Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިންދޭ ތީ މަގޭ-7

ner Level 1
August 14, 2023 5 Mins Read
4 Comments

ދޮރު ލެއްޕުނު އަޑަށް ޒައިން ފުންނޭވާއެއް ދޫކޮށްލިއެވެ. އިތުރަށް ބާލީހުގެ ތެރޭ މޫނު ފޮރުވާލަމުން ދެލޯ ފިއްތާލިއެވެ. އަމާނާގެ ފުށުން މިއަދު ފެނުނު ބީރައްޓެހިކަމުން ނަގަންވީ މާނައެއް ޒައިނަކަށް ނޭނގުނެވެ. ނައްސި ހިޔާލުތައް ސިނކުޑީގައި ބުރު ޖަހަމުންދިޔައިރު އެ ހިތަށް ޒައިން ވިސްނަިއދޭން ބޭނުމީ އެެހެން ގޮތަކަށެވެ. އަމާނާ ދުވަހަކުވެސް އޭނާ މަތިން ހަނދާން ނައްތައެއް ނުލާނެއެވެ. ވެދާނެއެވެ. އަމާނާއަށް އޭނާމީ ކާކުކަން އޮޅުނީއެވެ. އެހާ ގިނަ ދުވަސްކޮށްފައި ފެނުމުން އޮޅިދާނެވެ. ހިތަށް ތިލަވަމުންދިޔަ އަމާނާގެ ލޯބި ސޫރައާއެކު ޒައިންގެ ހަނދާނަށް އަންނަންފެށީ ދެމީހުން ފުރަތަމަ ދިމާވި ދުވަހެވެ.

*******************

“އޭތް އޭތް. ބޭބޭ.” ފަހަތުން މީހަކު ގޮވާހެން ހީވެގެން ޒައިން ފަސްއެނބުރި ބަލާލިއެވެ. އޭރު ދުވަމުން އޭނާ އާ ދިމާލަށް ކުޑަ އަންހެން ކުއްޖަކު އާދެއެެވެ. ބޮލުގައި އަޅާފައި އޮތް ތޮފި ހެޔޮވަރުކޮށްލަމުން ލޯ ކުޑަކޮށްލާފާ ޒައިން އެކުއްޖާއާ ދިމާލަށް ބަލަންހުއްޓެވެ. އެއީ އަވިގަތަ ދުވަހެއްގެ މެންދުރުގެ ދިލަ ހޫނު އެންމެ ގަދަ ވަގުތެވެ. ފައިވާނަކަށްވެސް ނާރާ ހިރަފުސް މަގުމަތީ ދުވެފައި އެ އަންހެންކުއްޖާ އެއަންނަނީ ކީއްވެބާއޭ ޒައިންގެ ހިތަށް އެރިއެވެ.

އާއްމުކޮށް ދިވެހިންގެ އެހުންނަ ހަންގަނޑުގެ ކުލައަށް ވުރެ ހަންގަނޑުގެ ކުލަ އަނދިރިއެވެ. ތަފާތު އޮމާންކަމަކާއި ވިދުމެއް ފެންނަން ހުއްޓެވެ. ޒައިންގެ ސަމާލުކަން ހުއްޓުނީ އެ އަންހެން ކުއްޖާގެ ހޭޒަލް ކުލައިގެ ދެ ލޮލަށެވެ. މާދުރުންވެސް އެ ދެލޯ ވިދާފަދައެެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓާ އެ ކުއްޖާ އައިސް ޒައިން އާ އަރާ ހަމަކޮށް ވާހަކަ ދައްކަން ފެށިއެވެ.

“ހާއި. އައި އޭމް އައްމި އައި މީން އަމާނާ.” މާނޭވާ ލަމުން އަމާނާ ވާހަކަދެއްކީ ހަލުވި ކަމާއެކުއެވެ. ބުނީ ކީކޭކަން ދެނެގަތުމަށް ޒައިނަށް އިތުރަށް ވިސްނާލަން ޖެހުނެވެ.

“ހާއި.” މަޑުންމަޑުން ޒައިން ބުނެލީ އެހެން އެކަންޏެވެ. ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން އިހްތިޔާރު ކުރީ ހިމޭން ކަމެވެ.

