އިންތިޒާރު 9
އަހަރެންމީ ކިހާ ނުލަފާ މީހެއް އެހާ ލޯބިވީ މީހަކަށް އެއްވެސް ކުށެއްނެތި އަހަރެން މިހެދީ ކިހިނެތް….؟
އަބާން އާއި އިބާވެސް ދުރު ކުރީ…………އިބާ ބައްޕަގެ ލޯބިންވެސް މަހްރޫމް ކުރީ ހަމަ އަހަރެން…..އެއްފަހަރުވެސް އަބާންއަށް ވާހަކަ ދައްކަން ފުރުސަތު ނުދިނީ ކީއްވެތަ؟
އަހަރެންމީ އަބާން ނަމަވެސް ނައަންނާނަން މިހާ ގޯސް މީހެއްގެ ކާރިޔަކަށް….އެނީ އަހަރެންނަކަށް ދެން ދުވަހަކުވެސް އަބާން ނުލިބޭނެ… އަހަރެންނަށް ބާރަށް ރޮވުނެވެ.
ޒައި އަބާން އަށް ގުޅާބަލަ…..އޭނާ ކާރިން މާފަށް އެދިބަލަ…އަބާން ޒައި އަށް މާފުކުރާނެ…އަބާން ޒައި ދެކެ ކިހާ ލޯބިވޭ….. އެނީ އަހަރެންނަށް ވިސްނާ ދިނެވެ…އަހަރެން އަބާންގެ ނަމްބަރަށް ގުޅީމެވެ…ފޯނު އޮތީ ނިއްވާލާފައެވެ…އަހަރެން އަބާންގެ ގެޔަށް ވެސް ގުޅީމެވެ…ފޯނު ނެގި މީހާ ބުނީ އަބާން އެގޭގައި ނޫޅޭތާ 2 އަހަރަކަށް ވުރެ ގިނަދުވަސްވެފައިވާ ކަމަށެވެ… އަދި އަނީސައްތަމެންވެސް ތިބީ އުމްރާއަށް ގޮސްކަމައް ބުންޏެވެ..އަބާން އުޅޭ ތަނެއް ގުޅޭ ނަމްބަރެއް އެމީހުންނަކަށް ނޭގުނެވެ…އަހަރެން މާޔޫސްވެފައިވާ ހާލު ފޯނު ކަނަޑާލީމެވެ…
އަމަންވެސް ކައުންސިލަށް ގުޅައިގެން ފަޔާރު މީހުން ގެނައި ރަށް ތައް ބަލަމުން ދިޔައެވެ..އަބާން އާއި ގުޅޭ މައުލޫމާތެއް އެމީހުން ނުދިނެވެ…އަބާން މަނާކޮށްފައި ވުމުންނެވެ……
އެނީ އަހަރެން ބޭނުމީ ރަށަށް ދާން އަހަރެން ބޮޑުދައިތަ އަބާން އުޅެނީ އެރަށުގައިކަމަށް އެނީ ކައިރީގައި ބުނި ހަނދާން ވުމުން އަހަރެން ރަށަށްދާން ބޭނުންވިއެވެ….
ޒައި މާދަމާ ދާންމަޑު ކުރޭ މިދަންވަރު ކިހިނެތްދޯ ދާނީވެސް….
އަހަރެން ގޮސް ރޫމަށް ވަނީމެވެ. އަދި އަހަރެން އަދި އިބާގެ އެއްޗިހިތައް ޕެކްކުރީމެވެ.. އަބާން ވައިބާއިން ކޮށްފައި ހުރި މެސެޖްތައްވެސް ބަލާލީމެވެ…މާކުރީގެ އެއްޗެއްކަމަށް ބުނެފައި އިނެވެ…އަހަރެން ކާރީ އައުމަށް އެދި އާދޭސް ކޮށްފައި ހުއްޓެވެ..
