Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

ގަނޑުވަރުގެ ސިއްރު 5: ލާރާވީ ވައުދުގެހަގީގަތް

އަހްނަލް Level 1
August 6, 2023 3 Mins Read
0 Comments

ފްލޭޝްބެކް:

އިރުއޮއްސެމުންދިޔަވަގުތު ގައި ވަޒީރު އޭނާގެ ހަތިޔާރު އެޅި ފައުޖާއިއެކު ގަދަ ބާރުން ގަނޑުވަރަށް ވަދެގަތެވެ. އެވަގުތު ތުއްތު ލިއާ އުރައިލައިގެން ލާރާ އިނެވެ. އެހިދު އެ ދެމައިންނަށް އަމުރުކުރުމުގެ ގޮތުން ވަޒީރު ބުންޏެވެ. “ލާރާ ހާރިޘް މަރުވުމަށް ފަހު ރަސްމީއެއްވެސް ހައިސިއްޔަތެއް ކަލެޔަށް ލިބިގެނެއްނުވޭ”. މިޔަދުގެ ފަހުން މިގަނޑުވަރާއި  ކަލޭގެ މަގާމުވެސްމި ނިމުނީ. ދެން ކަލޭ ވާންޖެހޭނީ އަހަންނަށް ހިދުމަތް ކޮއްދޭ މީހަކަށް. “އިއްޒަތްތެރި ވަޒީރު މަނިކުފާނައްވެސް ބޭފުޅަކު ލިބިވަޑައިގެންނެވީ އުމުރުން އެތަށް ދުވަހެއް ވުމަށްފަހު. ހާރިޘް ދުނިޔޭގާ ނެތަސް އޭނާއަށްވެސް ދަރިއެއް ލިބިފައިވޭ. މިކުއްޖާއަށްޓަކައި އަޅުގަނޑުމެން ދޫކޮއްލައްވާ. އާދޭސް ކުރަމުން ވަޒީރުގެގާތުގައި ލާރާ ބުންޏެވެ. “އެންމެ ރަނގަޅު އެކަމަކު މިގަނޑުވަރުގައި ހުރި ތިރިބިމާއި ގުޅުންހުރި ލިޔުންތަށް ނައްތާލާ އަދި ސަރުކާރުގެ ރަސްމީ އެއްވެސް ކަމެއްގައި ކަލޭވެސް އަދި ކަލޭގެ ދަރިފުޅުވެސް ބައިވެރިވެގެން ނުވާނެ.

“ލިޔާ”!! އޭނާގެ ދަރިފުޅޫގެ ނަމުންގޮވާލުމާއެކު ކުއްލި ސިހުމަކާއިއެކު ލާރާއަށް ހޭލެވުނެވެ. އޭނާއަށް މި ހުވަފެނުގައި މިފެނުނީ މީގެ 17 އަހަރުކުރިން ވަޒީރުގެ ކިބައިން އޭނާ އާއި ލިޔާ ސަލާމަތްކުރުމަށް ވައުދުވީ ދުވަހެވެ. ވަޒީރުގެ އިންޒާރުގެ އަޑު އަދިވެސް ލާރާގެ ކަންފަތުން ނުކެޑެއެވެ. ލިޔާގެ ގާތަށްދިޔުމަށް ކޮޓަރިން ނުކުމެ ގަނޑުވަރު ތެރޭގައި ހިގައިގަތެވެ. މިމަންޒަރު ހާދިމާ އަކަށްފެނުމުން ބުންޏެވެ. “ކިހިނެއްތޯވީ ސާހިބާކަމަނާ؟” ހާދަހާސްވެފައި ތިހުންނެވީ! “ލިޔާ ކޮބައިތަ”؟ “ފަތިހުގެ ވަގުތުގައި ބަގީޗާއަށް ވަންތަން އަޅުގަނޑަށް ފެނުން”. ހާދިމާގެމި ވާހަކަ އަޑުއިވިފައި ލާރާއަށް ތަސައްލީ ލިބުނެވެ.

