
ނިޝާލް އައި ގުޅުނ ކަނޑާލާފައި އަހަރެން އެ ޚަބަރު ޔުއާންއަށް ދިނީމެވެ. އޭނާގެ ޖަވާބެއް ލިބޭތޯއެވެ. ދެދުވަސް ވީއިރުވެސް ޖަވާބެއް ނުލިބުނެވެ.
**
ޔުއާންގެ ޚަބަރެއް އެއްވެސް ގޮތަކަށް ނުވެ ހަމަސް ވޭތުވެގެން ދިޔައެވެ. ކުޑަ ދުވަސްކޮޅަކަށް އަހަންނަށް ލިބިނު އުފާވެރިކަން ގެއްލި އަނެއްކާވެސް ހިތާމަ އަހަންނާ ބައްދަކު ކުރިއެވެ. ޔުއާން ރަށުގައިވެސް ނޫޅޭކަން އަހަންނަށް ޔަގީންވީ މާޔާގެ ފަރާތުންނެވެ. އަހަރެން ތެދުތެދަށް ހުރިހާ ވާހަކައެއް މާޔާއަށް ކިޔައިދިނީމެވެ. މިހާ ދުވަސްވީއިރުވެސް ސިއްރުކޮށްގެން އުޅުމުން މާޔާ ހިތްހަމަ ނުޖެހުނު ކަމުގައި ވިއަސް އިރުކޮޅަކުން ހަމަޖެހިއްޖެއެވެ. ނިޝާލްގެ ހަޤީޤީ ކުލަވަރު އެނގުމުން އޭނާއާ ދިމާއަށް އެއްޗިހި ކިއެވެ. “ބުނަން ޔުއާންއާ ނީންދެވުނެއްކަމަކު ތި ނިޝާލް ގާތުން މައިއަށް ސަލާމަތް ވެވުން ތީ ލިބުނު ރަޙުމަތެއް” މާޔާ އެބުނީކީވެސް ދޮގެއް ނޫނެވެ. ފަހަރުގައި އަހަންނާ ޔުއާންއާ ދެމެދު ވީ ކަމެއް އެވީ ނިޝާލްގެ ކިބައިން އަހަރެން ސަލާމަތްވާން ކަމުގައި ވެސް ވެދާނެއެވެ. ޔުއާންެއާ ދިމާ ނުވި ނަމަ އަހަރެން އަދިވެސް ހުރީހީ ނިޝާލް ކިބައިން ސަލާމަތް ނުވެވިފައެވެ. އޭނާގެ އަމަލުތަކަށް ކަނު ލޮލެއް ދީގެންނެވެ. ނިޝާލްގެ މަކަރުވެރިކަމަށް އަހަރެންގެ ލޯ ހުޅުވާދިނީ ޔުއާންއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެކަމަށްޓަކައި އަހަރެން ޔުއާންއަށް ޝުކުރުވެރިވަމެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމުގައި އަހަރެން ޤަބޫލު ކޮށްގެން ހިތްހަމަ ޖެއްސޭތޯ ބެލީމެވެ.
ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރަމުން ސިޓިންރޫމަށް ނުކުތީމެވެ. އަހަރެންގެ އިންތިޒާރުގައި މަންމަ އާއި ބައްޕަގެ އިތުރުން ބައްޕަގެ ރަހުމަތްތެރިއެއް އޭނާގެ އަންހެންނުން އަދި ދަރިފުޅާއެކު އަހަރެންގެ އިންތިޒާރުގައި ތިއްބެވެ.