އަހަރެން ހެނދުނު ހެނދުނާ ރީތިވެގެން ދާން ރެޑީވީމެވެ…ޒައިނީ އަބާން މާފު ނުކުރިނަމަ އަލުން އަންނާތި ތީ އަހަރެންގެ ކޮއްކޮއެއްނު ދޯ….އިބާ އަކީ ހަމަ އަމާނީ ފަދައިން އަހަރެންގެ ވެސް ދަރިއެއް….އަހަރެންގެ ބޮލުގައި ލޯބިން ފިރުމާލާފައި އަމަން ބުނެލިއެވެ…
އަހަރެން ބޯ ޖަހާލީމެވެ. ބޭބީ އާއި ލޯބިކޮށްލުމަށް ފަހު އަހަރެން އެނީއަށް ވެސް ހަގްއެއް ދީފައި ފުރަން ދާން ކާރަކަށް އެރީމެވެ…އަމަން އަހަރެމެން އެރަށަށްލާން ދިޔައެވެ…އަހަރެމެން ޓެކްސީއަކަށް ލުމަށް ފަހު އަމަން އަނބުރާ ރަށަށްދާން ލޯންޗައް އެރިއެވެ…
އަހަރެން ފެނުމުން ބޮޑުބެ އާއި ބޮޑުދައިތަ ވަރަށް ރުޔެވެ….އަހަރެން ހުރިހާ ވާހަކައެއް ކިޔާ ދިނުމުން އެމީހުންވެސް ވަރަށް ދެރަވިއެވެ..އަބާން ކައިރިން މާފަށް އެދުމަށް ބުންޏެވެ…އެކަމަކު އަބާން އުޅޭ ތަނެއް ނޭންގޭކަމަށް ބުންޏެވެ…އިބާ ފެނުމުން ބޮޑުބެމެން ހީވަނީ މޮޔަވެގެން އުޅޭހެންނެވެ…އަހަރެން ކުޑަކޮށް ނިދާލުމަށް ފަހު ހަވީރު އިބާ ގޮވައިގެން ހިންގާލަން ނިކުމެލީމެވެ…އަހަރެން ހިންގަމުން ގޮސް އަހަރެންގެ ގެ ހުންނަމަގަށް އެޅީމެވެ…އެގެ ހުރިތާނގައި މިހާރު ހުރީ ރީތި ގެއެއް އަޅާފައެވެ…އަހަރެންގެ ބިމެއްގައި އަހަރެންގެ ހުއްދަނެތި ގޭ އެޅުމުން އަހަރެން ވަރަށް ހައިރާން ވިއެވެ..އަހަރެން ގޮސް އެ ގެޔަށް ވަދެގެން ދިޔައީމެވެ… ގޭ ނަމަށް ބަލާލުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ… “ޒައިބާން” އަހަރެންނަށް މަޑުމަޑުން އެނަން ކިޔާލެވުނެވެ…. އަހަރެން ގޭތެރެޔަށް ވަނީމެވެ ދޮރުވެސް ހުރީ ހުޅުވާފައެވެ.. އަހަރެންގޮސް ރޫމަކަށް ވަނީމެވެ…އަހަރެންގެ ކޮނޑުމަތީގައި ނިދާފައި އޮތް އިބާ އަހަރެން އެތާ ސޯފާގައި ބޭއްވީމެވެ…އިރު ކޮޅަކުން ފާހާނާގެ ދޮރު ހުޅުވުނު އަޑަށް އަހަރެންނަށް ބަލާލެވުނެވެ…އަހަރެންނަށް ނޭވާލާންވެސް ހަންދާން ނެތުނުހެން ހީވިއެވެ…ކުރިމަތީގައި އެހުރީ އަބާން ނޫން ދެވަނަ މީހެއް ނޫނެވެ…
“އަބާން” އަހަރެން ގޮވާލެވުނެވެ….
ކީއްކުރާ ކުއްޖެއް؟ އަބާން އަހާލިއެވެ…
މީހުންގެ ގޭގެޔަށް ވަންނަން ހުއްދަވެސް ހޯދާކަށް ނޭންގޭތަ؟
އަބާން ޕްލީޒް…އަހަރެންނަށް ބުނެވުނެވެ….
އަވަހަށްދޭ އަހަރެން ނުދަންނަ މީހުނާ ވާހައެއް ނުދައްކަން އަބާން ބުނެލީ ނުރުހިފައެވެ…
އަހަރެންނަށް ރޮވެން ފެށިއެވެ…އަބާން އެތަނުން ދާން ހިނގައި ގަތެވެ…އަހަރެން ދުވެފައި ގޮސް އަބާންގެ ކުރިމައްޗައް އެރީމެވެ….
