ރާނީ 15
ޖީޖް ގިއްނީ ކޯމާ އަށް ގޮއްސި………
” ކީކޭ ނުވާނެ އެހެނެއް ބުނޭ ތީ ސަމާސާ އެކޭ…ޔާނާ… ރާނީ ނުދާނެ އަހަރެން ދޫކޮށްލާފައެއް…….” ޔާނާގެ އަޑު އިވުމުން އެންމެންނަށް ވެސް ރޮވެން ފެށިއެވެ. ހަސީނާއަށް ކުޑަ ދަރިފުޅު މެޔާލާ ބޮނޑިކޮށްލެވުނެވެ…
” ދަރިފުޅާ އަވިނާޝް ހިތްވަރުކުރަންވާނެ….. ކޮންމެ ކަމަކީވެސް އިމްތިހާނެއް….” ޝާހިދު ބުނެލިއެވެ.
” ބައްޕާ އަހަރެން ކިހިނެތް އެކަނި މިދަރިފުޅު ބަލާނީ ރާގިނީ އާ ނުލާ…..”
އަހަރެމެން އެންމެން މި ތިބީ އެއްނު ދޮންބޭ އިރާދަ ކުރެއްވީއްޔާ ވަރަށް އަވަހަށް ދޮންބެދައްތަ ރަގަޅުވާނެ…. އިޝާން އަށް ވެސް ރޮވުނެވެ.
މަންޒަރު ބަލަން ހުރި ޔާނާއަށް ވެސް ރޮވެމުން ދިޔައެވެ… އިރުކޮޅަކުން ބަދަލުކުރެވޭނެ ވޯޑަށް…
ޔާނާ ޕްރައިވެޓް ރޫމަކަށް ޗޭންޖް ކުރާނީ ރަމީޒު ބުނެލިއެވެ.
ރާގިނީ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނެވެ… އަވިނާޝް މަޑުމަޑުން ވަދެގެން އައިސް ރާގިނީގެ ކައިރީގައި މަޑުކޮށްލިއެވެ…
” ރާނީ ހޭ ލަބަލަ ޕްލީޒް އަހަރެން އެކަނި ކޮށްނުލާބަލަ…..ވާހަކަ ދައްކަބަލަ އަހަރެން ކިހިނެތް އުޅޭނީ……އަހަރެމެންގެ ދަރިފުޅުވެސް ބަލާނުލާ ތި ނިދަނީ…..ރާނީ އައި ލަވްޔޫ ސޯ މަޗް އަހަރެން މޮޔަވެދާނެ ހޭލަ ބަލަ…..
ރާގިނީ އަޑެއް ނީވޭތާ؟ ހަމަ މިހާރު ހޭލަން ވީ އޭ…… އަވިނާޝް ހަޅޭލަވައިގަތެވެ….”
އެ އަޑަށް އެންމެން އެތެރެޔަށް ވަނެވެ….އަވިނާޝް ރޮމުން ރޮމުން ބިންމަތީގައި އިށީނެވެ. އިޝާން ވަރަށް ވަރުން އަވިނާޝް ތެދުކޮށްގެން ބޭރަށް ނެރުނެވެ….. ދޮންބޭ ހިތްވަރުކޮށް ބަލަ ކުޑަ ކުޑަ ބޭބީއަށްޓާކާ ވެސް ދޮންބެ ޖެހޭނެ ކެތްތެރިވާން ބޭބީގެ މަންމައަކީވެސް ބައްޕައަކީވެސް ތީ އެއްނު….. ” އިޝާން ކުރިންވެސް ސަލާމަތް ކުރި ގޮތަށް އަހަރެންގެ ރާނީ ސަލާމަތް ކޮށްދީބަލަ…. ”
އަވިނާޝް ބުނި އެއްޗަކުން އިޝާންގެ ދެލޯ ބޮޑުވިއެވެ.
ދޮންބެއަށް ކިހިނެތް އެނގުނީ؟
” ރާނީ ބުނީ….. އިޝާން ބުނެބަލަ ތެދުވާށޭ….. އަހަންނަކަށް ނޫޅެވޭނެ ރާނީ އާ ނުލައެއް…..އަހަރެންގެ ނެތް އެހާ ހިތްވަރެއް….” އަވިނާޝް ރޮމުން ދިޔައެވެ….އިޝާން ގޮސް ހަސީނާ އަތުން ދަރިފުޅު އުރާލިއެވެ…
ދޫނީ މީ ދޫނިގެ ތިއްތިބެ އިނގޭ….ހިންގާ ބަލަ ބައްޕި ކާރިޔަށް
އިޝާން ބޭބީ ގެންގޮސް އަވިނާޝްގެ އުގަލިއެވެ… އެވަގުތު އެ ދަރިފުޅަށްވެސް ބައްޕަ އެގުނު ކަހަލަ ކުޑަ ކުޑަ ލޯ ހުޅުވާލައި ބައްޕިއަށް ބަލާލިއެވެ. އިރުކޮޅަކަށް ނަމަވެސް އަވިނާޝްގެ ރުއިން ހުއްޓާލެވުނެވެ…ދަރިފުޅު ނަގާ މެޔާލާ ބޮޑިކޮށްލިއެވެ…
” ދަރިފުޅާ ބައްޕީއަށް ހިތްވަރުދީ ދަރިފުޅަށްޓަކާ ބައްޕި އެބަޖެހޭ ވަރަށް ހިތްވަރު ކުރަން….މަންމި އާ ނުލާ އުޅެން ދަސްކުރަން ކުޑަދުވަސްކޮޅަކަށް…..މަންމި އަންނާނެ ވަރަށް އަވަހަށް….”
