މި ބިންގަރާހަކީ ދަނގަޑުމަތިގަޑަކުން ބަންދުކުރެވިފައިވުމާއި ބިޔަ ގަސްތައް ބިނާކޮއްފައިވާ ސަރަހައްދުގެގޮތުން މިއީ ދުރާލާ ރޭވިގެން ބިނާކޮއްދައިވާ ތަނެއްކަން އިގެއެވެ. އެހެނީ މިއީ ފަސޭހައިން ވަދެވޭނެ ތަނެއް ނޫނެވެ. މިއީ ބަގީޗާގެ ވަރަށް އެތެރެ ހިސާބަކަށް ވުމުގެ އިތުރުން ބޭރުފުން ބަލާއިރު މިތަން ފެންނާނީ އެންމެ ފޫހިއެއް ތަނުގެ ގޮތުގައެވެ. ފާހަގަ ކުރެވޭ ސިފައެއް ނުފެންނަ މިގަސްތަކުގެ ތެރެއަށް ވަދެދާނެ ކަމަށް ގަބޫލެއްނުކުރެވެއެވެ. އަދި އެތެރެއަށް ވަނުމައްފަހު ވާ އުދަގޫމާ ބޮޑެވެ. ބަގީޗާގެ އެހެން ބައިތަކާ ހިލާފަށް ހިގާއުޅޭނެ […]
ފްލޭޝްބެކް: އިރުއޮއްސެމުންދިޔަވަގުތު ގައި ވަޒީރު އޭނާގެ ހަތިޔާރު އެޅި ފައުޖާއިއެކު ގަދަ ބާރުން ގަނޑުވަރަށް ވަދެގަތެވެ. އެވަގުތު ތުއްތު ލިއާ އުރައިލައިގެން ލާރާ އިނެވެ. އެހިދު އެ ދެމައިންނަށް އަމުރުކުރުމުގެ ގޮތުން ވަޒީރު ބުންޏެވެ. “ލާރާ ހާރިޘް މަރުވުމަށް ފަހު ރަސްމީއެއްވެސް ހައިސިއްޔަތެއް ކަލެޔަށް ލިބިގެނެއްނުވޭ”. މިޔަދުގެ ފަހުން މިގަނޑުވަރާއި ކަލޭގެ މަގާމުވެސްމި ނިމުނީ. ދެން ކަލޭ ވާންޖެހޭނީ އަހަންނަށް ހިދުމަތް ކޮއްދޭ މީހަކަށް. “އިއްޒަތްތެރި ވަޒީރު މަނިކުފާނައްވެސް ބޭފުޅަކު ލިބިވަޑައިގެންނެވީ އުމުރުން އެތަށް ދުވަހެއް ވުމަށްފަހު. […]
ދޮރުވާނުގެ މިވާހަކަ އަޑުއިވިފައި ލިއާގެ މަންމަ ދޮރާދިމާލަށް ދިޔުމަށް އަވަސްވެގަތެވެ. އެހެނީ ވަޒީރަކީ އާންމުކޮށް މީހުންގެތެރެޔަށް ނިކުމެއުޅޭ މީހެއް ނޫނެވެ. އަދި އޭނާ ނުރުހޭ މީހުންގެވަސް ނައްތާލާ މީހެކެވެ. މާތް ﷲ އާ ވަކީލު ކުރުމަށްފަހު ވަޒީރާ ކުރިމަތިލުމަށް ގަނޑުވަރުގެ ދޮރޮ ހޮޅުވުމަށް ހާދިމުންނަށް އިޝާރާތް ކުރިއެވެ. 2 ފަރާތުގައިތިބި ވަރުގަދަ 2 ފާރަވެރިންނާއެކު ވަޒީރު އަންނަތަން އެބަ ފެނެއެވެ. ވަޒީރަކީ އެތައްއަހަރެއް ވެފައިހުރި ދުވަސްވީ މުސްކުޅިއެކެވެ. މުޅި މޫނުގައި ހުރީ ރޫ ޖެހިފައެވެ. އަދި ލޯ […]
