ފެށި ލޯބި އޮޔާ ދިޔުމުން 9
އަނެއް ދުވަހު ހަވީރު ރިޝްވާން އަންނަ ގަޑިއަކަށް އަހަރެން އަހަރެމެން ދެމީހުން އެއްކޮށް ހޭދަވީ ރޭ އަހަރެން ލައިގެން އިން ކުރު ސޯޓުކޮޅާއެކު ޕިޖާމާލީމެވެ. މިހާރު ވިހެއި ފަހުން ކުޑަކޮށް ފަލަވެފައި ހުރުމުން އޭގެ މަތިވެސް އިނީ ބާރުކޮށްނެވެ… ރިޝްވާން އައިސް ސިޓިން ރޫމް ސޯފާގައި އިށީނެވެ. އަހަރެން ގޮސް އެތާ ބިންމަތީގައި އިށީންދެ ދެފައިގަ ލޯޝަންލާންފެށީމެވެ. ނުބަލާ ވޭތޯ ރިޝްވާން ވަރަށް ޓްރައި ކުރިއެވެ ނަމަވެސް ހަމަ ބެލެނީއެވެ. އެންމެ ފަހުން ނިކުމެގެން ދިޔައެވެ. އަހަރެން ގާތައް އައީ ނުލަފާ ހިންޏެކެވެ.
ދެވަނަ ދުވަހުވެސް ކުރު ސޯޓުކޮޅެއްލީމެވެ ވީހާވެސް ގިނައިން ރިޝްވާންގެ ކުރިމަތީ ހުރެވޭތޯ ބެލީމެވެ.
ރިޝްމީ ކިހިނެތް ވެގެން ތި އުޅެނީ؟ ރިޝްވާން ސުވާލު ކުރިއެވެ އަހަރެން ގޮސް ރިޝްވާންގެ ކައިރީ ސޯފާގައި އިށީނީމެވެ. ވާން އަކަށް ހަމަ ނޭންގޭތަ މި ވެގެން އުޅޭގޮތެއް އަހަރެން އެހެން ބުނެލަމުން ރިޝްވާންގެ މޫނާ ވަރަށް ކައިރިވެލީމެވެ ރިޝްވާން ދުރަށް ޖެހިލިއެވެ އަދި މަންމަމެން ކާރިޔަށް ކަމަށްބުނެ ނިޝާން ގޮވައިގެން ނިކުމެގެން ދިޔައެވެ.
މިހާރު ރިޝްވާން އަތުގައި އިތުރު ތަޅުދަނޑިއެއް އޮންނާތީ އިރު އޮއްސުނު ފަހުން ރިޝްވާން އައިސް ނިޝާން އެނދުގައި ބާއްވާލިއެވެ. އަހަރެން ނިދާކަމަށް ހެދުނީމެވެ. ރިޝްވާން އަހަރެންގެ މޫނާ ކުޑަކޮށް ކައިރިވެލިއެވެ އަހަރެން ފުރުސަތުގެ ބޭނުން ހިފާ ރިޝްވާންގެ ކަރުގައި ދެއަތްވަށާލީމެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރުމުން އަހަރެންގެ ގައިމައްޗަށް ރިޝްވާން ވެއްޓުނެވެ. ރިޝްވާންގެ ގައިން ދުވި މީރުވަހުން އަހަރެން ހިތުގެ ތެޅުން އަވަސް ވިއެވެ.
ރިޝްމީ ކިހިނެތް ވެގެންތަ ތި އުޅެނީ ރިޝްވާން ރުޅި އައިސްފައި އަހަރެން ގެ އަތް ފޮޅުވާލާފައި ތެދުވިއެވެ. އަތް ފޮޅުވާލި ވަގުތު އަހަރެންގެ އަތަށް ވަރަށް ތަދުވެސް ވިއެވެ
“އާހް” އަހަރެންނަށް ބުނެވުނެވެ “ކިހިނެތް ވީ؟ ތަދުވިތަ؟” ރިޝްވާން އަހާލިއެވެ.
