ރާނީ 14
އަވީ ދެން މިހާރު ކީއްކުރަން؟
” އަދި ދުވަހަކުވެސް ކިޔާ ނުދެމެއްނު އަހަރެން ބޭނުން އެވާހަކަ އަޑު އަހަން އަބަދުވެސް ހިތަށް އަރާ މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅު އަހަރެން ކަހަލަ އާދައިގެ މުވައްޒިފެއް ދެކެ ލޯބިވީ ކީއްވެ ބާ؟ ”
އަވީ އަހަރެން ގަސްތުގައި ލޯބީ ވީއެއް ނޫނޭ… ލޯބި ވެވުނީ…. އެނޫނަސް ލޯބި ނުވެއް ބަލާނެ އެއްވެސް މީހެއްގެ ބެންކް ބެލެންސްއެއް….ހަމަ އެކަނި ހިތަށް ބަލާނީ…..
އަހަރެން ފުރަތަމަ އޮފީހަށް ދިޔަ ދުވަހުން ފެށިގެން އަވިނާޝް އަށް ހާއްސަ ސަމާލުކަމެއް ދެވުނު ކަމަކީ އަހަންނާ ދިމާލަށް ނުބަލާތީ ފުރަތަމަ ދުވަހު ހިތަށް އެރީ މޫނުގައި އެއްޗެއް ހުރިއޭ އެކަމަކު ފަހުން ހިތަށް އެރީ އަންހެން ކުދިންނާ ވާހަކަ ދައްކަން ލަދު ގަންނަނީ އޭ……އަޅާ ނުލާނީއޭ….. އެކަމަކުވެސް ތި މަޑުމައިތިރިކަން ތި އޮފީސް ހެދުން އަޅާ ސްޓައިލް ވަރަށް ކަމު ދިޔަ….. ނުބަލަން އުޅުނަސް ބެލޭ….އެންމެ ފަހުން ސުވާލު ކުރީ ވެސް އެހެން ވެ ކީއްވެ ހޭ ނުބަލަނީ؟ އެކަމް ޖަވާބެއް ނުލިބުނީމާ އަޅަނުލާން ހުރީ ޝައި ކަމަށް ހީކޮށް… އެކަމަކު އެއްދުވަހު ފެނުނު ސީމާ އާއި ވަހަކަ ދައްކަން ހުއްޓާ މަޖާވެފަ… އަދި ފުރަތަމަ ފަހަރަށް އެދުވަހު ދުށީ އަވީގެ ހިނިތުން ވުން….އަހަރެން މޮޔަކުރުވި…….ނަމެއްދޭން ނޭންގުނު އިހްސާސްތަކެއް ހިތުތެރޭގައި ވި…. އަބަދުވެސް އަވީ ފެންނަ ހިސާބުގައި ބަހައްޓަން ބޭނުންވޭ….އަވީގެ ގިނަ މައުލޫމާތު އެހޭ އޮފީސް ކުދިން ކައިރިން…..ނިދާފަ އޮތަސް ހޭލާ ހުއްޓަސް ތި ނޫން ހިޔާލެއް ނުކުރެވޭ….ބައެއްފަހަރު ލޮލުން ކަރުނަވެސް އާދޭ……އެންމެ ފަހުން އެގުނު ހަމަރަގަޅަ ވެސް މިހިރީ އިޝްގުގަ ޖެހިފައިކަން….އެހެންވެ އެކަނި ވަގުތު ހޭދަކުރަން ބޭނުންވާތީ ކޮންފަރެންސަށް ގެންދަން ނިންމީވެސް ދެން ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ހޯދަން އަހަންނާ ދިމާލަށް ނުބަލާ ސަބަބު….ސަބަބު ބުނުމުން ރުޅިވެސް އާދެވުނު އެކަމަކުވެސް އަވީ އެ ރުޅި ގަނޑުވެސް ފިނި ކުރުވި….ކޮންފަރެންސަށް ދާން ވެގެން މަންމަގެ ކުރުތާ ލީ ވެސް އަވީގެ އެޓެންޝަން ހޯދަންވެގެން…
އެދުވަހު ފުރަތަމަ ފަހަރަށް އަވީގެ ނަޒަރު އަހަންނަށް ހުއްޓުމުން އެދުވަހު އަހަރެން ހަމަ ގަނޑުވި…. ދެން އެރޭ ނޭންގޭ ބޮވުނު އެއްޗެއްވެސް…..ބޮއިގެން ގޮސް ހިތް ހުޅުވާ ދިނީމާ އަވީ އައީ ރުޅި ހީކުރީ މުޅިން ގޯސްކޮށް… އަވީ ރުޅި އައުމުން ވަރަށް ދެރަވި….ވަރަށް ބެލިން ވާހަކަ ދެއްކޭތޯ؟ އެކަމަކުވެސް އަނގައިވެސް ބުނަނީއެއް ނޫން….ބުނާ ފަހަރެއްވީއްޔާ ކުރަނީ ޖެއްސުން…އެހެން އުޅެނިކޮށް އަވީ ލޯނު ބޭނުންވީ……ދެން ހިތަށް އެރީ މީ ނޫން ގޮތަކަށް އަވީ ނުލިބޭނެއޭ…..އެހެން މިހަކަށް އަވީ ލިބޭތަން ދެކެން ކެތެއް ނުވާނޭ….ދެން ވީ ގޮތް އިނގެއެއްނު ދޯ…………….
