ލޯބީގެ ކުރި ދަތުރު 4
އާ ދުވަހަކަށް އިރު އެރިކަން އަންގައިދިނުމަށް ކާޅާއި ކޮވެއްޔާއި ހާލުތައް އަންގައިދެމުން ދިޔައެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ހޭލެވުނު ރައިނާ އޮތީ ނުނިދިފައެވެ. މިޔަދަކީ އޭނާގެ ކޮއްކޮގެ އުފަން ދުވަހެވެ. ކުޑަ ވަރެއްގެ ޕާޓީއެއް ބާއްވައި ދޭން ބޭނުންވީ މި އަހަރު ކޮއްކޮއަށް 6 އަހަރު ފުރޭތީ އެވެ. ނަމަވެސް އެ ފެންވަރަށް އެމީހުންނަށް އަދި ދިރިއުޅުން ބައްޓަން ކުރެވެން ނެތުމުން އެ ވިސްނުން ޖެހުނީ ސިކުންޑިން ނެރެލާށެވެ. ރައިިނާ އަކީ ސުކޫލުގައި ގައިޑް ހަރަކާތްތަކުގައި އުޅޭ ހީވާގި ދަރިވަރެކެވެ. ގައިޑް ގެ ފަރާތުން ހިންގާ ހަރަކާތްތަކުގެ ސަބަބުން އާ ހުނަރުތަކެއް ދަސްވެ އާ ކަންތައްތަކެއް ތަޖުރިބާ ކުރެވިގެން ދެއެވެ. އެގޮތުން ރައިނާ އަކީ ގައިޑް ގެ ކުދިންނަށް ހިންގި ކޭކު ކޯހެއްގައި ބައިވެރިވެ މުޅި މުބާރާތުން 2 ވަނަ ހާސިލުކޮށްފައިވާ ހުނަރުވެރި ކުއްޖެކެވެ. ކޭކު އެޅުމަކީ ރައިނާ ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. އެންމެ ފަހުން ރައިނާ ނިންމީ ވަރަށް ރީތި އަދި ވަރަށް މީރު ކޭކެއް ކޮއްކޮއަށް އަޅައިދޭށެވެ.
މަލްޝާ ނަމާދުކޮށްލައިގެން އަވަސްވެގަތީ ސުކޫލަށް ދިޔުމަށް ތައްޔާރު ވާށެވެ. ގަޑިޖެހިގެން ތަންތަނަށް ދިޔުމަކީ ރީތި ކަމެއް ނޫންކަން އެންގޭތީ ގަޑިއަށް އަބަދުވެސް ޚާއްސަ ސަމާލުކަމެއް ދެއެވެ. ރީތި ގޮތަކަށް އިސްތަށިގަންޑު ފުނާއަޅާލިއެވެ. ކާގޭތެރެއަށް ވަދެވުނުއިރު މުޅި އާއިލާ ތިބީ މަލްޝާ ގެ އިންތިޒާރުގައެވެ.
“މަލޫ ދަރިފުޅު ކައިރީ މަންމަ ބުނަމެއްނު ފާޙަނާ ތެރޭ އެހާ ގިނަ އިރު ކުރާކަށް ނުވާނޭ.”
“އަބަދު ތިހެން ވަންޏާ ޖެހޭނީ ބިލިގާ ފާޙަނާ އިން ބޭރުކުރަން އިންގޭ.”
“ނޯނޯ.”
“މަންމާ ޕުލީޒް އެހެން ނުހަދައްޗޭ.”
“މަލޫ ޓްރައިކުރަމޭ އަވަސްކުރަން.”
މަލްޝާ ގެ ވާހަކައިން ހިނިއައިސަ ހުރި އަިއިދާ ޕާން ފިހާ އިތީ ތެރެއިން ދެ ޕާންފޮތި ތައްޓަކަށް ލައިދިނެއެވެ. މަލްޝާ ގެ އާންމު ނާސްތާ އަކީ ކުރަމްޕީ އާއި ދެ ފޮތި ޕާން ގެ އިތުރުން ފުލްކްރީމް ތައްޓެކެވެ. ކާން ޖެހިއްޖެނަމަ ތުންދަމާ މަލްޝާ އަށް މި ވަރު ވެސް ހުސްކުރެވެނީ ވަރަށް އުންދަގުލުންނެއެވެ.
