Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެށި ލޯބި އޮޔާ ދިޔުމުން 8

Nadhoo
Nadhoo Level 1
October 8, 2023 4 Mins Read
7 Comments

އާން ދަރިފުޅުގެ މަންމަގެ ލޭ ދިމާނުވިޔަސް ތީ ބައްޕަވީމާ އެއީ ހަމަ ޕާކެޓް މެޗް ސޭމް ޑީ އެން އޭ 100% ހުރިހާގޮތްކުންވެސް ދިމާވޭ ޑޮކްޓަރު އެތެރަށް ވަދެގެން ދިޔުމުން އަހަރެން ބިރުގަންނަން ފެށިއެވެ.

ރިޝްމީ ޑޮކްޓަރު އެބުނީ ތެދެއްތަ ނިޝާން އެއީ އަހަރެންގެ ތަ؟ ރިޝްވާން ސުވާލުކުރީ ބާރަށެވެ.

އަހަރެން ބޯ ޖަހާލީމެވެ. ރިޝްވާން އަހަރެންގެ ކޯތާފަތް މަތީ ޖެހިއެވެ އަހަރެން އަރިއަޅާލިއެވެ.

ދަރިފުޅާ ރިޝްވާން ކީއްވެ ތި ޖެހީ؟ ސުވާލުކުރީ ރިޝްވާންގެ މަންމައެވެ.

ރިޝްވާން އަނެއްކާވެސް އަހަރެންނާ ދިމާލަށް އައެވެ.

އަހަރެންގެ މަންމަ ބުނެގެން އަހަރެންނާ ކައިވެނި ނުކުރީ އެކަމަކު ޖެހޭނެ ދޯ ބުނަން އަހަރެންގެ ދަރިއަކަށް ބަލިވެ އިން ވާހަކަ

އެހެންވެ ދޯ ރީހާން އާއި ކައިވެނި ކުރަން މަޖުބޫރުވީ ؟ ރިޝްވާން ސުވާލުކުރިއެވެ އަހަރެން ބޯޖަހާލިމެވެ

ކީއްވެ ރިޝްމީ؟ އޯކޭ އޭރު ނުބުނީ މިހާރު ކިހާ ދުވަހެއް މިވީ އަހަރެން މިހެން ރިޝްމީ ފަހަތުން އުޅޭތާ ނުބުނެވޭތަ އަހަރެންގެ ދަރިފުޅޭ ރިޝްވާން އަހަރެން ކޮށްޕާލިއެވެ ދުވަހަކުވެސް މާފެއް ނުކުރާނަން ރިޝްވާން އަހަރެންނާ ދިމާލަށް ބުނެލިއެވެ.

ދަރިފުޅާ ތިހެން ނުބުނޭ ކުއްވެރިޔަކީ މަންމަ އޭ؟ މަންމަ ބޭނުން ނުވީ ނަހަލާލު ކުއްޖަކު މި އާއިލާ އާއި ގުޅެން އެހެންވެ ސަމީނާއަށް ވެސް އެހެން ހެދީ އަހަރެން އަދި ރިޝްމީ އަށް ވެސް މަންމަ މަޖްބޫރުކުރިން ދަރިފުޅާ ދުރަށް ދާން އަހަރެންނަށް މާފު ކުރޭ ރިޝްވާންގެ މަންމަ ރޮމުން ރޮމުން ބުނެލިއެވެ.

