ފެށި ލޯބި އޮޔާ ދިޔުމުން 4
އޯކޭ ފައިން ހަނދާން ކުރާތި ތި ކުޅެލީ އަހަރެންގެ މުޅި ދިރިއުޅުމާ ދުވަހަކުވެސް ރިޝް ނޫން މީހަކާ މެރީ އެއް ނުކުރާނަން. ހަމަ މިހެން ތި އިންތިޒާރުގަ އުމުރު ދުއްވާލާނަން.
ރިޝް އަށް އުފާވެރި ދިރިއުޅުމަކަށް އެދެން އެކަމަކުވެސް ދުވަހެއްގެ ކޮޅުންވެސް މީހެއްގެ އެހީއެއް ބޭނުން ވެއްޖެނަމަ އަހަރެން ހުރިކަން ހަނދާން ނައްތާނުލާތި! އަހަރެންނަށް ގުޅޭނެ
އައި ލަވް ޔޫ ސޯ މަޗް އެކަމަކު އަހަރެން ދެން ދަނީ އަބަދަށް ކުރާނަން އިންތިޒާރު.
ރިޝްވާން ނިކުމެގެން ދިޔުމުން ރިޝްވާންގެ މަންމަ އައިސް އަހަރެންނަށް ޝުކުރު އަދާކޮށްފައި ދިޔައެވެ.
އަހަރެންނަށް ރޮވުނީ ދެނެވެ. އޭރު މަންމަވެސް ދޮންބައްޕަވެސް ރޮނީއެވެ. އަދި އަހަރެންގެ ދެ ކޮއްކޮމެންވެސް ރޮނީއެވެ. އެމީހުން ކއެހާ ކުޑައެއް ނޫންވީމަ އެމީހުންނަށް ހުރިހާ އެއްޗެއްވެސް ވިސްނޭ. އަހަރެން ހަމަޔަކަށް އެޅުވޭތޯ އެންމެވެސް ބެލިއެވެ. އަހަރެންގެ މަންމަމެން އަހަރެންދެކެވެސް ލޯބިވާކަން އަހަރެންނަށް އަދި ކިރިޔާ މިއެނގުނީ އެތައް އިރަކު މަންމަގެ އުނގުގައި ބޯއަޅާލައިގެން އަހަރެން ރުއީމެވެ.
ރޭގަނޑު ދަންވަރު 3 ޖެހި އިރުވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ރިޝްވާންވެސް ނުނިދާކަން އަހަރެންނަށް އެނގުނީ ފުލުފުލުގަ މެސެޖް ކުރާތީއެވެ. އަހަރެން އެންމެ ފަހުން ފޯނު ނިއްވާލީމެވެ.
ރިޝްވާންމެން ފުރައިގެން ދިޔަފަހުން މައްސަރެއްވާން އުޅެނިކޮށް އަހަރެން މޭނުބައި ކޮށްފަ ހޮޑުލެވެން ފެށިއެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. އަހަރެންނަށް ރޮވެން ފެށިއެވެ. އަހަރެން ބޭސްފިހާރަޔަކަށް ދިޔައީމެވެ. އަހަރެން ގެޔަށް އަންނަނިކޮށް ރީހާން އާއި ދިމާވިއެވެ. އޭނާ ގޮވާލުމުންވެސް އަހަރެން މަޑެއްނުކުރަމެވެ.
ގެއައް އައިސް އަހަރެން ފާހާނާއަށް ވަދެ ޓެސްޓްކޮށްލީމެވެ. އަހަރެން ބަނޑުބޮޑެވެ.
އަހަރެން ވަރަށް ދެރަވިއެވެ. މަންމަ އަނެއްކާ އަހަރެންގެ ސަބަބުން ބަދުނާމު ވެދާނެތީއެވެ.
އަހަރެން ގޮސް މަންމަގެ ކޮޓަރިއަށް ވަންއިރު ދޮންބައްޕަވެސް ހުއްޓެވެ އަހަރެން މަންމަ ގައިގަ ބައްދާލާފައި ރޯންފެށީމެވެ.
