Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

ގަނޑުވަރުގެ ސިއްރު 4

އަހްނަލް Level 1
August 2, 2023 2 Mins Read
0 Comments

ދޮރުވާނުގެ މިވާހަކަ އަޑުއިވިފައި ލިއާގެ މަންމަ ދޮރާދިމާލަށް ދިޔުމަށް އަވަސްވެގަތެވެ. އެހެނީ ވަޒީރަކީ އާންމުކޮށް މީހުންގެތެރެޔަށް ނިކުމެއުޅޭ މީހެއް ނޫނެވެ. އަދި އޭނާ ނުރުހޭ މީހުންގެވަސް ނައްތާލާ މީހެކެވެ. މާތް ﷲ އާ ވަކީލު ކުރުމަށްފަހު ވަޒީރާ ކުރިމަތިލުމަށް ގަނޑުވަރުގެ ދޮރޮ ހޮޅުވުމަށް ހާދިމުންނަށް އިޝާރާތް ކުރިއެވެ. 2 ފަރާތުގައިތިބި ވަރުގަދަ 2 ފާރަވެރިންނާއެކު ވަޒީރު އަންނަތަން އެބަ ފެނެއެވެ. ވަޒީރަކީ އެތައްއަހަރެއް ވެފައިހުރި ދުވަސްވީ މުސްކުޅިއެކެވެ. މުޅި މޫނުގައި ހުރީ ރޫ ޖެހިފައެވެ. އަދި ލޯ މަތީގައިވާ 2 ބުމަވެސް ވަނީ މުޅިން ހުދު ވެފައެވެ. ނަމަވެސް އުމުރާއެއްވަރަށް ބޮޑާކަމާއި ދަހިވެތިކަން ލައިގެންހުރި ހެދުމުން އެކަނިވެސް  ދިޔައީ ފެންނަމުންނެވެ. ލައިގެން ހުރި ރީނދޫ ކުލައިގެ ފޭރާމުގެ މޭމައްޗާއި 2 އަތުކުރި ޖަރީކޮއްފައިވަނީ ރަނުންނެވެ. އެހެދުމުގެ ފަސްބައި ބިންމަތީގައި ދިޔައީ ކޭއްތެމުންނެވެ. އަދި އަލިގަދަވެގެންވާ ތާޖެއް އޭނާގެ ނުރަ އިސްތަށިގަނޑު މަތިން ފެންނަން ހުއްޓެވެ.  އަނދައަނދައި ހުރި އަލިފާން ފަރުބަދައެއް ފަދަ ރުޅިވެރި 2 ލޯ ލިޔާގެ މަންމައާއި ދިމާލަށް އަމާޒުކޮއްލިއެވެ. ޝާހީ ނިޝާންޖެހިފައިވާ އަގޮޓިކޮޅާއި މަގާމުގެ ރަމްޒެއްގެގޮތުން އަޅާފައިވާ ތާޖުނޫން އެހެން ގަހަނާއެއް ލިއާގެ މަންމަ އަޅާފައެއްނުވެއެވެ.

އެތަނު ގައި ތިބި ހާދިމުން ތަން ދޫކޮށް ދިޔުމުން ރުޅިވެރި ރާގަކަށް ވަޒީރު ބުންޏެވެ. “އޭ ލާރާ ދުނިޔޭގައި ހުރުމަށްޓަކައި މީގެ 17 އަހަރު ކުރިން އަހަންނަށްވީ ވައުދު ހަދާންނެތުނީތަ”؟

“ނޫން ހަދާން އެބަހުރި”. “އެހެންވީރު ކީއްވެ ކަލޭގެ ދަރި މިޔަދު އަސަދުގެ ގާތަށްދިޔައީ؟ ސަރުކާރުގެ ރަސްމީ ތަންތަނަށް އޭނާ ދިޔުން މަނާކޮއްފައިވާއިރު”؟

“އަސަދަކީ އޭނާގެ ބޮޑުބޭބެ އަދި ލިޔާއަކީ މިހާރު ފުރާވަރުގެ ޒުވާނެއް”. “ވީމާ އެކަމާމެދުތިޔަ ކަންބޮޑު ވެލައްވަނީ ކީއްވެ”؟