ނޫން މަންމާ ރިޝްމީ އަކީ މަކަރުވެރިއެއް! ރިޝްވާން ބާރަށް ބުންޏެވެ

އަހަރެން ރޮމުން ރޮމުން ބިމަށް ތިރިވީމެވެ…

އަހަރެން ކިހިނެތް ބުނާނީ؟ އަހަރެން ބުނާއިރަށް ރިޝްވާން ބޭނުން ވާނީ ރިޝްވާންގެ މަންމަގެ ހިތުގައި ޖައްސާފައި ވިޔަސް އަހަރެންނާ މެރީ ކުރަން އަހަރެންގެ ދަރިފުޅަށް އާއިލާ ފުރިހަމަ ކުރަން ވާންގެ އާއިލާ ބައި ބައި ކުރާކަށް އަހަރެން ބޭނުމެއް ނޫން އެހެންވެ ނުބުނީ އެތައް ފަހަރަކު ބުނަން ހިތަށް އަރާ އަހަރެން އެކަނި މާ އެކަނި ހިތްވަރު ކުރީ ދަރިފުޅު ބެލޭތޯ  އަހަރެންނާ އަހަރެންގެ ދަރިފުޅުގެ ގެ ސަބަބުން ރީހާން ވެސް ދިޔައީ އޭނާގެ މަންމަމެން އެކަނި ކޮށްފަ ދެން އަނެއްކާ ވާންގެ މަންމަ އަށް އެހެން ހަދަން އަހަރެންނަށް ކިހިނެތް ކެރޭނީ

އަހަރެން ބޭނުންވަނީ އެންމެންގެ ރުހުން ނަމަވެސް އުފަލަކީ އަހަރެންގެ ނަސީބުގައި ވާ އެއްޗެއް ނޫންކަން އަހަރެންނަށް އިނގޭ އަހަރެންނަށް ގިސްލެވެން ފެށުނެވެ. ރިޝްވާންގެ މަންމަ އަހަރެންގެ ގައިގަ ބައްދާލާފައި އަހަރެންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

ތިކަހަލަ ރަގަޅު ކުއްޖަކާ ދޭތެރޭ މަންމަ ކަންތައް ކުރީ ވަރަށް ގޯސްކޮށް މަންމައަށް މާފު ކުރޭ! އަހަރެން ބޯޖަހާލީމެވެ.

އެވަގުތު ތިއޭޓަރުގެ ދޮރުހުޅުވާފައި ޑޮކްޓަރު ނިކުތެވެ. ޑޮކްޓަރު ކާރިޔަށް ދެވުނީ އަހަރެންނާ ރިޝްވާން އަށް އެކު އެކީގައެވެ.

ބޭބީ އިޒް ފައިން 1 އަވާ ވަރު ފަހުން ހޭ އަރާނެ…. ހޭ އެރުމުން ވޯޑަށް ބަދަލުކުރެވޭނެ ބޭބީގެ މަންމަ އާއި ބައްޕައަށް މިހާރުވެސް ވަދެވޭނެ ޑޮކްޓަރު ބުންޏެވެ.

އަލްހަމްދުލިއްލާހި އަހަރެން ބުނީމެވެ. އަހަރެމެން ދެމީހުން އެކުގައި ގޮސް ވަނީމެވެ ބޮލުގައި ބެންޑޭޖް ކޮށްފައި އޮތް ނިޝާން ފެނުމުން އަހަރެންނަށް ރޮވުނެވެ

” ދޫނީ މަންމީ ސޮރީ މަންމީގެ ކެއާރލެސްކަމުން ދޫނިއަށް ތިހެން ތިވީ މަންމީ މީ ވަރަށް ގޯސް މީހެއް ”

ކުއްލިޔަކަށް އަހަރެންގެ މޫނުމައްޗައް އަނދިރިވާން ފެށިއެވެ ވާން އަހަރެންނަށް ކޮންމެވެސް ގޮތެއް އެބަވޭ އަހަރެންނަށް ބުނެވުނީ އެހާވަރަށެވެ ދެން ވީ ގޮތެއް ނޭގުނެވެ.

އަހަރެންނަށް ހޭލެވުނު އިރު ކައިރީގައި އެންމެން ތިއްބެވެ ނަމަވެސް ރިޝްވާން ނެތެވެ

މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަ ފިރުމާލަ ކައިރީގައި އިނެވެ އަނެއް ފަރާތުގައި ރިފާ އިނެވެ

“މަންމާ ވާން ކޮބާތަ؟” އަހަރެން އަހާލީމެވެ އެއްވެސް މީހަކު ޖަވާބު ނުދިނެވެ.

