Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 7

Nadhoo
Nadhoo Level 1
August 27, 2023 3 Mins Read
2 Comments

ވަރަށް ލޯބިން އެކުގައި 5 ދުވަސްވަންދެން އެކަކު އަނެކަކުގެ އަތުތެރޭގައި ހޭދަކުރުމަށް ފަހު އަހަރެންމެން އެބުރި މާލެ އައީމެވެ. ވަޒީފާއަށް ދާންފެށީމަ އަހަރެމެން ދެމީހުން ދިމާވަނީ ހަމައެކަނި ރޭގަނޑުއެވެ…އެހެންވެ ހުރިހާކަމަކުން ފްރީވެގެން އެވަގުތު އެކަކު އަނެކަކުގެ ދުވަސް ހޭދަވެގެން ދިޔަ ގޮތް ކިޔާދީ ހަދަމެވެ…

ކައިވެންޏަށް 2 މަސްވެގެންދިޔަ އިރުވެސް އަހަރެން އުޅެމުންދިޔައީ ވަރަށް އުފަލުގައި…އަދި ތަފާތު ކަމެއް ފާހަނގަ ވާތީ އަހަރެން ސިއްރުން ޑޮކްޓަރަށް ގޮސް ޓެސްޓެއް ހަދާލީމެވެ…އަހަރެން ޕްރެގްނެންސީ ޕްޒިޓިވް ރިޕޯރޓް ލިބުމުން އަވަހަށް ގެއައް އައުމަށް އެދި އަބާންއަށް މެސެޖްކުރުމަށްފަހު ގެއައް ދާންވެގެން ޓެކްސީއަށް އެރީމެވެ…

އަހަރެން ޓެކްސީގައި ހުއްޓާ އަހަރެންގެ ވައިބާރ އަށް ނުދަންނަ ނަމްބަރަކުން މެސެޖެއް އައެވެ….އަހަރެން ބަލާލިއިރު އެއީ ވީޑިއޯއެކެވެ… އެވީޑިޔޯ ޕްލޭކޮށްލުމުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ…އެ ވީޑިޔޯގައި އަންހެންކުއްޖެއް ގެ ގައިގަ ބައްދާލައިގެން ހުރެ އެ އަންހެން ކުއްޖާގެ ތުންފަތުގައި ބޮސްދެމުން ދިޔައީ އަބާން ނޫން ދެވަނަ މީހެއް ނޫނެވެ….އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތީ އެއްވެސް ހިފެހެއްޓުމަކާނުލައެވެ…. އޭރު ކާރު ގޮސް ގޭ ކާރިޔަށް މަޑުކޮށްލިއެވެ.. އަހަރެން އަވަހަށް ކާރަށް ލާރިދެއްކުމަށްފަހު ދުއްވައިގަތީމެވެ…. އަހަރެން ދިޔައިރު އަބާން ރޫމްގައި އިނެވެ….

ޒައި ކިހިނެތްވީ އެހާ އަވަހަށް އަންނަން ބުނީ….. އަބާން މީގެ ދެ ދުވަސް ކުރިން ހޮޓެލް ޖެންއަށް ދިޔައިން ދޯ؟

އާން ބުނީމެއްނު….އަބާން ޖަވާބު ދިނެވެ….

އާން ހަމައެކަނި ބުނީ އެތަނަށްދާ ވާހަކަ ގޮސް ހިލޭ އަންހެން ކުއްޖަކު ގޮވައިގެން އޮންނާނެ ވާހަކައެއް ނުބުނޭ…..

ޒައި ކީކޭ ތި ކިޔަނީ؟ ކާކު ކީކޭތަ ކީ؟

މީހަކު އެއްޗެއް ކީ ހޭ އަހަން އެނގޭނީ މީހަކަށް އެތާހުރިކަން އެނގޭތީ ތާ؟ އަހަރެން އެ ވީޑިޔޯ ޕްލޭކޮށްފައި ދައްކާލީމެވެ.

މި ވީޑިޔޯގައި މިފެންނަނީ އަބާންތަ؟

އާން ތީ އަހަރެން އެކަމަކު ތީ ޒައި ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ….

އަހަރެން ބޭނުމެއްނޫން އަބާން ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް އަހަރެން ހާދަ އިތުބާރެއް ކުރީމޭ…..އަހަރެންގެ ހުރިހާ އެއްޗެއް ހިބަކޮށްފަ މެރީ ކުރީމާ މިތާ ދޭން އެނގުނު ހަދިޔާ އަކީ؟؟؟؟ އަހަރެންނަށް އައިސްފައި ހުރި ރުޅީގައި ރޮވެންފެށިއެވެ…….