އަބާން ޕްލީޒް އަހަރެންނަށް މާފުކުރޭ އަހަރެން މީ ވަރަށް ގޯސް މީހެއް….ކަމުގެ ދެކޮޅު ބަލާނުލާ އަބާން އަށް ފިލީ އެއްވެސް ކުށެއް ނެތި އަދަބު ދިނީ…..އަހަރެން ދެރަވީ ވަރުން އެއްވެސް އެއްޗެއް ނުވިސްނުނީ އަބާން އަހަރެން ވަރަށް ލޯބިވޭ އަދިވެސް އަބާންދެކެ….އަހަރެން އަބާންގެ އަތުގައި ހިފާލީމެވެ…އަބާން އަތްފޮޅުވާލިއެވެ….
ލޯތްބޭ ކިޔާފަ ވާހަކަ ދައްކަން ޒައިނީ ލަދު ގަންނަން ޖެހޭނެ….ލޯބިވާ މީހާ އަށް ކުރާ އިތުބާރު ހާމާކުރަންވީ ވަގުތު ޒައިނީ ފިލީ އަހަރެންގެ އެއްވެސް ކުށެއް ނެތި….
އަހަރެން ޒައިނީއަށް މާފުކުރުމުން ނިމޭތަ؟ އަހަރެން މޮޔައެއްހެން ޒައިނީ ހޯދަން ދުވި ދުވުން ކޮބާ؟ އަހަރެންގެ ލޮލުން އެޅި ކަރުނައިގެ ބަދަލު ދެވޭނެތަ؟ އަހަރެންގެ ހިތުގައި އެޅިވޭނަށް ލުއެއް ލިބޭނެތަ….؟ އަހަރެން ނުކައި ނުބޮއެ ނުނިދާ ޒައިނީއަށް ކުރި އިންތިޒާރުގެ ބަދަލު ދެވޭނެތަ؟ އަބާންގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ…
“އަބާން ހޮޔޮނުވާނެ އަހަރެން ވެސް އުޅުނީ އުފަލުގައެއް ނޫނޭ…” އަބީ މަތިން އެއްފަހަރުވެސް ހަނދާން ނުނެތޭ….ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން…..އެއްފަހަރުކަމަށް ބަލާފަ މާފްކޮށްބަލަ ޕްލީޒް އަބީ……އަހަރެންނަކަށް ދެން ނޫޅެވޭނެ އަހަރެންމީ ކުއްވެރިއެއް ކަން އެނގުމަށް ފަހު……އަހަރެން އަބާންގެ ގައިގަ ބައްދާލަން އުޅުމުން އަބާން އަހަރެން ކޮށްޕާލިއެވެ. ކޮއްޕާލުމުން އަހަރެންގެ ބޯ ޖެހުނީ އެތާ ހުރި ކަބަޑުގައި ކަމުން ކުޑަކޮށް ފަޅައިގެން ދިޔުމުން އަހަރެންނަށް ވަރަށް ތަދުވިއެވެ…ކުޑަކޮށް ލޭވެސް އައެވެ..
އައި އެމް ސޮރީ އަހަރެން ގަސްދުގައެއް ނޫން…އަބާން އަހަރެންގެ ނިތްކުރީގައި ފިރުމާލިއެވެ އަހަރެންނަށް ލޯ މަރާލެވުނެވެ…
އެވަގުތު އިބާ ރޮއެގަތެވެ… އަހަރެން ގޮސް އިބާ އުރާލީމެވެ… އިބާ އަހަރެން ގެ ނިކުރި ބަލާފައި މަންމީ އައްދޯ ވީ އޭ ބުނެ ލިއެވެ….