އަހަރެން ތެދުވީމެވެ.

“ރިޝްމީ ކީއްވެ ނުބުނީ ރިޝްމީއަށް ވެސް އަނިޔާވީ ވާހަކަބުރަކަށީގައި އެބަހުރި ކަޑައިގެން ގޮސްފައި ފައިގަވެސް ހުރި”  މަންމަ ބުނެލިއެވެ  އަހަރެން ޖަވާބެއް ނުދެމެވެ.

” ކޮންމެވެސް އެއްޗެއްކާން ވީ ނު ” ރިފާ ބުނެލިއެވެ.

“އަހަރެން ބޭނުމެއް ނޫން އެއްވެސް އެއްޗެއް ކާކަށް” އަހަރެން ބާރަށް ބުނީމެވެ.

“ނުކެޔަސް ޖޫސް ތައްޓެއް ނަމަވެސް ޖެހޭނީ ބޯން އެހެން ނޫނީއްޔާ މިތަނުން ބޭރަކަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެ އަހަރެމެން އެންމެންނަށް ވުރެ ރިޝްމީ ބާރުގަދައެއް ނުވާނެ ” ރިފާ ބުނެލީ އަމުރުވެރި ރާގަކަށެވެ. އަހަރެން ބަސްއަހައިގެން ޖޫސްތަށި ބޯލީމެވެ އަހަރެން ގޮސް އައި ސީޔޫ އަށް ވަނީމެވެ.

“މަންމީ ދޫނީ…އަހަރެން ގޮސް ނިޝާންގެ އަތުގައި ހިފާލީމެވެ މަންމީ ނިޝާން ލޯ ހުޅުވާލިއެވެ އަހަރެން ފެނުމުން ނިޝާން ރޯންފެށިއެވެ އަހަރެން ހުއްޓުވާލީމެވެ އެވަގުތު ރިޝްވާން އާއި އެކީ ޑޮކްޓަރު ވަދެގެން އައެވެ.

ބޭބީ މިހާރު ރަގަޅު ނޯ އިންޓާނަލް ބްލީޑިން އޯ އެނީތިންގް ފަޅައިގެން ދިޔައީ ވަރަށް ކުޑަތަންކޮޅެއް އެކަމަކު ލޭ މަގިނައިން ފޭބީމާ ބޭބީ ސީރިޔަސް ވީ މިހާރު އިންނާނީ ފަހާލާފައި 3 ދުވަސް ފަހުން ގެޔަށް ގެންދެވޭނެ. ނިޝާން ބެލުމަށްފަހު ޑޮކްޓަރު ބުނެލިއެވެ.

ބައްޕިގެ ލޯބިކޮޅު ކިހިނެތް ތަ؟ ރިޝްވާން ނިޝާންގެ ކޮލުގައި ބޮސްދިނެވެ އެކަމަކު އަހަރެންނާ ދިމާލަށް ބަލާވެސް ނުލައެވެ އަހަރެން ހިތުގައި ޖެހުނެވެ.

ވޯޑަށް ބަދަލުކުރެވުމުން އެންމެން އައިސް ނިޝާން އާއި ވާހަކަދެއްކިއެވެ ރިޝްވާންގެ މަންމަ ލޯބިން ހީވަނީ މޮޔަވެދާނެހެން

ސަމީނާ ހިންގާ ދެން ގެޔަށްދާން މިހާރު ތިބޭނީ ވަރަށް ބަލިވެސް ވެފައެއްނު ދެން މާދަން ހެނދުނު އަންނާނީ ރިޝްވާންގެ މަންމަ ބުނެލިއެވެ.

