އިންތިޒާރު 8
އިރުކޮޅަކުން ރޫމުގެ ދޮރު ވެއްޓުނެވެ…އަހަރެން ބަލާލިއިރު އެމްއެންޑިއެފްގެ ޔުނީފޯރމްގައި އެހެރީ އަބާން ނޫން ދެވަނަ މީހެއް ނޫނެވެ…. މާސްކު އަޅާފައި ފުލްކިޓުގައި ހުއްޓަސް އަހަރެންނަށް އަބާން އެނގުނެވެ…. އަބާން ތެންމާފައި އޮތްފޮތިގަނޑެއް އަހަރެމެންގެ ބޮލުގަ އަޅާލައިގެން އެތަނުން ނެރެލައި ދިނެވެ…..
3 ގަޑި އިރުން އަލިފާން އެއްކޮށް ނިވުނު އިރު އަހަރެންގެ ކޮޓަރިއެއްކޮށް އަނދާ ހުލިވިއެވެ….ނަމަވެސް މުހިއްމު ލިޔެކިޔުންތައް އެނީގެ ކޮޓަރީގައި ހުރުމުން އެ ސަލާމަތްވިއެވެ… އަހަރެން އުޅެމުން ދިޔަ ކޮޓަރިހުންނަނި އެނީމެންގެ ގެއާ ގުޅުވާފައި ނޫން ކަމުން އެނީމެންގެ އަށް އަލިފާނުގެ އަސަރުކުރުމުގެ ކުރިން އެމް އެންޑީއެފް މިހުން އަލިފާން ނިއްވާލަދިނެވެ….
އަހަރެން އަބާން އަންނާނެކަމަށް ހީކޮށް އިންތިޒާރުކުރީމެވެ ކިއަވެގެން ކަމެއް ނޭގުނެވެ…. އެކަމަކު ކޯސްޓްގާރޑް ފުރާ ގަޑި ޖެހުނުއިރު ވެސް އަބާން ނައުމުން އަހަރެން ހިތުގައި ޖެހުނެވެ…. އެތައް ދުވަހެއް ފަހުން އަބާން ފެނުމުން އަހަރެން ގެ ހިތުގައި ވީ ނަފްރަތު ފިލާދިޔަފަދަ….. އަހަރެންނަށް އިބާ އުރާލައިގެން ގަސްތަކާ ނުލާ ބަންދަރު މައްޗާ ދިމާލަށް ދުވެފައި ދެވުނު…. އަބާން ބަނދަރުމަތީގައި ހުއްޓެވެ… އެންމެނާ ވަކިންނެވެ އެރަށުން ފުރަން ބޭނުން ނުވާ ހެންނެވެ…ސިފައިންގެ ޔުނިފޯމްގައި އަބާން ވަރަށް ރީއްޗެވެ…ޔުނިފޯރމް އަށް ބަލާލުމުން އަބާން އަކީ ސީނިޔާ މީހެއްކަން އެނގުނެވެ…އެންމެން ކޯސްޓްގާރޑަށް އަރަންފެށިއެވެ… އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ…އަބާންވީ ބޭވަފާތެރިކަން މަތިންވެސް އަހަރެން ހަނދާން ނެތް ކަހަލައެވެ…އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައީ އަބާން ގެ އަތު ތެރެޔަށް ދުވެފައި ދިޔުމަށެވެ….އަހަރެން ބަލަން ހުއްޓާ އަބާން ފުރައިގެން ދިޔައީ އަހަރެންނާ ބައްދަލުވެސް ކޮށްނުލައެވެ….އަހަރެންނަށް ބާރަށް ރޮވުނެވެ…އިބާގައިގަ ބައްދާލީމެވެ…އަހަރެން މަޑުމަޑުން ގެޔާ ދިމާލަށް ދިޔައީމެވެ…
ޒައި ކޮންތާކުން ތަ ތި އައީ؟ އަހަރެން ފެނުމުން އެނީ އަހާލިއެވެ….