މަންމާ އަހަރެންނަށް މާފު ކުރޭ! އަހަރެންގެ ސަބަބުން އަނެއްކާވެސް މަންމައަށް ޖެހޭނީ މީހުންގެ މަލާމާތާއި ފުރައްސާރާއާއި ކުރިމަތިލާން. މީ ތަގުދީރުގެ ރޭވުމެއް އަހަރެން ދެން ކިހިނެތް ހަދާނީ އަމިއްލައަށް މަރުވަންތަ ވީ؟؟
ރިޝްމީ ކީކޭ ތި ކިޔަނީ؟ އަމިއްލައަށް މަރުވުމަކީ އެއްވެސްކަމެއްގެ ހައްލެއްނޫން
މަންމާ އަހަރެން މީނީ ރިޝްވާންގެ ދަރިޔަކަށް ބަލިވެ. އަހަރެން މަންމަ ކުރިމަތީ އިށީނީމެވެ. މަންމަ އަދި ދޮންބައްޕަވެސް އެއްވެސް އެއެޗެކޭ ނުބުނެއެވެ 5 ވަރަކަށް މިނެޓް ފަހުން ދޮންބައްޕަ ގޮވާލިއެވެ. “ދަރިފުޅާ ރިޝްމީ ބުނޭ ރިޝްވާން ކައިރީގަ ހަމަ ޔަގީން އޭނަ ދަރިފުޅާ މެރީކުރާނެ. އޭނާ ނުލާހިކު ލޯބިވޭ ދަރިފުޅު ދެކެ”
” ނޫން ބައްޕާ ރިޝްވާން ގަބޫލު ކުރިޔަސް އޭނަގެ މަންމަ ބުނާނެ އެހެން މީހެއްގެ ދަރި ރިޝްވާން ބޮލުގަ އަޅުވަން ވެގެންނޭ އޭނާ މުޅި ރާއްޖެއަށް އަހަރެން ފަލީހަތް ކުރާނެ ”
އަހަރެންވެސް ރިޝްމީގެ ވާހަކާ އާއި އެއްބަސް ހަމަ އެހެން އޭނާ ކަންތައްކުރާނީ އަހަރެން ބަނޑުބޮޑުވެގެން އޭނަޔާ ހޮސްޕިޓަލުން ދިމާވުމުން އޭނަޔާއި ރަހްމަތް ތެރި ވެވުނީ މާލޭގައި އަހަރެން އަހަރެންގެ ހަގީގަތް ކިޔާދިނުމުން އޭނާ އަހަރެންގެ ވާހަކަ މުޅީ މާލޭގައި ދެއްކި
އެހެންވެ އޭނަޔަށް އެނގުނީ ރިޝްމީގެ ހަގީގަތް ވެސް މަންމައަށް ހީވަނީ އޭނާގެ އާއިލީ މީހެއްހެން ރިޝްމީގެ ބައްޕަ ރަޝާދަކީ.
ސަމީނާ މީގެ ފަހުން ނުބުނާތި ތިހެން ރިޝްމީ އަކީ އަހަރެންގެ ދަރިއެއް ދޮންބައްޕަ އެހެން ބުނެލާފައި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.
“ބައްޕާ” އަހަރެން ހަޔާތުގައި ފުރަތަމަ ފަހަރަށް ދޮން ބައްޕައަށް ބޭބެގެ ބަދަލުގައި ބައްޕަ ގޮވާލީމެވެ ދޮންބައްޕަ އުފަލުން އަހަރެންގެ ގައިގަ ބައްދާލިއެވެ.
އެކަމަކު ސަމީނާ ދެން ކިހިނެތް އަހަރުމެން ހަދާނީ އަހަރެން ދަރިފުޅު ވައްޓާލާކަށް ނުބުނާނަން އެއް ފާފަ ކުރެވިއްޖެ އަނެއް ފާފަ ކުރާކަށް ނުވާނެ ދަރިފުޅު ބޭނުމީ ކޮންގޮތެއް ބައްޕަ އަހަރެންނާ ސުވާލުކުރިއެވެ.
” އަހަރެން ބޭނުން މި ދަރިފުޅު މީ އަހަރެންނާ ރިޝްވާންގެ ލޯބީގެ ނިޝާން އެއްނު” އަމިއްލަ ބަނޑުގައި އަތް ޖައްސާލަމުން އަހަރެން ބުނީމެވެ.
ދުވަސްކޮޅަކަށް ދަރިފުޅު އެހެން ރަށަކަށް ދާންވީއެއްނު އޭރުން މީހުންނަކަށް ނޭގޭނެ.
އެގޮތައް އަހަރެން އެއްބަސް ވީމެވެ.
