Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނީ 13

Nadhoo
Nadhoo Level 1
July 26, 2023 7 Mins Read
2 Comments

ރާގިނީ ފެންވަރައިގެން ފާހާނާއިން ނިކުމެގެން އައިސް ޑްރެސިންޓެބަލް ކުރި މަތީގައި އިން އަވިނާޝްގެ ގައިގަ ބައްދާލިއެވެ…

އަވީ ބޭނުންތަ ކުޑަ ކުޑަ ބޭބީއެއް؟ ރާގިނީ އަހާލި އެއްޗަކުން އަވިނާޝްގެ ހަރަކާތް ހުއްޓުނު ކަހަލަ…

” އަސްލު ތެދަށް ބުނާނަމަ އަހަރެން ވަރަށް ބޭނުން ބޭބީއެއް….ހިތަށް އެރި އެވާހަކަ ދައްކަން ވެސް އެކަމް އަހަރެމެން ގެ ކައިވެންޏަށް އަހަރެއް ވިޔަސް އަހަރެމެންގެ ގުޅުމަށް އަދި މާ ގިނަ ދުވަހެއް ނުވާތީ މަޑު ކޮށްލީ….”

” ކީއްވެ ބޭބީ އެހެން އެހީ؟  ބޭނުމީތަ ބޭބީއެއް…….” އަވިނާޝް ސުވާލުކޮށްލިއެވެ.

އަވީ އައި އެމް ގޮއިންޓް ގިވްދަ ބެސްޓް ވެލަންޓައިންސް ޑޭ ގިފްޓް އޮފް ޔުއާރ ލައިފް… އަވީ ބައްޕަ އަކަށް ވާން އުޅެނީ…ރާގިނީ ދައްކާލީ އޭނާގެ އަތުގައި އޮތް ޓެސްޓް ކިޓެވެ… ” އަސްލުވެސްތަ؟ ”

ޔޭސް އަވީ އައި އެމް ޕްރެގްނަންޓް…

އެހެންވެ ޕީރިއެޑްވެސް ނުވަނީ…. އަވިނާޝް އުފަލުން ގޮސް ރާގިނީ އުރާލިއެވެ…

” ތެންކިޔު ސޯމަޗް ލަވް….އެހާ ބޭނުން ވެފަ ހުރި ކަމެއް ހަމަ ކުއްލިޔަކަށް ވީމަ ކިހާ އުފާވާނެ… ބުނެފިން ތަ އެކަކު ކާރީވެސް ”

ނޫން! ފުރަތަމަވެސް މި ބުނީ އަހަރެން އެންމެ ލޯބިވާ މިހާ ކައިރީ…

” ތީ އަހަރެންގެ ނަސީބު ހަމަ…އަހަރެމެންނަށް ބޭބި އެއް ލިބެން އުޅެނީ….” އަވިނާޝް ރާގިނީ އޭނާގެ މޭގައި ފޮރުވާލާން އުޅޭހެން ހިވިއެވެ….

ކުއްލިޔަކަށް ރާގިނީ ދުރުވެލާފައި ފާހާނާއި ދިމާލާށް ދިޔައެވެ…އަނެއްކާވެސް ހޮޑުލަވައިގަތީއެވެ. އަވިނާޝްވެސް ރާގިނީގެ ފަހަތުން ދިޔައެވެ. ” ބޭބީ އާރ ޔޫ އޯކޭ ހިންގާ ޑޮކްޓަރަށް ދާން….”

އަވީ އައިއެމް ފައިން މިހެން ވާނެ ޕްރެގަވީމަ…މާދަމާ ދަނީ ޑޮކްޓަރު ޔާނާ ޑިޔުޓީއަށް ޖޮއިން ކުރީމަ….އަވީ ހިނގާބަލަ މަންމަމެން ކާއިރީ ބުނަން…މަންމަމެން ވަރަށް އުފާވާނެ….

” މަންމާ….ބައްޕާ…..އިޝާން…..އިޝާނީ…..

ދޮންބޭ ކިހިނެތް ވީ އަހަރުން މި ތިބީއެއް ނު….އިޝާނީ ސުވާލު ކުރިއެވެ.

އިޝާނީ ދޮންބެ ބައްޕައަކަށް ވަނީއޭ…..