ޔުއާން އަހަންނާ ވާހަކަ ދެއްކުން ހުއްޓާލިތާ އަހަރެއް ނުވަނީސް ލިބުނީ ޔުއާންގެ ކައިވެނީގެ ޚަބަރެވެ. ވަލީމާގައި ބައިވެރި ވުމަށް އަހަރެންގެ އައިލާއަށް ދަޢުވަތު ކާޑު ފޮނުވާފައި އޮތެވެ. އަހަންނަށް ކާޑު ފެނުނީ ސްކޫލް ނިމިގެން ގެއަށް އައި ތަނުންނެވެ. ބަނޑުހައިވެފައި ހުރިއެއް ކަމަކު ކާހިތްވެސް ކެނޑުނެވެ. އަހަންނަށް ގޮސް ކޮޓަރިއަށް ނުވަދެވި އުޅެނިކޮށް ކަރުނަތައް ފައިބާގަތެވެ. ދެދުވަސް ވަންދެން ކަރުނަ އަޅައި އަހަރެން ރުއިމެވެ. ޔުއާން މިވަރުގެ ބޮޑު އަނިޔާއެެއް އަހަންނަށް ދިނީ ކޮން ކުށެއް އަހަންނަށް ކުރެވިގެންތޯ އެތަށް ފަހަރަކު ސުވާލު ކުރެވުނެވެ. މާޔާއަށް ގުޅާފައި ވެސް އަހަރެން ވަރަކަށް ރޯލީމެވެ. އަހަރެން ހަމައަކަށް އެޅުނީ އެތަށް ވާހަކައެެއް މާޔާ ދައްކައިގެންނެވެ. ޔުއާން ހީވީ އަހަރެންގެ ހަމަޖެހުން ނަގާލަން ގަސްތުގައި މަސައްކަތް ކުރާހެންނެވެ. ދުވަސްވީ ދުޝްމަނަކަށް ވުރެ ޔުއާން އަހަންނަށް ދެމުން ދިޔަ އަނިޔާ މާ ބޮޑެވެ. ސްކޫލް މަސައްކަތް އުޒުރަކަށް ދައްކާފައި ޙަފްލާއަށް އަހަރެން ނުދަމެވެ. އެރޭ ގޭގައި އެކަނިވި ވަގުތު އަހަރެންގެ އެކުވެރިއަކަށް ވީ ކަރުނައެވެ. އެރޭ އަހަންނަށް ނިދުނީ ރޮއެ ރޮއެ ވަރުބަލިވެގެންނެވެ. ޔުއާންގެ ކައިވެންޏަށް އަހަރެއްވި އިރުވެސް އަހަރެންގެ ހާލަކީ އެއީއެވެ. ޔުއާންއަށްޓަކައި ކަރުނަ އަޅައި ނުރޯ ރެއެއް މަދުވާނެއެވެ. ގިނަ ރޭރޭ ނިދެނީ ޔުއާން އަހަންނަށް އެވަރުގެ ދެރައެއް ދިނީ ކީއްވެގެން ކަމާ މެދު ވިސްނަން އޮއްވައެވެ.
ބައްޕަ އެކުވެރިޔެއްގެ ދަރިފުޅު އަހަރެންގެ ކައިވެންޏަށް އެދުމުން އެކަމާ ވަގުތުން އަހަރެން އެއްބަސްވީމެވެ. އުމުރުން ތިރީސްވާން ކައިރިވެފައި ވުމާއެކު މީހަކާ ނީންދެ ހުރުމުގެ ބޭނުމެއް ނެތެވެ. މަންމަމެން ވެސް ހިތްހަމަޖެހޭނީ އޭރުންނެވެ. އަހަންނާ އިންނަން އެހީ ކާކުތޯ ކީއްކުރާ މީހެއްތޯވެސް ނާހަމެވެ. ގައިމުވެެސް އަހަރެންގެ ހޮވުމަށް ވުރެ ބައްޕަމެންގެ ހޮވުން ރަނގަޅުވާނެތާއެވެ. އަމިއްލައަށް މީހަކު ހޯދައިގެން އިންނަން ވެއްޖެ ނަމަ އުމުރު ދުވަހު ހުންނަންޖެހޭނީ މީހަކާ ނީންދެއެވެ. ގައިމުވެސް ‘ޑިސްނީ’ އަމީރެއް ނުލިބޭނެއެވެ. ބުއްދިވެރިކަން ބޮޑީ މައިންބަފައިން ދައްކާ މީހަކާ ކައިވެނި ކުރުމެވެ. އެހެންނޫނީ އުމުރު ދުވަހުވެސް ޖެެހެނީ އެކާނިވެރިކަންމަތީ ރޮއެ ހިތާމަ ކުރާށެވެ.