“އޯޝަން ބޯލްސް”ގައި ދޯ އުޅެނީ. ކިހިނެއް ހުންނަނީ  އެގެ؟ ވަރަށް ރީތިތަ؟ ޕްރިންސެސް ކާޓޫންސް ތަކުގަ ހުންނަ ގޮތަށްތަ އެތެރެ ހުންނަނީ؟ ކިޔާދީބާ..” ހަލުވުވިކަމާއެކު ހުރިހާ ސުވާލެއް އެއްފަހަރާ އަމާނާ ކޮށްލިއެެެވެ. ކުރަމުންދިޔަ ސުވާލުތަކާ އެއްވަރަށް އަތުގެ ހަރަކާތްތައް ވެސް އެހާ އަވަހެވެ. ޒައިން އެއްޗެކޭ ނުބުނެ ފާޑަކަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އަމާނާ ރަކިވިއެވެ. އަމާނާ ކީނުކީއެއް ދޭހަނުވެފައި ޒައިނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަމާނާ ރަކިވިތަން ފެނިފާ ތުންފަަތިގައި ޒައިނަަށް ދަތްއަޅާލެވުނެވެ.

“އައި ޑިޑިންޓް ގޮޓް ވަޓް ޔޫ ސެއިޑް.” އިސްތަށިގަނޑު ތެރޭ އަތް ހިންގާލަމުން ޒައިން ބުނެލީ މަޑުންނެވެ. އަމާނާ ކުޑަކޮށް ދެލޯ ބޮޑުކޮށްލަމުން އަނގަމަތީ އަތް އަޅާޅިއެވެ.

“އޮހް ސޮރީ. މާ އަވަހަށް ދޯ ވާހަކަ ދެއްކުނީ؟ އައި ވޯޒް އޯވާއެކްޒައިޓެޑް.” ލަސްލަހުން ކޮންމެ ލަފްޒަކަށް ހުއްޓަމުން ކަހަލަ ގޮތަކަށް އަމާނާ ބުނެލިއެވެ. ޒައިންގެ ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. ޒައިންގެ ދެތުންފަތް ދެފަރާތައް ދެމިލިތަން ފެނިފާ އަމާނާއަށްވެސް ހީލެވުނެވެ.

“އިޓްސް ފައިން..ކީކޭ އޭރު ބުނީ؟” ޒައިން އަހާލިއެވެ.

“އޯޝަން ބޯލްސް….”

“ޒައިން.” ޒައިންގެ ނަމުން ގޮވާލި އަޑަށް ފަސްއެނބުރި ބަލާލެވުނީ އަމާނާއަށާއި ޒައިނަށް އެކީގައެވެ. ފިހާރޭގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރި ޒުމާ ފެނި ޒައިންގެ ދެބުމަ ކައިރިކޮށްލެވުނެވެ. ޒުމާގެ ނަޒަރު ހުއްޓުނީ ޒައިންގެ ކައިރީ ހުރި އަމާނާއަށެވެ. ބޭއިހްތިޔާރުގައި މޫނު މައްޗަށް ފޫހި ވައްތަރެއް ޖައްސާލެވުނެވެ.

“ޔޫގެ ސިސްޓާ އެއޮށް ގޮވަނީ ދޭ އަވަހަށް.” ޒުމާގެ ލޮލުގައި ވީ ފޫހިކަން އާމާނާއަށް ފާހަގަވިއެވެ.

“އޯކޭ.”

“ސީޔޫ.” ޒައިން ހިނގައިގަތުމުން އަތް ހޫރާލަމުން އަމާނާ ހީލިއެވެ.

“އައި އޭމް ޒައިން ބައި ދަ ވޭ.” ހިނގައިގަނަމުން ހުއްޓިފާ ފަހަތަށް އެނބުރި ބަލާލަމުން ޒައިން ބުނެލީ ފުޅާ ހިނިތުންވުމަކާއެކުއެވެ. ދެމީހުންގެ އެކުވެރިކަމުގެ ފެށުމަކީ އެއީއެވެ.

