“ކީއްވެ ނޭނގެންވީ. މިރަށު މީހެއްވެއްޖެއްޔާ އިނގޭނެ.” ޝާލްގެ މޫނުމަތީ ވީ ޔަގީންކަމެވެ. “އަސްލު ތުނޑި ބަލާ ހިތުންނާ އެއްކޮށް މިއައީ.” ކޮފީ ތަށި ހުސްކޮށްލަމުން ތަށި ބަހައްޓަމުން ޒައިން ބުނެލިއެވެ. “ތެންކްސް ފޯ….” އަތުން މެޒުމަތީ ހުރި ޖޯޑަށާއި ތައްޓަށް އިޝާރާތްކޮށްކަމުން ޒައިން ޝުކުރު އަދާކުރިއެވެ. ޖީބުން ސަތޭކައިގެ ނޫޓެއް ނަގާ މޭޒުމަތީ ބޭއްވުމުން ޝާލް ވަގުތުން އިންކާރު ކުރިއެވެ. “ޒައިން. އަހަރެންނޭ ޒައިނަށް ކާން ދިނީ. ތި ދެން ކޮންކަމެއް. އިންސްޓީޑް ޓޭކް ދިސް.” އެޕްރޯނުގެ […]
“ކޮބާ ޒައިން؟” ފޯނު ނިއްވާލުމަށްފަހު ކައިރީގައި ބާއްވަމުން ރައްޒާޤު ކާ މޭޒު ދޮށުގައު އެންމެން ހަމަތޯ ބަލާލިއެވެ. ހުހަށް ހުރި ގޮނޑި ފެނުމުން ދެބުމަ ކައިރިކޮށްލީ ހިތްހަމަ ނުޖެހި އިނދެއެވެ. ޝަބާނާގެ ނަޒަރު ވަގުތުން ދަތުރުކޮށްލީ ގޭގެ އެންމެ ހަގަށް ހުންނަ ޒެޝާގެ މޫނަށެވެ. ޒެޝާ ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު ޝަބާނާއަށް ވެސް ދެބުމަ ގޮށްޖަހާލެވުނެެވެ. “ޒެޝާ ދޭބަލަ ދޮންބެ ކޮބައިތޯ ބަލަން.” މަންމަގެ ބަހަށް ބޯ ޖަހާލަމުން ޒެޝާ ގޮނޑިން ތެދުވިއެވެ. […]
ދޮރު ލެއްޕުނު އަޑަށް ޒައިން ފުންނޭވާއެއް ދޫކޮށްލިއެވެ. އިތުރަށް ބާލީހުގެ ތެރޭ މޫނު ފޮރުވާލަމުން ދެލޯ ފިއްތާލިއެވެ. އަމާނާގެ ފުށުން މިއަދު ފެނުނު ބީރައްޓެހިކަމުން ނަގަންވީ މާނައެއް ޒައިނަކަށް ނޭނގުނެވެ. ނައްސި ހިޔާލުތައް ސިނކުޑީގައި ބުރު ޖަހަމުންދިޔައިރު އެ ހިތަށް ޒައިން ވިސްނަިއދޭން ބޭނުމީ އެެހެން ގޮތަކަށެވެ. އަމާނާ ދުވަހަކުވެސް އޭނާ މަތިން ހަނދާން ނައްތައެއް ނުލާނެއެވެ. ވެދާނެއެވެ. އަމާނާއަށް އޭނާމީ ކާކުކަން އޮޅުނީއެވެ. އެހާ ގިނަ ދުވަސްކޮށްފައި ފެނުމުން އޮޅިދާނެވެ. ހިތަށް ތިލަވަމުންދިޔަ އަމާނާގެ ލޯބި […]
“ތީ ހަމަ ނުލާހިކު ފައްކާ ކަމެއް. އެކަމަކު މާމައަކަށް ދަތުރެއް ނުުކުރެވޭނެ މިހާރު ތިހެއްނެއް. ޒުމާއާއި އެންމެން ގޮސްލާފަ އަންނަންވީނު. އަދި ފަސްވަރަކަށް ދުވަސް ފަހުން ފުރާއިރު ރަނގަޅުކަމެކޭ ތީ ކޮށްލަން.” ޝާފިޔާއަށް ޒައިންގެ ހިޔާލު ކަމުދިޔައެވެ. މާމަގެ ވިސްނުން ހުރިގޮތް އެނގުމުން ޒައިން ހިނިތުންވެލިއެވެ. ދެން ކަންތައްކުރަންވީ ގޮތް ހިތުގެ ތެރޭގައި ރާވާލިއެވެ. “ކިހާދެރަ ކަމެއްތަ ފާލިހް. ކިހިނެއްތަ ވެގެން ތިއުޅެނީ؟” ކޮޓަރީގެ ދޮރު ލެއްޕުނު އަޑާއެކު އެނދުގައި އިށީންދެގެން އިން ޒުމާ ތެދުވިއެވެ. ޒުމާގެ […]
“ޑޭމް އިޓް. ހައު ދަ ހެލް…” އަމާާނާއަށް އޭނާގެ ކައިރިން އެހާ ފަސޭހައިން ސަލާމަތްވެދާނެ ކަމަށް ފާލިހަށް ގަބޫލެއް ނުކުރެވުނެވެ. އަތް މުށްކަވާލުމަށްފަހު ހިތުގެ ތެރޭވީ ރުޅިގަނޑު ފާލިހް ބޭލީ ފާރަށެވެ. ހަރު ފިޔަވަޅުތަކެއްގައި އަމާނާ ދިޔަ ދިމާލަށް ފާލިހްގެ މިސްރާބު ބެހެއްޓިއެވެ. “މާމާ ބަލައިގެން އިނގޭ.” ޝާފިޔާގެ އަތުގައި ހިފައިގެން ހުރި އޭނާގެ މާމަ ދަރި ޒައިން ބުނެލީ ކުލުނުން ފުރިގެންވާ ރާގުގައެވެ. މާމަގެ މޫނަށް ޒައިން ބަލާލާ ގޮތުންވެސް އެ ހިތުގައި މާމައަށް ދެވިފައިވާ […]