“ރިޝްވާން އަކާ ބެހޭކަމެއް ނޫން އަހަރެން ގާތަށްވެސް ރުޅި އައެވެ ދޭ މިތަނުން އަހަރެން ވެސް ނޫޅެން ދެން މާ ވަރަކުން އުޅޭކަށް ރިޝްވާން ހުރޭ ރިޝްވާންގެ ގޮތުގައި ”
ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަހަރެން ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކަމެވެ އެކަމަކު ނިޝާން ކާރިޔަށް ބަރާބަރަށް ރިޝްވާން އާދެއެވެ
އެއްދުވަހަކު އަހަރެން ބަނޑުބޮޑު އިރުގެ ފޮޓޯތަކާއި ރީހާން އާއި ދެމީހުންގެ ކައިވެނި ކުރި ދުވަހުގެ ފޮޓޯތައް އަދި ނިޝާންގެ އެންމެ ކުޑައިރުގެ ފޮޓޯތައް ބަލަން ހުރީމެވެ.
ރިޝްވާން އާއި އަހަރެން ދެމީހުންގެ ސެލްފީތައްވެސް ޕްރިންޓްކޮށްފައި އޭގައި ހުއްޓެވެ.
ނިޝާންގެ އުފަން ދުވަސް އަންނާތީ އަހަރެން މެމޮރީ ބޯރޑެއް ހަދަންވެގެން ފޮޓޯތަކުގެ ބޭނުމުގައި އަހަރެން އެ އަލްބަމް ނެގީ އެކަމަކު އެ ހުޅުވާލުމުން ހުރިހާކަމެއް ހަނދާން ވިއެވެ. ރީހާންގެ ހިތް ހެޔޮކަމެވެ. ދަރިފުޅު ނިންދަވަން ނުބައިކޮށް ލަވަ ކިޔާ ހަނދާންވެފައި އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. އަހަރެން ފޯނު ނަގާ ނިޝާން ނިންދަވަން ރީހާން ލަވަކިޔަން ހުއްޓާ އަހަރެން ކޮށްފައި ހުރި ވީޑިޔޯތައް ބެލީމެވެ. އަހަރެންނަށް ރޮވުނެވެ.
އަހަރެން ރޯންފެށުމުން ނިޝާން ކަންބޮޑުވެގެން އަހަރެން ކާރިޔަށް އައިސް އުގަށްއެރިއެވެ. އަދި ހަމަޖެހިގެން ރީހާންގެ ވީޑިޔޯ ބަލަން އިނެވެ. އެވަގުތު ދޮރު ހުޅުވުނެވެ ވަދެގެން އައީ ރިޝްވާންއެވެ. އަހަރެން ތެޅިގެންފައި ތެދުވާން އުޅުމުން ހުރިހާ ފޮޓޯއެއް ބިންމައްޗަށް ވެއްޓުނެވެ ރިޝްވާން ވަދެގެން އައުމުން ވެސް މިއަދު ނިޝާން ހަމަ އެވީޑިޔޯއަށް ގެއްލިފައި އިނެވެ. ރިޝްވާން އެފޮޓޯތައް ނަގާ ހުރިހާ ފޮޓޯއެއް ބެލިއެވެ އަދި ސޯފާމަތީގައި ބެހެއްޓުމުން އަހަރެން އެ ނަގައިގެން ގޮސް ރޫމަށް ވަނީމެވެ.
އިރުކޮޅަކުން އަހަރެން ބޭރަށް އައީމެވެ. “އަންނަ މަހު 5 އެއީ ނިޝާންގެ އުފަންދުވަސް އަހަރެން ވަރަށް ކުރިއްސުރެން ރެޑީ ވަމުން އައީ ކުޑަ ޕާރޓީއެއް ބާއްވަން ތީމް އަކީ ފުޓްބޯޅަ އެއީ ރީހާން އާއި އަހަރެން ނިންމާފައި އޮތްގޮތް އެކަމަކު ރިޝްވާން ބޭނުން ނަމަ ބޭނުން ގޮތަކަށް ބަދަލު ކުރިޔަސް އަހަރެންގެ ނެތް އެއްވެސް މައްސަލައެއް” އަހަރެން ބުނެލީމެވެ.
