Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

ގަނޑުވަރުގެ ސިއްރު 3

އަހްނަލް Level 1
July 20, 2023 2 Mins Read
0 Comments

ޝައުގުވެރިކަމާއެކު އަސަދުގެ ވާހަކަ އަޑުއަހަން އިދެ ލިޔާ ސުވާލުކުރިއެވެ. “އެހާ ހަމަހަމަކަމަށް ލޯބިކުރެއްވި އިރު މިރަށުގެ އެއް ސަރަހައްދު އަހަރުމެންނާ ވަކިކުރެވިފައި އޮތްއޮތުމާ ބައްޕަ ހައިރާނެއް ނުވޭތަ”؟  “ބައްޕަ ޢިލްމު އުގަންނައި ދެއްވި އިރު ބައްޕަގެ ގާތުން އުގެނުނު އެއްވެސް ދަރިވަރެއް ބޮޑުބޭބެއަށް އެގޭތަ”. މިރަށު އެކި ހިސާބުތަކުގައި ތިބޭނެ.”. މިވާހަކަތައް އަޑުއިވިފައި ލިޔާއަށް ހައިރާންކަން ލިބި 2 ލޯ ބޮޑުވިއެވެ. އަދި ބާރު އަޑަކުން ބުންޏެވެ. “ތިވިދާޅުވަނީ ބައްޕަގެ ޢިލްމު މިހާމަދު ބަޔަކަށް އެނގޭ އިރުވެސް ޢިލްމު ފަތުރަން މަސައްކަތް ނުކުރެއޭތަ؟ އަދި ތަފާތުކުރުން އިންތިހާއަށް ދިޔައިރުވެސް އެކަމައި އަޅާނުލައޭތަ؟ “ނޫނީ އެކަމަށް ބާރުގަދަ މީހަކު އިންކާރުކުރީތަ؟” ހައިރާން ކަމާއެކު ލިއާ އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ. މިރަށުގައި ކަންހިގާގޮތް ކޮއްކޮއަށް އެގެއެއްނު.” “ގިނަ މީހުން އުޅެނީ މުދަލުގެ ރޭހުގައި މިއިންކަމަކަށް އަޅާލުމެއް ނެތި. ދެން ތިބިމީހުން އެތިބީ ވަޒީރު ދެކެގަންނަ ބިރުން އަގައިން ނުބުނެ “ކޮއްކޮގެ ކަންބޮޑުވުން ވިސްނޭ އެކަމަކު މިއީ އެއްދުވަހުން ކިޔާދެވޭ ވަރަށްވުރެ ދިގު ވާހަކައެއް. ދެން އެހެން ދުވަަހަކަށް މިވާހަކަ ބާއްވަމާ” ލިއާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

އަސަދު މިހެން ބުނުމުން ލިއާ އޭނާ އިށީންދެގެން އިންތަނުން ތެދުވެ ހިގައިގަތެވެ. އިސްއުފުލައި ބަލައިލި އިރު މެންދުރުގެ އަވިބާރު ވަގުތު އޮތީޖެހިފައެވެ. ލިޔާ ގެޔަށް ދާން ބޭނުންވިއެވެ. ކުރިމަތީގައިި އޮތް ދިގު ދަތުރާމެދު ފުންކޮށް ވިސްނާލިއެވެ. ކްރީމް ކުލައިގެ އުސްޓަވަރާ ބުރުޒުތައް ގިނަ ފަރުބަދަމަތީ  އޮންނަ މި ރަށުގައި ދަތި އުދަގޫ ދަތުރެއްކުރަން ޖެހެއެވެ. މިއިމާރާތްތަކުގެ ޗާލުކަމާއި ފުރިހަކަމަށް ވުރެ ލިޔާއަށް އިސްކަންދެވުނީ އޭނާގެ ހިތަށްވެރިވި ސުވާލުތަކަށެވެ. ބައްޕަ އަމީރަކަށްވެފައި އާންމުންގެ ތެރޭގައި މަގުބޫލުކަންބޮޑު އިރުވެސް ބައްޕަގެ މަގުސަދު ކާމިޔާބު ނުވީ ކީއްވެ ކަމާއި ބައްޕަގެ ދަރިވަރުންތިބި އިރު އެމީހުން އެހާފިލައިގެން އުޅޭ ސަބަބާމެދު ވިސްނުނެވެ. އެއްމެގާތްކުރާ ޖަވާބެއް ކަމަށް ވިސްނުނީ ވަޒީރުގެ އަނިޔާވެރިކަމެވެ. ނަމަވެސް އޭނާ އެންމެ ހައިރާންވީ ބޮޑުބޭބެ އެހާވަރުގަދަ ސިފައިންގެމީހަކަށް ވީއިރުވެސް ބައްޕައާ އިދިކޮޅުހެދި މީހުނާކުރިމަތި ނުލުމުންނެވެ.