އެވަގުތު އިބާއަށް އަބާން ފެނުނެވެ…އިބާ ކަޅި ޖަހާ ނުލާ އަބާންގެ މޫނަށް ބަލަމުން ދިޔައެވެ…އަހަރެން އިބާ ގޮވައިގެން އަބާންގެ ކައިރިޔަށް ދިޔައީމެވެ… އިބާ ހަމަ ކަޅި ޖަހާނުލާ އަބާން އަށް ބަލަމުން ދިޔައެވެ…
“ބައްޕީ” އިބާ ގޮވާލިއެވެ….އިބާ އެހާ ކުޑައިރުވެސް އޭނާގެ ބައްޕަ ވަކި ކުރަން އެނގުމުން އަހަރެން ހުރި ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އިބާއަށް ފެނިފައި ވާނީވެސް އަބާންގެ ދެތިން ފޮޓޯއެވެ….އިބާ ބައްޕީއޭ ކިޔާ ގޮވާލުމުން އަބާން ހައިރާންވެގެން ބަލަން ހުއްޓެވެ… އަބާންގެ ފަރާތުން ޖަވާބެއް ނުލިބުމުން އިބާ އަށް ރޮވުނެވެ…އިބާ ރޯންފެށުމުން އަބާން އިބާ އުރާލިއެވެ…އޭރު އަބާންގެ ލޮލުންވެސް ކަރުނަ ހިލުނެވެ…އަބާން އިބާގެ ގައިގަ ވަރަށް ބާރަށް ބައްދާލިއެވެ…ބައްޕިގެ ދޫނި….އަބާން ބުނެލިއެވެ. އިބާ ރުއިން ހުއްޓާލިއެވެ… އަދި އަބާންގެ ކަރުނަ ފޮހުލަދިނެވެ…އިބާގެ އެކުޑަ ކުޑަ އަމަލުން ވެސް އަބާންގެ މޫނުމަތިން ހިތްހަމަޖެހުން ފެނިގެން ދިޔައެވެ…. އެވަގުތުކޮޅު އެހެން ދެމިގެންދާން އަހަރެންގެ ހިތް އެދުނެވެ….ނަމަވެސް އިރުކޮޅަކުން އިބާ ބޭނުންވީ އެރޭށެވެ….އިބާ އަށް ފޯނުން އެއްޗެއް ޖައްސާދީފައި އެނދުމަތީގައި ބާއްވާލާފައި އަހަރެން އަބާން ކައިރިޔަށް ދިޔައީމެވެ…
އަހަރެން އެދުވަހު އަބީ ކައިރީ އަވަހަށް ގެއައް އަންނަން ބުނީ ޕްރެގް ވާހަކަ ބުނަންވެގެން….އެކަމަކު އަހަރެން ގެޔައް ދާން ޓޭކްސީގައި ހުއްޓާ އަހަންނަށް އެމެސެޖް ލިބުނީ…ދެން އަހަރެންނަކަށް ނޭގުނު ވީއެއްޗެއްވެސް އަހަރެން ވަރަށް ދެރަވި އަބީ ބުނީ އެއީ އަބީ އޭ އެހެންވެ ވަކިން ރުޅިއައި….އެހެންވެ އަހަރެން ދިޔައީ….އެފަހުން ދުވަހަކުވެސް އެ ވީޑިޔޯގެ އެހެން ހަޤީޤަތެއް އޮވެދާނޭ ހިތަކަށް ނާރާ….އަހަރެންނަށް ރޭގަ އެނގުނީ އެއީ މާކުރީގެ ވީޑިއޯއެއްކަން އަދި އެކުއްޖާ ވަނީ މަރާލާފައިކަން….ރޭގައި މި އިހްސާސްވީ އަހަރެންނަކީ ކިހާ ބޮޑު ކުއްވެރިއެއް ކަން…އަނިޔާވެރިއެއްކަން……
އެކަމަކު ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އަހަރެން އަބީ މަތިން ވަރަށް ހަންދާންވި ނަފްރަތުކުރަން ބޭނުންވިޔަސް އެކަމެއް ނުކުރެވުނު…ދަރިފުޅުވެސް ބޮޑުވަމުން އައި ވަރަކަށް އަބާން އާއި ވައްތަރީ…. އިއްޔެ އެތައް ދުވަހަކަށްފަހު އަބާން ފެނުމުން އަހަރެން ވަރަށް އުފާވި އެކަމަކު އަހަރެން ކާރިޔަށް ނައިސް ފުރުމުން އަހަރެން ދެރަވި ވަރަށް ރުއިން….
އަހަރެން ރޯ ވަރުން އަމަން ބުނީ ތިހާ ލޯބިވާ މީހަކަށް ހޭ…. މީހަކު ފޮނުވި ވީޑިޔޯއަކުން ޝައްކު ކޮށްފަ އައީ….
