އިންތިޒާރު 5
ކައްކާ ނިމުނު ގޮތަށް އަހަރެން ގޮސް ފެންވަރާ ރީތިވީމެވެ. ޔުއާން މެސެޖެއް ކޮށްފައި އިންތޯ ބަލާލަށް ފޯނު ބެލިއިރު ކޭކު ނިމިއްޖެތޯ އަހާފާފައި ނިޝާލް މެސެޖު ކުރިއެވެ. ނިޝާލްގެ މެސެޖު ފެނުމުން އަހަންނަށް މޮޅު ޚިޔާލެއް އައެވެ. ނިކަން އަވަހަށް ނިޝާލްއަށް ރިޕްލައި ކުރީމެވެ.
****
ހުކުރުން ބައްޕަމެން އަންނަ ވާއިރަށް މޭޒުމަތި ތައްޔާރުކޮށް އަހަރެން ވެސް ކުޑަގޮތަކަށް ތައްޔާރުވެލީމެވެ. މޫނުގައި ފުށްކޮޅެއް ޖަހައި ތުންފަތުގައި ރަތްލިޕްސްޓިކް އުނގުޅާލީމެވެ. ކަޅު ހެދުމާއިއެކު އާދައިގެ ގޮތަކަށް ނޫކުލައިގެ ޝޯލެއް އެޅީމެވެ.
ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ނަފްސަށް ބަލާލުމަށްފަހު ކޮޓަރިން ނިކުތީމެވެ. ޔުއާންއާ ބައްދަލުވާން އުޅޭތީވެ އަހަރެންގެ ހިތް އަވަސްވަމުން ދިޔައެވެ. ރަށުން މާލެ އައީންސުރެ އެ ސޫރަދެކޭ ހިތުން އަހަރެން ބޭގަރާރުވަމުންދާ ވަރު އެހެން މީހަކަށް އިޙްސާސެއް ނުވާނެއެވެ.
އަަހަރެން ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައީ ޔުއާންގެ އިތުރަށް ބައްޕައާއެކު ކެއުމަށް އިންސާފު ކުރަން ހުރި ނިޝާލް ފެނިފައެވެ. ހެނދުނު ގަޑީގައި މޮޅު ކަމެއް ކަމަށް ހީކޮށް މިކުރެވުނީ ރަނގަޅު ކަމެއް ނޫންކަން ވިސްނުނީ ނިޝާލް ފެނުމުންނެވެ. މެންދުރު ކާން އަންނަން ނިޝާލްއަށް ދަޢުވަތު ދެވުނު މޮޔަ ހިތަށް އަރައި ހިތާހިތުން އަމިއްލަ ނަފްސަށް ކުދި ކިޔާލެވުނެވެ.
އަހަރެން ނުކުތުމާއެކު އެންމެންގެ ސަމާލުކަން އަހަންނަށް ހުއްޓުނެވެ. ނިޝާލް އަދި ޔުއާން ވެސް އަހަންނަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. އަހަރެން ވެސް ބަދަލުގައި ހިނިތުންވެލީމެވެ.
“އަނހާ އެއޮށް އައިނު މައިރާ، ދަރިފުޅާ ނިކަން ޔުއާންއަށް ރަހަ ދައްކާލަން ކޭކުކޮޅެއް ގެނެސްދީބަލަ، ބައްޕަ މި ކިޔަނީ ޔުއާން ގާތު ދަރިފުޅު ވަޒީފާއަށް ދަމުން ކޭކުވެސް ހަދައޭ، ތި އަތުގެ ހުނަރު ޔުއާންއަށް ދައްކާލަބަ!” ނުވިސްނާ ހުއްޓައި ބައްޕަ އެހެން ބުނުމުން އަހަރެން ލަދުގަތެވެ. އެކަން މީހަކަށް ފާހަގަ ވުމުގެ ކުރިން އަހަރެން ފްރީޖާ ދިމާއަށް ދިޔައީ މިއަދަށް ޚާއްސަކޮށް ހެދި ކޭކު ނަގާށެވެ. އެވަގުތު ޔުއާން ބައްޕަ ގާތު ކޮންމެސް އެއްޗެއް ބުނި އަޑު ނުސާފުކޮށް އަހަންނަށް އިވުނެވެ.