ތިންމަސް ފާއިތުވެގެން ދިޔައިރުވެސް ރާގިނީ ހެޔެއް ނާރައެވެ… އަވިނާޝް އާއި އެންމެން ވެގެން ދަރިފުޅު ބަލަމުން ދިޔައެވެ…ރާގިނީ މިހާރު އޮންނަނީ ގޭގައެވެ. ނަމަވެސް އަވިނާޝް ރާގިނީ ބާއްވާފައި އޮންނަ ރޫމަށް ނުވެސް ވަދެއެވެ… އޭނާއަށް ކެތް ނުވަނީއެވެ… އެހާލުގައި ރާގިނީ އޮންނަތަން ދެކެން ބޭނުން ނުވަނީއެވެ… ގިން ވަގުތު ހޭދަކުރަނީ އޮފީހުގައެވެ…. ގޭގައި ހުރިއްޔާ އޭނާގެ ދަރިފުޅާއެކު އަބަދުވެސް ވަގުތު ހޭދަކުރެއެވެ…އެކުޑަ ދަރިފުޅުވެސް އަވިނާޝް އާށް ވަރަށް ވަރުހުރެއެވެ… ރޭގަނޑު 12 ޖެހި އިރު އޮފީހުގައި އުޅެފައި ގެއައް އައިސް ވަން އަވިނާޝް އަށް މިރޭ މަޑު މަޑު މަޑުން ރާގިނީގެ ރޫމް ކައިރިޔަށް ދެވުނެވެ…ތިންމަސް ތެރޭ ފުރަތަމަ ފަހަރަށް އަވިނާޝްއަށް އެތަނަށް ވަދެވުނެވެ…ގޮސް ރާގިނީ ބާއްވާފައިވާ އޮތް އެނދު ގައި ރާގިނީގެ ކައިރީ އިށީނެވެ…
” ރާނީ ތިހެން ކިހާ ދުވަހަކު އަހަރެންނާ ދުރުގަ އުޅެން ތި ގަސްތު ކުރަނީ…. އަހަރެން ހާދާ މިސްވެޔޭ… ތި ލޯބި ވާހަކަ ތައް….އެނގޭތަ އަހަރެމެންގެ ދަރިފުޅަށް ވެސް ތިންމަސް ވީ ތެދުވެ އެއްފަހަރު ނަމަވެސް ބަލާލަބަލަ…ވަރަށް ލޯބި ހީވަނި ހަމަ ރާނީ ހެން….އަހަރެން އަދި ދަރިފުޅަށް ނަމެއްވެސް ނުކިޔަން އަހަރެން ބޭނުމީ ރާނީ އާ އެއްކޮށް އެކަން ފާހަނގަކުރަން…..ތިހެން އޮންނަތަން ބަލަން ކެތް ނުވާތީ ނައަންނަނީވެސް…..އެކަމް މިރޭ ނޭންގޭ ކީއްވެކަމެއް ހަމަ މިސްވާވަރުން މި އައީ…. ”
އަވިނާޝް ރާގިނީގެ އަތުގައި ހިފާލިއެވެ..ރާނީ މިހާރު ރޮއޮ ރޮއެ އަހަރެންގެ ލޮލުން ކަރުނަވެސް ހުސްވާން ކައިރިވެއްޖެ…ދަރިފުޅު ރޯލި އަޑަށް އަވިނާޝް ދުވެފައި ރޫމުން ނިކުމެގެން ގޮސް އަވިނާޝްގެ ރޫމަށް ވަނެވެ…އަދި ބޭބީ އުރާލައިގެން ގޮސް ރާގިނީގެ ކައިރީ ބާއްވާލިއެވެ…އަދި އަނެއް ފަރާތައް އަރާ އޮށޯވެ ރާގިނީގެ ގައިގަ ބައްދާލިއެވެ…
” ރާނީ ބަލާލަބަލަ… ބޭބީ ވެސް މިރޭ މިއޮތީ ރާނީގެ ކައިރީގަ……ވީ ނީޑް ޔޫ…………. ޕްލީޒް ވޭކް އަޕް އޯކޭ މެމޮރީ ލޮސް މީހެއްގެ ގޮތުގަ ހުއްޓަސް ތެދުވެބަލަ……އަވިނާޝްއަށް އެތާ އޮވެ އެންމެ ފަހުން ނިދުނެވެ….ބޭބީ ވެސް މަންމަ ކައިރީގައި ވަރަށް ލޯބިން ނިދާލާފަ އޮތެވެ… ފަތިހު އަވިނާޝް އަށް ހޭލެވުނީ ރާގިނީގެ ގަޔަށް ގުޅާފައި ހުރި މެށިންތަކުގެ އަޑު ގަދަވެގެންނެވެ…އަވިނާޝް އަވަހަށް ރާގިނީ އާއި ދިމާލަށް ބަލާލިއެވެ… ބަލާލުމާ އެކު އަވިނާޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ….ރާގިނީގެ ލޯ ހުޅުވައިގެން އަވިނާޝް އާއި ދިމާލަށް ބަލަން އޮތުމުންނެވެ… އެވަގުތު އިޝާން ދުވެފައި އައިސް އެތަނަށް ވަނެވެ… އިޝާންގެ ފަހަތުން އެހެން މީހުންވެސް ވަނެވެ… އެންމެން ވެސް ރާގިނީ އާއި ދިމާލަށް ބަލަން ތިބެވުނީއެވެ…
ދޮންބެ މިތާ؟ ބޭބީ ވެސް މިތާ؟ އިޝާނީ އަށް ސުވާލުކޮށް ލެވުނެވެ…….
ނަމަވެސް އަވިނާޝް އަކަށް އެތަނުން ވާ އެއްވެސް ކަމެއް ނޭންގޭ ކަހަލަ އެވެ….
” ރާނީ ޔޫ އާރ އަވޭކް… އައި މިސްޔޫ ސޯ މަޗް…” އަވިނާޝް ރާގިނީގެ ގައިގައި ބައްދާލިއެވެ.
އެތަން ބަލަން ތިބި އެންމެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ….އިޝާން އެތަނަށް އައީ ވެސް ޑޮކްޓަރަށް ގުޅުމަށް ފަހުއެވެ… ޑޮކްޓަރު އައިސްރާގިނީ ބަލާލިއެވެ..
ރާގިނީ އިޒް އައުޓް އޮފް ކޯމާ….އެކަމަކު އަދި ވަރަށް ވަރު ދެރަ…. ވާހަކަ ވެސް ދައްކަން އުދަގޫ ވާނޭ… ހިންގާ ހަދަން ފިޒިޔޯ ބޭނުންވާނެ….ދެން ފަހަރެއްގަ ހަނދާންތައް މިހާރު ނުހުރެދާނެ…..އެކަމަކު މަޑުމަޑުން އެކަން ރަގަޅުވާނެ…. ކާން ދޭން ވާނި ފުރަތަމަ ސޫޕްކަހަލަ އެއްޗިހި ގިނައިން ގައިގަ ވަރު ޖެހޭ އެއްޗިހި ދިނީމާ ރަގަޅު ވާނެ..
ޑޮކްޓަރު ދިޔުމުން އެންމެންވެސް ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ…. ރާގިނީ ހަމަ ބަލަން އޮތީ އެވެ. ދޮންބޭ ދެން އަހަރެމެން ދަނީ ދޮންބެ ވާހަކަ ދައްކަން މަޑު ކުރޭ……އަވިނާޝް ރާގިނީގެ އަތުގައި އަވިނާޝް ހިފާލިއެވެ.. މަޑުމަޑުން އަތް ހަރާކާތް ކުރުމަށް ރާގިނީ މަސައްކަތް ކުރިއެވެ…އަވިނާޝް އާއީ ދުރު ވާން އުޅުނެވެ… ރާނީ ކީއްވެ ދުރުވާން ތި އުޅެނީ ؟
ކާ……ކާ……ރާގިނީ ވަރަށް ހިތްވަރުން ބުންޏެވެ…
ކީކޭ؟ ކާ…..ކާ…………ކު…………..؟؟؟؟
ވަޓް…. ޔޫ ޑޯންޓް ނޯ މީ؟
އަވިނާޝް އަވަސް އަވަހަށް ބޭބީ ގޮވައިގެން އޭނާގެ ރޫމަށް ދިޔައެވެ.
އަވިނާޝް ދިޔުމުން ރާގިނީ އަށް ހިނިތުން ވެލެވުނެވެ….
އިރުކޮޅަކުން ހަސީނާ އައިސް ރާގިނީއަށް ޖޫސް ދިނެވެ….
