީއެއް ނޫން…”

” ފުލް ރިވެންޖް އޮންނާނެ އަހަރެން ވަރަށް ތެޅުވީމެއްނު ކުރުކުރު އެއްޗިހި ލައިގެން އައިސް”

” ހުރިހާ ރިވެންޖަކަށް ރެޑީ” އަހަރެން ރިޝްވާން އާއި ކައިރިވެލީމެވެ.

” އައި ލަވްޔޫ ވާން ”

“ރިޝް އަހަރެންގެ މަންމަ ކީއްވެބާ ކުއްލިޔަކަށް ރިޝް ދެކެ މާ ލޯބިވާން ފެށީ”

“ނިޝާން އެއީ ވާންގެ ބޭބީ އެއްކަން އެނގުމުންނެއްނު” އަހަރެން ޖަވާބު ދިނީމެވެ.

“ނޫން… އެދުވަހު މިގެއިން ދިޔައެއް ނު ރުޅިއައިސްގެން އެފަހުން އަހަރެން ގޭގައި ބައްޕަ ކައިރީ ރިޝްގެ ވާހަކަ ދެއްކިން ދެއްކީމާ ވެސް މަންމަ ރުޅިއެއް ނާދޭ އެ ނޫނީ އަހަރެން ރިޝްގެ ނަންކިޔަސް މަންމަ ހުންނާނީ ރުޅިން”

އެހެން ވާހަކަ ދައްކަން ތިއްބާ އެންމެ ފަހުން އަހަރެމެން ދެމީހުންނަށް ވެސް ނިދުނެވެ.

ހެނދުނު އަހަރެންނަށް ހޭލެވުނީ ނިޝާން އައިސް އަހަރެމެން ދެމީހުންގެ ދޭތެރެއަށް ސޯފާއަށް އެރުމުންނެވެ.

އަހަރެމެން ދެމީހުން ވެސް ނިޝާންގެ ގައިގަ ބައްދާލީމެވެ. އޭނާ އުފަލުން ވަރަށް ބާރަށް ހީލިއެވެ.

“ރިޝް ކޮންމެ ދުވަހެއް މިހެން ފެށެން އަހަރެން ބޭނުން ވަނީ ތި ދެމީހުން އަހަރެންގެ އަތުތެރޭގައި ތިބެން.

އައިލަވް ޔޫ ބޯރތް ކުރިންވެސް ނިޝާންދެކެ ވަރަށް ލޯބިވޭ އަދި މިހާރު އަހަރެންގެ ލޭ ކަން އެނގުމުން ވަކިން ބޮޑަށް ލޯބިވޭ  ދަރިފުޅު އެބޯޓް ނުކޮށް ދުނިޔެއަށް ގެނެސްދިނީތީ ތެންކިޔު…މައި ލަވް.. ”

“ކިހިނެތް އެބޯރޓް ކުރާނީ އެއީ އަހަރެން ވާން ދެކެ ވީ ލޯބީގެ ނިޝާން” އަހަރެން ބުނެލީމެވެ.

އޯހް އެހެންވެތަ ނިޝާން ކީ؟” ރިޝްވާން އަހާލިއެވެ.”

އަހަރެން ބޯޖަހާލީމެވެ. ރިޝްވާން އުފަލުން ބައްދާލިއެވެ.

ބައްޕީ ކާރ…. ނިޝާން އޭނާގެ ތުއްތު ބަހުރުވައިން ބުނެލިއެވެ.

“ރިޝް ހިންގާބަލަ މަންމަމެން ކާރިޔަށް ގެޔަށްދާން އަދި ދުވަހަކުވެސް ނުދަމެއްނު އަހަރެންގެ ގެޔަކަށް މިހާރު މެރީ ކުރަންވެސް އެއްބަސް މިވީއެއް ނު ” ރިޝްވާން ބުނެލީ ޝަކުވާގެ ރާގެއްގައެވެ.

“ދޭ ނިޝާން ގޮވައިގެން އަހަރެން އެބަޖެހޭ އޮފީހުގައި މަސައްކަތްކުރަން އެހެން ނޫނީ ބޮސް ނުދޭނެ ލާރިއެއް…”

އަހަރެން އެހެން ބުނުމުން ރިޝްވާން އަށް ހެވުނެވެ “ތީ ހާދަ ނުލަފާ ބޮސް އެކޭ ދޯ؟”

” އާން…. އެކަމް ވަރަށް ހޮޓް ވާނެ މަގޭ ބޮސް ފުރަތަމަ ފެނުނު ވަގުތުވެސް އަހަރެންގެ ހިތް މަގާމުން ފުންމާނުލީ ކިރިޔާ އެ ރީތި ދެލޯ އަދި ފަން ދިގު ކޮށްފައިވާ އިސްތަށިގަނޑު އަހަރެން ދީވާނާ ކުރުވި ރޭގަނޑުގެ ނިދި ގެއްލުވާލި” އަހަރެން ބުނެލީމެވެ.

