Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެށި ލޯބި އޮޔާ ދިޔުމުން 11

Nadhoo
Nadhoo Level 1
October 13, 2023 2 Mins Read
8 Comments

“ރިޝް މީ އަހަރެންގެ” ރޫމް މުޅި ރޫމް ގެ އިންޓީރިއާރ ޑިޒައިން ކޮށްފައި ހުރީ ރަތާ އި ހުދުކުލައިންނެވެ. އަހަރެންނަށް ރޫމް ވަރަށް ރީތިވިއެވެ.

” ކަމުދޭތަ؟ ” ރިޝްވާން އަހާލިއެވެ އަހަރެން ބޯޖަހާލީމެވެ ރިޝްވާން އައިސް ބައްދާލިއެވެ. ރިޝް ދެލޯ މަރާލަބަލަ އަހަރެން ވަގުތުން ދެލޯ މަރާލީމެވެ. ރިޝްވާން ގޮސް ދެން ހުޅުވާލީ އެތާ އެތެރޭގައި ހުރި ދޮރެކެވެ. ރިޝް ދެން ލޯ ހުޅުވާ ލޯ ހުޅުވާލުމުން އަހަރެން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މުޅި އެ ރޫމްގައި ވަނީ އަހަރެންގެ ފޮޓޯއެވެ. އަހަރެމެން ދެމީހުންގެ ފޮޓޯވެސް ހުއްޓެވެ. މުޅި ފާރުގައި ރިޝް ގެ ނަން ޖަހާ ފައި ހުއްޓެވެ. ކުޑަކުޑަ ސިންގަލް ބެޑެއް ހުރި އެތަނަކީ ރިޝްވާންގެ ސްޓަޑީ ރޫމެވެ. މިހާރު އެހެރީ އަހަރެންގެ ހަނދާނުގައި މަގުބަރާއެއް ހަދާފައެވެ.

އަހަރެން ވަރަށް ބާރަށް ރިޝްވާންގެ މެދުހަށީގައި ބައްދާލީމެވެ “ވާން އަހަރެންނަށް އިންތިޒާރު ކުރީ ތީ ތެންކިޔު އެ ނޫން ނަމަ އަހަރެންނަށް ވާން ނުލިބުނީސް ކަންނޭގޭ”

އައްދޭ! އެހެން ވާންވީ ކީއްވެ އަހަރެންނަށް ހަމަ ޔަގީން ޕްރެގް ނުވި ނަމަ ރިޝް ވެސް މެރީ ނުކުރާނެކަން އަބަދަށްޓަކާ އަހަރެންނަށް އިންތިޒާރު ކުރާނެކަން އަހަރެން ބޯ ޖަހާލިމެވެ. އެހެން އެތަށް އިރަކު އަހަރެމެން ދެމީހުން ވާހަކަ ދައްކަން ތިބީމެވެ. ވާހަކަ ދެކެވުނީ މުސްތަގްބަލާ ބެހޭގޮތުންނެވެ. ރިޝްވާން ބޭނުން ވަނީ އަހަރެން ޑޮކްޓަރުކަން ކިޔަވަން ފަށާށެވެ. އެވާހަކަތައް ރިޝްވާން ހަނދާން ހުރުމުން އަހަރެން ވަރަށް އުފާވިއެވެ.

މުޅި ހަފްތާ ދިޔައީ ވަރަށް ބިޒީކޮށްށެވެ. ޕާރޓީގެ ކަންތަކާ ހެދުމާ ހުރިހާކަމެއވެސް ކުރީ ދެމީހުން މަޝްވާރާ ކުރުމަށްފަހުއެވެ. ފާރޓީގެ ތީމް އަކީ ގާރޑެން ތީމް އެވެ. ޕާރޓީ އޮތީ ލޮނު ޒިޔާރަތްކޮޅު ޕާކުގައެވެ. އަހަރެންގެ މަންމަ އާއި ބައްޕަގެ އާއިލާ މީހުންވެސް ހީވަނީ އަހަރެންގެ އަލަތު ކައިވެންޏަށް ތައްޔާރު ވާހެންނެވެ. ރިފާ އެންމެންގެ ހެދުންތައް ޑިޒައިން ކޮށް ފަހަމުން ދިޔައެވެ. އަދި ވެޑިން ކޭކުވެސް ރިފާ ހާވާލުވިއެވެ. ރިފާގެ ފިރިމީހާ އާލިމްވެސް ކޮންމެކަމެއްގައިވެސް އެހީވާން ހުއްޓެވެ.