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ރާގިނީއަށް ކުޑަކޮށް ތެދުވެ އުޅެވޭ ވަރު ވެއެވެ..ޕިޒިއޯ ހަދަން ކޮންމެ ދުވަހަކު ދެއިރު ޑްކްޓަރުން ގެއައް އަންނާތީ…ވަރަށް އަވަހަށް ރިކަވާރ ވަމުން ދިޔައެވެ. ވާހަކަވެސް މިހާރު ދެއްކޭ…މަޑުމަޑުން ހިންގާވެސް އެކަނި ފާހާނާއަށް ގޮސް އުޅެވޭ މިހާރު….. ބޭބީ ވެސް ބައެއް ފަހަރު ގެނެސްގެން އުރާލައެވެ…….
އަވިނާޝް އަބަދުވެސް އައިސް ރާގިނި ފެންނަ ހިސާބުގަ އުޅޭއެވެ…ނަމަވެސް ވާހަކަ ދައްކާ ކާރިޔަށް އަންނާކަށް ނުކެރެއެވެ… ހަސީނާމެން ރާގިނީ ކައިރީ ބުނީ ރާގިނީ އަކީ ހަސީނާމެންގެ ދަރިއެއް ކަމަށެވެ….. އަދި އަވިނާޝް އަކީ ހަސީނާގެ ތިމާގެ ކުއްޖެއްކަމަށެވެ.
އަވިނާޝް ރޫމް ކައިރިން ފެނުމުން ބޭބީ ގޮވައިގެން އައުމަށް ރާގިނީ އެދުނެވެ….. ރާގިނީ ބޭބީ އުރާލިއެވެ…
މަންމާ މީ އަހަރެންގެ ބޭބީ އެއްދޯ؟
ރާގިނީގެ ސުވާލުން ހަސީނާ ވަރަށް ހާސްވިއެވެ.
ކީއްވެ ތިހެން ތި އެހީ؟
އެއީ އަޅުގަނޑު ގެ އަތުގައި މިލްކު އެބަހުރި އަދި ބަނޑުގައި ސީ ސެކްޝަން މާކް ވެސް އެބަހުރި…..
ލައްބަ ދަރިފުޅާ ބޭބީ ވިހުމުގެ ތެރޭގައި ދަރިފުޅު ބަލިވީ….
މަންމާ އަހަރެން ބޭބީއަށް ފީޑް ކުރަންތަ؟ ލައްބަ ދަރިފުޅާ…
މަންމާ ބޭބީއަށް ކިހިނެތް އަހަރެން ކޯމާގައި އޮތް އިރު……
މައްސަރެއް ވަންދެން ދަރުފުޅުގެ ކިރު ނަގައިގެން ދިނީ އޭގެ ފަހުން ދަޅު ކިރު ދިނީ….
ރާގިނީ ދަރިފުޅު ނަގާ އުނގުގައި ބާއްވާލިއެވެ.. އަދި ފީޑް ކުރަން ވެގެން އަވިނާޝް އާއި ދިމާލަށް ބަލާލިއެވެ…އަވިނާޝް އަނެއް ފަރާތައް އެބުރުނެވެ…. ރާގިނީ ފުރަތަމަ ފަހަރަށް އޭނާގެ ދަރުފުޅަށް ގާތުން ދިނެވެ…ފުރަތަމަ ޖައްސަން ވަރަށް އުދަނގޫ ވިއެވެ. ނަމަވެސް އިރުކޮޅަކުން ބޯންފެށިއެވެ. ދަރިފުޅު ހަމަ ޖެހިގެން ބޯން ފެށުމުން ރާގިނީއަށް ރޮވުނެވެ… ހަސީނާއަށް ވެސް ރޮވުނެވެ… އަވިނާޝްތޯ؟ އޭނައަށް ވެސް ރޮވުނެވެ…އަވިނާޝް ނިކުމެގެން ދިޔަތަން ބަލަން ހުރި ހަސީނާ އޭނާގެ ފަހަތުން ނިކުތެވެ.
ދަރިފުޅާ؟ މަންމާ………….. އަވިނާޝް ހަސީނާގެ ގައިގަ ބައްދާލިއެވެ..
” މަންމާ ރާނީ ދަރިފުޅުގެ ބައްޕަ އަކީ ކާކުތޯ ސުވާލުކޮށްފިއްޔާ ކީކޭ ބުނާނީ؟ ”
ނޭންގޭ މަންމައަކަށް ކޮންމެސް އެއްޗެކޭ ކިޔާނީ….
ޖީޖް ޕްލީޒް ކޭން އައި މީޓް ގިއްނީ؟؟ އިވިގެން ދިޔަ ޔާނާގެ އަޑުން އަވިނާޝް ފަހަތަށް ބަލާލިއެވެ.
ރާގިނީ ކޯމާއަށް ދިޔުމުން އަވިނާޝް ޔާނާ ދެކެ ވަރަށް ރުޅިއައެވެ… އޭނައަށް ރާގިނީއާ ބައްދަލުކުރެވުނަވެސް ނުދިނެވެ…ކަރަން އާ ވެސް ވާހަކައެއް ނުދައްކައެވެ.
އެންމެ ރަގަޅު އެކަމަކު މާ ގިނަ ބޭކާރު ވާހަކަ ނުދައްކާތި؟ ރާނީ ލޮސްޓް ހާރ މެމޮރީ….. އަވިނާޝްގެ ފަހަތުން ރޫމަށް ވަދެގެން އައި ޔާނާ ފެނިފައި ރާގިނީއަށް ރޮވުނެވެ…. ޔާނޫ…އޭ ކިޔާ ގޮވާލެވުނެވެ…..
ވަޓް ޔޫ ރިމެމްބާރ ޔާނާ؟ އަވިނާޝް އަހާލިއެވެ……
އެކުސްކުޔުޒް މީ…. ޝީ އިޒް މައި ބެސްޓްފުރެންޑް ކުޑައިރުއްސުރެން…..ރާގިނީ ޖަވާބު ދިނެވެ.
އޯކޭ… ކެރީ އޮން…..އަވިނާޝް ނިކުމެގެން ދިޔައެވެ.
ގިއްނީ….މި ކޮން ސަކަރާތެއް؟ ޔާނާ އަހާލިއެވެ.
ތި ބުނީ ކީކޭ؟ އަހަރެން މިކިޔާ އެއްޗެއް ވަރަށް ރަގަޅަށް އިނގޭނެ ގިއްނީއަށް….
މެމޮރީ ލޮސް ޑްރާމާ އެންޑް އޯލް؟
ޔާނޫ އަށް ކިހިނެތް އެނގުނީ؟ އެކަކަށް ވެސް ނޭގުނު…އަވީ އަކަށްވެސް
އައި ނޯ ޔޫ ވެރީ ވެލް….ކީއްވެ؟ ޖީޖް އަށް އެހެން ނަހަދާ އެފަކީރު ވަރަށް ދެރަވެފަ އެހުންނަނީ
ހަމަ އަވީ ތަޅުވާލާހިތުން…..ނުބުނާތި ޔާނޫ ވެސް އަދި ކުޑަ ދުވަސްކޮޅަކަށް…..އަހަރެން ކޯމާގައި އޮތް އިރު އަވީ ބުނީ މެމޮރީލޮސް ވިޔަސް އޯކޭ އޭ….