**********************

ބާލީހުގައި މޫނު ފޮރުވާލައިގެން އޮވެފާ ޒައިން އެނދުމަތީ ތެދުވެ އިށީނެވެ. ހެޑްބޯޑްގައި ބާލީހެއް ލައްކޮށްލުމަށްފަހު ބާލީހުގައި ބުރަކަށި ޖައްސާލިއެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ އުފާވެރި ހަނދާނަކީ އަމާނާއާ ފުރަތަމަ ދިމާވި އެ ދުވަހެވެ. ދެމީހުންގެ ދެމެދުގައި އުފެދުނު ގާތް އެކުވެރިކަމީ ޒައިންގެ ދިރިއުޅުމުގައި ލިބުނު ހަމައެކަނި އުފަލެވެ. އެ އުފާވެރިކަމާ ހިތްހަމަޖެހުމުންވެސް ބީވެދިޔައީއެވެ. އެތަށް ދުވަހެއް ފަހުން އަނެއްކާވެސް އާމާނާ ފެނުމުގެ ނަސީބު ލިބުމަކީ ވީރާނާވަމުންދާ ޒައިންގެ ދިރިއުޅުމަށް އަލިކަމެއް ގެނެސްދިން ފަދަކަމެވެ. އޭނާގެ މަންޒިލެއް ނެތް ދިރިއުޅުމުގައި އަމާނާގެ އެހީތެރިކަން ނިހާޔަތަށް ބޭނުމެވެ. އެލޯބި މޫނު އެކަނި ފެނިލިޔަސް ޒައިންގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ. ގާތް އެކުވެރިއެއްގެ ގޮތުގައި އަމާނާ ދެކެން އުޅުނަސް އެކަމަށް ދެކޮޅުހަދަނީ ޒައިންގެ ބަސްނާހާ ހިތެވެ. އެ ހިތުގައި އަމާނާއަށް ވަނީ ލޮއެބެވެ. ސާފު ތެދުވެރި ލޮއެބެވެ. ލޮއެބަކީ ކޮބައިކަން ނޭންގޭ އެހާ ކުޑައިރު ހިތުގައި އުފެދުނު ފުން ޖަޒްބާތުތަކަށް ނަމެއް ދޭން ޒައިނަށް އިނގުނީ އަދިކިރިޔާއެވެ.

ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒައިން ފޯނު ހުޅުވާލިއެވެ. އަމާނާއަށްވެސް ނޭނގޭނެހާ ސިއްރުން މިއަދު އޭނާގެ ފޯނުގައި ރައްކާކުރި އަމާނާގެ ތަސްވީރަށް ޒައިން ބަލާލިއެވެ. އަދިވެސް ކުޑައިރު އެހުންނަ ލޯބިކަމެވެ. މޫނުމަތީވީ އުޖާލާކަމެވެ. އެފޮޓައަށް އެތަށް އިރަކު ބަލަހައްޓައިގެން އޮތުމަށްފަހު ފޯނުގެ ލޮކްސްކްރީނަށް އެ ފޮޓޯގަނޑު ޒައިން ލިއެވެ. ފޯނު ހުޅުވާލާ ކޮންމެ ފަހަރަކުވެސް ދުށުމަށް އެދޭ ފަރާތަކީ އަމާނާއެވެ. ލޯ ކުރިމަތީ އަބަދަށްވެސް ހުންނާނެ ނަމައޭ ޒައިންގެ ހިތަށް އަރައެވެ. ނަމަވެސް އެނާގެ ނަސީބު ދެރައީއެވެ.

***********************

މެންދުރުވެގެން ދިޔައިރުވެސް އަމާނާގެ ނަފްސަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ފަތިހު ރިސޯޓާށް ފުރައިގެން ދިއުމުގެ ކުރިން ބައްޕަ ދިން ހަބަރަކުން މާޔޫސްވެއްޖެއެވެ. ތަށިތެރޭ ސަމްސާ މަޑުމަޑުން ހަލުވާލަ ހުލުވާލަ އަމާނާ ހުއްޓެވެ. ބަދިގެތެރޭ އިވެމުންދިޔައީ ބިއްލޫރި ތަށިތެރޭ ސަމްސާ ތެޅޭ އަޑެވެ. އަމާނާގެ ހިތުގެ ތެރޭ ވީ އުދާސްތައް ސަމްސަލަށް ހިއްސާކުރަމުންދާ ކަހަލައެވެ.