އަމަން ކުރިންވެސް އެހެން ބުނަން ބޭނުންވިއޭ ނުކެރުނީ އޭ…
ދެން ވީޑިޔޯ އަމަން އަށް ދެއްކުމުން އަމަން ބުނީ އެތާ ހުރި ގަޑިޔަށް ބަލާށޭ އެއީ މާކުރީގެ ވީޑިޔޯއެކޭ…. އަމަން އަހަރެންނަށް ހަގީގަތް ދައްކާދިނީ….އެވާހަކަތައް ކިޔާދެމުން ދިޔައިރު އަހަރެންގެ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ… އަބީ ޕްލީޒް އަހަރެންނަށް މާފު ކުރޭ…..އަހަރެން ނަށް އިނގޭ އަހަރެންމީ ކުއްވެރިއެއްކަން….އަހަރެން އަބާންގެ އަތުގައި ހިފާލީމެވެ….އަބާން އަހަރެންގެ އަތް ފޮޅުވާލިއެވެ…
“ދެން މިހާރު ކީއްކުރަން ތި އައީ…..” އަބާން ބުނި އެއްޗަކުން އަހަރެން ދެރަވިއެވެ..
އަހަރެން ދާންވީތަ؟ އަބީ އަހަރެން ބޭނުމެއް ނޫންތަ؟ އަހަރެންނަށް ދެރަވެފައި އަހާލެވުނެވެ.
އާން ބޭނުމެއް ނޫން….. ތިކަހަލަ އިތުބާރު ނުކުރާމީހެއް…ދެވަނަ ފަހަރަށް ކުރާނީ ކީއްކަމެއްވެސް ނޭންގޭ….ދޭ އަހަރެންގެ ކުރިމަތިން….ނައަންނާތި އަހަރެން ފެންނަ ހިސާބަށް އަބާން ހަޅޭލަވައިގަތެވެ…
އަހަރެންނަށް ބާރަކަށް ރޮއެގަނެވުނެވެ…
“މަންމީ” އިބާ ގޮވާލިއެވެ….. އަހަރެން އަވަހަށް ކަރުނަ ފޮހެލީމެވެ…އަދި ގޮސް އިބާ އުރާލީމެވެ…
އިބާ ދޫނީ ހިންގާ ދޯ ގެޔަށް ދާން މިހާރު ރޭގަނޑުވަނީ އެއްނު……
“އިބާ” އަބާން އިބާގެ ނަން ކިޔާލި އަޑު އަހަރެންނަށް އިވުނެވެ.
އަހަރެން އިބާ ގޮވައިގެން ނިކުތީމެވެ…
އޭރުވެސް އަހަރެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ..ގެއައް ގޮސް ސާބޮއެގެން އިބާ އަށް ކާންދީ ފެންވަރުވާ ނިންދެވުނު ނިމުނު އިރު ގަޑިން 8 ޖަހާ ބޮޑުވެއްޖެއެވެ. އިބާ ކައިރީ ބޮޑުދައިތަގެ ދޮށީ ދަރިފުޅު އިމްނާ ބަހައްޓާފައި ހޭލައިފިއްޔާ ގުޅަން ބުނެފައި އަހަރެން ބޭރަށް ނިކުތީމެވެ….
މަޑުމަޑުން ހިންގަމުން ގޮސް އަތިރި މައްޗައް ފޭބީމެވެ…ކުޑައިރުވެސް އަބަދުވެސް ދެރަވީމަ އައިސް ހުންނަ ގަސް ދޮށުގައި އިށިނދެލީމެވެ….އިރުކޮޅަކުން ވާރޭވެހެން ފެށިއެވެ. ނަމަވެސް އަހަރެން އެތާ ހުރީމެވެ…އަޑުން އަޑު ނަގާ ބާރަށް ރޯލީމެވެ.. ވެހެމުން ދިޔާ ވާރޭ އަހަރެންގެ ކަރުނަތަކާ އެކުވެގެން ފައިބަމުން ދިޔައެވެ…އަހަރެން ކޮޅަށް ތެދުވެގެން ގޮސް ރާޅު ޖަހާ ހިސާބުގައި މަޑުމަޑުން ހިންގަމުން ދިޔައީމެވެ. ގައިމު މި ވެހޭ ވާރެ އަހަރެންގެ ހުރިހާ ހިތާމަތަކެއް ދޮވެލާ ދޭނެނަމަ އަހަރެންގެ ހިތައް އެރިއެވެ…ފައިވާން އަތުން ހިފައިގެން ގެޔާ ދިމާލަށް ދާން އެގަމަށް މިސްރާބު ޖެހީމެވެ…ކައިރީ މީހަކު ހުރި ހެން ހީވެގެން އަހަރެން އިސް އުފުލާ ބަލާލީމެވެ… ކުރިމަތީގައި ހުރި އަބާން ފެނުމުން އަހަރެން ހައިރާން ވިއެވެ….