ދިގުކޮށް ހުރި ސޯފާގައި ބައްޕަ އެކުވެރިޔާގެ އާއިލާ ތިއްބެވެ. އަހަރެން އައުމާއެކު އެންމެންގެ ސަމާލުކަން އަހަންނަށް ހުއްޓުނެވެ. އަހަންނާއި ބައްޕަ އެކުވެރިޔާގެ ދަރިފުޅާ ހަތަރު ކަޅި ބައްދަލުވީ ހިނދު އެ ޒުވާނާ ފުރިހަމަ ހިނިތުންވުމެއް އަހަންނަށް ހަދިޔާ ކުރިއެވެ. ދުވަސްތަކަކަށް ފަހު އަހަންނަށް ހިތުން ރުހުމުން ހިނިތުންވެވުނެވެ. އަންހެން ކުދިން އަޅައިގަންނަ ގޮތެއް އެ ޒުވާނާގެ ހުއްޓެވެ. އެފަދަ ޒުވާނެއް ހުސްހަށިބަޔަށް ހުރުމުން އަހަރެން ހައިރާންވިއެވެ. އެކަން ހިތުތެރޭގައި ބާއްވަމުން އަހަރެން ގޮސް މަންމަ ގާތު އިށީނީމެވެ. ރޭގަނޑުގެ ކެއުމަށްފަހު މަންމަމެންގެ ހުއްދައާއެކު ދާއިން އަހަރެން ގޮވައިގެން ގޭގެ ޓެރެހަށް އެރިއެވެ. ދެމީހުންވެސް ތިބީ އެކަނި ވާހަކަ ދައްކާލަން ބޭނުންވެފައެވެ. މަންމަމެންގެ ހާޒިރުގައި އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ތަޢާރަފު ވުން ފިޔަވާ އިތުރު ވާހަކައެއް ނުދައްކަމެވެ.
އުޑުމަތި ސާފު ރީތި ރެއެކެވެ. ހަނދުވަރުގެ އަލި މުޅި ސަރަހައްދަށްވަނީ އެޅިފައެވެ. ހަނދުވަށާއި ތަރިތައް އުޑުގައި ފިޔަޖަހަމުން ދިޔައެވެ. އުޑުމައްޗަށް ބަލަމުން ދާއިން ރެއިލިން ކައިރީ ހުއްޓިލިއެވެ. ކުރިން ފެނުނު ހިނިތުންވުން އެ މޫނު މަތިން މިހާރު ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަމުން ދިޔައީ ހިތާމާގެ ސާލެކެވެ. މިއިން ދުވަހަކުވެސް އޭނާގެ ހަޔާތަށް އުފާވެރިކަން ނާންނަފަދައެވެ. އެ ހިތާމަވެރިކަން އަހަންނަށް ފޮރުވާކަށް ވެސް ނޫޅެއެވެ. ފަހަރުގައި އެހެން އެންމެން ކުރިމަތީ ފޭކު އުފާވެރިކަން ދައްކައިގެން ހުރުމަށް ފަހު އިތުރަށް އެކަން ކުރާނެ ހިތްވަރު ނެތީ ކަންނޭންގެއެވެ.