ސިފައިންގެމީހުން ދައްކާ ވާހަކަ ސިއްރުން އަޑުއަހަން ލިޔާ ހުއްޓެވެ. އެ 2 މީހުންގެތެރެއިން އެކަކު ބުންޏެވެ. “އަހަރެން ކުޑައިރު މަންމަ އަހަރެންގާތު ބުނާނެ ކަމަކަށް ބޭނުން ވެއްޖެ ނަމަ ހާރިޘްގެ ގާތަށް ދާށޭ އޭނާއަކީ ކަމަކަށް އެދި އަންނަ މީހާ ފޮނުވާލާނެ މީހެއްނޫނޭ އަދި އަހަރުމެންގެ ތެރޭގައި ތާރީހް އެންމެ ރަނގަޅަށް އެނގޭ މީހަކީ ވެސް އޭނާ”.  “ތި ވާހަކައިން ހީވަނީ ކަލޭތިއީ އޭނަޔަށް ތާއީދުކުރާ މީހެއްހެން”. “އޭނާގެ ދަރިފުޅަށް ފާރަލާން ހުރި ސިފައިންގެ މީހެއް ހެނެއް ހިޔެއްނުވޭ”. “އާނ އަހަރެންގެ މައިންބަފައިން އޭނާއަށް ވަރަށް ގަދަރުކުރި. ނަމަވެސް އަހަރެންގެ އުމުރުން ގާތްގަޑަކަށް 12 އަހަރުގައި ހާރިޘް މަރުވެއްޖެ. “އެއަށްފަހު އަހަރެންވީ މިޝަހަރު ހިމާޔަތްކޮއްދޭ ސިފައިންގެމީހަކަށް. އެއީ އަހަރެންގެ މުސްކުޅި މަންމައަށް ބަލަންހުރި މީހަކީ އަހަރެންކަމުގައިވާތީ”. “ހާރިޘަށް ތައުރީފުކުރުމަކީ މިރަށު މުސްކުޅިންގެ އާދެޔެއް މިރަށުގެ ވެރިޔަކީ މިހާރު ކާކުކަން ކަލެޔަށް އެގޭތަ”؟  “ތިޔަބުނީ ވަޒީރުގެ ވާހަކަތަ”؟ “ހަހަހާ ކަލޭކަހަލަ މީހަކަށް އެގޭނީ ކިހިނެއް”. މިރޭދަންވަރު އަހަންނާއެކު އޭނާގާތަށް ދާންހިގާ”. މިހެން ބުނުމަށްފަހު އެ ދެ މީހުން ދުރަށް ހިގައްޖެއެވެ. ތަބުގެ ފަހަތުގައިފިލާ ހުއްޓާ ކައިރިން ގޮވާލި އަޑު އިވުނެވެ. “ރޯމާ ދުވާލުވެސްތިއުޅެނީ ފިލާތަ”؟ ފަހަތަށް އެބުރި ބަލާލިއިރު ހުރީ ބަގީޗާ ބަލަހައްޓާ ވަރުދާއެވެ. އޭނާ އަކީ ލިޔާގެ ހުންނަ ހަމައެކަނި އެކުވެރިޔާއެވެ. ވަރުދާ އަކީ އޭނާގެ އުމުރުން ވަރަށް ހަގުއިރު ގަނޑުވަރުގެ ހިދުމަތަށް ނެގި ކުއްޖެކެވެ. އަދި މާމެލާމެއްޔަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ވަރުދާއޭ ކިޔާ އޭނަޔަށް ނަންދިނެވެ. އޭނާއަކީ އިސްކޮޅުން ކުރު ދޮން ކުއްޖެކެވެ. އަދި ލާއުޅެނީ އެންމެ އާދައިގެ މީހުން ލާކަހަލަ ހެދުމާއި ބުރުގާއެވެ.  ފެންނަފެނުމަށް ލިޔާ އާ އެއްވަރުވިޔަސް ލިއާއަށް ވުރެ ވަރުދާ 5 އަހަރު ދޮށިވާނެއެވެ.  “އެމީހުން ދެއްކިވާހަކަ އަޑުއެހިންތަ”.؟ ” އަދިވެސް ތިއުޅެނީ ތިރިބިމުގެމީހުންގެ ވާހަކަ ހޯދުމުގައިތަ”؟ “ވަޒީރަށް ވުރެ ބާރުގަދަމީހަކު ހުއްޓޭ ބުނުމުން ހައިރާނެއްނުވޭތަ”؟ ނޫން އަހަންނަށްވެސް އިވުނު އެންމެ އުސްފަރުބަދައިގާ 4 ޓަވަރު ޖަހާފައިވާ ކިއްލާގައި އުޅޭ ވަޒީރު މިހާރުވެސް އަހަރުމެންނަށް ހަމަލާ ދީފާނެތީ އަހަރެންމާ ކަންބޮޑުވޭ. “އަހަންނާއެކު އާދޭ.”