“ސާބަސް ޒައިނީ އަށް މި ވިއްސާރައިގަ ތިހެން އުޅުނީމާ ބަލިވެދާނެއެއްނު…އޭރުން ދަރިފުޅު ބަލާނީ ކިހިނެތް؟ ”
އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ގެޔާ ދިމާލަށް މިސްރާބު ޖެހީމެވެ…އަބާން އަހަރެންގެ ސޫރަ ވެސް ދެކެން ބޭނުން ނުވާކަން އެނގޭތީ އަވަހަށް އަބާންގެ ކުރިމަތިން ދެވޭތޯ ބެލީމެވެ…ގެއައް ގޮސް ފެންވަރާލައިގެން އަހަރެން އިބާ ކައިރީ އޮށޯވެލީމެވެ…މިހާރު ބޮޑުބެމެންގެ ވަނީ ރީތިކޮށް ހަދާފައެވެ..އަހަރެންގެ ކޮޓަރިވެސް ހުރީ ރީތިކޮށް ހަދާލާފައެވެ…
ހެނދުނު ތެދުވެގެން އަހަރެން ފިހާރަޔަކަށް ދިޔައީ އިބާ އަށް ބޭނުންވާ އެއްޗިހި ކޮޅެއް ގަތުމަށެވެ…. ޔޯގަޓް އަދި ވެޖިޓަބަލްސް ކޮޅެއް ގަނެލައިގެން އިމްނާ އާ އެކު ދަމުން އަލަށް ހުޅުވާފއި ހުރި ބޭބީ އެއްޗިހި ވިއްކާ ފިހާރައެއް ދައްކާފައި އިބާއަށް ވަރަށް ރީތި ހެދުންކޮޅު ތައް ހުރި ވާހަކަ އިމްނާ ބުނުމުން އަހަރެން އެތަނަށް ވަނީމެވެ…އަހަރެން ވަރަށް ލޯބި ތިން ހެދުން އިބާއަށް ދޭން ނެގީމެވެ…ކިހާ ވަރެއް އަހަރެން ސޭޓް ކައިރން އަހާލީމެވެ…
އަހަރެން ޕޭ ކުރިޔަސް އޯކޭތަ؟ ކައިރިން އިވުނީ އަބާންގެ އަޑެވެ… އަހަރެން ބޯޖަހާލީމެވެ… ދޮންތިބޭ…އިބާ ހަމަ ހީވަނީ ދޮންތިބެ ހެން…..އިމްނާ ބުނެލީ އަބާން ކައިރީގައެވެ… ބަލަ ދޮންތިބޭގެ ކުއްޖެއްވީމަ ވައްތަރުވާނެއެއްނު ދޯ؟
ދޮންތިގެވެސް ބޭބީ އެއްނު…އެކަމް ދޮންތި ގެ އެއްވެސް ސިފައެއް ނެތް…..އެހެންނުވާނެ އިބާގެ ނޯޒް ބަލާބަލަ… އިމްނާ އާއި އަބާން ވާހަކަ ދައްކަމުން އައިސް ގެޔާ ހަމަޔަށް އާދެވުމުން އަބާންވެސް އެތެރަށް ވަނެވެ…ސޯފާގައި ބޮޑުދައިތަގެ އުނގުގައި ހުރި އިބާއަށް އަހަރެން ފެނުމުން ބާރަކަށް ހީލިއެވެ…ހަމަ އެވަގުތު ފަހަތުން ވަދެގެން އައި އަބާން ފެނިފައި ތުއިވެލިއެވެ…އަބާން ދިޔަ ގޮތައްގސް އިބާ އުރާލިއެވެ. އަދި އިބާގެ ކޮލުގައި އެތައް ފަހަރަކު ބޮސްދިނެވެ…އިބާވެސް އަބާން އާއެކު ސަކަރާތް ޖަހަމުން ދިޔައެވެ…އެމަންޒަރު ބަލަން އަހަރެން ދުރުގައި ރޮވިފައި ހުރީމެވެ.