” ޔޭސް އިނގޭ ” އަވިނާޝް އެހެން ބުނުމަށް ފަހު ރާގިނީ ގެނެސް ބައްދާލިއެވެ….
” ރާނީ ހާދަ ހިތްވަރު ގަދައޭ އެންމެ ފަހުން ހަމަ އަހަރެންވެސް ހޯދައިފީމެއްނު ”
އަވީ ވާހަކައެއް ޝެއާރ ކުރަންތަ؟ އެކަމަކު ރުޅި ނައަންނާތި…… އެރޭ އަހަރެން ދިޔައީމެއް ނު ގެއިން ނިކުމެގެން އެރޭ އަހަރެން…….
އެރޭ އަހަރެން…….އަހަރެން ހުރީ ވަރަށް ދެރަވެ ހިތުގައި ޖެހިފައި އަވީ ލިބި ދާނެ ކަމަށް ކުރެވުނު ކުޑަ އުއްމީދުވެސް އެރޭ ގެއްލިގެން ދިޔުމުން އަހަރެން ހިތް ހަލާކުވި އެހެންވެ އަހަރެން………އެރޭ….. އަހަރެން………އަހަރެން………
” ރާނީ ބުނެބަލަ ކީއްތަ ކުރީ؟ އަހަރެން މިހާރު އެބަ ބިރު ގަނޭ ”
އަމިއްލައަށް މަރުވާން ވެގެން ފުއްމާލީން ބުރިޖްމަތިން ފަތަން ނޭންގޭ ހާލު…….
” ކީކޭ؟ ރާނީ މޮޔަވީތަ؟ ބައްޕަ އާ މެދުވެސް ނުވިސްނަންތަ؟ ”
އަހަރެން ހުރީ އެއްޗެއް ވިސްނޭ ކަހަލަ ހާލެއްގައެއް ނޫން…
” ދެން ކިހިނެތް ސަލާމަތް ވީ ”
އެރޭ އެ ގަޑީ ގައި ގެއިން ރޮމުން ނިކުތަން ފެނިފައި ނުބައެއް އުޅޭހެން ހީވެގެން އިޝާން އަހަރެން ފަހަތުން ދިޔަ އޭނަ އަހަރެން ސަލާމަތް ކުރީ…….އިޝާން ދިޔައީ ޝާލިނީ އާ އެކީ ކާރުގައި ކަމުން އަހަރެން ގޮވައިގެން އެމީހުންނަށް ހޮސްޕިޓަލަށް ވަރަށް އަވަހަށް ދެވުމުން ސަލާމަތްވީ……
” ރާނީ އަޅޭ އެރޭ ރާނީ އަށް ކަމެއްވިނަމަ އަހަރެން ވެސް މޮޔަވެދާނެ އެއްނު……ކީއްވެ ވިސްނާނުލާ އެކަހަލަ މޮޔަކަމެއް ކުރަން އުޅުނީ…..އަވިނާޝްއަށް ރޮވުނެވެ…”
ސޮރީ އަވީ………. އަހަރެން އެވާހަކަ ޝެއާރ ކުރީ އަވީ ދެރަކުރާކަށް އަދި ގިލްޓީ ފީލް ކުރުވާކަށްވެސް ނޫން….ކުރެވުނު ކަމަކަށް ވުމުން އަވީއަށް އިގެންޖެހޭތީވެ މި ބުނީ…. އިޝާން އާއި ޝާލިނީ ކައިރީ ވަރަށް އާދޭސްކޮށްގެން ނުބުނަން އެއްބަސްވީ…..