“ކީއްވެ ކުޑަ ޕާރޓީއެއް ބާއްވަން ނިންމީ؟” ރިޝްވާން ސުވާލުކުރިއެވެ.
“އަހަރެންނަށް ކަންތައް ކުރެވޭނީ އަދި ޕްލޭންވެސް ކުރެވޭނީ އަހަރެންގެ ފެންވަރުން” އަހަރެން ޖަވާބު ދިނީމެވެ.
“އަހަރެން އެހެން ބުނި ތި މާނައިގައެއް ނޫން އަހަރެން ބޭނުން އަހަރެންގެ މުޅި އާއިލާ ބައިވެރިކުރަން އަހަރެންގެ ދަރިފުޅު އެންމެންނަށް ދައްކަން ހުރިހާކަމެއް ކުރާނީ ރިޝްމީ އާއި ރީހާން ޕްލޭންކުރި ގޮތައް އެކަމަކު އިންވައިޓީސް ގިނަވާނެ އަދި ޕާރޓީ ބާއްވާނީ މިތާ ޓެރަސްގައި ދޯ” ރިޝްވާން އަހާލުމުން އަހަރެން ބޯޖަހާލީމެވެ.
ރިޝްވާން ލެޕްޓޮޕް ނަގާ ރީހާންގެ ވީޑިޔޯ ރީޕްލޭކޮށްލިއެވެ.
ރީހާން ތީ ހަމަ ޖަވާހިރެއް! ތެންކިޔު ސޯމަޗް އަހަރެންގެ ދަރިފުޅު އެހާ ލޯބިން ބަލާދިނީތީ އަހަރެންނަށް އިނގޭ ރިޝްމީ އުޅުނީ ލޯބިނުވިޔަސް ރީހާން އާއި އެކު ވަރަށް އުފަލުގައި ކަން އަހަރެން ހެނެއް ނޫންކަން ތީ ހަމަ ބެސްޓު ބައްޕައެއް. އައި މިސްޔޫ….
ރިޝްވާންގެ ވާހަކަ އަޑު އަހާފައި އަހަރެންނަށް ރޮވުނެވެ އެވަގުތު ރިޝްވާންގެ މަންމަ އައެވެ މާމަގެ ދޫނީ ރިޝްވާންގެ މަންމަގެ އަޑު ޖެހޭއިރަށް ނިޝާން ދުވެފައި ދިޔައެވެ.
” ސާބަސް ދައްތާ މިއަދުވެސް ކާރެއް ގަނެގެން” އަހަރެން ޝަކުވާކޮށްލީމެވެ
” ހަމަ ނާދެވުނީ އޭ ފެނުނީމާ ނުގަނެ”
” ހިންގާ ކާން އަހަރެން މިއަދު ވަރަށް މީރުކޮށް ކެއްކީމެވެ.”
އަހަރެން ކާން ހަދާލާފައި ރިޝްވާން އަށް ވެސް ކާން ގޮވާލީމެވެ.
“ބިރިޔާނީ މީ ހަމަ އަހަރެންގެ އެންމެ ފެވަރިޓް” ރިޝްވާންގެ މަންމަ ބުންޏެވެ. ކައި ނިމުމުން އަހަރެން ހެދި މެގްނަމް ޕުޑިން އެތިވެސް އެރުވީމެވެ. އެ ފެނުމާ އެކު ރިޝްވާން ވަރަށް ފާޑަކަށް ހީލިއެވެ. އެކަމަކު އެއީ ކީއްވެކަމެއް ކަން އަހަރެންނަކަށް ނޭގުނެވެ.
ކައި ނިމުމުން ތަށި ނަގާފައި އަހަރެން ގޮސް ސޯފާގައި އިށީނީމެވެ.