އަހަރެންދެކެ ލޯބި ނުވާއިރު ކީއްކުރަން މެރީ ކުރީ؟

ޒައި އަހަރެން ވަރަށް ލޯބިވޭ އަހަރެން ޒައި އަކަށް ދޮގެއް ނަހަދަން…..

ހަބަރުދާރު އަބާންގެ ތި އަގައިން އަހަރެންގެ ނަންވެސް ކިޔައިގެން ނުވާނެ……

“ޒައި ކިހިނެތް ތި އުޅެނީ މާ ރަގަޅަށް ޒައި އައް އިނގޭ އެއްނު އަހަރެން އަންހެން ކުދިންނާ ގުޅުން ބޭއްވިކަން…..”

ދެން ޒައި ތިހާ ރުޅި އަންނަން ވީ ކީއްވެ ޒައިގެ ލޮލުން ވެސް ދުށީމެއްނު…

އާން އިނގޭ އެކަމަކު އެއީ ކުރިންނެއްނު މިހާރުވެސް މިހެން އުޅޭނެކަމަކަށް ހީނުކުރަން….

އަހަރެންގެ ފަރާތުން ކޮންމެވެސް ކަމެއް އުނިވީމަތާ އެހެން ވާންޖެހޭނީ….އަހަރެންނަށް ގިސްލެވެން ފެށުނެވެ…

އަބާން އަހަރެން ކައިރިޔަށް އައިސް ބައްދާލަން އުޅުނެވެ….ތި ކަހަލަ ވިޔާނުދާ އަތަކުން މަގޭ ގައިގަ އަތްވެސް ނުލާތި….. އަހަރެން ބޭނުމެއް ނޫން އަބާން އާއެކު އެންމެ މިނިޓަކަށްވެސް ހުންނާކަށް……އަހަރެން ވަރިކުރޭ ހަމަ މިހާރު……އަހަރެން ވަރަށް ބާރަށް ރޮއެގަތީމެވެ….ޒައި ހަމަޖެހިގެން ވާހަކަ ދައްކާލަމާ ދޯ ؟

ދެންނެތް ދައްކާނެ ވާހަކައެއް….އަހަރެން ގޮސް ބޭރުގައި ހުރި އަހަރެން ކުރިން ރޫމަށް ވަދެ ތަޅުލީމެވެ….ވަރަށް ގިނަ އިރު އާދޭސް ކުރުމުންވެސް އަހަރެން ދޮރު ނުހުޅުވުމުން އަބާން ދިޔައެވެ…. އަހަރެން ގެ ބައެއް ހެދުންތައް އަދިވެސް އެތާހުރުމުން އަހަރެން އަހަރެން ކުޑަ ބެކްޕެކަކަށް އަޅާ ޕެކް ކޮށްގެން ދަންވަރު 3 ޖެހި އިރު އަބާންމެންގެއިން ނިކުތީމެވެ…..

އަދި ފޯނުގައި އޮތް ސިމް ވެސް ނަގާ އެއްލާލިމެވެ…އަހަރެންގޮސް އަތިރިމަތީގައި ހުރި ދޯނި ފަހަރުތަކުން ސުވާލުކުރުމުން ހިންނަވަރަށް ދާން ފަތިހު 5 ކުން ފުރާ ދޯންޏާކަށް އަހަރެން އެރީމެވެ…ރަށަށްވެސް ނުދިޔައީ އަބާން ދާނެކަން އެނގޭތީއެވެ…..އަހަރެން ދޯނީގައި އޮވެ ނިދޭތޯ ބެލީމެވެ…ނަމަވެސް ނިދި ވަނި އަހަރެންގެ ލޮލާ މާދުރުގައެވެ…ދުވަހަކުވެސް އަބާންއަށް ހޯދަން ނުދިޔުމަށް ހިތުގައި އަޒުމް ކަނޑައަޅައިގެން އަހަރެން ފުރީމެވެ…