އެރޭ ބައްޕައެއްހެން އަހަރެން ބަވާލި އޭ އިޝާން….. ކަންފަތްމަތީ އަޅާވެސްލިއޭ…….
“އެ ކީއްވެ ޖެހީ ؟ ” އަވިނާޝްއަށް އަހާލެވުނެވެ.
ހޭ އެރުމުން އަހަރެން ހަޅޭލެވިން ސަލާމަތްކުރީ ކީއްކުރަން ހޯ ކިޔާފަ އެހެން ވެ މައިތިރި ކުރީ އެއްނު…. ވަރަށް ރޮއެވެސް ހެދި…. ވަރަށް ވިސްނާދިން……އެ ދެމީހުންވެސް ވަރަށް ބެސްޓް….
އަވީ….ހިންގާ ނިދަންދެން…..
ރާނީ ދެން ދުވަހަކުވެސް އެކަހަލަކަމެއް ނުކުރާނެކަމަށް ޕްރޮމިސް ކުރޭ………..
އައި ޕްރޮމިސް ނުކުރާނަން ދުވަހަކުވެސް
ދުވަހަކަށް ފަހު ދުވަހެއް މަހަކަށް ފަހު މަހެއް ދުނިޔޭގެ ކަލަންޑަރަށް އިތުރުވަމުން ދިޔައެވެ. މިހާރު ރާގިނީގެ ބަނޑަށް 9 ވަސް ވީ އެވެ. ހޭދަވެގެން ދިޔަ ނުވަ މަސް ތެރޭ ކޮންމެ މިނެޓެއް ވެސް ރާގިނީ ހޭދަކުރީ ވަރަށް އުފަލުންނެވެ. ވަރަށް ލޯބިންނެވެ.. އަވިނާޝް އޮފީހުގައި ބުރަވިއެއް ކަމަކު ރާގިނީ އަށް ބަރާބަރަށް ވަގުތު ދިނެވެ…. އަވިނާޝްމެންގެ ގޭ ރާގިނީ ވިހަން ވާއިރަށް ކުޑަކޮށް ޗޭންޖް ކޮށްލަންވެގެން އަވިނާޝްގެ އެންމެން މިހާރު ރާގިނީމެންގޭގައި އުޅޭތާ 4 މަސްވަނީއެވެ….އަވިނާޝްގެ ރޫމްވެސް ބޭބީ އަންނަން ވާއިރަށް ބޮޑުކޮށް ބޭބީ އަށް ބޭނުންވާ އެއްޗިހި އަވިނާޝް ހޯދަމުން ދިޔައެވެ. މިހާރުދެން ހަފްތާއެއްގެ ތެރޭ މުޅިން ގެ ނިމި ގެއަށް ދެވޭ ވަރު ވާނެއެވެ…… އަވިނާޝް އަށް މިހާރު ބޭނުންވަނީ އަވަހަށް ރާގިނީއަށް އޭނާ ރޫމް ރީތިކުރި ވަރު ދައްކާލާށެވެ…
ބައްޕާ މާދަމާ އަކީ ވަރަށް ހާއްސަ ދުވަހެއް….އަހަރެން ބޭނުން ބައްޕަގެ އެހިއެއް…. ކޮންކަމެއް ދަރިފުޅު ބޭނުމީ……ޓެރަސް މިރޭ 12 އަށް ރެޑީ ކޮށްލަދޭންވީ އަވީގެ ބާރތްޑޭ އޭ…. އެހެންތަ އޯކޭ ބައްޕަ ތިކަން ވަރަށް ސިއްރުން ކުރުވާނަން……..
” އަވީ އެހެރީ ހަނދާންވެސް ނެތިފައި ބިޒީ ކަމުން”
ބާރަ ޖަހަން ފަސް މިނިޓަށް ވުމުން ރާގިނީ ތެދުވެ އަވިނާޝް އަށް ގޮވާލިއެވެ….
އަވީ ހިންގާބަލަ ހަމަ އައިސް ކްރީމް ކާހިތްވަނީއޭ…..