ހިލައާއި ގާގިނަ ފަސްހަރުވެލީގެ ހޫނުން އޭނާގެ ދެފައި ފިހޭވަރުވިއެވެ. ތަންކޮޅަކަށް ދެވުނު ތަނާ މީހަކު ލިޔާއަށް ފާރަލާ ހެންހީވިއެވެ. ނަމަވެސް ފަހަތަށް އެބުރިބަލައިލި އިރު އެއްވެސް މީހެއް ފެންނާކަށްނެތެވެ. ހަމައެކަނި ފެންނަނީ ބޮޑެތި ބިޔަ ފަރުބަދަތަކެވެ. ބަލާލި ކޮންމެ ދިމާލަކުން ހިތަށް ސިފަވީ ނާމާންކަމެވެ. ހިޔާވަހިކަމެއް ދޭނެ ގަހެއްހާހިސާބުވެސް ނެތް މި ހުސްބިމުގައި އުޅޭނީ ކާކުހެއްޔެވެ؟ ލިޔާ ގަސްތުކުރީ ކުރިއަށް ހިގައިގަތުމަށެވެ.

އިރުތަކެއްނުވެ ބާރުމިނުގައި އައި ތީރެއް އޭނާގެ ވާތު ކޮޑަށް އަމާޒުވިއެވެ. ފަސްއެބުރި ބަލާލިއިރު ފެނުނީ ހަތިޔާރާއެކު މޫނުނިވާކޮއްގެންތިބި ބަޔެކެވެ. އެމީހުން ފެނުމާއެކު އެއީ ފިލާތިބި މަގުފޭރޭ މީހުންކަން ލިޔާއަށް ވިސްނުނެވެ. އެވަގުތު އަމިއްލަ ފުރާނައިގެ ސަލާމަތަށް ޓަކައި ގައިހުރިހާ ބާރެއްލާފައި ލިޔާ ދުއްވައިގަތެވެ.

އެމީހުންގެ ގާތުން ސަލާމަތް ވެވުނީ 2 ފަރުބަދަ ދޭތެރެއިން ދިޔުމަށްފަހު ތިރީގައި އޮތް މަގަށް ފުންމާލުމުންނެވެ. އެތެރޭގައި ހުރި ތޫނު ގާތަކުގައި ގޭނެމުން ވެއްޓުނީ ބާޒާރުމަތީ މަގަށެވެ. އެތާންގައިތިބި މީހުންގެ ތެރެޔަށް ވަދެ މަސްހުނިވުމުން އެމީހުނަށް ލިޔާ ގެއްލުނެވެ.

ލިބިފައިވާ ޒަހަމުތަކަށް ލުޔެއް ލިބޭތޯ އެތާންގައި ހުރި ވިޔަފާރިވެރިޔެއްގެ ގާތަށް ގޮސް ބުންޏެވެ. “ބޭބެ އަހަރެންގެ ފާރުގަނޑު ގައި އަޅާނެ ބޭހެއް ދީބަލަ”. އޭރު ލިޔާގެ ކޮޑުން ލޭ ފައިބަމުންދިޔައެވެ. އަދި މުޅިހެދުމުގައި ހުރީ ކިލާ އުގުޅިފައެވެ. “ނޫން ކަލޭވާނީ ސާހިބުމީހާއަށް ފިލައިގެން އުޅޭ އަޅުކުއްޖަކަށޭ” ބުނެ މިތަނުންދާށޭ ކިޔައި ފަހައިގަތެވެ. ކުޑައިރުއްސުރެ އެންމެ މަތީ އިއްޒަތުގައި އުޅުނު ލިޔާއަށް މިކަން ވެގެން ދިޔައީ މުޅިން އައު މަންޒަރަކަށެވެ. މިކަމުގެ ސަބަބުން ބޮޑުބޭބެގެ ވާހަކަޔާމެދު އިތުރަށް ވިސްނަންޖެހުނެވެ.

ހިތްވަރުކޮއްފާ ގެޔަށް އައިސް ވަތްއިރު ލިޔާގެ އިންތިޒާރުގައި މަންމަ ހުއްޓެވެ. އަދި ލިޔާގެ ހާލުފެނުމާއެކު ކަންބޮޑުވެފައި ހުރި މަންމައަށް ރޮވޭގޮތްވެ އަތުގައި ހިފާގެންގޮސް އެނދުގާ ބޭއްވުމަށް ފަހު ލިޔާއަށް ފަރުވާދޭންފެށިއެވެ. ކަންހިގިގޮތް މަންމައަށް ކިޔާދިންތާ ކުޑައިރުކޮޅެއް ފަހުން ދޮރުވާނު އައިސް ބުންޏެވެ.”ސާހިބާ، ވަޒީރު ބޭރުގައި އެބަ ހުންނެވި ހުންނެވީ ވަރަށް ކޯފާވެފައި”.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

އަހްނަލް

Level 1

Other Articles

Previous

މަންމަގެ ޤުރްބާނީ

Next

ދިރުމެއްނެތް ދިރިއުޅުން 16

Next
July 21, 2023

ދިރުމެއްނެތް ދިރިއުޅުން 16

Previews
July 20, 2023

މަންމަގެ ޤުރްބާނީ



All Right Reserved!