ރިޝްމީ އަހަރެން ގެޔަށް ގެން ގޮސް ފަހުން ކާން މެގްނަމް ޕުޑިން ލިބިދާނެތަ އޯކޭ ވާނެ ފަހުން ފިނިކޮށްގެން ގެނެސް ދިނަސް އެކަމަކު މީހުންގެ ކޮޓަރިޔަށް ވަންނަ އިރު ޓަކި ދޭން ވާނެ އިންގޭ! ރިޝްވާން ބުނި އެއްޗަކުން އަހަރެން ކުރީގެ ހަނދާނެއްވިއެވެ. އަދި ރިޝްވާންގެ ހީލުމުގެ ސިއްރުވެސް އެނގުނެވެ. އަހަރެންނަށް ވެސް ހެވުނެވެ. އެކަމަކުވެސް ނޭންގޭ ކަމަށް ހަދާލީމެވެ.
” ދަރިފުޅުމެން އަދިވެސް ތި އުޅެނީ އެކަކު އަނެކަކު ދެކެ ރުޅިން ދޯ؟ ދެން ތި ގޮތް ދޫކޮށްލާފައި އަލުން ގުޅެންވީއެއްނު” ރިޝްވާންގެ މަންމަ ބުންޏެވެ. އަހަރެމެން އެއްވެސް ޖަވާބެއް ނުދެމެވެ ރިޝްވާންވެސް އޭނާގެ މަންމަ އާއެކު ދިޔައެވެ.
ޕާރޓީގެ ހުރިހާކަމެއްގައި އަހަރެމެން ދެމީހުން އުޅުނީ ވަރަށް އެއްކޮންނެވެ. ޝޮޕިންކޮށް ހުރިހާ ކަމެއްވެސް ކުރީ އެކަކު އަނެކަކުގެ ލަފާ އަހާފައެވެ.
މުޅި ތަން ފުޓް ބޯޅަ ދަނޑެއްހެން ރިޝްވާން ތައްޔާރު ކުރިއެވެ. މުޅި އާއިލާ އެންމެން ލީވެސް ޖޯޒީއެވެ. ރިފާ ތައްޔާރު ކުރި ކޭކު ހީވނީ ބޯޅައެއްހެންނެވެ. އެހާ ފުރިހަމައެވެ. ރިޝްވާންގެ އާއިލާ އެންމެން ވެސް ނިޝާން ބަލައިގަތުމުން އަހަރެން އުފާވިއެވެ. ނަމަވެސް ރިޝްވާން އަދިވެސް އަހަރެންނަށް މާފު ނުކުރާތީ ވަރަށް ހިތުގައި ޖެހުނެވެ. އެތަށް ފަހަރަކު އަލުން މާފަށް އެދެން ހިތަށް އެރިއެވެ. ނަމަވެސް އަނެއްކާވެސް އެވާހަކަ ދެއްކުމުން ރުޅި އައިސްދާނެތީ
ނުކެރުނެވެ. އެކަމަކުވެސް އެހެން ކަމެއް ކުރަން ހިތަށް އެރިއެވެ. އެކަން ކުރުމުން ރުޅި އަޔަސް ހޮޔޮކަމަށް ކުރަން ނިންމީމެވެ. އަހަރެން ރިފާއަށް ގޮވާލީމެވެ.
ބައި ގަޑިއެއް ހާއިރު ފަހުން ރިފާ އަހަރެން ބުނި އެތި ގެނެސް ދިނެވެ.
އަހަރެން ގޮސް އެންމެންގެ ކުރިމަތީގައި ރިޝްވާންގެ އަތުގައި ހިފާލީމެވެ ރިޝްވާން ހައިރާންވެފައި ބަލަން ހުއްޓެވެ.
އަހަރެން އެއްފައި މައްޗަށް ތިރިވެ ރިފާ ގެނައި ރިންގް ދިއްކޮށްލީމެވެ “އަހްމަދު ރިޝްވާން ހަލީމް ވިލް ޔޫ މެރީ މީ؟”
އަހަރެން އެހެން އަހާލުމުން ރިޝްވާން ހައިރާންވެފައި އަހަރެންނަށް ބަލަން ހުއްޓެވެ. އެންމެ ފަހުން އަހަރެން ލަދުން ނިޝާން އުރާލައިގެން ދުވެފައި ނިކުމެގެން ދިޔައީމެވެ.
އަހަރެން ހީކުރީ ރިޝްވާން އަންނާނެކަމަށެވެ. އެކަމަކު ނައުމުން އަހަރެން މާޔޫސް ވިއެވެ.