ދޮންތާ ސަމީނައްތަމެން އަހަރެން ގެންދިޔަސް އޯކޭތަ؟ ނުފެނުނަސް އަބަދުވެސް ހިތުގައި މަންމައެއްގެ މަގާމު ދެވުނު މީހެއް ސަމީނައްތަ އަކީ ވެދާނެ މަންމަ ނެތީމަ ކަމަށް ވެސް ރިފާގެ ދެލޯ ފެންކަޅިވިއެވެ.

” ދެން ދުވަހަކުވެސް ނުބުނާތި ރިފާގެ މަންމައެއް ނެތޭ މީ ހަމަ ދަރިފުޅުގެވެސް މަންމަ ދެން ކިޔަން ވާނީ ވެސް މަންމަ” އެހެން ބުނެފައި މަންމަ ރިފާގެ ގައިގަ ބައްދާލިއެވެ. ހިންގާ މަންމަ ދާނީ ރިފާ އާއި އެކީ އަދި ދަނބި ދަރިޔާ މާމަ ދަރިފުޅުވެސް ދެކިލަން ޖެހޭނެއެއްނު މަންމަ ބުނެލީ ހީލާފައެވެ.

ސަމީނާ އަހަރެންނަށް މާފުކުރޭ! ބައްޕަ ބުނެލިއެވެ.

ނޫން ރަޝާދު މިހާރު އަހަރެންގެ ހިތުގައި ރަޝާދުއަށް ނެތް އެއްވެސް ބުރަކަމެއް އަހަރެން ހެޔޮހިތުން މާފުކޮށްފިން ރަޝާދު އަހަރެން ދެކެ ލޯބިވީ ވަރު މިހާރު އިހްސާސް ކުރެވިއްޖެ. ދެން މާޒީގެ ވާހަކަ ނުދައްކާ އެވާހަކަތައް އަހާފައި އަހަރެން ވަރަށް އުފާވިއެވެ މަންމަ އާއި ބައްޕަގެ ގައިގަ އެއްކޮށް އަހަރެން ބައްދާލީމެވެ ރިފާވެސް އައިސް ބައްދާލިއެވެ.

އެންމެން ދިޔުމުން އަހަރެމެން ދެމީހުން އެކަނި ވިއެވެ ނަމަވެސް އެތަށް އިރެއްވީ އިރުވެސް ރިޝްވާން އަހަރެންނާ ދިމާލަށް ބަލާވެސް ނުލައެވެ.

ވާން….އަހަރެން ގޮވާލީމެވެ.

އިސް އުފުލާ ބަލާވެސް ނުލިއެވެ.

އަހަރެން ގޮސް ރިޝްވާންގެ ކއިރީ އިށީނީމެވެ.

ވާންގެ މަންމަ އަހަރެން ކައިރީ ބުނީ އަހަރެން މީ ނަހަލާލު ކުއްޖަކަށް ވީމާ ވާންގެ ކައިވެނި އަހަރެންނާ ކުރެވޭކަށް ބޭނުމެއް ނޫނޭ އެކަމަކު އަހަރެން ކައިވެންޏާ ދެކޮޅު ހަދާށޭ އަހަރެން މީ ނަހަލާލު ކުއްޖެއްކަންވެސް އަހަރެންނަށް އެނގުނީ އެދުވަހު އަހަރެން އެދުވަހު ވަރަށް ރުއިން މަންމަ ބުނި ވާން އަށް ހަގީގަތް ކިޔާދިނުމަށް އެކަމަކު މަޔަކާ ދަރިޔަކާ ނުޖައްސަންވެގެން އަހަރެންގެ ލޯބި ގުރުބާން ކުރީ

ވާންމެން ފުރައިގެން ދިޔަތާ މަހެއް ފަހުން އަހަރެންނަށް އެނގުނީ އަހަރެން ބަނޑުބޮޑުކަން އަހަރެން އެދުވަހު އެވާހަކަ މަންމަމެން ކާރީ ބުނި އަޑު ރީހާން އަށް އިވުނު

އަހަރެންގެ މަންމަ އަހަރެންނަށް ޕްރެގްކަން އެނގުމުން ވާންގެ މަންމަ ކަންތައްކުރި ގޮތުން ނުކެރުނީ ވާންއަށް ހަގީގަތް ހާމަކުރަން އަހަރެންނަށް ރޮވެންފެށިއެވެ. ނަމަވެސް ކަރުނަ ފޮހެލާފައި ކުރިޔަށް ދިޔައިމެވެ.