ގިއްނީ އަށް އަޑު އިވޭތަ ދައްކާ ވާހަކަ؟ ޔޭސް އިވޭ…
ގިއްނީ އަހަރެން ބޭބީ އުރާލަންތަ؟ އަދި ކިރިޔާ މި ފެނުނީ ވިހޭ ދުވަހު ފެނުނު ގޮތަށް….
އަސްލު ؟ ރާގިނީ އަހާލިއެވެ.
އާން ޖީޖް އަހަރެން ދެކެ ރުޅި އައިސްގެން ގިއްނީ އާ ކައިރިވިޔަކަ ނުދިން… ކަރަން އާވެސް ވާހަކައެއް ނުދައްކާ…. މިއަދުވެސް އެއްވެސް އުއްމީދެއް ނެތި މި އައީ……
އަސްލުވެސްތަ؟ ކޮބާ ކަރަން ؟ ބޭރުގަ އެބަހުރި……
ރާގިނީ އެތާ ހުރި ބެލް ޖަހާލުމުން އަވިނާޝް ވަދެގެން އައެވެ… އޭ މިސްޓަރ މަށަށް ކަމެއް ކޮށްދީބަލަ ޔާނާގެ ބޯއި ފްރެންޑް އެބައިން ބޭރުގައި ގޮވާބަލަ…….
އަވިނާޝް ބޭރަށް ދިޔައެވެ… ޔާނާ އެބަ ގޮވާ…
ބަޑީ އަހަރެން ހަމަ އެހާ ދުރުކޮށްލީތަ؟ އަހަރެންގެ ކުށަކީ ކޮބާ؟ ޔާނާ ދެކެ ލޯބިވުންތަ؟ ޔާނާ ރާގިނީއަށް ދެރަގޮތެއް ހަދަންވީ ކީއްވެ؟
އައި އެމް ސޮރީ ކަރަން……. އަވިނާޝް އައިސް ކަރަންގެ ގައިގަ ބައްދާލިއެވެ…އަހަރެން ވަރަށް ބޭނުން ކަރަންގެ އެހީ…. އައި މިސްޔޫ…..
” ކޮބާ ދަރިފުޅު ނުވެސް ދައްކަމެއް ނު”
ދަރިފުޅު ގެ މަންމަ ކައިރީގައި…. ބަޓް ރާގިނީގެ ހަނދާންތައް ވަނީ ގޮއްސަ…..އެކަމަކު ޔާނާ އެގިއްޖެ……. ދެން އަހަރެން ކިހިނެތް ޔާނާ ދެކެ ރުޅިއަންނާނީ ހިންގާބަލަ އެތެރަށް…..
ގެ އެއްކޮށް ޗޭންޖް ކޮށްފައިދޯ…. ” އާން ބޭބީ ރޫމް ވެސް ހެދިން އެކަމް ރާނީ އަދި އެތަން ނުވެސް ބަލާ… ”
ކެތް ކުރޭ އިރާދަ ކުރެއްވީއްޔާ ވަރަށް އަވަހަށް ރަގޅުވާނެ ހުރިހާކަމެއް ވެސް….
ކަރަން ގޮސް ބޭބީ އުރާލިއެވެ…. ގިއްނީ ދެން އަވަހަށް ރަގަޅުވޭ އަހަރެން މިހާރު މިހުންނަނީ ކާވެނި ނުކުރެވިފައި…. ޔާނު ބުނީ ގިއްނީ ރަގަޅު ވީ ދުވަހަކުންނޭ ކުރާނީ……
އެއީ ތެދެއްތަ؟ އަވަހަށް އުޅޭ ތި ކަމާ؟ އަހަރެން ހަމަ ރެޑީ….
ދެން ދިޔައީ އޭ….ގިއްނީ ޖީޖް އެބަ އުޅޭ ވަރަށް ހާސްވެގެން ދަރިފުޅުގެ ބައްޕަ ހޯދަން އުޅެފާނެތީ….. ޔާނާ ސިއްރުން ބުނި އެއްޗަކުން ރާގިނީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެތައް ދުވަހަކަށް ފަހު ރާގިނީ ހޭތަން ފެނުމުން އަވިނާޝް އަށް ކަޅި ޖަހާނުލާ ބަލަން ހުރެވުނެވެ….
ޔާނާ ގިނަގިނައިން އަންނާތި ޝީ ލުކުސް ހެޕީ ވިތްޔޫ….
އަސްލުވެސް އާދެވޭނެތަ؟ ހޫމް އަވިނާޝް ބުނެލީ ހަމައެކަނި އެހެންނެވެ.
ޔާނާ މެން ދިޔުމުން އަވިނާޝް ގޮސް ބެލްކަނީގައި މަޑުކޮށްލިއެވެ… ރާގިނީއަށް މިހާރު ކެތްވިނީ އެއް ނޫން ދުރުގައި….މަޑުމަޑުން ގޮސް އަވިނާޝް ކައިރީގައި މަޑުކޮށްލިއެވެ… އެވަގުތު ގެއިން ކަރަންޓް ދިޔައީ ރާގިނީގެ ނަސީބު ކަން ނޭންގޭ ރާގިނީ އަވިނާޝްގެ ގައިގަ ބައްދާލިއެވެ…. އެތަށް ދުވަހެއް ފަހުން ރާގިނީ އެހާ ކައިރި ވުމުން އަވިނާޝްގެ މުޅި ގައިގަ ކަރަން ދުވެލި ކަހަލަ އިހްސާސްއެއް ކުރެވިގެން ދިޔައެވެ. އަވިނާޝް ބައްދާނުލުމުން ރާގިނީ ދުރުވާން އުޅުމުން އަވިނާޝް އަށް ވެސް ބައްދާލެވުނެވެ….
ސޮރީ އެވަގުތު ކަރަންޓު އައުމުން ދުރުވެލުމަށް ފަހު އަވިނާޝް ބުނެލިއެވެ….
މިގޭ އެހެން ކުދިން ކިޔާގޮތަށް ދޮންބެތަ އަހަރެންވެސް ކިޔަން ވީ؟
ވަޓް ރާގިނީ ؟
ކިހިނެތް ވީ އަހަރެން ކޮއްކޮއެއްގެ ނަޒަރުން ނޫން އެހެން ނަޒަރަކުން ތަ ދެކެވެނީ؟
ތީ ބޮޑު މޮޔައެއް….. އަވިނާޝް ބުނެލިއެވެ
އޯކޭ ދެން އަހަރެން ބުނި ކަމެއް ކޮށް ދޭނަންތަ؟ އަހަރެން ބޭނުން ބޭބީގެ ރޫމް ބަލަން…..
” ހިންގާ އަވަހަށް…..”
ރާގިނީ ގޮވައިގެން ގޮސް އަވިނާޝް ރޫމް ދައްކާލިއެވެ….