“ދަރިފުޅު ހުރިހާ ފޮތްތަކެއް ހަމަތަ.”
“ލައްބަ.”
“ޑަބަލް ޗެކުކޮށްލައްޗޭ ދިޔުމުގެ ކުރިން.”
“މަންމަ މި ދަނީ ފެންވަރަން.”
“ދަރިފުޅުވެސް އަވަސްކޮށްލައިގެން ދާތި އިންގޭ.”
ހޫން ލައްވާލުމުން ސައިބޯނިންމާލުމަށްފަހު ތަށި ދޮވެލާ މޭޒުމަތި ސާފުކޮށް ހަދާލިއެވެ. އޭރު ހަގަޑި 22 ވަނީ އެވެ. ދޮރާށި ހުޅުވާނީ 30 ހުގައެވެ. އަދި 59 ވާއިރު ރަސްމީ ދޮރާށިތައް ލައްޕާލެވޭނެއެވެ. އަންހެން ކުއްޖަކަށް ވީތީ މަލްޝާ އަށް ގޭތެރޭގެ ކަންކަން ކުރަން އިންގޭ މިންވަރަކުން މަންމަ އަށް އެހީވެދެއެވެ.
އަރާމު ބޮޑު ތަންމައްޗެއް އޮތް އެންދެއްގެ ބެޑުށީޓުގެ ނިވަލުގައި ފިލާ އެ އޮންނަނީ ކައިރާ އެވެ. ސޯނާ ގަޑިއެއްގެ އިތުރުން ފޯނާ އައިޕެޑް ލެޕްޓޮޕް މި ފަދަ ކިތަންމެ ސާމާނެއް ހުއްޓެއްކަމަކު އެލާރްމް ކުރުމަކީ ދުވަހަކުވެސް ކުރާ ކަމެއް ނޫނެއެވެ. ގަވާއިދުން ގަޑިއަށް ދާނީ ވަރަށް މަދު ދުވަހަކު އެވެ. ގިނަ ފަހަރަށް ސުކޫލަށް ވެސް ދާނީ ހިތަށް އެރިއްޔާ އެވެ. މަންމަ އާއި ބައްޕަ އެއް ހުއްޓެއްކަމަކު ދުވަހަކުވެސް ކައިރާ އުޅޭނޫޅޭ ގޮތެއް ނުބަލާނެއެވެ. ދަރިންނަށް ކުޑައިރުއްސުރެ ސަމާލުކަން ނުދޭނަމަ ބޮޑުވާ ވަރަކަށް އެކުދިން މައިންބަފައިންނާ ދުރުވެ އެކަހެރިވެދެއެވެ. ތުއްތު އިރުއްސުރެ ކައިރާ ގެ މައިންބަފައިންނަށް މުހިންމު ވީ ވިޔަފާރި އެވެ. ކައިރާ މަންމަ ކިޔާރާ ދެކޭ ގޮތުގައި ކައިރާ ވިހޭ ދުވަސްކޮޅަކީ އޭނާގެ ޙަޔާތުގެ އެންމެ އަންދިރި ދުވަސްތައްކަމުގައެވެ. ވިޔަފާރި ދަތުރުތަކަށް ހުއްޓުމެއް އައިސް އޭނާގެ ދިރިއުޅުން ވެސް ހުއްޓިގެން ދިޔައީ ހަމަ ކައިރާ އާ ހެދިއެވެ.
ލޯގަންޑު ކުރިމަތީ އެކި ވައްތަރު ވައްތަރަށް ފުނާއަޅަން ހުރި ނާއިފް އަށް މަންމާ ގޮވާ އަޑު އިވެއެވެ.
“މި ނިމުނީ އޭ މަންމާ.”