“ލާރާ”!! “ލާރާ”!! “ރަސްކަމުގެ އަމުރުވެރިކަން ނެތްއިރުވެސް އަހަންނާ ޖަދަލު ކުރަނީތަ!!! މުޅި މާލަން ގުގުމައިގެން ދާހާބާރަށް ވަޒީރު ހަޅޭލަވައިގަތެވެ. “ކަލޭ އަހަންނާއެކުވީ ވަޢުދަކިީ ޖާނާ މާލަށްވުރެވެސް އަގުހުރި އެއްޗެއް”. “ނުބެހޭކަންކަމުގެ ތެރަޔަށް ވަނުމަކީ މަރުވެގެންދިޔަ އަމީރުގެ އާދަޔެއް”. “ކަލޭގެފުރާނަޔާ ދޭދެތެރޭ ކިރިޔާވެސް ފަރުވާލެއް ހުރިނަމަ އެފަދަ މީހަކަށް ކަލޭގެ ދަރިފުޅު ވިޔަނުދީ އެއީ ހަޔާތުގެ އުފާތަކަށް ހުރަސް އަޅާ ބަޔެއް”. މިފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށް އަހަރެން ދާނީ މިގެވަށައިގެން ބެލެހެއްޓުން ސިފައިންނާ ހަވާލު ކޮއްފާ މީގެފަހުން ގޯތިތެރޭގައި މިވާބަގީޗާއިން ބޭރަށް ލިޔާ ދިޔަދީގެން ނުވާނެނެ. މިހެންބުނުމަށްފަހު ވަޒީރު ނިކުމެގެން ހިގައްޖެއެވެ.

ވަޒީރުގެ މިވާހަކަ އަޑުއިވުމުން ލިޔާއަށް ހަމަލާދިނީ މަގުފޭރޭ މީހުން ނޫން ކަމާއި އެއީ ފިލާތިބި ސިފައިންގެ މީހުން ކަން ލާރާ އަށް ޔަގީން ވިޔެވެ. އެވަގުތު ނުރައްކަލެއް ކުރިމަތި ވެއްޖެ ކަމުގެ އިހުސާސް ކުރެވި މާތް ﷲގެ ހަޟުރަތަށް ދުޢާ ކުރަން ފެށިއެވެ. “އަޅުގެ ވެރި ރަސްކަލާކޯ ތިޔަ އިލާހުގެ ހަޟުރަތުން އަޅަމެންނަށް ރަހުމަތެއް ލައްވާންދޭވެ. އަދި އަނިޔާވެރިންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާންދޭވެ”.

އެޔަށް ފަހު ލިޔާ ބާއްވައިފާ ކޮޓަރިޔަށް ވަދެ ނަސޭހަތުގެ ގޮތުން ބުންޏެވެ. “ދަރިފުޅާ މަންމަ ދެކެ ލޯބިވާނަމަ މީގެފަހުން ރަށުތެރޭގެ ތަންތަނަށް ގޮސްނޫޅޭތި. އަހަރުމެންގެ ހާދިމުންނާ ނޯކަރުން އެބަތިބި އެމީހުންގާތުގައި ބުނުމުން ބޭނުންވާ ކަމެއް ކޮއްދޭނެ”. ލިޔާގެ ގައިގާ މަޑުމަޑުން ބައްދާލަމުން އޭނާގެ މަންމަ ބުންޏެވެ.

ދުވަސްތައް ދާދި އަވަހަށް ފާއިތުވަމުން ދިޔައެވެ. މަންމަގެ އާދޭހާ އެކުވެސް ލިޔާ ހުރީ ގޮތްދޫކުރާ ގޮތަކަށްނޫނެވެ، އެދުވަހުގެ ކަންތައްތަކަށް ފަހު ވަޒީރާ މެދު އޮތް ނަފުރަތު 2 ގުނަޔައް އިތުރުވެއްޖެއެވެ. އަދި ގަނޑުވަރުތެރޭގެ ހުރިހާ ސިއްރެއް ހޯދުމަށް އަޒުމު ކަނޑައެޅިއެވެ.

ބޭރުގައި ތިބި ދެސިފައިންގެމީހުން ވާހަކަ ދައްކާ އަޑުއިވުމުން އެދައްކާ ވާހަކަ އަޑު އެހުމަށް ޓަކައި ކައިރީގައި ހުރި ތަބެއްގެ ނިވާ ހޯދިއެވެ.

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

އަހްނަލް

Level 1

Other Articles

Previous

ލޯބީގެ ކުރި ދަތުރު 2

Next

ދިރުމެއްނެތް ދިރިއުޅުން 19

Next
August 3, 2023

ދިރުމެއްނެތް ދިރިއުޅުން 19

Previews
August 2, 2023

ލޯބީގެ ކުރި ދަތުރު 2



All Right Reserved!