އެހެން ބުނީ އެހެން ނޫނީ އަވިނާޝް ދާނީ ޕަޖާމާ ލައިގެން ކަމަށް ވާތީއެވެ…..ހާދަ ހަނދުވަރު ރީއްޗޭ މިރޭ……ރީތިވެގެން ކޮޓަރިން ނިކުމެ ރާގިނި ބުނެލިއެވެ. އަވި ހިންގާބަލަ ފުރަތަމަ ހަނދު ބަލާލަން ޓެރަސް….ހިންގާ އަވަހަށް މިރޭ ރާނީ ބޭނުންނަމަ ހަނދު ބާލަވެސް ވެސް ދޭނަން….ރާގިނީ ހިނިގަނޑެއް ޖަހާލިއެވެ….ޓެރަސް އަށް އެރުމުން އަނދިރިކަމުން އަވިނާޝް ލައިޓް ޖައްސާލުމުން މުޅިތަން އެއްކޮށް ފެއަރީ ލައިޓްސް އިން ދިއްލިގެން ދިޔައެވެ…. ހެޕީ ބާރތްޑޭ މައި ލަވް…..ރާގިނީ ލޯބިން ބައްދާލުމަށް ފަހު އަވިނާޝްގެ ކޮލުގައި ވަރަށް ލޯބިން ކިސްކޮށްލިއެވެ……
” ތެންކިޔު ސޯ މަޗް ރާނީ…..އަހަރެން ނެތް ހަނދާނެއްވެސް…….”
އަހަރެން ހުންނާނަން އަބަދުވެސް ހަނދާން ކޮށްލަދޭން…..
ހެޕީ ބަރތްޑޭ ޓޫ ޔޫ……ފަހަތުން އިވިގެން ދިޔަ އަޑުން ދެމީހުން ދުރުވެލިއެވެ…. އޭރު އަވިނާޝްގެ މަންމަ އާއި ބައްޕަ އިޝާނީ އަދި އިޝާން ގެ އިތުރުން ރާގިނީގެ ބައްޕަވެސް ހުއްޓެވެ….އެންމެންވެސް އެމީހުން ގެނައި ހަދިޔާ ތައް އަވިނާޝްއަށް ދިނެވެ…. ހިންގާ ކޭކު ފަޅަން…އަވިނާޝް ބުނެލިއެވެ
ކެތްތެރިވެ ބަލަ……ވަދެގެން އައި ކަރަން އާއި ޔާނާ ބުނެލިއެވެ….. އަހަރުން ކުޑަކޮށް ލަސްވީ އޭ….. ދެން ހިންގާ ކޭކު ކާން….. ރާގިނީގެ އަތުގައި ހިފާލުމަށް ފަހު އަވިނާޝް ކޭކު ފާޅާލިއެވެ…އެންމެން މަޖާކުރުމަށް ފަހު ނިދަން އޮށޯވެވުނު 2 ޖަހަނީއެވެ…
” ރާނީ އައިސްކްރީމް ނުބޮއެއްނު އަދި …..” އެއީ އަވީ ގެންދަންވެގެން ދެއްކި ބަހަނާ އެކޭ….. ބަޓް އައި ވޯންޓް އިޓް ރައިޓް ނައު….. ހުންނާނެ ފްރިޖްގަ ގޮސް ހިފައިގެން އާދޭ……އެ މީރެއް ނޫން….އަވިނާޝް ރާގިނީގެ ކައިރިޔަށް ޖެހުނެވެ… އަދި ބޮޑުވެފައިވާ ބަނޑުގައި އަތް ޖައްސާލިއެވެ..ބޭބީ ބައްޕި ކުރަން އުޅޭ ކަންތައް ނު ބަލާތި އިންގޭ…..ރާގިނީގެ މޫނާ ކައިރިވުމަށް ފަހު އަވިނާޝް ރާގިނީގެ ތުންފަތުގައި މަޑު މަޑުން ކިސް ކޮށްލިއެވެ…ރަގިނީވެސް އަވިނާޝްގެ އަމަލުގައި ފުރިހަމައަށް ބައިވެރި ވިއެވެ….ކުޑައިރުކޮޅަކުން އަވިނާޝް ދުރުވެލިއެވެ…ނަމަވެސް ރާގިނީ އަނެއްކާވެސް އަވިނާޝް ގެ އިސްތަށި ގަނޑުތެރެޔަށް އަތް މަހާލުމަށް ފަހު ކައިރި ވެލިއެވެ…..ރާނީ ނޭވާ ލާބަލަ…..އައި ލަވް ޔޫ އަވީ……އައިލަވް ޔޫ ޓޫ…ރާގިނީ އަވިނާޝްގެ މޭމަތިގައި ބޯ އަޅާލިއެވެ…. އެވަގުތު ރާގިނީގެ ބަޑުން ބޭބީ ތޮޅެލިއެވެ… ބައްޕިގެ ބޭބީ ކޮޅު ނުވެސް ނިދާތަ އަދިވެސް….. އަވިނާޝް ރާގިނިގެ ބަނޑުގައި ފިރުމާލިއެވެ…… އަވީ އަހަރެން ވަރަށް ބިރު ގަނޭ ވިހާ ދުވަސް ކައިރީ ވާތީ……ހިތަށް އަރަނީ ކިހިނެތް ބާއޭ ވާނީ…..އަހަރެމެންގެ ބޭބީ އަށް ކަމެއް ވެދާނެޔޭ…
.” ނޫން ނުވާނެ އިރާދަ ކުރެއްވިއްޔާ……” އަހަރެން ބޭނުން ރާނީ ވެސް ބޭބީވެސް ހިތްވަރު ކުރޭ….. މިހާރުވެސް ފެނޭ ބޭބީ ގޮވައިގެން އަހަރެމެން އުޅޭ ލޯބިގޮތް…….