ކޮންޑުގަ ދަބަސް އަޅުވާލަމުން ބައިސްކަލުގަ ނައްޓާލެވުނީ ކިރިޔާއެވެ.ގަޑި ޖެހުމުގެ ކުރިން ކުލާހަށް ވަންނަން ކޮންމެހެނެއް ހަދާފަ ވިޔަސް ޖެހޭނެއެވެ. ނާއިފް ބައިސްކަލުގަ ދަނިކޮށް މަލްޝާ އަންނަތަން ފެނުނެއެވެ. ބާރުބާރަށް ބައިސްކަލު ދުއްވާލަމުން މަލްޝާ އާ އެއްހަމަ ކޮށްލެވުނީ ކިރިޔާއެވެ. މަލްޝާ އަށް ވެސް ނާއިފް ފަހަތުން އައިސް އެއްވަރު ކުރާކަން އެންގެއެވެ. ފާޑަކަށް ހިނިއައިސް ކުރިއަށް ވުރެ ބާރަށް ދުއްވާލަމުން ސުކޫލު ގޭޓް ބަރިޔާ ހަމައަށް ދެވުނީ ކިރިޔާ އެވެ. ބައިސްކަލު ޕާރްކް ކޮށްލަމުން ބައިސްކަލު ކައިރީ މަޑުކޮށްލީ ނާއިފް އަންނަން ދެނެއެވެ. ނާއިފް ވެސް މަލްޝާ ގެ ބައިސްކަލު ކައިރީ ޕާރްކް ކޮށްލަމުން ދެ މީހުން އެކުގައި ކުލާހަށް މިސްރާބު ޖެހިއެވެ.
ކުލާހަށް ދެމީހުން އެއްކޮށް ވަންނި އިރު ޝައިދާން އާއި ރައިނާ އަދި އެހެން ކުދިންވެސް ހުއްޓެވެ. މަލްޝާ މަޑުމަޑުން ގޮސް އޭނާގެ ގޮނޑީގަ އިށީންދެއްޖެއެވެ. އޭނަ ކައިރީ އިނީ ދެ ފަރާތު ދެ އަންހެން ކުދިންނެއެވެ. ދެ ކުދިންނަށް ވެސް ހިނިތުންވެލަމުން މަޑުމަޑުން އިނީ ރަންގަބީލުގެ އަޑު ޖެހެން ދެންނެއެވެ. ރަންގަބީލުގެ އަޑާ އެކު ކުދިންތައް އެސެންބްލީއަށް ހޯލަށް މިސްރާބު ފަށައިގަތެއެވެ.
“އޭތް”
“ނާއްޓެ މިހާ އަވަހަށް އެ މަންޖެ ފްރެންޑު ކޮށްލީތަ؟
“ހެހެ”
“ޝައިދާން މޭން ކައެ ވެސް ދޯ”
“އަދި ވާހަކަ ދައްކާ ނުލެވިގެން މިއުޅެނީ”
“އެހެންތަ”
“އެކަމު މިޔަދު ދެ މީހުން އެއްކޮށް ސުކޫލަށް ވަތްތަން ފެނުނީމަ މަ ހީކުރީ ދެން ފްރެންޑް ވީ ކަމަށް”
“އޭ ބުރޯ މަ ޑެޔާއެއް ދެންތަ”
“ދީބަޔެއް”
“ކަލޭ ކުރަން ވީ ކަމަކީ މިޔަދު ސުކޫލު ނިމޭ ގަޑީ ގެއަށް ދާއިރު މަލްޝާ ފެންނާނެތާ ދޯ؟
“ހޫމް”
“ހާއި ކިޔާލަން ވީ އޭނަ ކައިރިއަށް ގޮއްސަ”
“އޭރުން އޭނަވެސް ވާހަކަ ދައްކަން ފަށާނެ”
“ކަލެޔަށް ކިހިނެއް ތިޔެއް އިންގެނީ”
” މަށަކަށް ވެސް ގެރެންޓީއެއް ނޫނޭ”
“އެކަމު ހީވާ ގޮތޮ މި ބުނެލީ ކަޔެ ކައިރީ”
“ހޫމް”
” ވަރަށް ވިސްނާލައްޗޭ އިންގޭ މޭން”
“ޑެޔާ އެއްނު؛ މަށެއް ދުލެއް ނުކުރާނެއްނު ޑެޔާއެއް”
“ހެހެހެ”