“އަައްމީ. ނުގިރޭތަ އަދުވެސް.” ބަދިގެ ދޮރު ކައިރީ އަމާނާގެ ހަރަކާތްތަައް ބަލަންު ހުރެފާ ނަޒްރާއައިސް އަމާނާގެ އަތުން ޖޫސްތަށި އަތުލިއެވެ. ޖޫސްތަށި ދުރައް ޖައްސާލުމަށްފަހު ގޮނޑިއެއް ދަމާލާ އެތާ އިށީނުމަށް ނަޒްރާ އިޝާރާތް ކުރިއެވެ. ދެކޮޅު ހެދުމެއް ނެތި އަމާނާ ގޮނޑީގައި އިށީނދެ މޭޒުމަތީ ދަތްދޮޅި ޖައްސާލިއެވެ.

“ދެން މަންމާ ބައްޕަ އަބަދުވެސް ކީއްވެތަ އެހެން ހަދަނީ. އަދި ކޮލެޖް ފެށެން އުޅެނިކީވެސް ނޫން އެހާ އަވަހަށް ފޮނުވާލަނީ. އަޅުގަނޑުވެސް މިއީ މިހާރު ކުޑަކުއްޖެއް ނޫން. އަމިއްލައަށްވެސް އަޅުގަނޑަށް ޓިކެޓްނެގޭނެއޭ.” ވާހަކަ ދައްކަމުން އަމާނާ މޭޒުމަތީ ބޯ އަޅާލިއެވެ.

“މަންމައަކަށްވެސް ނޭނގެއޭ ބައްޕަ ޓިކެޓް ނެގިކަމެއް. ބައްޕަނުވެސް ބުނޭ މަންމަ ކައިރީ.” އަމާނާއަށް ބަލަން އިނދެފައި ނަޒްރާ ބުނެލިއެވެ.

“ނޫޅެން މާދަމާ މާލެދާކަށް. ޕެކެއްވެސް ނުކުރާނަން.” ބޯހިއްލާލުމަށްފަހު އެއްފަރާތައް އަމާނާ އެނބުރިލާ ނަޒްރާ ދިމާލަށް ބަލާލިއެވެ. ދަމާލެވިފައިވާ ތުންކޮޅާއެކު އަމާނާގެ ލޮލުގައިވީ ޝަކުވާތައް ނަޒްރާއަށް ފެނުނެވެ.

“ނޫނޭ ދަރިފުޅު ދާންވާނެ މާދަމަ. ގޮސްފަ ހަމަޖެހިލައިގެން ކިޔާވާލާ. ދެން ފެށޭއިރު އަނެއްކާ ދިމާވާނީވެސް އެގްޒާމާ. ބައްޕަ ނޫނަސް ވަރުގަދަ ރުޅިގަނޑަކާއި ގޮތްދޫނުކުރުން އައްމިއަށް ލިބިފައި އެބަހުރި.” އަމާނާގެ ބޮލުގައި ފިރުމާލަށްފަހު ޖޫސްތަށި ހިފައިގެން ނަޒްރާ ހިނގައިގަތީ ސާދާގެ ކޮޓަރިއަށް ދިއުމަށެވެ. މައިންބަފައިން ނިންމާ ނިންމުމަކަށް އަމާނާ ދެކޮޅު ނުހަދާނެކަމުގެ ފުރިހަމަ ޔަގީންކަން ނަޒްރާއަށް އޮތެވެ.

ނަޒްރާ ބަދިގެއިން ނިކުތުމުން އަމާނާ އަނެއްކާވެސް މޭޒުގައި ބޯއަޅާލިއެެެވެ. ފޫހިކަން ހިތުގެ ތެރޭ ވިއެވެ. އަދި އޭނާ މާލެ ދާކަށް ބޭނުމެއް ނުވެއެވެ. ކޮލެޖްފެށެން ހަފްތާއެއްހާ ދުވަސް އޮށްވާ އޭނާ މާލެގޮސް ކުރާނީ ކީއްހެެއްޔެވެ؟ ބައްޕަ ދުވަހަކުވެސް އޭނާ ބޭނުންވަނީ ކޮންގޮތެއްތޯ އަހާނުލާނެއެވެ. ބައްްޕައަށް ފެންނަ ގޮތަކަށް ކަންތައް ކުރާތީ އަމާނާ ރުޅިގަދަވެއެެވެ.