” މަންމާ…ބައްޕާ…..ދުވަސް ކޮޅަކުން އަންނާނެ ކުޑަ ކުޑަ މެހެމާނެއް މަންމައަށް މާމަ ކިޔާ އަދި ބައްޕައަށް ކާފަ ކިޔާނެ…”

ހަސީނާ އުފަލުން ގޮސް ރާގިނީގެ ގައިގައި ބައްދާލިއެވެ….އެންމެންވެސް ރާގިނީ ކާރިޔަށް ދިޔައެވެ…އަހަރެންނަށް ވެސް ލޯބި ބޭނުންވާނޭ…..އަވިނާޝް ބުނެލިއެވެ.. ދޮން ބޭ އާދޭ ގްރޫޕް ހަގްއެއް…..

އަލްހަމްދުލިއްލާހި….އިވުނު އަޑުން އާއިލާގެ އެންމެނަށް އެއްކޮށް ފަހަތަށް ބަލާލެވުނެވެ..

ބައްޕާ…ރާގިނީ ގޮސް ރަމީޒުގެ ގައިގައި އޮޅުލައިގަތެވެ….

ބައްޕަ މި އައީ ދަރިފުޅަށް ސަޕްރައިޒެއްދޭން އެކަމަކު އަސްލު ސަޕްރައިޒް ލިބުނީ ބައްޕައަށް….ދަރިފުޅާ އަވިނާޝް….ދަރިފުޅުވެސް އާދޭ އަވިނާޝްވެސް އުފަލުން ގޮސް ރަމީޒުގައިގަ ބައްދާލިއެވެ.

އަހަރެން މިއަދު ވަރަށް އުފާވެއްޖެ އަހަރެންގެ ދަރިފުޅު އުޅެނީ ވަރަށް އުފަލުގައި ކަން އެނގުމުން….ބައްޕާ ހިންގާ ސާބޯން…

ރާގިނީ ބަދިގެއަށް ވަންނަން އުޅުމުން ހަސީނާ ގޮވާލިއެވެ..ގިއްނީ….ކޮންތާކަށް ތި ދަނީ؟

ސާ ހަދަން….

ދޭ ގޮސް ބަސް އަހައިގެން މޭޒު ކައިރީ އިށިންދޭ… ހަސީނާ ވަރަށް ލޯބިން ބުނެލިއެވެ.

” ދެން މަންމަ އޯކޭ ވާނޭ…”

އަވިނާޝް ދޭ ބަލަ ގިއްނީ ގޮވައިގެން….މިއަދުން ފެށިގެން ނުވާނެ އެއްވެސް ކަމެއް ކޮށްގެން ތިންމަސް ވަންދެން ފުލް ބެޑް ރެސްޓް….

ބައްޕާ އަހަރެން ސަލާމަތް ކުރޭ…..ރާގިނީ ބަލާލީ ޝާހިދުއަށެވެ….

މަންމަ އާއި ދެކޮޅު ހަދާފަ މިރޭ ބޭރު ސޯފާގައި ނިދާނެ ހިތްވަރެއް ނެތް ބައްޕަ ގެއެއް…ޝާހިދުގެ ޖަވަބު އަހާފަ އެންމެންވެސް ފެށީ ހޭށެވެ…

ދަރިފުޅުގެ ބައްޕަ ގޮވައިގެން އައިސް އިށީނދޭ އަވަހަށް…..ހަސީނާ ބުނެލިއެވެ އެންމެން އެއްކޮށް މަޖާކޮށް ސާ ބޮއެގެން ނިންމާލިއެވެ.

ރަމީޒު ގޮވައިގެން ރާގިނީ ދިޔައީ ރާގިނީގެ ކޮޓާރި ދައްކާލާށެވެ. ” ދަރިފުޅާ ގިއްނީ ބައްޕަ ވަރަށް އުފަލުން މިހިރީ ދަރިފުޅަށް މިހާރު ތިވަނީ ފިރިމީހާގެ ހިތްވެސް ފަތަހަ ކުރެވިފައި… އަވިނާޝް ވަރަށް ރަގަޅުދޯ؟ ”

” ލައްބަ ބައްޕާ އެއި ހަމަ ބެސްޓް…މަގޭ ޗޮއިސް އެއްނު…….

މަންމަމެންވެސް ވަރަށް ލޯބިވާނެ އަޅުގަނޑު ދެކެ…. ”

ދަރިފުޅު ހަނދާންވޭތަ ދަރިފުޅު ބުނާ ހަނދާން މެރީކުރާނީ ހުދު އިސްތަށިގަނޑެއް ހުރި މީހަކާ އޭ؟

ހެހެހެހެ….ބައްޕާ ދެން އެއީ ކުޑައިރެއް ނު….