ހިންނަވަރަށް ދެވުމުން އަހަރެން އެކި މީހުން ކައިރިން އަހައިގެން އެނީ އުޅޭ ތަނެއް ހޯދައިގެން އެތަނަށް ދިޔައީމެވެ… އެނީ ފެނުމުން އަހަރެންގެ ބަޑިފަޅައިގެންދިޔައެވެ. އަހަރެން އެނީއަށް ހުރިހާ ވާހައެއް ކިޔާދިނުމުން އެނީ ވެސް އިނީ ގަބޫލުކުރަން ދަތިވެފައި….އަދި އަހަރެން ބަނޑުބޮޑު ވާހަކަ ބުނުމުން އެނީ އަދި އަމަންވެސް އުފާވިއެވެ….އެގޭގައި އުޅެނީ އެދެމީހުން ކަމުން ގެޔާ ވަކިން އިތުރު ރޫމެއް ހުރީމަ އަހަރެންނަށް އެރޫމް ދިނެވެ…. އަހަރެން ރަށު އޮފީހުން އެޑްމިން ވަޒީފާއެއް ހޯދީމެވެ…އަހަރެންގެ ދަރިފުޅު އުފަންވާންވާ އިރަށް އެއްޗިހިތައް އަމިއްލައަށް ހޯދަން ނިންމީމެވެ. އަހަރެންގެ ދަރިފުޅުގެ ހުރިހާ ކަމެއްވެސް އަހަރެން އެކަނި މާއެކަނި ކުރަންނިންމީމެވެ….

އަހަރެންގެ ބަނޑަށް ނުވަމަސްފުރުނު އިރު އަހަރެން ވިހަން ބޭނުންވާނެ ހުރިހާއެއްޗެއް ހޯދީމެވެ…. ދަރިފުޅުގެ ހެނދުންލާނެ ކަބަޑަކާއި ހެދުމާއި ހުރިހާތަކެތިގަތީމެވެ…..ވިހާދުވަސް ކައިރިވެފައިވާތީ އަމަން އޭނާގެ ކަޒިންއެއް ގެނެސް އަހަރެން ރޫމުގައި ބެހެއްޓިއެވެ. އަހަރެން ބަނޑުގައި ރިއްސައިގެން ހޭލޭވުނު އިރު ނާޒް އަށްވެސް ހޭލެވުނެވެ….އޭނާ އަވަސް އަވަހަށް ގޮސް އެނީމެންނަށް ގޮވާލިއެވެ…ޑޮކްޓަރު އަހަރެންގެ ފިރިމީހާ ކޮބާތޯ ވަރަށް ސުވާލުކުރިއެވެ…އަހަރެން ދޫކޮށްލާފައި ދިޔަކަމަށް ބުނީމެވެ….އަހަރެންގެ ލޯބިވާ ދަރިފުޅު މިދުނިޔެއަށް އުފަންވިއެވެ…އަހަރެންގެ އެކަނި ވެފައިވާ ދިރި އުޅުމުގައި އަލި ގަދަ ނޫރެއް ކަމުގައި އެ ލޯބި ލޯބި ދަރިފުޅު ވިއެވެ….

ދަރިފުޅު އެހާ ކުޑައިރުވެސް އަބާން އާ ވަރަށް ވައްތަރެވެ…އަހަރެން ކިތަންމެ ބޭނުން ވިޔަސް އަހަރެން އަބާން މަތިން ހަނދާން ނައްތާލީ ކިހިނެތް ހެއްޔެވެ. އެކަމަކުވެސް ބޭވަފާތެރިއެއްގެ ހަނދާން އަހަރެން ކުރާކަށް ބޭނުމެއް ނޫނެވެ…

ނަމަވެސް މި ދަރިފުޅަކީ އަބާންގެ ކުއްޖެއްކަން އެއީވެސް ބަދަލު ނުކުރެވޭނެ ހަގީގަތެއްކަން އަހަރެން ގަބޫލުކުރަން………އަހަރެންނަށް ވިހައިގެން 6 މަސް ދުވަހުގެ ޗުއްޓީ ލިބުނެވެ އެހެން ކަމުން އަހަރެން ދަރިފުޅު ބަލަމުން ދިޔައީމެވެ…އަހަރެން ދަރިފުޅަށް ކީ “އިބާ” އެވެ…

ކީއްވެގެން ކަމެއް ނޭގުނެވެ…. އިތުރު ނަމެއް ހަމަ ކިޔާ ހިތެއް ނުވިއެވެ…..