އަހަރެންގެ ވާހަކަތައް އަޑު އަހަން ހެވިފައި ރިޝްވާން އިނެވެ.

” އަހަރެންނަށް ވެސްވީ ހަމަ ތިހެން ދެން ހިންގާބަލަ މިއަދު އޮފީސް ބަންދު ރިފާ އަށް ވެސް މެސެޖް ކޮށްލާ ބުނޭ މިއަދު ވާން އުޅޭ ޅިޔަނުގެ ފަރާތުން ޗުއްޓީއޭ ” ރިޝްވާން ބުނެލިއެވެ.

“އޯކޭ ހިންގާ ފުރަތަމަ ރެޑިވަމާ ދޯ އެކަމް ވާން ގެ ހެދުމެއް ނެތޭ”  އަހަރެން އެހެން ބުނުމުން މޭޒުމަތީ އިން ބެކްޕެކުން ޓީޝާރޓަކާއި ސޯޓެއް ނަގާފަ ދިނެވެ.

“އޯ ހޯ…ވަރަށް ރެޑިވެގެންނޭ ދޯ އައީ” އަހަރެން ބުނެލުމުން ރިޝްވާން ހީލިއެވެ ރެޑީވެގެން ސާބޮއެގެން އަހަރެމެން ދިޔައީ ރިޝްވާންމެންގެޔަށެވެ.

ރީތި ބޮޑު ގެއެކެވެ…9 ބުރީގެ ގެ އެކެވެ…ރިޝްވާންގެ މަންމަ މެން އުޅެނީ 8 ވަނަ ފްލޯގައެވެ…ތިރި ހުންނަނީ އެހެން އާއިލާ މީހުން އުޅެން ދީފައެވެ..އެންމެ ތިރީގައި ހުންނަނީ ރިޝްވާން ބައްޕަގެ އޮފީހެވެ. ސިޓިން ރޫމްގެ މެދުގައި ސޯފާއެއް އިނެވެ ސޯފާގެ ކުރިމަތީގައި ބޮޑު ޓީވީ އެއް ހުއްޓެވެ. އަހަރެން ރިޝްވާންގެ ފަހަތުން ހިނގަމުން ދިޔައީމެވެ އަހަރެން ފެނުމުން ރިޝްވާންގެ މަންމަ އައިސް އަހަރެންގެ ގައިގަ ބައްދާލިއެވެ ދަރިފުޅާ ރިޝްމީ އަދި އަލަށް ދޯ މިގެޔަށް ތި އައީ އަހަރެން ބޯޖަހާލީމެވެ.

މަންމާ މި އުޅެނީ ރިޝް އެއްކޮށް މިގެޔަށް ގެންނަން ވެގެން މަންމަ އޯކޭތަ؟ ރިޝްވާން އަހާލިއެވެ.

“މަންމަ މިހާރުވެސް އެ ދައްކަނީ ތި ވާހަކަ” ޖަބާދު ދިނީ ރިޝްވާންގެ ބައްޕައެވެ.

“މިއަދު ފޯރމްލާން މި އުޅެނީ އަހަރެން ބޭނުމެއް ނޫން ޕާރޓީ ބާއްވާކަށް” ރިޝްވާން ބުނެލީ އަހަރެންގެ މޫނަށް ބަލާލަމުންނެވެ.

” އެކަމަކު އަހަރެން ބޭނުން ވަރަށް ބޮޑު ޕާރޓީއެއް ބާއްވަން ވެޑިން ޑްރެސް ވެސް ލާން ބޭނުން” އަހަރެން އެހެން ބުނެލުމުން ރިޝްވާންގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ.

“އަސްލުވެސްތަ؟ އަހަރެން ހީކުރީ ބޭނުމެއް ނުވާނެކަމަށް އެހެންވެ ނޫނެކޭ މި ބުނީ” ރިޝްވާން ޖަވާބު ދިނެވެ.