ވަރަށް ރީތި ބޭބީ ރޫމް މިހިރީ މި ރޫމް އާ އެކޮށް ފަ ދޯ؟ ކާކު މިތަން ހެދީ ބައްޕަ ދޯ؟
އަދި ބޭބީގެ ނަމެއްވެސް ނުބުނަމެއްނު…..ކޮން ނަމެއްތަ ކިޔަނީ؟
” ނަމެއް ނުކިޔާ އަދި އެއް؟ ”
އެ ކީއްވެ؟ ބޭބީގެ ބައްޕައަކަށް ވެސް ނޭގުނުތަ ނަމެއް ކިޔާކަށް؟ އަވިނާޝް ނަމެއް ހޯދާދީބަލަ….
” އަހަރެން ހޯދާނަމެއް ކިޔާނަންތަ؟ އަވިނާޝް އަށް އަހާލެވުނެވެ.”
އާން ކިޔާ ނަން…
” ރާނިޔާ ” އަވިނާޝް ބުނެލި ނަމުން ރާގިނީގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ އެއީ ރާގިނީގެ މަންމަގެ ނަން ވީއްޔާއެވެ…..
ވަރަށް ރީތި ނަމެއް ވަރަށް ކަމުގޮއްސި…..
” ރާނިޔާ ދެން ފަހަތަށް؟ ” އަވިނާޝް އަހާލިއެވެ.
ނުލާލަން ބައްޕަގެ ނަމެއް……އަހަރެން ދޫކޮށްލާފަ ދިޔަ މީހެއްގެނަން ކީއްކުރަން ލަނީ ދަރިފުޅުގެ ނަމުގެ ފަހަތަށް……
” ކާކު ބުނީ ދޫކޮށްލާފަދިޔަ ވާހަކަ؟”
ނުބުންޏަސް އިނގޭނެ ތާ ނެތީމާ…….
އެވަގުތު ހަސީނާ ބޭބީ ގޮވައިގެން އެތަނަށް އައުމުން ރާގިނީ އަހާލީ މަންމާ މީ އަސްލު އަހަރެންގެ ރޫމް ދޯ؟ ސޯ މާދަމާ އިން ފެށިގެން އަހަރެމް މި ރޫމަށް ބަދަލުވާނަން ބޭބީ އާއެކީ……މަންމަ އޯކޭތަ؟
މަންމަގެ ނެތް އެއްވެސް މައްސަލައެއް….އެހެންވީމާ އަވިނާޝް ބަދަލުވޭ އަނެއް ރޫމަށް….
ކީއްވެ؟ އަވިނާޝް ބަދަލު ވާންވީ….
ދަރިފުޅަށް އޯކޭތަ؟
އޯކޭ ނުވާންވީ ކީއްވެ އަވީ އަކީ އަހަރެންގެ ފިރިމީހާ އެއްނު…
ރާނީ ކީކޭތި ބުނީ……އަވިނާޝް އަހާލިއެވެ….. ބުނެވުނު އެތި ރާގިނީ އަށް ރޭކާލީ ދެނެވެ….ހިފަހައްޓައިގެން ހުރި ސިއްރު ބޭޒާރުވުމުން އިސްޖަހާލިއެވެ.
” ވަޓް ދަ ހެލް ރާނީ……ޔޫ ރިމެމްބަރ އެވްރީތިންގް…..އެކަމަކުވެސް…..އަވިނާޝް ރާގިނީ އާއި ކާރިޔަށް ޖެހެމުން ދިޔައެވެ….ކީއްވެ އަވިނާޝްގެ އަޑު ބާރުވިއެވެ.”
އެވަގުތު އެތާ ހުރުން ރަގަޅު ނުވާނެހެން ހީވާތީ އަވަހަށް އެނދުމަތީގައި ބޭބީ ބޭއްވުމަށް ފަހު ހަސީނާ ދޮރު ލައްޕާލާފައި ބޭރުން ތަޅުއަޅުވާލިއެވެ.
އަވީ…… އަވީ………… ރާގިނީ ކާރިޔަށް ދިޔުމުން އަވިނާޝް ދުރަށް ޖެހުނެވެ…..
” ކީއްވެ؟ ނުބުނީ ؟ ކީއްވެ އޮޅުވާލީ…..”
އަވީ…….ކަމޯން ގިވްމީ އަ ހަގް އައި ނީޑް އަ ހަގް ބޭޑްލީ……
ކޮން އިރަކު ހަނދާންތައް އައީ……އަވިނާޝް ސުވާލުކޮށްލިއެވެ.
އެއްވެސް އިރަކު ހަނދާންތަކެއް ނުދެޔޭ…..
” މުޅި މިހަފްތާ ޔޫ މޭކް އޯލް އޮފް އަސް ފޫލް…… ”
އަހަރެން ކޮންއިރަކު ބުނީ ހަނދާންތައް ދިޔައީ އޭ…….އަވީ އަމިއްލައަށް ނިންމީއެއްނު…..
ރާގިނީ ކައިރިވާ ވަރަކަށް އަވިނާޝް ދުރަށް ޖެހެމުން ދިޔައެވެ…. އެންމެފަހުން ރާގިނީ އަވިނާޝްގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ވަރަށް ބާރަށް ހިފާ ކައިރިޔަށް ގެނެސް އަވިނާޝްގެ ތުންފަތުގައި ކިސްކޮށްލިއެވެ….އިރުކޮޅަކުން ރާގިނީ ދުރުވެލަން އުޅުނެވެ..އެކަމަކު އަވިނާޝް ރާގިނީގެނެސް ބައްދާލިއެވެ.. އަދި ވަރަށް ލޯބިން ރާގިނީގެ ތުންފަތުގައި ކިސްކުރަމުން ދިޔައެވެ….އެވަގުތު ބޭބީ ރޮއެގަތެވެ.. ދެމީހުންނަށް ދުރުވެވުނެވެ. ރާގިނީ ބޭބީ ނަގަން ދިޔުމުން އަވިނާޝް ސޯފާގައި އިށީނެވެ. ރާގިނީ ގޮސް ބޭބީ އުރާލުމަށް ފަހު އައިސް އަވިނާޝްގެ އުނގުގައި އިށީނެވެ….
އަވީ އަހަރެމެންގެ ބޭބީ ކިހާ ލޯބި….އަވިނާޝް ރާގިނީ އާ ބޭބީ އެއްކޮށް ބައްދާލިއެވެ….
އަދިވެސް ރުޅިންތަ އަވީ؟
” ކިހިނެތް ރާނީ ދެކެ ރުޅި އަންނާނީ……އައި މިސް ޔޫ ސޯމަޗް…. ”
އެކަމެއް ނޭންގޭ އަހަރެން ކާރިޔަކަށް ނުވެސް އަންނަމެއްނު……އެންމެން އަންނަ އިރުވެސް އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ….އަހަރެން ހީކުރީ އަހަރެން ދޫކޮށްލާފަ ދިޔައީ ކަމަށް… ބޭބީ ވެސް ނުގެނޭ…..ރާގިނީ ޝަކުވާކޮށްލިއެވެ.
އެހެންވެ ހޭއެރުމުން އަހަރެންވެސް ބޭނުންވީ އަވީ ތަޅުވާލަން …..އެހެން ނޫނަސް ބުނީމެއްނު މެމޮރީ ލޮސް މީހެއްގެ ގޮތުގައި ވިޔަސް އޯކޭ އޭ….