ކާންދީފައި ފެންވަރުވާލުމުން ނިޝާން ވަރަށް އަވަހަށް ނިދާލިއެވެ. ވާރޭވެހޭތީ އަހަރެން ގޮސް ބެލްކަނިން ވާރޭ ވެހޭތަން ބަލަން ހުރީމެވެ. އިރުކޮޅަކުން ކައިރީގައި މީހަކު ހުރިހެން ހީވެގެން ފަހަތަށް އެބުރި އަހަރެން ބަލާލީމެވެ. ރިޝްވާން އަހަރެންގެ ފަހަތުގައި ހުއްޓެވެ. އަހަރެން އެބުރުމުން ރިޝްވާން އަތް ދިއްކޮށްލިއެވެ. ކޮބާ ރިންގް ؟ ޕްރޮފޯޒް ކޮށްފަ އަހަރެންގެ ޖަވާބުވެސް އަޑު އަހާނުލާ ފިލީ ކީއްވެ؟
އަހަރެން ހީކުރީ ފަހަތުން އަންނާނެކަމަށް ކީއްވެ ނައީ؟ އަހަރެން ޝަކުވާކޮށްލީމެވެ.
އެވަގުތު އާދެވެން ނެތީމަ އޭރު އެތާ އަހަރެންގެ ބައެއް ގެސްޓުން ތިބީމާ ހިތަށް އެރީ ފަހުން އަންނާނީއޭ….
ހާދަ ފިނި ރެއެކޭ ދޯ ނެތްތަ ހޮޓް އެއްޗެއް ރިޝްވާން އަހާލިއެވެ.
ކޮފީއެއް ބޭނުން؟ އަހަރެން އަހާލުމުން ރިޝްވާން ބޯހޫރާލިއެވެ.
އަހަރެން ބޭނުމީ ވަރަށް ހޮޓް ހަގްއެއް ރިޝްވާން އެހެން ބުނުމުން އަހަރެން އިސްޖަހާލީމެވެ.
މިހާރު ރުޅިއެއް ނޫންތަ؟ އަހަރެންނަށް މާފްކުރީތަ؟ އަހަރެން އަހާލީމެވެ.
ރިޝް ހަނދާންވޭތަ އެވެސް ހަމަ މިކަހަލަ ފިނި ފިނި ރެއެއް އަހަރެން ދިޔައީ އެކަހަލަ ކަމެއް ވެދާނެކަމަކަށް ނޫން ހަމަ މިސްވާވަރުން ދެކިލާފަ އަންނަން ދިޔައީ އެކަމަކު ރިޝް އާއި ކާރި ވެވުމުން ނޭންގޭ ވީގޮތެއްވެސް ރިޝްވާން ޖަވާބު ދިނީ އަހަރެން ކުރި ސުވާލަކަށް ނޫނެވެ.
” ރިޝްވާން އާއި އެކު ހޭދަކުރެވުނު އެންމެ ސިކުންތެއްވެސް އަހަރެންގެ ހިތުން ފިލައިގެނެއް ނުދޭ ” އަހަރެން ޖަވާބު ދިނީމެވެ.
ރިޝް އަހަރެން ސުވާލެއް ކުރަންތަ؟ އަހަރެން ބޯޖަހާލީމެވެ.
“ރީހާން އާއި އެކު އުޅުނު އިރު ދުވަހަކުވެސް ރީހާން އާއި ކްލޯޒް ގުޅުމެއް ހިނގިތަ؟” ރިޝްވާން އަހާލީ ވަރަށް މަޑު މަޑުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

I love this story
When is next part kiyaalan libeeney kama unmeedhu kuran
Mi part vex varha reethi
Nadhoo sis ge vaahaka libuneema varha ufaaveje
Aww.. Vv reethi mi part vs Maasha Allah ❤️.. When next part??
Maasha Allah mi part ves varah reethi. Next part kiyaalan libeyny kon dhuvahakun???
this is so good v reethi
When is next part??
Thank you so much. mivaahakayah thi kuraa inthizaarah. miadhu submit kohlaanan part 10
When is next part. Can’t wait
When is next prt?? Can’t waittt