އެސެންބްލީ ނިމެންދެން ޝައިދާން އާއި ނާއިފް އިނީ ބޮޑު ތަކުރުފާނު ވާހަކައަށް ގޮސް ހުސްވެފައެވެ. އެސެންބްލީ ނިމި ކުދިންތައް ކުލާހަށް ދާން ފެށި އިރުވެސް މި ދެ މީހުންނަކަށް ހިލަމެއް ނުވިއެވެ. ޒައިން ކުލާހަށް ދަމުން ފަހަތުން އެހެން ނޫނިއްޔާ އަންގަގަދަ ކުރަމުން އަންނަ ދެ މިތުރުން ގެ އަޑު ނީވޭތީ ފަހަތް ބަލާލިއެވެ. އެކަމަކު ވާ ނާއިފް އާއި ޝައިދާން ހީވަނީ ހޮޅުއަށީ ގައި އަރާމުކޮށް ބޮޑު ވާހަކަ ފަތުރާލައިގެން އިން ދެމީހުންނެއެވެ. މުޅި އެ ހޯލް ތެރޭ ވެސް އެދެ މީހުން ފިޔަވައި އެކަކު ވެސް ނެތެއެވެ. ޕިސްޕިސް ޖަހަމުން އައިކޮޅަށް އަނބުރާލަމުން ގޮސް އެ ދެމީހުން ގެ ގޮނޑި އާއި އަރާ ހަމަވިއެވެ.ދެ މީހުންގެ ގޮންޑީގައި ހިފާ ބާރަކަށް ތަޅުވާލަމުން ދެ މީހުންވެސް ގޮންޑިން ވައްޓާލިއެވެ.
“އޭތް މޭން”
“ހަމަ ހުރެފަ ތި ކަހަލަ އަނިޔާ ދޭކަށް ނުވާނެ ދޯ”
” ބަލަ ތި ހިރަ ދެ އަންގަ މިތުރާ”
“މިތާ އެހެން މީހަކު އެބަ ހުރިތަ”
” އޭތް އެސެންބްލީ ނިމުނީ”
ތެދެކޭ ޒައިން އާއި ނާއިފް ފިޔަވާ ދެން ހުރީ އޭނާ އެކަންޏެވެ.
” ހިންގާ އަވަހަށް ދާން”
” ފުރަތަމަ ދުވަހުވެސް ކަލޭ މެންނާ ހެދި ޓީޗަރު ހުންނާނީ ރަތަށް އަރާފަ”
” އޭތް އަސްލު ކޮން ވާހަކަ އެއްގަޔޯ އެހާ ދިގު މަޝްވަރާ އެއް ތި ކޮށްލީ”
” މީންދަ ނާއިފް އަށް އިންގޭނެ ދޯ ނާއްޓޭ”
” ބުރޯ އަނެއްކާ ކީއްކޮށްގެން ތި އުޅެނީ ނުބުނެ ވޭ ވަރުގެ”
” މިޔަދު ކުޅެން ގޮއްސަ ކިޔައިދޭނަން”
“ނާއިފް”
މި ސުވާލު ހަދާ ނިމުނީތަ؟
ބޯޑުގައި ހިސާބު ނަންބަރެއް ލިޔެފަ އިން އިރު ވާހަކައިގެ ޖެހި އިނީނު ވާނުވާއެއްވެސް ނޭންގެއެވެ.
ކޮބާ ޖަވާބު؟
މުދައްރިސް އަށް ނާއިފް އިނީ އަޑުއަހާކަށް ނޫންކަން މާ ކުރިން ވެސް ނަގައިގަނެވުނެއެވެ.
އެހެން ވެގެންނޭ މިސްމެން ބުނަނީ ކިޔަވައިދޭ އިރު އަޑު އަހާށެއެވެ.
” ސޮރީ މިސް”
“އުންމީދު ކުރަން ދެން ނާއިފް ކައިރިން މިސް އަށް ބުނަން ނުޖެހޭނެކަމަށް”
“ލައްބަ”
” ހުރިހާ ކުދިންނަށް ވެސް އެންގޭނެ މިހާރު ތި އާދެވުނީ ގުރޭޑް 7 އަކަށް ކަން”
“މި ހިސާބުން ފެށިގެން މިއީ ތި ކުދިންގެ ބޮޑު އިމްތިޙާނަށްޓަކައި ތައްޔާރު ވާން ފަށާ އަހަރު”
” އެހެން ވީމާ ހުރިހާ ކުދިންވެސް ކިޔަވާ ގަޑީ ވާނެ ސީރިޔަސްކޮށް މަސައްކަތް ކުރަން”
” ސަކަރާތް ޖަހަން ވެސް ވާނެ”
” އެޔާ އެއް މިންގަނޑަކަށް ކިޔެވުން ވެސް މަތިކުރަންވާނެ”
މުދައްރިސް ގެ އަގު ހުރި ނަސޭޙަތުގެ ބަސްކޮޅާ އެކު ގަޑި ނިންމާލިއެވެ.