“އަހަރެން އެއްވެސް ކަމެއް އޮޅުވާލާކަށް ބޭނުމެއް ނޫން، އަހަރެން މައިރާއާ ކައިވެނި ކުރިއަސް އަހަންނަށް މައިރާއަށް ފުރިހަމަ ލޮތްބެއް ނެތް ދެވޭކަށް، އަހަރެންގެ ހިތަކީ އެހެން ފަރާތެއްގެ މިލްކެއް، ތަޤުދީރުގައި އަހަންނަށް އެކުއްޖާ ލިބެން ނެތުން އެއީ އަހަރެންގެ ބަދުނަސީބުކަން. ދުވަހަކު ކޮޅުން ވެސް އަހަރެންގެ ހިތުގެ ވެރިޔާ އަހަރެން ގާތަށް އެނބުރި އަތުވެއްޖެނަމަ ދެވަނަ ވިސްނުމަކަށް ނުގޮސް އަހަރެން އޭނަ އިޚްތިޔާރު ކުރާނަން. މައިރާ އެގޮތާއި ރުހެންނާ އަހަރެން މިހިރީ މައިރާއާ އިންނަން ތައްޔާރަށް، މަންމަމެންގެ އުފަލަށްޓަކައި” ލޯބީގައި ކެހިވެރި ވަނީ ފިރިހެނުން އެކަނި ނޫން ކަން އަހަންނަށް އެނގުނެވެ. އަހަރެން ފަދައިން ދާއިން ވެސް ވީ ލޯބީގެ ކެހިވެރި ކަމުގެ ޝިކާރައަކެށެވެ. ނިމެއް ނެތް އިންތިޒާރެއް ކޮށް އަހަރެން ފަދައިން ދާއިން ވެސް އެވަނީ ވަރުބަލިވެފައެވެ. ދާއިން އޭނާގެ ހަގީގަތް ހާމަ ކުރުމުން އަހަރެން ވެސް ފޮރުވުމެއް ނެތި ހުރިހާ ސިއްރެއް ހާމަކުރީމެވެ.
ތިން މަސް ފަހުން އަހަރުމެންގެ ކައިވެނި ކުރެވޭ ގޮތަށް ހަމަޖެހުނެވެ. އަހަރުމެން ދެމީހުންނަކީވެސް އާއިލާގެ އެންމެ ދޮށީ ކުދިންނަށް ވުމުން، ވަރަށް ކުލަ ގަދަކޮށް ކައިވެނީގެ ހަފްލާ ބާއްވަން ދެފަރާތު އާއިލާއިން ވެސް ބޭނުންވިއެވެ. ކައިވެނީގެ ހުރިހާ ތައްޔާރިތަށް ވުމަށް އަހަރުމެން ދެމީހުން ވެސް އައިލާ މީހުންގެ އަތް މައްޗަށް ދޫކޮށްލީމެވެ. ޕާޓީ ބާއްވާނެ ތަނަކާއި ކޭޓަރިން ކުރާނެ ތަނެއް ހޯދުމުގެ މަސަައްކަތް ކުރަމުން ދިޔައީ ދާއިން މަންމައެވެ. ޕާޓީ ކުލަޔާ ހެދުމާއި ޑެކަރޭޝްގެ ކަންތައް އޮތީ އަހަރެންގެ އާއިލާއަށެވެ.
ލޯބިވެރިންނަށް ނުވި ކަމުގައި ވިއަސް އަހަންނާ ދާއިން ގާތް ރަހުމަތްތެރިންނަށް ވިއެެވެ. އެކަކު އަނެކަކު ސިއްރުތަށް އެނގި ދެމީހުންގެ ގޮތް އިނގެން ދޮޅު މަސް ދުވަސް ވެސް ނުނަގައެވެ.