މެންދުރު ކާން ތިއްބާ ރީހާން އާއި އޭނާގެ މަންމަމެން އައެވެ.
ސަމީނާ އަހަރެން މި އައީ އަހަރެންގެ ދަރިފުޅު ރީހާން ރިޝްމީ އާއި ކައިވެނި ކުރަން ބޭނުންވާތީ އެކަމަށް އެދިގެން އެމީހުން ބުނިއެއްޗަކުން އަހަރެން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ
ނޫން އަހަރެން ބޭނުމެއް ނޫން ކައިވެނި ކުރާކަށް އެހެން ބުނެފައި އަހަރެން އެތަނުން ދާން ހިނގައިގަތީމެވެ.
ރީހާން އަހަރެންގެ ކުރިމައްޗައް އެރިއެވެ… “އަހަރެން އެންމެ ކުޑައިރުން ފެށިގެން ރިޝްމީ ދެކެ ލޯބިވޭ އެކަމަކު އަހަރެންނަށް ލިބުނީ ބެސްޓު ފްރެންޑްގެ މަގާމު އަހަރެން އެ މަގާމުގައި ވެސް ހުރީ ވަރަށް އުފަލުން ރިޝްވާން އާއި ގުޅުމުންވެސް އެކަންވެސް ގަބޫލުކުރިން އަހަރެންނަށް އިނގޭ ރިޝްވާން އާއި ވަކިވީ ކީއްވެކަންވެސް އަހަރެން އަޑު އެހިން ރިޝްވާންގެ މަންމަ އާއި ރިޝްމީގެ ވާހަކަ ތައް އަދި މިހާރު ރިޝްމީ ބަނޑުބޮޑުކަންވެސް އިނގޭ އެހެންވެ އަހަރެން ބޭނުންވަނީ ތި ދަރިފުޅު ދުނިޔޭގެ ލަދުން ސަލާމަތް ކުރަން ތި ދަރިފުޅަށް ރިޝްމިއަށް ވީހެން ވާކަށް ނޭދެން އަހަރެމެންގެ ކައިވެނި ސައްހައެއްވެސް ނުވާނެ އެކަމަކުވެސް ރިޝްމީ ދުނިޔޭގެ ލަދުން ސަލާމަތްކުރަން އަހަރެން ބޭނުން ފަހުން އަހަރެމެން ވަކިވާން ވެސް މިހާރު ހިންގާ މެރީކުރަން ޕްލީޒް….ރީހާންގެ ވާހަކަ އަހާފައި އަހަރެންނަށް ރޮވުނެވެ.
“ދަރިފުޅާ ގަބޫލުކުރޭ މި އެދުން އަހަރެމެން މިތިބީ ދަރިފުޅާއި އަދި ލިބެން އުޅޭ ދަރިފުޅުވެސް އަހަރެމެންގެ ކުއްޖެއްކަމުގައި ގަބޫލުކުރަން ތައްޔާރަށް އަހަރެންގެ ބޮލުގަ ފިރުލާފައި ރީހާންގެ މަންމަ ބުނެލިއެވެ…”
ރިޝްމީ ދަރިފުޅާ ބައްޕައަށް ފެންނަނީ ތި ކައިވެނި ކުރަން ރީހާން އަށް ދަރިފުޅުގެ ހުރިހާ ހަގީގަތެއް ވެސް އިނގޭ ހާލު އޭނާ އެ އައީ އެއްބަސް ވާނަން ދޯ؟
އަހަރެން ވިސްނާލަން ވަގުތު ބޭނުން ކަމުގައި ބުނީމެވެ.
3 ދުވަސް ފަހުން ވަރަށް ވިސްނާފައި އަހަރެން އެކައިވެންޏާ އެއްބަސް ވީމެވެ.
ކުޑަ ކުޑަ ސަޔަކާއެކު އަހަރެންގެ ކައިވެނީ ރީހާނާ ކުރެވުނެވެ ކައިވެނި ކުރި ދުވަހު ރީހާން އާއެކު ފޮޓޯއެއް ނަގާފައި “މައި ހަޒްބެންޑް އިޒް ދަ ލަވް އޮފް މައި ލައިފް” އޭ ޖަހާފައި ފޭސްބުކަށް ލީމެވެ.