މެންދުރު ނަމާދު ގަޑި ޖެހުމުން އަބާން ގެއައް ދިޔައެވެ……އަހަރެންނަކާ އަބާން ވާހަކައެއް ނުދައްކައެވެ….އެހެންވެ އަހަރެންނަކަށްވެސް ނުކެރުނެވެ…
ހަވީރު އަހަރެން އިބާ ގޮވައިގެން ބޭރަށް ނިކުމެ އުޅެނިކޮށް އަބާން އައިސް ސައިކަލުގައި އަހަރެން ކައިރިޔަށް މަޑުކޮށްލާފައި ދުއްވާލަން ގެންދިޔަސް އޯކޭ ހޭ އަހާލިއެވެ…އަހަރެން ބޯ ޖަހާލީމެވެ…އިބާވެސް އުފަލުން ދުއްވާލަން ދިޔައެވެ…އަހަރެންގޮސް އެތާ ޕާކުތެރޭގައި ހުރި ބެންޗެއްގައި ޖައްސާލީމެވެ…އަހަރެންނާ ތަންކޮޅެއް ދުރުގައި ތިބި ދެ ފިރިހެން ކުއްޖަކު އަހަރެންނާ ދިމާލަށް ވަރަށް ބަލަންފެށިއެވެ..އަދި އިރުކޮޅަކުން ކާރިޔަށް އައެވެ….ޒައިނީ އެމީހުން ގޮވާލިއެވެ…އަހަރެންނަކަށް ނޭންގުނެވެ…
ޒައިނީ އަހަރެމެން 8،9،10 ގަ ކިޔެވީ އެއްކޮށް މީ ޒަހީން މީ ހުޝާމް…އެމީހުން ބުނުމުން އަހަރެންވެސް ހަނދާންވިއެވެ… އަހަރެމެން ތިން މީހުން މީ ސްކޫލުން ރާއްޖޭގެ ޓޮޕްޓެންގަ ހިމެނުނު ތިން މީހުން….
އަހަރެމެން ތިން މީހުން ވާހަކަ ދައްކަން ތިއްބާ އަބާން އިބާ ގޮވައިގެން އައިސް މަޑުކޮށްލިއެވެ.. އިބާ މަންމީ އޭ ކިޔާ ގޮވާލިއެވެ…އަހަރެން އިބާ އުރާލީމެވެ…
މީ ޒައިނީގެ ދަރިފުޅުތަ؟ އެމީހުން އަހާލިއެވެ އަހަރެން ބޯޖަހާލީމެވެ.. މީ ކާކު އެމީހުން އަހާލީ އަބާން އަށް އިޝާރާތްކޮށްލަމުންނެވެ…އަހަރެން އިސްޖހާލީމެވެ…
ހުޝާމް އަހަރެންމީ ޒައިނީގެ ހަޒްބެންޑް އަބާން ޖަވާބު ދިނެވެ…. ޒައިނީ މެރީކޮށްގެން އުޅެނީ އަބާން ސާރ އާ؟ ހުޝާމް އަހާލިއެވެ… ޔޭސް…ދެންވެސް ޖަވާބު ދިނީ އަބާންއެވެ…
ޒައިނީ މިހާރު ލޯ ކިޔަވާ ނިމުނީތަ؟ ޒަހީން އަހާލިއެވެ.
ނޫން ޒަހީން އަހަރެންގެ ދިރުއުޅުމަށް އަހަރެންގެ އެސްފީނާ ޖެހުނީ ކަންނޭންގޭ….މުޅިން ނުނިމެނީސް ޖެހުނީ ހުއްޓާލަން މިހާރު އަނެއްކާ މިއުޅޭނީ އޮންލައިންކޮށް ފަށައިގެން….
އަދިފަހުން ދިމާވާނެކަމަށް ބުނެފައި އެމީހުން ދިޔައެވެ.
-ނުނިމޭ-
ދެން އިން ޕާރޓް ހޯމަ ދުވަހު ސަބްމިޓް ކުރާނަން….ތި ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރީއްޔާ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

I love this story
So when is next part
I really like the story 👍❤️👍
Woow
Soo nice inge
v reethi mi part vex…
alhey Abaan Zai ah maafu kohbala plz plz plz!!! hehe
Maadhan tha next part submit kurany?
Vvv reethi Mi part vs.. Waiting for next part😩
where is next part
When Is next part nadhoo