އަވިނާޝް އަށް ރާގިނީ އާ ދިމާލަށް ބަލާލެވުނީ ހައިރާންވެގެންނެވެ. ރާނީ އަށް ކޯމާގައި އޮތް އިރު އަޑު އިވުނުތަ؟
އާން އިވޭ ދައްކާ ވާހަކަ…ނުވެއްފެނޭ…އަހަރެން ހާދަ ހިތްވަރު ކުރީމޭ….
އެރޭ އަވީ އައުމުން ބޭބީ ވެސް ގޮވައިގެން އައުމުން އަވީ އާ ބޭބީ އަށްޓަކާ އަހަރެން ވަރަށް ހިތްވަރުކުރިން އެހެންވެ ކަންނޭންގޭ ހޭ އެރީ…..
އަސްލު އަހަރެން ގަޔަކު ނެތް އެހާލުގައި ރާނީ އޮންނަތަން ދެކޭނެ ހިތްވަރެއް….ހަމަކެތެއް ނުވޭ…ވަރަށް ހިތްވަރު ކޮށްގެން ދިރުއުޅެން ފެށީ އެހެންވެ އަބަދު އޮފީހުގައި އުޅެނީވެސް ގޭގައި ހުރީއްޔާ ބޭބީ އާއެއްކޮށް…އެކަމް އެރޭ ހަމަ މިސްވާވަރުން ކެތްނުވެގެން ދިޔައީ….
މާދަމާ ހިންގާ ބޭބީއަށް ނަން ކިޔަން…އަވީ އަހަރެންގެ މަންމަގެ ނަން ކިޔަން ބޭނުންވީ ކީއްވެ….. އެގޮތަށް ނިންމައިގެންތަ ބުނީ އަންހެންކުއްޖެއް ލިބިއްޖެއްޔާ އަވީ އޭ ނަން ކިޔާނީ؟
” އާން އެހެންވެ ބުނީ ”
” އަހަންނަށް ކުޑަކޮށް ޝައްކުވިޔޭ އުފަން ބައްޕަ ނޭގުނު މީހަކަށް ޔާނާ އެނގުނީމަ…….”
އަވީ އަށް އިނގޭތަ ޔާނާ އަށް އެނގުނު ފުރަތަމަވެސް އަހަރެން ޖައްސަނީ ޑްރާމާކަން…..
” ޔާނާ އަށް މަށަށް ވުރެންވެސް ރަގަޅަށް ރާނީ އެނގޭ އެއްނު ދޯ؟
އަވީ ޔާނާ އާއި ކަރަން ދެކެ ރުޅި އައީ ކީއްވެ؟ ޔާނާގެ ކުށެއް ނޫނޭ…. އަހަރެން މާ ބޮޑަށް ބިރުގަތީ….ދަރިފުޅަށް ކަމެއްވެދާނެތީ….އެހެންވެ އެހެން ކަންތައް ދިމާވީ……ޔާނާ ވަރަށް ހިތްވަރު ދިން އެކަމަކުވެސް އަހަރެންނަކަށް ހިތްވަރު ނުކުރެވުނު އެހެންވެ އެންމެ ފަހުން ސިޒޭރިއަން ހަދަން ނިންމީވެސް އަސްލު ޔާނާގެ ސަބަބުން އަހަރެންގެ ފުރާނަ ސަލާމަތްވީވެސް….
” އަސްލު އެދުވަހު ދެރަވެގެން ހުރިހާ ރުޅިއެއް ބޭލުނީ ޔާނާ އާއި ކަރަން އަށް……..ފަހުން ވަރަށް ދެރަވި ބަޓް އެމީހުން ނާދޭ ގެއައް ގެނައި ފަހުން….އަހަރެންވެސް މާފަށް އެދެން ބޭނުންވެފަ ނުކެރިފަ ހުރެވުނީ”
އަވީ މީ ރޫމް ވެސް އަދި އަލަށް މި ފެނުނީ އަހަރެން އަދިވެސް ހަނދާން އެބަހުރި އަވީ އުޅުނުގޮތް މި ރޫމް ރެޑީ ކުރަން އަހަރެން ވިހަންވާއިރަށް…..އައި ލަވް އެވްރީ ޕާރޓް އޮފް ދިސް ރޫމް…..އަވީ އައި ލަވް ޔޫ……
” އައި ލަވް ޔޫ ޓޫ ރާނީ…….” އެވަގުތު ބޭބީ ކުކުރާލިއެވެ… ކިހިނެތްވީ ޖެލަސްވީ އޭ ދޯ ” އައިޝަތު ރާނިޔާ އަވިނާޝް ”
ގައިމު މީގެ ކުޑައިރުކޮޅެއްކުރިން ބުނި ބައްޕަގެ ނަންނުލާނަމޭ ފަހަތަށް……އަހަރެން ދޫކޮށްލާފަ ދިޔއީ އޭ……
އަވީ….ދެން…….ރާގިނީ ސޯފާގައި އިށީންދެ ބޭބީ އަށް ފީޑް ކުރަން ފެށިއެވ
އަވީ އަހަންނާދޯ ބޭބީ ވައްތަރީ؟ އާން ހަމަ ކުޑަކުޑަ ރާނީ އެއް… އެކަމް ބޭބީގެ ދެލޯ އިޒް ނޮޓް މައި އެ އީ ހަމަ އަވީގެ ދެލޯ….
ސޮރީ އިނގޭ އަވީ މެމޮރީ ލޮސް ޑްރާމާ ޖެއްސީމާ….
” އޯކޭ މިހާރު ތި ލޯބިލިބުމުން ހަމަ ހަނދާންނެތިއްޖެ…..”
އަދި ވިހައިގެން ގަދަވެސް ނުވޭ ވީއްޔާ…ރަގަޅަށް ލޯބި ދޭނަމޭ ފަހުން
ރާނީ އަށް މިހާރު ހާދަ ކެރެއޭ ދޯ؟
އާން ލަދު މިހާރު ނެތޭ…
ދެން ހިންގާ ބަލަ މާދަމާގެ ޕްލޭންކުރަން….
“ނަން ކިޔާ ބޭބީ ރެޖިސްޓާރ ކުރަން ޖެހެނީ…..”
އަގީގީ ކަތިލައްވަންޖެހޭނެ…..
އޯކޭ…ދެން ފެމެލީ އެންޑް ފްރެންޑްސް ސައި ހަދަނީ…….
ރާނީ ބޭނުން ގޮތެއް ހަމަ….ކޮން ބައެއް ގެންނާނީ…. ފެމެލީ…ދެން ރާގިނީގެ ގޭގައި އުޅޭ މަސައްކަތު މީހުން…ބައްޕަގެ ފްރެންޑްސް… ޔާނާ ކަރަން ރާހުލް….
ރާހުލް ކޮބާތަ؟ އޭނާއަށްވެސް ބަވާލީތަ؟ ނުވެސް އާދޭ….
” ރާނީ ރާހުލް އާއި އިޝާނީ އުޅުނީ ރައްޓެހި ވެގެން އެހެންވެ އަހަރެން އެކަން މަނާ ކުރީ…..އެހެންވެ މިހާރު އުޅެނީވެސް ސިންގަޕޫރުގައި….”