ރީހާން ވަރަށް އާދޭސްކޮށްގެން އަހަރެން ރީހާން އާއި މެރީ ކުރީ އަހަރެންނަކަށް ނޭންގޭ ރީހަން އަބަދުވެސް އަހަރެންދެކެ ލޯބިވާކަމެއް އޭގެ ކުރިޔަކުން ރީހާންގެ މަންމަމެންވެސް ވަރަށް ގަބޫލުވެގެން ކައިވެނި ކުރީ ރީހާން އަހަރެން ދުނިޔޭގެ ލަދުން ސަލާމަތްކޮށްދިން އަހަރެމެންގެ ދަރިފުޅަށް އޭނާގެ ނަން ދިން އެއީ އަހަރެމެން ދެމީހުންގެ ވެސް އެންމެ ގާތް އެކުވެރިޔާ އެއީ އެއްވެސް އަމިއްލަ އެދުމެއްނެތި އަހަރެން ގެ ހުރިހާކަމެއް ކޮށްދިން މީހެއް

އަހަރެމެންގެ ކައިވެންޏަކީ ސައްހަ ކައިވެންޏެއް ނޫންކަމުން އަހަރެމެން އުޅުނީ ވަކިން ދެ ކޮޓަރީގައި އެކަމަކު ރީހާން އަހަރެންނަށް ވަރަށް ރަގަޅު ވިހަންވާއިރަށް ހުރިހާކަމެއްވެސް ފުރިހަމަކޮށްދިން ނިޝާންދެކެވެސް އަމިއްލަ ދަރިއެއްފަދައިން ލޯބިވި ވިހައިގެން ރީހާން އަހަރެން ކައިރީ އަލުން ކައިވެނި ކުރަން އެދުމުން އަހަރެން ވަގުތު ބޭނުންވި އެކަމަކު ރީހާން މާލެ ފުރިރޭ އެއްބަސްވިން މެރީކުރަން އެކަމަކު މާލެ އައިސް އެކްސިޑެންޓްވެ ރީހާން ނިޔާވީ ރީހާންގެ މަންމަމެން އަހަރެންދެކެވީ ލޯބި ނަފްރަތަށް ބަދަލު ވި އަހަރެން ގެއިން ނެރެލީ މަންމަޔާ އެކު އެގެޔަށް ދިޔުމުން ވާންގެ ހަނދާންތައް އެކޮޓަރީގައި ހޭދަކުރި ލޯބިވެތި ވަގުތުތައް އަހަރެންނަށް އެތަނުން ދިޔުމަށް މަޖްބުރުކުރި އެހެންވެ އަހަރެން މާލެ އައީ

އައި އެމް ސޮރީ ވާން އަށް ނިޝާންގެ ހަގީގަތް ސިއްރުކުރެވުނީތީ މިހާރު މިކިޔާ ދިނީ އަހަރެން ވާން އާއެކު އަލަށް ފެށި ލޯބި އޮޔާ ދިޔުމުން އަހަރެން ބަރުބާދުވެގެން ދިޔަ ގޮތް އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން އަދިވެސް އަހަރެން ވާންދެކެ ލޯބިވޭ އަހަރެން އެވާހަކަތައް ކިޔާދީފައި ގޮސް ނިޝާންގެ ކައިރީ އެނަދުގައި އޮށޯވެލީމެވެ. އެވާހަކަތައް ކިޔާދެވުމުން އަހަރެން ގެ ހިތުން ހީވީ ބޮޑު ބުރައެއް ލުއިވިހެންނެވެ.