ޮ
ދެ ތަށްޓަށް ކޭކު ފޮއްޗެއް ލާފައި ޔުއާން އަދި ނިޝާލް ގާތު ބެހެއްޓީމެވެ. ވަރަށް ލަދުން ހުރެފައި ޔުއާން ކޭކު ކޮޅެއް އަނގަޔަށް ލިޔެވެ. އަހަންނަށް އިންތިޒާރު ކުރެވެމުން ދިޔައީ އޭގެ ރަހަޔާ މެދު ޔުއާން ބުނާނެ އެއްޗަކަށެވެ. “މައި ވަރަަށް މީރު ހުރިހާ އެއްޗެއް ވެސް، މިއީ އަނޭ ކޮބާ ނަޝްގެ ކޭކު؟ މަ ބުނިން ތިނެއް ޖެހުމުގެ ކުރިން ގެންގޮސްދޭނަމޭ” ޔުއާންގެ ބަދަލުގައި ވާހަކަ ދެއްކީ ނިޝާލްއެވެ. ހިތަށް ފޫހިވެރިކަން ވެރިވިއެއް ކަމަކު އަހަރެން ހިނިތުންވެލާފައި ނިޝާލްއާ ކޭކު ހަވާލު ކުރީމެވެ. ނިޝާލް ބައްޕަ ގާތު ދަނީއޭ ބުނެފައި ޔުއާންއަށް ވެސް އިޝާރާތްކޮށްލިއެވެ. ޔުއާން ސަލާމަަށް އަތްދިއްްކުރުމުން ކުޑަކޮށް ރަކިވެފައި ހުރެ ސަލާން ކުރުމަށް ފަހު ނިޝާލް ދިޔައެވެ.
ތަޢުރީފުގެ ބަހެއް ނުބުނި ތަނުގައި ޔުއާން އަހަންނަށް ބަލާވެސް ނުލިއެވެ. ބައްޕަ އިނުމުން މާބޮޑަށް ލަދުގަތީ ކަންނޭންގެއެވެ. ވަގުތުކޮޅެއް ބަލާފައި އަހަރެން ޔުއާންއާ ދިމާކޮށްފައި މެސެޖެއް ފޮނުވާލީމެވެ.
ފޯނަށް ބަލާލުމަށް ފަހު ޔުއާން ހީނލުމުން އަހަންނަށް ވެސް ހީނލެވުނެވެ. ޔުއާންގެ އެ ހިނިތުންވުން ދުވަހަކު ބަލާ ފޫހި ނުވާނެއެވެ.
ޔުއާން އަހަރެމެންގޭ ހުރެފައި ދިޔައީ އަސުރަށް ގޮވުމުންނެވެ. އަސުރު ނަމާދުކޮށް ނިމޭހާއިރު ކޮށްފައި އަހަރެން ޔުއާންއަށް ގުޅާލީމެވެ. ދެތިން ފަހަރު ރިންގު ވެފައި ފޯނު ކެނޑުނެވެ. ޔުއާން އަހަރެންގެ ފޯނަށް ޖަވާބު ނުދިނުމުން ކުޑަކޮށް ހިތުގައި ޖެހުނެވެ. މުޅި މިއަދުވެސް ޔުއާން އަހަންނާ އުޅުނީ ވަރަށް ދުރުންނެވެ. އަހަރެން ހީކުރީ އެއީ ބައްޕަ ހުރުމުން ޔުއާން އުޅުނު ގޮތެއް ކަމަށެވެ. އަހަރެން ރަނގަޅަށް ވިސްނާލުމުން ކަމެއް ގޯސްވެއްޖެ ކަމުގެ ސިގުނަލް ސިކުނޑި ދިނެވެ.