އެނީ އިބާގެ އެއްވެސް އެޗެއް ސަލާމަތެއްނުވި ދޯ؟
ނޫނޭ ޒައި އިބާގެ ކަބަޑް އެހެރީ ސިޓިން ރޫމްގައި ޒައިގެވެސް ގިނަ ހެދުންތަކާ އެއްޗިހި އެތަނުން އެމްއެންޑިއެފް މީހުން ނެރުނު…ޒައި ދެން އުޅޭނީ އަހަރެމެން ބައިގަ….އެނީ ބުނެލީ ވަރަށް ލޯބިންނެވެ…
އެނީ އަބާން….އަބާން….އަހަރެންނަށް ރޮވުނެވެ……ޒައި ކިހިނެތްވީ މިއަދު ކުއްލިޔަކަށް އަބާންގެ ވާހަކަ ތި ދައްކަނީ……އެނީ ސުވާލުކުރީ ހައިރާންވެފައެވެ…
އަހަރެން އިބާ ބަލާ ދިޔައީމާ ރޫމުގައި ތާށީވީ ދެން ބޭރަށް ނެރެލައި ދިނީ އަބާން….އެކަމަކު އަހަރެމެންނާ ބައްދަލުވެސް ކޮށްނުލާ އެ ދިޔައީ…
އެއީއެއްނު ޒައި ބޭނުންވާ ގޮތަކީވެސް އަބާން އާއި ދުރަށް އައީ ޒައި އަމިއްލައަކަށް ނު ދެން މިހާރު ކީއްވެ ތި ރޮނީ؟ އެނީ ސުވާލުކުރިއެވެ
ނޭންގޭ އަހަރެންނަކަށް…އަބާން ފެނުމުން އަބާން ކާރިޔަށް ދާން ބޭނުންވި….ވާހަކަ ދައްކަންވެސް ބޭނުންވި….އެކަމަކުވެސް އަބާން ދިޔައީ އަހަރެންނާ ބައްދަލުވެސް ނުކޮށް…އަހަރެންނަށް ބުނެލެވުނީ ރޮމުންނެވެ…
ޒައިނީ ބޭބެއެއްގެ ހައްޔިސިއްޔަތުން ސުވާލެއްކުރަންތަ؟ އަމަން އަހާލުމުން އަހަރެން ބޯޖަހާލީމެވެ. ޒައިނީ އަބާންދެކެ ތިހާ ލޯބި ވާއިރު މީހަކު ހަމަ ފޮނުވާލި އެންމެ ވީޑިޔޯއަކުން އަބާންދެކެ ރުޅި އައިސްގެން ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ނުދީ އައުމަކީ ރަގަޅު ކަމެއްތަ؟ ހަމަ ވެދާނެ ދޯ މީހަކު އަބާންއަށް ލަނޑެއް ދިނުމަށް ކުރިކަމަކަށްވެސް ޒައިނީ އެއްފަހަރުވެސް އަބާންއަށް އިތުބާރުކޮށްފަ ބެލިންތަ އެ ވީޑިޔޯގެ ހަޤީޤަތް އެނގޭތޯ؟
އަހަރެން ނޫން އަހަރެން ނުބަލަން އަހަރެންނަށް ތިހެން ވިސްނާ ނުލެވުނީ އަބާން ބުނި އެވީޑިޔޯގަ ހުރީ އަބާން އޭ… އެހެންވެ….
އަމަން އަހަރެންގެ ކުރީން ފޯނު އޮތްތަ ޑޮކިޔުމެންޓް ފައިލް ތެރޭ…އަމަން ބޯޖަހާލިއެވެ….
އަހަރެމެން ގޮސް ގެއައް ވަނީމެވެ…އަމަން މެން ބޭބީ އަށް ރެޑީ ކުރަމުން ދިޔަ ރޫމް އަހަރެންނަށް ދިނެވެ..އަހަރެން އިބާއަށް ކާންދިނުމަށް ފަހު ރޫމަށްގޮސް އިބާ ނިންދަވާލީމެވެ. އަދި އަހަރެންގެ ކުރީގެ ފޯނު ޗާޖައް ޖަހާ އޮންކޮށްލީމެވެ…އަދި ކުޑަކޮށް ޗާޖްވުމުން އަހަރެން އެނީމެން ކާރިޔަށް ދިޔައީމެވެ….. ދިޔައިރު އެނީ ގެ ބޭބީ ނިންދަވަން އިނެވެ….އެނީ މިއަދު މި ދިމާވީ ހާދިސާއަކަން ބޭބީގެ ނަންކިޔުމުގެ ސަދަގާތް އަލުން ބާއްވަން ދޯ ޖެހޭނީ….އެކަމަކު އެކަމަށް ފައިސާ ބޭނުންވާނެ ދޯ…
ނޫނޭ…އަހަރެމެން ހުރިހާއެއްޗެއް ނެގި ފިހާރައިގެ ބޮޑުމީހާ ބުނީ އެއްޗިއްސަކަށް ލާރިއެއް ބޭނުމެއް ނޫނޭ އެހެންވެ ފަހުން އަނެއްކާ ކައްކާނީ….އެކަމަކު ބޭބީއަށް ނަން މިއަދު ރަޖިސްޓްރީ ކުރަން ލައިފިން….
އެހެންތަ އެ ފިހާރަ ބޮޑު މީހާގެ މުދަލުގައި ބަރަކާތް ލައްވާށި…ކޮންނަމެއްތަ ކީ ނުވެސް ބުނަމެއްނު…..