އަވިނާޝްއަށް އިނގޭތަ އެކަން؟

ބައްޕާ ކޮންކަމެއް ތޯ؟ ފަހަތުން އިވުނީ އަވިނާޝްގެ އަޑެވެ.

ހަމަ ބުނަންވީ؟ ގިއްނީ ބުނާނެ ކުރީގަ މެރީކުރާނީ ހުދު އިސްތަށިގަނޑެއް ހުރި މީހަކާ އޭ….

” މުސްކުޅިއަކާއޭ ދޯ؟ ތެދެއްތަ ؟އަވިނާޝް ރާގިނީ އާ ދިމާކޮށްލިއެވެ.

” ދެން އަވީ ވެސް….

” އެއީ އަހަރެންނާ ދިމާވުމުގެ ކުރިން ދޯ އަހަންނާ ދިމާވީމާ ހުރިހާ ކަމެއް ބަދަލް ވެއްޖެއޭ.. ”

އާން މިފަހަރު ބައްޕަވެސް އެއްބަސް ތިކަމާ…..މީހަކާ ވެސް ނިއިންނާނަމޭ ކިޔާ ބޮޑާ ހޭކި ކުއްޖާ އަވިނާޝް އާއި ދިމާވުމުން ލޯބިވެސް ވީ ކައިވެނި ކުރަންވެސް ބޭނުން ވީ…އެވެސް….

” ބައްޕާ ދެން ކުރީގެ ވާހަކަ ނުދައްކާ…. މިހާރު އަހަރެންގެ ހުރިހާވެސް އުފަލަކީ ރާގިނީ އަހަރެން މުޅި އުމުރަށްވެސް ރާގިނީ އަދި އަހަރެމެންނަށް ލިބެން އުޅޭ ދަރިފުޅު ވަރަށް އުފަލުގައި ގެންގުޅޭނަން….ބައްޕަ އެއްވެސް ކަމަކާ ހާސްވެނުލައްވާ.. ”

ޝުކުރިއްޔާ ދަރިފުޅާ ތީ ބައްޕަ އަޑު އަހަން ބޭނުން ވާ އެއްޗަކީ….. ބައްޕައަށް އަބަދުވެސް ވިސްނޭ ގިއްނީ އާ ދޭތެރޭ….ހިތަށް އަރާ ނުގަބޫލު ކައިވެޏެއްގަ އުޅޭނީ ކޮނަހާލެއގަ ބާ އޭ…… އެކަމަކު މިއަދު ވަރަށް ހިތްހަމަ ޖެހިއްޖެ…..ދެން ގޮސްލާނަން ފަހުން އަންނާނަން…ދަރިފުޅުމެންނަށް ގެނައި ހަދިޔާ ހުންނާނެ.. ކާރުގައި ހިނގާ ނަގަން…..

އަވިނާޝް ރަމީޒު ދިޔުމުން ހަދިޔާތައް ހިފައިގެން އައިސް ރާގިނީ ގެ ކައިރީ އޮށޯވެލިއެވެ….ރާގިނީ ކައިރިވެލާފައި އަވިނާޝްގެ މޭގައި ބޯ އަޅާލިއެވެ. އެހެން ތިބެ ދެމީހުން ނިދާލިއެވެ…

ހޭލެވުމުން ކައިރީގައި ނިދާފައި އޮތް ޔާނާ ފެނުމުން ކަރަން ޔާނާގެ ގައިގަ ބައްދާލިއެވެ. ޔާނާވެސް ކަރަންގެ އަތުތެރޭގައި ބޮނޑިވެލިއެވެ. ޔާނު ދެން ހޭލަބަލަ…މިހާރު މަންމަމެން އުޅޭނެ ނުފެނިގެން ނޫޅޭނެ އަހަރެން ބުނިން ނާންނާނަމޭ ގެޔަކަށް.. ދެމީހުން އެއްކޮށް ނިދި ދެވަނަ ރޭ ދޯ؟ ޔާނާ ބޯޖަހާލިއެވެ… ހިންގާ ސާބޯން

” ފެންވަރައިގެން ލާނެ ހެދުމެއްވެސް ނެތޭ  ” ޔާނާ ބަލާލީ ކަރަން ބުނިއެއްޗަކުންނެވެ. ދެން ގޮސް ޔާނާގެ ކަބަޑު ތެރެއިން ނެގީ ކަރަންގެ ގަމީހަކާއި ޓީޝާރޓެވެ. އެ ފެނުމުން ކަރަން ގާތަށް އައީ ވަރަށް ލާނެތް ހިންޏެކެވެ. ޔާނު މި ގަމީސް މީ އެއްކަލަރޭ އަހަރެން ދިން ގަމީސް ދޯ ؟ ކަރަން މަޑު މަޑުން ޔާނާ އާއި ކައިރިވަމުން ދިޔައެވެ.