ޑިންގް ޑިންގް ޑޮންންން. އެ އިވުނީ ބްރޭކް ގަޑި ކަން އަންގައިދިނުމަށްޓަކައި ރަންގަބީލު ޖަހާ އަޑެވެ. ކުދިންތައް އެއްފަހަރާ ދޮރު ކައިރިއަށް ދިޔަ ގޮތުން ދޮރު ކައިރީ ވަނީ ނުވަދެވޭ ވަރަށް ބަންދު ކޮށްލާފައެވެ. މަލްޝާ ގޮންޑިން ވެސް ނުތެދުވެ އިން ގޮތުން އޭނާ ކައިރީ އިން ކުއްޖެއް އަހާލިއެވެ.
” ބްރޭކަށް ނުވެސް ދަންތަ”
“މަލްޝާ ގެ ޖަވާބު ވަރަށް ކުރެއެވެ.”
މަލްޝާ އެ ދެ ކުދިން ގެ ފަހަތުން ގޮސް އިށީނީ އެ ކުދިންނާ އެކު އެ މޭޒުގައެވެ. އެތާ އިންދާ އެހެން ދެ ކުދިންވެސް އެ މޭޒާ ދިމާލަށް އަންނަ ތަން ފެނުނެއެވެ.
” އޭތް ގާއިޒް އިންގޭތަ އިންޓަރް ހައުސް މަދަހަ މުބާރާތް ބާއްވަނިއްޔޯ”
“އެހެންތަ”
“އެކަމު އަދި މި އަހަރު ހައުސްތަކެއް ނުބަހައެއްނު”
ކޮންމެ އަހަރަކުވެސް ފުދޭ ވަރަކަށް އާ ކުދިންތަކެއް ކޮންމެ އަހަރަކުވެސް އެ ސުކޫލަށް ވަދެއެވެ.
” އާން ތެދެއް ތީ”
” އަދި ހައުސްތަކެއް ނުބަހާ”
” އެކަމު ހީވަނީ އަދި ކުރާނެހެން”
” މި ސުކޫލުގަ ކިތައް ހައުސް އޮވޭތަ؟
އަހަން ނާހަން އިންދެފައިވެސް އަހާލިއެވެ.
” 4 ހައުސް”
ފައިނާ ޖަވާބުދިނެއެވެ.
” އެއީ ލިލިއަން،ނޫވާތަރި.،ރެހެންދި، ކަސަބު.”
ލިލިއަން އަކީ ޕާރްޕަލް. ނޫވާތަރި އަކީ ނޫ ހައުސް. ކަސަބު އަކީ ފެހި ހައުސް. ރެހެންދި އަކީ ރަތް ހައުސް.
” އޯވްހް”
“މަލްޝާ މަދަހަ މުބާރާތުގަ ބައިވެރިވާނަންތަ؟
” ފައިނާ އަހާލިއެވެ”
” އަދި ނޭންގެ”
” ހައުސް އިންގުނީމަ ވިސްނާލާނަން”
އެކި ވާހަކައިގެ ތެރޭ ތިބެގެން މަލްޝާ، ފައިނާ، ޒައިނީ، އިނާން، އަށް ވަގުތު ދިޔަ ގޮތެއް ވެސް ނޭންގުނެއެވެ. ޑިންގްޑިންގްޑޮންންން. ރަންގަބީލުގެ އަޑަށް ކުލާސްތަކަށްކުދިންތައް ދާން ފަށައިފިއެވެ. އެ ދުވަހު ހުރިހާ ކުލާހެއް ނިމި ގެއަށް ދިޔުމަށްޓަކައި އަވަސްވެގަތް އިރު މަލްޝާ ހުރީ ވަރަށް ވެސް ހިތްހަމަޖެހިފައެވެ. ހައުސްތަކަށް އަލަށް ނެގި ކުދިންގެ ތެރެއިން މަލްޝާ ހޮވުނީ ރެހެންދި ހައުސް ގެ ކުއްޖެއްގެ ގޮތުގައެވެ.