ތިން ދުވަސް ފަހުން ނިޝާން ދޫކޮށްލުމުން އަހަރެން ގާތު ރިޝްވާންގެ މަންމަ އާދޭސް ކުރުމުންވެސް އަހަރެން އެގެޔަކަށް ނުދިޔައީމެވެ.

ދެމަސްވަރު ފާއިތުވެގެން ދިޔައެވެ. ކޮންމެދުވަހަކުވެސް ނިޝާން އާއިއެކު ކުޅެލަން ރިޝްވާންއާދެއެވެ ނަމަވެސް އަހަރެންނާ އަނގައިން ނުބުނަން ހުވާކޮށްގެން ހުރިފަދައެވެ.

ދޫނީ ބައްޕި ކައިރީ ބުނެބަލަ މަންމީ އަށް މާފު ކުރާށޭ…..ބައްޕި އަކާ އެހާ ރުޅި ނުވެސް ގުޅެއޭ! އަހަރެން އެހެން ބުނެލުމުން ނިޝާން ކޮންމެވެސް އެއްޗެކޭ ކިއެވެ.

އަދި މިހާރު ކުޑަކޮށް ހިނގަން އިނގޭތީ ރިޝްވާންގެ ކައިރިޔަށް ދިޔައެވެ ގޮސް މަންމީ އޭ ކިޔާ ކޮންމެވެސް އެއްޗިހިތަކެއް ކިޔެވެ ރިޝްވާން ގާތަށް ހިނިވެސް އައެވެ.

ރިޝްވާން ދާންފެށުމުން އަހަރެން ގޮވާލީމެވެ. “ވާން އައި ލަވްޔޫ…” އެއީ މިހާރު ކޮންމެ ދުވަހަކުވެސް އަހަރެން ބުނާ އެއްޗެކެވެ ކޮންމެ ގޮތެއް ހަދާފައިވެސް ރިޝްވާން ރުއްސަން އަހަރެން ބޭނުމެވެ މޮޅު ހިޔާލެއްވެސް އައެވެ.

-ނުނިމޭ-

ނޯޓް:- އާދީއްތަ ދުވަހު ސަބްމިޓް ކުރެވޭތޯ ބަލާނަން 9 ވަނަ ޕާރޓް

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 37

Next

ދިރުމެއްނެތް ދިރިއުޅުން 38

Next
October 8, 2023

ދިރުމެއްނެތް ދިރިއުޅުން 38

Previews
October 5, 2023

ދިރުމެއްނެތް ދިރިއުޅުން 37

7 Comments!

  1. Ifoo says:
    October 8, 2023 at 8:37 am

    Vv reethi mi part vs Maasha Allah ❤️😊

  2. love imko 💕💕 says:
    October 8, 2023 at 10:43 am

    Vrh reeeeethii mi part vex varha ufaaveje mi part kiyaalan libeeneyma kama
    unmeedhu kuran next part vex varha reethi vaane Kama
    Once again varha reethi mi part vex varha furihana mi part vex

  3. vempire girl says:
    October 8, 2023 at 1:26 pm

    Maasha Allah.. mi bai ves varah reethi..

  4. Nadhoo Nadhoo says:
    October 8, 2023 at 3:12 pm

    PART 9 ALREADY SUBMITTED
    so much love to my lovely readers specially ifoo and imko and now vampire girl ves

    1. love imko 💕💕 says:
      October 8, 2023 at 8:50 pm

      Love you too nadhoo sis
      Can I call nadhoo sis
      Thanks for uploading next part

  5. Nadhoo says:
    October 8, 2023 at 10:14 pm

    Yes ❤️ imko u can call me sis

    1. love imko 💕💕 says:
      October 9, 2023 at 5:54 am

      Thanks nadhoo sis
      When is next part kiyaalan libeeney khondhuvahakun

Comments are closed.

Next Episodeފެށި ލޯބި އޮޔާ ދިޔުމުން 9←


All Right Reserved!