މިހެން ބުނެފައި ވަރުދާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ލިޔާވަނެވެ. “އަހަރެން އޭނާ ދެކެ ބިރެއްނުގަނޭ އަދި ބޭނުންވަނީ އޭނަޔާ ކުރިމަތިލާ މަންމަ އާއި ބައްޕަ ދެކެ އެހާ ރުޅި އަންނަ ސަބަބެއް ހޯދަން”. “އަހަރެން ބޭނުންވަނީ މިކަމުގައި ވަރުދާ އަހަންނަށް އެހީވެދެން.” “މިގަނޑުވަރުން ނުކުމެވޭ ސިއްރު ދޮރެއް އަހަންނަށް ދައްކާދީ”. “އެންމެ ރަނގަޅު އެންމެ ކުޑައިރު ވެސް ކުރާނަމޭބުނާ ހުރިހާކަމެއް ލިޔާ ކުރާނެ އެއީ ކިތަންމެ ބިރުވެރިކަމެއްވިޔަސް”. “ތިކަމާ ގުޅޭގޮތުން އަހަންނަށް އިގޭ އެއްޗެއް ބުނަންތަ”. “މިކުޑަދޮރުން ފެންނަ ބަގީޗާއަށް ނިކަން ބަލާބަލަ”. ކުޑަދޮރުން ލިއާބަލާލިއިރު އެކި ކުލަކުލައިގެ މާތައް ހައްދާފައި ހުއްޓެވެ. އަދި ބަގީޗާގެ ތެރޭގައި ހިގާއުޅުމަށް 4 މަގު ހަދާފާވެއެވެ. ވާހަކަ ކުރިޔަށް ގެންދަމުން ވަރުދާ ބުންޏެވެ. “މިގަނޑުވަރުގެ ކުލަޔަކީ ފެހިކުލަ މި ބަގީޗާއިންވެސް ފެންނަނީ ފެހިކަން މިތަނުން މަދުވާ މަލެއް ލިޔާއަށް އެނގޭތަ”؟ “ހާރިޘް ބޭބެ ބުނިގޮތުގައި ބިއްލޫރިފަދައިން އެތެރެފެންނަ މަލެއް ހުރޭ އަދި މިމާ ހެދެނީ ތިރިބިމުގައި އޮންނަ ވައްކޮށް އޮންނަ ބޮޑު ފެންގަނޑެއް ކައިރީގަ “. “މީގެ މަލެއް ފެނިއްޖެ ނަމަ އަހަންނަށް ގެނަސްދީ”. ވަރުދާގެ ވާހަކަ ނިމުމާއެކު ލިއާ އޭނާގެ އެކުވެރިޔާއާ ދިމާލަށް މޫނު އަބުރާލާ އެއްބަސް ވުމުގެގޮތުން ކޮޑުގާ އަތްބާއްވާލިއެވެ. ވަރުދާގެ މިވާހަކަ ވެގެންދިޔައީ ލިޔާއަށް އުންމީދާއި ޝުކުރުވެރިކަމުގެ އިހުސާސްގެނުވި ބަސްތަކަކަށެވެ.