” ޔާނު އެއީ ހާދަ ލޯބި ވަގުތު ކޮޅެކޭދޯ؟ އިނގޭތަ އެއީ މައި ފަސްޓް ހަގް އަދި މައި ފަސްޓް ކިސް…ޔާނުގެ އެއް ނޫންދޯ އެކަމް…. ” ވިރެން އާއި އެއްކޮށް އުޅުނުއިރު ބައެއް ފަހަރު އޭނާ ހަގް ކުރޭ…ބަޓް އެއި ވަރަށް މަދުން އަހަރެން ހަގް ބެކް ނުކުރާތީ ފަހުން ހީވެސް ނުކުރޭ….ބަޓް ކިސް އެއް ނުކުރަން އެއީ މަގޭވެސް ފަސްޓް ކިސް….

” އަސްލުވެސް….ބޯއި ފްރެންޑަށް ވުރެ މަށާ ކްލޯޒް ވީ ކީއްވެ؟ ”

ލޯބިވާތީ….ހަމަ އެރޭ އެވަގުތު ބެނުންވީ ކަރަން އާއި ކިސްކުރަން އެހެންވެ ކުރީ… ކަރަންއާއި އެރޭ ހަގްކުރީމަ ކުރެވުނު ކަހަލަ އިހުސާސެއް އޭގެ ކުރިން ދުވަހަކުވެސް ވިރެން އައިސް ހަގް އެއް ކުރިޔަސް ނުކުރެވޭ ކުރެވެނީ ވެސް ކިހިނެތް ހިތުގަ ރަސްކަން ކުރަމުން ދިޔާއީ އެހެން މީހެއްވީއްޔާ….

” ހަމަ އެހާ ލޯބި ވޭތަ؟ ”

ޔޭސް ވަރަށް ލޯބިވޭ…

ކަރަން ޔާނާ ގެނެސް ބައްދާލިއެވެ.

” ޔާނުއަށް އެނގޭތަ އެރޭ ރޫމް އަށް ގޮސް ލޯގަނޑުން ބަލާލިއިރު މުޅި ތުންފަތުގައި ރެޑް ލިޕްސްޓިކް ކަރުގައިވެސް….”

ޔާ ދުށީ މޭ ޖީޖްސްމެން ދިމާކުރީމަ ބެލީމޭ….

ދެން ދޭ ފެންވަރަން ގަމީސް އެކަނި ލައިގެން އަންނަން ވީ؟ ނޫނޭ ހުންނާނެ ޖީންސްވެސް ނަގާބަލަ … އެ ނިމުނީ ކަރަން އަނެއްކާވެސް އަހާލިއެވެ. ބޮ ބޮ ބޮކްސާވެސް ހުންނާނެ އޭ….ސާ ބޮއެގެން ދެމީހުން ވާހަކަ ދައްކަން ތިއްބާ އަވިނާޝް ވީޑިޔޯ ކޯލް އެއް ކޮށްލިއެވެ.

ހެލޯ ބްރޯ؟ ހޭލެވިއްޖެ ދޯ؟ ޔާނޫ ކޮބާ؟ ރާގިނީ އަހާލިއެވެ. އެބުނާހެން ކޮބާ ޑޮކްޓަރު ޔާނާ ކަރަން ޔާނާ އާއި ކައިރީ ސޯފާގައި އިށީނެވެ. މިހިރީއެއްނު ޖީޖްސް ކިހިނެތް ވީ؟

”  މިއަދު ޑިޔުޓީ ކިހާއިރަކު؟ ”

2 ގަ؟

” އެޕޮއިންޓްމެންޓް ފުލް ތަ؟”

ނޫން އެހާ ފުލް އެއް ނޫން 3 ވަރަކަށް އެބައުޅޭ ބަކީ…ކިހިނެތް ވީ؟

” އެޕޮއިންޓްމެންޓެއް ބޭނުން ވެގެން؟ ”

އޯހް ޕޭޝަންޓްގެ ނަން ބުނެބަލަ އޭރުން ހޮސްޕިޓަލަށް މެސެޖްކޮށްލާ ނަން.