އެ ފޮޓޯ ފެނުމުން ރިޝްވާން ރީހާން އަށް ގުޅާ ވަރަށް ރުޅި އައިސްގެން އެއްޗިހި ކިއެވެ. ކައިވެނި ކޮށްގެން އަހަރެން ރީހާންގެ ގެޔަށް ބަދަލުވީމެވެ އަހަރެން އުޅެން ފެށި އެކަނި ރޫމެއްގައެވެ. އަހަރެމެންގެ ކައިވެނި އަކީ ސައްހަ ކައިވެންޏެއް ނޫންކަމުން އަހަރެން ދެމީހުން ނިދަމުން ދިޔައީ ވަކިން ނަމަވެސް އަހަރެންގެ ހުރިހާ ކަމެއްގައި ރީހާން ވަރަށް އެހީވެދެއެވެ. ބަރާބަރަށް ކާންދީ ޑޮކްޓަރަށް ގޮސް ހަދައެވެ. މަސް ދުވަސް އަހަރެން ހޭދަކުރީވެސް ރީހާންގެ އެހިތެރިކަމާއެކުގައެވެ. އަހަރެން އެއްޗެއް ކާހިތުން އުޅޭނަމަ އެއްޗެއް ކޮންމެތާކުން ވިޔަސް ގެނެސްދީ ބޭބީ އަށް ބޭނުންވާނެ ހުރިހާއެއްޗެއް ވެސް ރީހާން ހޯދިއެވެ. ފިރިހެން ކުއްޖެއްކަން އެނގުމުން އަދި ވަކިން އުފާވިއެވެ. ފުޓުބޯޅަ ކުޅެން ގެންދާނީ އޭ ބުންޏެވެ. ރީހާންގެ މަންމަމެން ވެސް އަހަރެންނަށް ވަރަށް ރަގަޅެވެ. ރީހާންގެ ފަރާތުން އެހާ އަޅާލުން ލިބޭއިރުވެސް އަހަރެން ރިޝްވާން މަތިން ވަރަށް ހަނދާންވޭ. އަބަދުވެސް ހިތުގައި ވަނީ ރިޝްވާން
ތެންކިޔު ރީހާން އަހަރެން ބުނުމުން ކާން އިން ރީހާން އަހަރެންނާ ދިމާލަށް ބަލާލިއެވެ.
ކީއްވެ ތެންކިޔު ތި ބުނީ؟ ރީހާން އަހާލިއެވެ.
ރީހާން ތިކޮށްދިނީ ވަރަށް ބޮޑުކަމެއް މީހަކު މީހަކަށްޓަކާ ތިވަރު ގުރުބާނީއެއް ނުވާނެ ރީހާންގެ މި ހުރިހާ ލޯބިންވެސް އަހަރެންގެ ހިތުގައި ރީހާންއަށްޓަކާ ލޯތްބެއް ނު އުފެދުނު އެކަމަކު އަބަދުވެސް ޝުކުރުވެރިވާނަން އަހަރެން އަދި ރިޝްވާންގެ ފަރާތުން
” ރިޝްމީ އަހަރެން ޝަކުވާއެއް ނުކުރަމެއްނު ނުވެސް ކުރާނަން ވިހައިގެން ރިޝްމީ ދާންވީ ހަމަ އެނޫނީ އަހަރެން މިހިރީ އަލުންވެސް ކައިވެނި ކުރަން ރެޑީއަށް މިފަހަރުވާނެ ލައިވް މިއުޒިކާ އެކީ ބޮޑު ޕާރޓިއެއް ބާއްވަން”
ރީހާން އެހެން ބުނި މަގްސަދު ކާމިޔާބު ވިއެވެ. އަހަރެންނަށް ހެވުނެވެ.
އަބަދުވެސް ތިހެން ހުރެބަލަ ބޭކާރު ކަންތަކާ ނުވިސްނާ އެންޑް މަންމީ ބޭބީ އަށް ކިޔާނެ ނަމެއް ހޯދައިފިންތަ؟
ބޭބީގެ ބައްޕި ހޯދަބަލަ؟ އަހަރެންވެސް ބުނެލީމެވެ.
ޝާހްރުކް؟ ސައިފް ؟ ރިތިކް؟
ހުއްޓާލާ އަހަރެން ދަރިފުޅަށް ނަމެއް ކިޔަން މިއުޅެނީ ފިލްމްސްޓާރެއްގެ ދަރިޔަކަށް ނޫން…
ނިޝާން ރީތިތަ؟ އަހަރެން އަހާލިމެވެ.