ބުރަ ހަފްތާ އަކަށް ފަހު މިއަދަކީ އަހަރެންގެ ކައިވެނި ކުރެވޭ ދުވަހެވެ. އަހަރެން ލައިގެން އިނީ ހުދުކުލައިގެ ވެޑިން ޑްރެސްއެކެވެ. އަހަރެން މޭކަޕް ކުރުމުގައި ވަރަށް ބިޒީކޮށް ރިޝްވާންގެ ކަޒިން އަކާ ރިފާ އުޅުނެވެ. ރީތިވެ ނިމިގެން އަހަރެން ލޯގަނޑުން ބަލާލިމެވެ ވަރަށްވެސް ފުރިހަމައެވެ. ރިފާ އާއި ޝިމްރާ ހަމަ އެހާ މޮޅީއެވެ. މިރޭ ރިޝްވާން މޮޔަވެދާނެ ރިފާ ދިމާކޮށްލިއެވެ އަހަރެން ރިފާގެ ގައިގަ ބޮޑިއެއް އަޅާލީމެވެ. އިރުކޮޅަކުން އަހަރެން ގޮވައިގެން ރިފާމެން ދިޔައީ ގޭ ޓެރެސްއަށެވެ. ކައިވެނީގެ މަޖިލިސް އޮތީ އެތާވީމައެވެ. އަހަރެން ގޮސް ރިޝްވާންގެ ކައިރީގައި އިށީނީމެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅު ކޯޓުގައި ރިޝްވާން ވަރަށް ވެސް ހިތްގައިމެވެ. އަހަރެން މަޑުމަޑުން ގޮސް ރިޝްވާންގެ ކައިރީ އިށީނީމެވެ.

“ރިޝް ހާދަ ލޮތްބޭ” ރިޝްވާން ބުނުމުން އަހަރެން ލަދުގަތެވެ.. ވާން ވެސް މިރޭ ހަމަ އެހާ ސްމާރޓް” ކައިވެނީގެ މަޖިލިސް ފެށިގެން ކުރިޔަށް ދިޔައެވެ. ރިޝްވާންގެ ދުލުން އަނބި ގަބޫލުކޮށްފިން ބުނުމުން އަހަރެންގެ ދެ ލޯ ފުރިގެން ބަންޑުން ވިއެވެ. އަހަރެން މޭޒު ދަށުން އެއްވެސް މީހަކަށް ނުފެންނާނޭހެން ރިޝްވާންގެ އަތުގައި ހިފާލީމެވެ. ރިޝްވާން އަހަރެންގެ އަތަށް ފިތާލިއެވެ. ދެ އާއިލާގެ ކުދި ބޮޑު އެންމެން އަހަރެމެން ދެމީހުންނަށް މަރުހަބާކިއެވެ. މަންމަގެ އުނގުގައި ހުދުކުލައިގެ ގަމީހަކާއި ކަޅު ވެސްޓް ކޮޅަކާއި ކަޅު ސޯޓު އަދި ކަޅު ބޫޓުގައި އިން ނިޝާން ލޯބިކަމުން އަހަރެން އުރާލީމެވެ. ލޯބިތަ ބައްޕިއޭ ތިއްތި ކުރީ؟ ރިޝްވާން އހާލިއެވެ.. ހޫމް ވަރަށް ލޯބި ހީވަނީ ހަމަ ކުޑަކުޑަ ވާންއެއް ހެން އަހަރެމެން ތިންމީހުން ކާރަށް އެރީ ޕާރޓީ އޮތް ސަރަހައްދަށް ދާށެވެ. ކާރަށް އަރާ އަހަރެން ރިޝްވާންގެ ކޮނޑުގައި އަހަރެން ބޯ އަޅާލީމެވެ ރިޝްވާން އަހަރެންގެ އަތުގައި ހިފާލާފައި އަތުގައި ބޮސްދިނެވެ