” ރާގިނީ ރަމީޒު…”

ވަޓް….. ބުނެވުނީ ކަރަން އާއި ޔާނާ އާއި ދެމިހުންނަށް އެއްކޮންނެވެ.

ގިއްނީ ޔޫއާރ ޕްރެގްނެންޓް؟ ޔޭސް އޯ މައި ގޯޑް ޔާނާ އުފަލުން ކަރަންގެ ގައިގަ ބައްދާލިއެވެ…

” އޯއި ހެލޯ އަހަރެމެން އަދި އެބަ ތިބީމޭ އަވިނާޝް ބުނެލިއެވެ….”

މަރުހަބާ ދެމީހުންނަށް ވެސް ކަރަން ބުނެލިއެވެ….

އައި އެމް ސޯ ހެޕީ ގިއްނީ…ރަމީޒުބެ ކައިރީ ބުނެފިންތަ؟ އާން ބައްޕަ އައިއްސިއޭ މިއަދު އައި ގެޔަށް…..ވަރަށް އުފަލުން ހުރީ ކާފައަކަށްވާން އުޅޭތީ…ބުނި ޔާނޫ ގެ ފެވަރިޓް ޗޮކްލެޓް ގެނައި ވާހަކަ…..

ޖީޖްސް ވަރަށް ކެއާރ ކުރައްޗޭ…ދެން ލެޓްސް މީޓް އިން ހޮސްޕިޓަލް ހުރިހާ އެއް ރަގަޅުތޯ ބަލަލަން ވާނެއެއްނު ދޯ…އޯކޭ ބާއީ ޔާނޫ….ރާގިނީ ފޯނު ކަނޑާލިއެވެ.

ކަރަން ހިންގާދެން ގެޔަށް ދާން ޑިޔުޓީއަށް ވެސް ދާންޖެހެއެއްނު. އާން ދޯ އެކަމަކު ނުވޭ ދާހިތެއް ހާދަ ދުވަހެއްގެ ދިގު އިންތިޒާރަކަށް ފަހު އޭ ޔާނު މިލިބުނީ… ނުލިބުނަސް އޭރުވެސް މިހާރުވެސް މީ ހަމައެކަނި ކަރަންގެ މީހެއް ޔާނާ އެހެން ބުނެ ކަރަން ގެ އުނގުގައި އިށީދެ ބައްދާލިއެވެ. އެހެން އިރުކޮޅަކު ތިބުމަށް ފަހު ގެއަށް ދާން ރެޑީވިއެވެ. ކަރަން ގެއައް ލުމަށް ފަހު ޔާނާ ދިޔައީ ގެއަށެވެ.

ގަޑިން 3 ޖެހިއިރު އަވިނާޝް އާއި ރާގިނީ ތިބީ ހޮސްޕިޓަލުގައެވެ. ނަރުސް ކުއްޖަކު އައިސް ވަންނަން ބުނުމުން ދެމީހުންވެސް ޑޮކްޓާރ ޔާނާގެ ކެބިން އަށް ވަދެގެން ދިޔައެވެ. ހުދު ކޯޓުގައި ޔާނާ ފެންނަލެއް ވަރަށް ލޯތްބެވެ. ރާގިނީގެ ގެ ސްކޭން ކުރަމުން ދިޔައިރު ޔާނާ އެމީހުންނަށް ސްކްރީން ކިޔާދެމުން ދިޔައެވެ..ދެމީހުންވެސް ތިބީ އުފަލުން ގޮސް ފެން ކަޅިވެފައެވެ.. އެންމެ މިނިޓަކަށްވެސް އަވިނާޝް ރާގިނީގެ އަތުން ދޫކޮށްނުލައެވެ. މިހާރު ބަނޑަށް ވީ ތްރީ ވީކްސް…ފުރަތަމަ ތިން މަސް ފުރެންދެން އުޅެން ވާނީ ވަރަށް ބަލައިގެން އެގެ މާނަޔާކީ ފުލް ބެޑްރެސްޓެއް ނޫން…ކުޑަކޮށް ތެދުވެލާވެސް އުޅެންވާނެ… ބަރާބަރަށް ބޭސްކާން ވާނެ…ގިނައިން ފައިދާ ހުރި އެއްޗިހި ކާންވާނެ. އެންޑް ދެން މި ބުނަނީ ހަމައެކަނި ހަޒްބެންޑަށް އޮތް ވާހަކައެއް..