ދެކުދިން ބަގީޗާއަށް ދާންހިގައިގަތެވެ. ވަރުދާ އަވަސްވެގަތީ ބަގީޗާގައި ހުރި ގަސްތަކަށް ފެންދިނުމަށެވެ. ހަމައެވަގުތު ލިޔާ އެތަން ބަލައިލުމަށް ޓަކައި ހިގަމުން ދިޔައެވެ. މިތާންގައި އެތެއް ސަތޭކަވައްތަރެއްގެ މާ ހައްދާފައި ވެއެވެ. މީގެ ތެރޭގައި ލެވެންޑާ، މެގްނޮލިއާ އަދި އެޒޭލިއާ ފާހަގަކުރެވެއެވެ. ބަގީޗާގައި  ސަރަހައްދުތަކެއް ހުރި އިރު މިއިން ކޮންމެ ސަރަހައްދުވެސް ޙާއްސަ ކުރެވިފައިވަނީ ވަކި ކުލައަކަށެވެ. މީގެ ތެރޭގައި އޮރެންޖު، ވައިލެޓު، ފިޔާތޮށި އަދި ހުދު ހިމެނެއެވެ. މިއިންކޮންމެ ސަރަހައްދެއް ވަކި ކުރުމަށްޓަކައި އެކުލައެއްގެ ބޮޑު ގަހެއް އެ ސަރަހައްދެއްގެ ކައިރީގައި އިންދާފައި ހުއްޓެވެ. މިތަނުގެ މަގުތައް ފަރުމާ ކޮއްފައި ވަނީ ޑަޔަމަންޑެއް ގެ ބައްޓަމަށް ކޮމަށްވާތީ ފަސޭހައިން އެންމަގުން އަނެއް މަގަށްގޮސްއުޅެވެއެވެ.

ލިޔާ ހިގައިފާ ދަނިކޮއް ވަރަށް އެތެރޭގައި ހުރި ބޮޑެތިބިޔަ ގަސްތަކެއް ފެނުނެވެ. އެހެން ގަސްތަކާ ހިލާފަށް މިގަސްތަކުން ތަފާތު ރީތި ކުލައެއް ނުފެނެއެވެ.

ކަމުގެ ހަގީގަތް ބަލާލުމަށްޓަކާ އެތަނަށް ލިޔާ ވަނެވެ. އޭނާއަށް ހައިރާންކަން ލިބުނީ މިތަނުގެތެރެއިން ބިއްލޫރިފަދައިން އެތެރެފެންނަ މަލެއް ފެނުމުންނެވެ. އެވަގުުތު ހިތާހިތާ ލިޔާއަށް ބުނެވުނެވެ. “މިއީ ވަޒީރުދެކެ ގަންނަ ބިރުން ދޮރުހުރިތަން ބުނެދިނުމަށް ވަރުދާ ކުރި އިޝާރާތެއްބާ”؟ އެމަލާ ދިމާޔަށް ދުއްވާގަތްތަނާ ގާގަޑެއްގައި އަޅާގަނެފައި ލިޔާ ވެއްޓުނެވެެ. ރަނގަޅަށް ބަލާލިއިރު ފެނުނީ  ބިންގަރާހަކަށް ވަންނަ ސިއްރު ދޮރެކެވެެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

އަހްނަލް

Level 1

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 19

Next

ވިންދޭ ތީ މަގޭ-5

Next
August 6, 2023

ވިންދޭ ތީ މަގޭ-5

Previews
August 3, 2023

ދިރުމެއްނެތް ދިރިއުޅުން 19



All Right Reserved!