ކުރިން އުޅުނު ސުކޫލުގައި މުބާރާތްތައް ބާއްވާ ގޮތާ މި ސުކޫލުގެ މުބާރާތްތައް ބާއްވާ ގޮތާ ތަފާތެއެވެ. މި ސުކޫލުގައި މުބާރާތްތައް ބޭއްވުމަށްޓަކާ ގެންގުޅޭ އުސޫލުތަކާއަި ޤަވާއިދުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ކުދިންނަށް ފުރުސަތު ފަހިވެގެންދެއެވެ. ކުރީ ސުކޫލުގައި ވެއްޖެނަމަ މުބާރާތްތަކަށް ކުދިން ނަގާއިރުއެންމެ ފުރަތަމަވެސް ޖާގަދޭނީ އަބަދުވެސް އަރާ ކުދިންނަށެއެވެ. އެއަށްފަހު އިތުރު ކުދިންނަށް ވާ ވަރަށް ޖާގަ ހުރިނަމަ އޮޑިޝަނެއް މެދުވެރިކޮށް އެ މީހުންނަށް ކަމުދާ ކުދިންކޮޅު ހޮވާލާނީއެވެ. ގިނަ ފަހަރަށް މި ކަމާ ހެދި އެހެން ކުދިންނަށް އާ ކަންތައްތައް ތަޖުރިބާ ކޮށްލާނެ ފުރުސަތުތަކެއް ފަހިވެފައިކުއެއް ނޯވެއެވެ. މި ސުކޫލުން ކުރާ ކޮންމެ ކަމެއް ގައިވެސް ހަމަހަމަކަމާއި އަދުލު އިންސާފުވެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ.
ގެއަށް ދިޔަ މަގުމަތީ ބައިސްކަލު ދުއްވަމުން ދިޔަ އިރު ބެލް އެއް އަޅާ އަޑަށް ފަހަތް ބަލާލިއެވެ. ފަހަތުން ނާއިފް އަންނަމުން އެއްވަރު ކުރަން އުޅޭތަން ފެނި ބައިސްކަލު އަތިރިޔާ ވީ ފަރާތާ ދިމާލަށް އަންބުރާލިއެވެ. އަތިރިމަތީ އޮތް ހިމަ މަގުތަކުން ބައިސްކަލު ދުއްވަމުން ގޮސް ގަސްބުޑެއްގެ ކައިރީ ޕާރްކް ކޮށްލިއެވެ. ނާއިފް ވެސް މަލްޝާ ކައިރީ ބައިސްކަލު ޕާރްކް ކޮށްލިއެވެ. މަލްޝާ އިނީ މޫދާ ދިމާލަށް ބަލާށެއެވެ. ވަރަށް ހިތްވަރުކޮށްފައި ނާއިފް ގެ ދުލުން ހަމައެކަނި ބޭރުވި ބަހަކީ ހާއި އެވެ. އެވެސް ކިރިޔާ އަޑުއިވޭ ވަރަށެވެ. ކިތަންމެ މަޑުން އެ ލަފްޒު ނާއިފް ގެ އަންގައިން ބޭރުވި ނަމަވެސް މަލްޝާ އަށް ނުހަނު ސާފުކޮށް އެ ލަފްޒު އިވުނެއެވެ. އެ ބަރު އަޑު އިވިފައ މަލްޝާ ނާއިފް އަށް ދިމާލަށް ބަލާލަމުން ހޭއި އޭ ބުނެލިއެވެ.
” ކިހިނެއްތަ މި ސުކޫލު”
” ދެން އޯކޭ”
” ފްރެންޑެއް ލިބިޖެއްތަ މިހާރު”
” ހޫމް”
މަޑުމައިތިރި އަޑަކުން ޖަވާބު ދެމުން ދިޔައިރު އެ ކުއްޖާގެ ކަޅި މޫދުން ނުނެއްޓެއެވެ.
” ފްރެންޑްސް ވެވިދާނެތަ”
ދެން ވެސް މަލްޝާ ލައްވާލީ ހޫމް އެކެވެ.