“އައްމި ހަމަ އަސްލުވެސް ދަނީ. ލައިކް އަސްލަށް ދަނީ؟” މުށިތައް މަަތީ ގުޅައަކަށް ޖަހާފައި ހުރި ހެދުންތައް އަމާނާ ފައްޖަހަމުންދިޔައިރު ކައިރީގައި ޝާލް ދެފައި ވަށްކޮށްލައިގެން އިނެވެ. ހަވީރު އަމާނާ ގުޅާފައި ދިން ހަބަރަކުން ޑިއުޓީ ނިންމާލި ގޮތަށް ޝާލް އައީ އެގެއަށެވެ. އޭރު ފޮށްޓަށް އަންނައުނުތައް އެޅުމަށް އަމާނާ އުޅެއެވެ.

“ދެން ޝާލް. މީނަވެސް ހީވަނީ މަ ދާތީ އުފަލުން އުޅޭހެން.” ފަށްޖަހަން ގެންގުޅުނު ޓީޝާޓްގަނޑު ޝާލާ ދިމާލަށް އެއްލުމަށްފަހު އަމާނާ ހަޅޭއްލަވައިގަތެވެ. އެ ކޮޓަރިއަށް އައީސުރެއް ޝާލް އިރުކޮޅުކޮޅާ އެ ސުވާލެއް އެބަ ކުރެއެވެ. މޫނު ކުނިކޮށްލަމުން އަމާނާ ޝާލާ ދިމާލަށް ބަލާލިއެވެ.

“ދެން މަ އުފަލަކުން ނޫނޭ. އަދިވެސް އައިކާންޓް ބިލީވް އައްމި މިހާ އަވަހަށް ދާން އުޅެޔޭ ބުނީމަ. ޔޫ އެންގްރީ ބާޑް.” އަމާނާ އެއްލި ޓީޝާޓުގައި ހުށިޔާރުކަމާއެކު ޝާލް ހިފިއެވެ. ޝާލް ދެއްކި ވާހަކައަށް ޖަވާބެއް ނުދީ އޭރު އަމާނާ ހެނދުންތައް ބޮނޑިކޮށްފައި ފޮށީގެ ތެރެއަށް އަޅަނީއެވެ.

“މަ ފަށްޖަހާ ދީފާނަމޭ. ސާބަސް އައްމިއަށް. އަހް މަށަށް ލިބުނީ އެންގާ އިޝޫ ހުންނަ ބެސްޓީ އެއް ވިއްޔަ.” ބޯހޫރުވާލަމުން ޝާލް ކިޔާލިއެވެ. ނުރުހުމުގެ އަޑެއް ލައްވާލަމުން އަމާނާ ފަހަތުގައި ހުރި އަލަމާރީގައި ބުރަކަށި ޖައްސާލިއެވެ. ބޮނޑި ބޮނޑިކޮށްފައި އަމާނާ އެޅި އަންނައުނުތައް ފޮށިން ނަގާ ފަށްޖެހުމަށް ޝާލް އަވަސްވެލިއެވެ.

“ޗުއްޓީ ނަގައިގެން މަ ދާނަމޭ އައްްމި ކައިރިއަށް މާލެއަށް.” އަމާނާ ހިތްހަމަ ޖެއްސުމަށް ޝާލް ވާހަކަދެއްކިއެވެ. ދިހައެއް ނިންމާލުމަށްފަހު އަމާނާ ބޭނުންވީ އިތުރަށް ކިޔަވާށެވެ. އަބަދުވެސް ބިޒްނަސަށް ޝައުޤުވެރިކަން ހުންނަ އަމާނާ ހިޔާރުކުރީ އެދާއިރާއެވެ. އެއާ ހިލާފަށް ސްކޫލު ނިންމާލި ގޮތަށް ޝާލް ނިކުތީ ވަޒީފާގެ މައިދާނަށެވެ. އާއިލީ ރައްޓެއްސަކު ހިންގާ ކެފޭއެއްގެ ވެއިޓަރެއްގެ ގޮތުގައި ޝާލް މަސައްކަތް ކުރަންފެށީ އަމިއްލައަށް ބޭނުންވެގެންނެވެ.

“ޝާލަށް އާދެވޭނެބާއޭ ހިތަށް އަރަނީ.” ޝާލްގެ ވާހަކައަށް ވިއްދާ އަމާނާ ބުނެލިއެވެ.

“ޑޯންޓް ވޮރީ އައި ޕްރޮމިސް ދާނަން.” ޝާލް ޔަގީންކަން ދިނެވެ.