” ވާވް ހަމަ ޕާރފެކްޓް ނަން ތީ ރިޝްމީ އާއި ރިޝްވާންގެ ލޯބީގެ ނިޝާން ”
ރީހާން ބުނި އެއްޗަކުން އަހަރެންނަށް ވަރަށް ބޮޑަށް ހިނިތުންވެވުނެވެ.
ބައެއްފަހަރު ރިޝްވާން ދެކެ ވަރަށް ޖެލަސްވޭ ހަމަ އެކަނި އެ ނަން އިވުމުންވެސް ތި އޮތް ވާ އުފަލެއް އަހަރެން ވަރަށް ބޭނުން ތި ދެމީހުން އެކުގަ އުޅޭތަން ދެކެން އަހަރެންގެ ދުއާ އަކީވެސް އެއީ ރީހާން ހީލަމުން ބުނެލިއެވެ.
އަހަރެން ބަނޑުގައި ރިހޭވަރުން ނުނިދިގެން ރީހާން އަށް ގުޅާލީމެވެ. ރީހާން އަހަރެން ގޮވައިގެން ރަށު ހެލްތްސެންޓަރަށް ދިޔައެވެ. ތިން ގަޑި އިރު ލޭބާރ ޕެއިންއަށް ފަހު އަހަރެންގެ ދަރިފުޅު މިދުނިޔެއަށް އުފަންވިއެވެ. ދަރިފުޅު ވައްތަރީ ރިޝްވާންއާއެވެ.
އަހަރެން ވިހައިގެން ރިހާންގެ މަންމަ ހީވަނީ މާމަ ދަރިޔަކު ލިބިގެން އުފަލުން މޮޔަވެދާނެހެންނެވެ. އަހަރެންނަށްވެސް އަބަދުވެސް ކޮންމެވެސް ކާއެއްޗެއް ދެވޭތޯބަލާނެއެވެ. އެމީހުންނާ އެއްވެސް ގުޅުމެއްނެތް އެދަރިފުޅު އުފަލުން ލޯބިދިނެވެ. ރީހާންވެސް ހީވަނީ ދަރިޔަކު ލިބިގެން އުޅޭހެން ދަރިފުޅަށް ނަންކިޔުމުގެ އުފަލުގައި ރީހާން ސަދަގާތްވެސްކުރިއެވެ. ދަރިފުޅަށް އިބްރާހީމް ނިޝާންގެ ނަމުން ނަންދިނީމެވެ.
ދަރިފުޅާށް ތިންމަސް ވީއިރުވެސް އަހަރެން އުޅެމުންދިޔައީ ރީހާންމެން ގޭގައެވެ. ނަމަވެސް އަހަރެމެންގެ ހަގީގަތެއްނެތް ކާއިވެނީގެ ސަބަބުން އަހރެންނަށް އެގޭގައި އުޅެން އުދަގޫވަމުން ދިޔައެވެ. ރީހާން ދަރިފުޅު ނިންދަވަން ވެގެން ލަވަކިޔަމުން ދިޔައެވެ. ލިރިކްސް އެއީ މުޅީން ރީހާންގެ އަމިއްލައެއްޗެއް އަހަރެން ފޯނުން ރިކޯޑް ކުރަން ފެށީމެވެ. އަބަދުވެސް ރީހާންގެ މޮޅު ލަވަކިޔުން އަހަރެން ވީޑީޔޯކުރަމެވެ.
ރީހާން އަހަރެމެން ދެން އަބަދު މިހެން ތަ އުޅެންވީ؟ ކޮމެވެސް ގޮތަކަށް ނިންމަން އެބަޖެހެއެއްނު ދޯ؟
-ނުނިމޭ-
އަންގާރަ ދުވަހު 5 ވަނަ ބައި ގެނެސްދެވޭތޯ ބަލާނަން
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Hii nadhoo.. Next part thankolheh dhigukoh genas dheeba plxx 😩.. And vv reethi Mi part vs.. Unmeedhu kuran next part dhigukoh genas dheyne kamah 😊
I love this story
Varha ufaaveje nadhoo ge vaahaka libuneema
Unmeedhu kuran next part thankolheh dhigukoh genas dhineema
When next part???
When is next part
kiyaalan libeeney khodhuvahakun
part 5 submitted
Adhives nunere 🙄