” އެކަމަކު އަހަރެން އެހެން ބުނީ ރިޝްވާން ޕާރޓީ ބާއްވަން ބޭނުންވާތީއެއް ނޫން އަހަރެން ވެސް ހަމަ ބޭނުންވާތީ އަބަދުވެސް ދެކެމުން އައި ހުވަފެނަކީ ވާންގެ ވައިފް އަކަށް ވުން ސޯ އަހަރެން ބޭނުން ސެލެބްރޭޓް ކުރަން އަހަރެން ބޭނުން ވެޑިން ޑްރެސްގައި ވާން އާއެކު ފޮޓޯ ނަގަން ކުރިން އަހަރެންގެ ކާވެނި ކުރެވުނަކަސް އެއީ ހަމަ ނަމެއްގަ މަޖްބޫރުވެގެން ކުރިކަމެއް އެކަމަކު މީ އަހަރެން ވަރަށް ބޭނުންވެގެން ކުރާ ކަމެއް އަހަރެން ބޭނުން މުޅި ދުނިޔެއަށް އިއުލާން ކުރަން ތީ ހަމައެކަނި އަހަރެންގެ މިހެއް ކަން” އަހަރެންނަށް އެހެން ބުނެވުނު އިރު ލޮލުން ކަރުނަ ހިލުނެވެ.

“ހިންގާ އަވަހަށް އެންމެންނަށް އަންގަން ދޯ ” އެހެން ބުނެލީ ރިޝްވާންގެ މަންމައެވެ.

“އާން ދައްތާ އަވަހަށް އަންގާ އެންމެނަށް ރިފާ ކައިރީ ބުނޭ މަންމަމެންގެ ޓިކެޓްކަންތައް ހަމަޖައްސަން”

” ރިޝްމީ ދެން ދައްތަ ނުކިޔާ މަންމަ ކިޔަން އުޅޭ” ރިޝްވާންގެ މަންމަ ބުނެލިއެވެ. އަހަރެން ބޯޖަލާލީމެވެ. ބައްޕާ އަން ކާފަ ދަރި ބަލާ އަހަރެން އެބަ އަންނަށް ރިޝް އަށް އަހަރެންގެ ރޫމް ދައްކާލާފައި

ރިޝްވާން ބައްޕަގެ އަތަށް ނިޝާން ދީފައި އަހަރެންގެ އަތުގައި ހިފާއިގެން ސިޑިން މައްޗައް ދިޔައެވެ ބޮޑު ޓެރަސްގައި ވަނީ އެކި ވައްތަރުގެ މާމެލިމެލި ހައްދާފައެވެ. އަދި ބޮޑު ހަޓެއްވެސް ހުއްޓެވެ މަތީގައި ހުރި ރޫމުގެ ދޮރުވެސް ހުޅުވުނީ ކޯޑެއް ޖަހާލުމުންނެވެ

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ކޫރުން

Next

ދިރުމެއްނެތް ދިރިއުޅުން 39

Next
October 11, 2023

ދިރުމެއްނެތް ދިރިއުޅުން 39

Previews
October 9, 2023

ކޫރުން

10 Comments!

  1. love imko 💕💕 says:
    October 11, 2023 at 12:02 pm

    Mi part vex varha furihana
    Next part kiyaalan libeeney kama unmeedhu kuran
    Nadhoo sis ge vaahaka libuneema varha ufaaveje

  2. Sajwa says:
    October 11, 2023 at 12:15 pm

    Vrh reethi. When is nxt prt?

  3. Ifoo says:
    October 11, 2023 at 12:43 pm

    Aww.. Vv reethi mi part vs Maasha Allah❤️.. When next part??

  4. Anonymous says:
    October 11, 2023 at 12:54 pm

    When is next part

  5. vempire girl says:
    October 11, 2023 at 1:26 pm

    Maasha Allah mi part ves varah varah reethi.. Next part kiyaalan libeyny kon iraku????

  6. Aalaa says:
    October 11, 2023 at 8:20 pm

    V reethi
    Waitin gor the next part

  7. love imko 💕💕 says:
    October 12, 2023 at 8:41 am

    When is next part kiyaalan libeeney khonirakun

  8. Nadhoo says:
    October 12, 2023 at 12:03 pm

    will submit today

  9. Ifoo says:
    October 12, 2023 at 3:30 pm

    When kiyaalan libeynee?

  10. . says:
    October 13, 2023 at 10:48 am

    When is next part

Comments are closed.

Next Episodeފެށި ލޯބި އޮޔާ ދިޔުމުން 11←


All Right Reserved!