ކީއްވެ އެކަމާ އަވީ ހިތްހަމަ ނުޖެހުނީ….
” ރާހުލް ރާނީ ދެކެ ލޯބި ވެފަ އިޝާނީ އާއި ގުޅެންވީ ކީއްވެ؟ އެހެން ނޫނަސް ރާހުލް މާ އުމުރުންވެސް ބޮޑެއް ނު……”
އަވީ އަށް ހަމަ ސާބަސް އިރެއްގަ އަހަރެން ދެކެ ލޯބި ވިޔަސް އިޝާނީ އާއި ރާހުލް ނުގުޅޭނެ އިޝާނީ ދެކެ ލޯބި ނުވާނަމައެއް….އެ ނޫނަސް ރާހުލް އަކީ ވަރަށް ރަގަޅު ކުއްޖެއް ކިޔަވައިގެން ރަގަޅު ވަޒީފައެއްގަ އުޅޭ ހަރުދަނާ ކުއްޖެއް….މަންމައަކާ ބައްޕައެއްގެ ހުރި ހަމަ އެކަނި ދަރިއެއް….މަށަކަށް ހީއެއް ނުވޭ އެކަހަލަ ކުއްޖެއް އަވީއަށް ހޯދާ ދެވޭނެހެން އިޝާނީއަށް……
ރާގިނީ ފޯނު ނަގާ ރާހުލްއަށް ގުޅާލިއެވެ……..
ހެލޯ….އިޝާނީގެ ދޮންބެ އޮތީ މަނާކޮށްފަ އެއްނު އަހަންނާ ވާހަކަ ދެއްކުން ދެން ކީއްކުރަން ގިއްނީގެ ފޯނުން ގުޅަނީ….ބޭބެގެ ނިންމުމަށް އިހްތިރާމް ކުރޭ އަހަރެންވެސް އެހެންވެ މިހާ ދުރަށް މި އަ އީ….
ރާހުލް….. މީ ގިއްނީ އޭ….
ގިއްނީ ޔޫއަރ ބެކް އައިއެމް ސޯ ހެޕީ…… ކޮބާ ބޭބީ ؟ ކޮން އިރަކު ރަގަޅުވީ؟
އަހަރެން މިހާރު ރަގަޅުވީތާ ވީކް އެއް މި ވަނީ….. ބޭބީވެސް އޯކޭ…
ރާހުލް މީ ކޮން ކަންތައްގަނޑެއް….އިޝާނީ އާ ދެމީހުން….
ގިއްނީ އެވާހަކަ ނުދައްކާ…އެކަން މިހާރު ނިމިއްޖެ…. އަވިނާޝް ހިތްހަމަނުޖެހުމުން ހުއްޓާލީ……
އެކަމް ރާހުލް އަށް ތިހެން ކެތްވާނެ….
ގިއްނީ އަހަރެން ނަކަށް ނޭންގޭ ދުވަހަކު ވެސް މިކަހަލަ އިހްސާސެއް ނުކުރެވޭ… ގިއްނީ ދެކެ ލައިކް ވީ އިރުވެސް ނުވޭ……މިހާރު މި އިހްސާސް ކުރެވެނީ އެއީ އެއް ނޫންކަން ލޯތްބަކީ…އަހަރެންނަކަށް ހަމައަކަށް ނުނިދޭ ނުވެސް ކެވޭ…އަބަދުވެސް ކުރެވެނީ އިޝާނީގެ ހިޔާލް…. ވަރަށް މިސްވޭ…ބަޓް އަހަރެން ކެތްކުރާނަން ބޭނުމެއްނޫން އިޝާނީގެ އާއިލާ އާއި ދުރުކުރުވާކަށް ….އަހަރެން ބުނިން އިޝާނީ ކައިރީގަ ކުރީގަ އަހަރެން ގިއްނީދެކެ ލައިކްވާ ވާހަކަ…… ނުކުރަން އެއްވެސްކަމެއް ސިއްރެއް….
އޯކޭ ރާހުލް މާދަމާ ބޭބީއަށް ނަން ކިޔަން މިއުޅޭނީ އެހެންވެ އިންވައިޓްކުރަން މި ގުޅީ…..ޕްލީޒް އަންނާތި…..އެން ބްރިންގް އަ ބިގް ގިފްޓް….
ހަމަ ދާންވީތަ؟ އަވިނާޝް ރުޅި އަންނާނެ…….
އަހަރެންނާ ވާހަކަ ދެއްކުން މަނާއެއް ނުކުރެއެއްނު ދޯ އާދޭ…..ޓިކެޓް ފޮނުވަންވީތަ؟
ދެން ގިއްނީ…… އަހަރެންގެ އަތުގަ އޮވޭ ޕްރައިވެޓް ޖެޓް އެއް ދެން ޓިކެޓް އަކުން ކީއްކުރާނީ…ދާނަން…..ބޭބީގެ ނަން ޑިސައިޑެޑް؟
“ރާނިޔާ”
ވާވް ގިއްނީގެ މަންމަގެ ނަންދޯ؟
ހޫމް… ބާއި ސީ ޔޫ ރާހުލް
ފޯނު ހުރީ ސްޕީކަރަށްލާފައި ކަމުން އަވިނާޝް އަށް ހުރިހާ ވާހަކައެއް އަޑު އިވުނެވެ.
އައިމް ހަންގްރީ…… އަވީ…..ހިންގާ ބަލަ އަހަރެން ގޮވައިގެން ކާން އެހާ ދުރަށްއެކަނި ހިންގަން އަދި ބިރުގަނޭ…..
އަވިނާޝް ދޮރު ހުޅުވަން އުޅެ އުޅެ ނުހުޅުވުނެވެ… ރާނީ ދޮރު ބޭރުން ތަޅުއަޅުވާފަހެން ހީވަނީ…..ގުޅާބަލަ މަންމައަށް….މަންމަ ފޯނު
ނުނެގުމުން އަވިނާޝް ގުޅާލި އިޝާންއަށެވެ. އޭނަ އައިސް ދޮރުހުޅުވާލަދިނެވެ….
އިޝާން ދޭބަލަ ބޭބީ ގޮވައިގެން ބޭރަށް ދޮންބެދައްތަ ދާނަން އަވީ އާ އެއްކޮށް……
ރާގިނީ ބުނި އެއްޗަކުން އިޝާން ކަޅި ޖަހާ ނުލާ ރާގިނީ އާ ދިމާލަށް ބަލަން ހުއްޓެވެ.
އިޝާން ކިހިނެތްވީ؟
ޔޯ މެމޮރީ އިޒް ބެކް؟؟؟؟؟؟
” މެމޮރީ އެއް ނުވެސް ދޭ…..އެއީ ހުސް ޑްރާމާ މިއަދު ބަސްޓުވީ މަންމަވެސް ހުއްޓާ އެހެންވެ އަހަރެމެން ރޫމްގަ ބަންދުކޮށްފަ މަންމަ ދިޔައީ ދޯ ރާނީ؟”
ދެން ދޮންބެ މިހާރު މާފުކުރީ ތަ؟
ހޫން ކިހިނެތްތަ ރުޅިން ހުންނާނީ….އެހާ ދުވަސް ފަހުން ލިބުނީމަ…
ބޭބީ މިހާރު ތިއްތި ކާރިޔަކަށް ނުވެސް އާދޭ މަންމި ލިބުނީމައެއް….އިޝާން ޝަކުވާކޮށްލިއެވެ.