ފަތިހު ރާގިނީ އަށް ހޭލެވުނީ ބަނޑުގައި ރިއްސާތީއެވެ…. ކިހިނެތްވީ ރާނީ؟ ބަނޑުގައި ރިއްސަނީ……ހިންގާ އަވަހަށް ހޮސްޕިޓަލަށް ދާން….މަންމާ ބައްޕާ އަވިނާޝް ވަރަށް ބާރށް ގޮވާލިއެވެ…. ހަސީނާ އުޅުނީ ހޭލާ ކަމުން އަޑު އިވުނެވެ… އަވަހަށް ޝާހިދުއަށް ގޮވާލިއެވެ….އަވިނާޝް ރާގިނީ ގޮވައިގެން ތިރިޔަށް ގޮސް ކާރާށް އެރުވިއެވެ….އަދި ޔާނާ އަށް ގުޅާލިއެވެ… ޔާނާ ޑިޔުޓީ ގައި ކަމަށް ވުމުން އަވަހަށް އަނަން ބުނެލިއެވެ….އިޝާން ކާރު ދުއްވަމުން ދިޔައެވެ….ފަހަތުން އިޝާނީ އާއި ރަމީޒުވެސް އެހެން ކާރެއްގަ ދިޔައެވެ…
ރާގިނީ އެތެރެއަށް ވެއްދުމުން އަވިނާޝް އެތާ ކުރިމަތީ ދެކޮޅަށް ހިންގާލަ ހިންގާލަ ހުއްޓެވެ….
ބައި ގަޑި އރު ފަހުން ނަރުސް ކުދިން ދުވެ ނަގާތީ ؟ ހައު އިޒް ރާގިނީ؟ ޝީ އިޒް ވެރީ ކްރިޓިކަލް…. ވަޓް ހެޕެން؟ ކާން ސެއި އެނީ ތިންގް ނައު…. އަވިނާޝްގެ ލޮލުން ކަރުނަ އޮހިގަތެވެ….
ގަޑިއެއް ފަހުން އެތެރެއިން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން ދިޔައެވެ. އަވިނާޝްގެ ހިތުގެ ހިންގުން ބާރުވެގެން ދިޔައެވެ…އެންމެންގެ މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔައެވެ… އިރުކޮޅަކުން ޔާނާ ބޭބީ އުރާލައިގެން ނިކުތެވެ… އަވިނާޝްއަށް ދުވެފައި ކައިރިޔަށް ދެވުނެވެ…ޔާނާ އަވިނާޝްގެ އަތަށް ބޭބީ ދިނެވެ. އަންހެން ކުއްޖެއް…އަވިނާޝް ދަރިފުޅުގެ ނިތްކުރީގައި ބޮސް ދިނެވެ. އޭރު އަވިނާޝްގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ބޭބީ ހަސީނގެ އަތަށް ދިފައި
” ޔާނާ ރާނީ ކިހިނެތް ތަ؟ ކޮންއިރަކު އަހަންނަށް ބައްދަލު ވެވޭނީ……”
ޔާނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަވިނާޝް ހާސްވާންފެށިއެވެ…
” ޔާނާ އެއްޗެކޭ ބުނެބަލަ ރާގިނީ ކިހިނެތްތަ؟ ” ޖީޖް…….ޔާނާއަށް ރޮވުނެވެ…. އަހަރެން ވަރަށް މަސައްކަތްކުރިން އެކަމަކު ގިއްނީ….ގިއްނީ….
” ޔާނާ ޕްލީޒް ބުނެބަލަ ކިހިނެތްވީ ރާނީ އަށް” އަވިނާޝް ޔާނާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

when is next part
submitted…..
It is raani death
so Avinash is sad
When Is next part