ޖެހިގެން އައި ދެދުވަހު ވެސް ޔުއާންގެ ޚަބަރެއް ނުވެއެވެ. މެސެޖު ކުރުމުން ޖަވާބެއް ނުދެއެވެ. އަހަރެންގެ ހިތުގައި ނޭންގޭ ބިރުވެރިކަމެއް އުފެދުނެވެ. ކުއްލިއަކަށް ޔުއާން އަހަންނާ ދުރުވި ސަބަބު ނުވިސްނުމުން ސިކުނޑިއަށާއި ހިތް ނުތަނަވަސްވިއެވެ.
މަސް ދުވަސް ފާއިތުވެގެން ދިޔައީ ޔުއާންގެ ޚަބަރެއް އަހަންނަށް ނުވެއެވެ. އެދުވަހު ނިޝާލް ގެނެވުން އެއީ އަހަންނަށް ކުރެވުނު މޮޔަކަމެއްކަން ވިސްނުނީ ދެނެެވެ. ޔުއާންއަށް އެކަމުން އެހެން މާނައެެއް ނެގި އަމިއްލައަށް އަހަންނާ ދުރަށް ދިޔައީއެވެ. އެހެނެއްކަމަކު އަހަރެންގެ ހިތަށް ލިބެމުންދާ ވޭނަކަށް ކެތެއް ނުވެއެވެ. ކުޑަ ހިނދުކޮޅަކަށް ހަޔާތަށް ލިބުނު އުފާވެރިކަން ގެއްލިދިޔައީއެވެ. އަނެއްކާވެސް ކުރީގެ ހިތްދަތިކަން އަހަންނާ ބައްދަލު ކޮށްފިއެވެ. ގަދަކަމުން ނޫނީ ހިނިތުންނުވެއެވެ. ރޭގަނޑު ވެއްޖެ ނަމަ ނިދެނީ ރޮއެރޮއެ ވަރުބިވެގެންނެވެ. ޔުއާންއަށް އެތަކެއް މެސެޖެއްކޮށް މާފަށް އެދުނީމެވެ. އަލުން އަހަރެންގެ ޙަޔާތަށް އެނބުރި އައިސް ދިނުމަށެވެ. މެސެޖަށާ ޖަވާބު ނުދިންތާގައި ނުވެސް ބަލައެވެ. އަނެއްކޮޅުން އަދިވެސް ނިޝާލް އަހަރެންގެ ފައިދާ ނަގަމުން ދިޔައެވެ. އެކި ކަންކަމަށް ބޮޑު ޢަދަދުން ފައިސާ އަތުލަމުން ދިޔައެވެ. މުސްތަޤުބަލަށް އަހަރެން އެއްކުރަމުން ދިޔަ ފައިސާ ބޭކާރު ކަންތައް ކުރަން ޚަރަދު ކުރަމުން ދިޔައެވެ. އެންމެ ފަހުން އަހަންނަށް ކެއްނުވެގެން ނިޝާލްއާ އޮތް ގުޅުން އެކީ ކަނޑާލީމެވެ. ދެފަރާތު އާއިލާގެ އެތަށް ސުވާލެއް ކުރިމަތިވި ނަމަވެސް އަހަރެން ވަކި ޖަވާބެއް ނުދެމެވެ. ހަމައެކަނި ބުނީ އެއްވެސް މީހަކާ އިންނަން އަހަރެން ބޭނުންނުވާ ކަމެވެ. ފަހުންވެސް ނިޝާލް އަހަންނަށް ގުޅަން މަސައްކަތް ކުރިއެވެ. އޭނާގެ ނަންބަރު ބްލޮކްކުރުމަށްފަހު އަހަރެންވެސް ނަންބަރު ބަދަލުކުރީމެވެ.
ނިޝާލް އައި ގުޅުނ ކަނޑާލާފައި އަހަރެން އެ ޚަބަރު ޔުއާންއަށް ދިނީމެވެ. އޭނާގެ ޖަވާބެއް ލިބޭތޯއެވެ. ދެދުވަސް ވީއިރުވެސް ޖަވާބެއް ނުލިބުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.






dhen inna prt thankolheh avahah up kurahchey…mi bai vx reethi
Hey sis you ge vaahakatha varah reethi maasha Allah. Sis aa contact kureveyne gotheh onnaanetha? Ok fb or insta in viyas
next part kobaatha