އެ ދެކުދިންގެ ހަރަކާތްތަކަށް އަމާނާއަށް ފަރުވާތެރިކަމާއެކު ބެލުނެެވެ. ލިފްޓުގެ ތެރޭ ހޭދަވި އެ މަދު ވަގުތުކޮޅުތެރޭ އެ ކުޑަ ދެހިތުގެ ތެރޭ އުފެދެމުން އެއަންނަ އިހްސާސްތަކަކީ ކޮބައިކަން އަމާނާއަށް އިނގުނެެެވެ. ނަމަވެސް އެ އިހްސާސްތަކަށް ދޭނެ ނަމެއް އެދެކުދިންނަށް ނޭނގޭނަކަން އަމާނާއަށް ޔަގީނެވެ. ހުދު އޭނާއަށްވެސް ވީ އެހެންނެވެ. ހިތުގައިވީ ފުން ޖަޒުބާތުތަކަށް ލޯބީގެ ނަން ދެވުނުއިރު އޭނާގެ ލޯބި މާދުރަށް އޮޔާލާ ގޮސްފިއެވެ. މަންޒިލް ނޭނގޭ ދިގު ރާސްތާއަކަށް ގެއްލިއްޖެއެވެ. ލިފްޓުން ނިކުމެގެން އައިއިރު އަމާނާގެ […]
ނިދީގެ ފުންކަމުގެ ތެރޭގައި އޮތް އަމާނާ ދެފަހަރަކަށް ލޯ ތަޅުވާލިއެވެ. ނިދީގައި އޮވެ ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. ކައިރިގައި މީހަކު އުޅޭހެން ހީވުމާއެކު އަތް ހަރަކާތް ކޮށްލީ ދުރަށްދާށޭ ބުނާފަދަ ގޮތަކަށެވެ. އިންތިހާއަށް ނިންޖަށް ބޭނުންވެފައިވުމުން ދެލޯ ހުޅުވާލަން އަމާނާ ބޭނުންނުވާފަދައެވެ. ކުއްލިއަކަށް އިހްސާސް ކުރެވުނު ފިނި ކަމާއެކު އަމާނާ ދެލޯ ހުޅުވާލިއެވެ. އޭނާގެ މޫނާ ނުހަނު ކައިރިން ފެނުނު ސޫރައަކުން ފުންމައިގެން އަމާނާ ތެދުވެއްޖެއެވެ. ގޮނޑިން ތެދުވެވުނު ބާރުކަމުން ގޮނޑި ފަހަތަށްޖެހި އެނދުގެ އެއްފަރާތުގައި ހުރި […]
ފާހަނައިގެން ދޮރާ ފޫޓެއްހާ ކައިރިއަށް އާދެވުމާއެކު އަމާނާ ހުއްޓުން އެރިއެވެ. ފަައިގައި ހޭކުނީ ދިޔާ އެއްޗެކެެވެ. ކަނާއަތު ފައި މައްޗަށް ހިއްލާލުމަށްފަހު ފަޔަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަނދިރިކަމުގެ ތެރޭގައި އެއްޗެއް ދެނެއްނުގަނެވުނެވެ. ޝަހާދަތް އިނގިލި ފައިގައި ޖައްސާލުމަށްފަހު ނޭފަތާ އިނގިލި ކައިރިކޮށްލިއެެވެ. ހިތުގައި ދުވެލި ޝައްކުގެ އޮއެވަރާއެކު މީހާ ބިރުން ތުރުތުރު އަޅައިގަތެވެ. ވަސްދުވުމުގެ ހިއްސު ސަލާމަތުން ހުއްޓާ އަމިއްލަ ނަފްސަށް އޮޅުވާލެވޭނީވެސް ކިހިނެއްހެއްޔެވެ؟ ބިރުން ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އެވަގުތު ބޯ ދޮރުފޮތިތައް ފޫ […]
ބުރުއްސައިގެން އައި ވާރޭގެ ތިކިތައް މޫނުގައި ޖެހުމުން އަމާނާ ދިޔައީ ސިއްސައިގެންނެވެ. އަތުން މޫނު ފޮހެލުމަށްފަހު ހައިރާންކަމާއެކު ހުޅުވާފައި ހުރި ކުޑަދޮރަށް ބަލާލިއެވެ. ކަންފަތުގައި އަޅައިގެން އިން ހެޑްސެޓް ނައްޓުވާލުމަށްފަހު ކިޔަވަން އިން މޭޒު ދޮށުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ. ފުރާޅަށް ވާރޭގެ ތިކިތައް ދެމުންދިޔަ ހަމަލާތަކުގެ އަޑާއި ޖެހިމުންދިޔަ ބާރު ވައި ރޯޅިތަކުގެ އަޑު އިވުނީ ދެނެވެ. ކުޑަދޮރުގެ ދާރާގައި އަތް އަޅުވާލަމުން ގުދުވެލާފާ އަމާނާ އުޑަށް ބަލާލިއެވެ. އުޑުމަތީ ރަސްކަން ކުރަމުންދާ […]