އަހަރެމެން ގޮސް އަހަރެމެންނަށް ހާއްސަ ކުރެވިފައިވާ މަގާމުގައި ހުއްޓުނީމެވެ މުޅިތަން ވަނީ މާމެލާމެލިން ޒީނަތްތެރި ކުރެވިފައެވެ ދެފަރާތުގެ އާއިލާވެސް ވަނީ ފެހިކުލައިގެ އެކި ޝޭޑް ތަކުގެ ހެދުންލާފައެވެ. ފިރިހެނުން ލާފައި ވަނީ ގްރޭ ފަޓްލޫނު އަދި ހުދު ގަމީހެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހިނިތުންވެފައިވާ މޫނުތަކެވެ. ޕާރޓީ ނިންމާލާފއި އާދެވުނު އިރު ރޭގަނޑު 9 ޖަހަނީއެވެ. މަންމަ ނިޝާން ގޮވައިގެން ދިޔުމުން އަހަރެން ގޮސް ރޫމަށް ވަނީމެވެ…ނަމަވެސް ރިޝްވާން އެއް ނާދެއެވެ..އަހަރެން ގޮސް އެނދުގައި ރިޝްވާންގެ އިންތިޒާރުގައި މަޑުކޮށްލީމެވެ…

އިރުކޮޅަކުން ދޮރު ހުޅުވާލާފައި ރިޝަވާން ވަދެގެން އައެވެ. ރިޝްވާން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. އަހަރެން ތެދުވެ ރިޝްވާންގެ ގައިގަ ބައްދާލީމެވެ.

“ރިޝް އަހަރެން މިހިރީ މިރޭ ހާދަ އުފަލުންނޭ ފައިނަލީ އަހަރެންނަށް ރިޝް ލިބުނީ ހާދަ އިންތިޒާރެއް ކުރީމޭ….” އަހަރެން ރިޝްވާންގެ މޭގައި އިތުރަށް ބޮނޑިވެލީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 39

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 35

Next
October 15, 2023

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 35

Previews
October 11, 2023

ދިރުމެއްނެތް ދިރިއުޅުން 39

8 Comments!

  1. Ifoo says:
    October 13, 2023 at 12:30 pm

    Vv reethi mi part vs Maasha Allah ❤️😊

  2. Sajwa says:
    October 13, 2023 at 2:36 pm

    Vrh reethi… When is nxt prt

  3. Aala -,- says:
    October 13, 2023 at 2:49 pm

    v reethi
    waitin for next part <3

  4. Laiii😍 says:
    October 13, 2023 at 3:01 pm

    Vr reethi🖤 when is next part,??

  5. love imko 💕💕 says:
    October 13, 2023 at 3:15 pm

    Mi part vex varha reethi
    Next part kiyaalan libeeney kama unmeedhu kuran
    Nadhoo sis ge vaahaka libuneema varha ufaaveje
    Unmeedhu kuran next part kiyaalan libeeney kama

  6. vempire girl says:
    October 13, 2023 at 7:12 pm

    Maasha Allah mi part ves varah reethi.. next part thankolheh dhigu koh genes dheyne kamah ummeedhu kuran.. Next part kiyaalan libeyny kon iraku?????

  7. love imko 💕💕 says:
    October 14, 2023 at 11:50 am

    When is next part 💕

  8. Nadhoo says:
    October 15, 2023 at 10:05 am

    Thank you for the love.
    miadhu mi vaahakaige fahu part submit kohlaanan.
    adhi varah avaha aa vaahakaeh liyeveytho balaanan

Comments are closed.

Next Episodeފެށި ލޯބި އޮޔާ ދިޔުމުން 12 ( ފަހު ބައި )←


All Right Reserved!