.ބަނޑުބޮޑު އިރު ވަރަށް ހޯމޯންސް ޗޭންޖް އަންނާނެއެވެ. ކްރޭވިންގްސް އަންނާނެ’..ކޮންމެފަދަ ގަޑިއެއްގަ ކޮންމެފަދައެއްޗެއް ކާންވެސް ބެނުންވެދާނެ…ކޮންމެފަދަ ކަމެއްކުރަންވެސް ބޭނުންވެދާނެ.. އެހެންވީމާ ކެތްތެރިކަމާއެކު ކުރިމަތި ލާތި….ނެކްސްޓް މަންތުގަ އަންނައިރު މި ޓެސްޓްތައް ހަދާތި…. ތެންކިޔު ޑޮކްޓަރ…

ނަރުސް ކުއްޖާ ދިޔުމުން ޔާނާ ގޮސް އަވިނާޝް އާއި ރާގިނީދެމީހުންނާ އެއްކޮށް ބައްދާލިއެވެ….ކޮންގްރާ މަގޭ ލޯބީސް….އެންޑް ތެންކިޔު ފޯރ ހެލްޕިން މީ އެންޑް ކަރަން..

.ހޮސްޕިޓަލުން ނިކުމެ އަވިނާޝް ރާނިގީނެ ގައިގަ ލޯބިން ބައްދާލިއެވެ. ބޭބީ އަހަރެމެންނަށް ބޭބޭ އެއް ލިބެނީ…

މިހާރު މާ ބޭބީ ގިނަވެއްޖެ ދޯ؟؟؟ އެހެން ނަމެއް ކިޔަންވީ އޭ އަވިނާޝް ބުނެލިއެވެ.

އެންމެން ކިޔާގޮތަށް ގިއްނީ ކިޔަންވީއެއްނު…އަހަރެން އެކަނި ލޯބިން އެހެން ނަމެއް ކިޔަން ބޭނުމީ އުމް……އުމް……ރާނީ….ރާގިނީގެ ގި ކަނޑާލާފައި..އޯކޭތަ؟

ޔޭސް ވަރަށް ލޯބި…ރާގިނީ އުފަލުން ބައްދާލިއެވެ..ހިންގާބަލަ އަވަހަށް ގެއައްދާން ކުޑަކޮށް ބޯއަނބުރާ އެބަ…ހިންގާ އަވަހަށް ކާރުގައި އިށީންނަން މަންމަ ދިން ޖޫސްފުޅިއެއްވެސް އެބަހުރި ކާރުގައި…..ގެއައަށް ދެވުމުން އަވިނާޝް ރާގިނީ ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ.

ރާގިނީ އެނދުގައި އޮށޯވެލުމުން އަވިނާޝް ވެސް ކައިރީގައި އޮށޯތެވެ. އަދި ރާގިނީއަށް ނިދެންދެން ބޮލުގައި ފިރުމާލަ ފިރުމާލަ އޮތެވެ….ކައިރީގައި ނިދާލާފައި އޮތް ލޯބިވާ އަނބިމީހާ އާދި ދިމާލަށް ބަލަން އަވިނާޝް އޮތެވެ….އަހަރެންގެ މޮޔަކަމުން މިހާ ލޯބި ކުއްޖަކު ނުގެއްލުނީ ކިރިޔާ އެއްނު….އަވިނާޝް ހިތާ ހިތުން ބުނެލިއެވެ. މުޅި އުމުރަށް ވެސް އަހަރެންގެ ރާނީ އަކީ ތީ…ދުވަހަކުވެސް ދެން ދެރައެއް ނުކުރާނަން ވަރަށް ވަރަށް ލޯބިވޭ….ކައިރިވެލާފައި އަވިނާޝް ރާގިނީގެ ނިތްކުރިޔަށް ބޮސް ދިނެވެ. އެހެން އޮތްވާ އެންމެ ފަހުން އަވިނާޝް އަށްވެސް ނިދުނެވެ.