ދަރިފުޅާ ގިއްނީ މިހާރު ހަނގުރާމަ ނިމުނީތަ؟ ކޮންކޮޅެއް މޮޅުވީ؟ ޝާހިދު ކުރި ސުވާލުން ރާގިނީ ރަކިވިއެވެ….
” ބައްޕަގެ ޅީ ދަރިއެއްނު މޮޅުވީ” އަވިނާޝް ބުނެލިއެވެ.
“އަހަރެމެން މި ނިންމީ މާދަމާ ދަރިފުލުގެ ނަންކިޔުން ބާއްވަން…..ބައްޕަމެނަށް އޯކޭތަ؟”
އާން ބައްޕަމެން ހަމަ މި ތިބެނީ ތި ދުވަހުގެ އިންތިޒާރުގައި…..ވަގުތު ކުޑަތަން ވުމުގެ ސަބަބުން ބޭރުން ކާއެއްޗިހި އޯޑަރ ކުރާނީ ގެ ޑެކަރޭޓް ކުރާނީ ކަރަން ، ޔާނާ އަދި އިޝާން…… ބޭބީ އާއި ރާނީ އަދި ގޭ އެންމެންގެ ހެދުން ގަތުން އިޝާނީ އަދި ޝާލިނީއަށް މެހުމާނުންނަށް ދައުވަތު ދިނުން މަންމަ އަދި ބައްޕައަށް އަހަރެން ހުރިހާ ދިމާލަކަށް ހެލްޕް ވާނަން…..
ނަންކިޔުމުގެ ހަފްލާ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައިވިއެވެ. އާއިލާ މީހުންނާއި ގާތް ރައްޓެހިން ތިއްބެވެ…ފެއަރީ ތީމްއަށް މުޅިގެވަނީ ތައްޔާރުކުރެވިފައެވެ. އެންމެންގެ ހެދުންވެސް އެހާ ރީއްޗެވެ. އެތައްދުވަހަކަށް ފަހު މުޅިގެ އުފަލުން ހެމުން ދިޔައެވެ…
ހޭއީ ގިއްނީ….
ރާހުލް… ޔާނާ ހަޅޭލަވައިގަތެވެ…..ތިން މީހުން އެއެކޮށް ގްރޫޕް ހަގެއްކޮށްލިއެވެ…… ގިއްނީ ނުވެސް ބުނަމެއްނު ރާހުލް އަންނަވާހަކައެއް…..
ބުނި ނަމަ ތިހާ އުފާލެއް ނުވާނެ ދޯ؟
މެހެމާނުން ކާން އުޅޭން ފެށީމާ ޔާނާ އާއި ރާހުލް ރާގިނީ އެއްފަރާތަކަށް ޖެހިލިއެވެ…އަދި ޔާނާ އަށް ހުރިހާ ވާހަކައެއް ރާގިނީ ކިޔާ ދިނެވެ….ދުރުގައި ބަލަން ހުރި އިޝާނީ ފެނުމުން ރާހުލްގެ ހިތް ކަތިލެވި ލޭ އޮހޮރެން ފެށިއެވެ…..
ގިއްނީ މައި ގިފްޓް ފޯރ ބޭބީ…ކުޑަކުޑަފޮއްޓެއް ރާހުލް ދިއްކޮށްލިއެވެ….ރާގިނީ އެ ފޮށީ ނަގާ މަތި ހުޅުވާލިއެވެ…އޭގައި އޮތީ ވަރަށް ލޯބި ކުޑަކުޑަ އަނގޮޓިއެކެވެ..އޭގަ ރާނިޔާ ލިޔެފައިނެވެ..
ތެންކިޔު ވަރަށް ލޯބި…..
ހެލޯ އެވްރީ ބޮޑީ…އަވިނާޝް މައިކުން ނަގައިގެން ބުނެލިއެވެ… މިއަދު މީ އަހަރެންގެ ދަރިފުޅަށް ނަން ކިޔުމުގެ އުފަލުގައި ބާއްވާ ހަފްލާއެއް…. މި ހަފްލާ މިހާ ލަހުން ބާއްވަން ޖެހުނީ ދަރަފުޅު ވިހެއުމުގެ ތެރޭގައި އަހަރެންގެ އަނަހެނުން ވަރަށް ބަލިވެ ކޯމާއަކަށް ދިޔުމާ ގުޅިގެންނެވެ…ނަމަވެސް މިހާރު ހާލު އަންނަނީ ރަގަޅުވަމުންނެވެ. އަވިނާޝް އަތުން ކާރިޔަށް އައުމަށް ރާގިނީއަށް އިޝާރާތްކޮށްލިއެވެ.
ރާގިނީ މަޑުމަޑުން ހިންގާލާފައި ގޮސް މަޑުކޮށްލިއެވެ…
އަހަރެމެންގެ ދަރިފުޅުގެ ނަމަކީ އައިޝަތު ރާނިޔާ އަވިނާޝް އެވެ…އަދި މިއަދު އަހަރެން ތި އެންމެންނަށް ވަރަށް އުފާވެރި އތުރު ހަބަރެއް ވެސް ދޭން ބޭނުން އަހަރެންގެ ކޮއްކޮ އިޝާނީގެ ކާވެނި ކުރަން މީހަކު އަހަރެން ހޯދައިފިން…..އަވިނާޝްގެ ވާހަކަ އަޑު އަހާފައި ރާހުލްގެ ދެލޯ ކަރުނުން ފުރުނެވެ…އިޝާނީ އާއި ދިމާލަށް ބަލާލެވުނެވެ..އޭރު އިޝާނީވެސް ރޮނީއެވެ…
ކާކު ތޯ ވެސް ނާހާނަންތަ؟ ކާކު ތޯ؟ އެވަގުތު އެންމެން އެއްއަޑަކުން އަހާލިއެވެ… މުޅި މި ހަފްލާތެރެއިން އެމީހެއްގެ ނަޒަރު އަހަރެންގެ ކޮއްކޮއަށް ހުއްޓިފައި ހުރި މީހަކީ އެއީ އަހަރެންގެ ކޮއްކޮގެ ވާން އުޅޭ ފިރިމީހާ……އެންމެން އެކި ދިމަދިމާލަށް ބަލަންފެށިއެވެ….ރާހުލް އެތަނުގައި އިތުރަށް ކެތް ނުކުރެވުމުން ނިކުމެގެން ދާންފެށިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Thankolheh dhigu koh avahah up koh dhyba.. vrh rythi vhk❤
monday ga up kohladheynan….and it will be last episode
So beautiful raani and Avinaash also raaniya
So when is next part of this story
I like your story
I love you so much 💖😘
monday ga submit kohlaanan…thank you for the love
When Is next part 💕
Nadhoo
awwwwwwwwwwwwwwwww