ގެސްކޮށްބަލަ ތީ މަގޭ ބެސްޓު ފްރެންޑެއްނު……އެނީ ބުނެލީ ލާނެތް ފާޑަކަށެވެ….
އަމާނީ؟؟؟؟
ޔޭސް…އޭ އެނީ ބުނެލިއެވެ….
އަހާ ޒައިނީ ކޮބާ އިބާ…ފިހާރައަކުން ފެނުނު ބެއާއެއް އިބާ އަށް ދޭ ހިތުން ހަމަ ނުގަނެ ނުހުރެވުނީ…….
އިބާ ނިދާފަ ހޭލީމަ މާދަމާ ދޭނީ ދޯ؟ އަމަން މި ފޯނުގަ ހުންނާނެ އެއްކަލަ ވީޑީޔޯ އަމަން ބަލާބަލަ…އަހަރެން އަމަން އަށް ފޯނު ދިއްކޮށްލީމެވެ…. އަމަން ފޯނު ހޯދާފައި އެ ވީޑިޔޯ ބަލާލިއެވެ….
ސާބަސް ޒައިނީއަށް މި ވީޑިޔޯ ބަލާފައި އަބާން ދޫކޮށްލާފައި ތިޔަ އައީ….
ކިހިނެތްވީ އަހަރެން ހާސްވާންފެށިއެވެ…..
އަމަން އަހަރެންގެ އަތައް ފޯނުދިނެވެ….
ޒައިނީ ބަލާބަލަ ތި ވީޑިޔޯގައި ފާރުގައި އެހެރަ ގަޑި އޭގައި އެއޮތް ތާރީހް…
އަހަރެން ބަލާލީމެވެ…އެއީ އަހަރެންނާ އަބާން ދިމާވުމުގެ 8 ވަރަކަށް މަސް ކުރީގެ ޑޭޓެކެވެ…އަހަރެން ލޮލުން ކަރުނަ އަންނަން ފެށިއެވެ…އަހަރެންނަށް ރޮވުނެވެ….ކީއްވެތަ މަށަށް ނުފެނުނީ؟ ކީއްވެތަ އަބާން އަށް އިތުބާރު ނުކުރެވުނީ….އަހަރެން އިބާވެސް އަބާން އާއި ދުރުކޮށްލީ…އަހަރެން…….
ވެއިޓް ޒައިނީ އަދި ދީބަލަ ތި ވީޑިޔޯ… ކުއްލިޔަކަށް ކަމެއް ހަނދާންވީހެން އަމަން ބުނުމުން އަހަރެން ފޯނު ދިނުމުން އެ ބެލުމަށްފަހު އަމަން ދުވެފައި ގޮސް ލެޕް ހިފައިގެން އައިސް މޭޒު ކައިރީ އިނދެ އެއްޗިހި ތަކެއް ޓައިޕް ކުރުމަށް ފަހު އަހަރެންނަށް ގޮވާލިއެވެ..އަހަރެން ގޮސް ލެޕްގެ ސްކްރީން ބަލާލީމެވެ…އެ އަންހެން ކުއްޖާ ވަނީ ހަމަ އެރޭ އަބާން އާއި އެކު އެ ވީޑިޔޯގަ ކުރި ޑޭޓްގައި އެތާ ކައިރީގައި މަރާލާފައި އޮއްވާ ފެނިފައެވެ…..އެހެންވެ ފުލުހުން އަބާންއަށް ޝައްކު ކުރި ނަމަވެސް އަބާން އެތަނުން ނުކުމެގެން ގޮސްފައިވަނީ ރޭގަޑު 8 ޖެހި އިރު ކަމާއި…އެ އަންހެން ކުއްޖާ މަރާލާފައި ވަނީ ފަތިހު 5 ޖެހި އިރު ކަމުން އަބާން ވަނީ ދޫކޮށްލާފައެވެ…ނަމަވެސް އެ ކުއްޖާގެ ބޭބެ އަބާން އަށް ޝައްކުކުރިއެވެ….އެހަބަރުތައް ކިޔާފައި އަހަރެން ވަކިން ބޮޑަށް ދެރަވިއެވެ….
ޒައިނީ ކީއްތިކުރީ؟ އަމަން އަހާލުމުން އަހަރެންނަށް ހުރި ތަނަށް ތިރިވެވުނެވެ….
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

When next part..
Will try to submit maadhama
Alheyy haadhaaey reethy!!! ☺️ mihaaru mi waagothun v interesting. I love it❤️
Varah ufaa vejje ♥️
When Is next part 💕
Maadhama kureveytho mi balanii
This is soo good😍….. it’s somehow related to my life, nadhoo I am speechless Hama ❤️ keep up the good work❤️
Thankolheh dhigukoh dhehcey next part.. Plxx
I like the story ❤️ keep it up ❤️❤️❤️