ރާގިނީއަށް ހެލެވުނީ ހަސީނާ އައިސް ގޮވާ އަޑަށެވެ…ދަރިފުޅާ އެއްޗެއް ކާލަން އަންނަންވީ އެއްނު…އާން މަންމާ މިދަނީ…. ރަގިނީ  އަވިނާޝްއަށްވެސް ގޮވާލިއެވެ. ދެމީހުންވެސް ފްރެޝްވެގެން ތިރިޔަށް ދިޔައެވެ.

މަންމާ ކޯއްޗެތަ ހުރީ ކާން؟ ޕާސްތާ އެބަހުރި….

ދަރިފުޅު އެހެން އެއްޗެއް ކާން ބޭނުންނަމަ ބުނޭ…

ނޫނޭ މަންމާ ހަމަ ޕާސްތާ ރަގަޅުވާނެ…..

މަންމާ ބައްޕާ އަހަރެން ގަސްތު ކުރަނީ ވިހާ ގަދަވަންދެން އޮފީހަށް ނުގޮސް މަޑުކުރަން… އަވީ އާއި ހުރިހާ ކަމެއް ހަވާލުކޮށްފަ….އަވީއަށް މިހާރު ވާނެ އަހަރެން ނެތަސް…….. ބައްޕަވެސް އުޅޭނެ…އަހަރެންވެސް ވީ ވަރަކުން ހެލްޕް ވާނަން…..

ބައްޕަގެ ނެތް އެއްވެސް މައްސަލައެއް ދަރިފުޅު ހަމަ ބޭނުން ގޮތަކަށް ނިންމާ…..

އިޝާން ވެސް ޖޮއިން ކުރަން ވީއެއް ނު ދޯ؟ ޖޮބްގަ އުޅެގެންވެސް ހަމަ ކިޔަވަންވީ އޭ…..

ތެންކިޔު ދޮންބެ ދައްތާ……އެހެންވީމަ ނެކްޓް މަންތު ފަސްޓްއިން ފެށިގެން ޖޮއިން ކުރާނަން…

ކައި ނިމުނުއިރުވެސް ރާގިނީގެ ބަނޑު ނުފެރޭކަހަލަ އިހްސާސްއެއް ކުރެވެމުންދިޔައެވެ…

ކައިގެން ގޮސް ޓީވީ ބަލަން އިން އިރުވެސް ބަނޑުހައިވާތީ ރާގިނީއަށް މަޑަކުން ނުހުރެވޭ އެވެ. ތެންކިޔު ރާނީ އަހަރެންނަށް އެހާ އިތުބާރުކޮށްފަ ބިޒްނަސް ހަވާލު ކުރީތީ…

އަވީ އަހަރެންގެ ލައިފް ހަވާލު ކުރި އިރު ބިޒްނަސް ހަވާލުކުރަން ފަސްޖެހެންވީ ކީއްވެ…… އަވީ އައިމް ހަންގަރީ؟

” ދެންމެ އެއްނު ކެއީ؟ އެހެން އެއްޗެއް ކާހިތްވަނީތަ؟ ކޯއްޗެއް ކާހިތްވަނީ؟ ”

ފޮނި އެއްޗެއް…

އައިސްކްރީމް އިޒް ހިޔާރ ދޮންބެދައްތާ…ކިރިޔާ އެހެން ބުނެވުނުތަނާހެން އިޝާންގެ އަތުން އޭތި ޖަހައިގެން ރާގިނީ ކާންފެށިއެވެ…ރާގިނީ އަށް ބަލާފައި އެދެމީހުންގެ ހިނި ގަނޑު ފަޅައިގެންދިޔައެވެ……..

އެތަން ފެނި ރާގިނީ ރޯން ފެށިއެވެ…ރާނީ އައިމް ސޮރީ ހުއްޓާލަބަލަ…..އަވިނާޝް ރާގިނީގެ ކައިރީގައި ގޮސް އިށީނެވެ. ހަމަ ބުނާއިރަށް ހޭންފެށިއެވެ.

ތެންކިޔު އިޝާން ތީ ހަމަ ބެސްޓު……ޔޭސް އަހަރެން މީ ހަމަ ބެސްޓު އެކަމަކު ތި އައިސް ކްރިމްގެނައި ދޮންބެ ބުނެގެން…

ތެންކިޔޫ ލަވް އޭ ބުނެ ރާގިނީ ބައްދާލުމުން އިޝާން ހުރުމުން އަވިނާޝް ލަދުން މަރުވާވަރުވިއެވެ. ދޮންބޭ ބްލަޝްނުވޭ…އަހަރެންނަށް އިނގެޔޭ ދޮންބެ ދައްތަ ލޯބިވާ ވަރު އެން ސޯ ހެޕީ ފޯރ ޔޫ……ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ އެހާ ލޯބި ވާ މީހެއް…..