“އޭ ތިއެއްނޫނޭ އަދިވެސް މަށަށް އައްމިގެ ޕްރިންސް ނުދައްކަމެއްނު. ކާކުކަންވެސް މަ ކައިރީ ބުނަންވެއްޖެ ދޯ ދެން. އެންމެ ކުޑައިރުއްސުރެ ފާޑެއްގެ ޕްރިންސެއް ގެންގުޅޭނެ. ދުވަހަކުވެސް ކާކު ކަމެއް ނުބުނާނެ ފޮނިކަމުން. މަ ނޫޅެމޭ އައްމިގެ ޕްރިންސް އަތުލާކަށް.” އެއްބުމަ ހިއްލާލަމުމުން ޝާލް ބަލާލީ ނުރައްކާތެރިި ގޮތަކަށެވެ. ޝާލް ފެށި ވާހާކައަކުން އަމާނާއަށް ޕިސްޕިސް ލައްވާލެވުނެވެ.

“ބުނަންވީމަ ބުނާނަމޭ. ކެތްތެރިވެބަލަ.”

“ކިހާ ވަރަކަށް ކެތް ކުރަންވީ އިޓްސް ބީން އިޔާސް.” އަކުރުުތަކަށް ދަމާލަމުން ޝާލް ބުނެލީ ލޯ ހިމަކޮށްލަމުންނެވެ.

“މަ ގެސް ކުރަންތަ ނަން؟” ފަށްޖަހަން ނެގި ހެނދުން އުނގުމަތީ ބޭއްވުމަށްފަހު އަމާނާ އާ ދިމާލަށް ޝާލް އެނބުރުނެވެ.

“ޝާލަކަށް ގެސްއެއް ނުކުރެވޭނެ. މަށަށް ޔަގީން.”

“މަށަށް އިނގެއޭ ޒެޑް އަކުރުންކަން ފެށެނީ. އެހެންވެއެއްނު ފާޑެއްގެ ޒެޑް އަކުރެއް ކަޓަރުން އަތުގަ ލިޔެގެން އުޅުނީ” ޝާލް ކުޑައިރުގެ ދުވަހެއް ހަނދާންކުރިއެވެ. އެއީ ގްރޫޕު ވޯކެއް ހަދަން އުޅުން ދުވަހެކެވެ. ގްރޫޕުގެ އެހެން ކުދިން މަސައްކަތުގައި ތިއްބާ އަމިއްލަ ދުނިޔޭގައި އަމާނާ އިންތަން ފުރަތަމަ ފެނުނީ ޝާލަށެވެ. ކާޑް ބޯޑުތައް ކެފުމަށް ގެނެސްގެން އުޅުން ކަޓަރު ހިފައިގެން އެހެެން ކުދިންނާ ދުރުގައި އަމާނާ އިންތަން ފެނުމުން އެދިމާލަށް ޝާލް ދިޔައީ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި އޭރު އަމާނާ އަތުގެ އުޅަބޮށްޓައްވުރެ ތިރީގައި ކަޓަރުން ޒެޑް އަކުރެއް ލިޔަނީއެވެ. އެދުވަހުން ފެށިގެން އަދިއަދަށް ދާންދެންވެސް އެ ޒެޑް އަކުރުގެ ހަގީގަތް ޝާލަށް ނުހޯދެއެވެ.

“ޒިވިޔަލް؟ ޒާވިން؟ ޒުމާމް؟ ޒާހިރް؟ ޒުބޭރު؟…” އަނގައިން މަޑު އާހެއް ބޭރުކޮށްލަމުން އަމާނާ ނިއްކުރީގައި ފިރުމާލިއެވެ. ޝާލް ދެން ހުއްޓާނުލާނެކަން އަމާނާއަށް އިނގެއެވެ.

“ޒަލަފް؟ ޒައުން؟ އާހްހް. ކާކުތަ އައްމީ؟” ޝާލް ދެއަތް ކޮނޑާ ހަމައަށް ހިއްލާލީ ދެން އޭނާއަށް ނުވާނެ އޭ ބުނާފަދައަކުންނުނެވެ. ދެފަރާތައް ބޯހޫރުވާލިއެވެ. އަމާނާ ހީގެންފައި އައިސް ޝާލްގެ ކޮލުގައި ހިފާލިއެވެ.