ބޮޑުދައިތަ އަހަރެން އުޅޭނީ އެނީ ކައިރީގައި ހެން ހީވެގެން އެނީއަށް ގުޅިއެވެ..އެނީ އަހަރެން ވީ ތަނެއް ނޭންގޭކަމަށް ބުނީ އަހަރެން ވަރަށް އާދޭސްކޮށްގެންނެވެ…… އަބާން އަހަރެން ހޯދަން ދިޔަ ވާހަކަވެސްބޮޑުދައިތަ ބުންޏެވެ…އަދި އަބާން މިހާރު އުޅޭނީ ވެސް އެރަށުގައި ކަމަށްވެސް ބޮޑުދައިތަ އެނީ ކައިރީގައި ބުންޏެވެ. އެކަމަކު އަހަރެމެންގޭގައި ނޫންކަމަށް ވެސް ބުންޏެވެ. އަހަރެން އަބާން ކޮބާތޯ ވެސް ބަލާކަށް ބޭނުމެއްނޫނެވެ…

އަހަރެންގެ ދަރިފުޅުގެ އުމުރުން 1 އަހަރުވީ އިރު އަބާން އާއި ވަކިން ބޮޑަށް ވައްތަރެވެ…އަންހެން ކުއްޖަކު ބައްޕައަކާ ވައްތަރުވާނީ ދެން އެހާކަންހާ ވަރަށެވެ…. ދަރިފުޅުގެ އެއްވެސް ހަބަރެއް އަހަރެން އަބާން އަކަށް ނާންގަމެވެ…އެކަމަކު އަހަރެން ދަރިފުޅަށް ބައްޕަގެ ފޮޓޯ ދައްކާ އެއީ ބައްޕަކަމުގައި ބުނެދެމެވެ…އޭނާ ރޯން ހުއްޓާވެސް ބައްޕަގެ ފޮޓޯދެއްކީމަ ވަގުތުން ހުއްޓާލާނެއެވެ…ފުރަތަމަ ވެސް އޭނާ ގޮވާލީ ވެސް ބައްޕައަށެވެ…މަންމަ ކިޔަން ދަސްކުރީ އަދި މާ ފަހުންނެވެ…އިބާ ބައްޕަގެ ފޮޓޯ އާއި ހެދި އުޅޭވަރުން ބައެއްފަހަރު އަހަރެން ދެރަވެސްވޭ….

މިހާރު އެނީގެ ދަރިފުޅަށް ވެސް 7 ދުވަސްވީ އެނީގެ ދަރިފުޅަށް ނަންކިޔުމުގެ އުފަލުގައި އެގޭ ކައިރީގައި ތަނެއް ހަދައިގެން ވަރަށް ވަރުގަދަޔަށް ކައްކަމުން ދިޔައެވެ…. ކުއްލިޔަކަށް ފެނުނީ އެތާނގެ ކައިރީގައި ހުރި ބޮޑުފަން ބޮޑިއެއްގައި އަލިފާން ރޯވިތަނެވެ….އަތިރިމަތިކަމުންނާއި ވައި ބާރުކަމުން އަލިފާން ވަރަށް އަވަހަށް ފެތުރެމުން ދިޔައެވެ… އެންމެން ވެގެން ފެން ގެނެސްގެން ނިއްވަން އުޅުމުން ވެސް އެކަމެއް ނުވިއެވެ… ގޭސް ފުޅިއެއް ވެސް ގޮވިއެވެ…

އެމްއެންޑިއެފްގެ ފަޔާރ މީހުން ކައިރި ރަށްތަކުންވެސް ގެނެސްގެން އަލިފާން ނިއްވޭތޯ މަސައްކަތްކުރަންފެށިއެވެ. އަލިފާން ގަނޑު ބޮޑުވެ ގޭތަކާ ދިމާލަށް ދާންފެށިއެވެ….އަވަހަށް ރަށު ކައުންސިލުން މީހުންތައް ދުރު ހިސާބަށް ދިޔުމަށް ގޮވަމުން ދިޔައެވެ…. އަހަރެން ދުވެފައި ގޮސް އިބާ ނިދާފައި އޮތް ރޫމަށް ވަނީމެވެ….އޭރު އެރޫމުގެ ދޮރުކައިރީގައިވެސް އަލީފާން ހިފައިފިއެވެ….ނިކުންނާނެގޮތެއް ނެތުމުން އަހަރެން އެހީވުމަށް އެދި ބާރަށް ގޮވާލީމެވެ….އިބާ ބިރުން ރޯތީ އަހަރެން އިބާ ގަޔާލާ ބޮނޑިކޮށްލީމެވެ…

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ޔާރާ އަހާށޭ 6

Next

ދިރުމެއްނެތް ދިރިއުޅުން 26

Next
August 28, 2023

ދިރުމެއްނެތް ދިރިއުޅުން 26

Previews
August 27, 2023

ޔާރާ އަހާށޭ 6

2 Comments!

  1. love imko 💝💖 says:
    August 27, 2023 at 2:50 pm

    When Is next part

  2. Ifoo says:
    August 27, 2023 at 9:05 pm

    When next part?

Comments are closed.

Next Episodeއިންތިޒާރު 8←


All Right Reserved!