ޝައުގުވެރިކަމާއެކު އަސަދުގެ ވާހަކަ އަޑުއަހަން އިދެ ލިޔާ ސުވާލުކުރިއެވެ. “އެހާ ހަމަހަމަކަމަށް ލޯބިކުރެއްވި އިރު މިރަށުގެ އެއް ސަރަހައްދު އަހަރުމެންނާ ވަކިކުރެވިފައި އޮތްއޮތުމާ ބައްޕަ ހައިރާނެއް ނުވޭތަ”؟ “ބައްޕަ ޢިލްމު އުގަންނައި ދެއްވި އިރު ބައްޕަގެ ގާތުން އުގެނުނު އެއްވެސް ދަރިވަރެއް ބޮޑުބޭބެއަށް އެގޭތަ”. މިރަށު އެކި ހިސާބުތަކުގައި ތިބޭނެ.”. މިވާހަކަތައް އަޑުއިވިފައި ލިޔާއަށް ހައިރާންކަން ލިބި 2 ލޯ ބޮޑުވިއެވެ. އަދި ބާރު އަޑަކުން ބުންޏެވެ. “ތިވިދާޅުވަނީ ބައްޕަގެ ޢިލްމު މިހާމަދު ބަޔަކަށް އެނގޭ އިރުވެސް […]
ތިރިބިމުގައި އުޅޭ މީހުންގެ މައުލޫމާތު ހޯދާނެ ގޮތަކާމެދު ވިސްނާލުމަށް ލިއާ ކޮޓަރީގައި މަޑުކޮއްލިޔެވެ. “މިރަށުގައި ޢިލްމަކީ ވަޒީރުގެ އަމިއްލަ މުދަލެއްގެ ގޮތުގައި ނުވިނަމަ މިމަސަތްކަތުގައި އަހަންނަށް އެހީވެދޭނޭ ބަޔަކު އަހަންނަށް ފެނުނީސް އެކަމަކު އަހަރުމެން މިތިބެނީ ވަޒީރުގެ ބާރުގެ ދަށުގައި ބަންދުވެފާ”. ނާއުންމީދުގެ ރާގަކަށް ލިއާ ހިތާހިތާ ބުނެލިއެވެ”. މަޑުމަޑުން މޭޒުގައި ބޯޖަހައިލަމުން ލިއާ ބުންޏެވެ. “އަހަރުމެންގެ ބާރު މިހިގަނީ ސުލްޠާނު، ވަޒީރު އަދި އޭނަޔަށް ވާގިވެރިވާ ސިފައިންނަށް ވުރެވެސް ކުޑަކޮށްް”. ކަނާތް ފަރާތަށް އޭނާގެ މޫނު […]
ރޭގަނޑު ގެ އަނދިރިކަން ފިލައި ގޮސް ފަތިހުގެ ރިހި އަލި ދުނިޔެ މައްޗަށް ވެރިވެއްޖެއެވެ. ބިންމަތީގައިވާ މާތަކާއި ޖައްވުގައި އުދުހޭ ދޫނިތައްވެސް ތިބީ މިރީތި ދުވަހަށް މަރުހަބާ ކިޔާލަ ކިޔާލައެވެ. ގަނޑުވަރުގެ ކުޑަދޮރު ކައިރީގައި އިން ލިޔާ ގެ މޫނުން ވެސް އުންމީދާއި ހިނިތުންވުން ފެނެއެވެ. ގަނޑުވަރުގެ ބޭރުން ފެންނަ ރީތި މަންޒަރު ބަލާލުމަށް ފަހު ގޮނޑިން ތެދުވެއޭނާގެ ލިޔެކިޔުންތައް ރައްކާކޮއްފައި ވާ ކޮޓަރި އާ ދިމާލަށް ދިޔުމަށް ޓަކާ ޝާހީ ނިޝާން ޖެހިފައިވާ ދޮރު ހޮޅުވާލިއެވެ. […]