” ޝާލިނީ ނުވޭތަ ލޯތްބެއް؟”  …..ގުޑް ނައިޓް ދޮންބޭ…..އިޝާން އަވަހަށް ދިޔައެވެ. ” އެ ފިލީ އޭ…”

ރާނީ އައިސް ކަރީމް ޝެއާރ ކޮށްބަލަ ރާގިނީ އައިސް ކްރީމް ސަމްސާ ދިއްކުރިއެވެ ނަމަވެސް އަވިނާޝްގެ އެ ސަމްސާ ދުރު ކޮށްލުމަށްފަހު ރާގިނީގެނެސް އަވިނާޝްގެ އުގަށްލިއެވެ. އަވީ މީހަކަށް ފެނިދާނެ ރާގިނީ ދުރުވެލަން އުޅުނެވެ.

” މިގަޑީގައި ނައަންނާނެ އެއްވެސް މީހެއް….” އަވިނާޝް ރާގިނީގެ ތުންފަތުގައި ވަރަށް ލޯބިން ކިސްކޮށްލިއެވެ. އައިލަވްޔޫ ރާނީ.. ރާގިނީ އަވިނާޝްގެ މޭގައި ބޯއަޅާލިއެވެ….އަބަދުވެސް ތި ގޮތަށް ލޯބިވާތި….ޖަވާބެއްގެ ގޮތުން އަވިނާޝް ރާގިނީ ބޮނޑިކޮށްލިއެވެ…

އަވީ ބޭނުމީ ކޮންކަހަލަ ބޭބީއެއް؟ ” އޯކޭ ކޮންމެކަހަލަ ބޭބީއެއް ލިބުނަސް ބޭނުންވަނީ ރާނީ ކަހަލަ ކިއުޓް ބޭބީއެއް…..”

އަހަރެންވެސް އޯކޭ ކޮންމެކަހަލަ ބޭބީ އެއްލިބުނަސް….

” ރާނީ…. ގާލްއެއް ލިބިއްޖެއްޔާ ނަން ކިޔާނީ އަހަރެން ބޯއިއެއް ލިބިއްޖެނަމަ ރާނީ ބޭނުން ނަމެއް ކިޔާނީ….. ”

އޯކޭ….” ރާނީ ދެން ހިންގާ ރޫމަށް ދާން….. ސްޓިލް ހަންގްރީ ؟ ”

ނައު ހަންގްރީ ފޯރ ޔޫ؟ ” ހެހެހެހެ….ހިންގާ ރޫމަށް އަހަރެން ކާލަން….”

ރޫމަށް ވަދެވުމާއެކު ރާގިނީ އަވިނާޝްގެ ގައިގަ ބައްދާލިއެވެ… ދެމީހުން އެއްކޮށް ލޯބި ވަގުތު ކޮޅަކަށް ފަހު ދެމީހުން ވަހަކަ ދައްކަން ތިއްބެވެ…

” ރާނީ އުމުރުން 25 އަހަރު ވި އިރުވެސް އެއްވެސް މިހަކާ ގުޅެން ބޭނުން ނުވެފައި ހުރެފައި ކީއްވެ އަހަރެން ދެކެ ލޯބިވީ؟ އަދި ކޮންއިރަކު ލޯބިވެވުނީ؟ ”  އަވިނާޝް ކުރި ސުވާލުން ރާގިނީގެ މޫނަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

މާޒީ 1

Next

ވިންދޭ ތީ މަގޭ-3

Next
July 26, 2023

ވިންދޭ ތީ މަގޭ-3

Previews
July 26, 2023

މާޒީ 1

2 Comments!

  1. love imko 💖 says:
    July 26, 2023 at 7:14 pm

    So beautiful raani is pregnant
    I want baby girl
    So when is next part
    My brother’s wife got pregnant today
    But she don’t know she is pregnant
    Now she got 6 month
    So beautiful
    when Is Next part

  2. Anonymous says:
    July 27, 2023 at 7:36 am

    Goii
    Mi vaahaka v dhen dhigu nukoh ninmaalan feney

Comments are closed.

Next Episodeރާނީ 14←


All Right Reserved!