” ކިހިނެއްވީ އަސްލު މިހާ ހިސާބަށް ތިއައީ؟
” މޫދު ބަލާލާހިތުން”
އިރުކޮޅެއްވަންދެން ދެމީހުންވެސް އަނގަތަޅަން ތިބެން ހުރުމަށްފަހު ގެއާ ދިމާލަށް ދިޔުމަށްޓަކައި މިސްރާބު ޖެހިއެވެ. ގެއަށް ދިޔަ މަގުމަތީ މަލްޝާގެ އިނީ ދުވަހަކުވެސް ނުފެންނަވަރުގެ ފުޅާ ހިނިތުންވުމެކެވެ. އޭގެ އަނެއް ކޮޅުން ނާއިފް ގެ މޫނުމަތީގައިވެސް ވީ ފަތަޙައިގެ ހިނިތުންވެމެކެވެ. ދެ ހިތުގެ ވެސް އެއް އެދުން ޙާސލުވި ޚާއްސަ ދުވަހެއް ކަމުގައި އެ ދުވަސް ވެގެންދާނެ ކަމާމެދު ޝައްކެތް ނެތެއެވެ. ރަހުމަތްތެރިކަމުން ގޮތް ޖަހާލެވޭ ގޮތަށް އެ ގުޅުން ލޯތްބަށް ބަދަލުވެގެންދާ ފަހަރު ވެސް މަދެއްނޫނެއެވެ.
އަދި މި ރަހުމަތްތެރިކަމުގެ ސަބަބުން ދެ ފަރާތަށް ވެސް ކުރިއަށް އަންނަން އޮތް ބޯ ކަޅުވިލާތަކުގެ ކެރީގެ އަސަރު ފޯރާނެ ކަމުގެ ހިލަމެއް އެކަކަށް ވެސް ނުވެއެވެ.
ކުޑަދޮރު ކައިރީ އިން ރާއިކް އިނީ ފިލާވަޅު ހަދާ ފޮތްގަންޑު ހިފައިގެން ފިލާވަޅު ދަސްކުރުމަށްޓަކައެވެ. މިޔަދު އެ އިއުލާން ކުރީ މަދަހަ މުބާރާތުގެ ވާހަކައެވެ. މި ގޮތަށް ގޮސް ފަހަރަކު މުބާރާތެއް ނިންމާ އެ ޓާރްމް ގެ ދުވަސްތައް ނިމޭނެއެވެ. ސުކޫލު ފެށިއްޖެނަމަ ރާއިކް އަށް ގިނަފަހަރު އޮންނާނީ ތަންވަޅު ނުވެފައެވެ. ހައްތަހާވެސް މައްސަލައަކީ އެ އެހެނިހެން ހަރަކާތްތަކާ އެއް މިންގަންޑަކަށް ކިޔެވުން ވެސް ހިފަހައްޓަން ޖެހޭތީއެވެ. މި އަހަރު އޭނާއަށް ސީނިޔާ ޕޮރިފެކްޓް ގެ މަޤާމަށް ވެސް ލެވޭނީ ވަރަށް މަސައްކަތް ކޮށްގެން ކަން އެންގެއެވެ. ހަމަ އެއާއެކު ކިޔެވުމަށްޓަކައި މިޔަދު ލިބިފައި އޮންނަ ރަން ދުވަސްތަކަކީ ވެސް އަބަދަށް ދެިގެންދާނޭ ދުވަސްތަކެއް ވެސް ނޫންކަން އޭނާ ދަނެއެވެ. އޭނާ އަދިވެސް ދާން ބޭނުންވާ މަންޒިލާއި ސީދާކުރަން ބޭނުންވާ ހުވަފެނުގެ ތަސްވީރުތައް ހުއްޓުމެއްނެތި ސިކުންޑީގާ ކުރަހަމުންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Mihaaru dialogue vaki vey
Eii kaaku ge dialogue eh kan ingunyma dhw vahaka akah vaany
Dare eh jehsi iruga heevi shaidhaan ah henves dare kury
Ekam it was a dare for naaaif😂
Alright
Hehe
Shukurriya varah bodah support dhevvathi ve
Unmeedhukuran dhen anna part ves kamudhaane kamah