“މަގޭ ޕްރިންސް އަދި ޝާލަށް ދައްކާނަމޭ. އެދުވަހަކުން އިނގޭނެއްނު އެއީ ކާކުކަން.” ޝާލްގެ މޫނަށް ބަލާލަމުން އަމާނާ ބުނެލިއެވެ. އޭރު އަމާނާގެ ތުންފަތްމަތީވީ މާނަ ފުން ހިނިތުންވުމެކެވެ.

**********************

ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށް އާއިލާގެ މެންބަރުންތައް ކާ މެޒު ދޮށަށް ޖަމާވިއެވެ. ސިޓިންގްރޫމުގެ އެއްފަރާތުގައި ހުރި ކާ މޭޒުގައި އަތުރާފައިވަނީ ކޮންޓިނެންޓަލް ބްރެކްފާސްޓެއްގައި ހިމެނޭނެހާ ސާމާނެކެެވެ. ކާއެއްޗެހީގެ މީރު ވަސް ފެތުރިފައިވާ ސިޓިންގްރޫމުގައިވީ ހިމޭންކަމެވެ. ދިގު އެ މޭޒުގައި ހަ މީހުންނަށް އިށީންދެވޭނެހާ ޖާގަ އޮތެވެ.

ސިޑިން ފައިބައިގެން ރައްޒާޤު އައިއިރުވެސް ސަމާލުކަން ހުއްޓިފައި ހުރީ އަތުގައި އޮތް ފޯނަށެވެ. ގޮނޑި ދަމާލުމަށްފަހު މޭޒު ދޮށުގައި ރައްޒާޤު އިށީނެވެ. އެއާއެކު އޭނާގެ ކުރިމައްޗަށްވާނެހެން ހުރި ގޮނޑީގައި އިން އޭނާގެ އަނބިމީހާ ޝާބާނާ ބަލާލީ ނުރުހުމާއެކުއެވެ.

“ރައްޒާޤް ކޯޗެއް އަޅަންވީ؟ ސައިތަ ނޫނީ ކޮފީތަ؟” މޫނުމައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިކުރުވަމުން ޝަބާނާ އަހާލިއެވެ.

“ސައި” ފޯނަށް ބަލަހައްޓައިގެން އިނދެ ރައްޒާޤް ޖަވާބު ދިނެވެ. ގޮނޑިން ތެދުވެލުމަށްފަހު މޭޒުމަތީ ހުރި ދެ ބިއްލޫރި ކުރައިގެ ތެރެއިން ސައި ހުރި ކުރާއިން ޖޯޑަކަށް ޝަބާނާ ސައި އަޅާދިނެވެ. ރައްޒާޤުގެ ކައިރިއަށް ސައިތަށި ޖައްސާލުމަށްފަހު ކުރިން އޭނާ އިށީންދެގެން އިން ގޮނޑީގައި ގޮސް އިށީނެވެ.

“ކޮބާ ޒައިން؟” ފޯނު ނިއްވާލުމަށްފަހު ކައިރީގައި ބާއްވަމުން ރައްޒާޤު ކާ މޭޒު ދޮށުގައު އެންމެން ހަމަތޯ ބަލާލިއެވެ. ހުހަށް ހުރި ގޮނޑި ފެނުމުން ދެބުމަ ކައިރިކޮށްލީ ހިތްހަމަ ނުޖެހި އިނދެއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ner

Level 1

Other Articles

Previous

އިންތިޒާރު 3

Next

ދިރުމެއްނެތް ދިރިއުޅުން 22

Next
August 14, 2023

ދިރުމެއްނެތް ދިރިއުޅުން 22

Previews
August 14, 2023

އިންތިޒާރު 3

4 Comments!

  1. Anonymous says:
    August 14, 2023 at 9:16 pm

    Zaiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiinnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn

  2. Anonymous says:
    August 14, 2023 at 9:17 pm

    love u ZAIN and Amaanaa

    1. ner says:
      August 17, 2023 at 12:23 am

      ❤️❤️❤️

  3. Aniya says:
    August 14, 2023 at 10:24 pm

    wow.. nice… curiously waiting for the next part… <3

Comments are closed.

Next Episodeވިންދޭ ތީ މަގޭ-8←


All Right Reserved!