ސްކޫލް ބްރޭކަށް ފުދޭވަރަކަށް ވަގުތު ލިބިފައިވުމާއެކު ކެއުމަކަށް ދާއިންއާ އެއްކޮށް ރެސްޓޯރަންޓަކަށް ދިޔައީމެވެ. ވަލީމާ ބާއްވާނެ ރަނގަޅު ތަންތަނުގެ ލިސްޓެއް ދާއިން މަންމަ ފޮނުވާފައި އޮތުމުން އެ ލިސްޓުގައި ހުރި ތަންތަނާ މެދު އަހަރުމެންގެ ޚިޔާލު އޮތް ގޮތް ހާމަ ކުރަމުން ދިޔައީމެވެ. އަހަންނަށް އަދި ދާއިންއަށް ވެސް އެންމެ ކަމުދިޔައީ ދަރުބާރުގެއެވެ. މެސެޖަކުން އޭނާގެ މަންމައަށް އެކަން އަންގާލާފައި ދާއިން އޭނާގެ ހުރިހާ ސަމާލުކަމެއް އަހަންނަށް ދިނެވެ. “މިއަދު މައިރް ވަރަށް ވަރަށް ރީތި” ދާއިން އެގޮތަށް އަހަރެންނަށް ތަޢުރީފު ކުރުމާއެކު އަހަރެން ލަދުގަތެވެ. ހަދާނެ ގޮތެއް ނޭންގުމާއެކު ރަކި ހިނިތުންވުމާއެކު ނިކަން އަވަހަށް އިސްޖަހައިލީމެވެ. އޭރުވެސް ދާއިން ކަޅި ޖުމެހުމެއް ނެތި އަހަންނަށް ބަލަން ހުރިކަން އަހަންނަށް އެނގެއެވެ. “ދާއިން ދެން ނުބަލަބަ” ދާއިންގެ ނަމަށް ދަމާލަމުން ކިރިޔާ އަޑު އިވޭވަރަށް އަހަރެން ބުނީމެވެ. ދާއިން އަނގައިން ލުއި ހުނުމެއްގެ އަޑު ނުކުތެވެ. “އަހަރެން ނުދެނަހުރިން މައިރްއަށް ލަދުގަންނަން އިނގޭކަމަކަށް. ވަރަށް ލޯބި މިހާރު ހުރި ގޮތް އަދިވެސް އިތުރަށް ލަދުގަންނަވާލަންވީ ދޯ” ދާއިން ހުރި ގޮޑިން ތެދުވިއެވެ. ދާއިންއަކީ ލާނެއް މީހަކަށް ވުމުން ކޮންމެ ފަދަ ސަމާސާއެއް ވެސް ކޮށްފާނެއެވެ. އޮފީސްތަށް ނިމޭ ގަޑިއަށް ވުމުން ފުދޭވަރަކަށް މީހުން ގިނައެވެ. ވަށައިގެން ކަޅި ހިންގާލުމަށްފަހު ދާއިން ހިނލާފައި އެއްކަކޫ މައްޗަށް ތިރިވިއެވެ. ދާއިން ކުރަން އުޅެނީ ކީއްކަން އެނގުމާއެކު އަހަންނަށް ދެލޯ ބޮޑުކޮށް އަނގަމަތީ އަތް އަޅާލެވުނެވެ. “ފާތިމަތު މައިރާ ޢަލީ، ވިލް ޔޫ މެރީ މީ؟” ޖީބުން ނެގި އަނގޮންޓި އަހަންނަށް ދިއްކޮށްލަމުން ދާއިން އަހާލިއެވެ. ލިބުނު ޝޮކުގައި އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގި ބަސް ހުއްޓިފައެވެ. ރެސްޓޯރެންޓުގައި ތިބި އެންމެންގެ ސަމާލުކަން ހުރީ އަހަރުމެންނަށެވެ. ބައެއް މީހުންގެ ފޯނު ތަކުގެ ކެމެރާ އަމާޒުވެފައި ހުރި ކަމުގެ އިހްސާސް އަހަންނަށް ވިއެވެ. ދާއިންއަށް ޖަވާބު ދިނުމުގެ ކުރިން އަހަންނަށް ވަަށައިގެން ނަޒަރު ހިންގާލެވުނެވެ. އެވަގުތު އަހަންނަށް ފެނުނު ސޫރައިން މީހާ ގަނޑުވިއެވެ.
ނުނިމޭ
342 Comments
Comments are closed.
alhey mi aharen haadha kiyaa hithun ki vaahaka ekey dhen ehaa las nukoh up kolha dhehcheyyy…plxx
In Sha Allah ♥️